Skip to content
އެސްފިޔަ

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 39 (އޮނަސާޅީސްވަނަ ބައި)

ދެ ފަހަރަކު ޓަކި ޖަހާލުމުންވެސް އަޔާނީގެ ޚަބަރެއް ނުވިއެވެ. ދޮރު ތަޅުގައި، ހިފާލިހާއިރުން ދޮރުހުޅުވިގެން ދިޔައެވެ. ކޮޓަރި ތެރޭގައި އަޔާނީ ފެންނަން ނެތުމުން އަމްހާ، ދެން ބެލީ ފާހާނާއެވެ. ފާހާނައިގައި ނެތުމުން އޭނާ ވާނީ ބެލްކަނީގައި ކަމަށް ހީކޮށް އެތަންވެސް ބެލިއެވެ. އެހެނަސް، އެތާނގައިވެސް އަޔާނީ ނެތުމުން، އަމްހާއަށް ހައިރާންކަން ލިބުނެވެ. ކޮޓަރިން ނުކުންނަން ދިޔަ އަމްހާއަށް ހުއްޓުން އެރިއެވެ. އަދި ފަސް އެނބުރި ބަލައިލީ، އެއީ އޭނާއަށް ހީވި އެއްޗެއްތޯ ޔަޤީންކޮށްލުމަށެވެ. ނަމަވެސް، އަލަމާރީގެ ދޮރުހުޅުވާފައި ހުރުމުން، އެއީ ހީވުމެއް ނޫންކަން ޔަޤީންވިއެވެ. އެންމެ ހައިރާންވީ، އަޔާނީ އާންމުކޮށް ލައިއުޅޭ ބައެއް ހެދުން އަލަމާރީގައި ނެތުމުންނެވެ. އަމްހާއަށް ވާނުވާ ކޮންމެވެސް ވަރަކަށް ރޭކާލާން ފެށުމުން ދެން ބަލައިލީ، ރީތިވާ އެއްޗެހި ބަހައްޓާފައި ހުރި މޭޒާއި ދިމާއަށެވެ. މޭޒުމަތީގައި އެއްވެސް އެއްޗެއް ނެތުމުން އޭނާގެ ޝައްކު ޔަޤީނަށް ބަދަލުވިއެވެ. ދެ ލޯ ބޮޑުވެގެން ދިޔަހިނދު، ދުވެފައި ދެވުނުގޮތްވެސް ނޭނގުނެވެ.

“ޔޫސުފް….. ޔާނީ ފިލައިފި…..” އަމްހާގެ އަޑަށް ކާ މޭޒުދޮށުގައި ތިބި ދެ މީހުންނަށް އިންތަނުން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ.

_______________________________________

 

ކީކޭ…؟؟؟؟ އަޔާނީ ފިލީއޭ… އަމްހާއަށް އެނގޭތަ ތި ކިޔޭ އެއްޗެއް…؟؟؟” އަމްހާގެ ދެ ކޮނޑުގައި ހިފަހައްޓާލަމުން، ޔޫސުފް އަހައިލިއެވެ. އޭނާގެ މޫނުމަތީގައިވަނީ ހައިރާންކަމެވެ.

އާނ…. އާނނ އަހަންނަށް އެނގޭ މިކިޔޭ އެއްޗެއް…. އަޔާނީ ފިލައިފި…. ބައެއް ހެދުމާއި ރީތިވާ ސާމާނެއްވެސް ނެތް…. ޔާނީ ފިލީ…..” ރޮއިގަންނަމުން އަމްހާ ބުނެލިއެވެ. އަމްހާގެ ވާހަކަތައް އަޑު އަހައިފައި ޔޫސުފްގެ މޫނުމަތިން ހާސްކަމުގެ ކުލަވަރު ފެންނަން ހުއްޓެވެ. އަމްހާގެ ގައިން ދޫކޮށްލަމުން ގޮސް ކާމޭޒުދޮށުގައި ހުރި ގޮނޑިއެއްގައި އޭނާ އަތް ވިއްދާލިއެވެ. ހީވާގޮތުން ބޮޑުކަމަކާ ވިސްނަނީއެވެ.

ތި ވާނީ އެ އަފްލާކްގެ ކަމަކަށް…. އަޔާނީ ވާނީ އެ ގޭގަ ކަންނޭނގެ…. ހުސްނާ ދޭ އެ ގެއަށް…. ގޮސް އޭނާ ގޮވައިގެން އާދޭ…..” ހަރުކަށިކަމާއިއެކު، ބާރު އަޑުން ޔޫސުފް ބުނެލިއެވެ. އަމްހާއަށް ބަލައިލުމަށްފަހު، ހުސްނާ މިސްރާބުޖެހީ އަފްލާކްމެންގެއަށް ދިއުމަށެވެ.

 

ގޭގެ ބޮޑުކޮޓަރީގައި އިށީނދެގެން ތިބި ޔޫސުފްގެ ދެމަފިރިންނަށް ކޮޅަށް ތެދުވެވުނީ އެތެރެއަށް ވަދެގެން އައި ހުސްނާ ފެނުމުންނެވެ. އޭނާގެ މޫނުމަތީގައިވާ ކުލަވަރުތަކުން، އެދެވޭ ނަތީޖާއެއް ނުލިބުނުކަން ދޭހަކޮށްދެއެވެ.

“ކޮބާ އަޔާނީ…. އެ އަފްލާކް ނުފޮނުވީ ދޯ…. ހުރެބަލަ….. އެއީ އަހަރެންގެ ދަރި…. އޭނައަށް ހިފެހެއްޓޭތޯ ބަލާނަމޭ….” ގޭތެރެއަށް ވަދެގެން އައި ހުސްނާއާއި ސުވާލުކުރުމަށްފަހު، އޭނާއަށް ހީވިހީވުމަކަށް ޔޫސުފް ވާހަކަދެއްކިއެވެ. އަދި ރުޅިއައިސް ރޫރޫ އަޅަމުން ދިޔަޙާލު ގެއިން ނުކުންނަން ހިނގައިގަތުމުން ހުސްނާ އޭނާ ހުއްޓުވިއެވެ.

“ބޭބޭ…. އިހަށް އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ…. ޔާނީ ނެތޭ އެ ގެއަކު…. އަފްލާކްވެސް ނެތް….. އެގޭ މީހުންނަށް އެނގިގެން އަޔާ އެގެއަށް ދިޔަކަމަކަށް ނުވޭ…. އަފްލާކްވީ ތަނެއްވެސް އެމީހުންނަކަށް ނޭނގޭ…..” ހުސްނާގެ ވާހަކަ އަޑު އަހާފައި، ޔޫސުފްގެ ރުޅިގަނޑު ހައްތަހާ ގަދަވީއެވެ.

ޔޫސުފް ބުނެގެން އަމްހާ، އަޔާނީގެ އެކުވެރިންނަށްވެސް ގުޅިއެވެ. ނަމަވެސް އެއިން ކުއްޖަކަށްވެސް އަޔާނީގެ ޚަބަރެއް ލިބުނުކަމަކަށް ނުވެއެވެ. ހުސްނާވެސް އިޔާޒަށް ގުޅާފައި އަޔާނީ ދިޔަ ތަނެއް އެނގޭތޯ ބެލުމަށް ބުންޏެވެ.

 

މެންދުރުވެގެން ދިޔައިރުވެސް އަޔާނީގެ ޚަބަރެއް ނުވެއެވެ. އޭނާގެ ފޯނުވެސް އޮތީ ނިވާލާފައެވެ. ޔޫސުފްގެ ދެމަފިރިންނާއި ހުސްނާ ތިބީ ބޮޑު ކޮޓަރީގައެވެ. އެހާ އިރުވީއިރުވެސް އަޔާނީގެ ޚަބަރެއް ނުވުމުން އަމްހާގެ ހިތަށް ނުބައި ޚިޔާލްތައް ވަންނަން ފެށިއެވެ. ހާސްވެފައި އިން ހުސްނާވެސް އޭނާގެ ގާތުގައި އިނީ އަޔާނީއާއި ދޭތެރޭ ވިސްނާށެވެ. ދެއަތް ފުރަގަހަށް ލައިގެން ދެ ކޮޅަށް ހިނގާލާ ހިނގާލާ ހުރި ޔޫސުފް އިރުއިރުކޮޅާ ދޮރާއި ދިމާއަށް ބަލައިލައެވެ.

 

ޑިއުޓީ ނިންމާލާފައި ޔަލްވީމެން އެ ގެއަށް ދިޔައެވެ. އަޔާނީ ވީ ތަނަކާއިމެދު އެ ކުދިންގެ ހިތުގައިވެސް ސުވާލު އުފެދިފައި ވެއެވެ. އެފަދަ ބޮޑު ފިޔަވަޅެއް ނެގިއިރު އެ ކުދިންނަށް އަންގާނުލީތީ ހިތުގައި ޝަކުވާވެސް އުފެދުނެވެ.

 

“އަމްހާއްތާ…. ޔާނީގެ ޚަބަރެއް ވެއްޖެތަ….؟؟؟؟” އަމްހާގެ އަތުގައި ހިފާލަމުން ޔަލްވީ އަހައިލިއެވެ. ރޮވިފައި އިން އަމްހާ ދެފަރާތަށް ބޯ ހޫރާލީ ޚަބަރެއް ނުވާކަމަށް ބުނަމުންނެވެ.

“ވަރަށް ގުޅައިފިން ފޯނުވެސް އޮތީ ނިއްވާލާފައި…. އަފްލާކްގެ ފޯނަކަށްވެސް ނުގުޅޭ…..” ޝިއުރީ އަތުގައި އޮތް ފޯނަށް ބަލާލަމުން ބުނެލިއެވެ.

“ޔާނީ، ތިކުދިންގާތު އެކަހަލަ އެއްވެސް ވާހަކައެއް ހަމަ ނުދައްކާތަ…..؟؟؟” އަމްހާ އަނެއްކާވެސް އަހާލީ، އެމީހުން، އަޔާނީއަށްޓަކައި އެނގުނަސް ނޭނގޭކަމަށް ހަދާފާނެކަމަށް ޤަބޫލުކުރެވޭތީއެވެ.

“އަމްހާއްތާ… ހަމަ ތެދަށް މިބުނަނީ… ޔާނީ އަހަރެމެން ގާތު އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކާ…. ކުއްލިއަކަށް އެކަހަލަ ފިޔަވަޅެއް އެޅީމަ އަހަރެމެންވެސް މިތިބީ ވަރަށް ހައިރާންވެފައި… ޔާނީއަކީ އަހަރެމެންނަށް ކަންތައްތައް ސިއްރުކުރާ ކުއްޖެއްވެސް ނޫން…. އަހަރެމްނެނަކަށްވެސް ނުވިސްނުނު، ޔާނީ އެގޮތަށް ކަންތައް ކުރި ސަބަބެއް…..” ތަށިމުށިތައްމަތީ ދެކަކޫ ޖަހާލަމުން އަމްހާގެ ދެ ކަކުލުގައި އަތްއަޅައިލައިގެން އިނދެ، ވަރަށް ޔަޤީންކަމާއިއެކު މިޝްޔާ ބުނުމުން އަމްހާ އެވާހަކަތައް ޤަބޫލުކުރިއެވެ.

“ބޭބޭ… ދެން ކިހިނެއް ހަދާނީ…. ފުލުހަށް އަންގަންވީނު…..” ހާސްވެފައި އިން ހުސްނާ، އޭނާއަށް ފެންނަ ގޮތް ޚިއްސާ ކޮށްލިއެވެ.

“ނޫން…. އެކަކުވެސް ފުލުހަށް އަންގައިގެން ނުވާނެ… މިގެއިން ބޭރަށް އެ ވާހަކަ ގޮސްގެން ނުވާނެ…. އަހަންނަކީ ރަށުގެ ގިނަ މީހުން ޤަދަރު ކުރާ މީހެއް…. ކުރެވޭ ކަމަކުން އަހަރެން އަގު ވެއްޓި، އިއްޒަތް ވެއްޔާ މޮޑެވިގެންދާކަށް އަހަރެން ބޭނުމެއް ނޫން……”  ހަރުކަށިކަމާއިއެކު ޔޫސުފް، އިންޒާރުދިނުމުން އެންމެންވެސް ބޯ ޖަހާލީ އެކަމަށް އެއްބަސް ވުމުގެ ގޮތުންނެވެ.

“ބޭބޭ…. ބޭބެ ތީ ބަލިމީހެއް…. އެހާ ބޮޑަށް ނުވިސްނާ….. މާތްﷲ އިރާދަކުރެއްވިއްޔާ ޔާނީ ހޯދޭނެ……” ހުސްނާއަށް ވިސްނުނީ ޔޫސުފްގެ ބަލިޙާލަތާއި މެދުއެވެ. އަމްހާވެސް އެކަމަށް ތާއީދު ކުރިއެވެ. ހުސްނާ މިހެން ބުނުމުން، ޔޫސުފް އިރުކޮޅަކު ވިސްނަން ހުރެފައި އަނެއްކާވެސް ދެކޮޅަށް ހިނގަން ފެށިއެވެ.

އޭގެ އިރުކޮޅެއްގެ ފަހުން، ކުއްލިއަކަށް ހިތާއި ދިމާލުން މޭމަތީ އަތްއަޅާލި ޔޫސުފް އަރިއަޅައިލާތަން ފެނުމުން އަމްހާ ދުވެފައި ގޮސް އޭނާގެ ގައިގައި ހިފަހައްޓާލިއެވެ. ހުސްނާއާއި ޝިއުރީމެންވެސް އަމްހާއަށް އެހީވުމަށް ދިޔައެވެ.

 

ޔޫސުފް ހޮސްޕިޓަލަށް ގެންދެވުމާއިއެކު، ފަރުވާ ދޭން ފެށުނެވެ. ބޭރުގައި މަޑުކޮށްލައިގެން ތިބި އަމްހާމެންގެ މޫނުމަތިން، ފެންނަމުންދަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ.

“އިޔާ…” ހޮސްޕިޓަލަށް ވަދެގެން އައި އިޔާޒް ފެނުމުން ޔަލްވީއަށް އިޔާޒްގެ ނަން ކިޔާލެވުމުން، އެންމެންގެ ނަޒަރު އެ ދިމާއަށް ހުއްޓުނެވެ. އިޔާޒަށްވެސް، އެމީހުން ފެނުމުން އެ ދިމާއަށް މިސްރާބު ޖެހިއެވެ.

“މަންމާ…. ބޭބެއަށް ކިހިނެއްވީ….؟؟؟؟” އިޔާޒް އައި ގޮތަށް އައިސް ހުސްނާއާއި ސުވާލުކުރިއެވެ.

“ޔާނީއަށް ވީ ނުވީއެއް ނޭނގުނީމަ، އެކަމާ ދެރަވެގެންހެން ހީވަނީ….” ހުސްނާ ވީ ގޮތް ބުނެދިނެވެ.

“ދަރިފުޅާ އިޔާ…. ހެޔޮނުވާނެ…. ދޭބަލަ ޔާނީ ހޯދައިގެން އަންނަން…. އެހެން ނޫނީ ބޮޑުބައްޕަ….” އަމްހާއަށް އަނެއްކާވެސް ރޯން ފެށުނެވެ. އިޔާޒް، ނުރޯށޭ ބުނެ އަމްހާ ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ. ހުސްނާއަށް، އިޔާޒާއި ދިމާއަށް ބަލަން ހުރެވުނީ، އޭނާގެ ހިތަށް އެރި އެއްޗަކުންނެވެ. އަޔާނީ ފިލި ވާހަކަ ބުނުމުންވެސް އިޔާޒަށް އެއްވެސް ވަރެއްގެ ހައިރާންކަމެއް ނުލިބޭކަން އޭނާއަށް ފާހަގަ ކުރެވުނެވެ. އަދި އެކަމާއި ގުޅޭގޮތުން އިތުރު ސުވާލެއްވެސް ނުކުރުމުން އެއީ އިޔާޒަށް އެނގިގެން ވީ ކަމެއްކަމަށް އޭނާއަށް ޝައްކުވިއެވެ.

އެންމެންވެސް ސިހުނީ ހުސްނާ ކުއްލިއަކަށް އިޔާޒްގެ އަތުގައި ހިފައިގެން އެތަނުން ހިނގައިގަތުމުންނެވެ. އިޔާޒްވެސް ހައިރާންވެފައި ކިހުނެއްވީހޭ އަހާލިއެވެ. ނަމަވެސް، ހުސްނާ ޖަވާބެއް ނުދެއެވެ. އިޔާޒްގެ އަތުގައި ހިފައިގެން އެ ހުރިގޮތަށް ދިޔައީއެވެ. އަމްހާ ގޮވާލުމުންވެސް މަޑެއް ނުކުރިއެވެ. އަމްހާވެސް އަވަސް ފިޔަވަޅުތަކެއް އަޅަމުން އެމީހުންގެ ފަހަތުން ހިނގައިގަތެވެ.

އިޔާޒް ގޮވައިގެން ގޮސް ހުސްނާ މަޑުކޮށްލީ ހޮސްޕިޓަލުގެ ބިތްދޮށް ފަރާތުގައެވެ. އެހިސާބުގައި މީހަކު ފެންނަން ނެތުމުންނެވެ. އޭރުވެސް އިޔާޒް ވީ ގޮތެއް އަހަމުން ދިޔައެވެ.

“ކޮބާ އަޔާނީ…..؟؟؟” އިޔާޒްގެ އަތުން ދޫކޮށްލަމުން ހަރުކަށިކަމާއިއެކު، ހުސްނާ ސުވާލުކުރިއެވެ. އޭރު އަމްހާވެސް އައިސް އެތާ މަޑުކޮށްލަނީއެވެ. ހުސްނާގެ ސުވާލުން ހައިރާންވެފައި އަމްހާއަށްވެސް ބަލައިލެވުނީ އިޔާޒާއި ދިމާއަށެވެ. އެއްވެސް ޖަވާބެއް ދިނުމެއްނެތި ދެ ފަހރު ދެމީހުންގެ މޫނަށް އިޔާޒް، ބަލާލިއެވެ.

“އިޔާޒަށް އެނގޭ ދޯ ޔާނީ ވީ ތަނެއް…. އަހަރެން މި އަހަނީ ޔާނީ ކޮބާހޭ…..؟؟؟” ހުސްނާ އަނެއްކާވެސް ސުވާލުކުރިއެވެ. މިފަހަރު ކުރިއަށްވުރެ އޭނާގެ އަޑުވެސް ބާރުވިއެވެ.

“އާނ…. އަހަންނަށް އެނގޭ ސިސީ ވީ ތަން…. އަހަރެން އޭނައަށް ފިލަން އެހީވީ…. އެޚިޔާލު ދިނީވެސް އަހަރެން…. މަންމަމެންނަށް އޭނަގެ ހިތާމަތައް ނުފެނުނަސް އަހަންނަށް ފެނެއޭ…..” އިޔާޒްވެސް ވާހަކަދެއްކީ ރުޅިއައިސްފައި ހުރެއެވެ. އެއާއިއެކު، ދެން ފެނުނީ ހުސްނާގެ އަތުގެ ހޫނު އެތިފަހަރެއް އޭނާގެ މޫނަށް އެރިތަނެވެ.

“ހުސްނާ…..” ހުސްނާ އެ ގޮތަށް ކަންތައްކުރުމުން، އަމްހާއަށް އޭނާގެ ނަމުން ގޮވާލެވުނެވެ. އަދި އިޔާޒާއި ގާތަށް ޖެހިލެވުނެވެ.

“އެވަރު ބޮޑު ފިޔަވަޅެއް ނެގިއިރު އިޔާޒް ލަދެއް ނުގަނޭތަ…..؟؟؟؟ އެއްފަހަރުވެސް ބޭބެއާއި ދޭތެރޭ، ބޭބެގެ އިއްޒަތާ ދޭތެރޭ ވިސްނާލިންތަ…؟؟؟ އިޔާޒް އެންމެ ކުޑައިރުއްސުރެ ދަރިއެއްފަދައިން އަޅާލާ، ޚަރަދުކޮށް ހެދީމަ ތީތަ އިޔާއަށް އެ ބޭބެއާއި ދޭތެރޭ ކަންތައްކުރަން އެނގުނު ގޮތަކީ…” އަނެއްކާވެސް އިވިގެން ދިޔައީ ހުސްނާގެ ރުޅިވެރި ބަސްތަކެވެ.

“ވާހް…. މަންމައަށް ވިސްނެނީ ބޮޑުބައްޕައާއި ބޮޑުބައްޕަގެ އިއްޒަތާ ދޭތެރޭ ދޯ…. ސިސީއާއި ސިސީގެ ހިތާމަތަށް އެއީ އެއްވެސް އެއްޗެއް ނޫންދޯ….” އިޔާޒްވެސް ރުޅިގަދަވާން ފެށިއެވެ.

“ބަލަ ސިސީވެސް އެއީ ހަމަ ބޮޑުބައްޕަގެ ދަރިއެކޭ…. ބޮޑުބައްޕަ އަހަރެން ދަރިއެއް ފަދައިން އަޅާލާ، ބަލާ ބޮޑުކުރީމަ ސިސީއަށް ސިސީގެ އުފާތައް ހޯދައިދިނުން އެއީ އަހަރެންގެ ޒިންމާއެއް ނޫންތަ….؟؟؟؟ އަހަރެންވެސް ދެކެނީ އެއީ އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތައެއް ފަދައިން…. ސިސީ ހިތާމަ ކުރާތަން ދެކޭކަށް އަހަންނަކަށް ކެތެއް ނުވެއޭ މަންމާ…. އެހެންވެ، އަހަރެން އެ ގޮތަށް ކަންތައް ކުރީ…. އެކަމަކު، ބޮޑުބައްޕައަށްވެސް، ބޮޑުމަންމައަށްވެސް އަދި މަންމައަށްވެސް ސިސީގެ އުފާތަކެއް މުހިއްމެއް ނުވިއެއްނު…..” އެ ހުރިހާ ވާހަކަތަކެއް ދެއްކުމަށްފަހު، އިޔާޒް، އެންމެފަހު ޖުމްލަ ބުނެލީ އަމްހާއަށް ބަލައިލަމުންނެވެ. އަމްހާ ދެފަރާތަށް ބޯ ހޫރާލީ އެކަމަށް ދެ ބަސްވަމުންނެވެ.

“މަންމަމެންނަކަށް ނުވިސްނޭނެ…. އެ ދެމީހުން އެކަކު އަނެކަކުދެކެ ހާދަ ލޯތްބެއްވެޔޭ…. އެ ދެމީހުން ދުރުކުރުވަން މަސައްކަތް ނުކުރޭ ބޮޑުމަންމާ… ހެޔޮނުވާނެ….. ސިސީއަށް އެހެން ނުހަދާ….” އަމްހާގެ ދެ އަތުގައި ހިފާލަމުން އިޔާޒް އާދޭސްކޮށްލިއިރު، މިފަހަރު ނަފްރަތުގެ ބަދަލުގައި، އެ އަޑުގައި ވީ ހިތާމައާއި އާދޭހެވެ.

“އަމްހާއްތާ…. އަޔާ ބައްޕަ ހޭ އަރާފި……” ޝިއުރީގެ އަޑަށް އެންމެން އެއްފަހަރާ އެ ދިމާއަށް ބަލާލިއެވެ.

“ދަރިފުޅާ…. ޔާނީ ގެނެސްދީ…. ބޮޑުބައްޕައަކީ ހިތުގެ ބަލި ހުންނަ މީހެއް…. އާދޭސްކޮށްފައި މިބުނީ އަޔާ ގެނެސްދީ….. އެހެންނޫނީ ބޮޑުބައްޕަ….” އަމްހާ ދެއްކި ވާހަކަތަކުން އިޔާޒަށް ހައިރާންކަން ލިބުނީ، އެއީ ކުރިން އޭނާއަށް އެނގިފައިވާ ކަމަކަށް ނުވާތީއެވެ.  އަމްހާގެ ވާހަކަތައް އިޔާޒް، ހުއްޓުވީ ހައިރާންވެފައި ހުރެއެވެ.

“ބޮޑުބައްޕައަކީ ހިތުގެ ބަލި ހުންނަ މީހެއްކަމެއް އަހަންނަށް ކުރިން އެނގިފައެއް ނެތް… ސިސީއަށް އެނގޭތަ…..؟؟؟” އަމްހާއަށް ބަލާލަމުން އިޔާޒް އަހާލިއެވެ. އަމްހާ ބޯ ހޫރާލީ ނޭނގޭނެއޭ ބުނަމުންނެވެ.

“ކީއްވެތަ ކުރިން އަހަރެމެންނަށް ނޭންގީ….. އެކަން އެނގުންނަމަ އަހަރެމެން އެފަދަ ފިޔަވަޅެއް ނޭޅީސް….” މިހެން ބުނެފައި އިޔާޒް ދުއްވައިގަތީ ޔޫސުފްގެ ގާތަށެވެ.

އިޔާޒްމެން ދިޔައިރު ޔޫސުފް އިނީ ބޭރުގައި ހުރި ގޮނޑީގައި އިށީނދެލައިގެންނެވެ. ގާތުގައި ޑަކްޓަރު މަޑުކޮސްލައިގެން ހުރިއިރު، އެތާނަގައި ޝިއުރީމެންވެސް ތިއްބެވެ. ޔޫސުފް އެ ގޮތަށް އިށީނދެގެން އިންތަން ފެނުމުން އިޔާޒްގެ އިތުރުން އޭނާގެ ފަހަތުން އައި އަމްހާމެންނަށްވެސް ހައިރާންކަން ލިބުނެވެ.

“ބޮޑުބައްޕަ މިހާރު ކިހިނެއް….؟؟؟؟” ބަލިގޮތަކަށް ގޮނޑީގައި ލެނގިލައިގެން އިން ޔޫސުފްގެ ގާތުގައި އިށީންނަމުން އިޔާޒް އަހައިލިއެވެ. ޔޫސުފްގެ ޙާލު މާ ސީރިޔަސް ނޫންކަމާއި، ނަމަވެސް، މާ ބޮޑަށް ފިކުރުކުރަންވެއްޖެނަމަ، ބަލިޙާލަތު ބޮޑުވެދާނެކަމަށް، ޑަކްޓަރު ބުނެލިއެވެ. އަދި ހޮސްޕިޓަލުގައި ނުބާއްވާ އޭނާ ދޫކޮށްލީ، އެތާ އޮންނަން ޔޫސުފް އެއްގޮތަކަށްވެސް އެއްބަސްނުވުމުންކަމަށާއި، ގެއަށް ގޮސް ވީހާވެސް ގިނައިން އަރާމުކުރުމަށް ލަފާދީފައި ޑަކްޓަރު ދިޔައީއެވެ.

ޔޫސުފް ގެއަށް ގެންދިޔައީވެސް އެމްބިއުލާންސްގައެވެ. އޭނާ ކޮޓަރީގައި ބާއްވާފައި، އަމްހާމެންގެ ގާތުގައި ބުނެލުމަށްފަހު، އިޔާޒް ދިޔައީ އަޔާނީ ބަލައެވެ. ޔޫސުފްގެ ކޮޓަރީގައި ތިބި އެންމެންނަށް ދޮރާއި ދިމާއަށް ބަލައިލެވުނީ، ދޮރުހުޅުވުނު އަޑު އިވުމުންނެވެ. ދޮރުމަތީގައި ހުރި އަޔާނީއަށް އެނދުގައި އޮށޯވެގެން އޮތް، ޔޫސުފް ފެނުމުން ބައްޕާއޭ ކިޔާ އެދިމާއަށް ދުއްވައިގަތެވެ. އޭނާގެ ފަހަތުން އެތެރެއަށް ވަން އިޔާޒްވެސް އައިސް މަޑުކޮށްލީ، އެނދުގެ ފައިލާ ކޮޅުގައެވެ.

“ބައްޕާ….. އަހަންނަށް މާފުކުރޭ…..” އަޔާނީ ރޮއިގަންނަމުން ބައްޕަގެ ކިބައިން މަޢާފަށް އެދެން ފެށިއެވެ. ޔޫސުފްގެ ބަލީގެ ޚަބަރު ދިނުމުން އަޔާނީއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ބަލިގޮތަކަށް ޔޫސުފް، އަޔާނީގެ ބޮލުގައި ފިރުމާލިއެވެ.

“ދަރިފުޅާ ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރައްޗޭ….” ބަލިއަޑަކުން ޔޫސުފް، މިހެން ބުނުމުން އަޔާނީ އަވަސް އަވަހަށް ބޯ ޖަހާލިއެވެ. ހުސްނާއަށް ބަލައިލެވުނީ އިޔާޒާއި ދިމާއަށެވެ. އިޔާޒަށްވެސް އިސްޖަހައިލެވުނީ، ކުރެވުނީ ރަނގަޅު ކަމެއްނޫންކަން ވިސްނުމުންނެވެ.

“ދަރިފުޅާ….. ބައްޕަގެ މަޢާފް ބޭނުމިއްޔާ ބައްޕަ ބުނާ ކަމެއް ކޮށްދޭނަންތަ….؟؟؟؟” ޔޫސުފް ގެ ވާހަކައިން އިސްޖަހާލައިގެން ހުރި އިޔާޒަށް، އޭނާއާއި ދިމާއަށް ބަލައިލެވުނު ގޮތެއްވެސް ނޭނގުނެވެ. އޭނާ އަޔާނީއަށް ބަލާލީ އަޔާނީ ދޭނެ ޖަވާބެއް ނޭނގޭތީއެވެ. ދެ ލޮލުން ކަރުނަ ފުހެލުމަށްފަހު، އަޔާނީ އަވަސްއަވަހަށް ބޯ ޖަހާލީ ޔޫސުފަށް އެހެންވުމަށް މެދުވެރިވީ، އޭނާގެ ސަބަބުންކަމަށް ޤަބޫލުކުރެވޭތީއެވެ. އެހެންކަމުން، ޔޫސުފް ބުނާ ކޮންމެ ކަމެއް ކޮށްދޭންވެސް އޭނާ ހުރީ ތައްޔާރަށެވެ.

“ދަރިފުޅު އެ އަފްލާކާއި ގުޅުން ކަނޑާލާ…” ބައްޕަގެ ޖުމްލައާއިއެކު އެނދުގައި އިށީނދެގެން އިން އަޔާނީއަށް ކޮޅަށް ތެދުވެވުނުގޮތްވެސް ނޭނގުނެވެ. ޔޫސުފް، އެ ޙާލުގައި އޮވެފައިވެސް، އެފަދަ އެއްޗެއް ބުނުމުން ހައިރާންވީނަމަވެސް، އިޔާޒް ހިތްހަމަ ނުޖެހުނެވެ. ޔަލްވީމެންވެސް، ހައިރާންވެފައި އެކަކު އަނެކަކުގެ މޫނަށް ބަލައިލުމަށްފަހު، އަޔާނީއަށް ބަލައިލެވުނީ އޭނާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ތިބެއެވެ. ކޮންމެ ގޮތެއް ވިޔަސް އަޔާނީއަށް ގޮތެއް ނިންމަން އުނދަގޫވާނެކަން އެ ކުދިންނަށް ވަރަށް ރަނގަޅަށް ވިސްނެއެވެ. އެއްކޮޅުގައި ހުރީ ލޯބިވާ ބައްޕައެވެ. އަނެއްކޮޅުގައި ހުރީ ލޯބިވެރިޔާއެވެ. އަމްހާމެންވެސް ތިބީ އަޔާނީ ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. ކަރުނައިން ފުރިފައިވާ ދެ ލޮލުން އަޔާނީއަށް ބަލާލެވުނީ އިޔާޒާއި ދިމާއަށެވެ. ބޮލުގެ އިޝާރާތުން އެއްބަސް ނުވުމަށް އިޔާޒް އަންގަމުން ދިޔައެވެ. އަޔާނީ ދެން ބަލާލީ ޔޫސުފަށެވެ. އޭރު ޔޫސުފްވެސް އޮތީ އޭނާގެ ޖަވާބެއްގެ އިންތިޒާރުގައެވެ. ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން އަޔާނީ ފުހެލިއެވެ.

“އަހަރެން ބައްޕައަށްޓަކައި އަފޫއާއި ގުޅުން ކަނޑާލާނަން…..” އަޔާނީގެ ޖަވާބު އިވިފައި އެންމެނަށް ދެލޯ ބޮޑުކޮށްގެން ހައިރާންވެފައި، އަޔާނީއަށް ބަލަން ތިބެވުނީއެވެ. ސިހިގެން ދިޔައީ ދޮރު ލެއްޕުނު އަޑަށެވެ. އިޔާޒް، އެ ތަނުން ނުކުމެގެން ދިޔަކަންވެސް އެ މީހުންނަށް އެނގުނީ ދެނެވެ. އިޔާޒް އެ ތަނުން ދިޔައީ ކީއްވެކަން ޔޫސުފަށް ނޭނގުނުކަމުގައިވިޔަސް، އެތާ ތިބި އެންމެނަށް އޭގެ ސަބަބު ވަރަށް ރަނގަޅަށް އެނގެއެވެ.

“ބައްޕަ ވަރަށް އުފާވެއްޖެ ދަރިފުޅާ…. ތީ ބައްޕަގެ ބަސްއަހާ ދަރިއެއް…. ބައްޕަ ދަރިފުޅަށް މާފުކޮށްފިން…..” އަޔާނީގެ އަތުގައި ހިފަހައްޓާލައިގެން، އުފާވެފައި އޮވެ ޔޫސުފް ބުނެލިއެވެ. ނަމަވެސް އަޔާނީއަށް އެއިން އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދެވުނެވެ. އޭނާގެ ހިތް ކުދިކުދިވެފައިވާ ކަހަލަ އިޙްސާސެއް ކުރެވެމުންދިޔައިރު މަޑުނެގިފައި ހުރެވުނީއެވެ. ހަމަހޭވެރިކަންވީ، ފުރަގަހުން އައިސް އަމްހާ އޭނާގެ ދެކޮނޑުގައި ހިފަހައްޓާލުމުންނެވެ.

“ބައްޕާ އަހަރެން އެބަ އަންނަން…..” ޔޫސުފްގެ ގާތުގައި މިހެން ބުނެފައި އަޔާނީ މިސްރާބުޖެހީ ބޭރަށް ނުކުތުމަށެވެ. އޭނާގެ ފަހަތުން ޔަލްވީމެންވެސް ނުކުތެވެ. ބޭރަށް ނުކުތް ގޮތަށް ފާރުގައި ބުރަކަށި ޖައްސާލަމުން އަޔާނީއަށް ދެލޯ މަރާލެވުނެވެ. އެ ހުރިހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައްވެސް އެސްފިޔަތައް ފޫއަޅުވާލުމަށްފަހު، ފައިބައިގަތެވެ. ޔަލްވީ، އަޔާނީގެ ކޮނޑުގައި އަތްބާއްވާލުމުން ދެ ލޯ ހުޅުވާ ބަލައިލިއެވެ. އަދި އޭނާގެ ގައިގައި ބައްދާލަމުން ރޯންފެށިއެވެ. ދެރަވެފައި ހުރެ ޝިއުރީއާއި މިޝްޔާވެސް އަޔާނީގެ ބޮލުގައި ފިރުމާލަމުން ހުއްޓާލުމަށް ބުނަމުން ދިޔައެވެ. ހިތް ފުރޭވަރަށް ރޯލުމަށްފަހު، އަޔާނީ، ޔަލްވިއާއި ދުރަށް ޖެހިލިއެވެ. އަދި ދެލޮލުން އައިސްފައިވާ ކަރުނަތައް ފުހެލަމުން ހިނގައިގަތީ އިޔާޒް ހޯދުމަށްށެވެ.

 

ބެލްކަނީގައިވާ ސޯފާގައި އިށީނދެގެން އިން އިޔާޒް ފެނުމުން އަޔާނީ އެތަނަށް ގޮސް މަޑުކޮށްލިއެވެ. ދެ އަތުން މޫނު ފޮރުވާލައިގެން ކުޑަކޮށް ގުދުޖަހާލައިގެން އިން އިޔާޒް، ބަލާލީ މީހަކު އޭނާގެ ކޮނޑުމަތީ އަތް ބާއްވާލުމުންނެވެ. އަޔާނީ ފެނުމުން، އިޔާޒް، އޭނާގެ އަތް ނައްޓުވާލުމުން، އަޔާނީ ދެރަވިއެވެ. އެހެނަސް، އޭނާ ހިތްވަރުކޮށްފައި އިޔާޒާއި، ވާހަކަދެއްކުމަށް ބޭނުންވާތީ، އިޔާޒްގެ ގާތުގައި އިށީނެވެ.

“ސިސީ ކީއްވެ އެއްބަސްވީ….” ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫދުއްވާލީ އިޔާޒެވެ. އަޔާނީ އިޔާޒަށް ބަލާލިއެވެ. އޭރު އޭނާގެ ނަޒަރުވެސް ސީދާވެފައިވަނީ އަޔާނީއަށެވެ.

“ބައްޕައަށްޓަކައި… ބައްޕަގެ ބަލިޙާލަތަށްޓަކައި…..” އަޔާނީ ހިމޭންކަމާއިއެކު ޖަވާބު ދިނެވެ.

“ދެން ސިސީއޯ… ސިސީގެ އުފާތަކޯ….. ހަމަ ބޮޑުބައްޕަގެ އެދުމަށް އެހުރިހާ ކަމެއް ވިއްސިވިހާލި ކޮށްލަނީތަ….؟؟؟” ދުރު ބަލައިލަމުން، އިޔާޒް ސުވާލުކޮށްލިއެވެ.

“ދެން ނެތެއްނު މި ނޫންގޮތެއް….. އަހަރެން ބޭނުމެއް ނޫން ބައްޕަގެ ހިތުގައި ޖައްސާކަށް…. ބައްޕައާއި ދެކޮޅަށް ނުކުންނާނެ ހިތްވަރެއް ދެން އަހަރެންގެ ގަޔަކު ނެތް….” އަޔާނީއަށް ރޮވޭގޮތްވިއެވެ.

“ސިސީއަށް އަފޫއާއި ރުޅިވެގެން އުޅެވޭނެތަ…؟؟؟” އަޔާނީ ރޯންފެށުމުން އިޔާޒް ދެރަވިއެވެ.

“މަސައްކަތް ކުރާނަން…. އިޔާ، އަފޫ ހަމައަކަށް އަޅުވައިދޭތި…..” އަތުގެ ނުފުށުން ކަރުނަތައް ފުހެލުމަށްފަހު، ނޯއްދަމާލަމުން އަޔާނީ ބުނެލިއެވެ.

“އަހަރެން ވަރަށް ހިތްހަމަ ނުޖެހިއްޖެ ބޮޑުބައްޕަދެކެ…..” އިޔާޒް އަނެއްކާވެސް ދެއަތް ޖޯޑުކޮށްލަމުން ގުދުއަޅާލިއެވެ.

“ތިހެން ނުބުނޭ އިޔާ…. އިޔާ ރުޅިއައިސްފިއްޔާ ބައްޕަ ވަރަށް ދެރަވާނެ…. އިޔާ އަބަދުވެސް ބުނަމެއްނު ބައްޕަ އަހަންނަށްވުރެ ބޮޑަށް އިޔާ ދެކެ ލޯބިވެޔޭ…. އެހެންވީމަ އަހަރެން ފިލައިގެން ބައްޕައަށް މިހެންވެއްޖިއްޔާ، އިޔާ ރުޅިއައީމަ ބައްޕައަށް ހާޓްއެޓޭކެއް ނުޖެހޭނެކަމެއްވެސް ނޭނގެ….” އަޔާނީ މިހެން ބުނުމުން، އިޔާޒަށް އަޔާނީގެ އަނގަމަތީ އަތްއަޅާލެވުނީ، އެއީ އަޑުއަހަން ފަސޭހަ ވާހަކައަކަށް ނުވުމުންނެވެ. ބައްޕައެއްދެކެ ދަރިއަކުވާ ލޯބި އޭނާ ޔޫސުފްދެކެ ވެއެވެ. އެހެންކަމުން ޔޫސުފަށް އެފަދަ ދެރަގޮތެއްވާކަށް އޭނާ ނޭދެއެވެ.

“ސޮރީ…. އަހަންނަށް ސިސީއަށް ސިސީގެ ލޯބިވެސް ހޯދައި ނުދެވުނު….” އަޔާނީގެ ކޮނޑުގައި އަތް އަޅުވައިލަމުން، ދެރަވެލާފައި އިޔާޒް ބުނެލިއެވެ. އޭނާ އިނީ ވަރަށް ދެރަވެފައެވެ.

“ތިހެން ނުބުނޭ….. އިޔާ އަދިވެސް ތި ހުރީ، އެންމެންނާ ދެ ކޮޅަށް ނުކުމެގެން ވިޔަސް އަހަންނަށް އަހަރެންގެ ލޯބި ހޯދައިދޭން ތައްޔާރަށް….. އަހަރެން އެއްބަސްނުވީމައެއްނު ގޮތްދޫކުރީ…. ތީ މި ދުނިޔޭގެ އެންމެ ބެސްޓް ކޮއްކޮ…. ބައެއް ފަހަރު އުޅޭ ގޮތުން ހީވަނީ ބޭބެއެއްހެން…. އަހަރެން މީ ކޮއްކޮހެން…. ހިހި… ހިޔެއް ނުވެ އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެއެއް ނޫނީ ކޮއްކޮއެއް ހުއްޓަސް އަހަރެންދެކެ ތިހާ ލޯބިވާނެހެންނެއް….. އަހަރެން މީ ވަރަށް ނަސީބު ގަދަމީހެއް…..” އިޔާޒްގެ އިސްތަށިގަނޑާއި ކުޅެލުމަށްފަހު، ދެ ލޮލުން އައިސްފައިވާ ކަރުނަތައް ފުހެލަމުން، ކުޑަކޮށް ހިނިތުންވެފައި އިނދެ އަޔާނީ ބުނެލިއެވެ. އިސްތަށިގަނޑު ރަނގަޅުކޮށްލަމުން އިޔާޒްވެސް ހިނިތުންވާން މަސައްކަތްކުރިއެވެ. އަދި އަޔާނީ ކޮނޑުގައި ހިފައި ގާތްކޮށްލަމުން ބޮޑުވާއިނގިލީގެ އެހީގައި، ލޮލުގެ ކޮޅު ފުހެލީ، ދެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ބޭރުވިޔަ ނުދޭށެވެ.

 

ދުވަސްތައް ފާއިތުވަމުން ދެއެވެ. އާދައިގެ މަތިން މިއަދުވެސް އޮފީސް ނިމުމާއިއެކު ޝިއުރީ އަވަހަށް ގެއަށްދާން ނުކުތެވެ. އޮފީހުން ނުކުމެ މަގުގެ ދެފަރާތް ބަލައިލި، ޝިއުރީގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ، މަގުގެ ހުޅަނގުކޮޅުން ފެނުނު މަންޒަރަކުންނެވެ. މިޝަލަށް އޮފީހުން ނުކުމެވުނީވެސް ޝިއުރީ، އެގޮތަށް ހުއްޓުން އަރާފައި ހުއްޓައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (66)

  1. Eemyaa

    Assalaam Alaikum 🙂
    mi baives kiyuntherinnah kamudhaane kamah ummeedhu kuran.. mi baiga varah kuh ginavedhaane… rangalhah kiyaa nulaa up kohlee… faahaga kurevey KUHTHAH bunelaidhinun edhen 🙂
    vaahaka kuriah dhaa goi baeh kiyuntherinnah kamu nugosdhaane… e kudhinnah bunelan beynun vany hee nukuraa gothakah ves vaahakaige plot badhal vedhaane ey..

    Have a good nyt… TGC Lov u all
    Next part mi ah vure avahah genesdheveytho v try kuraanan :):):)

  2. Sin SIN

    Yeyyy 1st☺☺☺

    1. Eemyaa
      Sin SIN

      Hehe ☺

  3. Coco

    I love this storyyy?

    1. Eemyaa
      Coco

      Thanks Coco ☺

  4. k

    woooooow.EEEEM, this is fantastic, your story is flawless, i just love it. keep it up, keep going star

    1. Eemyaa
      k

      Thanks k ☺
      ❤

  5. k

    *Keep Going My star

    1. Eemyaa
      k

      Thanks ?☺❤

  6. Aki

    vvv reethi vaahaka

    1. Eemyaa
      Aki

      Thanks Aki ☺

  7. aalaa

    Eem.. Story vrh nice .. Ekam bunelan beynun vany gudhujahaign mihn nukiyaan e …. Kiyaanee gudhuvelaign … Rangalhu kohlaane kamah hykyran…☺☺☺☺

    1. Eemyaa
      aalaa

      Thanks aalaa ☺
      Oh yeah, u r right aalaa ?? eem ah goas koh liyevifa a iny.. rangalhu kohlaanan ?
      Thanks dear ❤

  8. Xidhan

    Mi part ehaa exciting eh noon ekam v salhi ??

    1. Eemyaa
      Xidhan

      Hehe yeah ☺
      Thee hama vedhaane gotheh dw Xidhan ?
      Next part kamudhaane kamah heekuran ?
      Thanks dear ☺

  9. Yaana

    WoW.. Varah reethi vaahaka eh..

    1. Eemyaa
      Yaana

      Thanks Yaana ☺

  10. Reet

    Thankolheh avahah up kohdhee bala v reethi

    1. Eemyaa
      Reet

      Thanks Reet ☺
      Yeah, I’ll try ?

  11. Sin SIN

    Alheyyy haadha dhera ey ae v goihyy ….Eem story hama v v obi ?? grt work dear ..??

    1. Eemyaa
      Sin SIN

      Dww v dhera ?
      Thanks dear ☺❤

  12. Manna

    I love this story. Vrh reethi

    1. Eemyaa
      Manna

      Thanks Manna ☺

  13. song joong ki..KOREAN

    woww. hama best. v interesting mihaaru mi part thah.. nimmaalaa gothunvx kiyaa hiyun hureveny eh nuun. vvv salhi mi partvx. haadha dheraey dhw ayaany ehbas veema. but i think something better will happen.. n shiu ah e fenuny koahchehbaa..?? curious to read nxt part.. welldone dear eeem. 🙂 always appreciate ur hard workings.. 😀 good luck, when nxt part???? ly 🙂 🙂

    1. Eemyaa
      song joong ki..KOREAN

      Thanks Song ☺
      Yeah dw Song ?
      Lets see ? ehcheh ves fenidhaane, meeheh ves fenidhaane dw hama ??
      Thsnks a lot dear ❤
      V soon In Sha Allah
      Ly dear ?

  14. click a shot ?

    Mi part ves varah reethi…? alhey yaany accept kurytha..alhey afu ah kihineh vaany…why is her dad so angry with aflaak.?.??did he choose a guy for yaany..if so..nooo wayy this can’t happen..hehe?Eem dear you also take good care..love you..? Good Night..

    1. Eemyaa
      click a shot ?

      Thanks click ☺
      Hehe click v suvaalu ufedhey dw.. ? dhn maa gina dhuvas nukoh javaab libeyne kamah bala dw ?
      Thank u click. Ly ☺

  15. Ellie

    Dhen mi story kiun nimuny… Before you lost another readers, make it interesting!!! I am so fed up because i trusted that you will make your readers happy… Hageegee haadisaa akas mi dhen boduvaru. Aan abadhu ruin. Abadhu……. Oh my god, i.. I regret reading this… I am sorry eem. Good bye yaaru mivanee loaehbey hageegee ???????

    1. Eemyaa
      Ellie

      Its k Ellie, i understand ☺

      Mihaathanah story kiyaaleethee v happy vejje n Thanks a lot ☺

      Dhn hama ekkoh kiyun huttaaleetha

      Eem heekuran kuriah huri part thah ves kiyaalaane kamah ingey ☺

      Nukiyas rulhi ais gen vaki nuvahchey, this may b my last serial story, so we may nt meet again dw.. TGC ?

  16. Malsha

    Story v v rythi.
    Mishy and raahil ge baeh nethyma hyvany Varah kuruhen.
    Dhen visneny anehka shiu ah efenuny knmamzareh baa ey. .eem v v v v v v molhu Ingey aslukohves. .mi part haassa kohlaa fa Thi iny yaany ah dhw..Dhen anna part ga mish and raahil ge Thankolheh gina bai himana dhehchey. .plx plx.
    When next part? ??Avas kohlahchey. .ly

    1. Eemyaa
      Malsha

      Thanks Mal ☺
      Mi part thankolheh kuruvaane..
      Hehe shiu ah fenunu manzarah kuda inthizaareh kohlan jeheynee ?
      Thanks dear ❤
      Will try ingey.. ly ?

  17. khajja

    Alhey mi stry haadhahaavaa reechchey masha allah???? read kuraa iru hyvany stry thereyga ulheveyhen ehaaves interesting whn nxt prt avahah up kolla dhechchey can’t wait plx avaskolladhybala plx gud nyt ly??❤❤???????

    1. Eemyaa
      khajja

      Thanks Khajja ☺
      ❤
      V soon In Sha Allah ?
      Gd nyt ly ?

  18. Alvyn

    Nice Bt not like before.. Ehaa exciting eh Nunn.

    1. Eemyaa
      Alvyn

      Thanks Al ☺
      Hehe vedhaane ehn kudhinge bai naanaathy kamahves dw.. ?
      Hee kuran kuriah huri part thah kamudhaane kamah ?

  19. Malaa

    Wrh reethi mi part vx.. ❤️?

    1. Eemyaa
      Malaa

      Thanks Malaa ☺

  20. Queen

    V reeethi.. yageen yaanee ge dad e jessy fake ehkkan.. aan ehnyaa hama husnaa ehn bunaa irah vettijje ??

    1. Eemyaa
      Queen

      Thanks Queen ☺
      Haha ? may b thee ves hama vedhaane gotheh dw ?

  21. Nish

    Awlheyy yaany dhw so sad?mi part kiyaalaigen hama rovijje yaany ah veegothun..nd shiu ah kon manzarehbaa e fununi can’t wait to read next part..nd mi part ves hama perfect eem ur best..☺?gud luck! LY??

    1. Eemyaa
      Nish

      Lets see Nish ?
      Tjanks dear LY ???

  22. Mai

    Alhey… So touching… Ahaany ah ehn nahadhaba eem… ☹ shiuree ah naheek dhw efenuny… Next part aw ah ah genesdhehchey… Ly

    1. Eemyaa
      Mai

      Lets see Mai ?
      Thanks dear LY ???

  23. Adha?

    Haadha dhera gothekey dw mi vee.. yaany aa afu aa dhen hama rulhivaanytha?☹☹
    Shiu ah mi fenuny annekkaa kn manzareh.. naheek kanneynge dw?
    Waitingss ❤❤❤❤

    1. Eemyaa
      Adha?

      Lets see Adha ?
      Hehe

  24. Some one

    Yaaa nahiik thwche e fenuniii!! Rishmii aaa eku annanikoh! Eeem plxxx mi stry v intrstin! Mi prts es! Adhi emmen ge baeh naeh kamaku! Hama best! ?? bt plxxx mi storiii kuru nukuraathi! Like kuru kuru koh avas koffa nunimmahchey! ❤❤❤❤

    1. Eemyaa
      Some one

      Will think abt it.. ☺
      Thanks dear ???

  25. Xna

    ?❤

    1. Eemyaa
      Xna

      Thanks ???

  26. Ree

    Alhe dhen story ninmaba

    1. Eemyaa
      Ree

      Ree, story ninman v ma eem ninmaanan.. kiyan beynun nuvaa kujjaku nukiyas a e massala eh nun.. kiyan beynun vaa kudhin kiyaane kanne

    2. song joong ki..KOREAN
      Ree

      so true eem.. 🙂

    3. ?
      Ree

      Eem haadha rude koh vahaka dhahkaafa

    4. Eemyaa
      Ree

      Rude eh nun.. v reethikoh mi buny ehves hiyhama nujehumeh ovegeneh nun..
      Story ninmaashey bunyma ehn mi buny..

  27. Zish

    Hello eemyy…..story varaha salhi..maasha allah…eem haudhahai gadha ey…. Btw,shiu sha fenoony kwtheh??hyveny nahaeek rishmy aa ehkoho fenoony hen…or may be partey akaha naheek vefey hyshy hen…
    waiting for next part..
    I JUST WANTED TO COMMENT IN FUVAHMULAK LANGUAGE…
    hehehehhehehhehehhehehhhehehehehhehehehehhehehhehehehehhehe

    1. Eemyaa
      Zish

      Zish, fuvamulak tha ??
      Furathama hury hama vaa nuvaaga ekm mihaaru get wejje ?
      V maja thi gothah talk kuryma dw ?
      Anyways Thanks a lott dear ???
      Nd lets see shiu ah fenuny kon manzareh tho ??

  28. Saakko

    Nice but mihaaru abadhu dhera goih emmennah vaathy foohi..

    1. Eemyaa
      Saakko

      Thanks Saakko ☺
      Dhn rangalhuvamun dhaane kamah balama dw ??

  29. Nashuu

    mi part ehaa exiting eh noon..but it was good…. best of luck..nxt parts up ah waiting…. love u eem
    good work..<3 🙂

    1. Eemyaa
      Nashuu

      Thanks Nashuu ☺☺
      Kuriah oiythaa rangalhuvaane kamah balamaa dw ??
      LY ???

  30. Yaan

    I think shiu ah fenuny nahyk

    1. Eemyaa
      Yaan

      Yaan, lets see ??

  31. nium

    v reethi …. shiu ge kureyge boyfriend fenuney dhw maybe ingey hahah… Eem kihinehtha haalu… ??

    1. Eemyaa
      nium

      Thanks nium ☺
      Eheney e vy ?
      Alhamdhu lillaahi ☺ eem v rangalhu
      Nium kihinehtha ???

  32. song joong ki..KOREAN

    eeem when nxt part??? 🙂

    1. Eemyaa
      song joong ki..KOREAN

      Song nw up kohlaafa ☺☺

Comments are closed.