Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ސޫރަ

miniiiion Level 1
November 1, 2017 2 Mins Read
13 Comments

ވެހެމުން ދިޔަ ވާރެއަކަށްބެލުމެއްނެތި ވަކި މަންޒިލެއްނެތި ހިނގަމުން ދިޔަ އަންހެންކުއްޖާ ދިޔައީ ގިސްލާ ރޮމުންނެވެ.އޭނާގެ ރުއިމުގެ އަޑު ކޮންމެފަހަރަކުވެސް ފަނޑުވެގެން ދަނީ ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުންނެވެ.އޭނާގެ މޫނު މިވަގުތު ފެނުނު ކޮންމެ މީހެއްގެ ހިތަށްވެސް އަސަރު ކުރާނެކަން ހަމަ ޔަގީނެވެ. ބޯ ވާރެތެރޭގައި ދުއްވާލަން ނިކުމެ އުޅުނު ޒިވާމް އަށާއި އޭނާގެ ރައްޓެހި މައިޝާން އަށް މިއަންހެން ކުއްޖާ ފެނުނީ ވަރަށް ވެސް ކައިރި ވެފައި ހުއްޓައެވެ.ވަގުތުން ބުރަކި ޖެއްސި ނަމަވެސް މާ ކައިރިވެފައި ވުމުންނާއިއެކު ގޮސް ޖެހުނީ ކުރިމަތިން އައި އަންހެން ކުއްޖާގެ ގައިގައެވެ.ވަގުތުން ދެމީހުން ވެސް ކާރުން ފައިބައިގެން ގޮސް އެ އަންހެން ކުއްޖާ ރަނގަޅުތޯ ބަލާލި އިރު އަންހެން ކުއްޖާގެ ބޯ ފަޅައިގެން ގޮސް ފުދޭވަރަަކަށް ގިނައިން ލޭ ފައިބަމުން ދިޔައެވެ.އޭނާގެ އަތް އޮތް ގޮތުން ދެމީހުންވެސް ބެލީ ހުޅު ނެއްޓި އަތް ބިނދިފައިވާ ކަމަށެވެ.ވިންދު ބަލާލި އިރު ކިރިޔާ ވިންދު ހުރި ކަމެެވެ.ބޭރުން ލިބިފައި ހުރި ގެއްލުން އެނގުނު ނަމަވެސް އެތެރެއިން ލިިފައި ހުރި ގެއްލުން ނޭނގޭތީ ދެމީހުންވެސް އަވަސްވެގަތ އޭނާ ހަސްފަތާލަށް ގެނދިއުމަށެވެ.

އިރާކޮޅުގެ ވަގުތުގައި ގެއިން ނިކުމެގެން ދިޔަ މީހާ ގެއަށް މެންދަމުން އަލިވެ އެކެއްޖެހިއިރުވެސް ނާންނާތީ ޔަދިޔާގެ މަންމަ ޒަރާން ހުރީ ކަންބޮޑުވެފައެވެ.ކުއްލިއަކަށް ގޭތެރޭގެ ހިމޭންކަން ކަނޑުވާލީ ޒަރާންގެ ފޯނަށް އައިފޯނުންނެވެ.ޒަރާން ފޯނު ނެގުމާއެކު ޔަދިޔާ އެކްސިޑެންޓެއްވެ ހަސްފަތާލުގައި އޮތް ވާހަކަ ބުނުމުން ހީވީ އޭނާގެ ފައިދަށުން ބިންގަޑު ދެމިގެން ދިޔަހެންނެވެ.އެހެން ނަމަވެސް މީހާ ހަމައަކަށް އަޅުވާލުމަށް ފަހު އަވަސް އަވަހަށް ގޮސް ޔަދިޔާގެ އެއްބަނޑު އެއްބަފާ ބޭބެ އަށް ގޮވާ ހޭލެއްވުމަށްފަހު ހަސްފަތާލަށް ދިއުމަށް ތައްޔާރުވުމަށް ބުނެފައި ނިދަންލައިގެން ހުރި ހެދުން ބަދަލު ކުރަން ދިޔައެވެ.

ހަސްފަތާލުގެ ތެރޭގައި ނަރުހުންނާއި ޑޮކްޓަރުން ޙަރަކާތްތެރވަމުން ދިޔައީ އަވަދި ނެތިއެވެ.ނިމިގެންދާ ކޮންމެ ސިކުންތަކީވެސް ޔަދިޔާގެ ފުރާނަޔަށް ހުރި ނުރައްކަލެކެވެ.މައިޝާން އާއި ޒިވާމް އެއީ ކާކުކަން ނޭނގުނަސް ދެމީހުން ވެސް ތިބީ ފާޑަކަށް ގަނޑު އަރާފައެވެ.ޔަދިޔާގެ މަންމަ އަށް ގުޅަން ހިތަށް އައީ ވެސް އެތަނުން ނަރުހަކު އެމީހުން ކައީރީގައި އޮޕަރޭޝަން ކުރަން ފޯމުގައި ސޮއި ކުރަން ބުނުމުންނެވެ.ނަސީބަކުން އެވަގުތު މައިޝާން އޭނާ އުފުލާލި ވަގުތ އޭނާގެ ފޯނު ބިންމައްޗަށް ވެއްޓުމުން ޒިވާމް ފޯނު ނެގީއެވެ.

“މަގޭ ދަރިފުޅު ކޮބާ؟؟” އެންމެން ސިއްސައިގެން ދިޔައީ އެތެރެއަށް ވަދެގެން އައި އަނހެން މީހާގެ ރުއިމުގެ އަޑަށެވެ.ޒިވާމްވާހަކަ ދައްކަން އަނގަ ހުޅުވާލިނަމަވެސް ޖަވާބު ދޭން އޭނާގެ އަނގަ ހަރަކާތެއް ނުުރިއެވެ.އެތަނުން ނަރުހަކު އައިސް އަވަހަށް ސޮއިކޮށް ދިނުމަށް އެދި ގަނޑު ދިނުމުން އަވަހަށް ސޮއި ކުރުމަ ށް ފަހު އޭނާގެ ދަރިފުޅު ސަލާމަތް ކޮށް ދިނުމަށް އެދި ބުންޏެވެ.08 ގަޑިއިރުގެ ކާމިޔާބު އޮޕަރޭޝަނަކަށް ފަހު ޑޮކްޓަރު ނިކުތީ ވަރަށް އުފާވެފައި ހުރެގެންނެވެ. ޑޮކްޓަރު ނިކުތް ކަންނޭގެ ޔަދޔާގެ މަންމަ އައިސް އޭނާގެ ދަރިފުޅުގެ ހާލަތާއި ބެހޭ ގޮތުް ސުވާލުކުރިއެވެ.”އޮޕަރޭޝަން ކާމިޔާބު.އެހެން ނަމަވެސް 02 ގަޑިރުތެރޭގައި ހޭ ނާރައިފި ނަމަ ކޯމާއަކަށް ނުގޮސް ހުރެދާނެއޭ ބުނަން ވަރަށް ދަތި.”އެހެން ބުނުމަށްފަހު ޑޮކްޓަރު އުތުރަށް ކުރަންޖެހޭ ކަންތަށް ނަރުސް ކުއްޖާއަށް ކިޔައިދޭން ފެށިއެވެ.”ދައްތާ!އަޅުގަނޑު ވަރަށް ބޮޑަށް މާފަށް އެދެން ދައްތަގެ ކިބައިން.އަޅުގަނޑުމެން ދުއްވާފައި ދިޔަ ކާރުގައި އެ އަންހެން ކުއްޖާ ޖެހުނީ.ވާރޭބޯ ކަމުން އެއްވެސް ތަނެއް ނުފެނޭ.ވަރަށް ކައިރިއަށް އައިފަހުން ކުއްލިއަކަށް ފެނުނީ މަގުމެދުން އެ އަނހެން ކުއްޖާ ހިނގާފައި އަންނަނިކޮށް.ބުރަކި ރަނގަޅު ވަގުތުގައި ޖެއްސުނު،އެހެން ނަމަވެސް މަގުމަތީގައި ފެން ހުރުމުން ކަހާލާފައި ގޮސް ޖެހުނީ.އަޅުގަނޑު އެ އަންހެން ކުއްޖާގެ ބޭސް ފަރުވާއަށް ކުރެވެން ހުރި ހުރިހާ ހަރަދެއް ކުރާނަން.އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރަނގަޅުވާނެ.”މައިޝާންގެ ވަރަށް މަސައްކަތުން ޒިވާމްގޮސް ވީ ގޮތް ކިޔައިދިނެވެ.ކިޔާދީ ނިމެންދެން ޒަރާން ވެސް އަދި ޔައިކް ވެސް ބަހެއް ނުބުނެ އަޑު އަހަން ހުއްޓެވެ.އިރު ކޮޅަކުން ޒަރާން ޒިވާމްގ ގައިގައި ބައްދާލުމަށް ފަހު ރޯން ފެށިއެވެ. “ދައްތަ ތި ކުދިން ކުއްވެރި އެއް ނުކުރާނަންް.ހުރިހާވެސް މައްސަލައަކީ ދައްތަ.ޔަދިޔާ ކުރަން ބޭނުން ނުވާ ކައިވެންޏަކަށް ބާރު އެޅުނީ.މިއަދު އެ ރުޅި މަތީގައި ޒުވާބު ކޮށފައި ނިކުމެގެން ދިޔަ ގޮތަށް ނައިސްގެން ދައްތަ ހުއްޓާ ގުޅާފައި ބުނީ އެކްސިޑެންޓް ވެގެން އުޅޭ ވާހަކަ.”މާ ގިނައިން ރުއިމުގެ ސަބަބުން ގިސްލެވެމުން ޒަރާން ބުންޏެވެ. ޔައިކް ހުރީ މަންމަ ދައްކާ ވާހަކަ އެއްވެސް ވަރަކަށް ދޭހަ ނުވެފައެވެ. “މަންމަ ކާކާ އިންނާށޭ ކިޔާފަ ވާހަކަ ދެއްކީ؟؟”ހައިރާން ވެ ހުރެ ޔައިކް އަހާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

miniiiion

Level 1

Other Articles

Previous

މީޝާ (8)

Next

އީލާމް -20

Next
November 1, 2017

އީލާމް -20

Previews
November 1, 2017

މީޝާ (8)

13 Comments!

  1. Saa says:
    November 1, 2017 at 9:57 pm

    Heevey reethi vaanehen.. vaahaka nimendhen upkurahchey

    1. miniiiion says:
      November 1, 2017 at 11:22 pm

      thankyou so much.. iraadha kurevviyya nimendhekah upload kuraanan.

  2. √! ® says:
    November 1, 2017 at 10:02 pm

    Salhi.. When next part

    1. miniiiion says:
      November 1, 2017 at 11:23 pm

      thankyou so much..
      iraadha kureviyya maadhan upload kohla dheynan.

  3. Alvyn says:
    November 1, 2017 at 10:59 pm

    Story v reethi… Best of luck dear?

    1. miniiiion says:
      November 1, 2017 at 11:24 pm

      thankyou so much..

  4. Xesh says:
    November 1, 2017 at 11:03 pm

    Kon kahala name eh yadhiyaa

    1. miniiiion says:
      November 1, 2017 at 11:25 pm

      🙂

  5. mal says:
    November 1, 2017 at 11:59 pm

    vara reethi but kuru vara

    1. miniiiion says:
      November 2, 2017 at 12:54 am

      thankyou so much. insha allah next part will be longer than this.

  6. Hassan says:
    November 2, 2017 at 6:12 am

    Beynun kohffa nan thah varah bolah undhagoo

  7. shereen says:
    November 2, 2017 at 8:06 am

    Varah reethi. Kiya hithun Kiya levunu. 🙂

  8. Ammuty says:
    November 2, 2017 at 6:32 pm

    Zaraan haadha hadi ey anhenakah kiyan..nanthah maa unique kuran.hadhaigen nan thah hadivefa. Maishan & zivam reethi

Comments are closed.

Next Episodeސޫރަ 2←


All Right Reserved!