އައިނާ ނިންދަވަން އޮތް އިރު އޭނާވެސް ބޭރުގައި ހިނގާ ކަންތަށް ބަލަން ޝައުގުވެރިވިއެވެ. ނަމަވެސް އެމީހުން އަޑުގަދަކުރާވަރުން އިރު އިރުކޮޅާ އައިނާ ކުކުރާލާތީ ދުރަށް ދާން އޭނާ ޖެހިލުންވެއެވެ. އެވަގުތު ނައިނާގެ ފޯނު ރިންގްވާންފެށުމުން އަޑު ކަނޑާލާފައި ފޯނު ނެގީ ދެތިންފަހަރަކު ތެޅިލި އައިނާގެ ގައިގާ ލޯބިން ފިރުމާލާފައެވެ.

“ހޭ ކުޑޭ!!” ނައިނާ ފޯނު ނަގާފައި އެހެން ގޮވާލީ އައިޝަމް އަށް ޖެއްސުންކުރާށެވެ. އައިޝަމް ވަގުތުން އައްޗީޑިއޭ ބުނެލިއެވެ. “ޝާމްބެ މާ ރީތި.. ކޮބާތަ މަގޭ ޕްރިންސަސް..؟” އައިޝަމް އަހާލިއެވެ. އޭނާ އައިނާއަށް ވަރަށް ފޯރިހުރެއެވެ. ވިހެއިންސުރެ ދުވާލަކު ހަތަރު ފަހަރު ގުޅައިގެން ހާލުވެސް ބަލައެވެ. އަދި ކޮންމެދުވަހަކު ފޮޓޮއެއްވެސް ފޮނުވަން ޖެހެއެވެ.

“ޝާމް ތިގުޅަނީ އެކޮއެ ނިދީމަ އަބަދު.. ދެންމެ އެ ނިދީ… އެކޮއެ ބޯ ބާލުވަން ހަދައިގެން އޮތީ ރޮއެ ރޮއެ ވަރުބަލިވެފައި…. މިހާރު ނަން ކިޔައިފި…” ނައިނާ ވީ ގޮތް އޮޅުންފިލުވައިދިނީ ވަރަށް މަޑުންނެވެ. އިރުއިރުކޮޅާ އެނދުގައި އޮތް އައިނާއަށް ބަލައިލެވެއެވެ. “ކޮބާތަ ނަމަކީ؟ ދޮންބެ ނަން ނުވެސް ބުނި.. ބުނީ މިއަދު އިނގޭނެނޫންހޯ..” އައިޝަމް ޝަކުވާކޮށްލިއެވެ. ނައިނާ ހީލާފައި ދަރިފުޅަށް ކީ ނަން އައިޝަމް ކައިރި ބުނެލުމުން އޭނާ ވާއުއު އޭ ކިޔާ ހީގަތެވެ. ނައިނާ ތަފާތު ވާހަކަތަށް ދައްކަމުން ދިޔައީ ބޭރުގައި އުޅޭ މީހުން ކަންތަށް ކުރާ ގޮތާއި ގުޅުވައިގެންނެވެ. އައިޝަމް އަށް އެކަންތަށް އާ ކަމުން އެތަކެއް ސުވާލުތަކެއް ކުރިއެވެ. އޭނާއަށް މުޅިންވެސް ލިބެނީ ކެއުމެވެ. އެކަން ހިނގާގޮތެއް އޭނާއަށް ނޭނގެއެވެ.

ނައިނާ ފޯނު ކަނޑާލިތަނާހެން އައިޒަން އެތެރެއަށް ވަނެވެ. އަދި އެއްޗެއް ބޭނުންތޯ ސުވާލުކުރުމުން ނައިނާ އަވަސްއަވަހަށް ބޮނޑިބަތޭ ބުނީ އޭނާ ބޮނޑިބަތް ކާހިތްވާވަރުންނެވެ. އައިޒަން ހެމުންހެމުން ނައިނާގެ އެ އެދުންވެސް ފުރިހަމަކުރެވޭތޯ އުޅުނެވެ.

………………..

“އައްސަލާމް އަލައިކުމް….” ހުދާގެ ގޭ ކުރިމައްޗަށް އަރާ ހުއްޓުނު އަކުރަމް ގޮވާލިއެވެ. އޭނާ އެއައީ ޕާރސަލްބަހާށެވެ. ހުދާ ސަލާމް ބަލައިގަނެފައި ތީ ކޯޗެއްހޭ އެހީ އެނގިހުރެއެވެ. “ނައިނާގެ ދަރިފުޅަށް ނަން ކީމަ… ހުދާ މަންމަ އެބައުޅޭ އެގޭގައި އެކަންވެސް ނޭނގޭތަ ހެހެހެ” މަޖާވެލާފައި އެހެން ބުނެ ހުދާގެ އަތުތެރެއަށް އެ ޕާރސަލް ލާފައި އަކުރަމް ސައިކަލު ދުއްވާލިއެވެ. ހުދާ އައި ރުޅީގައި ދަތްކުނޑި ވިކާލިއެވެ. “މަށަށް ކޮންކަމެއް.. ބަފާ ދިޔަހެން އައިޒަންވެސް ދިޔައިއްޔާ ރަނގަޅުވާނީ…” ޕާރުސަލް ހޫރާލާފައި ހުދާ އެހެން ބުނެ ކޮޓަރިއާއި ދިމާލަށް މިޝްރާބު ޖެހިއެވެ. އޭނާ މިވޭތުވެދިޔަ ދުވަސްތަކުގައި ނައިނާ ގެ ކިބައިން ބަދަލު ހިފަން މަސައްކަތްކުރިޔަސް ކުރާނެ ގޮތެއް ނޭނގުނެވެ. އެ ފުރުސަތުވެސް ވަނީ ނުލިބިފައެވެ. އަދިވެސް އޭނާ އައިޒަން ބޭނުމޭ ކިޔަ ކިޔާ ހުރީ އައިޒަން ހާސިލްކުރަން ބޭނުންވާތީއެވެ. ހުދާ ބޭނުންވާ ކޮންމެ އެއްޗެއްވެސް ތަޤުދީރުން ނައިނާއަށް ލިބުން އޭނާއަކަށް ހަމަޖަމެއްނުވިއެވެ. މިފަހަރު ތަޤުދީރު ލިޔާނީ އޭނާއޭ ހިތާ އެނދުމައްޗަށް ވެއްޓިގަތީ އައި ރުޅި ހިންދާލެވޭތޯއެވެ.  އެތަކެއް ފަހަރު  ނައިނާގެ ދިރިއުޅުން ބަރުބާދު ވޭތޯ ކިޔަމުން ދިޔައެވެ.

………….

ހަތަރުމަސް ފާއިތުވެގެން ދިޔައީ ކޮންމެ މީހެއްގެ ދިރިއުޅުމަށް އުފަލާއި ހިތްހަމަޖެހުން ގެނުވާފައެވެ. ނައިނާއާއި އައިޒަން އުޅެނީ ދަރިފުޅާއި އެކު ވަރަށް އުފަލުންނެވެ. ލަމްހާ މާލެއައުންވީ ޝާމިރާގެ ދިރިއުޅުމަށްވެސް އުފާވެރިކަން ގެނުވިކަމަކަށެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ އައިޒަން އެނބުރި އަންނަންދެންނެވެ. އައިޒަން އާއި ލަމްހާ ގެ ކައިވެނި ކުރެވުމުން ބޭރުގައުމެއްހައި ޝާމިރާއަށް ކުންފުނި ފެށޭނެ ގޮތް ފާލިހް ހަދައިދޭނެކަމަށް ވައުދުވިއެވެ. ޝާމިރާ ހުރީ އެކަމާއި އުފަލުން ފޮޅިފައެވެ. ފާލިހް އެހާވަރަކުން އައިޒަން އާއި ލަމްހާގެ ކައިވެނި ކުރަން ބޭނުންވަނީ ނަހަލާލުންް ލާރިހޯދައިގެން ފެށި ކުންފުންޏެކޭ ކިޔާ އެތަށް ބަޔަކު އެ ކުންފުނީގެ ނަން ހަޑިކޮށްލުމުންނެވެ. ޝާމިރާގެ ކުންފުންޏާ ފާލިހުގެ ކުންފުނި ގުޅުންވެގެން ދާނީ އެލިބުނު ހަޑިނަމުން ސަލާމަތްވެވޭނެ ފުރުސަތަކަށެވެ.

އައިޝަމް ސޯފާގައި އިށީނދެ އިން އިރު ދިޔައީ އެއްވަރަކަށް އައިޒަންއަށް ގުޅަމުންނެވެ. ޝާމިރާ ވެސް ކައިރި އިށީނދެ އިނެވެ. އަދި ދޮންބެކޮބަހޭ އެހީ ފައިލަކަށް ބަލަހައްޓައިގެން އިނދެއެވެ. އައިޒަން ފޯނެއްނުނަގައޭ ބުނުމުން ޝާމިރާ ހޫމްމް އަޅުވާލިއެވެ.  “ވާހަކައެއް އަހަންތަ؟؟” ޝާމިރާ ގެ ސުވާލުން އައިޝަމް ކުޑަކޮށް ޖެހިލުންވިއެވެ. ޝާމިރާ އެހެންއަހާ ކޮންމެފަހަރަކު ތެޅިގަނެވެނީ ނައިނާގެ ކަންތަށް ޝާމިރާއަށް އިނގުނީއޭ ހިތަށްއަރާފައެވެ. އައިޝަމް މަޑުމަޑުން ބޯޖަހާލިއެވެ. “ދޮންބެ އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ؟” ޝާމިރާ ކުރި ސުވާލުން އައިޝަމް ނޭވައެއް ބޭރުކޮށްލިއެވެ. “ތީ މަންމަ ދޮންބެ ކައިރި އަހަން ޖެހޭ ސުވާލެއްނު…” އައިޝަމް ހަމަޖެހިލާފައި ބުންޏެވެ. “ދޮންބެ ކޮންމެ ކުއްޖަކާއި ރައްޓެހިވިޔަސް މަންމަ އެކަމަށް ޤަބޫލުވާނަން ދޯ؟ މަންމައަށް އިނގެޔެއްނު ދޮންބެގެ މުޅި ދިރިއުޅުން މަންމައަށާއި ކުންފުންޏަށް ހުސްކުރި، އެހެންވީމަ ދޮންބެ ބޭނުންކުއްޖެއް ހޯދުމުގެ ފުރުސަތު އޮންނަންވާނެއްނު ދޯ؟؟” އައިޝަމް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. “އާނ.. ދޮންބެ އެކަމާއިއެއްނު އެ އުޅެނީ… މަންމައަށް އިނގޭ މިހާރު ހުރިހާ އެއްޗެއް…” ޝާމިރާ އުފަލުން ބުނެލީ ލަމްހާގެ ވާހަކަ ހިތަށް އަރުވާލަމުންނެވެ. އައިޝަމް ވާނުވާގައި އިންނަމަވެސް އަނގަ ހުޅުވާލާފައި އެ ސުވާލުކުރަން ބޭނުންނުވީ އޮޅިގެންވެސް އެކަށީގެން ނުވާ އެއްޗެއް އޭނާއަށް ބުނެވިދާނެތީއެވެ. ނަމަވެސް ޝާމިރާއަށް އިނގެނީ ކޮން ހުރިހާއެއްޗެއް ބާއޭ އޭނާ ހިތަށްއެރިއެވެ.

……

އައިޒަން ފުރަން އޮތްދުވަހެވެ. އޭނާ ގިނަވަގުތު ލޯބިވާ ދަރިފުޅު ކައިރި ހޭދަކުރިއެވެ. ހަތަރުމަހުގެ އައިނާ އިންނަނީ ފުއްކޮޅެއްހެންނެވެ. ވަރަށް ލޯބި ކޮލަކާއި ރީތި ބޯ އިސްތަށިގަނޑެއްލާފައެވެ. ބޮޑު ދެލޮލާއި ދިގު އެސްފިޔަތަށް ރީތިކަމުގެ ވާހަކަ އެންމެންވެސް ދައްކައެވެ. ދޮން އޮމާން ހަންގަނޑަކާއި އައިޒަން ކަހަލަ ބޯ ހިމަ ބުމައެކެވެ. ނޭފަތްވެސް އިންނަނީ އައިޒަން އިންނަހެންނޭ ބައެއް މީހުން ބުންޏަސް ޒާހިދާއަށް އައިނާ ވައްތަރީ ހަމަ ނައިނާއާއެވެ. ނައިނާ ކުޑައިރުވެސް އިންނަނީ އެހެންނޭ ކިޔާފައި ފޮޓޯދައްކާ އެކަން ސާބިތުވެސްކޮށްދިނެވެ. ކޮންމެޔަކަސް އައިޒަން އެރެށުގައި އެންމެންނާއި އެކު ހޭދަކޮށްފައި އެދަނީ ހަނދާނުން ފިލައިގެން ދާނެވަރުގެ ހަނދާންތަކެއް ނޫނެވެ. އޭނާ އެންމެ ހަނދާންވާނީ އައިނާގެ ލައްވާ ލޯބި ލޯބި އަޑުތަކެވެ.

ލަހުފާވެސް ފުރާ ދުވަސްވަނީ ކައިރިވެފައެވެ. މިކޮޅުގައި ފުރިހަމަ ކަމާއި އެކު އެއްއަހަރާއި ބައި ހޭދަކޮށްފައި އެނބުރު ދާންޖެހޭތީ އެނާ ހުރީ ދެރަވެފައެވެ. އޭނާ ފަދައިން އެހެން މުވައްޒަފުންވެސް ތައްޔާރުވަމުން ދިޔައީ އެކަމަށެވެ. އުނގޫފާރުގައި ހުޅުވުނު އޮފީސް ދިޔައީ ހީވެސްނުކުރާހާ ރަނގަޅަށް ހިނގަމުންނެވެ. އަދި އެކަމުން އެތަކެއް މަންފާއެއްވެސް ލިބެމުންނެވެ.

……………….

އައިޒަން ދިޔަފަހުން ދުވަސްތަށް ހޭދަވަމުން ދިޔައީ އެއްވެސް ފޯރިއެއްނެތިއެވެ. ދުވަސްތަށް ދާލެއް ލަސްހެންވެސް ނައިނާއަށް ހީވާފަހަރުތަށް ގިނައެވެ. އެތަކެއް ފަހަރު އައިޒަން ކައިރި މަންމަ އާއި ވާހަކަދައްކާ މިކަންތަށް ނިންމާލަން އުޅޭށޭ ބުނެއެވެ. ނަމަވެސް އައިޒަން ބުނަނީ އޭނާ މިކަމަށް ތައްޔާރުނޫންކަމެވެ. އޭނާ އަކަށް ނުކެރޭނެކަމެވެ. މަންމަކައިރި ބުނެގެން ދެން ވާނެ ގޮތް އިނގޭތީ އެ ދުވަސް ދެކެން އޭނާ ބޭނުންނުވާކަމެވެ. އައިޒަން ގެ ޖަވާބަކީ އަބަދުވެސް އެއީއެވެ. އެއްވެސް މައްސަލައެއް ނުޖެހި އެހެން އުޅެވޭތީ އައިޒަންވެސް އެކަމާއި މާ ބޮޑު ފަރުވާލެއް ނުބަހައްޓައެވެ. މަންމަ ކައިރި ނުބުނެވެސް އޭނާއަށް އުފަލުގައި އުޅެވޭވިއްޔާއެވެ. އޭނާއަށް ނޭނގޭކަމަކީ އެހާ ހަމަޖެހިލައިގެން އޭނާއަށް އުޅެވެނީ ނައިނާގެ މަސައްކަތުންކަމެވެ. ނައިނާގެ ހިތްވަރުގަދަކަމުންނާއި ނައިނާ ރަނގަޅުވީމާކަމެވެ.

ފުންވިސްނުމެއްގައި އިން ނައިނާ ސިހިފައި ފޯނު ބަލައިލީ ފޯނަށް މީހަކު ގުޅާތީއެވެ. ނުދަންނަ ނަމްބަރެއްކަމުން ފޫހިފައި ފޯނު ކަނޑާލިއެވެ. މިވަގުތު މޫޑު ހުރިގޮތުންކަމަށްވެސް ވެދާނެއެވެ. އިރުކޮޅަކުން ކޮޓަރިތެރެއަށް ވަދެގެން އައީ ޒުހާއެވެ. ޒުހާ އައުމާއި އެކު ނައިނާ އޭނާގެ ޝަކުވާތަށް ބަންޑުންކޮށްލިއެވެ. “އަހަރެންވެސް ތިކަމާ ވިސްނައިފިން.. ނާ މާ ބޮޑަށް އައިޒަން އަށް ދޫދޭތީ ވާގޮތް… ބުނޭ ރީއްޗަށް މަންމައާއި ވާހަކަދައްކަން.. ކޮންމެވެސް އެއްކޮޅެއްގައި މިކަން ޖައްސަން ޖެހޭނެ ދޯ؟ ކޮންމެ ގޮތެއްވިޔަސް އެއީ އައިޒަންގެ މަންމަ… އައިނާގެ މާމަ.” ޒުހާ ނައިނާއާއި އެއްބާވަމުން ނައިނާ ގެ ކުށްވެސް ދެއްކިއެވެ. ނައިނާ އެކަމުގައި ކުރެވޭނީ ވަކި ކީއްހެއްޔެވެ؟ އޭނާ އައިޒަންދެކެ އިންތިހާއަށް ލޯބިވެއެވެ. މަންމަ ކައިރި ބުނެގެން ވަކިވެގެން ދާކަށް ހުދު އޭނާވެސް ބޭނުމެއްނުވެއެވެ. ނަމަވެސް މިގުޅުން މިގޮތަށް ސިއްރުކޮށްގެން އުޅޭކަށްވެސް އޭނާ ބޭނުމެއްނުވެއެވެ.

…………………

“އެއްކަލަ ލަމްހާ އައިސްގެން މަންމަ ވެއްޖެ ގޮސް…” އައިޝަމް އައިޒަންގެ ކޮޓަރިއަށްވަދެފައި ބުނި އެއްޗަކުން އައިޒަން އަނގަޔަށް ގޮތެއް ހަދާލިއެވެ. “މަންމަ ކައިރި މިހާރު ނައިނާގެ ވާހަކަ ބުނަންވެއްޖެއެއްނު…” އައިޝަމް އެހެން ބުނުމުން އައިޒަން ހިފަހައްޓައިގެން އިން ލެޕް އިން ނަޒަރު ދުރުކޮށްލިއެވެ. އަދި ނޫނެކޭ ބުނެ ނައިނާ ކައިރި ތަކުރާރުކޮށް ދައްކާ ވާހަކަ އައިޝަމް ކައިރި ވެސް ދެއްކިއެވެ. މަންމަ ކައިރި ބުނަން އަދި ތައްޔާރުނޫންކަމެވެ. އައިޝަމް އަށް އެ ޖަވާބު ކަމަކުނުދިޔައެވެ. ހިތްހަމަނުޖެހިފައި އައިޒަން އަށް ބަލައިލިއެވެ.

“އަހަރެންނަށް އިނގޭ ތިވާގޮތް.. މަންމަ އަށް ގޮތެއް ވެދާނެއަތީ ތިއުޅެނީ.. ތިހެން ކުރިންވެސް ކަންތަށް ކުރަން ބޭނުންވިނަމަ ނައިނާ ދިރިއުޅުމަށް ނުގެނައިނަމަ… ބުނަން ދޮންބޭ! ނައިނާ ނުބުންޏަސް އޭނާވެސް ބޭނުންވާނެ ކޮންމެ އަތްބަކަށް ލިބެންބޭނުންވާ ހައްޤުތަށް…. އޭނާ އެކަމުން މަހުރޫމްކޮށްފައި، އައިނާ ވެސް ބައްޕައަކާއި، މާމައެއްގެ ލޯބިން މަހުރޫމްކޮށްފައި ތި ހުންނަނީ… ދޮންބެ ވިސްނީ އަދި ވިސްނާނީވެސް މަންމައާއި މެދު… އެއްދުވަހު އަންނާނެ ހާލަތެއް.. ނައިނާ ނޫނީ މަންމަ..އަހަރެން ގެރެންޓީދެން އެދުވަހުން ދޮންބެ ނަގާނީ މަންމަކަން… އެދުވަހުން ބިކަވާނީ ނައިނާ އާއި އީއްކޮ… އަހަރެން ދިން ހިޔާލެއް މެރީކުރާށޭ…. ވަގަށް ކުރާށޭ… އެކަމް ދޮންބެ ތިހެން ހަދައިގެން ނައިނާ އާއި އީއްކޮ ދޫކޮށްލައިފައި މަންމަ ނަގައިފިނަމަ އަހަރެން އަމިއްލަ ނަފްސް ކުށްވެރިކުރާނަން ދޮންބެއަށް އިތުބާރުކޮށް އެ ހިޔާލު ދެވުނީތީ.. އަންހެންކުއްޖެއްގެ ދިރިއުޅުމަށް ވަދެ، އޭނާއަށް އެހެން އުޅެން މަޖުބޫރުކުރުވާ ހާލަތަށް ގެންދަން ދޮންބެއަށް އެހީވެވުނީތީ…” އައިޝަމް ކިޔަން ބޭނުންވާއެއްޗެއް ކިޔާފައި ނިކުންނަން ހިނގައިގަތީ އައިޒަން ކިޔާނެ އެއްޗެއް އަޑުވެސް ނާހައެވެ. އައިޒަން ގަބޫލުނުކުރެވިފައި އިނީ އައިޝަމް އޭނާއާއި ދިމާލަށް އެކަހަލަ އެއްޗެއް ބުނެފާނެކަމަށް ހީކޮށްފައި ނުވުމުންނެވެ. އައިޝަމް ބުނިގޮތަށް އެވަގުތު އައިޒަންގެ ހިތުގައި އުފެދެމުން ދިޔަ ސުވާލުތަށް ވަނީ ޝާމިރާ އާއި ގުޅިފައެވެ. ޝާމިރާ ވިސްނާނެ ގޮތަކާއި ހަދާނެ ގޮތަކާއި މެދުގައެވެ. އެންމެ ފަހަރަކުވެސް ނައިނާ އާއި އައިނާ އެ ހިތަށް ނައީ، ޝާމިރާ ދެކެވާ މަތިވެރި ލޯތްބެއްގެ ސަބަބުންކަމަށްވެސް ވެދާނެއެވެ.

…..

އައިޒަން ބޭރުގައި އުޅެލާފައި ގެޔަށް އާއިރު ޝާމިރާވެސް އައިޝަމްވެސް ސޯފާގައި އިށީނދެ އިނެވެ. އައިޒަން ވަދެގެން އައިތަން ފެނި ކޮންތާކުންހޭ އެހުމުންވެސް ޖަވާބުނުދީ އައިޒަން އެތެރެއަށް ވަދެގެން ދިޔުމުން ޝާމިރާ އައިޝަމްއަށް ބަލައިލިއެވެ. “ދޮންބެއަށް އިނގޭ ދޯ ލަމް އައިސްގެން އުޅޭކަން؟؟” ޝާމިރާ ސުވާލުކުރީ އައިޝަމްއާއެވެ. އައިޝަމް އެއްގޮތަކަށްވެސް އެވާހަކައާއި ގަޔާވާހިތެއްނުވިއެވެ. “އަހަރެން ކައިރި ނާހަ ދޮންބެ ކައިރި އަހަންވީނު..” މޫނާއި ފޯނު ތަންކޮޅެއް ކައިރިކޮށްލަމުން އައިޝަމް ޖަވާބުދިނެވެ. ސިޓިންގްރޫމްގައި ބައިންދާފައި އިން ފެންފުޅިން ފެންފޮދެއް އައިޝަމް ބޯންފެށުމުން ޝާމިރާ އަނެއްކާވެސް އޭނާގެ ވާހަކަ ފެށިއެވެ. “ލަމްހާމެން މިރޭ ގެޔަށް ގެންނަން މިއުޅެނީ… ދޮންބެއާއި ލަމްގެ ކައިވެނީގެ ވާހަކަ ދެއްކޭނީ ދެއާއިލާގެވެސް ހާޒިރުގައެއްނު..” ފޮނިވެލާފައި ޝާމިރާ އެހެން ބުނުމުން އައިޝަމްގެ މޫނުމަތީގަވީ ކުލަވަރު ބަދަލުވިއެވެ. އަނގަޔަށް އަޅަ އަޅާ ހުރި ފެންކޮޅު ބުރައިގެން ގޮސް އޭނާ ކޮށިއަރައިގަތެވެ. ޝާމިރާ ކިހިނެއްހޭ ތިހެދީ ކިޔާފައި އައިޝަމްގެ ބުރަކަށީގައި ޖަހަމުން ދިޔައެވެ. އައިޝަމް ޝާމިރާގެ އަތް ފޮޅާލާފައި ދުރަށްޖެހުނެވެ. “ކީކޭ؟؟ ދޮންބެ އާއި ލަމްހާގެ ކައިވެންޏޭ…؟؟” އުނދަގޫގޮތަކަށް އައިޝަމް އެހެން އެހުމުން ޝާމިރާ ހުމްމް އޭ ބުނީ ހައިރާންވެފައި ހުރެއެވެ.

ލަމްހާ އާއި އައިޒަން ވާހަކަ ދައްކާކަންވެސް އައިޝަމްއަށް ނޭނގެނީބާއެވެ. “ހުމްމް…. މިހާރު ކިތަންމެ ދުވަހެއްވެއްޖެ ދޮންބެއާއި ލަމް އުޅެނީ ރައްޓެހިވެގެންނެއްނު…” ޝާމިރާ އައިޝަމްގެ މޫނުމަތިން ފެނުނު ކުލަވަރުން އިތުރަށް ބުނެދިނެވެ. އައިޝަމް ދެބުމަ ގޮށްޖަހާލިއެވެ. ލަމްހާ އާއި އައިޒަން ވާހަކަ ނުދައްކާކަން އައިޝަމްއަށް އިނގެއެވެ. ނަމަވެސް ޝާމިރާ މިދައްކަނީ ކޮންވާހަކައެއްހެއްޔެވެ؟ “ދޮންބެ ބުނި ލަމް އާއި އޭ ރައްޓެހިވެގެން އުޅުނީ؟؟” އިތުރަށް އޮޅުންފިލުވަން އައިޝަމް އެސުވާލުކޮށްލުމުން ޝާމިރާ ނޫނެކޭ ބުންޏެވެ. އަދި އޭނާއަށްވެސް އައިޒަން ލަމްހާއާއި ވާހަކަދައްކަނިކޮށް ފެނުނުކަމަށާއި އެދެމީހުން ކައިވެނި ކުރުވަން އޮތީ ވަރަށް ކުރިންސުރެވެސް ނިމިފައިކަން އައިޝަމްއަށް ހަނދާންކޮށްދިނެވެ. “އޯ މަންމާ ކަމޯން.. ދޮންބެ ނުބުނަނިސް މަންމަ އަމިއްލަ އަމިއްލައަށް ވާހަކަ ހަދައިގެން އުޅޭއިރު ކިހިނެއްވާނީ އަހާލަން… ދޮންބެ ލަމްދެކެ ލޯބިނުވިޔަސް ހަމަ ތިގޮތަށްތަ ކަންތަށް ކުރަން ތިއުޅެނީ؟؟؟” އައިޝަމް ގެ ބޯ ހީވީ ފަޅައިގެންގޮސްދާނެހެންވެ. ވާންމިއުޅެނީ ކުޑަކަމެއްނޫންކަން އޭނާގެ ޒަމީރު އޭނާއަށް ބުނެދެމުންދިޔައެވެ.

“ދޮންބެ ލޯބިވިޔަސް ނުވިޔަސް ލަމް ނޫންމީހެއް މިގެޔަކަށް ނުގެނެވޭނެ.. އެކަމް މިހާރު އޮތީ ނިމިފައި… ލަމްއަކީ އަހަރެމެންގެ ފެންވަރުގެ އަނެއްކާ މިއާއިލާއާއި ގުޅިއްޖެނަމަ އަހަރެމެންނަށްވެސް އެތަކެއް ފައިދާވާނެ ހަމަ ޖަވާހިރެއް… އެހެންވީމަ މިކަން ނުކުރަންވީ ސަބަބަކީ ކޮބާ…” ޝާމިރާ އެގެންގުޅޭ ކުރީގެ ބޯދާ ވިސްނުން އައިޝަމް އަށް އެނގުމާއި އެކު ފުން ނޭވައެއް ދޫކޮށްލެވުނެވެ. މިއަދު ޔަޤީނުންވެސް ޝާމިރާ އެ އުޅެނީ އައިޝަމްގެ އަނގައިން ކޮންމެވެސް ގޯސް އެއްޗެއް ނެރުއްވާށެވެ. އައިޒަން ހުންނަހެންނެއް މަންމަ ކުޅޭހާ ކުޅިއެއް ބަލާކަށް އައިޝަމް އެއް ނުހުންނާއެވެ. މިއަދު މި ދެކެވެނީ ހަމައެކަނި އައިޒަންގެ ދިރިއުޅުމުގެ ވާހަކައެއް ނޫނެވެ. ނައިނާ އަދި އައިނާގެވެސް ވާހަކައެވެ.

“އަނބިމީހާ އަކީ ކުރާ ވަޒީފާއެއްނޫނޭ… ފެންވަރު ބަލައި ވަނަވަރު ބަލާ… ތީ ކޮންކަމެއް.. އަންހެނަކަށްވެ ހުރެ ތިހެން ބުނީތީވެސް ހައިރާންވެއްޖެ…” އައިޝަމް އެހެން ބުނެފައި ހިނގައިގަތެވެ. އިތުރަށް މަންމަގެ މޮޔަ ވާހަކަތަށް އަޑުއިވިއްޖެނަމަ އަތުން ފައިން ގޯހެއް ހެދޭނީކަން އައިޝަމްއަށް އިނގެއެވެ. މަންމަ އެހެން އުޅޭތީ އޭނާ ވަރަށް ރުޅިއާދެއެވެ. އައިޝަމް ދިޔަގޮތަށް ގޮސްވަނީ އައިޒަންގެ ކޮޓަރިއަށެވެ. އައިޒަން އޭރު ބެލްކަނީގައި ފުން ވިސްނުމެއްގައި ހުރިއެވެ. އެކަމުން އަދި އައިޝަމް ހައްތަހާ ރުޅިއައީއެވެ. ދިޔަގޮތަށް ގޮސް ބާރަކަށް ދަގަނޑު ރެއިލިން މަތީގައި ގޮއްމުށުން ޖަހާލިއެވެ. އެއަޑަށް އައިޒަންވެސް ދިޔައީ ސިއްސައިގެންނެވެ.

“ދޮންބެ އުޅެނީ ލަމްހާއާއި ރައްޓެހިވެގެންތަ؟؟؟؟” އައިޝަމް އަށް ޖަވާބު އެނގިހުރެވެސް އެ ސުވާލުކުރީ އެ ބޮލަށް ކޮންމެވެސް ލުޔެއް ހޯދާށެވެ. “ކީކޭ؟؟ ލަމްހާ އޭ؟؟ ކީކޭ ތިކިޔަނީ؟؟” އައިޒަން އަތަށް ގޮތެއް ހަދާލާފައި ސުވާލުކޮށްލުމުން އައިޝަމް ދަތްކުނޑިވިކާލިއެވެ. “އާއެކޭ ނޫނީ ނޫނެކޭ ބުނަންވީ….” އައިޝަމްގެ ރުޅިގަނޑު ފެނި އައިޒަން ދެކޮޅަށް ބޯ ހަރަކާތްކޮށްލީ ސުލްހަވެރިކަމާއި އެކު މި ވީގޮތެއް އޮޅުންފިލުވާށެވެ.  “ދެން ދޮންބެގެ ލޯބިވާ މަންމަ ކީކޭތަ އެކިޔަނީ؟ ދެމީހުން އުޅެނީ ރައްޓެހިވެގެންނޭ… މިރޭ އަންނާނެ ކައިވެނީގެ ވާހަކަ ދައްކަން.. އަދިވެސް ހުންނާތި މަންމަ ޖަހާހާ ބެރަކަށް ނަށަން…” އައިޝަމް ބުނި އެއްޗަކުން އައިޒަންގެ ބޮލަށް އެނބުރުންވެސް އެރިއެވެ. އައިޝަމް ގެ ދެލޮލުން ހީވަނީ މީހަކު ފިއްސާލަން އުޅެނީހެންނެވެ. ވާނީވެސް އެހެންތާއެވެ. ނާއިންސާފުން ނައިނާއަށްވެސް އައިނާއަށްވެސް ކަމެއްވިޔަކަ އައިޝަމް ނުދޭނެއެވެ.

……………………………………..

“ހަލޯ!!” އެތަކެއް ފަހަރު ގުޅަމުން އައި ނަމްބަރަކުން އަނެއްކާވެސް ކޯލެއްއައުމުން ހިތްހަމަނުޖެހިފައި ނައިނާ ނެގިއެވެ. އޭނާއަށް އައިޒަންއާއި އެކުވެރިން ފިޔަވާ ގުޅާނެ މީހެއް ނޯންނާނެކަން އެނގިހުރެ އެ ގުޅަނީ ކާކުތޯ އޮޅުންފިލުވަން ބޭނުންވިއެވެ. “ނައިނާތަ؟؟” އެކޮޅުން އިވުނީ އަންހެނެއްގެ އަޑެވެ. ނައިނާ ހަމަޖެހިލާފައި ލައްބައޭ ބުނީ އަދަބުވެރިވުމުގެ ގޮތުންނެވެ. “މި… މި…………….” އެކޮޅުން ފޯނު ކެނޑުމާއި އެކު ނައިނާ ފާޑަކަށް ފޯނަށްބަލައިލިއެވެ. އަނެއްކާވެސް އެ ނަމްބަރަށް ގުޅުމުން ފޯނި ނިއްވާލާފައި ކަމަށް ބުންޏެވެ. ނައިނާ ދެކޮނޑު އަރުވާލާފައި ކުޅެން އިން އައިނާއާއި ބައިވެރިވިއެވެ. އައިޒަން ގެ މަޤާމުވެސް އޭނާ އަންނަނީ އައިނާއަށްޓަކައި ފުރިހަމަކޮށްދެމުންނެވެ.

……………..

“ކަލޭ ހީކުރީ ނައިނާއަށް ގުޅީމާ ކަލެއަށް ކާމިޔާބު ވާނެކަމަށްތަ؟ ބުނަން އަހަރެން ނައިނާ އާއި ޒަހިދާ ކައިރިއަށް ދިޔުން އެކަކަށްވެސް ނުހުއްޓޭނެ ހަނދާންބަހައްޓާތި.. ކަލޭ ތީ ކާކު؟ އޭ؟؟” މާރިޔާގެ އަނގަމަތީ ހިފަހައްޓައިގެން ހުރެ ތަދުކުރަމުން ފާލިހު އެހެން ބުންޏެވެ. އޭނާގެ ދެލޮލުން ހީވަނީ މާރިޔާ ފިއްސާލަފާނެހެންނެވެ. މާރިޔާ ވަރަށް އުނދަގުލުން ނައިނާގެ ނަމްބަރު ހޯދާ ގުޅިނަމަވެސް ނައިނާ ފޯނެއްނުނަގައެވެ. މިފަހަރު ފޯނު ނެގިއިރު މިއޮތީ އެނގެންނުވާ ފަރާތަށް އެނގި ނައިނާ ސަލާމަތްކުރުމަށް އޮތް ހަމައެކަނި ގޮތްވެސް ފުނޑުފުނޑުކޮށްލާފައެވެ. މާރިޔާ ދުރުގައި ދެފަޅިވެފައި އޮތް އޭނާގެ ފޯނަށް ބަލައިލީ ކަރުނަވީ ދެލޮލަކުންނެވެ. “އަހަރެން ކަލޭ މަރާލަން ބޭނުންވިޔަސް އެކަން ކުރެވެން ނެތުން އެއީ ކަލޭ ނަސީބު އެކަމް މަށަށް ކެތްކުރެވޭނީ ވަކިވަރަކަށް ކަލޭވެސް މަރާލާނަން.. އަދި ނައިނާ އާއި އަހަރެންގެ މެދަށް ވަންނަ ކޮންމެ މީހެއްވެސް ޖެހޭނީ މަރުވާން…” ފާލިހުއެހެން ބުނެފައި ތަޅުންގަނޑުމައްޗަށް މާރިޔާވައްޓާލިއެވެ. “9އަށް ތައްޔާރުވާތި ޝާމިރާގެ ގެޔަށް ދާން…” ދަމުން ދަމުން ފާލިހު އެހެން ބުނެލިއެވެ. މާރިޔާ އަޑު ވީއްލާ ރޮއެގަތެވެ. ނައިނާ ސަލާމަތުން ބަހައްޓަން އޭނާ ހާދަ ބޭނުމެވެ.

މީގެ ކުރިންވެސް ނައިނާއަށް މާރިޔާ މެސެޖްތަކެއް ކުރަމުން ދިޔައީ ފާލިހު ކައިރިން ސަމާލުވުމަށް އެދިއެވެ. ނަމަވެސް ނައިނާ ނަމްބަރު ބްލޮކް ކޮށްލުމުން އެކަން ކާމިޔާބުނުވީއެވެ. މެލޭޝިޔާއިން އަންނަގޮތަށް ފާލިހު އުޅޭނީ އެކަމާކަން އެނގިހުރެ މާރިޔާ އަނެއްކާވެސް ނައިނާގެ ނަމްބަރަށް ގުޅަންފެށީ އޭނާ ސަމާލުކަމަށް އެކަން ގެންނާށެވެ. ނަމަވެސް މިފަހަރުވެސް ތަޤުދީރު އޭނާއަށް ދިނީ ދޯކާއެވެ.

………………..

“މަންމާ!!!” އައިޒަން ތަންކޮޅެއް ބާރަށް އެހެން ގޮވަމުން ކޮޓަރިން ނިކުތްއިރު ހަށިގަނޑުގައި މަޑު ތުރުތުރެއްވެސް ހުއްޓެވެ. އައިޝަމް ހިތާހިތުން އައިޒަންއަށް ކަމެއްނުވާނޭ ކިޔާފައި ފަހަތުން އައީ އައިޒަން ހަދާއެއްޗެއް ބަލާށެވެ. އައިޒަންގެ އަޑަށް ޝާމިރާ ސޯފާއިން ތެދުވެފައި ކިހިނެއްވީތޯ ސުވާލުކުރީ އައިޒަން އެހާ ރުޅިއައިއްސާ ހުރި ސަބަބެއް އޮޅުންފިލުވާށެވެ. “ކާކު ކައިރި ކީކޭ ކިޔައިގެން ތިއުޅެނީ؟ އަހަރެން ލަމްހާއާއި އުޅެނީ ރައްޓެހިވެގެންނެއްނޫން.. އަނެއްކާ ކައިވެނި.. އަހަރެން ކައިރި އެއްޗެއް އޮޅުންފިލުވައި ނުލާ އަހައިނުލާ ކައިވެނީގެ ވާހަކަ ދައްކަންތަ ތިއުޅެނީ؟؟” އައިޒަން ސީދާ ޝާމިރާގެ ދެލޮލަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ. ޝާމިރާ ލިބުނު ހައިރާންކަމާއި އެކު އަނގަ ހުޅުވާލެވުނެވެ. “އެކަމް…. އައިޒަން ލަމްހާ އާއި…………….” “ނޫން ލަމްހާ ދިޔަފަހުން ނީންނާނެ އަނގައިންވެސް ބުނެފައި، އަހަރެންނަކަށް ނޭނގެ މަންމަ ކޮންތާކުން ކަންފަތަށް އިއްވައިގެން އައި އެއްޗެއްކަމެއް އެކަމް އަހަރެންނާއި ލަމްހާ އާއި ދެމެދުގައި އެއްވެސް ގުޅުމެއްނެތް.. އަދި އަހަރެން މި ކައިވެނި ކުރާކަށްވެސް ބޭނުމެއްނޫން…” ޝާމިރާގެ ވާހަކަ މެދުކަނޑާލާފައި އައިޒަން އެހެން ބުނީ އިނގިލި ދިއްކޮށްލާފައެވެ. ޝާމިރާ ފަހަތުގައި ހުރި އައިޝަމްއަށް ބަލާލާފައި ލޯއަޅާލީ އެއީ އައިޝަމްގެ ކަމެއްކަން އިނގުނީމައެވެ. ނަމަވެސް ހެވެވެ. ރައްޓެހިނުވިޔަސް އައިޒަން ލޯބިނުވިޔަސް މިހާރު މިއޮތީ އެކަން ނިމިފައެވެ. ކާމިޔާބީގެ ފަހު ހަރުގަނޑަށް އަރާފައި ދެން ފައިބާކަށް ޝާމިރާ ބޭނުމެއްނުވެއެވެ. ގަދަކަމުންވިޔަސް އައިޒަން ޖެހޭނީ ލަމްހާއާއި ކައިވެނިކުރާށެވެ.

“ކަންތަށް ފެށި ތިހާ ބޮޑު ނިންމުމެއް ނިންމުމުގެ ކުރިން އަހަރެން ކައިރި ބުނެލިނަމަ…. އަހަރެން ބޭނުމެއްނޫން ކައިވެނިކުރާކަށް… މިހިސާބުން މިވާހަކަ އިތުރަށް އަހަރެން ކައިރި ނުދައްކާތި…” ޝާމިރާ މަޑުންހުރުމުން ތަންކޮޅެއް އަޑަށް ބާރުލާފައި އައިޒަން އެހެން ބުންޏެވެ. އައިޝަމް އަމިއްލަ ހިތާއި ވާހަކަ ދައްކަމުން ދިޔައީ އައިޒަން އިތުރަށް ރުޅިއަރުވާލާ ނައިނާގެ ވާހަކަވެސް މަންމަ ކައިރި ބުނޭތޯއެވެ. ޝާމިރާ ބަސްގަބޫލުކޮށް ދޫދޭކަށެއް ބޭނުމެއްނުވިއެވެ. އައިޒަން އާއި ދެކޮޅަށް ތެދުވެ އޭނާ މި ކައިވެނި ކޮންމެގޮތެއް ހަދާފައިވެސް ކުރުވާނަމޭ ބުންޏެވެ. އައިޝަމް ހައިރާންވިއެވެ. މަންމަ ދޮންބެ އެހާ ރަންކުރާއިރުވެސް ދޮންބެގެ ނުގަބޫލުގައި ކައިވެނުކުރުވާނަމޭ ބުނީތީއެވެ. ދޮންބެ މަންމައަށްޓަކައި ކުޑައިރުންސުރެ ހުރިހާ ކަމެއް ހުސްކޮށްލީމަވެސް މަންމަ ހަދާ ގޮތް އެހެރީވިއްޔާއެވެ. ޝާމިރާ ތަކުރާރުކޮށް ބުނަމުން ދިޔައީ މި ކައިވެނި ކުރެވޭނެކަމަށާއި އައިޒަން ޖެހޭނީ ހަމަކުރަންކަމުގައެވެ. އައިޒަން ބޭނުންވިޔަސް ނުވިޔަސް ލަމްހާ އާއި ޖެހޭނީ އިންނަންކަމުގައެވެ.

އައިޒަން އަދި އައިޝަމްގެވެސް ދެލޯ ދިޔައީ ތަންމިނަށް ބޮޑުވެގެންނެވެ. އައިޝަމް އަށް އިތުރަށް ކެތެއްނުކުރެވުނެވެ. “މަންމަ މޮޔަވީތަ؟؟ މީ އެޒަމާނެއްނޫނޭ… ދޮންބެ ބޭނުންނުވާ  ކަމެއް ކުރާކަށް މަންމައަކަށް ގަދަބާރެއް ނުދެއްކޭނެ.. އެއީ ފިރިހެންކުއްޖެއް… އަހަރެންވެސް ކުއްޖަކާއި ރައްޓެހިވެގެން މިއުޅެނީ މަންމަ އަށްވެސް އިނގޭނެ، ދޮންބެއަށްވެސް އެ އިހްތިޔާރު ލިބެންޖެހޭނެ…” އައިޝަމް އެހެން ބުނުމުން ޝާމިރާ އޭނާއަށް ދިމާލަށް ބަލައިލިގޮތުން ހީވީ ނޮޅާ ކައިވެސްލާފާނެހެންނެވެ. އޭނާގެ މަގުސަދު ހާސިލްކުރަން ކޮންމެހެންވެސް ބޭނުންވެއެވެ. “އަހަރެން ހީކުރީ މިހުރިހާ ދުވަހު އުޅުނީ ލަމްހާއާއި ރައްޓެހިވެގެން ކަމަށޭ….. އެކަމް ދެން މިކަމަކުން ފަހަތަކަށް ނުޖެހޭނަން.. މިރޭ ކައިވެނީގެ ވާހަކަ ދައްކާ ކައިވެނި އަވަސްވެސްކުރާނަން..” ޝާމިރާ އޭނާގެ ފަހު ނިންމުން އިއްވާލިއެވެ. އައިޒަން ދަތްކުނޑި ވިކާލިއެވެ. މަންމަގެ މިއުޅުމަކީ އޭނާ ދުވަހަކުވެސް ދެކިފައިނުވާ އުޅުމެކެވެ. އައިޒަންގެ ނުރުހުމުގައި ކައިވެނި ވާހަކަ ފަށާނޭ ބުނީތީވެސް އޭނާ އަންތަރީސްވެއްޖެއެވެ. “އަހަރެން އެމީހުން ކުރިމަތީ ކައިވެންޏަށް އިންކާރުކުރާނަން.. އެންމެ ރަނގަޅެއްނު އެގޮތް ދޯ؟؟” އައިޒަން ހިނިތުންވެލާފައި އެހެން ބުނީ ޝާމިރާއަށް އެކަމުގައި މޮޅެއްނެތްކަން އިނގޭތީއެވެ. ޝާމިރާ ގޮއްމުށްކަވާލީ އައިރުޅިންނެވެ.

109

16 Comments

 1. Ryn

  October 5, 2017 at 1:02 pm

  Salaam loves ?❤
  Well mihaaru I think fudheyvarakah parts liyevihjehen daily up kureveyvarah dhn mi liyaa speed ah balaafa I think now I can start to upload it daily. But there’ll be days maybe nukurevi vx but surely will try my best to up daily inge.. Hykuran mi part vx kamudhaane kamah and kuriyah dhaan goii rythi kamah.. Do comment ?❤
  Thank you ?

  • reader

   October 5, 2017 at 3:06 pm

   Thank you Ryjln. Loves ❤️????

  • reader

   October 5, 2017 at 3:07 pm

   Ryn*

 2. Ree?

  October 5, 2017 at 1:15 pm

  Me first tha
  Story is very nice ingey waiting 4 the nxt part

 3. ipher

  October 5, 2017 at 1:54 pm

  Wow wow..v v v nice mi partvx…vaahaka nimmaalan thr thiulheny…ehaa avahah nunimacchey..puleez..

 4. Shabee

  October 5, 2017 at 2:00 pm

  Reethi. Ryn liyany ryn aa jai ge story tha?

 5. reader

  October 5, 2017 at 3:05 pm

  Faalih aa hudhaa deal eh hadhaane kanneynge. Dhen Aizan ah gaanoonu asaasee in libigenvaa haggeh eii kaiveni kurun. Mamma akah ekameh nuninmeyne.

 6. xaan

  October 5, 2017 at 3:05 pm

  Masha Allah v reethi mipart ves

 7. Mine

  October 5, 2017 at 3:35 pm

  Alhey thank you ryn loabi…u r so sweet.
  My one of favourite story..Varah Varah reeethi..lysm???

 8. me

  October 5, 2017 at 4:01 pm

  yayyy.. thanks ryn

 9. Some one

  October 5, 2017 at 4:21 pm

  Bt nainaa n lam eiii ebbafaa dhemiihun! So aixan nainaa aaa indhegen hure niindheveynehnu lam akaa eh!! ??? Bt shaamiraa ah neyngeyne dw! Aixan ah es! Nainaa ah es! Alheyyy

 10. khajja

  October 5, 2017 at 4:46 pm

  Ohh wow?? saabahey zan lam aa marry nukurachchey heyo komme gothevviyas eynayaa marry nukoh veytho balaathi whn nxt prt avahah upkolladhybala ??❤❤?????????????

 11. Addu manje

  October 5, 2017 at 5:45 pm

  Varah reethi mi part ves. 🙂

 12. song joong ki..KOREAN

  October 5, 2017 at 7:24 pm

  cover pic ga eyi konthaakun hoadhi photo ehtha..i mean search kuriiru jehy koachehey..obiness to the max..varah reethi…?

  • song joong ki..KOREAN

   October 5, 2017 at 10:14 pm

   who’s commenting on my user name??

 13. Girll

  October 5, 2017 at 10:01 pm

  Adhikiriya aizan firihenakah mi vy
  ??

Comments are closed.