ވެހެމުން ދިޔަ ވާރެއަކަށްބެލުމެއްނެތި ވަކި މަންޒިލެއްނެތި ހިނގަމުން ދިޔަ އަންހެންކުއްޖާ ދިޔައީ ގިސްލާ ރޮމުންނެވެ.އޭނާގެ ރުއިމުގެ އަޑު ކޮންމެފަހަރަކުވެސް ފަނޑުވެގެން ދަނީ ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުންނެވެ.އޭނާގެ މޫނު މިވަގުތު ފެނުނު ކޮންމެ މީހެއްގެ ހިތަށްވެސް އަސަރު ކުރާނެކަން ހަމަ ޔަގީނެވެ. ބޯ ވާރެތެރޭގައި ދުއްވާލަން ނިކުމެ އުޅުނު ޒިވާމް އަށާއި އޭނާގެ ރައްޓެހި މައިޝާން އަށް މިއަންހެން ކުއްޖާ ފެނުނީ ވަރަށް ވެސް ކައިރި ވެފައި ހުއްޓައެވެ.ވަގުތުން ބުރަކި ޖެއްސި ނަމަވެސް މާ ކައިރިވެފައި ވުމުންނާއިއެކު […]
ސިއްރު ފިޔަވަޅުތަކެއް އަޅަމުން ކޮޓެރިއައް ވަންނަން ދިޔައެވެ. ނަމަވެސް ކޮޓެރި ދޮރު ހުޅުވާފަ ހުރުމުން ސިއްރުން ގޮސް އެތެރެ ބަލާލިއެވެ. ފެނުން މަންޒަރަކުން ޒިމްޔާ އަވަހައް ފަރާއި ނިވާވެލިއެވެ. …………………………………………… އަނެއްކާވެސް ކޮޓެރިތެރެ ބަލާލިއެވެ. ޒައްޔާ ހުރީ ޒިމްޔާގެ އަލަމާރި ހާވާށެވެ. ޒައްޔާ ނިކުންނަން އަންނަހެން ހީވުމުން ކާގެއައް ދުވެފަ ގޮސް ވަނެވެ. ޒައްޔާ ސިއްރު ސިއްރުން ނިކުމެގެން ދިޔައިރު ޒިމްޔާ ބަލަން ހުރިކަމެއް ނޭނގުނެވެ. އަތުގައި ރުފިޔާ ތަކެއް ހުރުމުން ޒިމްޔާގެ ރުފިޔާތައް ކަން އިނގުނެވެ. […]
އެދުމަތީ އެކެއް އަނެކެއްގެ އަތުގެ ހިމާޔަތް ލިބިގެން ނިދާލާފައި ތިބި މަހުދީ އާއި އަވްލީން ފެނުމުން ލަޔާންއަށް މޮޅު ހިޔާލެއްއައިސްގެން ފޯނު ނަގާ ކެމެރާއަށްލުމަށްފަހު ދެމީހުންގައިން ދެތިން ފޮޓޯ ނަގައިގެން އެނބުރި ދިޔައީ އެ ދެމީހުންގެ އަރާމު ނިދި ހަލާކުކޮށްނުލުމަށެވެ. ނަމަވެސް ކޮންމެ ދުވަހަކު ފަތިހު ފަތިސް ނަމާދަށް ތެދުވަން އާދަކޮށްފައިވާ އަވްލީންއަށް ހޭލެވުނީ ލަޔާން ނިކުމެގެންދިޔަތާ އިރުކޮޅެއްފަހުންނެވެ. ހޭލެވުމާއެކު އަވްލީންއަށް އޮވެވުނުގޮތާމެދު ވިސްނާލެވުނެވެ. އަދި މި އޮވެވުނީ ހުވަފެނެއްގައި ނޫންކަން އިނގުމުން ކުއްލިއަކަށް އިސްއުފުލާ މަހުދީގެ […]
ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުންދިޔަ ޒިޔާދުގެ އާއިލާގެތެރޭގައި ދެކެވެމުންދިޔައީ މިއަދުގެ މެޗެގެ ވާހަކައެވެ. “މިއަދުގެ މޭން އޮފްދަ މެޗް އޭނަޔަށް ހަމަޑިޒާވް.. ” ޒިޔާދު އެހެން ބުނުމާއެކު ހަފީޒާވެސް ބޯޖަހާލީ އެކަމަށް އެއްބަސްވަމުންނެވެ. “ބައްޕައަށް އެނގިލައްވާތޯ އެބޭބެ އާ ދެން ލަނޑުޖެހިބޭބެ އެއީ ނާލްމެންގެ ފްރެންޑްސްއޭ ދޯ ދޮން.. ” ނާލް އެހެން ބުނުމާއެކު ނަވާރު ލޯހަނިކޮށްލިއެވެ. “އެތެދެއް ދަރިފުޅު އެއީ ރައްޓެހިންތަ.. އެކަމަކު ކިހިނެއް ދަރިފުޅުމެންނާދިމާވީ.. ” ” އަސްލު ރައްޓެއްސެއްނޫން ބައްޕާ.. އެކަމަކު މިއަދު މޮޅުކުޅުންތެރިޔާ […]
އެ މެސެޖުން ނަގަންވީ މާނައެއް ލާމިހް އަކަށް ނޭނގުނެވެ. ނުވެސް ދަންނަ ނަމްބަރަކުން އޭނާ އަށް މެސެޖްކުރާނީ ކާކުހެއްޔެވެ. އޭނާ ދަންނަ މީހަކު ސަމާސާ ކުރަނީ ކަމުގައި ލާމިހް ނިންމިއެވެ. އިތުުރަށް ވިސްނަން ނުހަދާ އެ މެސެޖްގެ ޖަވާބުގައި ލާމިހް ވެސް ހިތެއް ފޮނުވައިލައިފިއެވެ. އިތުރު މެސެޖެއް އަންނާނެ ކަމުގައި އުއްމީދުގައި އިރުކޮޅަކު މަޑުކޮއްލިއެވެ. ޖަވާބެއް ނައުމުން އެއްޗެހި ބައްދަލުކޮއްލައިން ލާމިހް އޮށޯވެލިއެވެ. ހަމަ އެއާއި އެކު އަނެއްކާ ވެސް ފޯނުން މެސެެޖެއް ލިއެލިއެވެ. އުއްމީދުނުކޮށް […]
ފަހަތް ބަލާލި އިރު ކަމަކު ދާކަށް ނެތެވެ. އީވާގެ ހުރިހާ އެކުވެރިން ތިބީ ދަތުރުދާން ތައްޔާރުވެގެންނެވެ. “ސީރިއަސްލީ ކޮންއިރަކު ތިމީހުން ތިއައީ” އީވާ ބުންޏެވެ. ” ކޮންއިރެއް ވެއްޖެ މިތާ ހުންނަތާ …. އީވާ މިއަދު ހާދަ ލަހަކުން ތިއައީ…. އެހެން ފަހަރުވެސް ދަތުރު ދާއިރު ތިހާލަހެއް ނުވެއެއްނު” އަރީޝް އަށް އީވާ ފެނުމުން ބުންޏެވެ.”އީވާ އަށް ކިތައް ފަހަރު ގުޅައިފިން… އަހަރެމެން މިތިބީ އީވާ ނައިސްގެން އަހަރެމެން ހީކުރީ އީވާ އަށް ކަމެއް ވީކަމަށް”. ސަނާ ބުންޏެވެ. އީވާ ފޯނު ނަގައި ބަލައިލި […]
“ދެން ހީވޭތަ ތި ކުރުވަން އުޅޭ ކަމެއް ނުބުނަނީސް އަހަރެން ތި ކަމެއް ކުރަން އެއްބަސްވެދާނެ ހެން؟” ޝާހިން މިހެން އަހާލުމަށްފަހު ފެށީ ސަޔަށް އިންސާފުކުރާށެވެ. ދެން ޝާޔަން ދައްކަމުން ދިޔަ އެއްވެސް ވާހަކައަކަށް އޭނަ ސަމާލުކަން ނުދިނުމުން އެވާހަކަ ފަހުން ދެއްކުމަށް ޝާޔަން ނިންމިއެވެ. ހަވީރު ސަޔަށްފަހު އެ ވާހަކަ ދައްކަން ނިންމައިގެން ހުރި ޝާޔަން އަށް އެކަން ނުވީ އެކުވެރިންނާއި އެކު ޝާހިން ބޭރަށް ދިޔުމުންނެވެ. މިފަހަރު އޭނައަށް ފުރުސަތެއް ލިބުނީ ރޭގަނޑުގެ ކެއުމަށްފަހު […]
ގަޑިން 5 ޖެހީއެވެ. މޯލީއަކަށް ދެމިލަމުން ތެދުވެ އެނދުގެ ހެޑްބޯޑްގައި ލެނގިލިއެވެ. ނިދިއައިސްގެން ރަނގަޅަށް ދެލޯނުހުޅުވި އިން މިކްޔަން އަށް ފެނުނީ ޔާނާ ނަމާދުކުރާތަނެވެ. ޔަގީންނުވުމުން ދެލޯއުނގުޅާލައިިފައި އަނެއްކާ ބަލާލިއެވެ. އޭރު ޔާނާ ސަލާން ދެނީއެވެ. “ޔަން ނަމާދުކުރޭ އަވަހަށް” ޔާނާ މުސައްލަ ނަގަމުން ހިނިތުންވެލާފައި ބުނެލިއެވެ. “ތިއުޅެނީ މަށަށް ދެއްކެންތަ؟” މިކްޔަން އެނދުން ފައިބަމުން ބުނެލިއެވެ. ޔާނާ ސުވާލުގެ ނަޒަރަކުން މިކްޔަންއަށް ބަލާލިއެވެ. “ރޭގަވެސް ނުކުރެ. މިރޭ ކީއްވެ ތިކުރީ؟ ހަމަ މަށަށް ދެއްކެން. ބުނަން […]
ވާޑު ތެރެއަށް ވަދެގެން ދިޔައިރު ހާރޫންގެ ނަޒަރު ހުއްޓެމުން ދިޔައީ އެނދުތަކުގައި ޖަހާފައިވާ ނަންބަރުތަކަށެވެ. އެންމެފަހުން އޭނާ ހޯދަން އުޅުނު އެނދު ނަންބަރު ފެނިއްޖެއެވެ. މަޑުމަޑުން އޭނާ އެދިމާއަށް ހިނގާފައި ދިޔައިރު އެ ހިތުގެ ތެޅުން އަވަސްވާ ކަމުގެ އިހުސާސްކުރެވެމުން ދިޔައެވެ. އެނދުގައި އޮތް ބަލިމީހާގެ މޫނަށް ބަލާލިހިނދު އޭނާއަށް މޭގައި އަތް އަޅާލެވުނެވެ. އެނދުގައި އޮތް އާބިދާގެ މޫނަށް އެކަނި ބަލާލިކަމުގައި ވިޔަސް އޭނާގެ ބަލިހާލަތުގެ ދަށްކަން އެނގިގެން ދާނެއެވެ. މޫނުމަތި މިލާމޯޅިވެފައި ވީއިރު އޭނާގެ […]