Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ސިއްރު ސިއްރުން ހިތޭ… (4)

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
November 1, 2017 4 Mins Read
13 Comments

ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުންދިޔަ ޒިޔާދުގެ އާއިލާގެތެރޭގައި ދެކެވެމުންދިޔައީ މިއަދުގެ މެޗެގެ ވާހަކައެވެ. “މިއަދުގެ މޭން އޮފްދަ މެޗް އޭނަޔަށް ހަމަޑިޒާވް.. ” ޒިޔާދު އެހެން ބުނުމާއެކު ހަފީޒާވެސް ބޯޖަހާލީ އެކަމަށް އެއްބަސްވަމުންނެވެ. “ބައްޕައަށް އެނގިލައްވާތޯ އެބޭބެ އާ ދެން ލަނޑުޖެހިބޭބެ އެއީ ނާލްމެންގެ ފްރެންޑްސްއޭ ދޯ ދޮން.. ” ނާލް އެހެން ބުނުމާއެކު ނަވާރު ލޯހަނިކޮށްލިއެވެ. “އެތެދެއް ދަރިފުޅު އެއީ ރައްޓެހިންތަ.. އެކަމަކު ކިހިނެއް ދަރިފުޅުމެންނާދިމާވީ.. ” ” އަސްލު ރައްޓެއްސެއްނޫން ބައްޕާ.. އެކަމަކު މިއަދު މޮޅުކުޅުންތެރިޔާ އަށް ހޮވުނު ކުއްޖާ އާއި ޝަބީން އެއްދުވަހު މިދިމާ ބީޗްގަ ތިއްބަ އައީ އެތަނަށް .. ހިތްހެކޮށް ވާހަކަ ދެއްކީމަ ނަވާމެންވެސް ވާހަކަދެއްކީ.. ” މީން ދުވަހަކުވެސް ފިރިހެންކުއްޖެއްގެ ކަމެއްގެ ވާހަކަ ދައްކާފައިނުވާ ނަވާރު ހުރީ ހިސާބަކަށް ޖެހިލުންވެފައެވެ.

ދެހަފްތާއަށް މުބާރާތް ދެމިގެން ދިޔައިރު ހަވީރަށް މެޗްބަލަން ދިޔަނަމަވެސް އެހެން ވަގުތުތަކުގައި ޗުއްޓީގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަމުން ޒިޔާދުގެ އާއިލާއިން ދިޔައެވެ. އެގޮތުން ރަށުތެރެ ބަލާލަންދިއުމާއި މަސްބާނާއިގެން އައިސް ބާބެކިއުހެދުމުގެ އިތުރުން މޫދަށް ދިއުންވެސް ހިމެނެއެވެ. އަރައިގެން އަންނަ އިރާއެކު ކޮންމެދުވަހެއްވެސް ޒިޔާދުގެ އާއިލާ ފަށަނީ ސަންރައިޒް ބަލާލަން ގޮސް ތުނޑީގެ ހިތްގައިމު މާހައުލުންނެވެ. އެގޮތަށް ގޮސްއުޅުމުގައި ޝަބީން އާއި މަލީހް ވެސް ބައެއް ދުވަސްދުވަހު އެތަނަށް ގޮސްއުޅެތީ ޒިޔާުދުމެންގެ އާއިލާއާއި ދިޔައީ ދިމާވެ ގާތްގުޅުމެއް އުފެދެމުންނެވެ. ނަމަވެސް މަލީހް އެހާގިނައިން އެމީހުނާ ބައިވެރިވެ ނުހަދައެވެ. މިހެންވެ ނަވާރު އާއި ޝަބީންގެ ދެމެދުގައި ގާތް ރަހްމަތް ތެރިކަން އުފެދިގެން ދިޔައެވެ.

ޖެހިގެން އައި ހުކުރުދުވަހަކީ މުބާރާތުގެ ފައިނަލްދުވަހަށްވުމުން ޒިޔާދުގެ އާއިލާއިން ޝަބީން އާއި މަލީހް އަށް ކެއުމަށް ދައުވަތުދިނެވެ. އެކުއެކީގައި ހުކުރުންފޭބި ދެކުދިންގެ ފަހަތުން ޒިޔާދުވެސް މިސްކިތުންފޭބުމުން މަލީހް ނުދާންހުރެވެސް ޖެހުނީ އެގެއަށް ދާށެވެ. ގެއަށްވަދެގެންއައި ތިންމީހުންވެސް ބަނޑުފުރި އަރައިގެންދިޔައީ ސުފުރާމަތީގައި ހުރި ކާތަކެތިންދުވާ މީރުވަހުންނެވެ. ކާން ތިބިއިރުވެސް މަލީހް މާގިނައަކުން ވާހަކަނުދެއްކިނަމަވެސް ޝަބީން އެއާ ދިމާއިދިކޮޅެވެ. “އެބައަންނަން.. ” މޭ ބުނެ މަލީހް ތެދުވީ ކުޑަގޮތަކަށް ކައިނިމުމުންނާއި ޖީބުގައިވާ ފޯން ވައިބްރޭޓްވާން ފެށުމުންނެވެ. އަތްދޮވެލުމަށްފަހު ޓިޝޫއަކުން އަތްފުހެމުން ގޯތިތެރެއަށް ނިކުމެ ފޯނުބަލާލިއިރު ގުޅާފައިނީ ބޮޑުބޭބެ ނިމާލްގެ ނަންބަރުންނެވެ. މަލީހް އަވަހަށް ގުޅާލީ މިގަޑީގަ އެހެންނޫނީ ބޭބެ ނުގުޅާތީއެވެ. “ހެލޯ..” އެކޮޅުން ފޯނުނެގުމާއެކު މަލީހް ގޮވާލިއެވެ. ނަމަވެސް އެކޮޅުން އިވުނީ ބޭބެގެ އަޑެއްނޫނެވެ. އެހެންވެ މަލީހު އަވަހަށް އެއްފަރާތަކަށް ޖެހިލިއެވެ. ” މަލީ.. ކިހިނެއްތަ ހާލު.. މިއަދު ފައިނަލްމެޗްބަލަން ދާން ވެގެން މިރެޑީވަނީ ބައްޕަޔާއެކުގަ އެހެންވެ މިގުޅީ.. ” ޖުމާއެއްފައްޗަކަށް އަމުނާލިއެވެ. ” އެހެންތަ.. މަލީ ރަނގަޅު.. ޖުމާކިހިނެއް.. ކޮބާ މަންމަމެން ރަނގަޅުތަ..” މަލީހް އަށް ޖުމާގެ ގޮތް އެނގިފައިވާތީ ވާހަކަ ދެއްކީ ނުހަނު ލޯތްބާއި އޯގާތެރިކަމާއެކުގައެވެ. ” ޖުމާވެސް މަންމަ މެންވެސް އިންޝާﷲ ރަނގަޅު.. ބައްޕަގެ ނަންބަރުން މިގުޅީވެސް މަލީއަށް ޖުމާނަންބަރު ނޭންގޭނެތީވެ.. ޖުމާގެ ނަންބަރުން މިސްކޯލްއެއް ދީފަ ބައިންދާނަން އިނގޭ.. އޭރުންނެއްނު ގޮއްސަގުޅީމަ އިނގޭނީދޯ.. ” އެއަށް މަލީހް އާއިކޭބުނުމާއެކު ނުދަންނަ ނަންބަރަކުން މިސްކޯލްއެއްދިނެވެ. “ލިބިއްޖެދޯ” އޭ ބުނެ ޖުމާފޯނުބޭއްވީ ދަތުރަށް ރެޑީވަނީކަމުގައި ބުނެފައެވެ.

މެންދުރުފަސްވެގެން އައިރު މުޅިރަށުތެރޭގައި ވަނީ ފޯރިހިއްޕާލާފައެވެ. ދެމީހަކުޖެހުނަސް ދެކުއްޖަކުޖެހުނަސް ދެކެވެމުން ދިޔައީ ހަވީރު އޮންނަފައިނަލްމެޗްގެ ވާހަކައެވެ. ހަމައެގޮތަށް ތްރީ ވިންގް ސްޓަރ އިން ވިދާލާފައިވާ މަލީހް އާއި ޝަބީންގެ ހުނަރުވެރިކުޅުމުގެ ވާހަކައެވެ. އެޓީމްއިން ކުޅުން ކޮންމެ ދުވަހަކުވެސް މޮޅުކުޅުންތެރިޔާގެ މަގާމު ހޯދަމުން ދިޔައީ އެދެކުދީންކުރެ ކުއްޖެކެވެ.

ޖުމާމެންފުރި ލާންޗަށް ބުރުންޏަށް އާދެވުނީ ތިނެއްޖަހަން ވެފައިވަނިކޮށެވެ. ރަށަށް އާދެވުމާއެކު ޖުމާ މަލީހްއަށްގުޅާލިއިރު މަލީހުމެންތިބީ ބަނދަރުގައެވެ. އެވަގުތު އެތަނަށް އައި ބަޔަކާއިޖެހި ވާހަކައިގައި ނިމާލް ޖުމާ މަލީހްއާއި ހަވާލުކޮށްފައިދިޔައީ ދުވަސްވީ ރަހްމަތްތެރިންނަށް ވަގުތުކޮޅެއްދިނުމަށެވެ. ގެއަށް ދިޔަމަގުމަތީގައި ޖުމާ މަލީހްއާއި ވާހަކަދައްކަމުން ދިޔަނަމަވެސް ޝަބީންއަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. އިރުއިރުކޮޅާ ޝަބީން ބަލާލާއިރު އެންމެފަހަރަކުވެސް ޖުމާ އޭނަޔަށްބަލާވެސްނުލައެވެ. ޝަބީންގެ މޫޑްގޯސްވިނަމަވެސް އެކަމެއް އަންގާކަށް ބޭނުމެއްނުވިއެވެ. ގެއަށް ގޮސްވަނުމާއެކު ” އަހަށް ތިއައީތަ.. ތީތަ މަލީހްބުނިކުއްޖަކީ އަވަހަށް އާދޭ.. ކޮބާބޭބެ ނާންނަނީތަ..” ޖުމާގެ އަތުގައިހިފާ ކާގެއަށް ވަންނަމުން ސާދިޔާވާހަކަދެއްކިއެވެ. “ބޭބެގެ ރަހްމަތްތެރިން ގިނަކަމުން ގެއާހަމަޔަށް އާދެވޭވަރެއްނުވި.. ” މަލީހް ހީލުމާއެކު އެހެންބުނުމުން ޖުމާވެސް އެކަމަށް އެއްބަސްވެލިއެވެ. ވޭތުވެ ދުވަސްތަކުގައި މަލީހް އަކީވެސް އުފަންނޫނަސް އޭނަގެ ދަރިއެއްގޮތުގައި ސާދިޔާވަނީ ބަލައިގެންފައެވެ. މަލީހްގެ އެހުންނަ މަޑުމައިތިރިކަމާއި ރީތިއަހްލާގްގެ ސަބަބުން އެރަށު ގިނަބައެއްގެ ލޯބި މަލީހްވަނީ ހޯދާފައެވެ. ޖުމާމެން ކާގެއަށް ވަނުމޖން ދެކުދިން އެކީގައި ގޮސްކޮޓަރިއަށްވަނީ މެޗަށްތައްޔާރުވެލުމަށެވެ. އަސުރުނަމާދުމިއަދު ޓީމްއާއެކު ކުރަން ހަމަޖެހިފައިއޮތުމުން އަވަސްކޮށްލައިގެން ދެކުދިން ދިޔައީ އެވާހަކަބުނެލާފައެވެ.

ގަޑިން ހަތަރެއްޖެހިއިރު، ހަތަރުގަޑިފަނަރައިގައި ފަށާމެޗަށް ސަޕޯޓަރުންވަދެމުޅި ދޮންހިޔަލަ އަލިފުޅުސްޓޭޑިއަމްވަނީ ފުރާލާފައެވެ. ހަމަ އެގޮތަށް ބޭރުގައިވެސް މެޗްބަލަންއައިސް އެހާގިނަމީހުންތިއްބެވެ. ދަނޑަށް ވަދެގެން ދަމުން މަލޯހް ވަށާބަލާލި ވަގުތު ޖުމާ އޭނައަށް ހަނާއަޅާލާފައި ބެސްއޮފްލަކްއޭ އިޝާރާތުން ބުނެލިއެވެ. ހަމަ އެގޮތަށް މަލީހްވެސް ޖަވާބުދިންއިރު ޝަބީން އިނީ ވަރަށް ފާޑަކަށެވެ. ޝަބީންގެ މޫނުމަތި މިލާފައިވާކަން މަލީހްއަސް ފާހަގަވީ އެވަގުތުގައެވެ. އެއްޗެއްބުނަން އަންގަހުޅުވާލިތަނުން “އެބައަންނަން..” މޭ ބުނެ ޝަބީން ނަވާރުމެންތިބި ދިމާއަށް ދިޔައެވެ. މަލީހްއަށްވެސް ވީ ހަމަ ޝަބީންއަށް ވީވަރެވެ. ގޮތަކަށް މީހާ ހިތްގޯސްވެމީއެވެ. ނަމަވެސް ކުޅުމުގައި އެކަން ނުދައްކާން ނިންމައިގެން މަލީހް ޝަބީން އައުމާއެ

ސާޅީސްފަސްމިނެޓްގެ ދެހާފް ނިމިގެން ދިޔައިރު ދެގޮތެއްނުވެ ސަޕޯޓަރުންގެ އަޑު މުޅިދަނޑުގައި ގުގުމަމުންދިޔައެވެ. ހަމައެހެންމެ މެޗްނިމިގެން ދިޔައީ މަލީހްގެ ހެޓްރިކްއަކާއެކު ހަލަނޑު ތިންލަނޑުން ތްރީވިންގް ސްޓާ ކާމިޔާބުހޯދައިގެންނެވެ. ބާކީ ތިންލަނޑުގެ ތެރެއިން ދެލަނޑު ޝަބީން ކާމިޔާބުކޮށްދިންއިރު ބާކީ ލަނޑު ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މަމްދޫހްއެވެ. ޝަބީންއަށް ހެޓްރިކް ހަދަން ލިބުންފުރުސަތުގަ މަލީހް ދިންޕާސް އޭނައަތުން މިސްވީއެވެ. އެހެންނަމަވެސް ކާމިޔާބުލިބުމާއެކު ދެކުދިންވެސް އެކީގަހެން ބައްދާލުމާއެކު ސެލެބްރޭޓް ކުރަމުންދިޔައިރު މެޗްކުޅެންފެށުމުގެ ކުރިންވީކަންތައް ހަނދާނަކުނެތެވެ.

މެޗްނިމުމާއެކު މުބާރާތުގެ ހުރިހާ ޓީމްތަށް ދަނޑަށް ހާޒިރުވީ ނިންމުމުގެ ރަސްމިއްޔާތަށެވެ. މުޅިމުބާރާތުގެ އެންމެގިނަ ލަނޑުޖަހައިގެން ރަންބޫޓްލިބުނީ މަލީހް އަށެވެ. އަދި މުބާރާތުގެ ފެއަރޕްލޭވެސް ލިބުނީ މަލީހްއަށެވެ. ނަމަވެސް އެންމެ މޮޅުކުޅުންތެރިޔާ ގެ މަގާމު ލިބުނީ ޝަބީންއަށެވެ. ދެކުދިން އަތްޖަހާލީ ބޭނުންވާ މަގާމްލިބުމުންނެވެ. ރަސްމިއްޔާތު ނިމުމާއެކު މަލީހް ޖުމާއަތަށް ރަންބޫޓު ދީފައި ރަންމެޑަލް ޖުމާގެ ކަރުގައި އަޅުވާލަދިނެވެ. އެވަގުތު އެދިމާއަށް އައި ޒިޔާދުމެންނަށް މިމަންޒަރު ވަރަށް ރީތިކޮށްފެނުނެވެ. ނަވާރުގެ ލޮލުން ކަރުނަ ހިލުނުނަމަވެސް އަތުގެ ނުފުށުން ފޮހެލީ މިވީހާދުވަހުވެސް މަލީހްގެ ފަރާތުން އޭނާއަށް އެއްވެސް ވަރަށް އިޖާބައެއްލިބިފައިނުވާތީއެވެ. އެވަގުތު ޝަބީންވެސްހުރީ ޓީމްގެ ސެލެބްރޭޝަން ފޯރީގައިކަމުން އެއިންކަމެއް އޭނާއަކަށް ރޭކާނުލައެވެ. ނިމާލް އެވަގުތުއައިސް މަލީހްގައި ބައްދާލުމަށްފަހު، މަލީހްގެ މޮޅުކުޅުމަށް ތަޢުރީފް ކޮށްލިއެވެ.

ޗުއްޓީނިމުމާއެކު ޒިޔާދުމެމާލެއަށް ދިޔައެވެ. ހަމައެގޮތަށް މަލީހްވެސް ރަށަށް ދިޔައީ ބުރުނީގެ އެތަށްބައެއްގެ ހިތްތަކުގައި ރަސްކަންކޮށްފައެވެ. ޖެނުއަރީމަހުގެ ދެވަނަ ހަފްތާގައި ރިޒަލްޓްލިބުމާއެކު މަލީހް ޝަބީންއަށް ގުޅާލީ އެކުވެރިޔާގެ ރިޒަލްޓްވެސް ރަނގަޅުވާނެކަމުގެ އުންމީދުގައެވެ. އެކޮޅުން ފޯނުނެގުމާއެކު “ހެލޯ..” ހިތްއަވަސްވެފައި މަލީހް ވާހަކަދެއްކިއެވެ. ” އޭބްރޯ.. މަގުޅަން އުޅެނިކޮށް ތިގުޅީ.. ކޮބާ ރިޒަލްޓް ނަގައިފިންތަ.. ދެންމެ ސްކޫލްއިން މިއައީ… ﷲ ގެ އިރާދަފުޅުން ހުރިހާ މާއްދާއަކުން އަހަންނަށް ލިބުނީ “އޭ” ފާސް.. އަދި އިނގޭތަ ބިޒްނަސް އިން “އޭ” ސްޓަރ .. އަހަރެންގެ ޑްރީމީ ބިޒްނަސްމޭންއަކަށްވުމަށް މިހާރު މިލިބުނީ ފައުންޑޭޝަން ސެޓްފިކެޓް.. ” ވެފައިވާ އުފަލާއެކު މަލީހްއަށް އަނގައިންބުނާނެވަގުތުވެސް ނުދީ ހުރިހާއެއްޗެއް އެކީ އެއްފައްޗަކަށް ޝަބީން އަމުނާލިއެވެ. ” އަލްހަމްދުﷲ.. ބްރޯއެކަންޏެއްނޫން.. އަހަރެންގެވެސް ޑްރީމް ޑޮކްޓަރަކަށްވުމުގެ ސެޓްފިކެޓް ލިބިއްޖެ.. ހުރިހާ މާއްދާ އަކުން “އޭ” ފާސްލިބުން.. އަދި ބަޔޯއާއި ފިޒިކްސް އިން “އޭ” ސްޓަރ.. ” ލިބުނު އުފާވެރިހަބަރާއެކު މަލީހްވެސް އޭނަގެ ކާމިޔާބީ ފާހަގަ ކޮށްލިއެވެ.

ދުވަސްތަށް ހަފްތާޔަށް، ހަފްތާތަށް މަހަށްބަދަލުވެގެން ދިޔައީ ދާދީއަވަހަށެވެ. ދަރުބާރުގޭ ޖަލްސާކުރާމާލަމް ހަލަބޮލިވެފައިވަނީ ނޭޝަނަލްޓޮޕްޓެންގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ދައުވަތުއެރުވިގެން ވަޑައިގެންތިއްބެވި އިއްޒަތްތެރިންގެ ލުއި ހީލުމާއި މަޑުމަޑުން ދެކެވެމުންދިޔަ ވާހަކަތަކުންނެވެ.

“ދެންމިއޮތީ އެންމެޝަރަފުވެރި އެއްވަނަލިބިފައިވާ ދަރިވަރުންގެ ނަންތަށް އިއުލާންކުރުން.. ” އިވިގެންދިޔައަޑާއެކު ޖުމާގެ އަތްފައި ފިނިވުމުން މަލީހުގެ އަތުގައި ހިފާލިއެވެ. ކަިއރީގައި އިން ޝަބީންއަށް މިމަންޒަރުފެނުމުން އިސްޖަހާލެވުނީ އެއީ ވާންނެތްކަމެއްކަމަށް ނިންމަމުންނެވެ. ޖުމާގެ އިތުރުން ޖުމްނާއަކީވެސް ހިތްއަލިކުއްޖެއްކަމުން ދެކުދިންވެސް އެކުދިންކިޔެވި ބިޒްނަސް ސްޓްރީމްގެ ހުރިހާމާއްދާއަކުން “އޭ” ފާސްހޯދައިގެން ވަނީ ނޭޝަނަލްޓޮޕްޓެންގެ އެއްވަނައިގައި ހިމެނިފައެވެ.

އެކުއްޖެއްގެ ނަންގޮވުމާއެކު ސްޓޭޖަށް އަރަމުން ދިޔަކުދިންތަކެކޭ އެއްފަދައިން ނަވާރު އާއި ޝަބީންވެސް ސްޓޭޖަށްދިޔައީ ހުރިހާ މާއްދާއަކުން “އޭ” ފާސް ހޯދުމާއެކު ބިޒްނަސްއިން ދުނިޔޭގެ އެއްވަނައިގައި ހިމެނިގެންނެވެ. ހަަައެގޮތަށް ޖުމާނާ އާއި ޖުމްނާވެސް އަށްވެސް ބިޒްނަސްއިން ނަވާރުމެންނެކޭ އެއްފަދައިން ދުނިޔޭގެ އެއްވަނައިގައި ހިމެނުނެވެ. އޭގެ ބަދަލުގައި މަލީހް ސްޓޭޖަށް އެރީ ހުރިހާ މައްދާއަކުން “އޭ” ފާސް ހޯދުމާއިއެކު ފިޒިކްސްއާއި ބަޔޮލޮޖީއިން ދުނިޔޭގެ އެއްވަނަ ހޯދުމުގެ ޝަރަފާއެކުގައެވެ.

ޖަލްސާނިމިގެން ދިޔައިރު ޝަބީންއާއި ނަވާރުގެ އިތުރުން ޖުމާއާއި ޖުމްނާއަށް ވެސް ސަރުކާރުގެ ސްކޮލަޝިޕްގެ ދަށުން ބިޒްނަސްގެ ދާއިރާއިން ކިޔެވުމަށް މެލޭޝިޔާއަށް ދާން ފުރުސަތުލިބުނެވެ. ހަމައެގޮތަށް މަލޯހްއަށްވެސް ސްކޮލަޝިޕް ހަމަޖެހުންނަމަވެސް މަލީހްދާންއޮތީ އޮސްޓްރޭލިއާއަށެވެ. އެހެންވެ އެކަމާ ޖުމާ އެވަގުތުވެސް ދެރަވާކަން ފާހަގަކުރިއެވެ. ޖުމްނާބޭނުންވީ ސްކޮލަޝިޕްއަށް ވުރެބޮޑަށް ރާއްޖޭގައި ހުރެގެން ކިޔަވާންކަން އޭނާވެސް ހާމަކޮށްލީ ހަމައެވަގުތުގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ތިޔަ ދިން އުފާ 31

Next

އަވްލީން (15ވަނަ ބައި)

Next
November 1, 2017

އަވްލީން (15ވަނަ ބައި)

Previews
November 1, 2017

ތިޔަ ދިން އުފާ 31

13 Comments!

  1. Layaa says:
    November 1, 2017 at 2:18 pm

    Assalaam alaikum… Kureege baithakah vure kurukoh namaves Miadhu layaa mi vaahaka up kohlee maadhamaa akee v busy dhuvahehveema.. hurihaaa kiuntheringe kibainvess maafa edhen kurukoh genessdhevuneema .. ? unmeedhukuran mibaivess thihurihaa kiuntherinnahvess kamudhaanekamah.. ???? much loves ??

  2. reader says:
    November 1, 2017 at 2:28 pm

    Yeyy. Me first. Read ethi varah

    1. Layaa says:
      November 1, 2017 at 5:45 pm

      Yess ur firat my dear?? thank you ?

  3. reader says:
    November 1, 2017 at 2:29 pm

    Reethi *. Autocorrection sucks

  4. Ma says:
    November 1, 2017 at 2:43 pm

    V reethi mi part ves

    1. Layaa says:
      November 1, 2017 at 5:47 pm

      Asslu ? … AW thank you my dear ma???

  5. dhon hiyala says:
    November 1, 2017 at 5:08 pm

    wow! varah reethi ??alhe layaa lm sure ur frm buruni

    1. Layaa says:
      November 1, 2017 at 5:49 pm

      Awwn ? .. hehe btw thank you my dear dhon hiyala ???

  6. SJK...KOREAN says:
    November 1, 2017 at 5:57 pm

    Omg. U know dhonhiyala and alifulhu stadium also??? ??hehe??
    Anyways, story hama fab inge. Varah kiyaa hiyyvaa story eh mee. N Layaa, I’m a big fan of urs ??? waiting ????

  7. zeesha says:
    November 1, 2017 at 6:54 pm

    alhey haadha loabi story ekey thankolhe avahah genes dhey thi ingey…….. story hama v reethi wow its beautiful

  8. nuz says:
    November 1, 2017 at 7:49 pm

    wow v furihama mi partvess well done dr ??????????❤??next part avass kihlahchey dr

  9. minion says:
    November 2, 2017 at 7:06 am

    Alhe mi waahaka warah reethi waane kamah mi balany… I’m very curious to know dhen waane goiy… Layaa thy hama emme best story writer❤❤❤

  10. Pinky shifoo says:
    November 2, 2017 at 5:09 pm

    Hiii Layaa… Kihineh tha? Story hama vv reethi ingey… Vv kiyaa hihvey… Waiting for next part….

Comments are closed.

Next Episodeސިއްރު ސިއްރުން ހިތޭ…(5)←


All Right Reserved!