އަބީގެ ކޮންމެ ހަރަކާތަކަށް ހިތާއި ފުރާނައިން އީލާމް އާ ބަސް ބުނަމުން ދިޔައެވެ. އޭނާގެ ގައިގައި ބައްދައިލައިގެން އޮވެ އަބީ އީލާމްއަށް ތައުރީފް ކުރަމުން ދިޔައިރު އަބީ އޭނާ ބޭނުންވާގޮތް ހާމަކޮށްލިއެވެ. “ވެން ވީ ގެޓް ބެކް ޓު އެސްއޭ ވީ ވިލް ގެޓް މެރީޑް އެންޑް ޔޫ ވިލް ބީ މައިން ފޯ އެވަރ” އަބީގެ މި ޖުމްލައިން އީލާމް ފިނިވެގެން ދިޔައެވެ. އީލާމް ބޯ ޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. އިރުކޮޅަކު އެހެން ތިބުމަށްފަހު ދެމީހުންވެސް ތެދުވީ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށް ދިއުމަށެވެ.
ދަތުރަށް ފުރިތާ ހަފްތާއެއް ވީ އިރު އީލާމް އާއި އަބީގެ ލޯބީގެ ވާހަކައަކީ ޔޮޓުގެ ހުރިހާ ސްޓާފުން ގެ ހުސްވަގުތު ތަކުގައި ދެކެވޭ ވާހަކައަކަށް ވެއްޖެއެވެ. މި ވޭތުވެދިޔަ ހައެއްކަ އަހަރު ތެރޭ އަބީ ގެންގުޅޭ އެތައް އަންހެން ކުދިންނެއް އެ ޔޮޓަށް އަރުވާ އެ މީހުންނާއި އެއްކޮށް ސަކަރާތް ޖެހުމުގައި އަބީ ވަގުތު ހޭދަކޮށްފައިވާއިރު ، މިފަހަރު ދިވެހިރާއްޖެއަށް ކުރި ދަތުރުގައި އެއްވެސް އަންހެން ކުއްޖެއް ނުގެންދިއުމުން ޔޮޓްގެ މުއައްޒަފުންނަށް އެކަންވީ އާކަމަކަށެވެ. އަބީ ރާބުއިމާއި ، ޖުވާ ކުޅުމުގައި ގިނަ ވަގުތު ހޭދަކޮށްފައިވާއިރު މިފަހަރު ދަތުރަށް ފުރިއިރު މުޅި ޔޮޓުން ވަނީ ރާ ފުޅިތައް ހުސްކޮށްފައެވެ. އެއްވެސް ކަހަލަ ވިޔާނުދާ އަމަލެއް ނުހިންގާތީވެ ކައްޕިވެސް އަބީ އާއި ދޭތެރޭ ދެކެމުން އައި ގޮތް ބަދަލުވެއްޖެއެވެ. ކައްޕިއަށް ވިސްނާލަން މަޖުބޫރުވިއެވެ. މި ފަދަ ވާހަކަތަކެއް ޔޮޓް ތެރޭ ދައްކަމުން ދާއިރު ކައްޕި އޭނާގެ ޒިންމާގެ ދަށުން އެފަދަ ވާހަކަތައް ނުދެއްކުމަށް ހުރިހާ މުއައްޒަފުންނަށް ނަސޭހަތްތެރިވިއެވެ. އީލާމް އޭނާ ކަނޑުވެފައިވަނިކޮށް ލައިގެން ހުރި ހެދުން ކަބަޑު ތެރޭން ހޯދުމަށް މަސަތްކަތް ކުރަނިކޮށް އަބީ އޭނާގެ ކޮޓަރި ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. ” ބޭބީ އަބީގެ ކޮޓަރިއަށް އެއްކޮށް ބަދަލުވާންވީނު ” އަބީގެ ސުވާލުން އީލާމް އަބީ އާއި ދިމާލަށް ނުރިހިފައި ބަލާލިއެވެ. ” އަދި ނުވެއެއްނު ، އެހެން ނޫނަސް މެރީ ކުރީމަ އެއްކޮށް އެއްކޮޓަރިއެއްގައި އުޅޭނީ ” އީލާމް ގެ ޖަވާބުން އަބީ ހިތްހަމަ ނުޖެހުނަސް ، އީލާމް އާއި ގާތްވެލާފައި މައުޟޫ ބަދަލު ކޮށްލީ އިތުރަށް އެވާހަކަ ނުދައްކާށެވެ. ” އީލާމް ގެ ފުރަގަހުން އަބީ ބައްދާލައިގެން އިނދެ ” މި ދަތުރު އަވަހަށް ނިމޭނަމަ ، އޭރުން އެސްއޭ އަށް ގޮސް ބޭބީ އަބީގެ މީހަކަށް ވާނެ” އަބީގެ ލޯބި ލޯބި ވާހަކައިން އީލާމް އޭނާ ކުރަން ހުރި ކަންތައް މަތިން ހަނދާން ނެތުނު ކަހަލައެވެ. އަބީ ގެ ކޮންމެ ސުވާލަކަށް އީލާމް ޖަވާބު ދެމުން ދިޔައިރު އެންމަ ފަހަށް އަބީ ބުނެލި ޖުމްލައިން އީލާމް އަބީ ކައިރީގައި “އަލީޒާ އަކީ ކާކު ތޯ ސުވާލު ކޮށްލިއެވެ” . އަބީގެ ޖަވާބު ކުރުވެފަ ފޮންޏެވެ” އެއީ ކޮލެޖުން ދިމާވި އަބީގެ ބެސްޓް ފްރެންޑް” އެވެ. އީލާމް އިތުރަށް އަލީޒާއާއި ބެހޭގޮތުން ސުވާލު ނުކުރީ ، އަބީ އޭނާގެ ވާހަކަ އިތުރަށް ނުދެއްކުމަށް އެދުމުންނެވެ. އަބީ އެކޮޓަރިން ނިކުތީ ސިގިރޭޓެއް ބޮއެގެން އަންނާނޭ ކަމަށް ބުނުމަށް ފަހުއެވެ . އަބީ ސިގިރޭޓް ރޯކޮށްލައިގެން ހުރެ ވިސްނަމުން ދިޔައީ އަލީޒާއާއި ދޭތެރޭ ކަންތައް ކުރާނޭ ގޮތަކަށެވެ. އަލީޒާ އަކީ އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާއެވެ. މިވީ އަށް އަހަރު އަބީ އާއި އެއްކޮށް އޭނާ ހޭދަކުރިއިރު ، އަލީޒާއަށް އަބީގެ ހުރިހާ ވިޔާނުދާ ކަމެއް އިނގިހުރެވެސް އެއްކޮށް އުޅެނީ ކީއްވެކަމެއް އަބީއަކަށް ނުވިސްނުނެވެ. ކުރިން އަލީޒާ ދެކެ އަބީ ލޯބިވިޔަސް، އޭނާ އާއި ދޭތެރޭ ދެކޭ ގޮތް ބަދަލުވިތާ އަހަރު ދުވަސް ވަނީއެވެ. އަލީޒާއަށް ދެރައެއް ނުދޭން އަބީގެ އާއިލާ ކައިރީގައި ބެހެއްޓިއެއްކަމުގައިވިޔަސް އަބީ މިހާރު ބޭނުންވަނީ އީލާމް އޭނާގެ ދިރިއުޅުމުގައި ހިމެނުމަށެވެ. އީލާމް ފަހަތުން އައިސް އަބީ ސިއްސުވާލީ އޭނާއަށް ވާގޮތް ބަލާށެވެ. ނަމަވެސް އަބީ އޭނާގެ އަތުގައި އޮތް ސިގިރޭޓް އެއްލާލުމަށްފަހު އީލާމް ގެނެސް އޭނާގެ ގައިގައި ބޮނޑިކޮށްލިއެވެ. ” އީލާމް ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން” އަބީ ސީރިއަސްވެލާފައި މިހެން ބުނުމުން އީލާމްވެސް ބުނާށޭ ކިޔާ ވާހަކައަށް ސަމާލު ކަން ދިނެވެ.” ކުރިން އަހަންނަކީ ވަރަށް ގޯސްކޮށް އުޅުނު މީހެއް ، އެކަމަކު މި ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ވަރަށް ބައިވަރު ކަންތައް ބަދަލުވެއްޖެ ، އަހަންނަކީ މިހާރު މުސްލިމެއް ، ކުރިން އެއްވެސް ދީނެއް ގަބޫލެއް ނުކުރަން ” އަބީގެ ވާހަކަ މިހާ ހިސާބަށް ދިއުމުން އީލާމް އަމިއްލައަށް އޭނާގެ މާޒީ އާއި ދޭތެރޭ ވިސްނާލެވުނެވެ. ނަމާދުކޮށް ގުރުއާން ކިޔެވުމަކީ އޭނާ ބޮޑުވަމުން އައިރު އަބަދު ހެން ކުރާކަމެކެވެ. ” އަބީ ދެން ނުވިސްނާ މިހާރު ތިޔަހުރީ އިސްލާހު ވެފައެއްނު ، އެހެންވީމައި މާޒީގައި ހިނގާފައިވާ އެއްވެސް ކަމަކާއި މެދު އީލާމް ގެ އެއްވެސް ޝަކުވާއެއް ނެތް” އީލާމް މިހެން ބުނެލުމުން އަބީ އެނާއަށް ހިނިތުންވުމެއް ދިނީ އަލީޒާގެ ވާހަކަ ކިޔައިދީގެން އީލާމްއަށް އިތުރު ހާސްކަމެއް ނުދިނުމަށެވެ.
30 ދުވަހުގެ ދަތުރެއް ނިންމުމަށްފަހު ސައުތު އަފްރިކާގެ ކޭޕް ޓައުންގެ ޔޮޓް މެރީނާއަށް އަބީ މެންގެ ޔޮޓް ގާތް ކޮށްލީ އެމީހުންގެ މަންޒިލަށް އާދެވުމުންނެވެ. އަބީ އޭނާގެ ޓީމް އަށް އީލާމް ގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް އެދުނެވެ، އަދި އަބީ ގޭގެ އެއްވެސް މީހަކަށް އަބީ އައިސް އުޅޭ ހަބަރު ނުދިނުމަށް އިރުޝާދު ދިނެވެ. އަބީ އީލާމް ގެ އަތުގައި ހިފައިގެން ޔޮޓުން ފޭބީ އޭނާގެ ކާރު ގެނެސް ކައިރި ހިސާބެއްގައި ބޭއްވުމަށް ފަހުއެވެ. އީލާމް ، އަބީގެ ފަހަތުން ހިނގަމުން ދިޔައިރު އޭނާގެ ނަޒަރު ވަނީ ވަށައިގެންވާ މާހައުލަށެވެ. ކާރުގެ ކުރީ ސީޓުގައި އިށީދެލުމުން އަބީ ކާރު ދުއްވާލީ އީލާމް ކައިރީ ސީޓް ބެލްޓް އަޅުވަން ބުނެލުމަށްފަހުއެވެ. ވިހި މިނެޓް ދުއްވުމަށްފަހު އަބީގޭ ކާރު މަޑުކޮށްލީ އޯޝަން ރެޒިޑެންސް ގެ ދޮރު މައްޗަށެވެ. ގޭގެ ގޭޓް ހުޅުވުމުން އަބީ އޭނާގެ ކާރު މަޑު މަޑުން ދުއްވާފައި ގޮސް ގޭގައި ވަކިން ހަދާފައިވާ ޕާކިންގް ޒޯނަށް ޖަހާލިއެވެ. ގޭ ތެރޭ ހަރަކާތް ތެރިވަމުން ދިޔަ ނޯކަރުންނަށް އަބީ އައިކަން އިނގުމުން ލަގެޖް ބަލާ އެއްބަޔަކު އައިރު އަނެއް ބަޔަކު ކެއްކުމަށް ތެޅިގަތެވެ. އީލާމް ކާރުން ފައިބައީ އެގެއަށް ވަށައިގެން ބަލާލިއެވެ. ގޭ ވަށައިގެން ބަގީޗާ ހައްދާފައިވާއިރު ގޭޓުން ވަންނަ ދިމާލަށް ފެން އަރުވާ ވަޑާމެއް ހުރެއެވެ. ދެ ބުރިއަށް ހަދާފައިވާ ގެއަށް ބަލާލުމުން ހީވަނީ ތަން ތަނުގެ ރަސްރަސްކަލުން އުޅޭ ކަހަލަ ގަނޑުވަރެއް ހެނެވެ. އަބީ އީލާމް ގެ އަތުގައި ހިފާލުމަށްފަހު ” ވެލްކަމް ޓު އަވަރ ހައުސް ” އެހެން ބުނެލުމުން އީލާމް ލަދުން އިސްޖަހާލިއެވެ. އޭނާގެ އަތުގައި ހިފައިގެން އަބީ ގޭގެ އެތެރެއަށް ވަންނަން ދިއުމުން ގޭގެ އެންމެ އިސް ނޯކަރު އަބީ އާއި އީލާމް އަށް އަދަބު އިހްތިރާމް އަދާކުރިއެވެ. ” ކޮބާ މަންމަ މެން ، މިގެޔަކު ނޫންތަ އުޅެނީ ” އީލާމް ސުވާލު ކޮށްލިއެވެ. އަބީ އެވާހަކަ ފަހުން ދައްކާނީ ކަމަށް ބުނެ އީލާމް ގޮވައިގެން އޭނާގެ ކޮޓަރިއަށް ދިޔައީ ، ފަހުން އެވާހަކަ ކިޔައިދޭނޭކަމަށް އަމިއްލަ ސިކުނޑިއަށް ވިސްނައިދެމުންނެވެ. އީލާމް އަބީގެ ކޮޓަރިއަށް ބަލާލީ އޭނާ ދުވަހަކުވެސް އެވަރު ކަމެއް ދެކިފައި ނުވާތީއެވެ. ކޮޓަރި ބޮޑުވެފައި އެންމެ ފަހުގެ ފަރުނީޗަރު ހުރިއިރު ، ފޮތް ހަރުގަނޑެއް ކޮޓަރީގެ އެއް ފަރާތުގައި ހުއްޓެވެ. ” އީލާމް ދޭ ފެންވަރައިގެން އަވަހަށް އަންނަށް ، ވަރަށް ބަނޑު ހައިވޭ އެބަ ” އަބީ ބޮޑާ ހާކާލިއެވެ. އީލާމް އޭނާގެ ފޮށިން ޓޮޕް ކޮޅަކާއި ޖިންސެއް ނެގުމަށްފަހު ރެޑީ ވެލައިގެން މިއަންނަނީ ކަމަށް ބުނެ ފާހަނައަށް ވަނެވެ. ފާހަނަ ބޮޑުވެފައި ރީތި ކަމުންވެސް އީލާމްއަށް ހިތާހިތުން ކުދި ކިޔެމުން ދިޔައީ މާލޭގައި އޭނާ އުޅުނުއިރު ، ލިބިފައިވާ ކުޑަ ކުޑަ ފާހަނަ ހަނދާން ވުމުންނެވެ. އީލާމް ރެޑިވެލައިގެން ނިކުތުމުން އަބީ އޭނާ ގެ އަލަމާރީން ޓީޝާރޓް އަކާއި ޖީންސެއް ނެގުމަށްފަހު ފާހާނައަށް ވަނެވެ. ކޮޓަރި ތެރޭން ނިކުމެވޭ ބެލްކަންޏަށް އީލާމް ނިކުމެލީ ވަށައިގެންވާ މާހައުލު އިތުރަށް ބަލާލުމުގެ ބޭނުމުގައެވެ. އަބީ ފާހާނައިން ނިކުތުމަށްފަހު އީލާމް ބޭރުގައި ހުރިތަން ފެނުމުން އޭނާ ކުރަނީ ކީއްތޯ ބަލާލުމަށް ބެލްކަށްޏަށް ނިކުމެލިއެވެ. ރޭގަނޑުގެ ނާސްތާއަށް ފަހު ގޭގެ ހުރިހާ ނޯކަރުންނަށް ބައްދަލުވުމެއް ބޭއްވިއެވެ. ބައްދަލުވުން ބޭއްވުމުގެ މައިގަނޑު މަގުސަދަކަށް ވީ ހުކުރު ވިލޭރޭ އަށް މުޅި ގެ ރީތި ކުރުމާއި ހުރިހާ ނޯކަރުންނަށް ހަފްތާއެއްގެ ޗުއްޓީއެއް ދިނުމެވެ. އަބީ ގެ ހުސްކުރަން ބޭނުންވާ ސަބަބު ނުބުނިކަމުގައިވިޔަސް އީލާމް އަށް އަބީ ބޭނުންވާ ގޮތް އެނގެއެވެ. ނޯކަރުންގެ ފަރާތުން ސުވާލެއް ނައީ އެމީހުންނަށް އަހަރަކު ދެތިން ފަހަރު މިގޮތަށް ޗުއްޓީ ދޭތީވެއެވެ. ބުދަ ދުވަހުގެ ހެނދުނު އިރު އެރީ ހުރިހާ ނޯކަރުން އަތު ކުރި އޮޅަލައިގެން މުޅި ގެ ސާފު ކުރަން ފަށާފައިވަނިކޮށެވެ. އީލާމް ހެނދުނު ހޭލައިގެން ކޮޓަރިން ނިކުތުމަށް ފަހު ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އޭނާވެސް ބޭނުން ވަނީ މަސަތްކަތެއްގައި ޝާމިލް ވެ އުޅުމަށެވެ ނަމަވެސް އެއްވެސް މީހަކު އޭނާ މަސަތްކަތެއްގައި ބައިވެރި ވިޔަކަ ނުދިނެވެ. ގޭގެ އެންމެ އިސް ނޯކަރު ޖެނީ އީލާމް އާއި އަރާ ހަމަކޮށްލުމަށްފަހު އީލާމް އާއި ދިމާލަށް ” މިގޭގެ ވަގުތީ މެހުމާނުން ނެތް މަސަތްކަތެއް ނުކުރާނެ ، ގޭގެއަށް ނޯކަރުން ލާފައި ހުންނަނީ ކަމަކު އެހެންވީމައި ކޮންމެވެސް އެހެން ކަމަކާ އުޅެލުން ރަނގަޅު ވާނެ ” އެހެން ބުނެލުމުން އީލާމް އޭނާ އާއި ދިމާލަށް އެއް ބުމަ އަރުވާލީ އޭނާގެ ހަރުކަށިކަމަށް ތާއީދު ނުކުރުމަށެވެ. ނަމަވެސް ދެމީހުން ކުރެން އެކަކަށްވެސް ނޭގުނީ އަބީ މި މަންޒަރު ބަލަން ހުރި ކަމެވެ. އަބީ އަށް މި މަންޒަރު ފެނި ދެއްކި ވާހަކަ އަޑުއިވުމުން ރުޅިއައިސްގެން ތުރުތުރު އަަޅާލިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ސިޑިން ފައިބައި އީލާމް މެން ހުރިހިސާބަށް ހަރުކަށި ހިނގުމެއްގައ ގޮސް މަޑުކޮށްލިއެވެ. އަބީ ފެނުމުން ޖެނީ އަށް އިސްޖަހާލެވުނީ އަބީގެ ޝަހާދަތް އިނގިލި ނަގާ އޭނާ އާއި ދިމާލަށް ދިއްކޮށްލުމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.


V v reethi me first dhw…….
yes Nicky you first 🙂
V v v reethi… ekamu maa kuru… Uhmeedhu kuran next part digu vaane kamah
Thanks Swty noo 🙂 dhigu kohlaanan next part
Kome dhuvahaku parts liyela nama ragalhu
will try 🙂
She got all her memories back now?!!
Yaa does she got all her memory’s back??? If not how can they marry??
Story hama habehys ❤❤❤
plx avahah up kobala nd plx plx next part digukolaathi
nd background ga in pic ga in boy’s Xee ah vvvv kamu nudey bt girl vvv nice ??
hope you will think ? about it nd background in Abyy and shaan aky kobaatha??
konme duvahuku up kuraanama mi ah
vure rangalhu vaane
Thanks Xee 🙂 memory ahnaanee slowly slowly 🙂 Shaam is the cute one 🙂 konme dhuvahaku up kureveytho try kuraanan 🙂
Wow masha allah stry obiness to the max ??? but haadha kuruhen hyveyey nxt prt dhigukolladhechey plx whn nxt prt avaskolladhybala plx ???❤❤??????????
Thanks Khajja .. 🙂
Elam handhaan v tha kuryge kanthah thah eyna ah male’inn libefa inn faahana ge
Vaahaka bunefa mieny…?
handhaan gossa , handhaan aavaanee madu madun , baeh kahala kanthah handhaan vaanee fenna manzarakun 🙂 kuriah oiyy thaaga thankoleh detail kohla dheynan 😀
V reethi vaahaka.?❤❤ ekamaku mifaharu ge part thankolheh
V reethi vaahaka.?❤❤ ekamaku mifaharu ge part thankolheh
V reeth vaahaka keep it up xeesh