Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ދިން އުފާ 21

seym Level 310 Stories100 Login100 Comments
October 2, 2017 5 Mins Read
8 Comments

ހަނާ އެ ޒުވާނާގެ ފަހަތުން ދުވުން ހުއްޓާލީ އަތުނުވާނެކަން އެނގުމުންނެވެ. އުނަގަނޑުގައި ދެއަތް އަޅުވާލަމުން ކުޑަކޮށް ގުދުވެލިއިރު މޫނުމަތިން ވަަރުބަލިކަން ފެނެވެ. ހަށިގަނޑު ސީދާ ކޮއްލަމުން ދުރުގައި ހުރި ފިރިހެން ކުއްޖާގެ މޫނަށް ބަލާލިއެވެ. އެ މޫނުމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. “ފަޒަލް..” ހަނާ އެނަން ކިޔާލުމާއެކު އެ ކުއްޖާ އައިސް ހަނާ ގެ ކުރިމަތީ ހުއްޓިއްޖެއެވެ. “މިހާރު ޔަގީންވެއްޖެ ތީ އަންހެންކުއްޖެއްކަން.. ކުޑަ އިރު އަސްލައްވެސް އަހަރެން ހީކުރީ ތީ ފިރިހެން ކުއްޖެއްކޭ..” ހިނިތުންވެލަމުން ފަޒަލް ހަނާ އާއި ހަތަރުކަޅި ހަމަކޮއްލިއެވެ. ފަޒަލް ފެނުމާއެކު ކުޑައިރުގެ ހަނދާންތަށް އާވެގެންދިއުމާއެކު ހަނާ ލަދުގަންނަގޮތްވިއެވެ. ގޭ ދޮށު އަންހެންކުދިންގެ ބަދަލުގައި އޭރު ހަނާ އާއި އެކު ކުޅެ މަޖާކުރުމުގައި އުޅުނީ ފަޒަލްއެވެ. ކުޑަ އިރުގެ އެންމެ ގާތް އެކަކަކީ ފަޒަލްއެވެ. އެ އެކުވެރިޔާ ދޫކޮށް މާލެ އަށް ދާން ފުރިދުވަހު ހަނާ ރުއި ހަނދާންވެސް ވެއެވެ. އޭގެ ފަހުން މިހާރު އަހަރުތަކެއް ވެއްޖެއެވެ. ދުވަސްތަކާާއެކު ފަޒަލް ގެ ނަން ވެސް ހަނާާ އަށް ވީ ދުރު ހަނދާނަކަށެވެ. ކުރިމަތީ ހުއްޓި ހުރި ފަޒަލްގެ ފައިން ފެށިގެން ބޮލަށް ބަލާލުމުން ހަނާ ހުރީ ގަބޫލްނުކުރެވިފައެވެ. ލައިގެން ހުރި ސޯޓާއި ޓީޝާރޓް ގަޔަށް ދޫކޮށް ހުރިއިރު އަތުގައި ވެސް އެއްޗެހި ތަކެއް އަޅާފައި ހުއްޓެވެ. ފަޒަލް އަށް އެހާ ބޮޑު ބަދަލެއްއައީ ކީއްވެހެއްޔެވެ. ހަނާ އެއްޗެއް ނުބުނެ ބަލަންހުރި ގޮތް ފަޒަލް އަށް ކަމަކުނުދިޔައެވެ. އެހެން މީހުންނަށް ވާހެން އޭނާ ފެނި ހަނާ ވެސް ޖެހިލުންވީހެއްޔެވެ. “ރަށަށް އައިކަން އެނގުނީމަ މިއައި ހަމަ ހަނާ ދެކިލަންވެގެން..” އިސްޖަހާލަމުން އެހެން ބުނިއިރު ފަޒަލްގެ އަޑުގައި ރިހުމެއް ވެއެވެ. ” ހާދަ ބޮޑު ބަދަލެއް އައިއްސަ..ނުވެސް އެނގުނު ފުރަަތަމަ..” މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން ހަނާ ބުނެލިއެވެ. އެތާ ދެން ތިބި ޒުވާނުން ދުރަށް ހިނގައިގަތުމުން ހަނާ ގެ ފަހަތުން ފަަޒަލްވެސް އީރަމް މެން ތިބި ތަަނަށް ހިނގައިގަތެވެ. ” ސިފަ އަށް ބަދަލުއަޔަސް މި ހިތަކަށް ބަދަލެއް ނާދޭ..” ފަޒަލް ކިތަންމެ މަޑުން އެހެން ބުނި ކަމުގައި ވިޔަސް އެ އަޑު ހަނާ އަށް އިވުނެވެ. ” ދޮންތާ.. ބަލާބަަލަ.. އިނގޭތަ މި ކާކުކަން..” ހަނާ ހައިފާ ކައިރީ ހުއްޓި އެހެން ބުނުމާއެކު އެންމެންގެ ނަޒަރު ހުއްޓުނީ ފަޒަލް ގެ މޫނަށެވެ. ” ވަރަށް ފެންނަ މޫނެއް ހެން ހީވޭ.. އެކަމަކު ނަން ހަނދާނެއް ނުވި ހަމަ އެއް ގޮތަކަށް ވެސް.. ” ހައިފާާ އެހެން ބުނުމާއެކު ހަނާ ފަޒަލް އެންމެންނަށް ތައާރަފް ކޮއްދިނެވެ. ފަޒަލް ފެންނަ ކޮންމެ މީހަކަށް ވެސް ހީވާނީ އެއީ ރަށަށް ގިނަވެގެން އުޅޭ މީހެއް ހެންނެވެ. އެތާ ތިބި އެންމެނަށް ވެސް ފަޒަލް ސިފަކުރެވުނީ އެގޮތަށެވެ. ” ފަހުން އަދި ދިމާވާނެދޯ..” ހަނާ ގެއަށް ވަންނަން ހިނގައިގަތުމުން ފަޒަލް ބުނެލިއެވެ. ދެ ފިކުރެއްގައި ހުރެ ހަނާ ބޯ ޖަހާލިއެވެ.

 

ގެއަށް ވަދެވުމާއެކު އަސްރު ނަމާާދު ކޮއްލައިން އެންެމެން ވެސް މަޑުކޮއްލީ ސިޓިންގްރޫމްގައެވެ. ޒުބޭދާ ފެންނަން ނެތުމުން ހަނާ ގޮސް ކާގެއަށް ބޯ ދިއްކޮއްލިއެވެ. އޭރު މޭޒުމައްޗަށް ތަށިތަށް ނެގުމުގައި ޒުބޭދާ އުޅެއެވެ. ” ކޮބާ ހުސެން މެން.. ބުނޭ ސައިބޯން އަންނާށޭ.. މިހުރީ ބިސްކޯދު ގަނެފަ.. މި ރަށަކު ނުހަދާނެ ހެދިކާ ކަހަލަ އެއްޗިއްސެއް..” ހަނާ ފެނުމުން ޒުބޭދާ ބުނެލިއެވެ. ” ހަމްކޮއާއި ބައްޕަ ކޮބާ..” ގެއިން އެމީހުން ފެންނަން ނެތުމުން ހަނާ އަހާލިއެވެ. ” ވެއްޖެ ބޭރަށް ގޮސް..” ޒުބޭދާ އެހެން ބުނުމާއެކު ހަނާ ސިޓިންގްރޫމަށް ބޯ ދިއްކޮލަމުން އީރަމް މެންކައިރީ ސައިބޯން އަންނަން އެދުނެވެ. މޭޒު ކައިރީ އިށީނދެ ހަމަޖެހިލަމުން ހަނާ ޒުބޭދާ އަށް ބަލާލިއެވެ. ”  މިއަދު ފަޒަލް އާއި ދިމާވި..” ހަނާ އެހެން ބުނުމާއެކު ޒުބޭދާ ކުރަން ހުރި ކަންތައް ހުއްޓާލުމަށް ފަހު ހަނާ އަށް ބަލާލިއެވެ. ” ކޮންއިރަކު.. ހަނާ މެން އައިކަން އެނގުނީ ދޯ.. ޖެހިގެން ހުރި ގޭ ހައްވަ ވެސް ބުނި ތަންކޮޅެއް ކުރިން މާލެއިން ދިމާ ވެގެން ފަޒަލް މިހާރު އުޅެނީ ވިޔާނުދާ ކުދިންތަކަކާ ޖެހިގެން އަބަދު އެމީހުނާ އެކީއޭ..ޑްރަގް ބޭނުން ނުކުރާ ކަމެއްވެސް ނޭނގެ…. އެކަހަލަ މީހުންނާ އެކީ އުޅޭ މީހެއް ރަނގަޅު މަގަކުން ނުދާނެ.. ” ޒުބޭދާ ދެފަރާތަށް ބޯ ތަޅުވާލަމުން ބުންޏެވެ. މަންމަ ބުނި އެއްޗަކާ މެދު ހަނާ ވިސްނާލިއެވެ. ފަޒަލް އެކަހަލަ ކަމެއް ކޮއްފާނެހެއްޔެވެ. ” ފެނިގެން ހާލު އޮޅުންފިލުވާ ހެދިޔަސް މާ ގިނައިން ވާހަކަ ދައްކާ ނޫޅޭތި..” ޒުބޭދާ ގެ މޫނުމަތިން ކަންބޮޑުވުން ފެނެއެެވެ. ހުސެން މެން އައިސް ވަނުމާއެކު އިތުރަށް އެ ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. ސައިބޮމުން ދިޔަ އިރު ދެކެވެމުން ދިޔައީ އެރޭ ބާއްވާ ޝޯގެ ވާހަކައެވެ.

 

ރޭގަނޑު ނުވައެއް ޖަހަންވާއިރަށް އެންމެން ތިބީ ތައްޔާރު ވެގެންނެވެ. ޝޯ ބެލުމުގެ މާ ބޮޑު ޝައުގުވެރިކަމެއް ނެތްއިރުވެސް އެންމެން ބޭނުންވީ އެހިސާބުގައި ވާނުވާ ބަލާލަން ދާށެވެ. އެކި އުމުރުފުރައިގެ މީހުން ޖަމާވެފައިވާއިރު ސްޓޭޖް ފެންނާނެހެން ދުރުގައި ހުސެން މެން  މަޑުކޮއްލިއެވެ. ޖަނާ އައިސް ލާމީހް ގެ ކައިރީ މަޑުކޮއްލަމުން ގައިގައި ޖެހިގަތީ ގަސްތުގައެވެ. ” ސޮރީ..” ވަޔާ އެކު ވިހުރެމުން ދިޔަ އިސްތަށިގަނޑު ކޮޑުމަތިން އެއްފަރާތަކަށް ގެންނަމުން ޖަނާ ބުނެލިއެވެ. ” އިޓްސް އޯކޭ.. އެކަމަކު ތަންކޮޅެއް ބަލާލައިން އުޅެބަލަ.. ތިހެން އުޅެނިކޮށް ވެއްޓި އަނިޔާއެއް ވެދާނެ..” އެ ރަށަށް އައި ފަހުން އެތަށް ފަަހަރަކު އެގޮތަށް ޖަނާ ލާމިހް ގެ ގައިގައި ޖެހިގެންފިއެވެ. ގަސްތުގައި ކުރާ ކަމެއްހެން ވެސް ލާމިހް އަށް ހީވާންފަށައިފިއެެވެ. ލާމިހް ޖަހާފައި ވާ ސެންޓްގެ މީރު ވަސް ޖަނާ އެތެރެއަށް ދަމާލިއެވެ. ލާމިހް ފެންނަލެއް ހިތްގައިމު ކަމުން އެ މޫނަށް ބަލަން ކިތަންމެ އިރަކުވެސް ހުރެވިދާނެއެވެ. އިވެމުން ދިޔަ ބާރު މިޔުޒިކް ގެ އަޑުން ލާމިހް ގެ ބޮލުގައި ރިހެން ފެށުމާއެކު ހަނާ އާއި ހައިފާ ކައިރި ހުއްޓި ހުރި އީރަމް އަށް ބަލާލިއެވެ. އެކަނި ވާހަކަ ދައްކާލާނެ ފުރުސަތެއް ލާމިހް އަށް ލިބޭނެބާވައެވެ. ލައިގެން ހުރި ހުދު ކުލައިގެ ކުރުތާ އާއި ކަޅު ޖީންސްގައި އީރަމް ކިތަންމެ ހާވެސް ފުރިހަަމައެވެ. ނަމަވެސް ހިނިތުންވެލާއިރު ވެސް އީރަމް ގެ ލޮލުން ލާމިހް އަށް ހިތާމަ ފެންނަނީ ކީއްވެހެއްެޔެވެ. އީރަމް ގެ ހިތުގައި ނާއިލް ނަން ވުން އަދިވެސް އެކަށީގެންވެއެވެ. ފުރަަތަމަ ލޯބި ހަނދާންނައްތާލަން ކޮންމެ މިހަކަށް ވެސް އުނދަގޫވާނެއެވެ. އީރަމް އާއި މެދު ވިސްނިވަރަކަށް ލާމިހް ގެ ބޮލުގެ ރިހުން ވީ ގަދައެވެ. އިވެމުން ދިޔަ ބާރު އަޑުތަކުން ބޮލުން ވިންދު ޖަހާ ހެންވެސް ހީވާންފަށައިފިއެވެ. އެތާ އިތުރަށް ކެތް ނުވާނެކަން އެނގުމާއެކު ލާމިހް ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. އެހެން މީހުންވެސް ލާމިހް ބޮލުގައި ރިއްސާ ވާހަކަ ބުނުމުން ގެއަށް ދާން އެއްބަސް ވި ނަމަ ވެސް ލާމިހް އެކަމަކާ ގަބޫލެއްނުވިއެވެ. އޭނާގެ ސަބަބުން އެމީހުންގެ އުފާވެރި ވަގުތުކޮޅަށް ނިމުމެއް އަންނަން ބޭނުންނުވަނީއެވެ. ” ލާމީ.. އޯކޭތަ..” ލާމިހް ގެ މޫނުމަތިން ދާތިކި ފާޅުވާންފެށުމުން ހުސެން އަހާލިއެެވެ. ލާމިހް ގެ މައިގްރޭން ހުންނަކަން އެނގުމުން ހުސެން ހާސްވިއެވެ. ” ހޫމް.. ގެއަށް ގޮސް ބޭސް ކާލަނިކޮށް ރަނގަޅު ވެދާނެ..” ލާމިހް ހުސެންގެ ހިތްހަމަޖައްސާލަ ދިނެވެ. ލާމިހް ގެއަށް ދާން އުޅެން ފެށުމުން ޖަނާ އެތާ ހުންނަހިތެއް ނުވިއެވެ. ފާހަނަ އަކަށް ދާން ޖެހިއްޖެ ކަމުގައި ބުނެ ޖަނާ ވެސް ގެއަށް ދާން ބޭނުންވާކަންހާމަކޮއްލިއެވެ. އެންމެ ފަހުން ލާމިހް ޖެހުނީ ޖަނާ ގޮވައިން ގެއަށް ދާށެވެ.

 

ގެއަށް ވަތް ލާމިހް ހުރި ގޮތުން ސޯފާގައި އިން ޒުބޭދާ އަށް އެ މޫނުމަތިން ބަލި ފާޑު ޖަހާހެން ހީވިއެވެ. ލާމިހް ވެގެން އުޅޭ ގޮތް ބުނުމުން ޒުބޭދާ ކާގެއަށް ވަދެ ލާމިހް އަށް ބޭސް ދިނެވެ.  ކާންހަދަން އުޅެންފެށުމުން ލާމިހް ނުކާނަން ކަމުގައ ބުނުމުން ޒުބޭދާ އެދުނީ ލާމިހް ކައިރީ އަރާމްކޮއްލުމަށެވެ. ކޮޓަރިއަށް ވަތް ޖަނާ ތުންފަތުގައި ލިޕްސްޓިކް ހާކާލަމުން ގަޔަށް ސެންޓް ޖަހާލިއެވެ. ކޮޓަރިން ނުކުމެ ޒުބޭދާ ކައިރީ ލާމިހް ކޮބާތޯ އަހާލިއެވެ. ކާާގެއަށް ވަތް އިރު ލާމިހް އިނީ ގޮނޑީގައި ލެނގިލައިންނެވެ. ދެލޯ މަރައިން އިނުމުން ޖަނާ އައިސް ކާގެއަށް ވަތް ކަމެއް ލާމިހް އަކަށް ނޭނގެއެވެ. ލައިގެން އިން ނޫ ގަމީހުގެ މަތީ ދެ ގޮށް ނައްޓާލެވިފައި ވުމުން އެ ތަނަވެސް މޭ މަތިން ބައެއް ޖަނާ އެއް ފެނެއެވެ. ލާމިހް ކައިރީ މީހަކު އިން ހެން ހީވެ ލޯ ހުޅުވާލިއިރު ކައިރީ އިނީ ޖަނާއެވެ. ” ޖަނާ ނުދަނީތަ ދެން އީމް މެން ކައިރިއަށް..” ލާމިހް އެހެން އެހުމާއެކު ޖަނާ އާނއެކޭ ބުނެލިއެވެ. ” ހޫމް ނުދާނަން.. ” ޖަނާ ލާމިހް ގެ މޫނަށް ބަލާލަމުން އަހާލިއެވެ. ” ދަނީތާ..” ލާމިހް ފަހަތަށް ގޮނޑި ޖައްސާލުމާއެކު ޖަނާ އަހާލިއެވެ. ” އާން.. ވަރަށް ނިދި އައިއްސި..” ލާމިހް ދޮގެއްހަދާލިއެވެ. ” އިރުކޮޅަކު މަޑުކޮއްލަދެވިދާނެތަ.. އެއްޗެއް އަހާލަންވެގެން..” ޖަނާ އެހެން ބުނުމާއެކު ލާމިހް ގޮނޑީގައި ހަމަޖެހިލިއެވެ. ” އަހާބަލަ.. ” ލާމިހް ޖަނާ އާއި ހަތަރު ކަޅި ހަމަކޮއްލަމުން އަހާލިއެވެ. ހިތުގައި ވާ އެއްޗެއް ހާމަ ކުރުމުގެ ކުރިން ލާމިހް ގެ ހަޔާތުގައި ހާއްސަ ކުއްޖެއް ނެތް ކަން ޖަނާ ބޭނުންވީ އަދިވެސް އެއްފަހަރު ޔަގީންކުރާށެވެ. ” ލާމީ ލައިކް ވާ ކުއްޖެއްވެސް ހަަމަ ނުހުރޭތަ.. އިނގޭ ސިންގަލް ކަން.. އެހެންވެ ހަމަ އަހާލާހިތްވީ..” އަތުގެ އިނގިލި ތަކާ ކުޅެމުން ޖަނާ އަހާލިއެވެ. ޖަނާ ގެ އެސުވާލުން ލާމިހް އަށް ޖަނާ ގެ ހިތުގައި ފޮރުވައިން އުޅޭ ކަންތައް އެނގުނު ކަހަަލައެވެ. އީރަމް ދެކެ ލޯބިވާކަން ބުނަން ލާމިހް ގެ ހިތް ގޮވާލުމާއެކު އެ ބަސް އިހްތިޔާރަކާ ނުލާ ބުނެވުނީ ލާމިހް އެ ގަޑީގައި އިން ހާލަތުންނެވެ. ” ލައިކް ވާ ކުއްޖެއް ނުހުރޭ.. އެކަމަކު ވަރަށް ލޯބިވާ ކުއްޖެއް އެބަހުރި..” ލާމިހް އެހެން ބުނުމާއެކު ޖަނާ ސިހުނެވެ. އީރަމް ބުނިގޮތުންނަމަ ލާމިހް ލޯބިވާ ގަޔާވާ ކުއްޖެއް ވެސް ނުހުރެއެވެ. ” ކާކު.. ” ޖަނާ އެ ސުވާލު ކުރީ ލާމިހް ގެ ފަރާތުން ޖަވާބެއް ލިބިދާނެކަމަށް އުއްމީދުކޮއްފައެއް ނޫނެެވެ. ” އީރަމް..” ލާމިހް ހިނިތުންވެލަމުން އެހެން ބުނެލި އިރު އެހިނިތުންވުމުން އެކަނިވެސް ޖަނާގެ ހިތަށް ތަދުވެގެން ދިޔައެވެ. ގަބޫލުނުކުރެވިފައި އިދެ އީމް ހެއްޔޭ އަހާލިއެވެ. ” ޔެސް.. އީމް.. އިރާދަކުރެއްވިޔާ އީމް ވާނީ އަހަރެންގެ މީހަކަށް..” ލާމިހް ޖަނާ އަށް ރީތި ހިނިތުންވުމެއް ދީފައި ކާގެއިން ނުކުތް އިރު ޖަނާ އިން ތަނުގައި އިނެވެ. އީރަމް އަށް ލާމިހް ލޯބިވާކަން ނޭނގޭކަން ކައިމެވެ. އިނގޭ ނަމަ އެ ވާހަކަ އީރަމް އޭނާ އަށް ކިޔައިދޭނެ ނޫންހެއްޔެވެ. އެކަމާއި ވިސްނަން އިން ޖަނާ އަށް ވަގުތު ދިޔަ ގޮތް ވެސް ނޭނގުނެވެ.  ބޭރު ދޮރު ލައްޕާލި އަޑަށް ތެޅިގަނެފައި ބަލާލިއިރު ހުސެން މެން އައިސް ގެއަށް ވަންނަނީއެވެ. ކާގޭ ދޮރު މައްޗަށް ހުއްޓުނު އީރަމް ފެނުމުން އެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އެންމެ ގާތް އެކުވެރި ދައްތައެއް ގޮތުގައި ދެކޭ އީރަމް ގެ އުފާތަކަށް ޖަނާ އަށް ހުރަސް އަޅަން ކެރިދާނެހެއްޔެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 38 (އަށުތިރީސްވަނަ ބައި)

Next

ޢެދެމޭ އުފާ….(24)

Next
October 2, 2017

ޢެދެމޭ އުފާ….(24)

Previews
October 2, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 38 (އަށުތިރީސްވަނަ ބައި)

8 Comments!

  1. seym says:
    October 2, 2017 at 11:10 pm

    Salaam. ♥️
    Balive ulhemun liyevunu varu mee mirey.. ekkoh ragalhu nuvanyas wrote this guess i was excited to write this part hehe.. Hope u guys like it. Goodnyt ?? Much loves ?

  2. Aki says:
    October 2, 2017 at 11:12 pm

    v reethi mi part ves ekamu thankolhe kuree

    1. Aki says:
      October 2, 2017 at 11:13 pm

      mifaharu first libunee dho mi

  3. shaai says:
    October 2, 2017 at 11:18 pm

    eeram ah dhera eh nudhehche . plx
    story v taf

  4. khajja says:
    October 3, 2017 at 12:00 am

    Wow masha allah stry v v furihama?? n shafakallah thank u so much balikon ulhemunves up kolladhinyma, janaa dhen eem ah eynage ufaa hoadhaidhinumuge gothun noony laamy hiyhama jassadhinumuge gothun viyas e 2 myhun gulhuvan masakkaiy kolladhybala plx janaa ah eem kihaa rangalhu n janaadheke emm kihaa loabivey ehen vymaves eyna ah alhaalaabala plx can’t wait nxt prt ehaaves rythi stry avas shifaa akah edhen gud nyt ly more ??❤????

  5. Petite says:
    October 3, 2017 at 12:16 am

    V v v reeeethi ??❤❤❤❤

  6. Yum says:
    October 3, 2017 at 3:35 pm

    Nice ???????

  7. Sheii says:
    October 3, 2017 at 8:58 pm

    It was awesome seym??

Comments are closed.

Next Episodeތިޔަ ދިން އުފާ 22←


All Right Reserved!