
އީލާމް ހެނދުނު ހޭލައިގެން ކޮޓަރިން ނިކުތުމަށް ފަހު ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އޭނާވެސް ބޭނުން ވަނީ މަސަތްކަތެއްގައި ޝާމިލް ވެ އުޅުމަށެވެ ނަމަވެސް އެއްވެސް މީހަކު އޭނާ މަސަތްކަތެއްގައި ބައިވެރި ވިޔަކަ ނުދިނެވެ. ގޭގެ އެންމެ އިސް ނޯކަރު ޖެނީ އީލާމް އާއި އަރާ ހަމަކޮށްލުމަށްފަހު އީލާމް އާއި ދިމާލަށް ” މިގޭގެ ވަގުތީ މެހުމާނުން ނެތް މަސަތްކަތެއް ނުކުރާނެ ، ގޭގެއަށް ނޯކަރުން ލާފައި ހުންނަނީ ކަމަކު އެހެންވީމައި ކޮންމެވެސް އެހެން ކަމަކާ އުޅެލުން ރަނގަޅު ވާނެ ” އެހެން ބުނެލުމުން އީލާމް އޭނާ އާއި ދިމާލަށް އެއް ބުމަ އަރުވާލީ އޭނާގެ ހަރުކަށިކަމަށް ތާއީދު ނުކުރުމަށެވެ. ނަމަވެސް ދެމީހުން ކުރެން އެކަކަށްވެސް ނޭގުނީ އަބީ މި މަންޒަރު ބަލަން ހުރި ކަމެވެ. އަބީ އަށް މި މަންޒަރު ފެނި ދެއްކި ވާހަކަ އަޑުއިވުމުން ރުޅިއައިސްގެން ތުރުތުރު އަޅާޅާލިއެވެ. އަބީ ދުވެފައި ކަހަލަ ގޮތަކަށް ސިޑިން ފައިބައި އީލާމް މެން ހުރިހިސާބަށް ހަރުކަށި ހިނގުމެއްގައ ގޮސް މަޑުކޮށްލިއެވެ. އަބީ ފެނުމުން ޖެނީ އަށް އިސްޖަހާލެވުނީ އަބީގެ ޝަހާދަތް އިނގިލި ނަގާ އޭނާ އާއި ދިމާލަށް ދިއްކޮށްލުމުންނެވެ. ” ހަނދާންކުރާތި ދެވަނަ ފަހަރަށް ތިކަހަލަ އެއްޗެކޭ ބުނެފިޔާމް ނިމުނީ، ވަޒީފާއިން ވަކިކުރާނަން،” އަބީ ރުޅިއައިސްގެން ޖެނީ އަށް އިންޒާރު ދިނުމުން އީލާމް އަބީގެ އަތުގައި ހިފާ ރުޅި މަޑުކުރުމަށް އެދުނެވެ. އަދި ޖެނީ ކައިރީ ކުރަމުން ދިޔަ މަސަތްކަތަށް އަނބުރާ ދިއުމަށް އެދުނެވެ. އީލާމް ގެ ދެ އަތުން އަބީގެ މޫނުގައި ހިފަހައްޓައިލައިގެން ހުރެ އަބީ ހަމަޔަކަށް އެޅުވޭތޯ ބެލިއެވެ. ” އަބީ ދޭބަ ފެންވަރަށް ، ވަރަށް ބަނޑުހައި ” އީލާމް މިހެން ބުނެލުމުން އަބީ އޭނާ އީލާމް އާއި ދިމާލަށް އާނއެކޭ ބުނާ ފަދަ ގޮތަކަށް ބޯ ޖަހާލިއެވެ. އަބީ އޭނާގެ ކޮޓަރިއަށް ވަދެ ފެންވަރަން ވަނީ މިއަދު ރާވާފައިވާ އެތައް ކަމެއް އޮތީމައި އީލާމް ގޮވައިގެން އަވަހަށް ފިހާރައަށް ނިކުމެލަން ބޭނުންވާތީއެވެ. ފެންވަރައިގެން ނިކުމެ އޭނާގެ މުސްލިމް ރަހްމަތްތެރިޔާ އަބޫ އައްލާމް އަށް ގުޅާލުމަށް ފަހު ލައުޑްސްޕީކަރަށް ލާ ފޯނު މޭޒުމަތީގައި ބޭންދިއެވެ. އަބީ އިސްޓާކީނަށް އަރަމުން ދިޔައިރު ފޯނު ދެތިން ފަހަރު ރިންގްވިތަނާހެން އަނެއްކޮޅުން ފޯނު ނެގިއެވެ. ” އައްލާމް އަހަރެން ބުނި ކަންތައް ވެއްޖެތަ ،” އައްލާމް އާއެކޭ ބުނުމުން ” އެހެންވީމަ އައްލާމް އަންނަން ވާނީ އެ މީހުން ގޮވައިގެން، މިރޭ އީލާމް ކައިރީ ބުނާނަން ކައިވެންޏަށް ރަނަށް ކިޔާނީ ކިހާވަރެއްތޯ، އައްލާމް އާއި ނޫރް ހެކިންނަށް ރަނގަޅުވާނެއެއްނު ” އަބީގެ ވާހަކައިން އައްލާމް އަށް އަބީ މި ކުއްޖާއާއި ކައިވެނި ކުރުމަށް ހިފާލާފައިވާ މިންވަރު ހާމަވެގެން ދިޔައެވެ. ” އަބީ ތި ކުރަން އުޅެނީ ވަރަށް ރަނގަޅު ކަމެއް ، އަހަރެން ވަރަށް ތާއީދު ، އެހެންވީމާ މާދަމާ ރޭ ދާނަން ކައިވެނި ކުރާ މީހުން ގޮވައިގެން ” ފޯނު ބޭއްވުމަށް ފަހު .އަބީ އަނެއްކާވެސް އެހެން މީހަކަށް ގުޅާލިއެވެ. ” ހެލޯ ޑރ. އަމަރް ، ލާނެއް ފާޑަކަށް އަބީ މިއޮތް ފަދަ ހެނދުނު ގުޅުމުން އަމަރް ކުދި ކިޔާލިއެވެ. ” އަމަރް އަހަރެން މިއުޅެނީ އީލާމް އާއި މެރީ ކުރަން ، ” އަބީ ބުނެލި ޖުމްލައިން އަމަރް ” ވަޓް އަބީ ، އީލާމް އެއްކޮށް ރަނގަޅު ވެއްޖެތަ ” އަބީ ” ނޫން އަމަރް ، ހުރިހާ ކަމެއް ހަނދާނެއް ނުހުރެ ، އެކަމަކު ކަނޑުވި ހާދިސާ ކޮންމެވެސް ވަރަކަށް ކިޔައިދިން ” އަމަރް ” އެހެންވެއްޖެއްޔާމް އީލާމް ރަނގަޅުވާނެ ، އެކަމަކު އަދި ދުވަސް ވާނެ ، ދިމާވާ ކަމެއް ނުވަތަ ހާލަތަކުން އޭނާގެ މާޒީ ހަނދާން ވަމުން ދާނީ ، ކުރިންވެސް ތިކަހަލަ ޕޭޝަންޓް އަކާއި ދިމާވި ” އަމަރް ގެ ވާހަކައިން އަބީ ” އެއްކަލަ ޑޮކްޓަރް ، ވަޓް އެވަރ ، އީލާމް ބޭނުން މަށާ އިންނަން ، އައި ލަވް ހަރ ސޯ މަޗް ” އަބީ ޖޯޝާ އެކީ ދައްކަމުން ދިޔަ ވާހަކަ އަމަރް އަޑުއަހަން އިނެވެ. ” އެހެންވީމައި ދެން ކީކޭ ބުނާނީ ، ދެރައެއް ނުދޭތި ، ބާއްޖަވެރި ކައިވެންޏަކަށް އެދެން ، ފަހުން ގުޅާނަން ، ހުރިހާ ކަމެއް އަޕްޑޭޓް ކޮށްދެއްޗޭ ” އަމަރް ބުނެލިއެވެ. ފޯނު ބޭއްވުމަށްފަހު ކޮއްޅަށް ތެދުވެ ކޮޓަރިން ނިކުތުމަށް ދޮރާ ދިމާއަށް ބަލާލި އިރު އީލާމް ހިނިއައިސްފައި ދޮރުގައި ލެނގިލައިގެން ހުއްޓެވެ. އީލާމް އަބީ އާއި ދިމާލަށް ހިނގާލުމަށް ފަހު ގަމީހުގެ ގިރުވާން ރީތި ކޮށްލަ ދިނެވެ. ” ކޮންތާކަށް ދާން މިއުޅެނީ ” އީލާމް ސުވާލު ކޮށްލުމުން އަބީ ” މިއުޅެނީ ލޯބިވާ އަށް ރީތި ވެޑިންގް ޑްރެސްއެއް ގަންނަށް ވެގެން ، އަދި ކަނބުލޭގެ ކިޔަނީ ކިހާވަރެއްގެ ރަނެއް ތޯ ބެލުމަށް ހެކިން ކައިރިއަށް ދާން ” އަބީގެ ލާނެއް ޖަވާބުން އީލާމް ލަދުން އިސްޖެހުން ނޫން ކަމެއް ނުވިއެވެ.
ބުރާސްފަތި ދުވަހުގެ މެންދުރު ގެ ރީތި ކުރުމަށް ފަހު ހުރިހާ ނޯކަރުން ކަހަލަ ގޮތަކަށް އެމީހުންނަށް ލިބުނު ޗުއްޓީއަށް ދާން ގޭން ނިކުތެވެ. އަބީ އެންމެން ދިޔަތޯ ޔަގީން ކުރުމަށްފަހު ، އަބޫ އައްލާމް އަށް ގުޅާލިއެވެ. އެންމެން އައިސް ހަމަވުމުން އީލާމް ބަލާ އަބީ އޭނާގެ ކޮޓަރިއަށް ވަނެވެ. ލޯގަނޑު ކައިރީ ހުއްޓިލައިގެން ހުރިއިރު އޭނާ ލާފައިވާ ހުދު ވެޑިންގް ޑްރެސް އިން އޭނާ އިތުރަށް ރީތި ކަމަށް ދައްކައެވެ. އިސްތަށިގަނޑު ރީތި ވަރަކަށް ކޮށާލާފައިވާއިރު ، ބޮލުން ތިރިއަށް ހަރުކޮށްފައިވާ ތުނި ފޮތިގަނޑުން ހަމަހީވަނީ މޮޑެލް އެއް ހެނެވެ. އީލާމް ރީތި ކުރުމަށް ސެލޫން އަކުން ގެނެސްފައިވާ ބިއުޓީޝަނުން ހަރަކާތްތެރިވަމުން ދާއިރު ، މި ރެއަށް ހާއްސަކޮށް ފޮޓޯ ގްރާފަރުންގެ އިތުރުން ކައިވެނި ކޮށްދޭން އައިސް ތިބި ގާޒީންނަށް ބިލަތް މީރުކޮށްލުމެއް އޮތެވެ. ކައިވެނީގެ ކުރިން ފޮޓޯ ނެގުމަށް ހަޖެހިފައިވަނީ އިރުއޮއްސުމުން ރީތި ފޮޓޯ ނުނެގިދާނެތީވެއެވެ. އަބީ އީލާމް އަށް ގޮވާލުމަށްފަހު އަވަސް ކޮށްލުމަށް އެދުނެވެ . އީލާމް އަބީ އާއި ދިމާލަށް ބަލާލީ ހިނިތުންވެލަމުންނެވެ. އަބީ ހުދުކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނުއެއް ލައިފައި ހުރުމުން އިތުރަށް އޭނާގެ ހައިބަތު ދައްކާދެއެވެ. އީލާމް އަބީ އާއި ދިމާލަށް ހިނގާލާފައި އާއިރު އަބީ އޭނާގެ ގައިގައި ބައްދާލުމަށް ވަނީ ކެތްމަދުވެފައެވެ. އަބީގެ އަތުގައި އީލާމް ހިފާލުމުން އަބީ އޭނާ ގޮވައިގެން ތިރިއަށް ފައިބަން މިސްރާބުޖެހިއެވެ. ” އަބީގެ ފަމެލީ އެއްވެސް މީހެއްކައިރީ ، އީލާމް ގެ ވަހާކައެއް ނުބުނަމެއްނު ؟ އީލާމް ޝަކުވާ ކޮށްލިއެވެ. ” އީލާމް އައި ވޯންޓް ދެމް ޓު ނޯ ވެން ޔޫ އާ އޯލް މައިން، އެހެން ނޫނަސް އަބީ މުސްލިމްވި ކަމެއްވެސް ނޭނގޭނެ” އަބީ ގެ ޖަވާބުން އީލާމް ލުއި ހިނިތުންވުމެއް ދިނެވެ. ފޮޓޯ ޝޫޓް ނިންމާލުމަށް ފަހު ކައިވެނި ކުރަން ހަމަޖެހިފައިވާ ކޮޓަރިއަށް ދެމީހުންވަނީ ދިރިއުޅުމުގެ މުހިންމު ބިންގަލެއް އެޅުމުގެ ނިޔަތުގައެވެ. ގަޒީ އާއި ދެ ހެކީން ގެ އިތުރަށް އަދި ހަތަރު މީހުން އެއް މޭޒު ކައިރީ އިށީދެލައިގެން އިން އިރު އަބީ އީލާމް ގެ އަތުގައި ހިފާލުމަށްފަހު ދެމީހުންނަށް ހާއްސަވެފައިވާ ގޮނޑީގައި އިށީނދެލިއެވެ. ގަޒީ ހުތުބާ ކިޔަން ފެށުމުން އީލާމް އިސްޖަހާލީ އަތް ފިނިވެ ހާސްވާން ފެށުމުންނެވެ. އަބީ ގެ އަނގައިން އަނބި ގަބޫލުކޮށްފީމޭ ބުނިވަގުތު އީލާމް އަބީ އާއި ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ބުނަން ނޭނގޭ ފަދަ ޝުއޫރުތަކެއް ދެ ހިތުގައިވެސް އުފެދުނެވެ. އަބާން މުހައްމަދު ޒައީ އާއި އީލާމް އަމަރް އާލަމްގެ ކައިވެނި އަގުދު ކޮށް ދިނުމުގެ ރަސްމިއްޔާތު ނިންމާލަމުން ގަޒީ ދުއާ ކުރަން ފެށުމުން ހުރިހާ އެންމެން އަތް އުފުލާލައި ދުއާގައި ބައިވެރިވެލިއެވެ. ކައިވެނީގެ ރަން ހަވާލުކުރުމަށް އެދުމުން އަބީ އޭނާގެ އަތުގައިވާ ކުޑަ ފޮށްޓަކުން އަލިމަސް ޖަހާފައިވާ ރަން ފަށެއް ނަގާ އީލާމްގެ ކަރުގައި އަޅުވައިލަ ދިނެވެ. އީލާމް ގެ ރަނަށް އޭނާ ބޭނުންވީ އަލިމަހެކެވެ.
ކައިވެނި ހަފްލާ ނިމުމުން ކައިވެންޏަށް ހާޒިރުވި 10 ވަރަކަށް މީހުން ކެއުމަށް އިންސާފު ކުރަމުން ދިޔައެވެ. އަބޫ އައްލާމް އާއި ނޫރު އައިސް އެ ދެމެފިރިންނަށް މަރުހަބާ ކިޔައި ނަސޭހަތްލާ ދިނުމަށް ފަހު އެގެއިން ދިއުމަށް މިސްރާބު ޖެހިއެވެ. ރޭގަނޑު ނުވައެއް ޖެހިއިރު މުޅިގެ ހުސްވުމުން އީލާމް ގޭތެރެ ތަރުތީބު ކޮށްލިއެވެ. އަބީ ކޮޓަރިއަށް ވަނީ އީލާމް އަންނަށް ވާއިރަށް ރީތިވެލަން ކަމަށް ބުނެއެވެ. އީލާމްވެސް ގޭތެރޭގެ ހުރިހާ ކަމެއް ނިންމާފަ އޭނާ ކޮޓަރިއަށް ވަން އިރު އަބީ ބެލްކަނީގައި ސިގިރޭޓެއް ބޯން ހުރުމުން ފާހަނައަށް ވަދެ ފެންވަރާލައިގެން އެރެއަށް ހާއްސަކޮށް ގަނެފައިވާ ނިދާ ހެދުން ގަޔަށް މަހާލިއެވެ. އަބީ ސިގިރޭޓް ބޮމުން ދިޔައިރު އިލާމްއަށް މިއަދު ވެފައިވާ ވައުދު ހަނދާން ކޮށްލިއެވެ. ކައިވެނި ކުރުމަށްފަހު މާދަމާ އަބީގެ އާއިލާ އާއި ބައްދަލުކޮށްލަން ގެންދިއުމަށެވެ. އީލާމް ފާހާނައިން ނިކުމެ ކޮޓަރިތެރެއަށް ނަޒަރު ހިންގާލީ މުޅި ކޮޓަރިވަނީ ލެވެންޑަރ ވަސް ދުވާ އުއްބަތި ތަކުން އަލިކޮށްލައިފައިވާތީވެއެވެ. އީލާމް ވަށައިގެން ބަލާލީ އަބީ ކޮބައިތޯއެވެ؟ ފަހަތުން މީހަކު އޭނާގެ އުނަގަނޑުގައި ހިފާ ފަހަތަށް އަނބުރާ ލުމަށްފަހު އަތްދަނޑިމައްޗަށް އުފުއްލާލިއެވެ. އީލާމްއަށް އަބީގެ މޫނަށް ނަޒަރު ހިންގާލެވުނެވެ. ” އަބީ ދެން ދޫކޮށްލާ “،އީލާމް ޅަވެލިއެވެ. ” ދެނެއް ނެތް ދޫކުރުމެއް ، މިހާރު ތީ މަގޭ ހައްގެއް ، ކިހާ ދުވަހެއް ވެއްޖެ އީލާމް ” އަބީ އޭނާގެ ހިތުގެ އުދާސްތައް ބަންޑުން ކޮށްލިއެވެ . އީލާމް ގޮސް އެނދުމަތީގައި ބާއްވާލުމަށްފަހު އަބީ އޭނާއާއި ލޯބިކޮށްލިއެވެ.
ޖެހިގެން އައި ދުވަހަށް އިރު އެރީ އަބީއަށް ފޯނެއް އަންނަށް ފެށުމުންނެވެ. އީލާމް އަށް ފޯނު ރިންގުވާ އަޑަށް ހޭލެވުމާއެކު ފޯނު ސައިލެންޓްކޮށްލިއެވެ. އަބީ ގަދަ ގުގުރީގައި ވުމުން އޭނާއަށް އުނދަގޫ ނުކޮށް ތެދުވުމަށް އަވަސްވެލިއެވެ. އަބީގެ ނިންކުރިއަށް ބޮސް ދިނުމަށްފަހު ގައިގައި ހުދު ފޮތިގަނޑެއް އޮޅާލުމަށްފަހު ކޮއްޅަށް ތެދުވީ އޭނާގެ ހަރަކާތް ބަލަން މީހަކު އޮތްކަން ނޭނގި ހުރެއެވެ. އަބީ ނިދާފައި ކަމަށް ހަދައިގެން އޮތީ އީލާމް ގައިގައި އޮޅާލި ފޮތިގަނޑުގެ އެއްކަނުގައި ނޭނގޭ ގޮތަށް ހިފައިގެން ހުރެއެވެ. އީލާމް ފާހާނައާއި ދިމާލަށް ހިނގާލިތަނުން ފޮތިގަނޑަށް ވާންވާތީވެ ފަހަތަށް ބަލާލިއެވެ. އަބީ ލާނެއް ހިނިތުންވުމެއް ދީގެން އެނދުގައި އޮށޯވެލައިގެން އޮތެވެ. އީލާމް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ފާހާނައަށް ވަނެވެ. އަބީ އޭނާގެ ފަހަތުން ފާހާނައަށް ވަނެވެ. އީލާމް ބާތް ޓަބް އަށް ފެންފުރާލީ ތާފަނާ ކަމެއް ހުންނަވަރަށެވެ. އަބީ ދަތް އުނގުޅަމުން ދިޔައިރު އީލާމް އަށް ކުދި ގޯނާ ކުރަމުން ދިޔައެވެ. އީލާމް ގޮސް ބިލިގާގައި އިށީނދެލީ އޭނާ ވަރަށް އަރާމުކޮށް ފެންވަރާލަށް ބޭނުންވާތީއެވެ. އަބީ ފެންވަރާލައިގެން ތުވާލި އަނަދެލުމަށް ފަހު ބިލިގާގެ އެއްފަރާތުގައި އިށީނދެލިއެވެ. “ބޭބީ ގާރލް ،އައިލަވް ޔޫ ، ލާސްޓް ނައިޓް ވޯސް އޯސަމް ، ލެޓްސް މޭކް ލަވް އަގެއިން ” އަބީ އީލާމްއާއި ދިމާލަށް ގުދުވެލާފައި ބުންޏެވެ.
-ނުނިމޭ-
7 Comments!
Comments are closed.
Haadha kurey eykamaku ves varah reethi
Thanks Nicky 🙂
Wow fantastic ?? masha allah stry v awsome whn nxt prt avahah up kolla dhechchey plx gud nyt ly ?????❤❤??????
Khajja avas kohlaanan ingey <3 BTW thanks 🙂
hurihaa kameh handhaan nethunas English in vaahakadhakkan engey dho?
Mivaahaves v v vv reethi???
Thanks Saeeda 🙂