Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ދިން އުފާ 31

seym Level 310 Stories100 Login100 Comments
November 1, 2017 6 Mins Read
31 Comments

އެ މެސެޖުން ނަގަންވީ މާނައެއް ލާމިހް އަކަށް ނޭނގުނެވެ. ނުވެސް ދަންނަ ނަމްބަރަކުން އޭނާ އަށް މެސެޖްކުރާނީ ކާކުހެއްޔެވެ. އޭނާ ދަންނަ މީހަކު ސަމާސާ ކުރަނީ ކަމުގައި ލާމިހް ނިންމިއެވެ. އިތުުރަށް ވިސްނަން ނުހަދާ އެ މެސެޖްގެ ޖަވާބުގައި ލާމިހް ވެސް ހިތެއް ފޮނުވައިލައިފިއެވެ. އިތުރު މެސެޖެއް އަންނާނެ ކަމުގައި އުއްމީދުގައި އިރުކޮޅަކު މަޑުކޮއްލިއެވެ. ޖަވާބެއް ނައުމުން އެއްޗެހި ބައްދަލުކޮއްލައިން ލާމިހް އޮށޯވެލިއެވެ. ހަމަ އެއާއި އެކު އަނެއްކާ ވެސް ފޯނުން މެސެެޖެއް ލިއެލިއެވެ.

 

އުއްމީދުނުކޮށް ހުއްޓާ ލާމިހް ގެ ފަރާތުން މެސެޖްގެ ޖަވާބު ލިބުމުން އީރަމް ތެޅިގަތެވެ. ބަނޑުން އޮށޯވެލަމުން މެސެޖް ހުޅުވާލުމާއެކު ލާމިހް ފޮނުވާފައި އިން ހިތް ފެނުމުން މަޑުމަޑުން ހީލެވިއްޖެއެވެ. ލާމިހް ގުޅުމުން ފޯނު ނުނެގީ އަޑުން ނަމަވެސް އެއީ އޭނާ ކަން އެނގިދާނެތީއެވެ. ލާމިހް އަށް ނޭނގި އެގޮތަށް މެސެޖް ކޮށް ހަދަން އީރަމް އަށް މަޖާވިއެވެ. ނޭނގޭ ހިތްހަމަޖެހުމެއް އެކަމުން އީރަމް އަށް ލިބުނެވެ. ފޯނަށް ބަލަހައްޓައިން އޮއްވާ އީރަމް އާންމުކޮށް ގެންގުޅޭ ފޯނަށް މެސެޖެއް އައި އަޑުއިވުނެވެ. ތެދުވެގެން ގޮސް ރީތިިވާ މޭޒުމަތީ އޮތް ފޯނު ނަގަމުން މެސެޖް ހުޅުވާލިއެވެ. ” ގުޑް ނައިޓް.. މިސް ޔޫ..” ލާމިހް ފޮނުވާފައި އިން މެސެޖް ކިޔާލަމުން އީރަމް ފުން ނޭވާ އެއް ދޫކޮއްލިއެވެ. ލާމިހް ކައިރީ ލޯބިވާ ވާހަކަ ބުނަން ބޭނުންވިނަމަވެސް ފަސްޖެހެވެނީއެވެ. ދެ ނަމްބަރު ގެންގުޅުމުން އެއް ގޮތަކުން ރަނގަޅޭ އީރަމް ގެ ހިތަށް އެރިއެވެ. މާ ބޮޑު ވާހަކައެއް ލާމިހް އާއި ނުދެކެވުނަސް ނޭނގި ކޮއްލެވޭ މެސެޖް ތަކުން އީރަމް ގެ ހިތަށް ހަމަޖެހުން ގެނުވައެވެ.

 

ސުކޫލުން ނުކުތް އީރަމް އުޑަށް ނަޒަރު ހިންގާލިއެވެ. ކަޅު ވިލާތަކުން އުޑުމަތި ބަނަކޮއްލާފައިވާއިރުު ޖެހުމުން ދިޔަ ބާރު ވައިރޯޅިތަކުން އީރަމް ހީކަރުވާގޮތްވިއެވެ. ހިނގާފައި ގޮއްސި ނަމަ ވާރޭގައި ނުޖެހި ދެވިދާނެ ކަމާމެދު ޝައްކެވެ. ” ހޭއި… ހާދަ ބަނަކޮއްލާފަ އޭ ދޯ.. ހިނގާ އަހަރެން އީމް ގެންގޮސްދީފާނަން.. ” ދަބަސް ކޮނޑުގައި އަޅުވަމުން ނުކުތް ކަޔާން އުޑަށް ބަލާލަމުން ބުނެލިއެވެ. ” ކަޔާން އަށް އުނދަގޫ ވާނެއެއްނު..” ކޮންމެ ދުވަހަކުހެން ކަޔާން އޭނާ ގެއަށް ލައިދޭތީ ބައެއް ފަހަރު އީރަމް ގެ ހިތަށް އެހެން އަރައެވެ. ” ނުވާނެ.. އެހެންނޫނަސް އައި ހޭވް ޓު ސީ މައި ލަވް..” ކަޔާން އެ ބުނީ ޖަނާ ގެ ވާހަކަ ކަން އެނގުމުން އީރަމް ހިނިތުންވެލިއެވެ. ” ހެހެ.. ކަޔާން އެވަރަށް ޖަނާ ރުޅިނާރުވަބަލަ.. އޭނަ ކޮންމެ ފަދަ ކަމެއް ވެސް ކޮއްފާނެ…” ސައިކަލު ފަހަތަށް އަރަމުން އީރަމް ބުނެލިއެވެ. ” އެއި ހަމަ މަޖަލަކަށް.. ސިންގަލް ކޮށް ހުއްޓާ ނަމަކަށް ވިޔަސް ބިޓެއް ލިބުނީމަ ވާނެހެން..” ކަޔާން ހީލިއެވެ.

 

ގެޔާ ހިސާބަށް އާދެވުނު އިރު ވާރޭ އޮއްސާލައިފިއެވެ. އީރަމް ގެ ފަހަތުން ގެޔަށް ވަތް ކަޔާން އަތުން ބޮލުގައި ހަރުލާފައިވާ ފެންތައް ފޮޅާލިއެވެ. ” މިތާ މަޑުކުރޭ އިނގޭ..އެބަ އަންނަން..” ސޯފާ އަށް އިޝާރާތް ކޮއްލަމުން އީރަމް ބުނެލިއެވެ. އެވަގުތު ޒާހިރުވެސް އައިސް ގެއަށް ވަންނަނީއެވެ. ކަޔާން އަށް ހިނިތުންވެލަމުން މަޑުނުކޮށް ހިނގައިގަތީ ތެމިފައި ހުރުމުންނެވެ. ” ޖަނާ…” އީރަމް ޖަނާ ގެ ކޮޓަރިއަށް ބޯ ދިއްކޮއްލިއިރު ފޮތެއް ކިޔަން ޖަނާ އޮތެވެ. ” ކަޔާން އެބައިން.. ދޭ ބަލަ.. ” އީރަމް އެހެން ބުނުމުން ޖަނާ ފޫހި ފާޑަކަށް އީރަމް ގެ މޫނަށް ބަލާލިއެެވެ. ” ދެން.. ބުނޭ ދާށޭ..” އީރަމް ދެ ފަރާތަށް ބޯ ތަޅުވާލިއެވެ. ” ވާރޭ ހުއްޓާލީމައެއްނު ފޮނުވާލެވޭނީވެސް.. ދޭބަަލަ ދެން..” އީރަމް އެހެން ބުނެ ދޮރު ލައްޕާލުމުން ޖަނާ ކަންނެތް ފާޑަކަށް ތެދުވެއްޖެއެވެ.

 

ކޮޓަރިން ނުކުތް ޖަނާ ފެނުމާއެކު ދަތްތަށް ދައްކާލަމުން ކަޔާން ހިނިތުންވެލިއެވެ. ލައިގެން ހުރި ޓީޝާޓް އާއި ހަރުވާޅުގައި ވެސް ޖަނާ ގެ ރީތިކަމަށް ކަޔާން ގެ ހިތުން ތައުރީފް ކޮއްލެވުނެވެ. އިސްތަށިގަނޑު ގައި ދައްޗެއް ޖަހަމުން ޖަނާ އައިސް ސޯފާ ކައިރީ ހުއްޓިއްޖެއެވެ. ” ކީއްކުރަން ތި އައީ..” ކަޔާން ގެ މޫނަށް ބަލާލަމުން ޖަނާ އަހާލިއެވެ. ” މިއައީ ޖަނާ ނުފެނި ގިނައިރުވީމަ ހަމަ ދެކިލަން..” ކަޔާން ގެ ޖަވާބުން ޖަނާ މޫނަށް ވައްތަރެއް ޖައްސާލިއެވެ. އެވަގުތު ޒާހިރު އައިސް ސޯފާގައި އިށީނުމުން އެއްޗެކޭ ބުނާކަށް ޖަނާ އަކަށް ނުކެރުނެވެ. ” ޖަނާ ދޭބަލަ ކަޔާން އަށް ކޮފީ އެއް ގެންނަން.. މިއިން އިރަކު ހުއްޓާލާނެ ކަމެއް ނޭނގޭ…” ޓީވީ ހުޅުވާލަމުން ޖަނާ ބުނެލިއެވެ. ” ބޭބެ އަށް ވެސް ގެންނަންވީތޯ..” ޖަނާ ކާގެއަށް ދިއުމުގެ ކުރިން އަހާލިއެވެ. ” ނޫން… ސަލްމާ ނުކުތީމަ..” ޖަނާ އެންމެ ރަނގަޅު ކަމުގައި ބުނެ ކާގެއަށް ވަންނަން ހިނގައިގަތެވެ.

 

” ފޫހި ފިރިހެނެއް.. ފޮނި މީހެއް.. މުއްސަންޖެއްގެ ދަރިއެއް ވީމަ ހުންނަނީ ތިމާ އަށް ތިމާ މީހާ ފެނިފަ.. ” ކޮފީ ތަށި ތައްޔާރު ކުރުމުގައި އުޅުނު ޖަނާ ކުދި ކިޔާލިއެވެ. ޖަނާ ކަޔާން ދެކެ ފޫހިވާ ސަބަބަކީ އެއީއްޔެވެ. ކަޔާން އަކީ މުއްސަނދި އާއިލާ އެއްގެ ކުއްޖަކަށް ވުމުން ލޯބި މުހިންމު ވެދާނެ ކަމަށް ޖަނާ ގެ ހިތެއް ނުބުނެވެ. ޖަނާ ދެކޭ ގޮތުގައި ކަޔާން ގެ ސިފައިން އެކަނި ވެސް އެ ހުންނަނީ ބޮޑާވެފައެވެ. ކުރިމަތީ ހުރި ލޮނު ފުޅި ފެނުމުން ހިނދުކޮޅަކަށް ނަމަވެސް ޖަނާ ގެ ސިކުނޑީގައި ނުބައި ރޭވުމެއް ރާވާލިއެވެ. ބަލާކަށް ނުހުރެ ތިން ސަމްސާ ލޮނު ކޮފީ ތައްޓަށް އަޅާލަމުން ގިރާލިއެވެ.

 

ކަޔާން ގެ ކުރިމަތީ ކޮފީ ތަށި ބަހައްޓަމުން އީރަމް ދުރަށް ޖެހިލިއެވެ. އެ މޫނުމައްޗަށް ވާނެގޮތް ހިތަށް އެރުމުން ވެސް ހިނި އަންނަ ގޮތް ޮވިއެވެ. ޒާހިރު އިނުމުން ފަސްޖެހުނީ ކަޔާން އެއްޗެއް ބުނެފާނެތީއެެވެ. ކޮފީ ތަށިން ކޯވަރެއް ދަމާލި ކަޔާން އަށް ހީވީ ލޮނުފެން ބޮވުނުހެންނެވެ. ޖަނާ ގެ މޫނަށް ބަލާލިއިރު އެ މޫނުމަތިން ފެނުނު ހިނިތުންވުމުން އެއީ ޖަނާ ގަސްތުގައި ކުރި ކަމެއްކަން ކަޔާން އަށް ނަގައިގަނެވުނެވެ. ކަޔާން ގެ މޫނު ފެނުމުން އިތުރަށް ހިނިގަނޑު ނުހިފެހެއްޓޭނެކަން އެނގުމުން ޖަނާ ގޮސް ވަނީ ކާގެއަށެވެ. އިރުކޮޅަކު އެހެން ހުރެފައި ނުކުތް އިރު ކަޔާން ފެންނާކަށް ނެތެވެ. ” ކަޔާން ދިޔައީތަ..” ޒާހިރު އާއި ޖަނާ ސުވާލުކޮއްލިއެވެ. ” އާން ގޮއްސި.. ވަރަށް ބޮޑު ކަމަކު ދާން ޖެހިގެންނޯ.. ވާރޭ ތުނިކޮއްލަންދެން މަޑެއްވެސް ނުކުރި..” ޒާހިރު ގެ ވާހަކަ ނުނިމެނީސް ކުޑަ މޭޒުމަތީ އިން ކޮފީ ތަށި ޖަނާ ނެގިއެވެ. ކަޔާން އެދިޔައީ ކޮފީ ތަށި ހުސްކޮއްލާފައެވެ. ކަޔާން އެދިޔައީ އޭނާ ދެކެ ރުޅިއައިސްގެން ކަމުގައި ޖަނާ ނިންމިއެވެ.

 

ރޭގަނޑު އަށެއް ޖެހުމާއެކު އީރަމް ޓިއުޝަން ގަޑި ނިންމާލިއެވެ. އާނާ ގެ ކޮޓަރިން ނުކުމެ ދޮރު ލައްޕާލުމާއެކު ޖެހިގެން އިން ކޮޓަރި ދޮރު ކުޑަކޮށް ހުޅުވިފައި އިނުމުން އީރަމް މަޑުކޮއްލިއެވެ. ލާމިހް ފެންނަން ނެތުމުން އެ ކޮޓަރި ބަލާލުމުގެ ޝައުގުވެރިކަން ހިތުގައި އުފެދުނެވެ. ފެންނަ ހިސާބުގައި މީހަކު ނެތް ކަން ޔަގީން ކުރަން އީރަމް ދެފަރާތް ބަލާލިއެވެ. ކުދި ފިޔަވަޅު އަޅަމުން ގޮސް ލާމިހް ގެ ކޮޓަރީ ދޮރު ކުރިމަތީ މަޑުކޮއްލިއެވެ. ދޮރު ދޭތެރެއިން ފުރޭނިގެން އެޅިފައިވާ ފަނޑު އަލިން ލާމިހް އެވަގުތު އުޅެދާނެއޭ އީރަމް ގެ ހިތަކަށް ނާރައެވެ. މަޑު މަޑުން ދޮރުގައި އަތް ޖައްސާލުމާއެކު ދޮރު ހުޅުވިއްޖެއެވެ. ފަނޑު އަލިކަމުގެ ތެރޭ އެނދުއި ނިދާފައި ލާމިހް ފެނުމުން އީރަމް ގެ ހިތުގެ ވިންދު އަވަސްވިއެވެ. އޮފީސް އެއްޗެހި ވެސް ބަދަލުނުކޮށް ނިދިފައިވާ އިރު ކަންފަތަށް ޖަހާފައިވާ ހެޑްސެޓް އީރަމް ގެ ލޮލުގައި އަޅައިގަތެވެ. ކޮޓަރި ތެރެއަށް ވަދެވުމާއެކު އީރަމް ހީވީ ގަނޑުވިހެންނެވެ. އޭސީ ގެ ފިނިން މުޅި ކޮޓަރި ފިނިކޮއްލާފައި ވާ އިރު ލާމިހް އަށް ފިނިނުވަނީ ބާއޭ އީރަމް ގެ ހިތަށް އެރިއެވެ. އެނދު ކައިރީ ހުއްޓެމުން އީރަމް ލާމިހް ގެ ކަންފަތުން ހެޓްސެޓް ނައްޓާލިއެވެ. އެއްފަރާތުގައި އޮތް މަޑު ކުއިލްޓް ލާމިހް ގެ ގައިމަތީ ފަތުރާލަމުން އެ މޫނަށް ބަލަން ހުރެވުނެވެ. އިތުރު މީހަކަށް އޭނާ އެތާ ހުއްޓާ ފެނިދާނެތީ އީރަމް އަވަހަށް ކޮޓަރިން ނުކުމެ ދޮރު ލައްޕާލަމުން ހިނގައިގަތީ ގެއަށް ދިއުމަށެވެ. ކޮޓަރިން ނުކުތް ލޫނާ އަށް އީރަމް ލާމިހް ގެ ކޮޓަރިން ނުކުތް ތަން ރީއްޗަށް ފެނުނެވެ.

ވިއްސާރަ ދުވަސްތަކަކަށް ފަހު މޫސުމް ރީތިވެލުމުން ހަނާ ބޭނުންވީ ރަށަކަށް ދާށެވެ. މާލޭގެ ހަލަބޮލިކަމުން ދުރުވެ ހިތްހަމަޖައްސާލުމަށެވެ. ފަޒަލް އާއި ދެމީހުން އެކަނި ދިއުމުގެ ބަދަލުގައި މިފަހަރު އެ ދަތުރު ބަދަލުވީ އާއިލީ ދަތުރަކަށެވެ. ” ދެން ދާނަންތަ..”  ހަނާގެ ކައިވެނީގެ ފޮޓޯތަށް ބަލަން އިން ލާމިހް ކައިރީ ހަނާ އެހެން އެ އެހީ ދެވަނަ ފަހަރަށެވެ. ” ކީކޭ..” ފޮޓޯގައި ހަނާ ކައިރީ ހުއްޓި ހުރި އީރަމް އަށް ބަލަން އިން ލާމިހް އަހާލިއެވެ. ” ދާނަން ދޯ އޭ…” ހަނާ ގެ މޫނަށް ބަލާލަމުން ލާމިހް ވިސްނާލިއެވެ. އޮފީހުގެ ބުރަ މަސައްކަތްތަކުން ދުރުވެލުން ރަނގަޅު ވާނެކަމުގައި ލާމިހް ވިސްނިއެވެ. ” އާން ދެވިދާނެ.. ” އަލްބަމް ލައްޕާލަމުން ލާމިހް ބުނެލިއެވެ.

……………………………………………………………………………………………………………………………………………….

ކުރު ދަތުރަކަށް ފަހު މާފުއްޓަށް އާދެވުމާއެކު އެންމެންވެސް އަވަސްވެގަތީ ތިބެން ހަމަޖެހިފައިވާ ގެސްޓް ހައުސް އާއި ދިމާއަށް ދެވޭތޯއެވެ. އެންމެންގެ ފަހަތުގައި ހުރި އީރަމް އިރު އިރުކޮޅުން ލާމިހް އަށް ބަލާލެވެއެވެ. ކުރީގެ ހަނދާންތަކާއެކު ލާމިހް ލޯބިވާ ކަން ހާމަ ކުރި ދުވަސް ސިފަވެގެން ދިޔައެވެ. އެއީ ވެސް ހަމަ މިކަހަލަ ދަތުރެއްގައެވެ. ” ކީއްކުރަން ކަޔާން ގެނައީ..” ކައިރީގައި ހުރި ޖަނާ ލާމިހް އާއި ވާހަކަ ދައްކަން ހުރި ކަޔާން އަށް ލޯ އަޅާލަނުން ބުނެލިއެވެ. ކޮފީ ތައްޓަށް ލޮނު އެޅި ފަހުން ކަޔާން ބަލަނީ ޖަނާ އާއި ދުރުން އުޅެވޭތޯއެވެ. ” އަންނަން ބޭނުންވީމަ..” އީރަމް ވީހާ ވެސް ކުރުކޮށް ޖަވާބުދިނެވެ. މީޝާ އުރާލައިގެން ހުރި ހުސެން އައި ޖެހިގެން ފަޒަލް ހުރި އިރު އެ ދެމީހުންގެ ފަހަތުން ދެން ތިބި މީހުން ވެސް އާދެއެވެ. ހަނާ އާއި ހައިފާ ފޮޓޯ ނެގުމުގައި އުޅުނު އިރު އެންމެ މަޑުން ތިބީ ޖަނާ އާއި އީރަމްއެވެ. ދަބަސް ތަށް އެތެރެއަށް ލުމަށް ފަހު ހުރިހާ އެންމެންވެސް ބޭނުންވީ އެއްޗެއް ކާލާށެވެ.

 

ރަށުތެރެ ބަލާލަން ނުކުތް މީހުނަށް ގެއަށް އައިސް ވަދެވުނީ ރޭގަނޑު އިރުއޮއްސުނު ފަހުންނެވެ. ރޭގަނޑު ކާން ދާނެ ތަނެއް ނިންމުމަށް ފަހު އެންމެންވެސް ކޮޓަރި ތަކަށް ވަނީ އަރާމުކޮއްލާށެވެ. ލާމިހް ގެ ބޮލުގައި ރިއްސަން ފެށުމާއެކު ބޭސް ކައިގެން ޖައްސާލުމާއެކު ވަރަށް އަވަހަށް ނިދިއްޖެއެވެ.

 

ލައިގެން ހުރި ކަޅު ދިގު ހެދުމުގެ ތިރީގައި އިން ދަނބު ކުލައިގެ މަލުން ހެދުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އެ އަށް ވުރެ ގަދަ ދަނބު ކުލައިގެ ޝޯލް އަޅާލަމުން އީރަމް ތުންފަތުގައި މަޑު ރަތް ކުލައިގެ ލިޕްސްޓިކް ޖައްސާލިއެވެ. އޭރު އީރަމް ގެ ފަހަތުގައި ހުއްޓި ހުރި ޖަނާ ލޯގަނޑުން އެންމެ ފަހު ފަހަަރަށް ބަލާލިއެވެ. ” ނިމިއްޖެ.. ހިނގާ ދާން.. މިހާރު ހަނާ އާއި ފަޒަލް އުޅޭނެ ލަސްވެގެން…” އީރަމް ނުކުންނަން ހިނގައިގަތުމާއެކު ޖަނާ ވެސް ފަހަތުން ނުކުތެވެ. ” ކޮބާ ހައި؟” ހައިފާ އާއި ރާމިޒް ކުރެން އެކަކު ވެސް ފެންނަން ނެތުމުން އީރަމް އަހާލިއެވެ. ” ދޮންތަ މެނަށް އެއްޗެއް ގެނެސްދޭށޯ.. މީޝް އެކަނި ބާއްވާފަ ނުދެވޭނެއެއްނު..ލާމީ މެންވެސް ނުދަނީތަ..” ކަޔާން އާއި ލާމިހް ތިބި ކޮޓަރި އަށް އަވަސް ނަޒަރެއް ދެމުން ހަނާ އަހާލިއެވެ. ޖަނާ ގޮސް ކޮޓަރީ ދޮރުގައި ޓަކި ޖަހާލުމާއެކު ދޮރު ހުޅުވީ ފަޒަލް އެވެ. ލައިގެން ހުރި ގަމީހާއި ޖީންސްގައި ނުހަނު ހިތްގައިމެވެ. ޖަހާފައިވާ ސެންޓްގެ ވަސް ޖަނާ އެތެރެއަށް ދަމާލިއެވެ. ” ކޮބާ ލާމީ..” ކަޔާން ނުކުމެ ދޮރު ލެއްޕުމުން ޖަނާ އަހާލިއެެވެ. ” ނިދިފަ އޮތީ… ވަރަށް ބޮލުގަ ރިއްސާތީ އުޅުނު..” ލާމިހް އަށް ވެސް ކާ އެއްޗެހި ގެންނަން ނިންމައިން ފަސް މީހުން ގެއިން ނުކުތެވެ. ކައި ނިމިގެން ގެޔަށް ދާން ނުކުތް އެންމެންވެސް ހިނގުން އަވަސް ކޮއްލިއެވެ. ހިމަ ފޮދު ވާރޭ ވެހެންފަށާފައިވާއިރު ޖެހޭ ބާރު ވައިރޯޅިން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއްވެސް އަޅަނީ އުނދަގުލުންނެވެ.

 

ލާމިހް އަށް ހޭލެވުމާއެކު އެކަކު ވެސް ފެންނަން ނެތުމުން ސުވާލު އުފެދުނެވެ. ފޯނުގައި އިން ކަޔާން ގެ މެސެޖް ފެނުމުން ލާމިހް ތެދުވެ މޫނުގައި ދެއަތް އުނގުޅާލިއެވެ. ފާހަނައަށް ވަދެ މޫނު ދޮވެލައިން ނުކުތް އިރު ބޮލުގެ ރިހުމަށް ލުޔެއް ލިބިފައިވާކަން އިހްސާސްވިއެވެ. ސިޓިންގްރޫމްގައި އިށީންނަމުން ލާމިހް ފޯނު ނެގީ ވަކި ބޭނުމެއް އޮވެގެނެއް ނޫނެވެ. އެރޭ މެސެޖް ކުރި ނަމްބަރަށް ޑައިލް ކޮއްލުމާއެކު ލާމިހް ވެސް ސިހުނެވެ. ފޯނެއްގެ ރިންގް އަޑު އިވުމުން ލާމިހް އަށް އިން ތަނުން ތެދުވެވުނެވެ. އަޑު އަންނަނީ އެއްފަރާތުގައި އިން ކުޑަ މޭޒުމަތީ އިން ކަޅު ކުލައިގެ އަތް ދަބަހުންނެވެ. އެއީ ކާކުގެ ދަބަހެއްކަން އެނގުމާއެކު ލާމިހް އަށް އެ ދިމާއަށް ދެވުނު ގޮތެއް ވެސް ނޭނގުނެވެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

ދަރިފުޅު (11 ވަނަ ބައި)

Next

ސިއްރު ސިއްރުން ހިތޭ… (4)

Next
November 1, 2017

ސިއްރު ސިއްރުން ހިތޭ… (4)

Previews
November 1, 2017

ދަރިފުޅު (11 ވަނަ ބައި)

31 Comments!

  1. naa says:
    November 1, 2017 at 2:21 pm

    haadha kurey yey first me 🙂

    1. seym says:
      November 1, 2017 at 7:06 pm

      yayy 🙂 🙂

  2. Petite says:
    November 1, 2017 at 2:28 pm

    Wowww v salhi adhi mihaaru!! Its getting more interesting ?? jana n kayaan enmme fahun gulheynee ves.. nafarathaky loabeegey feshumey ??
    Eem mifaharu reethikn bust vaane kanneinge ? waiting next part ah.. kn irakun next part genes dheynee.. n sorry mioh haa dhuvahu comment eh kohnulaa dhiyaeema

    1. seym says:
      November 1, 2017 at 7:08 pm

      Thanks petite <3 vrh ufaavejje petite ge comment eh dhuvas thakeh fahun fenunyma 🙂 on SUNDAY Insha Allah 🙂

  3. eeen says:
    November 1, 2017 at 2:32 pm

    waau

    1. seym says:
      November 1, 2017 at 7:09 pm

      Thankyou <3

  4. Aisha says:
    November 1, 2017 at 2:37 pm

    ??v salhi ?

    1. seym says:
      November 1, 2017 at 7:10 pm

      Thankyou Aisha 🙂 <3

  5. Merr says:
    November 1, 2017 at 2:53 pm

    Thiya dhin ufaaa ❤❤
    Namaa ehvarah vaahaka vx cute ??

    1. seym says:
      November 1, 2017 at 7:10 pm

      Thanks dearr <3

  6. Ainth says:
    November 1, 2017 at 2:56 pm

    Wow v salhi… Ekam v kuhbas hurikan faahaga kohlevey… Eeram ehaa sirrun ulhunymaves laamy ah falhaa arany dhw… He he… V majaavaane laamy ah egunyma dhw

  7. Ainth says:
    November 1, 2017 at 3:05 pm

    Thank u seym thihaa avahah up kohla dhinyma… V kiyaahithun abadhuves mi hunnany…. Dhen Anna baiga kuhthah rangalhu kohlahchey igey… Eyrah v furihama vaane.. Story v v rythi

    1. seym says:
      November 1, 2017 at 7:12 pm

      Thanks mistakes hurikan buneladhinyma <3 <3 really appreciate it. 🙂 <3

  8. Eem says:
    November 1, 2017 at 3:22 pm

    Who is raamiz?

    1. seym says:
      November 1, 2017 at 7:13 pm

      Its a mistake Eem sorry 🙁

  9. ??? says:
    November 1, 2017 at 4:36 pm

    Vvvv rythi mibaiii vess haadha kurey thann kotheh dhigu koh geness dheebala ☺??

    1. seym says:
      November 1, 2017 at 7:17 pm

      mi bai vx hama ehaa kuru? but liyaa iru heevany vrh baivaru liyeveyhen hehe anyways thankyouu <3

  10. Xxxx says:
    November 1, 2017 at 4:45 pm

    Vaahaka haadha reehchey…next part avaskohllahchey ??????????

    1. seym says:
      November 1, 2017 at 7:14 pm

      Thanks dearr <3 <3

  11. Sheii says:
    November 1, 2017 at 4:55 pm

    Aai. Reehchey?
    Wen next part?? Waiting

    1. seym says:
      November 1, 2017 at 7:14 pm

      Thankyou Sheii <3
      On SUNDAY 🙂

  12. SJK...KOREAN says:
    November 1, 2017 at 6:03 pm

    Haadha reehchey. ??Nxt part avahah up kohlaba.. Plxx. Waiting

    1. seym says:
      November 1, 2017 at 7:15 pm

      Thankyou SJK <3 <3

  13. seym says:
    November 1, 2017 at 7:04 pm

    Salaam hurihaa kudhinn <3
    Mi bai ga vrh mistakes eba huri dhoo.. adhi vagutheh vegen mi balaalevuny.. names thah olhifa huryma v bodah sorry.. upload kurumuge kurin kiyaanulevuny 🙁
    Next part will be uploaded on SUNDAY.. keep waiting <3 <3 much love to you all <3

  14. seym says:
    November 1, 2017 at 7:24 pm

    And yes.. i have noticed something going on this site.. alah vaahaka liyaa kujjeh vx nuny daily koh liyamun gendhaa kujjeh ge story ga vx mistakes huredhaane.. mithaa vaahaka liyaa gina kudhinnaky hobby eh gothun ekan kuraa kudhin..including me..ehen vaahaka thakahcbaeh myhun kohfa hunna comments fenunyma v dheravey… negative comment eh viyas reethi gothuga e liyeveyne kan gabool kuran.. rude koh v hadi koh writer demotivate vaa kahala comments feney… so pls pls if u dnt like a story dnt read it.. if u want to give suggestions express it in a good way… 🙂

    1. Afy says:
      November 2, 2017 at 1:07 am

      Aslu dhw. Iraadha kurevviyya ehen e comment thah kuraa kudhinnah ves kommes dhuvahakun visnigen e goas aaadha dhookoh heyo magah rujuua vaaane. Don’t be sad. Abadhuves gaboolu kuran vaane komme myhakyves thafaathu myheh. Eki myhunge mizaaj thafaathu vaane. Eki myhun express kuraa goii ves thafaathu vaane. Ekam komme kameh ves vy emme positive koh visnyma aharemennah eygen hiyhama jehun libigen dhaane. Eiii emyhunge faadu kiyumuge style kamah gabooolu koh dhera vaa kanthah just ignore. Emmen hiyhama jehey hiy ruhey gothakah kanthah aslu nuves koddheveyne dhw. Just try to make your self good. Eyrah insha allah komme kamegga ves vaany motivate. Komme kamegga ves libeyny hiyhama jehun?
      Miiii hama Afy ah fenna goiii igey love. Hehhe ?

  15. ??? says:
    November 1, 2017 at 7:58 pm

    Haadha lahakunn dhenn innbaii than kolheh avahah nerebala??

  16. Ainth says:
    November 2, 2017 at 10:42 am

    Seym thibuny v bodu thedheh… Aslu ekahala ehchehi bunaakah nuvaane dhw… Ehen myhun vaane dherayaa medhuves visnaalan vaane dhw

  17. Ainth says:
    November 2, 2017 at 10:47 am

    Kiyuntherin kiyaalaairu ehchehkey hithah naaraa kiyaaliyas aslu vaahakaeh liyumaky haadha bodu burakamekey… Ehenvyma ehkuhjakuves egothah comments nukurey.. Eyee vaahaka liyamundhaa myhaayah libey hiyvaru balikohlaa kameh… Comments eyee liyaamyhaayah v muhiymu ehcheh… Goas koh liyevunas rangalhu gothuga comments kohlaafa buneveyne dhw.. Nuny laviyas hama rythigothuga comments kohlaa kudhinney

  18. Pinky shifoo says:
    November 2, 2017 at 4:58 pm

    Wow.. seym story vvv furihama… Vvv kiyaa hihvey mi story n feshigen kiyamun mi dhany.. Bt this is my first comment for this story… Keep it up seym… Once again story hama vvv reethi… Waiting waiting…

  19. Nicky says:
    November 2, 2017 at 5:26 pm

    Wow seym…this stry…..?????v v v v v v v nyc

Comments are closed.

Next Episodeތިޔަ ދިން އުފާ 32←


All Right Reserved!