ހުޒާމްގެ ބާރު އެޅުމާއެކު، ނަފްސާނީ މާހިރެއްގެ ކައިރިއަށްގޮސް ފަރުވާ ހޯދުމަށް އޭނާގެ ދައްތަ އެއްބަސްވިއެވެ. ނަމަވެސް އެންމެ އުނދަގޫވި ކަމަކީ އެމީހުންގެ މައިންބަފައިންނަށް މި ކަންތަކުގެ އަސްލު ކިޔައިދީ ވިސްނައިދިނުމެވެ. “މަށެއް ވެސް ބޭނުމެއް މަންމަމެނަށް އިނގޭކަށް” އަހަރެން ބުނީމެވެ. އަހަރެންގެ ފަރާތުން އެކަހަލަ ކަމެއް ފެނިއްޖެނަމަ އަހަރެން ކޮޓަރިއަށް ލާ ތަޅުލާފައި ރާއްޖެއިން ބޭރަށް ފުރައިގެންދާނީ މަންމަ އާއި ބައްޕަކަން ޔަގީނެވެ. “އެކަމު ހެލްޕް ބޭނުމެއްނު؟” ހުޒާމް އެހިއެވެ. “އެހެންވީމަ ހިނގާ ދާން މާދަން މީހަކާ […]
ހިނގާދިޔަ ކަންތައްގަނޑަށް ފަހު ދެންއައި ދުވަސްތަކުގައި އަނެއްކާވެސް އަހަރެން އަހަރެންގެ ދިރިއުޅުމާމެދު ކުޑަކޮށް ވިސްނާލީމެވެ. އަދި އެ ގޮތްނޭނގޭ ޒުވާނާ އާ މެދުވެސް މެއެވެ. ނަސީބަކުން އެ ފިހާރަ ހުރީވެސް އާއްމުކޮށް ގޮސް އުޅޭ ސަރަހައްދެއްގައެެއް ވެސް ނޫންކަމުން، އަހަރުން ދެމީހުން އެކަކު އަނެކަކަށް ފެނުމުގެ ފުރުސަތެއްވެސް މާ ބޮޑަކަށް ނެތެވެ. ދިރިއުޅުން އެފުށްމިފުށަށް ޖެހޭފަދަ އެފަދަކަމަކުން ސަލާމަތްވިކަމުގައި ވިޔަސް، ހިތުގެ އެއްކަނަކުން މި ވާހަކައަށް އެކަށީގެންވާ ނިމުމެއް އަދި ނާންނަކަމަށް ބުނަމުންގެންދިޔައެވެ. ޖުވޭއަށް ވެސް ކޮންމެވެސް […]
އަހަންނާ ޖުވޭއާ ނިކުމެ އުޅުނީ އަހަރެންގެ މަންމަގެ އުފަންދުވަހަށް ހަދިޔާއެއްގަތުމަށެވެ. އަހަރެން އަތުގައި މަންމައަށް ދޭނެ ވަރަށް ރަނގަޅު އެއްޗިހި ހުރިނަމަވެސް ހައްޤުނޫން ގޮތަކަށް ހޯދާފައި ހުރިއެއްޗެއް ދޭކަށް އަހަރެން ހިތްހަމައެއް ނުޖެހުނެވެ. އަހަރެން އެހާވެސް ރަނގަޅެވެ. ކަމުދާ އެއްޗެއް ފެނިގެން އެއަށް ލާރިދައްކަން ހުއްޓާ ޖުވޭ ދަންނަ ކުއްޖަކާ އެތަނުން ދިމާވެގެން ޖުވޭ އޭނައާ ވާހަކަ އަޅުވާލިއެވެ. އަހަރެންގެ އަތް އުފުލާލައި އަތުގައި އޮތް ކޮތަޅު ޖުވޭއަށް ދައްކާލަމުން އަހަރެންގެ މަސައްކަތް ނިމުނު ކަން އަންގާލީމެވެ. […]
ދަރިފުޅުގެ އުމުރުން އަހަރަކަށް ވުރެ ބޮޑުވެފައިވާއިރު އެ ވިޔާނުދާ ޢަމަލުތައް ދެނެގަންނަން ނޭނގުނަސް ދަރިފުޅުގެ ލޮލަށް އެ ކަންކަން ފެންނާނެ ކަންކަށަވަރެވެ. އެއްވެސް ވަންހަނާކަމެއް ނެތި ދަރިފުޅުގެ ކުރިމަތީގައި ނަހަމަ އެތައް ކަމެއް ކުރާއިރު އެކަމުގެ ނުބައި އަސަރު އެއްވެސް ގޮތަކަށް ދަރިފުޅަށް ކުރުމަށް ޖާގަ ނުދިނުމަކީ އަހަރެންގެ ޒިންމާއެއް ކަމުން އެ ޒިންމާ އަދާ ކުރުމަކީ އަހަރެން ކުރަންޖެހޭނެ ކަމެއް ކަމުގައި އަހަރެން ގަބޫލް ކުރީމެވެ. އަދި އެޒިންމާ އަދާކުރުމުގައި ކިތަންމެ ބޮޑު އުނދަގުލެއް އުފުލަން […]
ކައިލީ ޖެނަރގެ އެންމެ ފަހުގެ ލިޕްސްޓިކްއެއް އަަތަށް ނެގުމަށްފަހު ޖުވޭ އޭގައި ޖަހާފައި އިން އަގެއް ބަލަން ހިމަ ދިގު ފުޅި އަތުތެރޭގައި އަނބުރާލިއެވެ. އަނގައަށް ވައްތަރެއް ޖައްސަމުން އަހަންނަށް އަގުކޮޅު ދައްކާލިއެވެ. އިން ވަރަށް ވުރެ ތަންކޮޅެއް އަގު މަތިވިނަމަވެސް ތިން އަކުރުން ނުފުދުނީހެވެ. “ދެންވެސް ހިނގާ ތިބަހައްޓާފަ ދާން” އަހަރެން ހުރީ ލަސްވެފައެވެ. ޖުވޭރިއާގެ މަންމަމެން އޭނާއަށް ކިތަންމެ ވަރަކަށް އެއްޗިހި ގަނެދިނެއްކަމަކު ބާޒާރަށް އެއްޗެއް ނެރުމާއެކީ ގޮސް އޭގައި އަތްނުކާތައެއް އޭނާއަށް ފަރަކުނުޖެހެއެވެ. […]
ޒުވާން އުމުރު ވޭތުވަމުން ދިޔައީ އާއިލާ އާއި ރައްޓެހިން ތިބިނަމަވެސް ޢިޝްޤީ އެކަނިވެރިކަމުގެ ތެރޭގައެވެ. އަމިއްލައަށް އެކުލަވާލައިފަވާ ޝަރުތުތަކާ ބައްދަލުވާ ފަރާތަކާ ދިމާނުވާތީއެވެ. މާބުރުގެ އުސޫލުން އަޖުމަ ބެލުމުގެ ސިލްސިލާއެއް ފެށުމަށް ނިޔަތެއް ވެސް ނެތީމައެވެ. ރައުދާ އާ ދިމާވީ އިއްތިފާގަކުންނެވެ. ފުރަތަމަ ނަޒަރުން ގަޔާވިނަމަވެސް ލޯބިވެވުނީ ވަަރަށް ރަނގަޅަށް އޭނާ ދަސްވެ ބޭނުންވާ ޝަރުތުތައް ފުރިހަމަ ވާކަން އިނގިގެންނެވެ. އުއްމީދު ކުރި ހުރިހާ ސިފައެއް ހުރިކަން ޔަގީންކޮށް ފަހުރުވެރި ކަމާއެކު ޒަވާޖީ ހަޔާތަށް ފެށީމެވެ. އެރީތި […]