ރާޔާ ނިޔާމްއާ ދިމާއަށް ފުން ނަޒަރަކުން ބަލައިލިއެވެ. ފައިތިލައިން ފެށިގެން ބޮލާއި ހަމައަށެވެ. ރާޔާގެ ދެ ލޯ ފެންކަޅިވިއެވެ. އެޔާއެކު ނިޔާމް އަށް ހިންދިރުވައިލެވުނެވެ. ހިކެމުން ދިޔަ ތުންފަތް ދުލުން ތެންމައިލެވުނެވެ. ގަދަކަމުންނެވެ. އެޔާއެކު ދެފަރާތަށް ބޯ ހޫރުވައިލައި ގޮނޑިއާ ދިމާއަށް ހިނގައިގަތެވެ.
އެވަގުތު ނިޔާމްގެ މޯބައިލް ފޯން ރިންގް ވާން ފެށިއެވެ. ބްރޯ ވަރަށް ކައިރިވެއްޖެ، މި ފެންނަނީ ހަމަ” އެހެން ބުނުމާއެއްކޮށް ނިޔާމް ފޯން ޖީބަށްލާ، އަވަސް އަވަހަށް އޮފީހަށް ދާން ހިނގައިގަތެވެ.
“ހާދަ އިރެކޭދޯ ތިވަނީ އަންނަންވެސް” ނިޔާމް ސައިކަލް މަޑުކޮށްލުމާއެކު ޝާފީ ބުނެލިއެވެ. ޝާފީ އަކީ ނިޔާމްގެ އެންމެ ގާތް އެކުވެރިޔާއެވެ.
“ދެން ހިނގާ މާގިނަ ވާހަކަ ނުދައްކާ ކޮންމެވެސް ތަނަކަށް ވަންނަން ވަރަށް ހައިވެފަ މިހުރީ،” ނިޔާމް ބަނޑުހައި ވެފަހުރިލެއް ބޮޑުކަމުން އެހެންބުނެލިއެވެ.
ދެމީހުންގޮސް ކެފޭ އަކަށް އެރިއެވެ. ވެރިޓަރު އައުމުން 2 ފްރައިޑް ރައިސްއަށް އޯޑަރު ދިނެވެ.
“ކޮބާ މިހާރު ޒާޝާ ؟ މިހާރު ތިދެމީހުން އޯކޭތަ؟ ކޮންމެވެސް އެއްގޮތަކަށް ނިންމަންވާނެ ތިކަން މިފަހަރު”
ޝާފީ އެހެން ބުނުމާއެއްކޮށް ނިޔާމް ވަރަށް މަޑުމައިތިރިކަމާ އެއްކޮށް ބުނެލިއެވެ.
“ނޫނޭ ޝާފީ މަމިހާރު ތިކަމާ ނޫޅެން ތިއީ މާކުރީގެ ކަމެއްނުނ.ް… އެހެން ނޫނަސް އަހަންނަށް ހީވަނީ އަހަރެން މިހާރު އެހެން މީހަކު ދެކެ ލޯބި ވެވިއްޖެހެން .. ޒާޝާ ދެކެ އަހަންނަށް ވެވުނީކީ އަސްލު ހަޤީޤީ ލޮތްބެއްނޫންކަން އެނގުނީ އަދި ހަމަ ކިރިޔަ… ޝާފީ އަށްވެސް ހަޤީޤީ ލޯބި ކުއްޖަކު ދެކެ ވެވުނު ދުވަހަކުން ވިސްނޭނެ ” ނިޔާމް ޖަވާބު ދިނެވެ.
“ހޫން. މަ ނޫޅެން ތިކިޔާ އެއްޗެއް ވާކަށް، މަށަށް ރަނގަޅީވެސް ތިބުނާ އެއްޗެއް ދުވަހަކުވެސް ނުވެވިއްޖެއްޔާމުން” އެހެން ބުނުމާއެއްކޮށް ވެއިޓަރު އައިސް ކާ އެއްޗެހި ބެހެއްޓީއެވެ. އިތުރު ވާހަކަ ދެއްކުމެއް ނެތި ދެ މީހުން ސަމާލުކަން ދިނީ ކެއުމަށެވެ.
ކައި ނިމިގެން އަވަހަށް ބިލު ނިންމަން ނިޔާމް ތިރިޔަށް ދިޔައެވެ. އެއީ އުޑުމަތި ބަނަކޮށްލާފަ އޮތީމައެވެ. ނިޔާމް އަދި ޝާފީ އަވަސް އަވަހަށް ގޮސް ސައިކަލަށް އަރާ ނައްޓާލީ އޮފީހަށެވެ.
“ނިޔާ ބަލައިގެން ދުއްވާތި، މިހާރު ކުޑަކޮށް ކަނިޖަހާ އެބަ” އެހެން ޝާފީ ބުނެލީ ވާރޭ ކަނި ޖެހުމުގެ ސަބަބުން ސައިކަލް ކައްސާލައިފާނެތީއެވެ.
ހަވީރުގެ ސައި ހެދުމުގައި ނިޔާމްގެ މަންމަ ސީމާއި އެކުގައި ރާޔާ އަވަދި ނެތި އުޅެވެ.
” ރާޔާ އަށް އިނގޭތަ… ކުޅި ބޯކިބާ އަކީ ނިޔާމް އަށް ވަރަށް މީރު އެއްޗެއ އަބަދުވެސް ބުނާނެ ހެދިކާ ހަދަންޏާމުން ކުޅިބޯކިބާ ހަދާދޭށޭ … އަނެއްކާް އިތުރު ފިރިހެން ކުއްޖަކު ހުރީކީއެއްވެސް ނޫން …. އެއީ އަހަރުމެންގެ ހުރި ހަމައެކަނި ފިރިހެން ކުއްޖަކީ އެހެންކަމުން ނިޔާމް ބުނާ ކޮންމެކަމެއް އަހަރެން އަދި އޭނަގެ ބައްޕަވެސް ކޮއްދޭނެ”
” އެހެންތޯ” ރާޔާ ބުނެލިއެވެ.
ހެދިކާތަށް މޭޒުމަށްޗައް އަތުރާލާފައި ރާޔާ ދޮރުމަޢްޗަށް ނިކުތެވެ.. ނިޔާމަށް އިންތިޒާރު ކުރާކަހަލައެވެ.. ފަސްވަރަކަށް މިނެޓް ވަންދެން ހުރެފައި އެތެރެއަށް ރާޔާ ވަނެވެ. ހަމައެއާއި އެކު ދޮރުގައި ބެލް ޖަހާލިއެވެ. ރާޔާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވައިލިތަނާ ކުރިމަތިން ފެނުނީ ޒުބޭދާއެވެ. އެވަގުތު ފައިދަށުން ބިންގަނޑު ދަމައިގެން ދިޔަހެން ރާޔާ އަށް ހީވިއެވެ. ރާޔާ ބިރުންގޮސް ތުރު ތުރު އަޅަން ފެށައިގަތެވެ. ގޭތެއަށް ނަޒަރު ހިންގައިލި އިރު ނިޔާމްގެ މަންމަ އަދި ނިޔާމްގެ ކޮށްކޮވެސް ފެންނާކަށް ނެތެވެ.
” ނިޔާމް ހެޔޮނުވާނެ އަވަހަށް އާދޭ އަހަރެން ސަލާމަތް ކުރޭ!” ހިތާއި ހިތުން ރާޔާއަށް ކިޔައިލެވުނެވެ.
” ރާޔާ! ކިހިނެއްވެފައި ތިހުންނަނީ…. މީ މަށޭ ނިޔާ!..” ރާޔާ އަށް ހީވީ ޒުބޭދާ ކަމަށެވެ. ” އާން..އާން.. އަހަންނަށް ނޭނގުނީ… ” މިހެން ބުނެފައި ރާޔާ ފަހަތަށް ޖެހުނެވެ. ނީޔާމް އާއި އެކު ޝާފީ ވެސް އެގެއަށް އައެވެ. ނިޔާމް ގެ މަންމަ އައި ޙަބަރު ލިބުމުންނެވެ.
” އަހަ… ޝާފީ ވަރަށް ދުވަސް ކޮށްލާފައި ދޯ މިފެނުނީ… ރަނގަޅު ގަޑިއަކަށް ތިއައީ ނިޔާމް އަންނަން ދެން ސައިހަދާފައި ހުންނާނީ…. ދެކުދިން އަވަހަށް އާދޭ ސައިބޯން…” ސީމާ މިހެން ބުނަމުން ރާޔާ އަށް އިޝާރާތް ކޮށްލިއެވެ. ރާޔާ ބޯޖަހާލިއެވެ.
ނިޔާމް އަދި އޭނާގެ ރަޙްމަތްތެރިޔާ ސައި ބޯން އިށީނެވެ. ރާޔާ ނިޔާމް އަދި ޝާފީއަށް ދެތަށި ފެން އަޅާފައި ނިޔާމްގެ ކޮޓަރި ސާފުކުރުމައްޓަކައި ނިޔާމްގެ ކޮޓަރިއަށް ދިޔައެވެ. ޝާފީ އަށް ބަލައިލެވުނީ ރާޔާގެ ރީތި ސިފައަށެވެ. އޭނާގެ ތުނިތުނި ހަށިގަނޑަށެވެ. އެ ހެދި ހުރި އިސްކޮޅަށެވެ. ބައްޓަން ހަމަ ޗާލު ބައްޓަމަށެވެ. އެ ފަންފަން އިސްތަށިގަނޑަށެވެ. އިސްތަށިގަނޑުގެ ކުރި ރާޅެއްހެން އޮޅިފައި ހުއްޓެވެ. ބޮޑު ދެލޮލެވެ. ދިގު ދިގު ކަޅު އެސްފިޔަތަކެވެ. ފިޔާތޮށިކުލައިގެ ތުންފަތެވެ. ޝާފީގެ ހިތުގައި ރާޔާގެ ސޫރައާ މެދު ހަސަދަވެރިވެވުނީ އެފަދަ ރީތި ކަމަކަށް އޭނާ ބޭނުންވާލެއް ބޮޑު ކަމުންނެވެ.
ރާޔާ ނިޔާމްގެ ކޮޓަރިއަށް ވަންއިރު އެދުގައި އިށީދެގެން އިނެވެ. އަތުގައި އަލްބަމެއް އޮތެވެ. ރާޔާ މަޑު ހިނގުމެއްގައި ގޮސް ސީމާ ކައިރީގައި މަޑުކޮށްލިއެވެ. ” އަހަ.. ރާޔާ ކޮޓަރި ސާފް ކުރަންދޯ ތިއައީ ކޮބާ އެދެކުދިން ސައިބޯން ފެށީތަ؟ ” އާން… ” ރާޔާ އެހެން ބުނެފައި ފޮޓޯ އަލްބަމަށް ނަޒަރު ހިންގައިލިއެވެ. ނޫކުލައިގެ ސޯޓު ކޮޅެއްލައިގެން ހުރި ކުއްޖެއްގެ ފޮޓޯއެއް އެ އަލްބަމުން ފެންނަން ހުއްޓެވެ…. ” ރާޔާ އިށީދޭ …. މިއީ ނިޔާމްގެ ކުޑައިރުގެ ފޮޓޯ އަލްބަމް… ވަރަށް ދުވަސް ކޮށްފައި މިބަލަނީ…. ” ސީމާ އެހެން ބުނުމުން ރާޔާ ސީމާ ކައިރީގައި އެނދުގައި އިށީނެވެ. ކުޑައިރުގައި ނިޔާމް ކޮށްފައި ހުރި މަޖާ ކަންތައްތަކުގެ ތަސްވީރުތަށް ބަލަމުން ސީމާ އާއި ރާޔާ ހެމުން ގެންދިއެވެ.
ސައިބޮއެ ނިމުމާއި އެކު ޝާފީ ގެއަށް ދާން ނިޔާމް ގާތު ބުނެލިއެވެ.. އިރު އޮއްސި ވިއްސާރަވެސް ގޯސްވަމުން ދާތީވެއެވެ. ޝާފީ ގެއަށް ދާން ހިނގައިގަތުމުން ނިޔާމް މަށް އޭނާގެ މަންމަ ހޭ އަޑުއިވުމުން ކޮޓަރިއާއި ދިމާއަށް ދިޔައެވެ. ރާޔާއި ސީމާ ހީ ސަމާސާ ކޮށް ހަދާ ތަން ނިޔާމް އަށް ފެނުމުން ނިޔާމްގެ ހިތަށް ފިނިކަމެއް ލިބުނެވެ. ނިޔާމްގެ އަބަދުވެސް ހުވަފެނެއް އޮވެއެވެ. އެއީ ނިޔާމް އިނދެގެން އަންނަ ކުއްޖާއަކީ ނިޔާމްގެ މަންމައާއި ގުޅޭ ހިތްހެޔޮ ރަނގަޅު ކުއްޖަކަށް ވުމެވެ.. އެ ސިފަތަށް ރާޔާގެ ކިބައިގައި ހުރުމުންނެވެ. ނިޔާމް ކޮޓަރިއަށް ވަނުމުން ސީމާ އަށް އުނދަގޫ ވެދާނެހެން ނިޔާމް އަށް ހީވުނެވެ. އެހެންކަމުން ޓީވީ ރިމޯޓް ނަގައިގެން ގޮސް ނިޔާމް ސޯފާގައި އިށީނެވެ.
އަލްބަމުން ސޮފުހާއަކަށްފަހު ސޮފުހާއެއް އުކަމުން ދަނިކޮށް ނިޔާމްގެ ސްކޫލް ފޮޓޯއެއް ރާޔާ އަށް ފެނުނެވެ. ނިޔާމް އެކަންޏެއް ނޫނެވެ. ނިޔާމް އާއެކީ އެހެން ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެއް އެފޮޓޯގައި ހުއްޓެވެ.
” ދެން އެއީ ކޮންބައެއް؟…” ރާޔާ އަށް ބޭއިޙްތިޔާރުގައި ބުނެވުނެވެ.
” މިއީ ދެންމެ އައެއްނުން ނިޔާމް އާއެކެކީ ފިރިހެން ކުއްޖެއް އޭނައަށް ކިޔަނީ ޝާފީ ދެން މިހުރީ އަނަކް ސްކޫލުގައި ކިޔެވި ދުވަސް ވަރުގެ ފޮޓޯއެއް މީ…. އަނަކް ވެސް ފެންނާނެ ވަރަށް އަވަހަށް… ނިޔާމް އާއި އަނަކް ކައިވެނި ކުރުމަށް އަހަރުމެން ވާނީ އެދެމީހުން ކުޑައިރުވެސް ނިންމާފައި… އަނަކްގެ ކޯސް ނުނިމޭތީ ކައިވެނި ލަސް މިކުރަނީވެސް ” ސީމާ އެހެން ބުނުމުން ރާޔާ އަށް ވަރަށް އަސަރު ކުރިއެވެ.
ރޭގަނޑު ގަޑިން 12.30 ވަނީއެވެ. ނިދާފައި އޮތް ނިޔާމ އަށް ހޭލެވުނީ ކަރު ހިއްކައިގެނެއްނެވެ. އެނދު ކައިރީގައި ހުރި ޖަގުގައި ފެންނެއްކަން އެނގުމުން އެދުން ތެދުވިއެވެ. އަދި ޖަގު ހިފައިގެން ސިޓިންގ ރޫމް އަށް ނިކުތެވެ. ނުކުތް ބާރަށް ވިދާ ގުގުރާ އަޑުއިވެއެވެ. ވައި ޖެހޭލެއް ބާރުކަމުން ސިޓިންގ ރޫމުގ ެ ދޮރުތަށްވެސް ހީވަނީ އުފުރިގެން ހިނގައިދާނެހެންެވެ. ނިޔާމް ޖަގަށް ފެން އެޅުމަށްފަހު ކޮޓަރިއާއި ދިމާއަށް ދާން ހިނގައިގަތް ތަނާ ފެނުނީ ސިޓިންގ ރޫމް އިން ބެލްކަންޏާ ވީ ފަރާތުގެ ދޮރު ހުޅުވިފައި ހުއްޓައެވެ. ވައިބާރު ވީމަ ދޮރު ހުޅުވިފައި ހުރީ ކަމަށްބަލާފައި ދޮރު ލެއްފުމައްޓަކައި ބެލްކަންޏާއި ދިމާއަށް ނިޔާމް ހިނގައިގަތެވެ. ދޮރު ކައިރިއަށް އަރައި ހަމަވިތަނާ ނިޔާމަށް ލިބުނީ ކުއްލި ސިހުމެކެވެ. ރާޔާ ބެލްކަނީގައި ހުރިތަން ފެނުމުންނެވެ. އެގޭގެ ބެލްކަނި ހުންނަނީ ހިޔާކޮށްފައެވެ.
” ރާޔާ …..! މިގަޑީގައި މިއޮއް ވިއްސާރައިގަ ކީއްތިކުރަނީ؟ ބިރެއްވެސް ނުގަނޭތަ؟ ގަޑީންވީއިރު އިނގޭތަ؟ ….. ” ” އެއްފަހަރަކާ ތިހުރިހާ ސުވާލެއް ކުރީމަ ޖަވާބުދޭން ވަރަށް އުނދަގޫވާނެ….. ” ” އެހެންތަ އެހެން ވިއްޔާ އެއްލަފުޒަކުން މިހުރިހާ ސުވާލުގެ ޖަވާބު ދެވިދާނެތަ؟” ނިޔާމް ބެލްކަންޏަށް ނިކުންނަމުން ބުނެލިއެވެ. ” އަހަރެން މިހުންނަނީ ރާޔާ އާއި ވަރަށް ބޮޑުވާހަކައެއް ބުނަން ބޭނުންވެފައި … އެކަމަކު އަބަދުވެސް ފެންނަނީ މަންމަ ކައިރީގައި ހުންނަތަން… އެހެންވެ ނުކެރެނީ ގޮވާލަން…” ” ކޮންވާހަކައެއް ؟”
”އަހަރެން ރާޔާ ދެކެ ވަރަށް ލޯބިވޭ” ނިޔާމް މަޑުމަޑުން ބުނެލިއެވެ. ބުނާނެ އެއްޗެއް ނޭންގިފައި ރާޔާ ހުރީއެވެ. މިއީ ރާޔާ އުއްމީދު ކުރި ގޮތެވެ. ނަމަވެސް ރާޔާގެ ހިތް އެއްބަހެއް ނުވިޔެވެ. ” ރާޔާ!” ނިޔާމް ރާޔާގެ އަތުގައި ހިފުމުން ސިއްސައިގެން ގޮސް ރާޔާ އައިތް ދަމާއިގަތެވެ.
”ނޫން ނިޔާމް، އަހަންނަކަށް އެއްވެސް މީހެއް ދެކެ ލޯތްބެއް ނުވެވޭނެ.” މިހެން ބުނަމުން ރާޔާ އެތަނުން ދާން ހިނގައިގަތެވެ.
”އެއީ ކީއްވެ؟ ރާޔާ ކީއްވެގެންތަ؟” ނިޔާމް ރާޔާގެ އަތުގައި ހިފާ އޭނަޔާ ދިމާލަށް އަނބުރާލިއެވެ. އަދި ބުންޏެވެ.
”މަޖުބޫރެއް ނޫނޭ ކުރާ ކޮންމެ ސުވާލަކަށް ޖަވާބެއް އޮތުމެއް..”
”އަހަންނަކީ އެއްވެސް މީހެއްގެ ލޯބި ހައްޤު ވާ ވަރުގެ މީހެއް ނޫން… އަހަނަށް ވުރެން މާ ރަނގަޅު ކުދިން ނިޔާމަށް ލިބޭނެ! … އަހަރެން މީ ނިކަމެތި ފަގީރެއް … މީހަކާއި އިނދެެގެން އުޅޭމީހެއް … އިސްމާއިލްގެ ކިބައިން ސަލާމަތް ނުވެވިގެން އުޅޭއިރު އަހަރެން ކިހިނެއް އެހެން މީހަކަށް ދިރިއުޅުމެއް ހޯދަދޭ ނީ؟…. އަހަރެން ކަހަލަ ނުކިޔަވައި ހުރި މީހަކާ ނިޔާމް ކަހަލަ ކިޔަވައިގެން ހުރި މީހަކާ އަރަފޯދިގެނެއްނުވޭ!..”
ރާޔާގެ ދެލޮލުން ކަރުނަ އޮހޮރިގަތީ ނުވިސްނާ ހުއްޓައެވެ. މީ ރާޔާ ދުވަހަކުވެސް ނިޔާމް އާ ދިމާލަށް ބުނަން ބޭނުންވި އެއްޗެއް ނޫނެވެ. ރާޔާ ނިޔާމް ދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް ބުނާކަށް ބޭނުމެއް ނޫނެވެ. ނިޔާމް ރާޔާގެ މޫނަށް ބަލަންފެށުމުން، ރާޔާ ކަރުނަތަށް ފޮހެލަމުން ދާން ހިނގައި ގަތެވެ. އެހުރި ފިޔަވަޅު މަތީ ރާޔާ ދާތަން ބަލަން ނިޔާމް ހުއްޓެވެ.
އެކުގައި ހަޔާތެއް ވޭތުކުރުމަށް އެންމެ ބޭނުންވާ ނީޔާމްގެ ލޯބީގެ ގުލްޒާރުން ފޮނިބޯންއެދޭ ހަމައެކަނި މަލުގެ ވިހަ ކަށިތަކުން ނިޔާމް މިޔަދު ޝަހީދުކޮއްލައިފިއެވެ. ހިތް ކުދިކުދި ކޮށްލައިފިއެވެ. ދުނިޔެމަތިން ފޫހިކޮށްލައިފިއެވެ. ނިޔާމަށް ހިތާހިތާ ސުވާލުކޮށްލެވުނެވެ.
”އަހަރެން ދުނިޔެއަށް އުފަންވުމީ އަހަރެންގެ ކުށް ހެއްޔެވެ؟ އަހަރެން މުއްސަދިވުން މީ އަހަރެންގެ ކުށެއް ހެއްޔެވެ؟” ހަޔާތުގައި ފުރަތަމަ ފަހަރަށް މީހަކު ދެކެ ވީ ލޯބި ނޭނގި ހުއްޓާ އަތުން ބީވެގެން ދިޔައީހެން ނިޔާމަށް ހީކުރެވުނު ކަހަލައެވެ. ދެކުނު ހުވަފެންތަކާއި ލޯބީގައި ކުރެވުނު އުންމީދުތައް ވެއްޔާ މޮޑެވުނު ކަހަލައެވެ. މިސްރާބު ގެއްލިފައިވާ އޮނޑިއެއް ފަދައިން ދާނޭ ވަކިދިމާލެއް ނޭނގި ވަށައިގެން އެކިދިމަދިމާއަށް ނިޔާމް ބަލަން ފެށިއެވެ.
***************
(ނުނިމޭ)
10 Comments
Comments are closed.
Maalahun up kuraathy v vaahaka ga Vaanuvaa eh neygy
vee emme avahakah up kureveytho mibalanee… anywys thanks
varah avahahh beynun up kuran…. enoonee vaanuvaa neygi dhaane
story varah reethi keep it up….
mivaahakaige kureege part thah hoadhaani kihineh…… varah reethi vaahaka thanks
Click the name nishan
nice …. waiting
wow alhey shiya your stories was supb…. waiting for another parts
kon dhuvas thakehga mi storri upload kuranee …… story varah reethi..
thanks all