ލާމިހްގެ ކޮޓަރީ ދޮރުމަތީ އީރަމް މަޑުކޮއްލިއެވެ. ކުރަން އުޅޭ ކަންތަކާ މެދު ވިސްނާލަން ވަގުތު ކޮޅެއް ބޭނުންވީ ކަންނޭނގެވެ. ދެއަތުން ހިފަހައްޓާލައިން ހުރި ލެޕްޓޮޕް ގެ ސްކްރީނުން ފެންނަ ފޮޓޯއަށް އަނެއްކާ ވެސް ނަޒަރު ހުއްޓާލިއެވެ. ހިތުގައި އެތައް ސުވާލުތަކެއް ފުނިޖެހިފައިވާއިރު އެ ސުވާލުތަކުގެ ޖަވާބު އީރަމް ކޮންމެހެން ވެސް އިނގެން ބޭނުމެވެ. އޭނާ ގެ ހިތުގައި ލާމިހް އަށް ލޯބި ވާފަދައިން ލާމިހް އަދިވެސް އޭނާ ދެކެ ލޯބިވޭބާއެވެ. އެއް އަތް މަތީ ހުޅުވާފައި އިން […]
އޭގެ އަނެއް ދުވަހު މައްސަލަތައް ބަލަން ފެށިއެވެ. ޒިމްޔާ ހުރިހާ ވާހަކައެއް ފުލުހުންނައް ކިޔައި ދިނެވެ. ވާފިރުއާއި ޒިމްޔާގެ ތިން ބޭބެ އިންނައް ޒިނޭއާއި މަސްތުވާތަކެއްޗާއި ގަދަކަމުން ރޭޕް ކުރި ދައުވާ އުފުލިއެވެ. އަދި މީގެ އިތުރަށް އކި މީހުންނަށް އެކި ދައުވާކުރުމައް އޮތެވެ. މިއިން އެކަކުވެސް މިއިން ޒަމާނަކު ސަލާމަތް ވާކަށް ނެތެވެ. ……………………………………………. ދުވަސްތަށް ފާއިތުވަމުން ދިޔައީ އުފަލުގައެވެ. މީކާއީލްވެސް ފަހަން ޒިމްޔާ ކައިރިން ޖަވާބެއް ހޯދާކަށް ނޫޅެއެވެ. ޒިމްޔާއަށް މިހިނގައި ދިޔަކަންތައްތަކުން ވަގުތު […]
ހޮސްޕިޓަލްގެ ގޮނޑި ބަރީގައި އިން ޖަނާ އިރުއިރު ކޮޅާ ލޯ ފުހެލައެވެ. އެމްބިއުލާންސް އައިސް މަޑުކުރުމާއެކު ކަޔާން އެތެރެއަށް ވެއްދި ގޮތަށް އަދި އެއްވެސް ހަބަރެއް ނުވެއެވެ. އަތުގެ މަށައިގެން ވާ ތަންތަނުގައި ނަރުސްކުދިން ބޭސްއެޅީވެސް ޖަނާ އެކަމަށް ދެކޮޅުހަދަނިކޮށެވެ. ނަސީބަކުން އޭނާ އަށް މާ ބޮޑު ގެއްލުމެއް ނުލިބެއެވެ. ހޮސްޕިޓަލަށް ވަދެ ނުކުމެ ހަދާ މީހުންގެ ނަޒަރު ވެސް ޖަނާ އަށް ހުއްޓޭލެއް މަދެއް ނޫނެވެ. ކަރުނައިން ފުސްވެފައިވާ ލޯ އަނެއްކާ ވެސް ޖަނާ ފުހެލިއެވެ. […]
ކޮޓެރިއަށް ވަދެ ދޮރުތަޅުލާފަ ބަލާލިއިރު ޒިމްޔާ އޮތީ ޓައިލްސްތައް މަތީ ދެމިފައެވެ. ވާފިރު އެވަރަށް ރާ ބޯންދިން ވިއްޔާއެވެ. ދެމީހުން ޒިމްޔާ ނަގާ އެނދައް ހޫރާލާ ޒިމްޔާގެ ހެދުން އިރާލާ ހުރިހާއެއްޗެއް ބޭލުވިއެވެ. ޒިމްޔާގެ ހަށިގަނޑު ފެނުމުން މި ދެމީހުންނަށް ހީވީ ފެން ނުލިބިފަ ތިބި ބައެއްހެންނެވެ. ޒިމްޔާ ހަށިގަނޑުގެ އެކި ތަންތާ ބޮސްދޭން ފެށިއެވެ. ………………………………………….. ކޮންފަދަ ނުބައި ބައެއް ހެއްޔެވެ. އެއްގެއެއްތެރޭ ކޮންމެ މީހެއްވެސް ހިލޭ މީހެއް ގޮވައިގެން ޒިނޭ ކުރަނީއެވެ. މަސްތުގެ ހާލުގަ […]
“ދެން އަހަރެން ގޮސްލީ..” ހާރޫން އެހެން ބުނީ މިވަގުތު އެތަނުގައި ހުރުމަކީ އެހާ ބުއްދިވެރި ކަމެއްނޫން ކަމަށް ވިސްނުނީތީއެވެ. ހޮސްޕިޓަލުން ނިކުމެގެން އޭނާ އައިއިރު އެ ދެލޯ ހަމަ ރީއްޗަށްވެސް ފެންކަޅި ވެއްޖެއެވެ. އާބިދާ މިދުނިޔެ ދޫކޮށް އެދިޔައީ ކޮންފަދަ ނުބައި ފިރިއެއްގެ އަނިޔާތަކާ އެކުގައި ހެއްޔެވެ؟ އާބިދާގެ އުމުރުގެ ބޮޑުބައި ހޭދަކުރަންޖެހުނީ ރާމިޒުގެ ވަކިތަކުގެ ދަށުގައެވެ. އެ ފަކީރު އެންމެފަހުން ހީލީ ކޮން ދުވަހަކު ބާވައޭ ހާރޫންގެ ހިތަށް އެރިއެވެ. އަޝްފާން އާއެކު ހާރޫން އުނގޫފާރުން […]
“ކޮންގްރޭޓްސް ބްރޯ.” މީކާއީލް ފަޔާޒް ކޮނޑަށް އަތް ލަމުން ބުންޏެވެ. މީކާއީލްވެސް މިފަދަ ދުވަހެއް ޒިމްޔާއާއި އެކީ ހޭދަކުރަން ބޭނުމެވެ. ނަމަވެސް ޒިމްޔާ ޖަވާބެއް ދޭނެ އިރަކަށް މީކާއީލް ޖެހޭނީ ކެއްތެރިވެގެން ހުންނާށެވެ. ………………………………………….. އެންމެން މެންދުރު ކައިގެން ދިޔައީ މޫދަށް އެރޭށެވެ. ފަޔާޒް ދިޔައީ އެކި ކަހަލަ ގޯނާ އާލާއަށް ކުރަމުންނެވެ. މިޒްނާ އިނީ އާޒްއާއި ކިޔާން އާއި ޖަހާ ސަކަރާތް ބަލަން ވެލިގަނޑުގައެވެ. ނޭނގުމެއްގެ ތެރޭވިޔަސް މިޒްނާއަށް ވަނީ އާޒްއަށް ހިތް ދެވިފައެވެ. ނަމަވެސް […]
“އެހެމް އެހެމް” ޔުއާންއާއި އަފްރީން ސިއްސައިގެން ދިޔައީ އަރްމާން އައިސް ކަރު ކެހިލުމުންނެވެ. ޔުއާން އަވަހަށް ރަކިވެގެން އެހެން ދިމާލަކަށް ބަލާލިއިރު އަފްރީން ލަދުން އިސްޖަހާލިއެވެ. ********************* “ތިމީހުން މިރޭ މިތާ ތިބެންތަ ތިހާ ނަލަހެދިގެން ތި އުޅެނީ؟ މީހަކު އަޖައިބު ވެދާނެ ތިދެމީހުންނާ ހުރެ.” އަރްމާން ލާނެއް ރާގަކަށް ބުނެލިއެވެ. ހަގީގަތުގައި އަރްމާން ނިކުތީ އޮފީހަށް ވަދެލަން ޖެހިގެންނެވެ. އެއްވެސް ހާލެއްގައި އެދެމީހުން އެތާ ތިބިކަން އެނގިގެންނެއް ނޫނެވެ. ނަމަވެސް އެނގުމުން ޖެއްސުންކޮށްނުލާ ހިތް ނުފުރުނީއެވެ. […]
އަމައިރާގެ އުފަންދުވަހުގެ ހަރަކާތް ފެށިގެން ދިޔައިރު ސްކައި ހައުސްގެ ގޯތި ތެރެވަނީ މެހެމާނުން އައިސް ފުރާލާފައެވެ. އަބީގެ ވިޔަފާރީގައި ބައިވެރިވަމުން ދާ އެކި ގައުމުތަކުގެ މީހުންނަށް މަދުން ނަމަވެސް ވަނީ ދައުވަތު ދީފައެވެ. ފިޔާތޮށި ކުލައިގެ ހެދުމެއްގައި އަމައިރާ ތައްޔާރުކޮށްލައިގެން އީލާމް ނުކުތް އިރު ، އަބީ އޭނާގެ ހަގު ދަރިފުޅު އާރަވް އުރައިލައިގެން ހުއްޓެވެ. އަމައިރާއަށް އެހާ ގިނަ މީހުން ފެނުމުން އޭނާގެ މަންމައަށް އަތް ދިއްކޮށްލުމަށްފަހު އުރާލަން އެދުނެވެ. އީލާމް އަމައިރާ ގޮވައިގެން އެކި […]
ރިންގުގެ އަޑު ކަނޑައިގެން ދިޔައިރުވެސް ލާމިހް އަށް ދަބަހާއި ދިމާއަށް ބަލަަހައްޓައިން ހުރެވުނީއެވެ. ހަމަ ގައިމުވެސް އެއީ އީރަމްގެ ދަބަހެވެ. އެ ދަބަސް އެތާ އޮތުމަށް ވުރެ ލާމިހް ހައިރާންވީ އެ ނަމްބަރު ބޭނުން ކުރަނީ އީރަމް ކަން އެނގުނީމައެވެ. އަދިވެސް އެއްފަހަރު ޔަގީން ކުރުމުގެ ގޮތުން ލާމިހް ނަމްބަރަށް ޑައިލް ކޮއްލިއެވެ. ފޯނު ރިންގްވާން ފެށުމާއެކު އަވަސް ހަރަކާތަކާއެކު ދަބަހުގެ ޒިބު ހުޅުވާލިއިރު ހިތުގެ ވިންދު އަވަސް ވެފައިވާމިންވަރު އަމިއްލަ މީހާއަށް ވެސް އިހްސާސްވިއެވެ. އީރަމް […]