Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތި ލޯތްބަށްޓަކައި (18)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
October 7, 2017 8 Mins Read
14 Comments

“ނުވާނެ ނައިނާ ދޫކޮށްލައިގެން… އެހެންވެއްޖެނަމަ އަހަރެންގެ ދޮންބެއެއް ނުހުންނާނެ…” އައިޝަމް އެހެން ބުނެފައި ފަސްއެނބުރި ރެއިލިންގައި ހިފަހައްޓާލިއެވެ. އައިޒަން ހުރިހާ ދިމާލަކުން ބެދުނުކަހަލައެވެ. ނަތީޖާއަކަށް ނުދެވިފައި އޭނާ ހުރިއިރު ބޯހާސްކުރަމުން ދަނީ ނައިނާ އާއި އައިނާގެ ހިޔާލުތަކުންނެވެ. ނަމަވެސް އައިޒަން އަށް އިނގޭ އެއްކަމަކީ ނައިނާ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިޔަޔަސް އައިޒަންގެ ބަސް އަހާނެކަމާއި އައިޒަން ކޮންމެ ގޮތެއްނިންމިޔަސް އެކަން ހެޔޮހިތުން ގަބޫލުކުރާނެކަމެވެ. “ނައިނާ ދޫކުރާ ހިޔާލެއްނުކުރިޔަސް މަންމަ….” އައިޒަން އައިޝަމް އަށް ޖަވާބުދިނެވެ. އޭނާއަސް އެއްކޮޅެއް ނަގަން އުނދަގޫކަން ހާމަކޮށްދިނެވެ. “އިނގޭ އިނގޭ… އެއީ ނައިނާއަށް ވުރެ އެ މަންމަގެ ވިސްނުން ދެކެ ވާ ލޯތްބަކުން… ލަމްހާ އާއި އޮޅުވާލައިގެން ކައިވެނިކުރަން ތި އެއްބަސްވީ…. އެ އެއްބަސްވުމުގައި އޮތީ ކީކޭ؟ ނައިނާ ދޫކޮށްލަން އެހެންވީމަ ކޮބާ މީގައި ސާފު ނުވެ އޮތް އެއްޗަކީ؟؟ ކައިވެންޏަށް އެއްބަސްވީމަ އޭގެ މާނައަކީ ނައިނާ ދޫކޮށްލާނީއޭނު..” އައިޝަމް މިފަހަރު ވާހަކަދެއްކީ މަލާމާތުގެ ރާގަކަށެވެ. އައިޒަން އެ ކުރި ކަންތަކަށް ދުވަހަކުވެސް މާފުނުދޭނަމޭ އޭނާ ހިތާހިތުންކިއެވެ.

“އަދި ބުނަން…. އަހަރެން އަދިވެސް ހަނދާން ނުނެތޭ ހެނދުނު އަހަރެން ކީ އެއްޗެއްސެއް.. ނައިނާ އެންމެ އައިޒަންއަށް އެދޭ ދުވަހުވެސް އައިޒަން ނަގާނީ ސީދާ މަންމަ.. އިނގޭތަ ނައިނާ އެހާ މުހިންމު ނޫނީކީއްވެކަން؟ އެއީ ތި ހިތަށް އިނގޭތީ ނައިނާ ހުރިހާ ކަމަކަށް އޯކޭ ވާނޭ، ކޮންމެ ގޮތަކަށް އުޅެންޖެހުނަސް އޭނާ ހަމަ އޯކޭ އޭ… އެކަނިން އުޅެންޖެހުނަސް އައިޒަން އަށް ދިމާވި ދަތި ހާލު ވިސްނޭނޭ… މަންމަ އެހާ މުހިންމުވީވެސް ނައިނާ އާއި މަންމައާއި ދެމެދު މިބުނި ކަންތަކުގެ ތަފާތު އޮތީތީ.. ނައިނާ އެހެން އުޅެނީ ލޯބިވާތީ.. އޭނާއަށް އުޅެން ފަސޭހަވީމައެއް ނޫން.. އައިޒަންއަށް ކުރާ އިތުބާރާއި އައިޒަންދެކެ ވާ ލޯތްބެއްގެ މަތިވެރިކަމުން.. އައިޒަން ތިއުޅެނީ ކީއްވެބާއޭ ހިތަށްއަރަނީ…” އައިޝަމް ބުނެލިއެވެ. އޭނާ “އޯކޭ” އެ ލަފްޒް ބޭނުންކުރަމުން ދިޔައީ ވަރަށް އަޑަށްބާރުލާފައި ކަމުން އައިޒަންއަށް އެ ބަހުން ވަރަށް އުނދަގޫވިއެވެ.  އައިޒަން އެއްޗެއް ބުނަންވާއިރަށް އައިޝަމް އެތަނުން ނިކުމެގެން ދިޔައެވެ. އައިޒަންގެ ސިކުނޑި އިތުރަށް ނުތަވަސްކުރުވާފައެވެ.

…………………………………..

ދެދުވަސް ފާއިތުވެގެން ދިޔައީ ހީވެސްނުކުރާހާ އަވަހަށެވެ. އައިޒަންއާއި ވާހަކަނުދެއްކޭތީ ނައިނާ އިނީ ވަރަށް ދެރަވެފައެވެ. އައިޒަން އާއި ވާހަކަ ނުދައްކާ ދުވަހެއް މީގެ ކުރިން ނުދާތީ އޭނާއަށް އިންތިޒާރު ކުރެވެނީ އައިޒަން ގުޅާނެއިރަކަށެވެ. ނުވަތަ މެސެޖެއްކޮށްލާނެ އިރަކަށެވެ. ނަމަވެސް އިންތިޒާރު ދިގުވެ ދެދުވަސް ފާއިތުވީ އައިޒަންގެ ހަބަރެއްވެސްނުވެއެވެ.

ނައިނާ ޒުހާ ކައިރި އެވާހަކަ ހިއްސާކޮށްލަން ގުޅުމުން ޒުހާވެސް އަބަދު ދައްކަނީ އެއްވާހަކައެކެވެ. “އޭނާގެ ހަބަރު ބަލަން ނައިނާއަށް އެއްގޮތަކުން ނޫނީ އަނެއްގޮތަކުންވެސް ގުޅެންޖެހޭނެ.. އައިޒަންގެ ކެބިންނަމްބަރަށް ގުޅާބަލަ… ނައިނާ ތިހެން ހަދާތީއޭ އައިޒަން އެހެން އެ އުޅެނީ.. މާ ބޮޑަށް ދޫދޭތީވެ އައިޒަން މަންމަ ކައިރި ނުބުނެ އެހެން އެ އުޅެނީ… ނައިނާ ކިތަންމެ ލޯބިވިޔަސް އައިޒަން އަށް ތިހާ ބޮޑަށް ދޫކޮށްނުލާ ވަރިހަމައަށް ހުރިހާ ކަމެއް ހަދައިގެން ނުހުރޭ…” ޒުހާ ބުންޏެވެ. ނައިނާ ހުމްމް އޭ ބުނެފައި ފޯނު ކަނޑާލީ ފޫހިވެގެންނެވެ. ޒުހާ އަބަދުވެސް ދައްކަނީ އެވާހަކައެވެ. ނަމަވެސް އެބުނީ ތެދެކޭ އޭނާ ހިތަށްއަރައެވެ. އެއްފަހަރު އައިޝަމްއަށް ގުޅާލާފައި ހަބަރެއްބަލާލަންވެއްޖެއެވެ. އައިޝަމްވެސް އެހެންޏާ ދުވާލަކު ހަތަރު ފަހަރު އައިނާ ހޯދަން ގުޅާއިރު މިދެދުވަހު ހަބަރެއްވެސްނުވެއެވެ. މާ ބޮޑަށް ބިޒީވީބާއެވެ. ގުޅާލަންވީބާއެވެ. ދެހިޔާލެއްގައި އިނދެފައި ނައިނާ ފޯނު ނަގާ އައިޝަމްއަށް ގުޅާލީ ރޭގަނޑުވީމާ ކޮންމެވެސް ވަރަކަށް ފްރީވާނޭ ހިތާއެވެ.

ނަސީބު ރަނގަޅުކަމުން އައިޝަމްވެސް ހުރީގޭގައެވެ. އައިޝަމް ގެ އަޑުގައިހުރި ތަފާތުކަން ނައިނާއަށް ފާހަގަވިޔަސް ސުވާލުކުރަން ޖެހިލުންވިއެވެ. އައިޝަމް ގޮސް އައިޒަންގެ ކޮޓަރިއަށް ބޯ ދިއްކޮށްލިއިރު އައިޒަން ލެޕްޓޮޕް ހިފައިގެން ކޮންމެވެސް މަސައްކަތެއްގައި އިނެވެ. އޭނާއަށް ކަމެއްވާހެންވެސް ކަމެއްވެފައި އިންހެންވެސް ހީނުވެއެވެ. އައިޝަމް ގޮސް ފޯނު ދެމުން ނައިނާއޭ ބުނެފައި ސޯފާގައި އިށީނީ އައިޒަން ދައްކާ ވާހަކައެއް އަޑުއަހާށެވެ. “ނޭނާ…!” އައިޒަން ނައިނާއަށް ގޮވާލިގޮތުން އައިޝަމް އަށް އައިޒަންގެ މޫނަށް ބަލައިލެވުނެވެ. އެ މޫނުމަތިން ނައިނާ ދެކެވާ ތެދުވެރި ލޯބި ފެންނަމުންދިޔައެވެ. ނަމަވެސް އެ ލޯތްބަށްޓަކައި ހަނގުރާމަކުރަން ޖެހުނު ދުވަހު ހަތިޔާރު ބަހައްޓާފައި ބަލިގަބޫލުވެސް ކުރީ އެ އައިޒަންއެވެ. އެއީ އޭނާ ވާ ލޯބިހެއްޔެވެ؟ އެ ލޯބި އެހާވެސް ބަލިކަށީހެއްޔެވެ؟

އައިޒަންގެ އަޑުއިވުމުން ނައިނާއަށް ވެސް ފުން ނޭވައެއްލެވުނެވެ. އެއަޑު އަހާލަން އެކަންފަތް ބޭޤަރާރުވެފައިވާވަރު އެނގޭނީ އެންމެ ފަރާތަކަށެވެ. އައިޒަންގެ ހަމަހިމޭންކަން ނައިނާއަށް އުނދަގޫކުރިއެވެ. އެއްޗެއް ބުނަން ވާއިރަށް ނައިނާ ސިހުނީ ގޭ ބޮޑުދޮރުގައި މީހަކު މާ ބާރަކަށް ޓަކިދޭތީއެވެ. ކަންފަތުގައި ފޯނު ޖަހާލައިގެން ހުރެ ބޮޑުދޮރާއި ދިމާލަށް ހިނގަމުން ދިޔައިރު ފަހަތުން ޒާހިދާވެސް ކޮޓަރިން ބޯދިއްކޮށްލާފައި ނިކުމެގެން އަންނަނީއެވެ. ނައިނާ ދޮރު ހުޅުވާލާފައި ކުރިމަތީ ހުރި މީހާއަށް ބަލައިލިއެވެ. އެއާއި އެކު އެދެލޯ ދިޔައީ ތަންމިނަށް ހުޅުވިގެންނެވެ. ގައިގާ މަޑު ތުރުތުތެއްލީއިރު އޭނާގެ އެތެރެ ހަށްޓަށް އެ ސިކުންތުކޮޅުގައި ތޫފާނެއް އެރިފަދައެވެ. “ބަ..ބައްޕަ….” ނައިނާ ތުރުތުރުއަޅަމުން ދިޔަ އަޑުން އެހެން ބުނެވުނީ ބޭއިހްތިޔާރުގައެވެ. އައިޒަންއަށް އެ އަޑު އިވި ދެބުމަ ގޮށްޖަހާލެވުނެވެ.

ފަހަތުގައި ހުރި ޒާހިދާއަށް ވިހަ ހިނިތުންވުމަކާއި އެކު ހުރި ފާލިހު ފެނި ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ފާލިހު ގެޔަށް ވަންނަން އެޅި ފިޔަވަޅާއި އެކު ނައިނާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އޭނާގެ ދެލޯ ފުރުނީ ތާޒާކަރުނައިންނެވެ. ގަތް ބިރުން އޭނާ އަތުގައި އޮތް ފޯނުވެސް ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ. އައިޒަން އަށް ވާނުވާއެއް ނޭނގުނެވެ. “ނައިނާ ނައިނާ!!!” އައިޒަން ދެތިންފަހަރު ނައިނާ އަށް ގޮވާލިއެވެ. އަދި ވީ ކީއްތޯ އަހަންފެށިއެވެ. ނަމަވެސް ނައިނާގެ ހަބަރެއް ނުވެއެވެ.

ނައިނާގެ ހިތްހީވީ ނިކުމެގެން އައިސްދާނެހެންނެވެ. ފާލިހު ކުއްލިއަކަށް ނައިނާއާއި ދިމާލަށް އައުމުން ނައިނާ ސިހުނުވަރުން ތަޅުންގަނޑުމައްޗަށް ވެއްޓުނެވެ. ޒާހިދާ ހުރިތާ ހުރެވުނީ ހަރަކާތެއްވެސް ކޮށްނުލައެވެ. ނަމަވެސް ހިތްވަރުކޮށްފައި ޒާހިދާ ބާރު ހިނގުމެއްގައި އައިސް ފާލިހު ދުރަށްލާފައި ނައިނާގެ ކުރިމައްޗަށް އެރިއެވެ. ނައިނާ ކުޑަކުއްޖެއްފަދައިން ޒާހިދާގެ ފަހަތުގައި ފިލާ ހުރިއިރު އޭނާއަށް ސިފަވަނީ ކުޑައިރުގެ މަންޒަރުތަކެވެ. ކުޑައިރުވެސް ފާލިހުގެ އަނިޔާތަކުން ސަލާމަތްކުރަން ޒާހިދާ ނިކުންނައިރު ނައިނާ ހަމަމިގޮތަށް ޒާހިދާގެ ފަހަތުގައި ބައްދާލައިގެން ހުރެއެވެ. ނައިނާގެ ދެލޯ ފުރިގެން ކަރުނަތަށް ފައިބަން ފެށީ އެއްވެސް ހިފެހެއްޓުމެއްނެތިއެވެ. “ނައިނާގެ ގައިގާ އިނގިލި ޖައްސާލިޔަސް އަހަރެންނަށްވުރެ ނުބައި މީހެއް ނުހުންނާނެ.. ކުރިއެކޭ އެއްފަދައިން މިއަދުވެސް ނައިނާގެ ހިމާޔަތުގައި ހުންނާނީ އަހަރެން….” ޒާހިދާގެ އަޑު މުޅި ސިޓިންގްރޫމްގައި ގުގުމާލިއެވެ.

….

ޒާހިދާގެ އަޑު އައިޒަން އިވި ހާސްވިއެވެ. ނައިނާ ބައްޕައޭ ބުނި އަޑުއިވުނަސް މާ ރަނގަޅަށް ވާނުވާ އޮޅުމެއްނުފިލިއެވެ. އަނެއްކާ ބައްޕަ ނައިނާމެންގެ ގެޔަށްދިޔައިބާއޭ އޭނާ ހިތަށްއެރިއެވެ. އޭނާ އެއްވަރަކަށް ނައިނާއަށް ގޮވަމުން ދިޔައީމާ އައިޝަމްވެސް ސޯފާއިން ތެދުވީ ވާނުވާއެއް ބަލާށެވެ. ކުއްލިއަކަށް އެދެމީހުންވެސް ސިހުނީ ރުޅިއައިސްގެން އަނދައަނދާ ހުރި ޝާމިރާގެ އަޑަށެވެ. އައިޒަންއަށް ހަރަކާތެއްވެސްކޮށް ނުލާ ޝާމިރާއަށް ބަލަންހުރެވުނުއިރު އައިޝަމްވެސް އެފަދައެވެ. ކުޑަކުއްޖެއް ފަދައިން އައިޒަން ބިރުންހުރެ ފޯނު ކަނޑާލާފައި ޖީބަށްލެވުނީ މަންމަގެ ބަސް ދެން ގަބޫލުކުރާނަމޭ އަމަލުން ދައްކަމުންނެވެ.. އައިޒަން މަންމައާއި ދިމާލަށް ހިނގައިގަތުމުން ޝާމިރާ އަތުގެ އިޝާރާތުން މަޑުކުރުމަށް އެދުނެވެ.

“ކައިރިނުވާތި އައިޒަން!! މިއަދު އިނގިއްޖެ އަހަރެންނަށްވުރެ، އައިޒަން އެންމެ ޅައިރުންސުރެ ތިވަރު ކުރި މަންމައަށްވުރެ، ދެއަހަރު ހޭދަކުރި އަންހެނެއް މުހިންމުކަން…. އައިޒަން މިގެއިން ނިކުމެގެން ދިޔައީމަ ނޫނީ އަހަރެން މިގެޔަކަށް ނުވަންނާނަން…” ޝާމިރާ އޭނާގެ މަޅި އެއްލުމަށްފަހު ނިކުމެގެން ދާން ހިނގައިގަތެވެ. އައިޒަން ނޫނެކޭ މާފުކުރާށޭ ކިޔާ އާދޭސްކުރަމުން ޝާމިރާ ފަހަތުން ދިޔައިރު ނައިނާގެ ހިޔާލު އެސިކުނޑިން ފޮހެވިއްޖެއެވެ. ނައިނާއަށް ބޮޑުކަމެއްވިކަން އެނގުނެއްކަމަކު އެވަގުތު އިސްކަންދެވުނީ މަންމައަށެވެ. އައިޝަމްވެސް ފަހަތުން ކުޅިބަލަން ދިޔައީ މި އެކްޓްގަނޑު އަވަހަށް ނިމޭނީ އެ ލަމްހާއަކާއި ކައިވެނިކުރީމަކަން އިނގިހުރެއެވެ.

އައިޒަން އާއި ދިމާލަށް އެއްޗެހި ކިޔަމުން ޝާމިރާ މަގުމައްޗަށް ނިކުތެވެ. އައިޒަންވެސް މަންމަ ދޫނުކުރާނަމޭ ގެޔަށްވަންނާށޭ ބުނެ އާދޭސްކުރަމުންދިޔައެވެ. ޝާމިރާ އަޅައިވެސްނުލާ ބާރު ބާރަށް މަގު ހުރަސްކުރަނިކޮށް ކުރިމަތިން އައި ކާރެއްގައި ޖެހި އޭނާ ވިއްސައިގެން ދިޔައީ އެކަން ދެނެގަނެވޭވަރަށްވުރެ އަވަހަށެވެ. ފަހަތުގައި ކުރި އައިޒަން ގަނޑުވިކަހަލައެވެ. މީހުންތަށް ވަގުތުން އެތަނަށް އެއްވީއިރުވެސް ކުރިއަށް އަދި ފަހަތަށް ފިޔަވަޅެއް އަޅާލުމެއްނެތި އައިޒަން އެހުރިގޮތަށް ހުއްޓެވެ. ގެއިން ނިކުތް އައިޝަމްވެސް ދުވެފައި އެދިމާލަށް ދިޔައީ ދެލޯ ބޮޑުވެފައި ހުރެއެވެ. އައިޒަން ވަރަށް ބާރަށް މަންމާއޭ ކިޔާ އެދިމާލަށް ދުއްވައިގަތެވެ.

………………….

ޒާހިދާ ނައިނާގެ ހިމާޔަތުގައި ނިކުމެ ހުއްޓެއްކަމަކު އޭނާ ހުރީ ބިރުންވިރިވިރިއެވެ. ފާލިހު ދެލޮލުން ހީވަނީ އެދެމީހުން ނޮޅާ ކާލަންއުޅެނީހެންނެވެ. އޭނާ ގެ ހިތުގައި ރަހުމެއްނެތްކަން އެ ދެލޮލަށް ބަލާލިޔަސް އިނގޭނެއެވެ. ފާލިހު ދަތްކުނޑި ވިކާލާފައި ޒާހިދާ ފޮޅާލިއެވެ. ޒާހިދާ ގޮސް ވެއްޓުނީ ތަށިމުށިތައް މައްޗަށެވެ. ނައިނާ މަންމާއޭ ބުނެ އެދިމާލަށް ދުއްވައިގަންނަންވާއިރަށް ފާލިހު ނައިނާގެ ދިގު އިސްތަށިގަނޑުގައި ހިފައި އޮޅާލިއެވެ. އެއާއި އެކު އިވުނީ ނައިނާ ރޯންފެށިއަޑެވެ. ބޮޑު އަންހެނަކަށްވެފައި ހުއްޓަސް އޭނާ ފާލިހުދެކެ ވަރަށް ބިރުގަނެއެވެ. ޒާހިދާ ދެންވެސް ބަލިގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. މަރުވުމާއި ހަމައަށް އެ ހައިވާނު ކައިރިން ނައިނާ ސަލާމަތްކުރާނެއެވެ. ޒާހިދާ ގޮސް ނައިނާ ފާލިހުގެ އަތްދަށުން ސަލާމަތްކޮށްފައި ނައިނާ ފަހަތަށް ކޮށްޕާލިއެވެ. އަދި އެތެރެއަށް ވަނުމަށް އެދުނެވެ. ނައިނާ ފަހަތަށް ޖެހިވެސްނުލާ އެހުރިގޮތަށް ހުއްޓެވެ.

ފާލިހު ޒާހިދާ އަޅައިގެންހުރި ބުރުގާގެ މަތިން ދެއަތުން އެކަރުގައި ހިފާލިއިރު ދެދަތްޕިތަ ހުރީ ޖައްސާ ބާރުކޮށްފައެވެ. ޒާހިދާ ރޯމަހެއް ތެޅޭހެން ތެޅެމުންދިޔައިރު ނައިނާ ރޮއެރޮއެފައި މަންމަ ދޫކޮށްލާށޭ ކިޔަމުން ދިޔައެވެ. ޒާހިދާ ދެންވެސް ހުށިޔާރުކަމާއި އެކު އެއަތުތެރެއިން ދެމިގަތެވެ. އޭރު އޭނާ ހުރީ ދެވަރުންއެއްވަރުވެފައެވެ. ނޭވައި ފުންކޮށްލަމުން ދިޔައިރުވެސް ފާލިހުއަށް ބަލަންހުރީ މިއަދު އޭނާ ކާމިޔާބުވިޔަ ނުދޭށެވެ. ޒާހިދާ ފާލިހުގެ ކަންކަށިމަތީ ޖެހުމާއި އެކު ނައިނާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. އަދި އައިސް މަންމަގެ ގައިގާ ބައްދާލެވުނީ ގަތް ބިރުންނެވެ. ނަމަވެސް ޒާހިދާދެންވެސް ނައިނާ ދުރަށް ފޮނުވާލިއެވެ.

“ކަލޭ މިއަދު މަގޭ އަތުން މަރުވާނެ..” ފާލިހު ގެ އަޑު މުޅިތާ ގުގުމައިގަތެވެ. އަތަށް އެންމެ ފުރަތަމަ ލިބުނު މާ ވަށިގަނޑު ނަގާ ޒާހިދާގެ ބޮލުގައި ޖަހާފައި ދުރަށް ކޮށްޕާލީ އެއްވެސް ރަހުމެއްނެތިއެވެ. ނައިނާ ދެލޯ ބޮޑުކޮށްލާފައި ހުރިއިރު އެމަންޒަރު ބަލަން އެ ހިތަށް ކުޅަދާނަނުވިއެވެ. ފާލިހު ޒާހިދާ ކޮށްފާލިއިރު  ޒާހިދާ ވިއްސައިގެން ދިޔައި ލުއި ފަތެއްހެންނެވެ. ކުރިމަތީ ހުރި ފާލިހު ކައިރިން މިއަދު ސަލާމަތެއް ނެތްކަން ވިސްނުނު ނަމަވެސް ދުރުގައި އެއްވެސް ހަރަކާތެއްނެތިފައި އޮތް މަންމައާއި ދިމާ ބަލައިލިއެވެ. ޒާހިދާ އޮތްތަން ލެއިން ފަވާލިއިރު ނައިނާއަށް ބާރުބާރަށް މަންމާއޭ ކިޔާ ރޮއެގަތެވެ. ފާލިހު ނައިނާގެ އަތުގައި ހިފަހެއްޓުމުން ނައިނާ ރުޅިވެރިކަމާއި އެކު އެއަތް ފޮޅާލިއެވެ.

ފާލިހު ކޮށްޕާލާފައި ނައިނާ ސަލާމަތްވާން އުޅެނިކޮށް ފެނުނީ ދޮރުމަތި ދެލޯ ބޮޑުކޮށްލައިގެން ހުރި ހުދާއެވެ. ހުދާގެ ފަހަތުގައި ހަމަ އެފަދައިން ދެލޯ ތަންމިނަށް ހުޅުވައިގެން ހުރީ އޭނާ ނުދަންނަ އަންހެނެކެވެ. ބުރުގަލާއި ބޮޑުހެދުން ލާފައި ހުރި އެ އަންހެންމީހާގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. ފާލިހުވެސްހުދާމެންނާއި ދިމާލަށް ބަލައިލިއެވެ. އެވަގުތު އޭނާ ކައިރި ހުރި މާރިޔާ ފެނި ދެލޯ ބޮޑުކޮށްލެވުނެވެ. ހުދާ ބިރުން ތުރުތުރުއަޅައިގަތީ ދުރުގައި ލެއާއި އެކުވެފައި އޮތް ޒާހިދާފެނިފައެވެ. ކުރިމަތީ ހުރި ފާލިހުގެ ނުރައްކާތެރިކަން އޭނާއަށް އިހްސާސްވިޔަސް އޭނާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.

ނައިނާ ދެކެ ކިތަންމެ ރުޅިއަޔަސް ނައިނާ މަރުވުމަށްކުރިން ކިތަންމެ ވަރަކަށް އެދުނަސް އެވަގުތުން އެވަގުތަށް އެހިތުގައިވާ ހުރިހާ ނަފުރަތެއް ބޭރުވެގެންދިޔައެވެ. ހުދާ އައިސް ފާލިހު ކޮށްޕާލީ އޭނާ އެކަމަށް ތައްޔާރުނުވެ ހުއްޓައެވެ. މާރިޔާ ފާލިހުއާއި ދިމާލަށް ފުންމައިގަނެފައި ދެފަހަރު އެ މޫނުމަތީ ޖެހިއިރު އެ ދެލޮލުން ކަރުނައާދެއެވެ. ޒާހިދާގައިގާ ޖެހި މާވަށިގަނޑުން މާރިޔާގެ ދެވަނަ ހަމްލާ އަމާޒުވީ ސީދާ ފާލިހުގެ ބޮލަށެވެ. އެއާއި އެކު އޭނާގެ ހަރަކާތްތަށް މަޑުވެ ދެލޯ މެރުނެވެ. ބޮލުން ލޭފައިބަމުން ދިޔައިރުވެސް މާރިޔާ ދިޔައީ ފާލިހުގައިގާ ތަޅަމުންނެވެ. ރޮއެ ހޭރެމުންނެވެ. އެމަންޒަރު ބަލަން ހުދާ ގައިގާ އޮޅުލައިގަނެގެން ހުރި ނައިނާ ހެޔަށް ގޮތްވެސްވިއެވެ.

“ކަލެއަށް ވާވަރުވެއްޖެ.. ފާލިހް… ކަލެއަށް ވާވަރުވެއްޖެ… އަހަރެންގެ ކޮންކުށެއްއޮތީ.. އަހަރެންގެ ލަމްހާގެ ކޮންކުށެއް އޮތީ… އެވަރުނުވެގެން ޒާހިދާ އާއި ނައިނާގެ ކޮންކުށެއް އޮތީ؟ ކަލޭގެ ދެއަތުން ހިމާޔަތްކަން ދިނުމުގެ ބަދަލުގައި އަހަރެމެން ހަތަރުމީހުންގެ ދިރިއުޅުން ނަރަކައަކަށް ހަދާލީ ކީއްވެ؟؟” މާރިޔާ ފަހުފަހަރަށް ފާލިހުގެ ގައިގާ ޖަހާފައި ލެއާއި އެކުވެފައިވާ ދެއަތުން މޫނުގައި އަތްއަޅާ ބާރުބާރަށް ރޮމުންދިޔައެވެ. ނައިނާ ހުދާގެ އަތުން ވީއްލި ޒާހިދާ ކައިރިއަށް ދިޔައެވެ. އަދި ލެއިން ފޮރުވިފައިވާ އެ މޫނުމަތީ މަޑުމަޑުން ޖަހާލަމުން ތެދުވުމަށް އެދި ރޮމުންދިޔައެވެ. އެ މަންޒަރު ބަލަންހުރި ހުދާއަށްވެސް ރޮވުނެވެ. އެތަކެއް ފަހަރު ނައިނާގެ ބަދުނަސީބުވެރިކަމަށް އޭނާ ދެންނެވުނެވެ. ބަދު ދުޢާ ކުރެވުނެވެ. މިއަދު އެ ދުޢާގެ ނަތީޖާ ފެންނަނީއޭ ހުދާ ހިތަށް އެރިއިރު އޭނާއަށް ރޮވިއްޖެއެވެ. އޭނާގެ ކުރިމަތީ ނައިނާގެ ދިރިއުޅުން ބަރުބާދުވެގެން ދިޔައީ ބަސްބުނާހާއަވަހަށެވެ.

ނައިނާ ޒާހިދާއަށް މަންމާއޭ ކިޔާ ގޮވަމުން ރޮމުން ދާތަން ފެނި ހުދާ ގޮސް ނައިނާގެ ގައިގާ ބައްދައިގަތެވެ. ހުއްޓާލާށޭ ނައިނާ ކައިރި ކިޔާއިރުވެސް ހުދު އޭނާވެސް ދިޔައީ ގިސްލަ ގިސްލާފައި ރޮވެމުންނެވެ. ނައިނާ އުނގުމަތީ ފުރާނަނެތް ޒާހިދާގެ ހަށިގަނޑާއި ލޯ ހަމަކޮށްލެވޭ ކޮންމެފަހަރަކު އޭނާގެ ހިތަށް އަސަރުކުރެއެވެ. މާރިޔާ އެގޮތަށް އެތަށް އިރަކު އިނދެފައި ފުލުހުންނަށް ގުޅިއެވެ. އަދި ނައިނާ އައި ކައިރިވެ ނައިނާގެ ގައިގާ ބައްދާލާފައި ޒާހިދާގެ އަތުގައި ހިފަހައްޓާލިއެވެ. ހުދާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. މާތް ﷲ ގެ ކިބަފުޅަށް އެތަކެއް ފަހަރު މައާފު ދެންނެވުނެވެ. އޭރުވެސް ހުދާގެ އަތުތެރޭ އޮތް ނައިނާ ދިޔައީ ރޮމުންނެވެ.

ފުލުހުން އެތަނަށް އައިސްވަނެވެ. މާރިޔާ އެމީހުންނާއި ކުރިމަތިލީއިރު ނައިނާ މާރިޔާއަށާއި ފުލުހުންނާއި ދިމާލަށް ބަލައިލިއެވެ. މާރިޔާ ވީ ގޮތް އޮޅުން ފިލުވައިދެނިކޮށް ނައިނާ ތެދުވިއެވެ. އަދި މާރިޔާގެ އަނގަ ބަންދުކޮށްލާފައި ވީ ހުރިހާ ކަމެއް ކިޔައިދިނީ މާރިޔާ ނުބެދޭނެހެންނެވެ. ފާލިހު މަރުވީ ހަށިރައްކަލަށްޓަކައި މަންމަ ޖެހި އެއްޗަކުންނޭ އޭނާ ބުނީ މާރިޔާގެ ސަލާމަތަށްޓަކައެވެ. އޭރުވެސް އެދެލޮލުން ކަރުނައާދެއެވެ. މަންމަ ލެޔާއި އެކު ހުރިތަނަށް ވެއްޓި މަރުވީ ލޭމަނާނުވެގެންކަމާއި އޭގެ އިރުކޮޅެއްފަހުން ހުދާއާއި މާރިޔާއަށް މިތަނަށް އާދެވުނީއޭ ނައިނާ ބުންޏެވެ. މާރިޔާ ހައިރާންވިއެވެ. ނަމަވެސް އެވަގުތު އެއްޗެއް ނުބުނެ ހުއްޓެވެ. ފުލުހުން އެކަން ގަބޫލުކޮށް ތިން މީހުންވެސް އެމީހުންނާއި އެކު އައުމަށްއެދުނެވެ. “އަޅުގަނޑުގެ ދަރިފުޅު…!” ނައިނާ އެހެން ބުނުމާއި އެކު މާރިޔާ ދިޔައީ ސިއްސައިގެންނެވެ. ނައިނާގެ ދަރިއެއް ހުންނަކަން އޭނާއަކަށް ނޭނގެއެވެ. އެހެންވާނަމަ ނައިނާގެ ފިރިމީހާ ކޮބައިބާއެވެ؟ ނައިނާ ފިރިއެއް ހުންނަކަން އޭނާ ނުދެނެހުއްޓެވެ. ނައިނާ އަކީ ވިޔާނުދާ ކުއްޖެއްނޫންކަން މާރިޔާއަށް އިނގެއެވެ. މިވަނީ ކީއްބާއެވެ.

 

……………….

އައިޒަން މޫނު ފޮރުވާލައިގެން އިށީނދެ އިންއިރު އިރުއިރުކޮޅާ މޫނުނަގައި ބަލާލެވެނީ ކުރިމަތީ ހުރި އަވަސްފަރުވާދޭ ކޮޓަރިއަށެވެ. އައިޝަމް އެއްޗެއް ނުބުނެ އެހެން އިނަސް އޭނާ އިނީ ދެރަވެފައެވެ. މަންމަ ކިތަންމެ ނުބަޔަސް އަދި ކިތަންމެ ގޯސްކޮށް ކަންތަށް ކުރިޔަސް އޭނާ މަންމަދެކެ ލޯބިވެއެވެ. މަންމައަށް ދެރަގޮތެއް ވާކަށް ނޭދެއެވެ. މަންމައާއި ދިމާލަށް އެއްޗެހި ބުނެވެނީ މަންމަ ކުރަނީ ގޯސްކަމެއްކަން މަންމައަށް އަންގާންވެގެންނެވެ. ވިސްނައިދޭށެވެ. މައްސަލައަކީ އެ އަންނަ ރުޅިގަނޑެވެ. ކޮންމެއަކަސް އައިޝަމްގެ ބޮލަށް ނައިނާގެ ވާހަކަ ވަދެ އެކަމާއި މެދު ސުވާލުކުރެވުނެވެ. އައިޒަން އައިޝަމްއާއި ދިމާ ބަލައިލާފައި ފޯނު ނަގާ ގުޅަން އުޅުނީ ނައިނާއަށް ބޮޑުކަމެއް ވީކަން ހަނދާންވުމުންނެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ ކޮޓަރިން ނިކުތް ޑޮކްޓަރާހެދިއެވެ. ޑޮކްޓަރު ނިކުތުމާއި އެކު އައިޒަން ކޮޅަށް ތެދުވިއެވެ.

“އަދި ވަކި އެއްޗެއް ބުނާކަށް ނޭނގެ.. އެތެރެހަށްޓަށް ގެއްލުން ލިބިފައިއެބަހުރި… ފޯރމާލިޓީސް ފުރިހަމަކޮށްލަން ދުރުވާންވީ ނޫންތޯ.” ޑޮކްޓަރުގެ ފަރާތުން އެދެވޭ ޖަވާބެއްނުލިބުނަސް އައިޒަން އޭނާއާއި ހިނގައިގަތެވެ.

………………………..

ފަތިހެވެ. އައިޒަން އާއި އައިޝަމް އޭރުވެސް އެ ތިބިގޮތަށް ތިއްބެވެ. އައިޝަމް އަނެއްކާވެސް ނައިނާގެ ވާހަކަ އެހުމުން އައިޒަން ސިހިފައި ފޯނު ނެގިއެވެ. އެތަކެއް ފަހަރު ނައިނާގެ ނަމްބަރުން އައިޝަމް ގެ ފޯނަށް ގުޅާފައި އޮތެވެ. ނައިނާގެ ހިޔާލުތަކުން އެ ސިކުނޑި އެވަގުތު ފުނި ޖެހުނަސް މަންމަ މަތިން ހަނދާންވުމާއި އެކު އެހިތަށް ކުޅަދާނަނުވިއެވެ. ފޯނު ނަގާ ނައިނާއަށް ގުޅާލިއެވެ.

“ނާ.. މިއޮށް ގުޅަނީ އައިޒަން…” ފޯނު ދިއްކޮށްލަމުން ޒުހާ އެހެން ބުނީ އޭނާގެ ކޮނޑުގައި ބޯއަޅާލައިގެން އޮތް ނައިނާއަށެވެ. ދެމީހުންވެސް ތިބީ ހޮސްޕިޓަލުގައެވެ. ހޮސްޕިޓަލުގައި ޒާހިދާގެ ފުރާނަނެތް މަސްގަނޑު ބާއްވާފައި އޮތްއިރު ފުލުހުންވެސް ހަރަކާތްތެރިވަމުންދިޔައެވެ. ގަބުއަރާފައި މާރިޔާވެސް އެ އިންތާ އިނީ އޭނާގެ އަމިއްލަ އަތުން އެ އަނިޔާވެރި ފާލިހު މަރާލެވުނީތީ ހިތާމަކުރާ ހާލުގައެވެ. އެނާ އަށް އެ ހިތްވަރު ލިބުނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. 27 އަހަރު އެ އަނިޔާވެރިކަމުގެ ދަށުގައި މާރިޔާ ހުރިއިރު އޭނާ ފާލިހުއާއި ދެކޮޅަށް އެއްޗެއްބުނަންވެސް ނުކެރެއެވެ. ފާލިހު އޭނާ އާއި މެދު ކަންތަށްކުރީ ނޯކަރަކަށްވެސް ކަންތަށް ނުކުރާނެހާ އިހާނެތިކޮށެވެ.

ނައިނާ ގެ ކައިރި އިން އަކުރަމްގެ އަތުގައި ލޯބި ލޯބި އައިނާ ނިދާފައި އޮތްއިރު އެދެމީހުންގެ އެއްބާރުލުން ދިޔައީ ނައިނާއަށް ލިބެމުންނެވެ. ނައިނާ ފޯނު ނަގާ އަވަސްއަވަހަށް ހަލޯ ބުނެލިއެވެ. “ޒަން.. އެ..މީހާ.. އެމީހާ… މަންމަ މަރުވީ… އެމީހާ…” ނައިނާއަށް ވާހަކަދައްކަންވެސް އުނދަގޫވިއެވެ. އަނެއްކާވެސް އޭނާއަށް ރޮވެންފެށުނެވެ. “ނޭނާ މަޑުކޮށްލައްޗޭ.. އެބަ ގުޅަން…” އެ ޖުމްލައާއި އެކު އިވުނީ ފޯނު ކެނޑުނުއަޑެވެ. ނައިނާ ހައިރާންވެފައި ފޯނަށް ބަލަހައްޓައިގެން އިނދެވުނުއިރު އެ ދެލޮލުން ފޭބި ކަރުނަތަށްވެސް ހުއްޓިއްޖެއެވެ. ގަނޑުވެއްޖެއެވެ. ޒުހާ ނައިނާ ކައިރި ކިހިނެއްވީތޯ ސުވާލުކުރުމުންވެސް ނައިނާ ފޯނަށް ބަލަހައްޓައިގެން އިންގޮތަށް އިނެވެ. ޒުހާ ނައިނާ ތަޅުވާލާފައި ސުވާލު ތަކުރާރުކޮށްލިއެވެ.

“މަޑު..މަޑުކުރާށޯ…” ނައިނާ އެހެން ބުނެފައި އިސްޖެހިއެވެ. “އަޅެ މީހަކު ރުޅިއެއް ނާންނާނެތަ؟ އައިޒަންއަށް ރީއްޗަށް އިނގޭނެ ކަމެއް ގޯސްވެގެންކަން މިގުޅަނީ؟ ނައިނާވެސް ބުނީމެއްނު އެމީހާ ވަދެގެން އާއިރު އައިޒަންގެ ފޯނެއްނުކެނޑެޔޭ… މިހާރު ކިހާ އިރެއްވެއްޖެ ގުޅާތާވެސް…” ހިތާމައިގެ މައްޗަށް ޒުހާ ރުޅިވެރިކަން އިސްކޮށް އެތާ އަޑުގަދަކޮށްލިއެވެ. އެކުވެރިޔާގެ މަރުގެ ހިތާމަކުރަމުން ދިޔަ ޒުހާގެ މަންމަ ޒުހާ ހަމަޖެއްސުވޭތޯ ބެލިއެވެ. ނައިނާ އިސްޖަހައިގެން އެ އިންގޮތަށްއިނެވެ. ޒުހާ އަޑުގަދަ ކޮށްކޮށްފައި އައިޒަންއޭ ބުންޏެއްކަމަކު މާރިޔާ އަށް އެއިން އެއްވެސް އެއްޗެއް އަޑުނީވޭކަހަލައެވެ.

……………….

އައިޒަން ފޯނު ކަނޑާލީ ޑޮކްޓަރު ނިކުމެގެން އައުމުންނެވެ. އޭނާއަށް މިވަގުތު މަންމަ ވަރަށް މުހިންމެވެ. “މަންމަ ކިހިނެއްވީ؟؟ ރަނގަޅުތަ؟؟” އައިޒަން ސުވާލުކުރީ ހާސްވެފައެވެ. “ސިކުނޑިއަށް މާ ބޮޑު ގެއްލުމެއް ލިބިފައި ނެތަސް ބޮލުގެ ނާށިގަނޑަށް ގެއްލުން ލިބިފައި ހުރީ… ހޭ އެރިޔަސް ބޭއްވޭނީ އައިސީޔޫގައި… ނުރައްކާއިން ސަލާމަތްވެފައި ވިޔަސް އަދިވެސް ވަރަށް ކްރިޓިކަލް…” ޑޮކްޓަރުގެ ޖަވާބުން އައިޒަން ހެއްދެވިފަރާތަށް ޝުކުރުއަދާކުރިއެވެ. ޑޮކްޓަރު ދިޔުމުގެ ކުރިން އަދި ހޭނާރާކަމަށާއި ގެއްލުމަށް ބަލާފައި ވަރަށް އަވަހަށް ހޭއަރާނެކަމަށާއި މިވަގުތު އެކަކަށް ވަދެވޭނެކަމަށް ބުނެފައި ހިނގައިގަތެވެ. އައިޒަން އެ ފުރުސަތުގެ ބޭނުންހިފައި އެތެރެއަށް ދެމިގަތެވެ.

މެޝިންތަކުން ޝާމިރާގެ ހަށިގަނޑު މަސައްކަތްކުރަމުން ދާއިރު ހީވަނީ ފުރާނަނެތް މަސްގަނޑެއްހެންނެވެ. މެޝިންތަކުގެ އަޑު އެ ކޮޓަރީގައި ދިޔައީ އިކޯވަމުންނެވެ. އެ މަންޒަރު ފެނި އައިޒަން ގެ ދެލޯ ކަރުނުން ފުރުނެވެ. މަންމަގެ އެ ހާލަށްޓަކައި އަމިއްލަ ނަފްސް ކުށްވެރިކުރެވުނެވެ. އަދި މަޑު ހިނގުމެއްގައި ގޮސް ޝާމިރާގެ އަތުގައި ހިފައިލިއެވެ. “މާފުކުރޭ މަންމާ! ދުވަހަކުވެސް މަންމަ ދުލެއްނުކުރާނަން.. އަތުގައި އޮތް ކޮންމެ އެއްޗެއް ދޫކޮށްލިޔަސް، ފުރާނަ ދޫކޮށްލަންޖެހުނަސް މަންމަ ދޫނުކޮށްލާނަން..” އައިޒަން ކުރެހިފައިވާ އަޑަކުން އެހެން ބުނެލިއެވެ.

“އެކަމް ނައިނާ އެއީ އަހަރެންގެ މުޅިދިރިއުޅުން… ދަރިފުޅު އެއީ އަހަރެން ފުރާނައަށްވުރެވެސް ލޯބިވާ އަހަރެންގެ ލޭ……” އައިޒަން ދައްކަ ދައްކާ ހުރި ވާހަކަ މެދުކަނޑާލީ ނައިނާ ބުނި އެތި ހަނދާންވެގެންނެވެ. “މަންމަ.. މަރުވީއޭ…” އައިޒަން ދެލޯ ބޮޑުކޮށްލެވުނެވެ. އަދި މަންމަގެ އަތުން ދޫކޮށްލާފައި ބާރުހިނގުމެއްގައި އެތަނުން ނިކުތެވެ. އޭރު އައިޝަމް އިނީ ފޯނުގައި އިނާއަށް ގުޅައިގެންނެވެ. އިނާ އަކީ އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާއެވެ. އައިޒަން ވަރަށް އަވަހަށް ފޯނުދޭށޭބުނުމުން އައިޝަމް ފޯނު ކަނޑާލީ އޭނާ ވަރަށް ހާސްވެފައި ހުރުމުންނެވެ. އަވަސް ހިތަކާއި އެކު ނައިނާގެ ނަމްބަރަށް ގުޅަމުން ދިޔައެވެ. ނަމަވެސް ނައިނާ ފޯނުނެގުމުން ދެރަވެފައި އިސްޖަހާލިއެވެ. ހިތަށާއި ސިކުނޑިއަށް ނުބައި ހިޔާލުތަށް ވަދެގެން އައީ ދެނެވެ. އަމިއްލަ ފަރުވާކުޑަކަން ހިތަށް ވެރިވުމާއި އެކު ކުށްވެރިއެއްހެން އިނދެވުނީ ނައިނާ އަށް ގުޅާލަ ގުޅާލައެވެ.

……………………

 

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ލޯބިން ހިިނިތުންވެލާށޭ 12

Next

ދެގަޑި ތިރީސް (ފަހުބައި) އެޕިސޯޑް 36

Next
October 7, 2017

ދެގަޑި ތިރީސް (ފަހުބައި) އެޕިސޯޑް 36

Previews
October 7, 2017

ލޯބިން ހިިނިތުންވެލާށޭ 12

14 Comments!

  1. Ryn says:
    October 7, 2017 at 9:26 pm

    Salaam loves ❤
    Adhi hurihaa kudhin beynunvaa gothah kanthah vegendhaane ingey ?.
    And pinterest is an app but Google in search kohlyma libeyne and pinterestge search baiga jahaign beynunvaa picx libeyne ☺
    Tvgc
    Good night ❤?

    1. ? says:
      October 7, 2017 at 11:01 pm

      Darlin when next

  2. marsh says:
    October 7, 2017 at 9:36 pm

    meee first story is awsome when nxt part

  3. Maroon says:
    October 7, 2017 at 9:38 pm

    mi first

  4. sana says:
    October 7, 2017 at 9:44 pm

    Wow!nice When next part??? ?????????????????????????????????????????????????????????????????????????????

  5. ❤Myly says:
    October 7, 2017 at 9:47 pm

    Me first??…story v exciting hissbakah gos eynee…whn next part??….can’t wait…??❤?

  6. Naanii says:
    October 7, 2017 at 9:48 pm

    Nice when next part

  7. Xxxx says:
    October 7, 2017 at 9:49 pm

    V.v.reethi mi part n touching…??????

  8. mal says:
    October 7, 2017 at 10:01 pm

    Nice?

  9. Girll says:
    October 7, 2017 at 10:25 pm

    E aixan heevani randu anheneh hen. Huvaa. Mibuni varah foohi vey. Bahyyyeh. Eyna yaa hedhi neynaa ge mamma ves maruvi.

  10. khajja says:
    October 7, 2017 at 10:27 pm

    Wow wow just wow ??? amaazing stry v v v speechless ??? alhey faalih ves maru v dhen vaany kihineiybaa? Maariyaa ah engigen ahaalaane nama dhw kon aizan eththo n maariyaa lamge kaiveni djen cancel kolladheynethaa ? ekam bichaary aizan dhen kybbaa kuraany stry v v v habeys whn nxt prt mihaaruves kiyaalaa hithun keiymadhuvejje plx avaskolladhybala plx plx gud nyt ly ??❤❤?????????????????

  11. Kiddy says:
    October 7, 2017 at 11:20 pm

    Shaamiraa vs maraalan v

  12. Anonymous says:
    October 8, 2017 at 10:41 am

    Nice …howmany prts left

  13. shaee says:
    October 8, 2017 at 2:16 pm

    Wow.. waiting for next part.. i wish lam ge kaiveni cancel kohllane kamah.. so exciting?

Comments are closed.


All Right Reserved!