“ދެން އަލަށް މީހެއް ފެނެގެން އުޅޭ މީހަކަށް ނުނިދޭނެކަން އިނގެއޭ” ފަޔާޒް ދަމުން ދިމާ ކޮއްލިއެވެ. “ޝަޓް އަޕް” މިހެން ބުނެ ފަޔާޒްއާއި ދިމާއައް މީކާއީލް ބާލީހެއް އެއްލިއެވެ. ……………………………………………… ޒިމްޔާއަށް ހޭލެވުނީ ހެނދުނު ހަތެއް ޖެހިފަހުންނެވެ. ފަތިސް ނަމާދައް ނުހޭލެވުމުން އަވަސްވެ ގަތީ ނަމާދު ކުރާށެވެ. ނަމާދު ކޮއްގެން ފެނވަރައިގެން ސައި ތައްޔާރު ކުރަން ދިޔައިރު ވާފިރު އިނީ ސޯފާގެ އެއްފަރާތުގަ އިށީންދެގެން ޓީވީ ބަލާށެވެ. މުޅި ސޯފާ އޮތީ ތެމިފައެވެ. ރިހަ ތައް ހުރިތަން […]
މަލައިކާއަށް ފައިޒާން މަންމަ ގައިގައި ބައްދާލަމުން ރޮވުނެވެ. އެވަގުތު ހޮސްޕިޓަލް ވާރޑް ކައިރި މަޑުކޮށްލައިގެން ފައިޒާން ހުރީ އިސްޖަހައިގެންނެވެ. އަދި އެވާހަކަތައް އަޑު އިވިފައި ފައިޒާން އަށް އަމިއްލަ ނަފްސަށް ކުށްވެރިވެވުނެވެ. މަލައިކާގެ އެއްވެސް ކުށެއް ނެތެވެ. ހުރިހާވެސް ގޯހެއް ހެދީ ފައިޒާންއެވެ. ފައިޒާން އަށް އެތަނުން ދުރަށް ޖެހި ހޮސްޕިޓަލު ތެރޭގައިން ކެފޭ ތެރެއަށް ވަދުނެވެ. އެތާނަށް ވަންއިރު އެތާނގައި ކިއުގައި މަޑުކޮށްލައިގެން ހުރީ ފައިޒާންގެ ބިޓެވެ. މަލްޝާ އެވެ. މަލްޝާއާ ދިމާވީ މީގެ ދެމަސް […]
މަލީހްމެން ގެއަށް ދިޔަމަގުމަތިން ޖުމާނާއާއި ދިމާވީ އޭނަވެސް ގެއަށްދަނިކޮށެވެ. އަނގައިން ބުނަންނުކެރުން ނަމަވެސް ޖުމާނާ ގެއާހަމައަށް އާދެވެންދެންވެސް ދިޔައީ އިރުއިރުކޮޅާ މަލީހުމެންނަށް ބަލަމުންނެވެ. މިކަން މަލީހްއަށް ފާހަގަވިނަމަވެސް އަޅައެއްނުލައެވެ. ޝަބީންއަށްވެސްވީ ހަމައެވަރެވެ. މަލީހް އެދިމާބަލާލާފައި އަޅާނުލުމުން އެއްޗެއްއަހާކަށް ނުކެރުނެވެ. ގެއަށްގޮސްވަދެވުމާއެކު މަލީހް ވަރަށްއަވަހަށް އެބައަންނަމޭބުނެ އެތެރެއަށްދިޔައީ ޝަބީން އެގޭގެ ބަނބުކެޔޮގަހުގައި އެލުވާފައިވާ އުނދޯއްޔާއި ދިމާއަށް ދިއުމުންނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ޖުމާނާވެސް އައިސް އެގޯޗަށް ވަނުމުން ޝަބީންއިނީ ބުނާނެއެއްޗެއް ނޭންގިފައެވެ. ނަމަވެސް ޖުމާނާ އޭނައާދިމާއަށް އަންނަންފެށުމުން ހިނިތުންވުމެއް ރައްދުކޮށްލީ […]
ޖެހިގެން އައިދުވަހު ސްކޫލުން ކަޔާން އާއި ވާހަކަދެއްކޭ ގޮތް ނުވުމުން އީރަމް މާޔޫސްވިއެވެ. އެ މޫނުމަތިން ވަރުބަލިކަން ފެންނައިރު ޒާހިރު ދެއްކި ވާހަކަ ސިކުނޑީގައި ހަރުލާފައިވެއެވެ. ރޭގައި ހަމަ ނިދި ނުލިބުމުގެ ސަބަބުން ބޮލުގައި ރިހުމެއް ހުއްޓެވެ. ކަޔާން ގެ މޫނުމަތިން ނުވަތަ ހަރަކާތްތަކުން ވެސް ތަފާތެއް ނުފެނުމުން ޒާހިރު ދެއްކި ވާހަކަތަށް ކަޔާން އާއި ހަމައަށް ނުފޯރާކަން އީރަމް އަށް އެނގުނެވެ. ސްކޫލް ނިންމާފައި ގެއަށް ދިޔަ މަގުމަތީ ވެސް އީރަމް ހުރީ ވިސްނުމެއްގައެވެ. ގެއަށް […]
ޔުއާން އަފްރީންއާއި ހަތަރު ކަޅި ހަމަ ކޮށްލާފައި އެއްކަކޫ މައްޗަށް އިށީނެވެ. އަދި ރަތް ކުލައިގެ މަލެއް ދިއްކޮއްލިއެވެ. “ވިލް ޔޫ މެރީ މީ؟” ޔުއާން މިހެން އަހާލުމުން އަފްރީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ************************************ ފަސްވަރަކަށް މިނެޓްވީ އިރުވެސް އަފްރީންއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. މިއީ އޭނާ ވާނެ ކަމަށް އުންމީދު ކުރި ކަމެއް ނޫނެވެ. ވާނީވެސް އެހެންތާއެވެ. ޔުއާންއަކީ ވަރަށް އަންހެނުންވާ މީހެއް ވިއްޔާއެވެ. ނަމަވެސް އެންމެން ތެރެއިން ވެސް އަފްރީން ނެގުމުން […]
“ދޮންބެގެ އަފޫ ބޮޑުވީއޭ ދޯ.” އަރްމާން މިހެން ބުނުމުން އަފްރީންގެ މޫނަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ. ” ދޮންބެ ނެތިން ތިކަމަށް ހުރަސް އަޅާކަށް. ޔުއާންއަކީ ވަރަށް ރަނގަޅު މީހެއް. މިރަށުގައި ޒުވާން އުމުރުގެ އެވަރު ކާމިޔާބު ދެވަނަ މީހެއް ނުހުންނާނެ ހަމަ ޔަގީނުންވެސް. ޔުއާންގެ ހިތުގަ އޮތް އެއްޗެއް ބަލާފަ ތިކަން ކުރަންވީ ހަމަ. ދޮންބެ ނޫން ކަމަށް ބަލާ ދީފާނަން އާންގެ ހިތް އޮތް ގޮތް.” އަރްމާންގެ ފުރިހަމަ އެހީއާއި ރުހުން އެކަމުގައި […]
“އަވީ ކިހިނެއްވެފަ ތީނީ؟ ތަނަކަށް ތަދުވަނީތަ؟ މީހަކު އެއްޗެއްކީތަ؟” ލަޔާންއަށް އަވްލީން ކައިރިއަށް ދެވުނުގޮތްވެސް ނޭނގެއެވެ. ލަޔާން އެހާ ހާސްވެފައި ސުވާލުތައް ކުރުމުން އަވްލީން ލަޔާންއަށް ބަލާލާފައި ހީލީ އޭނާއަށް އެއްވެސްކަމެއް ނުވާކަން ދެއްކުމަށެވެ. ނަމަވެސް އެ ހީލުމުގައި ފޮރުވިފައިވާ އެތައް ސިއްރެއްވާކަން ލަޔާން ދެނެގަތެވެ. “އަހަންނަކަށް ކަމެއްނުވޭ.. ރޫމް ސާފުކުރަން އައިއްސަ ވަރުބަލިކަމުން ކުޑަކޮށް ޖައްސާލީ..” އަވްލީން އުޅުނީ ލަޔާންއަށް އޮޅުވާލާށެވެ. ދެން ކީއްވެ ތިތާ ތިހެން ތީނީ.. އަވީ ދޮގުނަހަދާ ބުނެބަލަ.. އަހަންނަށް އިނގޭ […]
ބައްދަލުވުމަށް ހާއްސަ ކުރެވިފައިވާ ކޮޓަރީގެ ބޭރުގައި މަޑުކޮއްލަމުން ލާމިހް އަޅައިގެން ހުރި ގަދަ ރަތް ކުލައިގެ ޓައި ރަނގަޅުކޮއްލިއެވެ. ލައިގެން ހުރި ކަޅު ކުލައިގެ އަތްދިގު ގަމީހާއި އޮފީސް ފަޓުލޫނުގެ އިތުރުން އޮފް އަރުވާލާފައިވާ ބޫޓުން އެއީ ކިހާ މުހިއްމު ބައްދަލުވުމެއްކަން މީހަކު ބަލާލައިފިނަމަ އިނގޭނެއެވެ. ލާމިހްގެ މޫނުމަތިން ތާޒާ ކަން ފެންނައިރު ކުރިންސުރެ ތައްޔާރުވެގެން ހުރިކަން ހާމަވެއެވެ. ހުރިހާ ކަމެއްވެސް ބޭނުންވާ ގޮތަށް ނިމުމަށް ދުއާ ކޮއްލަމުން ލާމިހް ދޮރު ހުޅުވާލިއެވެ. ބޮޑު މޭޒު ވަށައިގެން […]
އުޑު މަތި ބަނަ ވިއްސާރަ ހަވީރެކެވެ. ވައި ގަދަވެ ކަނޑުގެ ބާނިތައް ވެސް ވަނީ އުފުލިފަ އެވެ. މަންޒަރު ކިތަންމެ ހިތްގައިމު ވިޔަސް ވިދާލާ ވިދު ވަރާއި އެކު ޖަހާލާ ގުގުރި ތަކުގެ ސަބަބުން ބޭރު ތެރޭ އުޅެން ރައްކާތެރި އެއް ނޫނެވެ. ވާރޭ ކަނި ތަކަށް ފަހު ބޮލި ބޮލި ކޮށް ވާރޭ ވެހެން ފެށި އިރު ވެސް ހުރި ތަނުން ގުޑި ލާން ވެސް ނޭނގިފަ 16 އަހަރަށް ދާ ޝާހިން ހުރި […]