
ހަޤީޤަތް ނޭނގެނީ ކީއްވެބާ…؟ ( 2ވަނަ ބައި)
“ދެން ހީވޭތަ ތި ކުރުވަން އުޅޭ ކަމެއް ނުބުނަނީސް އަހަރެން ތި ކަމެއް ކުރަން އެއްބަސްވެދާނެ ހެން؟” ޝާހިން މިހެން އަހާލުމަށްފަހު ފެށީ ސަޔަށް އިންސާފުކުރާށެވެ. ދެން ޝާޔަން ދައްކަމުން ދިޔަ އެއްވެސް ވާހަކައަކަށް އޭނަ ސަމާލުކަން ނުދިނުމުން އެވާހަކަ ފަހުން ދެއްކުމަށް ޝާޔަން ނިންމިއެވެ.
ހަވީރު ސަޔަށްފަހު އެ ވާހަކަ ދައްކަން ނިންމައިގެން ހުރި ޝާޔަން އަށް އެކަން ނުވީ އެކުވެރިންނާއި އެކު ޝާހިން ބޭރަށް ދިޔުމުންނެވެ. މިފަހަރު އޭނައަށް ފުރުސަތެއް ލިބުނީ ރޭގަނޑުގެ ކެއުމަށްފަހު އެންމެން ބޮޑުކޮޓަރިއަށް އެއްވުމުންނެވެ. ޝާޔަންގެ ބަދަލުގަ މި ފަހަރު އެ މައުޟޫ އާއި ގެން ކުރިއަށް ދާން ނިންމީ ޝައުފާއެވެ. “އޭރު ޝާޔަން ދައްކަން އުޅުނު ވާހަކައަކީ މީގޭ ހަފްތާއެއްވަރު ފަހުން ރިއާ އަށް 7 އަހަރު އެބަ ފުރޭ. އެހެންވީމަ އަހަރެމެން މި ނިންމީ އޭނަގެ އުފަންދުވަސް ވަރަށް ކުލަ ގަދަ ކޮށް ފާހަގަ ކުރަން.” ޝައުފާ ބުނެދިނެވެ. “އާނ. ދެން ތި މީހުން ނިންމި ގޮތަކަށް ތި މީހުން ކަންތަށް ކޮށްބަލަ. އަހަންނެއް ތި މީހުންނަށް އުނދަގުލެއް ނުކުރާނަން.” ޝާހިން ބުނެލިއެވެ. “ޝާހިންގެ އެހީ އާއި ނުލާ އަހަރެމެންނަށް މި ކަން ވާކަށް ނެތް.” ޝާޔަން ބުނެލިއެވެ. “އަހަރެންގެ މަޝްވަރާ އާއި ނުލާ ތި ކަން ރޭވީ. އެހެންވީމަ. އަހަރެންގެ އެހީ އާއި ނުލާ ތި ކަން ކޮށްބަލަ.” ޝާހިން ފޫހިގޮތަކަށް ބުނެލިއެވެ. “ދަރިފުޅު ދެން މި ކަންތަށް ހަމަޖައްސާ ދީބަލަ.” ފައިހާ އެދުނެވެ. “މަންމާ. އަހަރެން މި ދުވަސް ކޮޅު ވަރަށް ބުރަ. އޯ ލެވެލް ފެށެން މި އޮތީ ހަފްތާތަކަށްވެފައި. އޭގެ ކުރިން ދިވެހި ކުލަބުން ދެތިން ހަރަކާތެއް އެބަ ހިންގާ. ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާއަށް ތައްޔާރު ކުރަން އެބަޖެހޭ. އަދި ޔުނިވާރސިޓީ ކުދިންގެ ގްރެޖުއޭޝާނަށްވެސް. އަހަންނަކަށް ތި ކަމެއް ވާކަށެއް ނެތް.” ޝާހިން ވިސްނައިދޭފަދަ ގޮތަކަށް ބުނެލިއެވެ. “ވަޤުތަކީ ހޯދީމަ ލިބޭ އެއްޗެކޭ.” ނި އެ މީހުން ރޭޝްމާ އމާ އެޑޮޕްޓް ކުރިއިރު އަދި އޭނައަށް އައިސް ވަނެވެ. ބިޒްނެސް ޝާނިމް ބުނެލިއެވެ. “އެންޑް އަހަރެން ތި ވަޤުތެއް ހޯދަންވެސް ބޭނުމެއް ނޫން.” ޝާހިން މިހެން ބުނުމަށްފަހު އޭަނަގެ ކޮޓަރިއަށް ދިޔައެވެ. “ރިއާ ވަރަށް މި ދުވަހަށް ލުކްފޯވާރޑް އެބަ ކުރޭ.” ރީނާ ބުނެލިއެވެ.
“ދުނިޔެ މަށަށް އަނދިރިވީ…” “ފަޒީލް ހެޔޮ ނުވާނެ ހުއްޓާލަބަލަ.” ޑެސްކުން ބޯ ނަގަމުން ޝާހިން ނުރުހިފަ އެދުނެވެ. ރޭގަ އެއް ގޮތަކަށްވެސް ނިދި ނައުމުން ޝާހިންގެ ބޮލުގަ ރިއްސަނީ އެހާ ވަރަށެވެ. “ކިހިނެތްވެފަ ތި ހުރީ؟” ރޭޝްމާ އަހާލިއެވެ. “ކަމެއް ނުވޭ.” ޝާހިން ބުނެލިއެވެ. “އެނގޭތަ ރޭޝް އަކީ މިހާރު މިލިޓަރީ ސްކޫލްގަ ހުރި އެންމެ ހައި ރޭންކްޑް ސްޕައި ކަން؟” ރޭޝްމާ ލޯ ހަނިކޮށްލަމުން އަހާލިއެވެ. “ތި ބިރު ނުދެއްކިޔަސް ހެވޭ. ކުޑަކޮށް ބޮލުގަ ރިއްސައިގެން މި އުޅެނީ.” ޝާހިން ބުނެލިއެވެ. “އެ ކީއްވެ؟ ރީޝް މި ކްލާހަށް ނުޖެހުމުންތަ؟” ދަބަސް ތެރެއިން ޗިޕްސް ޕެކެޓެއް ނަގަމުން ރޭޝްމާ އަހާލިއެވެ. “ނޫން. އަދި އަހަރެން ލޯބީގަ ތިހާ ދީވާނާ އެއް ނުވޭ.” ޝާހިން މިހެން ބުނުމުން ރޭޝްމާ އާއި ފަޒީލް އެކަކު އަނެކަކަށް ބަލާލިއެވެ. “ދިވާނާ ނުވާ ނަމަ 14 އަހަރު ނުވަނީސް ރައްޓެހިވި ސަބަބު ބުނެދީބަލަ؟” ފަޒީލް އެދުނެވެ. “ދެން ހެޔޮނުވާނެ ހުއްޓާލާ.” ޝާހިން އެދުނެވެ. “މައްސަލައެއް ނެތް.” ފަޒީލް ބުނެލިއެވެ. “އޯހ. އަހަރެން ހަނދާން ނެތުނީ ބުނަން. އަހަރެންނަކަށް މާދަމާ ސުކޫލަކަށް ނާދެވޭނެ. ހޮސްޕިޓަލަށް ދާން ކަމަށް މި އުޅެނީ.” ޝާހިން ބުނެލިއެވެ. “އެންމެފަހުން ދާން ނިންމައިފި ދޯ؟” ފަޒީލަށް އަހާލެވުނެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނު ވަގުތެވެ. އޭނަ ބުނި ގޮތަށް އެ ދުވަހު ޝާހިން ދިޔައީ ޑޮކްޓަރަށް ދައްކާށެެވެ. އޭނަ އާއި އެކު ހިޝާން ދިޔައެއް ކަމަކު ޑޮކްޓަރަށް ދައްކަން ވަންނަން ޖެހުނީ އޭނަ އެކަނިއެެވެ. އެވަގުތާއ ދިމާކޮށް ހިޝާނަށް މުހިއްމު ކޯލެއް އައުމުންނެވެ. ޑޮކްޓަރަށް ދެއްކުމުން އޭނަ އެދުނީ ލޭގެ ޓެސްޓު ހެދުމަށްފަހު އެހެން ޑޮކްޓަރަކަށް ދެއްކުމަށެވެ. ޓެސްޓު ހަދަން ލޭ ދިނުމަށްފަހު ގެޔަށް ދާން ނިކުތް ޝާހިން ހުއްޓުނީ ޝާޔަންގެ އެއްބަނޑު ދައްތަ އައިސް އޭނަގެ ކުރިމަތީ ހުއްޓުމުންނެވެ. “ލޯބިވާ ބޭބެ ވެސް މިތަނަށް އެކަނި ކޮށްލާފަ ޑިއުޓީއަށް ހިގަޖެއްދޯ؟” ޔުމްނާ ހެވިލާފާ އަހާލިއެވެ. “ކަލޭގެ ލޯބިވެރިޔާ މިކަހަލަ ތަނަކަށް ކަލޭ ދޫކޮށްލާފަ ދިޔުމުން އެ ބުނީ އެންމެނާއި މެދު ކަން ވާނީ އެހެން އެކޭ ނޫން.” ޝާހިން ހުޝިޔާރުކަމާއި އެކު ރައްދެއް ދިނެވެ. “ކިޔާ ކޮންމެ އެއްޗަކަށް ރައްދެއް ދޭން ޖެހޭތަ؟” ޔުމްނާ ނުރުހިފަ އަހާލިއެވެ. “ރައްދެއް ބޭނުންނޫންނަމަ އެއްޗެކޭ ނުކިޔުމުން އެ ނިމުނީއެއް ނޫން. އެކަކުވެސް މަޖުބޫރެއް ނުކުރޭ ވިއްޔާ.” ޝާހިން މިހެން ބުނެފަ ދިޔައެވެ.
ހަވީރު ވަޤުތެވެ. އެކްސްޓްރާ އަށް ދިޔަ ޝާހިނަށް ހަމަޖެހުމުގެ ނޭވާއެއްލެވުނީ އެދުވަހު ރޭޝްމާ ނައަންނަކަން އެނގުމުންނެވެ. އެހެންކަމުން އޭނަ އަވަސް އަވަހަށް ގޭތެރޭ ހިނގާ ކަންތައް ފަޒީލަށް ކިޔާދިނެވެ. “ދެން ރޭޝަށް ސިއްރުކުރަނީ ކީއްވެ؟” ފަޒީލް އަހަލިއެވެ. “އެތަށް ދުވަހަކަށްފަހު އޭނަ މޫނުމަތިން އުފާވެރިކަން އެ ފެންނަނީ. ނޫނަސް އެ އާއިލާއަށް ވެސް އެފަދަ އުފަލެއް އެ ލިބުނީ އަހަރުތަކަށްފަހު. އަހަރެން ބޭނުމެއް ނޫން މިކަމުގަ ރޭޝް ބައިވެރިކުރާކަށް.” ޝާހިން ބުނެދިނެވެ. “ދެތިން ދުވަސްވީ އިރުވެސް ޔު ގެ ބައްޕަ ޔު އާއި އަނގައިންވެސް ނުބުނަންވީ ކީއްވެ؟” ފަޒީލް ވިސްނިއްޖެކަމަށް ބުނަމުން އަހާލިއެވެ. “އަހަންނަކަށް ނޭނގޭ. ބައްޕަ ބޭބެ އާއި ވާހަކަ ދެއްކޭތޯ ވަރަށް ބަލާ. އެކަމަކު އަހަންނާއި ވާހަކަ ދައްކަން މަސައްކަތެއްވެސް ނުކުރޭ. ނޫނަސް އަހަރެންވެސް ވަކި ވާހަކައެއް ދައްކާ ހިތެއް ނެތް. 16 އަހަރުވަރު ވަންދެން ހުރި ތަނެއްގަ ހުރެފަ އައުމުން އެހާ އަވަހަށް ކިހިނެތް ހިތްހެޔޮ ކުރެވޭނީ؟ އެކަމަކު މިވީ 16 ވަރަކަށް އަހަރުތެރޭ ދޮންތަ އަށް ގުޅާ. އަހަންނާއި އެކަނި ގުޅުމެއް ނުބާއްވަނީ. ދެން ވަކި އަހަރެންވެސް ބާއްވާ ހިތެއް ނެތް.” ޝާހިން ބުނެލިއެވެ. “ތި ކަމެއް ނޫން. އެ ކުއްޖެއްގެ ޕާޓީ؟” ފަޒީލް އަހާލިއެވެ. “ނެތް ފާހަގަ ކޮށްދޭ ހިތެއް. އެ އަދި އެންމެ ބުރަ ހަފްތާ. ދެން ކިހިނެތް އެ ކަން ކޮށްދެވޭނީ؟ ނޫނަސް މާ ވަރު އަރުވާފަ އޭނަގެ އުފަންދުވަސް ފާހަގަ ކޮށްދޭން އަހަންނެއް ނޫޅެން.” ޝާހިން ފޫހިކަމާއި އެކު ބުނެލިއެވެ.
އެކްސްޓްރާ ނިންމާލުމަށްފަހު ޝާހިން ގެޔަށް އައި އިރު ބޮޑުކޮޓަރި ތެރޭ ގޭގެ މީހުން ތިބި އަޑު އިވުނެވެ. މި ވަގުތު އެއްވެސް ބަޔަކާ ކުރިމަތި ލާން ބޭނުންނުވުމުން ޝާހިން ގޯތި ތެރެއިން ލައިގެން ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. ސުކޫލުގެ މަސައްކަތުގައި އުޅުމަށްފަހު ދެން އޭނަ ފެށީ ކޮޓަރި ތެރެ ކުޑަކޮށް ސާފު ކޮށްލާށެވެ. އެގޭގެ ބަޔަކަށް ޝާހިން އުޅޭކަން ވެސް އެނގުނީ އިޝާ ނަމާދަށްފަހު އޮޅިގެން އައިސް ގޭތެރެއަށް ވަދެވުމުންނެވެ. “ޝާހިން. ހާދަ ލަހުން ތި އައީ. މަންމަ މި ހުރީ ހާދަ ކަންބޮޑުވެފައޭ.” ފައިހާ ބުނެލިއެވެ. “އާނ. ކަންބޮޑުވެފަ ހުރި ވަރު ވަރަށް ރީއްޗަށް ފެނުނު.” ޝާހިން މަޑު މަޑުން މިހެން ބުނެލީ އޭނަ އައިސް ވަން އިރު ފައިހާ މާ ހެވިފަ ވާހަކަ ދައްކަން ހުރިތަން ފެނުމުންނެވެ. “އަހަރެން ގޭގެ ހުންނަތާ ކޮން އިރެއް.” ޝާހިން އައިސް ފައިހާ ކައިރީ އިށީންނަމުން ބުނެލިއެވެ. “ދަރިފުޅާ. ރިއާގެ އުފަންދުވަހުގެ ޕާރޓީ އަށް ތައްޔާރު ކޮށްދޭން ދެން އެއްބަސްވެބަލަ.” ފައިހާ އެދުނެވެ. “މަންމާ. އަހަރެން މީގެ ކުރިން ދުވަހަކުވެސް މަންމައަށް ނޫނެކޭ ބުނެފަ އެއް ނޮއޮންނާނެ. އަދި މިއަދުވެސް ބުނާކަށް ބޭނުމެއް ނޫން. އެކަމަކު އަހަންނަށް ތި ކަމެއް ވާން ނެތް.” ޝާހިން ބުނެލިއެވެ.
“އެ ކީއްވެ؟” ޝައުފާ އަހާލިއެވެ. “ދެ ހަފްތާ ފަހުން އަޔާނީ ދައްތަ އާއި ޔައީޝްބެ ގެ ކައިވެނި އެބައޮތް. ތި އެންމެނަށް އެނގެއެއް ނޫން އެ ނުލާހިކު ބޮޑުކޮށް ބާއްވާނެ އެއްޗެއްކަން. ނޫނަސް މި ފެށޭ ހަފްތާ ތެރޭ އެ ކައިވެނީގެ ކަންތައްތައް އެބަ ފެށޭ. ރިއާގެ އުފަންދުވަހުގަ އެ މީހުން އެންގޭޖްކުރަނީ. އޭގެ ކުރީ ދުވަހަކީ ޔަލީނާގެ ދެވަނަ އުފަންދުވަސް. އެވެސް އެހާ ކުލަގަދަކޮށް ފާހަގަ ކުރާ އެއްޗެއް. ހަމަ އެ ހަފްތާ ތެރޭ އަހަރީ އިނާމު ދިނުމުގެ ޖަލްސާ އޮތީ. ރިއާގެ އުފަންދުވަހާއި އޭގެ ކުރީ ދުވަހުގެ ހެނދުނު ބަހުސް މުބާރާތް އޮތީ. އަހަރެން ކިހިނެތް ތި ހުރިހާ ކަމެއް މެނޭޖް ކުރާނީ؟ އަހަރެމެން އެންމެން ނުލާހިކު ބުރަ. ދޮންތަގެ ކައިވެނި ޑިސެމްބަރު މަހުގަ އޮތަސް އެކަމަށްވެސް މިހާރުއްސުރެން މިދަނީ ތައްޔާރުވަމުން.” ޝާހިން ބުނެދިނެވެ. “ދެން ދަރިފުޅާއި އެކު މަސައްކަތް ކުރަން ދޮންތަމެންވެސް މި ތިބީ އެއް ނޫން.” ފައިހާ ބުނެލިއެވެ. “އަހަރެން ހުރެގެންނެއް ނޫން ވަކި ދޮންތަމެންނަށްވެސް އަހަންނާއި އެކު މަސައްކަތް ކުރެވޭނީ.” ޝާހިން މިހެންބުނެލުމަށްފަހު ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ.
އޭނަ ގޮސް ވަންތާ މާ ގިނައިރު ތަކެއް ނުވެ ޝާނިމް އައިސް ވަނެވެ. “ހުއްދައެއްވެސް ހޯދުމެއް ނެތީތަ؟” ޝާހިނަށް އަހާލެވުނެވެ. “ފުރަތަމަ ފަހަރަށް މާފު ކޮށްލާ.” ޝާނިމް ބުނެލިއެވެ. “މި ތަނަށް ތި އައީ އެ ވާހަކަތަށް އަހަރެން ގާތު އަލުން ދައްކަން ނަމަ ބުނެލަން އޮތީ މާފުކުރާށޭ. އަހަރެން ނިންމި ގޮތް ބަދަލެއް ނުކުރާނަން.” ޝާހިން ބުނެލިއެވެ. ޝާނިމް އިތުރަށް އެއްޗެކޭ ބުނެލަން އުޅެނިކޮށް ޝާހިނަށް ފޯނެއް އައެވެ. ޝާހިން ފޯން ކަންފަތުގަ ޖަހަމުން ވީ ކީއްހޭ އަހާލިއެވެ. “ޑޮކްޓަރަށް ދެއްކީމަ ބުނީ ކީކޭ؟” ރޭޝްމާ އަހާލިއެވެ. “ލޭގެ ޓެސްޓެއް ހަދަން ދިނީ. ދެން އެެދުނީ އެ ލިބުމުން އެހެން ޑޮކްޓަރަކަށް ދައްކަން.” ޝާހިން ބުނެލިއެވެ. “އޯހ. ދެން ޓެސްޓުގެ ނަތީޖާ ލިބޭނީ ކޮންއިރަކުން؟” ރޭޝްމާ އަހާލިއެވެ. “މާދަން އެ ބަލާ ދާން ކަމަށް މި ހުރީ.” ޝާހިން ބުނެލިއެވެ. އެއަށްފަހު ދެން އެ ދެމީހުން ފެށީ އެކި ވަހަކަތަށް ދައްކާށެވެ. އޭނައަށް ޝާހިންގެ އެއްވެސް ސަމާލުކަމެއް ނުލިބުމުން ޝާނިމް އެންމެ ފަހުން އެތަނުން ނިކުމެގެން ދިޔައެވެ. ޝާނިމް ދިޔަތާ އިރުކޮޅެއްފަހުން ރޭޝްމާ ފޯން ބޭއްވިއެވެ. “ކީއްވެ އެހެން މީހުން އެ ބުނާ ކަހަލަ ކަމެއް ނުވީ. ބައްޕަ ފެނުމުން ހިތަށް އަސަރެއްވެސް ނުކުރި. ދެން އެހެންތާ ވާނީ. 16 އަހަރު ދުވަހުގެ ދުރުމިން ދެތިން ދުވަސްތެރޭ ދުރުނުވެވޭނެ ވީއްޔާ. ނޫނަސް އަހަރެންވެސް މާ ލޯބިވާ މީހެއް ނޫން ވިއްޔާ އެއީ.” ޝާހިން ހިތާހިތުން ވާހަކަ ދެއްކިއެވެ.
ޖެހިގެން އައި ދުވަހުގެ މެންދުރު ވަގުތެވެ. ކޮޓަރި ކައިރީ ހުރި ހިޔާ ލިބޭ ބޮޑު ގަހެއްގެ ދޮށުގައި ގޮނޑި އަޅާއިގެން އިށީދެގެން ޝާހިން ހުރީ ފިނިކޮށްލުމަށެވެ. ހެނދުނު ހޮސްޕިޓަލަށް ދާން ނިންމާފަވެސް ހަވީރަށް ފަސްކޮށްލަން ޖެހުނީ ހިޝާންގެ ކޮޓަރީގެ ކަރަންޓުގެ ކުޑަ މަސައްކަތެއް ކޮށްދޭން ޖެހުމުންނެވެ. އުމުރުން 11 އަހަރުން ފަށައިގެން ސުކޫލްގަ ބާއްވާ އެކި ހަރަކާތްތަކުގަ ކަރަންޓުގެ މަސައްކަތުގައި ޝާހިން ބައިވެރިވެ އުޅުނީ އެކަމަށް ހުންނަ ފޯރިއެއްގެ ސަބަބުންނެވެ. މިހާރު ރާއްޖޭގަ އެންމެ ނަން ހިނގާ ޓެކްނީޝަން އަދި އެލެކްޓްރީޝަން ހަނަސްގެ ދަށުން މަސައްކަތް ކުރުމުން އަންނައިރު އޭނައަށް ވަނީ އެ ދާއިރާއިން ގިނަ އެއްޗެއްހި ދަސްވެފައެެވެ.
އިރުކޮޅަކުން ހިޝާންގެ ދެމެފިރިން ފިޔަވައި އެގޭގަ ތިބޭ އެންމެންވެސް އެތަނަށް އައެވެ. ޝާހިން އެ އެންމެނަށް ފަރުވާތެރިކަމާއި އެކު ބަލާލިއެވެ. “ގޮތެއް ނިންމައިފިންތަ؟” ފައިހާ އަހާލިއެވެ. “މަންމާ. ހެޔޮނުވާނެ. އަހަރެން ބުނެފީމެއް ނޫން އަހަންނަށް ތި ކަން ވާކަށް ނެތޭ.” ޝާހިން ބުނެލިއެވެ. “އަމިއްލަ ކޮއްކޮއަށްވުރެން މުހިއްމުވީ އަޔާނީތަ؟” ޝައުފާ ނުރުހިފަ އަހާލިއެވެ. “ކީއްވެ ނުވަންވީ؟ އިޒާލް އަހަންނަށްވުރެން އަހަރަކަށް ދޮށީ ވިޔަސް އަހަރެމެން އެހާ ގާތް. އެ ގާތް ކަމުގެ ސަބަބުން އެ އާއިލާ އާއި ގާތްވި. ދެން ރޭޝް އައީ. އޭނަވެސް ދެކެނީ އަހަރެން މިއީ ގާތް މީހެއް ކަމަށް. އަޔަނީ ދައްތަ އަހަރެން ދެކެނީ އާއިލާގެ ގޮތުގަ. ދެން ތި ބުނި ކޮއްކޮއެއް. އެއީ ދެންމެ އަހަންނަށް ތަޢާރަފްވި މީހެއް.” ޝާހިން ނުރުހިފަ ބުނެލިއެވެ. “ދެން ތި ކަން ކޮށްދޭން އެހެން މީހެއް ހޯދަބަލަ.” ޝާހިން ބުނެލިއެވެ. “ނެތީމަ އެއް ނޫން މި އައީ. ނޫނަސް މި ރަށުގަ ޕާޓީ ޕްލޭނާރސެއް ނުތިބޭ. ރަސްމީ ނުވިޔަސް ތިއީ ތިބި ބަޔަކީ.” ޝައުފާ ބުނެލިއެވެ. “ޝައު. އަހަންނަކަށް ހީއެއް ނުވޭ ޝައުގެ ތި މަލްޓި ޓެލެންޓެޑް ކޮއްކޮ އަށް ހަޤީޤަތުގަ އެއްކަމެއް ވެސް ކުރަން އެނގޭހެން.” ޝާނިމް މަލާމާތުގެ ރާގަކަށް މިހެން ބުނެލީ ޝާހިންގެ ލޭ ކަކުވަމުންނެވެ. “އެހެންތަ؟ އެހެންވީމަ، ކަންކުރަން އެނގޭ މީހާ ކަން ކުރަންވީއެއް ނޫން. އަހަންނަށް އުދަނގޫ ތި ކުރަނީ ކީއްވެ؟ ގެތެރެއަށް އައިސް ފައި އެޅި ފަހުން ގޭގެ ހަމަޖެހުން ނަގާލުމަށް ކޮންމެވެސް އެއްޗެކޭ އެބަ ކިޔާ.” ޝާހިން ނުރުހިފަ ވާހަކަ ދެއްކިއެވެ. “ޝާހިން. މޮޔަވީތަ؟ އިހްތިރާމް ކޮށްބަލަ.” ފައިހާ ރުޅިއައިސްފަ ބުނެލިއެވެ. “އިހްތިރާމްގެ މާނަ އާއި އެ ކުރަންވީ ހާލަތްތައް އެނގިގެން ތިބެ އަހަރެން ގާތު އިހްތިރާމް ކުރަން އެދިބަލަ.” ޝާހިން މިހެން ބުނުމަށްފަހު އެތަނުން ދާން ހިނގާގަތެވެ. އަމިއްލަ ބައްޕަކަން އެނގިހުރެ ޝަނިމާއި ދިމާ އެއްޗެއްހި ކިޔުނީތީ ލަދު ގަންނަ ހާލުގައެވެ. ނަމަވެސް ޝާނިމްގެ މަލާމާތުގެ ސަބަބުން ޝާހިނަށް އަމިއްލަ ނަފްސު ނުހިފެހެއްޓުނީ އެވެ. އުމުރުން މިވީހާ ދުވަހު ނުފެނި ހުރެ މިއަދު ފެނި އެކަމަކު އޭނައަށް އަޅާނުލާނަމަ އެ ހިތުގައި ނަފްރަތުގެ ހުޅު ރޯ ނުވާނެ ހެއްޔެވެ؟ ޝައުފާ އާއި ހިޝާން ދަރިންގެ ގޮތުގައި ބަލާ އިރު ދަރިއެއްގެ ހައްޤު އޭނައަށް ނުދޭން އޭނަ ކުރީ ކޮން ކުށެއް ހެއްޔެވެ؟
ހޮސްޕިޓަލަށް ގޮސް ރިޕޯޓް ނަގައިގެން ޑޮކްޓަރަށް ދެއްކި ޝާހިނަށް ލިބުނީ އުމުރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ސިހުމެވެ. އޭނަގެ ދިރިއުޅުން މުޅި ބަދަލުކޮށްލި ސިހުމެކެވެ.
(ނުނިމޭ)
5 Comments!
Comments are closed.
varah varah obi ❤
Vaanuvaa neynguneve.. ??
Anehkaaves bunelan othee isheendhegen hunnaany eh nooney isheendhegen innaany dhivehi bas reethi gothugai beynun kurey keep it up
Mi vaahaka in v kihineh heyyeve?? Alhugandakah olhumeh nufili eve.
Kiyaadhevva faana tho eve??
thanqu all and thanqu for pointing the mistakes out. it helps a lot. and also sorry for the editing mistakes. will make it better Insha Allah