އަޒްކާ ލިނާން އާއި ގާތަށް އައިސް ކައިރީގައި ހުރި ގޮނޑީގައި އިށީނދެ ވާހަކަ ދައްކަން ފެށިއެވެ.”އަހަރެން ކުރި ކަމެއް ނޫން ތީ.އެހެން ނޫނަސް ލިން އާއި އަހަރެން ފްރެންޑްވީ ވެސް މިޝަނެއްގައި. އަހަރެންނަށް ކުރަން ހަވާލުވި މަސައްކަތް މިހިސާބުން ނިމުނީ.ބާއި.” އެހެން ބުނެލުމަށްފަހު ލިނާން އަށް ވާހަކަ ދައްކާނެ ފުރުސަތެއްވެސް ނުދީ އޭނާ ނިކުމެގެން ހިނގައްޖެއެވެ.ލިނާންގެ ޚިޔާލުން ބޭރުވީ އޭނާގެ މަންމަ އޭނާ އަށް ގޮވުމުންނެވެ.މާ ގަދައަށް ބޮލުގައި ރިއްސާފައި ހުރުމުން އޭނާ ނިންމީ މިއަދު އޮފީހަށް […]
ހުވަފެނުގެ ތެރެއިން ފެންނަމުން ދިޔަ ކަންތައް ދިޔައީ ބޯ ހާސް ކުރުވަމުންނެވެ.ކުއްލިއަކަށް ސިއިގެން ގޮސް ހޭލެވުނު އިރު މުޅި މީހާ އޮތީ ދާހިއްލަ ފޯ ވެފައެވެ.ދެންމެ ފެނުނު ހުވަފެނާއި ދޭތެރޭ ވިސްނާލުމުން ހިތަށް ސިފަވެެގެން ދިޔައީ މީގެ 04 އަހަރު ކުރީގެ ހާދިސާ އެކެވެ. އެއީ އޭނާގެ ހަނދާނުން ނުފިލާނެވަރުގެ ކަމެކެވެ.ލާރީގެ ދަހިވެތި ކަމުގައި އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ އޭނާއަށް ދިން ދޯކާ ދުވަހަކުވސް ހަނދާނުން ފިލައިގެން ހިނގައިދާނެ ހެއްޔެވެ؟؟ އެއީ މީގެ 04 ވަރަކަށް އަހަރު ކުރިއެވެ. ބިޒްނަސްގެ ރޮނގުން ކިޔެވޭނެ އެންމެ މައްޗަކަށް ކިޔަވައިގެން ސިނގަޕޫރުން ލިނާން މާލެ އައުމަށް ހަމަޖެހިފައވާ ދުވަހެވެ. އޭނާ އާއި އެއްކޮށް ކޮލެޖުގައި އެންމެ ގާތްކޮށް އުޅުނު އަޒްކާ އޭނާގެ މައިންބަފައިންނަށް ދިނުމަށް ބުނެެ ބަންދު ކޮށްފައި ހުރި ކުޑަ ފޮށިކޮޅެއް ދިނެވެ. މާ ބޮޑުކަމަކަށް އެކަން ނުހެދީ އެއި އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ވެފައި އެކުވެރިޔާ އެނާއަށް ދެރަގޮތެއް ނުހަދާނެ ކަން އެނގުމުންނެވެ.ނަމަވެސް ކަންތައް ދިމާވީ މުޅިން އިދިކޮޅަށެވެ. އަޒްކާ ވެސް ލިނާން އާއި އެކު އެއާޕޯޓަށް ފުރުވާލުމަށް އައިސް ހުއްޓެވެ.ނަމަވެސް ލިނާން އަސް ނޭނގުނު ކަމަކީ އެއީ އަޒްކާގެ ޕްލޭނުގެ އެއްބައި ކަމެވެ. ލިނާން އަޒްކާ އާއި ސަލާމް ކޮށްލުމަށް ފަހު އެތެރެއްށް ވަންނަން ހިނގައިގަތް ތަނުން އަޒްކާ ނަމްބަރަކަށް ގުޅާލިއެވެ.އަދި ލިނާން ފުރަން އެތެރެއަށް ވައިން ވާހަކަ ބުނެލިއެވެ. ކުއްލިއަކަށް ސިނގަޕޫރު ސިފައިންގެ 04 މީހަކު އައިސް ލިނާންގެ އަތުގައި ބިޑި އަޅުވައިގެން ގެނދަން ފެށުމުން ލިނާން ހުރީ ވާނުވާ ނޭނގިފައެވެ. ކިހިނެއް ވެގެނ މިއުޅެނީ.؟ ކީްވޭ އަހަރެން އަތުގައި ބިޑި އަޅުވަނީ؟ ” ހައިރާންވެ ހުރެ ލިނާން އިނގިރޭސިން އެމީހުންނާއި ސުވާލުކޮށްލިއެވެ. ” ލިނާން ޑްރަގްސް ސްމަގްލް ކުރަން އުލޭކަން އަހަރެމެންގެ އިންޓެލިޖެންސަށް މަޢުލޫމާތަކުން އެނގިފައި އޮތީމަ އެހެންވެ.”އެމީހުންވެސް އިނގިރޭސިން ޖަވާބުދިނެވެ.”ވަޓް .އަހަރެންނަކީ ޑްރަގް ސްމަގްލް ކުރާ މީހެއްނޫން.” އެތާ ހުރި ޕޮލިސް އޮފިސަރު އަތުގެ އިޝާރާތުން އެންގީ އަނގަ މަޑުން ލައިގެން ހުރުމަށެވެ.އަި އޭނާގެ ފޮށްޓާއި ހުރިހާ ތަކެތި ބަލާ ފާސްކުރަން ފެށުނެވެ. އެންމެ ފަހުން އެމީހުން ކަނޑާލީ އަޒްކާާ އޭނާގެ އަތަށް ދިން ކުޑަ ފޮށިކޮޅެވެ. އޭތި ހުޅުވާލުމާއެކު ލިނާންގެ ބޮލުން ތަރި ބުރައިގެން ދިޔައެވެ.އެހެން ނުވާންވީ ސަބަބެއް ނެތެވެ..އޭގެ ފުރެންދެކަށް ހުރީ ހުސް ޑްރަގްސްއެވެ.”އަހަރެންނަށް އަހަރެންގެ ބެސްޓް ފްރެންޑަށް ގުޅާދެވިދާނެތަ؟؟”އަނެއްކާވެސް އަހަރެން އަހާލީމެވެ.އެއީ އޭނާ އެހެން އަހާލި 20 ވަނަ ފަހަރެވެ. ދެވަނަ ޑިއުޓ ބަދަލުވެގެން ދިޔަ އިރުވެސް ލިނާން އިނި ޕޮލިސް ސްޓޭޝަނުގައި ވަކި ގޮތެއް ނުނިންމިފައެވެ.ލިނާން އެހެން އިންނަތާ ދެގަޑިއިރު ފަހުން ކުއްލިއަކަށް ފެނުނީ ދޮރުން ވަދެގެން އައި އަޒްކާ އެވެ.އަޒްކާ އާއި ދިމާލަށް ބަލާފައި ލިނާން ހީލީ ސަލާމަތްވާނެ ކަމުގެ ކުޑަވެސް އުއްމީދެއް އާވުމުންނެވެ.ނަމަވެސް އަޒްކާގެ މޫނު މަތިން ފެންނަމުން ދިޔަ ވިހަ ހިނިތުންވުންފެނި އެ އުއްމީދުވެސް ހަނި ވެގެން ދިޔައެވެ.”އަޒްކާ ކީއްވެ؟؟”އޭނަގެ ދުލުން ބޭ އިޚްތިޔާރުގައި އެހެން ބުނެލެވުނެވެ.
އަޅުގަނޑުގެ ވާހަކައިގައި ކުރިން ބޭނުން ކޮށްފައި ހުރި ގިނަ ނަންތައް މިހާރު ހުންނާނީ ބަދަލުވެފައެވެ. ވެހެމުން ދިޔަ ވިއްސާރަ އަކަށް ބެލުމެއްނެތި މަންޒިލެއްނެތި ހިނގަމުން އައި އަންހެންކުއްޖާ ދިޔައީ ގިސްލާ ރޮމުންނެވެ.އޭނާގެ ރުއިމުގެ އަޑު ކޮންމެ ފަހަރަކު ފަނޑުވެގެން ދަނީ ވެހެމުން ދިޔަ ބޯ ވަރޭގެ ސަބަބުންނެވެ. އެ ކުއްޖާގެ މޫނު ފެނުނު ކޮންމެ މީހެއްގެ ހިތަށް އަސަރު ނުކޮށް ނުދާނެކަން އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ބޯ ވާރޭތެެރޭގައ ދދުއްވާލަން ނިކުމެ އުޅުނު މައިޝާން […]
އަޅުގަނޑުގެ ވާހަކައިގައި ބޭނުން ކޮށްފައި ހުރި ނަންތައް ކިޔަން އުނދަގޫ ކަމަށް ބައެއް ކިޔުންތެރިން ބުނެފައިވާތީ އަޅުގަނޑުގެ ވާހަކައިގައ ހުރި އުނދަގޫ ނަންތައް ފާހަގަ ކޮށް އިތުރު ނަންތަކެއް އަޅުގަނޑަށް ބުނެދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ކިޔުންތެރިން ތިދެއްވާ ތަރުހީބަށް ފަށްފަށުން ހުރިހާ ކިޔުންތެރިންނަށް ޝުކުރު ދަންނަވަން. ކިޔުންތެރިންގެ ފާޑުކިޔުމަކީ އަޅުގަނޑުގެ ކުރިއެރުން. ވީމާ އަޅުގަނޑުގެ ވާހަކައިގެ އެޕިސޯޑުތަކުގައި ތިޔަ ކިޔުންތެރިން ހިތްހަމަނުޖެހޭ ކަމެއް ވާނަމަ ފާހަނގަ ކޮށްދިނުމުން އަޅުގަނޑު އެކަމެއް ރަނގަޅު ކުރާނަން. […]
“މަންމަ ކާކާ އިންނާށޭ ކިޔާފަ ވާހަކަ ދެއްކީ؟؟”ހައިރާންވެ ހުރެ ޔައިކް އަހާލިއެވެ. “ޝާމް އާއި އިންނާށޭ މަންމަ ބުނީ.” އެހެން ބުނުމުން ޔައިކްގެ ހައިރާންކަންވީ އިތުރެވެ.އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެ ބުނާ ޝާމްގެ ގޮތް މަންމައަށް ރަނގަޅަށް އެނގިހުރެ ކޮއްކޮ އެވަރުގެ ފުން ވަޅުގަނޑަކަށް ވައްޓާލަން އުޅުމުން ޔައިކް އަށް ބޭ އިޚްތިޔާރުގައި އޭނާގެ މަންމަ ދެކެ ރުޅި އާދެވުނެވެ.ނަމަވެސް އެވަގުތުގެ ހާލަތަށް ބަލައި އެކަން ދޫކޮށްލީއެވެ.އަދި އިތުރަށް އެވާހަކަ ދައްކަން ބޭނުން ނުވުމުން ޒިވާމް […]
ވެހެމުން ދިޔަ ވާރެއަކަށްބެލުމެއްނެތި ވަކި މަންޒިލެއްނެތި ހިނގަމުން ދިޔަ އަންހެންކުއްޖާ ދިޔައީ ގިސްލާ ރޮމުންނެވެ.އޭނާގެ ރުއިމުގެ އަޑު ކޮންމެފަހަރަކުވެސް ފަނޑުވެގެން ދަނީ ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުންނެވެ.އޭނާގެ މޫނު މިވަގުތު ފެނުނު ކޮންމެ މީހެއްގެ ހިތަށްވެސް އަސަރު ކުރާނެކަން ހަމަ ޔަގީނެވެ. ބޯ ވާރެތެރޭގައި ދުއްވާލަން ނިކުމެ އުޅުނު ޒިވާމް އަށާއި އޭނާގެ ރައްޓެހި މައިޝާން އަށް މިއަންހެން ކުއްޖާ ފެނުނީ ވަރަށް ވެސް ކައިރި ވެފައި ހުއްޓައެވެ.ވަގުތުން ބުރަކި ޖެއްސި ނަމަވެސް މާ ކައިރިވެފައި ވުމުންނާއިއެކު […]