“ޔުމްނާ ބަނޑުބޮޑޭ އާރިކް!” މޭޒުގައި ދެއަތް ވިއްދާލަމުން މުނީރު ބުނެލިއެވެ. އާރިކް ކުޑަ ހިނދުކޮޅެއް ވަންދެން މުނީރުއަށް ބަލަހައްޓައިގެން އިނެވެ. “ވަޓް؟ އާރ ޔޫ ސީރިއަސް؟” އާރިކް ވިސްނުމަކަށް ގެއްލެމުން އަހާލިއެވެ. “އާއެކޭ. މިޔަދު ފަރީދު ގޭ އެންމެން ގާތު ބުނެފިޔޭ މި ވާހަކަ!” މުނީރު ބުނެލިއެވެ. “މަ ރެޕަންޒެލް ދެކެ ކިތަންމެ ލޯބިވިޔަސް އަހަންނަށް އޭނައެއް ނުލިބޭނެ! އޭނަ ލޯބިވާ މީހަކު ހުރެޔޭ މުނީރު.” ހިތްދަތި ގޮތަކަށް ހިނިތުންވެލަމުން އާރިކް ބުނެލިއެވެ. “ޔުމްނާ ހަމަ އެހެން […]
ނައިނާ ހިނގާފައި ދިޔައިރު އެ ދެލޮލުތެރޭން ކަރުނަތަށް ފައިބަމުންދިޔައެވެ. އެންމެ ފަހަރަކުވެސް އައިޒަން އޭނާ ހުއްޓުވާލިނަމައެވެ. އެންމެފަހަރަކުވެސް ކަންތަށް ވީގޮތް ކިޔައިދިންނަމައެވެ. އެންމެ ފަހަރަކުވެސް އައިނާ ކޮބައިތޯ ސުވާލުކުރިނަމައެވެ. ނަމަވެސް އައިޒަން މިހާރު އެހުރީ ހިތްހަރު މީހަކަށްވެފައިކަން ނައިނާއަށް އިނގި ހާމަވެއްޖެއެވެ. ރަނގަޅަށް އެސޫރައަށް ބަލައިނުލެވުމުން އެތަކެއް ޝަކުވާކުރެވުނެވެ. މަޑު ހިނގުމެއްގައި ހިނގާފައި ދިޔަ ނައިނާ ފެނި ފިހާރައަށް ވަދެ ހުރި އިނާ ހުއްޓުނެވެ. ޝާމިރާ ކުރިއަށް ހިނގައިގަތުމުން އޭނާ ފަހަތަށް ފިޔަވަޅެއް އަޅާ ނައިނާއާއި ދިމާލަށް […]
މަލަކާގެ ހިތުގައި ރިއްސަމުން ދިޔައެވެ. އެއްމެން އޭނާއަށް ތުހުމަތުގެ އިނގިލި ދިއްކުރަމުން ދާއިރު އެޔަށް އެއްވެސް ރައްދެއް ނުދީ ދުރުގައި ބަލަހައްޓައިގެންނެވެ. ރައްދެއް ދެވެން އޮތް ނަމަވެސް އޭނާ ގަޔަކު އެހިތްވަރެއް ނެތެވެ. އެއްމެންހެން އޭނާވެސް ކުށްވެރިކުރަމުން ދަނީ އަމިއްލަ ނަފުސެވެ. ޝައިމްގެ ލޮލުން އެފެންނަމުންދާ ހިތާމައިގެ އަޑު އޭނާއަށްވުރެ ބޮޑަށް އެގޭނެ މީހެއް ނެތެވެ. ލޯފާރުވަމުން ދަނީ ޝައިމްއާއި ދުރަށް ދާން ޖެހޭތީ އަޅާ ކަރުނައިންނެވެ. މަލަކާ ކައިވެންޏަށް ތައްޔާރުވަމުން ދާއިރު ޝައިމް ތައްޔާރުވަމުން އެދަނީ […]
ސްކައި ހައުސްގެ ސުފްރާމަތި ތައްޔާރުކުރަމުން ދިޔައިރު މެހެރޫ އޭނާގެ ދަނބި ދަރިފުޅު އީލާމްގެ އަތުގައި ހިފައިގެން ހުރެ އެކި ކަންކަމާ ވާހަކަ ދައްކަމުން ދިޔައެވެ. ޑރ. މަހޭޝް މެންދުރުގެ ކެއުމަށް ގެއަށް ދުރުވީ މެހެރޫގެ ފަރާތުން އަބީ އައިސް އުޅޭ ހަބަރު ލިބުމުންނެވެ. ރާކީ އާއި އޭނާގެ ފިރިމީހާ ނިކިލް އައިސް ގޮނޑީގައި އިށީދެލުމަށްފަހު އީލާމް އަށް ދިމާލަށް ބަލާލިއެވެ. ކާ މޭޒު ކައިރިއަށް އެންމެން ހަމަވުމުން އަބީ ކޮއްޅަށް ތެދުވެލުމަށްފަހު އީލާމްގެ ތައާރަފްއެއް ދިނެވެ. ޑރ.މަހޭޝް […]
“މިޝް، ހާސްނުވޭ…. ކޮންމެވެސް ގޮތެއް ވޭތޯ ބަލާނީ…..” މިޝްޔާ ހަމައަކަށް އެޅުވުމަށް އެހެން ބުނެލިނަމަވެސް، މިޝަލްވެސް ހުރީ ވަރަށް ހާސްވެފައެވެ. މިޝްޔާ ބުނާހެން އެ ފޮޓޯއެއް ނޫނީ ވީޑިއޯއެއް އާއްމުވެއްޖެއްޔާ މިޝްޔާއަށް ވާނެ ގޮތަކާއިމެދު، އޭނާއަށްވެސް ވިސްނާލަން މަޖުބޫރުވިއެވެ. ކޮންމެ ގޮތެއް ހަދާފައިނަމަވެސް، އެ މީހަކު ހޯދަން އެބަޖެހެއެވެ. އެހެނަސް، އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލަކީ އެމީހަކީ ކާކުތޯއެވެ.؟ އެ މީހަކު ހޯދާނީ ކިހިނަކުންތޯއެވެ؟؟ އެ މީހެއްގެ ބޭނުމަކީ ކޮބައިތޯއެވެ..؟؟ މިޝްޔާ ހަމައަކަށް އެޅުވުނީވެސް ދެ މީހުން […]
“ދޮންބެދައް……” އައިޝަމް އެއްޗެއް ބުނަން ވާއިރަށް ނައިނާ ގަދަކަމުން ހީލާފައި އެކަން ހުއްޓުވިއެވެ. “ނައިނާ…” ކުރެހިފައިވާ އަޑަކުން ނައިނާ އެހެން ބުނިއިރުވެސް އޭނާ ހުރީ ހީލައިގެންނެވެ. އައިޝަމް ފުން ނޭވައެއް ދޫކޮށްލާފައި ބޯޖަހާލީ ނައިނާގެ ބަސް ގަބޫލުކުރާކަހަލަ ގޮތަކަށެވެ. “އަހަރެންވެސް އަހަރެންގެ ދަރިފުޅަށްވެސް ބައްޕައެއްގެލޯބި ނަސީބު ނޫނީ ކަންނޭނގެ. އެކަމް އަހަރެން އެކަމާއި ދެރައެއްނުވާނަން… މިހުރިހާ ދުވަހުވެސް އަހަރެން އައިނާއަށް އައީ ދިރިއުޅެން ދަސްކޮށްދެމުން، އަހަރެން މަންމަ ފަދައިން ރަނގަޅު މަންމައަކާއި ބައްޕައަކަށް ވާން އަހަރެން އަދިވެސް […]
……………………… ދުވަސްތަށް ފާއިތުވެގެން ދިޔައީ އެފަދަގޮތަކަށެވެ. އޭގެފަހުން އެމީހުންނަށް ނައިނާ ނުވަތަ އައިނާ ނުފެނުނުކަމުގައި ވިޔަސް ކޮންމެ ދުވަހެއްގެ އަރާ އިރާއި އެކު އުއްމީދުކޮށްލެވެނީ އެމީހުން މިއަދު ފެންނާނެތޯއެވެ. އަނެއްކާވެސް އައިޒަންއާއި ލަހުފާއާއި ޖިނާހް ވާހަކަދައްކަންފެށިއެވެ. އެދެމީހުން މެދުގައި އިތުރަށް ނައިނާއާއި އައިނާގެ ވާހަކަ ނުދައްކާ އެކުވެރިކަމާއި އެކު ދުވަސްތަށް ވޭތުކުރަމުންދިޔައެވެ. އެއްދުވަހެއްގެ ހަވީރުވަގުތެވެ. މުޅި މާލެ ކުޑަކުރަމުން ހިނގަމުން ދިޔަ ޝާމިރާއާއި އިނާއަށް އެމީހުން ބޭނުންވާ އެއްޗެހި ހުންނަ ފިހާރައަކާއި ދިމާވާ ގޮތެއްނުވިއެވެ. އެންމެފަހުން ދެމީހުން […]
ދޮރުގައި ޓަކި ދިން އަޑު އިވުނަސް ޝައިމް ދޮރު ނުހުޅުވައި މަޑުކޮށްލީ މަލަކާގެ ޖަވާބެއް ލިބޭތޯއެވެ. މަލަކާ ދޮރު ހުޅުވަން ދާން އުޅުމުން ޝައިމް މަލަކާގެ އަތުގައި ހިފަހައްޓައި އިތުރަށް ދޮރާއި ކައިރިވުމަށް ހުރަސްއެޅިއެވެ. “ޖަވާބެއް ދީފަވެސް ދޮރު ހުޅުވިދާނެ” މަލަކާ ޝައިމްއަށް ބަލާލުމުން ޝައިމް ބުނެލިއެވެ. “ވެދާނެ ބައްޕަކަމަށްވެސް” މަލަކާ އުޅުނީ ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު ޝައިމްގެ އެސުވާލަށް ޖަވާބު ނުދެވޭތޯއެވެ. މަލަކާ އެހެން ބުނުމުން ޝައިމް މަލަކާގެ އަތުން ދޫކޮށްލިއެވެ. އަދި ދޮރު ކައިރީ […]
ޖަނާ އެތަނަށް އައި އެކަހަލަ މަންޒަރެއް ފެނިދާނެކަމަށް އުއްމީދު ކޮއްގެނެއް ނޫނެވެ. މޫދުގައި އޮތްއިރު އީރަމް ދުވެފައިދިޔަ ތަނާއެކު ލާމިހް އީރަމް ފަހަތުން ހިނގައިގަތުމުން ޖަނާ ވެސް ލާމިހް ފަހަތުން އައި ވެގެން އުޅޭ ގޮތް އޮޅުންފިލުވާށެވެ. ހެދިފައި ހުރި ގަހުގެ ފަހަތަށް ވަދެ ޖަނާ ނިވާވެލިގޮތުން އޭނާ އެތާ ހުރި ކަން އީރަމްއަށް އަންގަން ބޭނުންނުވާކަން އިނގެއެވެ. ކުރެވެނީ ގޯސް ކަމެއްކަން އެނގިހުރެވެސް ޖަނާ އީރަމް މެން އިތުރު ވާހަކައެއް ދައްކާތޯ މަޑުކޮއްލިއެވެ. ލާމިހް […]