Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން ހިިނިތުންވެލާށޭ 12

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
October 7, 2017 8 Mins Read
68 Comments

އެތައް މިނެޓްތަކެއް ވަންދެން ވިސްނަން އިނުމަށްފަހު ޝައިމް އޭނާގެ ހިތުގެ ބަސް މިފަހަރު އިސްކުރިއެވެ. ނުދާން ސިކުޑީން ގޮވަމުން ދާއިރު އިންތަނުން ތެދުވެ އެދަނީ މަލަކާއާއި ދިމާލަށެވެ. ފަސްއެބުރި ބެލުމެއް އަދި ޖެހިލުންވުމެއް ނެތިއެވެ.

“މަލަކާ” ޝައިން ގޮވާލިއެވެ. މަލަކާގެ ހިޔާލުތަކުގެ ވާފަށް ކަނޑައިގެން ދިޔައީ ނަން އިވުމުންނެވެ.

“ޝައިމް ކިހިނެތްވީ” ޝައިމް އެކަނި ހުރުމުން މަލަކާ އަހައިލީ ކަމެއް ވީކަމަށް ހީކުރަމުންނެވެ.

“އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނެލަން” ޝައިމް ބުނެލީ ގަދަކަމުން ހިނިތުންވެލަމުންނެވެ.

“ކޮން ވާހަކައެއް” މަލަކާ އިންތަނުން ތެދުވެ ޝައިމް ކައިރިއަށް ޖެހިލީ މެޗްގެ ފަހު ސިކުންތުތައް ގުނަމުން ދާތީ ކިޔާ އެއްޗެއް ނީވެދާނެތީ އިތުރަށް ސަމާލުކަން ދިނުމަށެވެ.

“އަހަރެން މަލަކާ ދެކެ ވަރަށް ލޯބިވޭ” ޝައިމް ދެލޯ މަރާލަމުން ހިތްވަރުކޮށްލާފައި ބުނެލިއެވެ.

ޝައިމްގެ ޖުމްލަ އެއްކޮށް ފުރިހަމަ ނުވަނީސް މުޅިތަން ގުގުމާލީ ސަޕޯޓަރުން އަޑުންނެވެ. ކުޑަކޮށް އިސްޖަހައިގެން ހުރި ޝައިމް މަލަކާއަށް ބަލައިލީ ދެން ކަންތައްވާނީ ކިހިނެތް ކަން އެގެން ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ. އެހިތް ތެޅެމުންދަނީ ދެންމެ ދެންމެއަކު އޭގެ މަގާމުން ނިކުމެދާނެހެންނެވެ. މަލަކާ ދޭނެ ޖަވާބެއް އިންތިޒާރުގައި ހޭދަވަމުން ދާ އެއްމެ ސިކުންތެއްވެސް ހީވަނީ އެތައް މިނެޓުތަކެއް ހެންނެވެ.

ސަޕޯޓަރުންގެ އަޑާއި އެކުވެ ޝައިމް ބުނި އެއްޗެއް މަލަކާއަށް ސާފުވާ ގޮތެއް ނުވިއެވެ. އެހެންކަމުން މަލަކާ ޝައިމްއާއި ދިމާލަށް ބަލަހައްޓައިގެން ހުރީ ސުވާލުގެ ނަޒަރަކުންނެވެ.

“ކީކޭތަ ބުނީ.. ކީ އެއްޗެއް ސާފެއްނުވި” ޝައިމް ދެވަނަ ފަހަރަށް ވާހަކަ ނުދެއްކުމުން މަލަކާ އަހައިލިއެވެ.

ޝައިމް މަލަކާ ކައިރިއަށް ޖެހިލަމުން މަލަކާގެ އަތުގައި ހިފާލިއެވެ. އަދި ފުން ނޭވާއެއް ލުމަށްފަހު އަނެއްކާވެސް އެލޯތްބަށް އިއުތިރާފުވާން އުޅުނެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ ޝައިމް އުއްމީދުކޮށްގެން ހުރި ގޮތަކަށް ނޫނެވެ.

“މަލަކާ.. މޮޅުވީއޭ.. ހިނގާ ސެލެބުރޭޓުކުރަން ދާން” ފަހަތުން އައިސް މަލަކާގެ ކޮނޑުގައި ހިފާލަމުން ނިއަމް ފޯރިއާއެކު ބުނެލިއެވެ. މަލަކާގެ އަތުގައި ޝައިމް ހިފަހައްޓައިގެން ހުރިކަން ނޭނގިއެވެ.

“މިގަޑީގަތަ” ނިއަމްއާއި ދިމާލަށް މޫނު އަބުރާލަމުން މަލަކާ އަހައިލިއެވެ.

“އާން މިގަޑީގަ.. ޝައިމްމެންވެސް އަންނަންވީނު ބައިވެރިވެލަން، ވަރަށް…” ނިއަމް ވާހަކަ ދައްކަމުން ޝައިމްއާއި ދިމާލަށް ބަލާލިއެވެ. އެޔާއެކު ޖުމްލަ މެދުކަނޑާލީ ޝައިމް މަލަކާގެ އަތުގައި ހިފަހައްޓައިގެން ހުރި ތަން ފެނުމުންނެވެ.

ތިން މީހުންގެ މެދަށް މަދު ސިކުންތުކޮޅަކަށް ހަމަހިމޭންކަން ވެރިވިއެވެ. ނިއަމް ހިތުގައި ޝައިމްއާއި މަލަކާގެ ގުޅުމާއި މެދު ސުވާލު އުފެދިގެން ދިޔައެވެ. މަލަކާގެ ލޯބިވާ މީހެއް ހުންނަކަން ވަނީ އެނގިފައެވެ. ނަމަވެސް އެއީ ޝައިމްކަމަކަށް އުއްމީދުކުރިވިފައެއް ނެތެވެ.

ޝައިމް ހުރީ މަލަކާގެ އަތުން ދޫކޮށްލާ ހިޔާލެއްގައެއް ނޫނެވެ. ހިތް އެދި ގޮވަމުން ދަނީ އެހިތުގަ ހާލަތު މަލަކާއަށް އިއްވުމަށެވެ. އެހިތުގައި އުފެދިފައިވާ ޒަހަމްތަކުގެ ޝިފާ މަލަކާގެ ލޯބިން ހޯދުމަށެވެ.

“ހިނގާ ދާން. ޝައިމްމެންވެސް ބައިވެރިވާނަން ދޯ” ގޮތެއް ނިންމަން ދަތިވެފައި ހުރެ މަލަކާ ބުނެލިއެވެ. ޝައިމްގެ ތުންފަތްމަތީ ކުޅެލީ ހިތްދަތި ހިނިތުންވުމެކެވެ. މަލަކާ އިހްތިޔާރު ކުރީ ނިއަމްއާއި އެކީ ދާން ކަމުގައި ވިޔަސް  އޭނާ އާއި އެކީ ދާން އެދެން ބޭނުމެވެ. އެހެންނޫނީ މިހިތްވަރު އަލުން ނުލިބިދާނެތީއެވެ. ޝައިމް ހިންދިރުވާލަމުން މަލަކާގެ އަތުން ދޫކޮށްލިއެވެ. އެޔާއެކު މިލިބެމުން ދިޔަ ހިތްދަތިކަމުގެ އަސަރު މުޅި ހަށިގަނޑަށް ފޯރާއި އޭގެ އަސަރު ކޮންމެ ނާރަކަށް ކުރެވިގެންދިޔައެވެ.

ޝައިމް ވަކި ޖަވާބެއް ނުދީ ދިޔަތަން ބަލަހައްޓައިގެން މަލަކާ ހުރީ ސުވާލުތަކެއްގެ ތެރޭގައެވެ. ޝައިމް ދައްކަން އުޅުނީ ކުޑަ ވާހަކައެއް ނޫން އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރުމުން އެގެއެވެ. އޭރު އެދެލޮލުން ފެންނަމުން ދިޔައީ އެއްއިރެއްގައި މަލަކާއަށް ފެނުނު އިހްސާސްތަކެވެ.

މަލަކާއާއި ވާހަކަ ދައްކަން ހުރި ޝައިމް ނިއަމް އައުމުން ދުރަށް ދިޔަތަން ފެނި ކާއިން ޝައިމްއާއި ދިމާލަށް ދިޔައީ ވެގެންއުޅޭ ގޮތެއް ބަލާށެވެ.

“ހާދަ އަވަހަށް ގެޔަށް ތިދަނީ.. ލޯބިވާ ވާހަކަ ބުނީތަ” ޝައިމްއާއި އަރައި ހަމަކުރަމުން ކާއިން ބުނެލިއެވެ.

“އަހަރެން ލޯބިވާ ވާހަކަ ބުންޏަސް މަލަކާ ގަބޫލުކުރާނެހެން ހީވޭތަ” ދަނޑުގެ ބޭރުގެ ފާރުގައި ލެގިލަމުން ޝައިމް ބުނެލީ ކާއިން ކުރި ސުވާލަށް ޖަވާބު ދިނުމެއް ނެތިއެވެ.

“ކީއްވެ ތިހެން ތިބުނީ.. މަލަކާ ނޫނެކޭ ތަ ބުނީ…. ވެދާނެ ކުއްލިއަކަށް ގޮސް ބުނުމުން ގަބޫލުކުރަން ދަތިވީކަމަށް” ޝައިމްގެ މޫނުމަތިން ފެންނަމުންދާ ނުތަނަވަސްކަން ފެނި ކާއިން ބުނެލިއެވެ.

“ފުރަތަމަ ފަހަރަށް ބުނުމުން އަޑުނީވުނު. ދެވަނަ ފަހަރަށް ބުނަން އުޅުނުތަނާ ނިއަމްއައީ… އަހަރެން ހުރީ ނިއަމްއަށް ދޫދޭ ގޮތަކަށް ނޫން.. އެކަމަކު މަލަކާ ބޭނުންވީ އޭނާއެއްކޮށް ދާން.. އަހަރެންނަކަށް ނުކެރުނު އެއްޗެކޭ ބުނަން.. ” ޝައިމް  ވީގޮތް ހުސާލާކޮށް ކިޔާދިނެވެ.

“ނަސީބެއް ނުބުނެވުނުކަން. ކާކު ގަބޫލުކުރާނީ ދެފަހަރު ދެގޮތަށް ވާހަކަ ދައްކާ މީހެއްގެ ބަސް. މަލަކާވެސް ރުޅި ކަންނޭނގެ އަންނާނީ” ފުން ނޭވާއެއް ލުމަށްފަހު ޝައިމް ބުނެލިއެވެ. މަލަކާ ކައިރިއަށް ދިޔައިރު މިއިން އެއްވެސް ސުވާލެއް އުފެދިފައި ނުވާއިރު މިހާރު އެތައް ވަހުމް ތަކަކުން ހިތް ފޯވަމުން ދިޔައެވެ.

“ހިޔެއް ނުވޭ ރުޅި އަންނާނެހެން” ޝައިމްގެ ކޮނޑުގައި ކޮއްޓާލަމުން ކާއިން އެދިމާލަށް އަންނަމުންދާ މަލަކާއާއި ދިމާލަށް ބަލާލިއެވެ. ޝައިމްއަށް މަލަކާ ފެނުމާއި އެކު އިންތަނުން ތެދުވިއެވެ.

މަލަކާ އެހިސާބަށް އައުމުން ކާއިން ދިޔައީ ދެމީހުންނަށް އެކަނިވެލާނެ ފުރުސަތު ދެމުންނެވެ.

“ހާދަ އަވަހަކަށް  ގެޔަށް ދާން ތިއުޅެނީ” މަލަކާ އަހައިލިއެވެ.

“ދިހައެއް ޖަހާ ބޮޑުވަނީ.. ލަހެއް ނޫނެއްނު” އަތުކުރީ އޮތް ގަޑިއަށް ބަލާލަމުން ޝައިމް ކުޑަކޮށް ހިނިތުންވެފައި ބުނެލިއެވެ.

“މަލަކާ ކޮންތާކަށް ދާން ތިއުޅެނީ.. ނިއަމް އާއި އެކީ ނުދަންތަ” މަލަކާ އެޔަށް ވަކި އެއްޗެއް ނުބުނުމުން ޝައިމް އަހައިލިއެވެ.

“ނިއަމް ދޯ.. ވަރަށް ވަރު ބަލިވެއްޖެ މިރޭ.. މާދަމާ ރޭ  އެބައޮތް އެޓީމު މޮޅުވުމުން ކުޑަ ސަޔެއް.. އެތަނަށް ދިޔައިމަ ބައިވެރިވެވުނީއެއްނު” ޝައިމްއާއި ދެމީހުންގެ މިސްރާބު ހުރީ ގެޔާއި ދިމާލަށެވެ. މަލަކާ ނިއަމްއާއި އެކީ ދާން އުޅުނު ކަމުގައި ވިޔަސް ޝައިމް އެކަނި ދިޔަތަން ފެނި ފަހަތުން ނުގޮސް ހުންނަން ނުކެރުނީއެވެ. ޝައިމް ވާހަކަ ދައްކަން ބޭނުމިއްޔާ އެއަޑު އަހަން ބޭނުމެވެ. ޝައިމް އޭނާ ދުރަށް ލާން އުޅުނަސް ކައިރިވާން ބޭނުމެވެ.

“ކާއިން ވަރަށް ފުޓްބޯޅަ ކުޅޭ ހިތްވޭ ދޯ” އެތައް ދުވަހަކަށް ފަހު މިގޮތަށް ވާހަކަ ދައްކަން ފެށުމުން މަލަކާ ހުރީ ޝައިމްއާއި ބެހޭ ގޮތުން ސީދާ ވާހަކަދައްކަން ނުކެރިފައެވެ.

“ވަރަށް ގޮވާލާފަ އުޅުނު ދޯ މިރޭ.. ސްކޫލުގަ އުޅުނު އިރު ފުޓްބޯޅަ ޓީމުގެ ކެޕްޓަން އެއީ.. އެހެންވީމަ ފޯރި ހުންނާނެއެއްނު” ޝައިމް ހިގަމުން ދިޔައީ މަލަކާ އާއި އެއްވަރަށެވެ. ޖީބަށް އަތް ޖަހައިލައިގެން މަޑު ފިޔަވަޅުތަކެއް ގައި ހިގަމުންނެވެ.

“މާދަން ހަވީރު އެއްދުވަހުގެ ފުޓްސަލް މުބާރާތް ފައްޓާނެހެން ހީވަނީ.. ނިއަމް އެބައުޅޭ އެޓީމަށް ކުޅޭނެ ކުޅުންތެރިން ހަމަނުވެގެން.. ތިން މީހުން ބައިވެރިވާންވީނު” މަލަކާ ބުންޏެވެ.

“ކާއިން އާއި ބޭބެ ކުޅޭނެހެން ހީވަނީ..އަހަރެން އެހާ ކުޅޭހިތްވާ ކުޅިވަރެއްނޫން” އެއީ ހަމައެކަނި ޝައިމް އެކަމަށް ދެކޮޅު ހެދި ސަބަބެއް ނޫނެވެ. ނިއަމްއާއި އެއްކޮޅަށް ކުޅެން ބޭނުންނުވަނީއެވެ.

މިދަފަ ކުދި ވާހަކަތަކެއްގައި ތިއްބައި ގެޔާއި ހަމައަށް އާދެވިއްޖެއެވެ. ދެމީހުންގެ މެދުގައި ލެވެމުންދިޔަ ބީރައްޓެހިކަމުގެ ފާރު ތިރިކުރަމުންނެވެ. ނަމަވެސް އެއިހްސާސް އެއްކޮށް ފިލައިގެން ދިޔަހެން ހީނުވެއެވެ.  ދައްކަން ބޭނުން ކިތައްމެ ވާހަކައެއް ހުއްޓަސް އަނެކާގެ ހިޔާލު ނޭނގޭތީ ޖެހިލުންވުންވެއެވެ.

“އޭރު ކޮން ވާހަކައެއް ބުނަންތަ އުޅުނީ” ގޭގެ ދޮރޯށިން ވަނުމުގެ ކުރިން މަލަކާ އަހައިލިއެވެ.

“އެއީ ދޯ…” ޝައިމް ބޯކަހާލަމުން ދައްކާނެ ބަހަނާ އަކާއި ދޭތެރޭ ވިސްނަމުން ދިޔައެވެ. އަލުން އެވާހަކަ ތަކުރާރު ކުރަން ބޭނުންނުވަނީ މަލަކާގެ ހިޔާލު ތަފާތު ވެދާނެތީއެވެ.

“އެހާ އަވަހަށް ހަނދާން  ނެތުނީތަ” މަލަކާ ހީލަމުން ބުނެލިއެވެ.

ޝައިމް އެޔަށް ވަކި ޖަވާބެއް ނުދީ ރައްދުގައި ހިނިތުންވެލިއެވެ.

“ގުޑް ނައިޓް ޝައިމް” މަލަކާ ގޭގެ ދޮރުން ވަދެގެން ދިޔައިރު ޝައިމް ބަލަހައްޓައިގެން ހުރީ ދީވާނާ ވެފައިވާ މީހެއް ހެންނެވެ. ހަނދާނަށް އައީ މީގެ އެތަކެއް ރޭ ކުރިން އެހިނިތުންވުން ފުރަތަމަ ފަހަރަށް ފެނުނު ރޭގެ މަތިންނެވެ. އެހިނިތުންވުން ފެނުމުން މިހާރު އުފެދެނީ  ތަފާތު ޖަޒުބާތުތަކެކެވެ.


 

އާދުވަހަކަށް އިރުއަރައިގެން އައިއިރު ކަޅުބޯ ވިލާތައް އުޑުމައްޗަށް ޖަމާވަމުން ދިޔައެވެ. ޖެހެމުން ދާ ފިނިވައިރޯޅިތަކާއި އެކު ގަސްތައް ނަށަމުން ދިއައީ އޭގައިވާ މަލުން ހުވަދުލަމުންނެވެ.

ގަދަ ނިދީގައި އޮތް ޝައިމްއަށް ހޭލެވުނީ ކައިރީގައި އޮތް ފޯނު އެލާމްވަމުން ދިޔަ އަޑަށެވެ. ދެލޯ ގަދަކަމުން ކަހަލަ ގޮތަކަށް ހުޅުވާލަމުން އެލާމް ނިއްވަން ފޯނު ނެގި ވަގުތު މަލަކާގެ ނަން ސްކުރީނުން ފެނުމުން މީހާ ކޮޅަށް ޖެހުނެވެ. އަވަސް އަވަހަށް ހޭވެރިކަން ވެރިވަމުން މެސެޖް ބައި ހުޅުވާލިއެވެ.

“ކާއިން ބުނެގެން ޝައިމްވެސް ބައިވެރިކުރަން ބުނެފިން. މިއަދު ހަވީރު މެޗްތައް ފެށޭނެ” މެސެޖް ކިޔާ ނިމުމު އިރު ޝައިމްގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. އުއްމީދުކުރި ކަހަލަ މެސެޖަކަށް ނުވުމުންނެވެ. ރުޅި އައީ ކާއިން ދެކެއެވެ.

ޝައިމް ފެންވަރާ ތާޒާވެލައިގެން ބޭރަށް ނުކުތްއިރު ކާއިން އާއި އަޝްވިން ސޯފާގައި ތިއްބެވެ.

“ކީއްވެ ހުއްދަ ނުހޯދާ ކަންތައް ކުރަނީ… ދެން އަހަރެން މިޖެހެނީ ނިއަމްއާއި އެއްކޮޅަށް ކުޅެން..” ޝައިމް އައިސް ކާއިން ކައިރީ އިށީންނަމުން ނުރުހުންވެފައި ބުނެލިއެވެ.

“އެއީ އެވަރު ކަމެއް ނޫނޭ. އެހެންނޫނަސް އޭނައާއި އެއްކޮށް އުޅެގެން ދޯ އޭނަގެ ބަލިކަންތައް  އެގޭނީ.. އަހަރެން ވަރަށް ވިސްނުން ތޫނުވާނޭ” ކާއިން ފަހުރުވެރިކަމާއި އެކީ ބުނެލިއެވެ.

“ތިވާހަކަ ބާއްވާފަ ބުނެބަލަ މަލަކާ އާއި ދެމީހުން ރޭގަ ކޮންވާހަކައެއް ދެއްކީ..” އަޝްވިން އަހާލިއެވެ.

“ކާއިންގެ ވާހަކަ..” ޝައިމް ހުރީ އަދިވެސް ހިތްހަމަނުޖެހިފައި ކަމުން ކުރުކޮށް ބުނެލިއެވެ.

“ކީއްކުރަން އޭނަގެ ވާހަކަ ދައްކަންވީ.. ” ކާއިން އާއި ދިމާލަށް އަތް ދިއްކޮށްލަމުން އަޝްވިން ބުނެލިއެވެ. އޭނައާއި އެއްވަރަށް ކާއިންވެސް ދިޔައީ ޝައިމް ދިން ޖަވާބަކުން ހައިރާންވެގެންނެވެ.

“އަހަރެންނަށް ނުކެރުނު އަލުން އެވާހަކަ ގެންނާނެ ގޮތެއް. މާބޮޑަށް ހާސްވީ ދެންވެދާނެ ގޮތަކާއި މެދު” ޝައިމް ބުނެލިއެވެ.

“ސާބަސް އިނގޭ.. ކުޑަކޮށް މޮޔަދޯ” ކާއިން ޝައިމްގެ ބޮލުގައި ޖަހާލަމުން ސަމާސާކޮށްލިއެވެ.

“ތިހާ ނުކެރި ހުއްޓާ ކާޅު އައިސް ތެޔޮ ނާށި ޖަހައިގެންނާނީ… ދެންވެސް ލިބޭ ފުރުސަތެއްގަ ބުނެލާތި ” ކާއިން ބުނެލީ ދެފާރާތަށް ބޯހޫރުވާލަމުންނެވެ.

“ނޭނގެ އެއްނު ކާޅު އަތުގަ ކަމެއް ނާށި އޮތީ.. އޭރުން ދެން ކިހިނެތް ހަދާނީ. ” ޝައިމްގެ ފިކުރުތައް މަދެއް ނޫނެވެ. މަލަކާ ކައިރީގައި ލޯބިވާ ވާހަކަ ބުނަން އެތައް އުދަގޫކަމެކެވެ. އަދި އެޔަށް ފަހު މަލަކާ ދޭނެ ޖަވާބެކެވެ. އާއެކޭ ނަމަ މަލަކާގެ މަންމަގެ ރުހުން ހޯދާނެ ގޮތެވެ.


 

 

އެކުވެރިކަމުގެ ފުޓްސަލް މުބާރާތް  ފެށިގެން ދިޔައީ ވަރަށް ފޯރިއާއިއެކުގައެވެ. ހަތަރު ޓީމު ކުޅޭ ބައިވެރިވެފައިވާ އިރު އެއްމެ ފުރަތަމަ ކުޅެން ގުރުއަތުން ނެގި އެއްޓީމުގެ ގޮތުގައި ޝައިމް ކުޅޭ ޓީމު “މީޒާން” ހިމެނުނެވެ. އެޓީމުގެ ކެޕްޓަނަކަށް ހުރީ ނިއަމްއެވެ.

މެޗް ފެށުމުގެ ކުރިން ނިއަމް ކޮންމެ ކުޅުންތެރިއެއް ކުޅެންވީ މަގާމް ވަކިވަކިން ކިޔައިދީ ކަންތައް ކުރަންވީ އެހެން ގޮތްގޮތުގެ އިރުޝާދު ދިނެވެ. ނިއަމް ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރީ ޝައިމް ބައިވެރިވާތީއެވެ. އެހެން ކުޅުންތެރިއެއް އިތުރަށް ހުރިނަމަ ޝައިމް ކުޅެން ނޭރުވީހެވެ. ރޭގައި ޝައިމް މަލަކާގެ އަތުގައި ހިފައިގެން ހުރި މަންޒަރު ފެނުމަށް ފަހު ޝައިމްއާއި ދޭތެރޭ ޝައްކުތައް އުފެދެމުން ދިޔައެވެ. މަލަކާ ޝައިމް އާއި އެކީ ރޭގައި ގެޔަށް ދިޔަތަން ފެނުނެވެ. އަދި މީގެ ކުރިންވެސް އެގެޔަށް ގޮސް އުޅޭއިރު އެދެމީހުންގެ މެދުގައިވާ ގުޅުމާއި މެދު އިތުރަށް ސުވާލު އުފެދެން ފަށައިފިއެވެ.

މެޗްތައް ފެށެންވާއިރަށް އަޝްވާ އާއި މަލަކާ އެތަނަށް އީޝް ގޮވައިގެން އައެވެ.

“ބައްޕައަށް ގުޑްލަކް ބުނެލާ” އަޝްވާ އީޝް ގޮވައިގެން އަޝްވިން ކައިރިއަށް ދިޔައެވެ.

މަލަކާ ކުރިމަތީގައި ޝައިމް އިށީދެގެން އިނީ ބޫޓްގެ ނާޑުވާ އައްސާށެވެ. ޝައިމް އަށް އެއްކޮށް ކޮޅަށް ނުތެދުވެނީސް ކައިރިން ލާފައި ދިޔަ ކާއިން ޝައިމް ގައިގައި ޖެހިގަތެވެ. އެޔާއެކު ޝައިމް އަރިއަޅާލާފައި ގޮސް ޖެހުނީ މަލަކާގެ ގައިގައެވެ.

“ސޮރީ” ޝައިމް އިސްވެ މާފަށް އެދުނީ ކާއިންއާއި ދިމާލަށް ލޯ އަޅާލަމުންނެވެ.

“އިޓްސް އޯކޭ.. ގުޑް ލަކް މެޗަށް، މޮޅުވައްޗޭ” މަލަކާ ހިނިތުންވެފައި ބުނެލިއެވެ.

 

“ޝުކުރިއްޔާ.. ” ބޯ ޖަހާލަމުން ޝައިމް ބުނެލިއެވެ. މީ ރެއަށް ފަހު ދެމީހުން ބައްދަލުވި ފުރަތަމަ ފަހަރެވެ. މިއަދު މަލަކާ އެއްކޮށްހެން އުޅުނީ ނިއަމްއާއި އެކީގައި މިމުބާރާތުގެ ތައްޔާރީތައް ވުމަށެވެ. އެއްމެ ފަހު ވަގުތު މެމްބަރުން ހަމަވުމުން ކުރަންޖެހޭ ކަންތައް ގިނަކަމުން އެހީވެދޭށެވެ.

މަލަކާ ޝައިމްއާއި ވާހަކަ ދައްކަން ހުރިތަން ފެނި ނިއަމްގެ ހިތުގައި އިތުރަށް ނަފުރަތުގެ ހުޅު ރޯވެގެން ދިޔައެވެ.

މެޗްގެ ފުރަތަމަ ހާފު ނިމި  ދެވަނަ ހާފު ފެށިގެން ދިޔައިރު ކުރީގައި އޮތީ “މީޒާން” ޓީމެވެ. ނިއަމްއަށް ރަގަޅަށް މެޗަށް ފަރުވާތެރިވުވޭތީ އިސްކޮށް ކުޅެމުން ދިޔައީ ކާއިންއެވެ. ނިއަމްގެ ސަމާލުކަން ހުރީ ޝައިމްއަށެވެ. އަދި ދުރުގައި މެޗް ބަލަން އިން މަލަކާއަށެވެ.

މަލަކާއަށް ގިނަފަހަރު ބެލެނީ ޝައިމްގެ ހަރަކާތްތަކަށެވެ. ބައެއް ފަހަރު ސީރިއަސްވެލާފައި އުޅޭއިރު އަނެއްބައި ފަހަރު ޓީމުގެ ކުޅުންތެރިންނާއި ހީސަމާސާ ކުރަމުންދާތަން އެބަ ފެނެއެވެ. ބަލާ ފޫހި ނުވާ މަންޒަރަކެވެ. ހިތުގައި އެތަސްވީރު ފަޑުނުވާނެހެން ސިފަވެފައި ވީނަމަވެސްމެއެވެ. ޝައިމް ދޭތެރެއަކުން މަލަކާ އަށް ބަލާލައެވެ. އެއިން ކޮންމެ ފަހަރަކު މަލަކާ ލަދުގެންފައިވާ ހާލު އެހެން ދިމާލަކަށް ބަލާތީ ޝައިމްގެ މޫނުމަތީ ކުޅެލަނީ މަޖާ ހިނިތުންވުމެކެވެ.

މެޗަކަށް ފަހު މެޗެއް ކުޅެމުން އައިސް ފައިނަލް މެޗާއި ހަމައަށް އާދެވިއްޖެއެވެ. އެއްމެންގެ މޫނުމަތިންވެސް ފެންނަނީ ވަރުބަލިކަމެވެ. ނަމަވެސް އެއްޓީމަށް ދޫނުކޮށް މޮޅުވެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ.

“ޝައިމް! ސަމާލުކަން ދޭންވީ މިތާ ބޭރުގަ ހިގާ ކަންކަމަށް ނޫން.” ނުރުހުންވެފައި ނިއަމް ބުނެލީ އޭނާ އަށް ކެތްނުވުމުންނެވެ.

“ޝައިމްއާއި އެއްވަރަށް އެހެންމީހުންވެސް ޖެހޭނެ ސަމާލުކަންދޭން” ކާއިން ޝައިމްގެ ދިފާއުގައި ބުނެލިއެވެ.

“އޭ..! މިގަޑީ ހަމަޖެހުން ހިންގާނެ ކަމެއް ނެތް. ބާކީ އޮތީ ފަނަރަ މިނެޓް. އެއްމެންވެސް ސަމާލުކަން ދީގެން ކުޅުނީމަ މޮޅުވާނެ” ކާއިން ރުޅިއައިސްފިއްޔާ ހިމޭނުން ނުހުންނާނެކަން އެނގޭތީ އަޝްވިން އޭނާ ގޮވައިގެން ދަނޑުގެ އަނެއް ފަރާތަށް ގެންދިޔައެވެ. ޝައިމް ނުރުހުންވެފައި ހުރެ ނިއަމްއާއި ދިމާލަށް ބަލާލިއެވެ.

އެޔަށްފަހު ދެމީހުންގެ މެދުގައި އިތުރަށް ހަމަނުޖެހުން އުފެދިގެން ދިޔައެވެ. ޝައިމް ބޯޅަ ލިބޭ ހިސާބުގައި ހުއްޓަސް ނިއަމް ޝައިމް ބައިވެރިކުރާކަށް ނޫޅެއެވެ.

މެޗްގެ ފަހު މިނެޓަށް އެޅުމާއި އެކު ޝައިމްއާއި ހިސާބަށް ބޯޅަށް ދިޔައީ އަޝްވިން ދިން ފުރުސަތަކުންނެވެ. ޓީމު މޮޅުވެފައި އޮތަސް ޝައިމް ބެލީ ގޯލާއި ހަމައަށް ބޯޅަ ފޯރާތޯއެވެ. އެހެންކަމުން ދަނޑުގެ ތެރެއަށް ރަގަޅަށް ނަޒަރު ހިންގާލުމަށްފަހު ހަދަންވީ ގޮތް ސިކުޑީގައި ރާވާލިއެވެ. މަޑުމަޑުން ކޮއްޓަމުން އެހެން ކުޅުންތެރިން ފަހަނައަޅައި ޝައިމް ގޯލާއި ހަމައަށް ދިޔައެވެ.

މަލަކާ ހުރީ ކޮޅަށެވެ. ޝައިމްގެ ކޮންމެ ހަރަކާތެއް ބަލަހައްޓައިގެންނެވެ. ގޯލު ކާމިޔާބު ވާތޯ ހިތުން ދުއާކޮށްލަ ކޮށްލައެވެ.

“ޝައިމް” މަލަކާ އަށް ބާރަށް ގޮވާލެވުނީ ޝައިމްއަށް ގޯލު ކާމިޔާބުވުމުނެއް ނޫނެވެ. އެއަޑުގައި ވަނީ ހާސްކަމެވެ. ޝައިމް އޮތީ ބިންމަތީގައެވެ. ކަކުލުގައި އަތް އަޅާލައިގެން ދެކޮޅަށް ހެލިހެލިއެވެ. މަލަކާގެ ހިތް ބާރަށް ތޮޅުގަތީ ޝައިމް އޮތް ހާލު ފެނިފައެވެ. އަވަސް އަވަހަށް އެދިމާލަށް ދުއްވައިގަނެވުނެވެ.

“ޝައިމް.. ޝައިމް” މަލަކާއަށް އެހިސާބަށް ދެވުނު އިރު ޝައިމް އުފުލައިގެން ޓެންޓާއި ހިސާބަށް ގެންނަނީއެވެ. މީހުން ތަކުގެ ތެރެއިން ފުރޭނިގެން މަލަކާ ގޮސް ޝައިމް ކައިރިއަށް ހުއްޓުނެވެ. އޭރު ޝައިމް އޮތީ ދެލޯ މަރާ ބާރަށް ފިއްތައިގެންނެވެ. މީހުން ޝައިމްއާއި ވާހަކަ ދައްކަން މަސައްކަތް ކުރި ނަމަވެސް އާހްގެ އަޑެއް ނޫނީ ބޭރުނުވެއެވެ. ޝައިމްގެ ކަކުލުން ދިޔައީ ލޭ ފައިބަމުންނެވެ.

އަޝްވިން އަވަހަށް އެތާނގައި ހުރި ވަސީލަތެއް ބޭނުންކޮށްގެން ލޭމަނާ ކުރެވޭތޯ އުޅުނެވެ. ނަސީބަކުން މާގިނައިރުތަކެއް ނުވެ އެކަން ވެއްޖެއެވެ.

“ކީއްވެތަ މީހުންނަށް އަނިޔާ ކުރަނީ.. އޭނަ ކަލެއަށް ކީއްކުރީ” ކާއިންގެ ލޭކެކިގެން ދިޔައެވެ. ދެބުމަ ގޮށް ޖަހާލުމަށްފަހު ގޮސް ތަންކޮޅެއް ދުރުގައި ހުރި ނިއަމްގެ ގައިގައި ޖަހައި ދުރަށް ކޮއްޕާލިއެވެ. އެބާރު މިނުގައި މާ ދުރަށް ނުގޮސް ނިއަމް ޖެހުނީ ފާރުގައެވެ. އެޔާއެކު އެއްމެނަށް އެދިމާލަށް ބަލާލެވުނެވެ.

“އަހަރެން ކީއްކުރަންތަ އޭނައަށް ގަސްދުގަ އަނިޔާކުރަންވީ.. ބަލަ މީ އެއްޓީމެއް ނޫންތަ” ނިއަމް އޭނާގެ ދިފާއުގައި ބުނެލިއެވެ.

“އެއްޓީމެއް ކަމެއް ނޭނގެ ފުރަތަމަ މެޗުން ފެށިގެން އިދިކޮޅު ޓީމުގެ ކުޅުންތެރިއެއްހެން ކަންތައް ތިކުރަނީ. ބޯޅަ ޕާސްކުރެވެނީ އެއްނު.. އަދިވެސް ކިޔަންވީތަ.. ” ކާއިން އުޅުނީ ލިސްޓު ފައްޓާށެވެ. ނަމަވެސް ފަހަތުން މަލަކާ އައިސް ކާއިން ހުއްޓުވިއެވެ.

“ލޯބިވަމޭ ކިޔާފަ ޑްރާމާ ކުޅުނަސް ނޭނގޭނެ” ކާއިން ނުރުހުންވެފައި މަލަކާއާއި ދިމާލަށް ބުނެލިއެވެ.

“ހާދަ ވަރެއްގެ ބަޔެކޭ. އެވަރުގެ މީހުންކަން އެނގުނުނަމަ ބައިވެރިނުކުރީސް” މަލަކާގެ ހަމްދަރުދީ ހޯދަން ނިއަމް ދެރަވެލާފައި ބުނެލިއެވެ.

“ނިއަމްއެއް ނޫނޭ ދެރަވާންވީ. އަހަރެންގެ މިދެލޮލުން ދުށީމޭ ނިއަމް ޝައިމް ގައިގައި ފައިން ޖެހިތަން.” ރުޅިއައިސްފައި މަލަކާ ބުނެލިއެވެ.

“އަހަރެން އުޅުނީ ބޯޅަ ބޭރުކޮށްލަން. އެއްމެ ގޯލެއްގެ ތަފާތު އިނީމަ އެއްމެފަހު ވަގުތު އެމީހުން ގޯލެއް ޖެހީމަ އަލުން އިތުރު ވަގުތު ކުޅެން ޖެހެނީ.. މަލަކާއަށްވެސް އެނގޭނެއެއްނު އަހަރެން ގަސްދުގައި މީހަކަށް އަނިޔާއެއް ނުދޭނެކަން..” ނިއަމް ބުނެލިއެވެ.

“ކޮންމެ ގޮތަކަށް ކަންތައް ކުރަން އުޅުނަސް ކަންވީ ގޮތުން ނުބުނެވޭނެ ނިއަމްގެ ކުށެއް ނެތޭ.. ނިއަމް ޖެހޭނެ މާފަށް އެދެން” މަލަކާ އަދިވެސް ހުރީ ހިތްހަމަނުޖެހިފައެވެ.

މަލަކާގެ ރުހުން ނުލިބުމުން ނިއަމްގެ ރުޅިގަނޑު އެއްކޮށް މަތަކުރެވޭ ގޮތެއް ނުވިއެވެ. އެބުނި ގޮތާއި ހިލާފަށް އޭނާ ކަންތައް ކުރީ ޝައިމްއަށް ގެއްލުމެއް ދޭށެވެ.-


 

މަލަކާ ޝައިމްގެ ބޭސްގުޅަ ހިފައިގެން އެކޮޓަރިއަށް ވަންއިރު ޝައިމް އޮތީ ނިދާފައެވެ. ބޭސްގުޅަ އާއި ފެންތަށި އެނދާއި ޖެހިގެން ހުރި ކުޑަ މޭޒުމަތީ ބެހެއްޓުމަށްފަހު މަލަކާ ޝައިމް ކައިރީގައި އިށީނެވެ. އަދި ފަރުވާތެރި ކަމާއި އެކު ޝައިމްގެ މޫނުމަތީގައިވާ އިސްތަށިތައް އެއް ފަރާތްކޮށްލަ ދިނެވެ.

ޝައިމްއަށް ހޭވެރިކަން ވީ މީހެއްގެ ބީހުން މޫނުމަތިން އިހްސާސްވުމުންނެވެ. އެއީ ކާކުކަން ގެނެގަންނަން މާއުދަގޫނުވިއެވެ. ދުވަމުން ދިޔައީ މަލަކާގެ ލުއިލުއި ސެންޓުގެ ވަހެވެ. އެހެންކަމުން ދެލޯ ހުޅުވާނުލައި އޮތީ އެފިރުމުންތަކަށް ހިތް އެދެމުންދާ ވަރުންނެވެ.

” އަދިވެސް ވަރަށް ލޯބިވަން… ކިހާ ދުވަހަކު އިންތިޒާރު ކުރަން ޖެހޭނެތަ…”މަލަކާ ޝައިމްގެ ނިތްކުރިއަށް ބޮސް ދިނެވެ. އެވަގުތު ވެއްޓުނު ކަރުނަތިކި ޝައިމްގެ ކޮލުގައި ޖެހި ފަޑު ރޮގެއްހެން ކުރެހިގެންދިޔައެވެ. ދެހިތުގެ ހާލަތު އެއްމެ ކަރުނަތިއްކަކުންވެސް ބުނެދެމުންނެވެ. އަނެކާގެ ހިތުގައި އަޅާވޭން އިހްސާސްކޮށްދެމުންނެވެ. “ލޯބިވެވިއްޖެ އަދި ހިތް އެކީވެސް ދެވިއްޖެ..ލޯބި ނެތް ދުނިޔެއެއްގަ އުޅޭނީ ކިހިނެތް” މަލަކާ ބުނެލިއެވެ.

މަލަކާ ދިޔުމުން ޝައިމް ލޯ ހުޅުވާލިއެވެ. އަދި ފުންނޭވާއެއް ލުމަށްފަހު މަލަކާއާއި ދޭތެރޭ ވިސްނާލިއެވެ. އެހިތުގައި މަލަކާއަށްޓަކައި ހާއްސަ މަގާމެއް ދެވިފައިވެއެވެ.

“މަލާ… އަހަރެންވެސް ލޯބިވަމެވެ. މުޅި ހިތް ދެވިފައިވަނީ ކަލާއަށެވެ. ނަމަވެސް އަހަރެންނަށް މަޖުބޫރުވީއެވެ. މަލަކާ ރޯތަން ފެނި މިހިތަށް ކެތްނުވީއެވެ. ދޮގު ހަދަން ޖެހުނީއެވެ. މާފުކޮށްދޭށޭވެ.” ޝައިމްއަށް ހިތާހިތުން ކިޔާލެވުނެވެ.


 

އޭގެ އަނެއް ދުވަހު ޝައިމްގެ ބޭސްގަނޑު ބަދަލުކުރަން ހޮސްޕިޓަލަށް ދިޔުމުން މަލަކާ އެކޮޓަރިއަށް ވަނީ ކޮޓަރި ފޮޅައި ސާފުކޮށްލުމަށެވެ. މޭޒުމަތި ތަރުބީތުކޮށްލުމަށް އެނދުގެ ބެޑްޝީޓް ރަގަޅުކޮށްލުމަށް ބާލީސް ނެގިތަނާ އިވިގެން ދިޔައީ އެއްޗެއް ބިންމައްޗަށް ވެއްޓުނު އަޑެވެ. މަލަކާ އަވަސް އަވަހަށް ބިންމައްޗަށް ބަލާލި ވަގުތު ދެލޯ ބޮޑުވެގެން ދިޔައީ ބިންމަތީގައި އޮތް ޝައިމްގެ ލެޕްޓޮޕު ފެނިފައެވެ.

ލެޕްޓޮޕު ހުޅުވޭތޯ އުޅެއުޅެ ހުޅުވޭ ގޮތެއް ނުވިއެވެ. މަލަކާގެ ހާސްކަން ދިޔައީ އިތުރުވެގެންނެވެ. ދެން ކަންތައް ކުރާނީ ކިހިނެތް ކަމާއި މެދު ވިސްނާލުމުން މޮޅު ހިޔާލެއް ލިބުނެވެ. އެއްމެ މިނެޓެއްވެސް ލަސްކުރުމެއް ނެތި މަލަކާ ލެޕްޓޮޕް އަތަށް ނަގައިގެން ދުއްވައިގަތީ ނިއަމްގެ ގެޔާއި ދިމާލަށެވެ. ނިއަމް އަކީ އައިޓީ ކިޔަވައިގެން ހުރި މީހަކަށް ވުމުން ހައްލުކުރަން އެނގިދާނެ ކަމުގެ އުއްމީދުގައެވެ.

އެގެޔަށް ގޮސް މަލަކާ ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކޮށް ދިނުމަށް އެދުނެވެ.ޝައިމްގެ އެއްޗަކަށް ވުމުން ދެކޮޅު ހަދަން ބޭނުން ވިޔަސް މަލަކާ އެދުމުން ނުކެރިފައި ހުރެ ނިއަމް އެކަމައިގެން އުޅެނެވެ.

“މިހާރު ރަގަޅުވާނެހެން ހީވަނީ.. ހިނގާ ހުޅުވޭތޯ ބަލަމާ” ތިރީސް ވަރަކަށް މިނެޓް ވަންދެން ލެޕްޓޮޕް ނަގައިގެން އިދެފައި ނިއަމް ބުނެލިއެވެ.

ލެޕްޓޮޕުގެ ހުޅުވާ ފިތަށް އޮބާލުމާއެކު މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ހުޅުވިއްޖެއެވެ. އެޔާއެކު ދެއަތް މޫނާއި ކައިރިކޮށްގެން ހާސްވެފައި ހުރި މަލަކާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ނިއަމްވެސް ދިޔައީ ހައިރާންވެގެންނެވެ. ލެޕްޓޮޕުން ފެންނަމުން ދިޔަ ފޮޓޯގަނޑުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ދުުރުގައިވިޔަސް…. (37 ވަނަ ބައި)

Next

ތި ލޯތްބަށްޓަކައި (18)

Next
October 7, 2017

ތި ލޯތްބަށްޓަކައި (18)

Previews
October 7, 2017

ދުުރުގައިވިޔަސް…. (37 ވަނަ ބައި)

68 Comments!

  1. mal says:
    October 7, 2017 at 7:08 pm

    Yayyy.. first libuniyyo..

    1. maroon says:
      October 7, 2017 at 9:42 pm

      Maroon ahvure ves kurin dhw ?

    2. mal says:
      October 8, 2017 at 11:39 am

      Aan.. mifaharu maroo ah molhu b??

    3. mal says:
      October 8, 2017 at 1:03 pm

      Vure molhu v**?

  2. mal says:
    October 7, 2017 at 7:09 pm

    Adhi nuvx kiyan.. kiyaafa comment kuraanan..?

  3. $JK..KOREAN says:
    October 7, 2017 at 7:10 pm

    second… 🙂 🙂

    1. maroon says:
      October 7, 2017 at 9:42 pm

      Yup ?

  4. maroon says:
    October 7, 2017 at 7:14 pm

    Mistakes huredhaane bunelahchey. Next part tmrw nyt in sha Allah. (Sjki ge suprise part bunelaafa?)
    Inthizaarah shukuru. Loves
    Kaakuge photo eh hen heevany?
    Enjoy ?

    1. $JK..KOREAN says:
      October 7, 2017 at 7:27 pm

      hahah thanks maroon 🙂 evaany shaim and malakaa aa dhemyhunge photo akah, i guesss… anyways, lets see dhw 😀

    2. maroon says:
      October 7, 2017 at 9:45 pm

      Thihenves vedhaane

    3. Anonymous says:
      October 7, 2017 at 7:59 pm

      obvio dhw malaka noony suha

  5. mal says:
    October 7, 2017 at 7:23 pm

    Woww.. ?malaka ge pic kaneyge dhw e fenuny.. i guess… when next part… ? v kiyaa hiy eba vey??

    1. maroon says:
      October 7, 2017 at 9:43 pm

      Mal..next part tmw nyt in sha Allah ??? thanku lots

  6. $JK..KOREAN says:
    October 7, 2017 at 7:23 pm

    omg.. yageen aee shaim n malakaa ge photo eh kan.. varah salhi mi partvx.. speechless hama.. 🙂 keep it up maroon.. ly .. 😀 waiting for nxt part.. avas kohlahcheyy 😉

    1. maroon says:
      October 7, 2017 at 9:45 pm

      Thanku sjki.. nan kurukollytha ?
      Loves .. ur suprise is coming ???

    2. $JK..KOREAN says:
      October 7, 2017 at 10:20 pm

      Yeah name change khlee ? ofcourse I’m waiting for the surprise dear.. ? thanks ?????????? loves

  7. marsh says:
    October 7, 2017 at 7:30 pm

    malakaaa ge foto eh …her diary ga in pic maybe

    1. maroon says:
      October 7, 2017 at 10:44 pm

      Thanku marsh ???
      Maybe thts possible

  8. Aiy says:
    October 7, 2017 at 7:31 pm

    Wow ?Mi part vs varah reethi… kihineh baa dhn vaany??? Waiting waiting

    1. maroon says:
      October 7, 2017 at 9:46 pm

      Thanku aiy ???
      Next part kiyaalama for answers

  9. Laii says:
    October 7, 2017 at 7:31 pm

    Malakaage pic eh dhww.. dhen vaany kihinehbaaa.. curious to knw??

    1. maroon says:
      October 7, 2017 at 9:47 pm

      Thanku laii ???
      Neyge dhw adhi ?

  10. Aiy says:
    October 7, 2017 at 7:32 pm

    Wow ?Mi part varah reethi . kihineh baa dhn vaany???

  11. khajja says:
    October 7, 2017 at 7:33 pm

    Ohhh wow masha allah stry v v habeys??? v interesting whn nxt prt avahah up kolladhybala plx plx plx??❤❤??????????

    1. maroon says:
      October 7, 2017 at 9:47 pm

      Thanku khajja ???
      In sha Allah tmrw nyt

  12. Afy says:
    October 7, 2017 at 7:47 pm

    Kalwgeyaa malaa aa shaim ge loabi picnic ge pic eh kanneyge. Haadha beynumey malaa aa shaim gulhen. Can’t wait
    Love love ❤️

    1. maroon says:
      October 7, 2017 at 9:48 pm

      Thanku afy… vedhaane malaa aai shaimge photo akahves ????

    2. Afy says:
      October 8, 2017 at 12:14 am

      Yeah dhw. Hama ehen hithah arany. Love maadhan rey up vaane dhw. Haadha dhera vaane ehh edhemyhun nugulhiyya. Challenges thakah fonuvanviyas edhemyhun gulhuvaalaba

    3. maroon says:
      October 8, 2017 at 10:13 am

      yup see you tonyt in sha Allah

  13. click a shot ? says:
    October 7, 2017 at 7:52 pm

    shaim and malakaa ge photo eh kaneyge eiy..or maybe malakaa ge ekani pic akahves vedhaane☺️..enme kiyaa hihvi hisaabun thi ninmaaly..but it’s ok.i’ll wait for next part..mi part ves hama superb…next part ves avaskohlachey..??ly❤️

    1. maroon says:
      October 7, 2017 at 9:50 pm

      Click ehnoontha photo negy anekkaa ?
      Thanku click ?
      Loves … u can read it by tmrw nyt in sha Allah ???

    2. click a shot ? says:
      October 7, 2017 at 10:58 pm

      hehe..?Ya dhw..negi meeha ah ves neyngunu..hadhaanethuny ey..photo tha negeleh ginakamun..???

  14. Zaain says:
    October 7, 2017 at 7:56 pm

    Waaau…. Great writter…. Ei Malakaage pikey hen heevany… mihen mibuny mihaaru story gohssa oiyy hisaabun… sifakuruntah v hiyy gaimu ingey Maroo Kyp it up…. kiyaa hitun kiyaalevey…. Maroo ulhey aslu kudin kudinge hiyytah v talhuvan dho… kitahme vkahvs hiyytah telhuvidaane ei Maroo ah nuny vaane kamey nun… Bt mi story aky v reetikoh gendeveyne loabeege asarugada vaahakaeh… ekm vs aneykolhah jahaafihya v hadivaane… Zaa mibuna vaahaka ekee demeehunvs ehvarah loabivaaty… Hagygatugavs loabinuva meehakaa eki hayaatey nufesheyne… ur the gud writter so kyp it up… Insaa Allah frm my side i will give full support to u…

    1. maroon says:
      October 7, 2017 at 9:54 pm

      Thanku so much zaain ?? ur help is so much appreciated ? baeh faharu hiythalhuvaalanves jeheynu ?
      And plus i love twists and complications
      Yup thi dhekky hus thedhu vaahaka. May true love find its way back ?
      Loves ?

  15. reader says:
    October 7, 2017 at 7:58 pm

    Yaqeen Malakaa ge photo

    1. maroon says:
      October 7, 2017 at 9:54 pm

      Lets see dhw reader ??? u might be correct

  16. Twinkle says:
    October 7, 2017 at 7:58 pm

    Hyvany dairyga in pic hen. Var nice mi part vx. Waitin fr nxt part maroon

    1. maroon says:
      October 7, 2017 at 9:56 pm

      Thanku twinkle ??? ehen vejje nama malaka ahvaany kihinakun baa ?

  17. Adha? says:
    October 7, 2017 at 8:02 pm

    Nium ves dw dhen varah foohi firiheneh.. jeheytha knmehen shaim ah hurt kuran??… loaibbakee gadhakamun hoadheyne ehcheh nooney… shaim ulheyhen ulheba.. sacrifice kuran veema vaane ekanves kuran…
    Nd adha ah bodah heevany eyee malakaa ge pic eh hen?.. shaim malakaa ah neyngi negiehnu pics.. one of those… or may be a collage…
    Mi part ves hama suupperrrbb!
    Eagerly waitingss for next part❤❤❤❤

    1. maroon says:
      October 7, 2017 at 9:58 pm

      Hey adha i hate him too…?
      Ekam eynaves beynuve ey story complete kuran hehe ?
      Sacrificing is the best form of love dhw ?
      Read it tmrw nyt ?

  18. annoying reader says:
    October 7, 2017 at 8:03 pm

    niyam ganda dheyba mahah, shaim and malaka ge photo eh ei. waiting for the next part

    1. maroon says:
      October 7, 2017 at 10:45 pm

      Thanku annoying reader ???
      Hehehe mahah fonuvaalanvy dhw

  19. Zuam says:
    October 7, 2017 at 8:35 pm

    Masha Allah. …… varah varah varah reethi. .. plx next part update kohdheh cheh varah ahvaha. … plx maroon ❤❤❤

    1. maroon says:
      October 7, 2017 at 10:46 pm

      Thanku zuam ??? in sha Allah

  20. Addu manje says:
    October 7, 2017 at 8:59 pm

    E vaanee Malaka ge pic akah.. Ehen vejiyya Niam ge rulhi gadu ithurah bodu vaanee..?????
    Mibaives varah reethi..Love this story a lot..???

    1. maroon says:
      October 8, 2017 at 10:15 am

      vrh v rulhi annaane… Thanku Addu manje ???

  21. ?xeelinsh? says:
    October 7, 2017 at 9:44 pm

    Aee mi story ge cover pic ga in pic… Malakaa n shaim cover pic ga eynynu.. Epic e fenuny I guess ehnvejiya kiha reethi vaane dhw… By the way this story is awesome❤

    1. maroon says:
      October 8, 2017 at 10:15 am

      Thanku xeelinsh lets see ???

  22. Shaim says:
    October 7, 2017 at 10:04 pm

    Mashah egey kaakuge photo ekkan ei ?

    1. $JK..KOREAN says:
      October 7, 2017 at 10:23 pm

      Hahaha shaim viyya dhw eyge ah e photo laafa innaany ????

    2. maroon says:
      October 8, 2017 at 10:16 am

      shaim ah egenya bunanvynu..hehe
      ???

  23. Xxxx says:
    October 7, 2017 at 10:08 pm

    Hey dear, story iz just awesome.booring niam… waiting 4 next part…keep it up???

    1. maroon says:
      October 8, 2017 at 10:16 am

      Thanku xxxx ???

  24. Kia says:
    October 7, 2017 at 10:55 pm

    Oh hooo..malakaage right?..

    1. maroon says:
      October 8, 2017 at 10:17 am

      Thanku kia ???

  25. click a shot ? says:
    October 7, 2017 at 10:55 pm

    Kon photo eh tha li anehkaa shaim.??

    1. click a shot ? says:
      October 8, 2017 at 2:13 pm

      who’s commenting using my username..

    2. $JK..KOREAN says:
      October 9, 2017 at 5:02 am

      hey. same with me. someone commented using my name also. thats y i changed my user name.

  26. Anonymous says:
    October 8, 2017 at 10:42 am

    Nice story how many prts left

    1. maroon says:
      October 8, 2017 at 2:11 pm

      Not so many. Mee assu dhethin parts in gennan ulhunu story eh. But liyevuny hama. Thanku ???

  27. Zaain says:
    October 8, 2017 at 11:14 am

    Maroo dn hingaa Storyge cover pik change kohlan…. e pik ehaa ehaa reehchey nun… tankolhey clear reeti pikey leema v nice vaane… background natural kohfa… v nice vaane…

    1. maroon says:
      October 8, 2017 at 2:10 pm

      Miadhu thikan kuran miulheny..cover design kohdheyne kujjaku nuvegen.. if anyone would like mail me ?

  28. Shudha says:
    October 8, 2017 at 1:58 pm

    Oh my wow…. hiy nuhuttuny kiriyaa… shudha ah heevey dhn v avahah edhemhun gulheyne hen… Don’t be so jealous Niam ?… Story is just perfect and Maroon… Love you ??

    1. maroon says:
      October 8, 2017 at 2:33 pm

      Thanku shudha ???loves

  29. Xna says:
    October 8, 2017 at 2:14 pm

    Maroon??, my adorable writer??. U and ur stry wz delightful..?… always waiting 4 ur stry.

    1. maroon says:
      October 8, 2017 at 2:49 pm

      thankyou Xna . abadhuves mmaroonge stories thakah comment koh support dheythy v shukuru ???

  30. Shudha says:
    October 8, 2017 at 5:57 pm

    Next part kn irakun?

    1. maroon says:
      October 8, 2017 at 8:37 pm

      9:30 ge kruin

Comments are closed.

Next Episodeލޯބިން ހިނިތުންވެލާށޭ 13←


All Right Reserved!