“ޔު ރަށަށް އައީ ކޮން އިރަކު؟” ޔާލް ފެނުމުން ޝާހިނަށް އަހާލެވުނެވެ. “ދެންމެ މިއާދެވުނީ. ތި ގެޔަށް ދިޔައިރު ޔު ފެންނަން ނެތުމުން ފޯން ޓްރޭސް ކުރީ.” ޔާލް ބުނެލިއެވެ. ރާއްޖޭގަ އުޅުނުތާ 7 އަހަރު ވިޔަސް އަދިވެސް އޭނަ ދިވެހިން ވާހަކަ ދައްކާއިރު އަޅާއިގަންނަ ގޮތެއް ހުރެއެވެ. “ފަޒީލް ގުޅާފަ ރޭގަ ހާދިސާ ކިޔާދިނުމަށްފަހު އޮޕަރޭޝަން ކުރާ ވަހަކަ ބުނުމުން އިތުރަށް ކެތްނުވީ.” ޔާލް އިތުރަށް ބުނެލިއެވެ. “އަހަންނަށް އެނގޭ ތި ބަލި އަކީ ބޮޑު […]
ހިތަދޫ ރީޖަނަލް ހޮސްފިޓަލްގެ އަވަސް ފަރުވާދޭ ތަނުން ޝާހިނަށް ފަރުވާދޭން ފެށުނެވެ. ފައިހާގެ ކޮނޑުގަ ބޯ އަޅައިގެން ޝައުފާ ހުރި އިރު ހިޝާންވީ އެންމެންނާއި ވަކިން ދުރުގަ އެވެ. “އަހަރެން ހީއެއް ނުކުރަން ދުވަހެއްގަވެސް އަހަރެންގެ ކޮއްކޮގެ ލޭ އަހަރެންގެ އަތުގަ ހޭކެން ޖެހިދާނެ ކަމަށް.” ޝާނިމް އައިސް އޭނަ ކައިރީ މަޑުކޮށްލުމުން ހިޝާން ކުރަކި އަޑަކުން މިހެން ބުނެލީ ޝާހިންގެ ލެ ހޭކިފަވާ އޭނަގެ އަތަށް ބަލަހައްޓައިގެން ހުރެއެވެ. އޭނަގެ ކޯތާފަތުގަވެސް ލޭހުރި އިރު އޭނަ […]
ރޭޝްމާ ގޮސް ކޮޓަރިއަށް ވަން އިރު ޝާހިން ފެންނަން ނެތުމުން އޭނަ ޝާހިނަށް ގޮވާލިއެވެ. ދެތިން ފަހަރު ގޮވުމުންވެސް ޚަބަރެއް ނުވުމުން ރޭޝްމާ ކަންބޮޑުވިއެވެ. ކުޑަކޮށް ނަމަވެސް ފާހަނާއިގެ ދޮރު ހުޅުވިފަ ހުރުމުން ޝަވަރުން ފެން ވެއްޓޭ އަޑު ރޭޝްމާ އަށް އިވުނެވެ. ފާހަނާ ކައިރީ ހުއްޓެމުން އޭނަ އަނެއްކާވެސް ޝާހިނަށް ގޮވާލިއެވެ. ދެތިން ފަހަރު ގޮވުމުން ވެސް އޭނަ ޖަވާބެއް ނުދިނުމުން ފަސްޖެހިފަ ހުރެ ނަމަވެސް ރޭޝްމާ ފާހަނާއިގެ ދޮރު ބޮޑަށް ހުޅުވަމުން ބޯ ދިއްކޮއްލިއެވެ. […]
ރޭޝްމާ ތެދުވެގެން ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓި އޭނަގެ ލޮލަށް ލައްވާފަ ހުރި ނޫ ކުލައިގެ ލެންސް ނެގުމަށްފަހު ބޮލުގަ އަޅާއިގެން އުޅޭ ގަދަ މުށި ކުލައިގެ ރާޅު ބާންޏެއް ފަދަ ހެއާރ ވިގް ނެގިއެވެ. “އަހަންނަށް ލަނޑުދީފި ނަމަ އެނބުރި އަންނާނީ މީނަ. ރޭޝްމާ އެއް ނޫން.” ލޯގަނޑުން އޭނަގެ ސިފައަށް ބަލަމުން ރޭޝްމާ ވާހަކަ ދެއްކިއެވެ. މެންދުރު ވަޤުތެވެ. ފޯނާއި ކުޅެން ހުރި ޝާހިން ސިއްސައިގެން ދިޔައީ މާ ސީރިއެސް ކަމާއި އެކު ހުރެ […]
“މީހުން ބުނެ އުޅެނީ ތެދެއް. ދަރި ވާނީ މައި ގޮތަށް.” ޝާނިމްގެ އަޑަށް އެދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. އޭރު ދޮރުކުރިމަތީ އޭނަ ހުއްޓިގެން ހުރި އިރު އެ މޫނުމަތީގަ ލުއި ހިނިތުންވުމެއް ހުރިއެވެ. “ކިތަށް ފަހަރު ބުނާނީ ގޭގަ އަހަރެންގެ ފަޅިއަށް ނާރާށޭ؟” ޝާހިން ނުރުހިފަ އަހާލިއެވެ. “އަަހަރެން އައީ ކަމަކު އެދެން. އެކަމަކު ތި ދެ ލަވްބާރޑްސަށް ވަގުތު ދޭން ޖެހޭނެއެއް ނޫން.” ޝާނިމް ބުނެލިއެވެ. “ދެން ތި ފޮނި ވާހަކަތަށް ނުދައްކާ ވެގެން އުޅޭ […]
ހޮސްޕިޓަލަށް ގޮސް ރިޕޯޓް ނަގައިގެން ޑޮކްޓަރަށް ދެއްކި ޝާހިނަށް ލިބުނީ އުމުރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ސިހުމެވެ. އޭނަގެ ދިރިއުޅުން މުޅި ބަދަލުކޮށްލި ސިހުމެކެވެ. ލޮލަށް ޖަމާވި ކަރުނަތަށް ހިފަހައްޓަމުން ޝާހިން ދެން ދުއްވާލީ ރޭޝްމާގެ ގެޔާ ދިމާލަށެވެ. އޭރު ޔަލީނާގެ އުފަންދުވަހުގެ ޕާޓީއަށް މީހުން އައިސްފަ ތިބިއެވެ. ދެއްކުންތެރި ހިނިތުންވުމުމަކާއި އެކު އެންމެންނާއި ވާހަކަ ދައްކަމުން އޭނަ މިސްރާބު ޖެހީ ރޭޝްމާ ފެނޭތޯ އެެވެ. މިއަދު ދެއަހަރު ފުރުނު އޭނަގެ ބައްޕަ ފަރާތު […]
“ދެން ހީވޭތަ ތި ކުރުވަން އުޅޭ ކަމެއް ނުބުނަނީސް އަހަރެން ތި ކަމެއް ކުރަން އެއްބަސްވެދާނެ ހެން؟” ޝާހިން މިހެން އަހާލުމަށްފަހު ފެށީ ސަޔަށް އިންސާފުކުރާށެވެ. ދެން ޝާޔަން ދައްކަމުން ދިޔަ އެއްވެސް ވާހަކައަކަށް އޭނަ ސަމާލުކަން ނުދިނުމުން އެވާހަކަ ފަހުން ދެއްކުމަށް ޝާޔަން ނިންމިއެވެ. ހަވީރު ސަޔަށްފަހު އެ ވާހަކަ ދައްކަން ނިންމައިގެން ހުރި ޝާޔަން އަށް އެކަން ނުވީ އެކުވެރިންނާއި އެކު ޝާހިން ބޭރަށް ދިޔުމުންނެވެ. މިފަހަރު އޭނައަށް ފުރުސަތެއް ލިބުނީ ރޭގަނޑުގެ ކެއުމަށްފަހު […]
އުޑު މަތި ބަނަ ވިއްސާރަ ހަވީރެކެވެ. ވައި ގަދަވެ ކަނޑުގެ ބާނިތައް ވެސް ވަނީ އުފުލިފަ އެވެ. މަންޒަރު ކިތަންމެ ހިތްގައިމު ވިޔަސް ވިދާލާ ވިދު ވަރާއި އެކު ޖަހާލާ ގުގުރި ތަކުގެ ސަބަބުން ބޭރު ތެރޭ އުޅެން ރައްކާތެރި އެއް ނޫނެވެ. ވާރޭ ކަނި ތަކަށް ފަހު ބޮލި ބޮލި ކޮށް ވާރޭ ވެހެން ފެށި އިރު ވެސް ހުރި ތަނުން ގުޑި ލާން ވެސް ނޭނގިފަ 16 އަހަރަށް ދާ ޝާހިން ހުރި […]