އެކުވެރީންތައް އެހެން ދިމާއަކަށް ދިއުމުން، ލިބުނު ރަނުގެ ފުރުސަތުގައި އަޔާނީގެ އަތުގައި ހިފައިގެން އަފްލާކް ދެމިގަތީ އެންމެ ކައިރީގައި ހުރި ކޮޓަރިއަށްށެވެ. ________________________________________________ ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު، އަފްލާކް ހޮޅިބުރި ދިއްލާލިއެވެ. އަޔާނީ ހުރީ އަފްލާކާއި ފާރައި ދެމެދުއެވެ. އޭނާގެ ނަޒަރު ސީދާވެފައިވަނީ އަފްލާކަށެވެ. އަފްލާކް އަޔާނީއަށް ބަލައިލުމަށްފަހު އޭނާގެ ގައިގައި ބައްދާލިއެވެ. އޭނާ މިވަގުތަށް އިންތިޒާރުކުރާތާ ހާދަ ދުވަހެއްވެއްޖެއެވެ. އެތައް ހިތާމައަކާއި ހިތްދަތިކަމަކާ ކުރިމަތިލުމަށްފަހު، މާތްﷲގެ އިރާދަފުޅާއިއެކު އޭނާ އެންމެ ލޯބިވާ އަޔާނީ، އޭނާގެ […]
ޒިމްޔާ އައްވެސް ނުނިދިފަ އޮތީ މިއަދު ދިމާވި ކުއްޖާއާއި ދޭތެރޭއެވެ. ހާދަ ރީއްޗޭ ހިތައް އަރަ އަރާ އޮތެވެ. އިސްކޮޅުން ދިގު ޒުވާނެކެވެ. ފަން ފަން އިސްތަށިކޮޅެކެވެ. ލައިގެންހުރި ޓީޝާޓް ގަޔައް ހިފާލާފަ ހުރި އިރު ކަސްރަތް ކުރާ ކުއްޖެއްކަން އިނގެ އެވެ. ހަވީރުވެސް ހެނދުނު ތުނޑިން ދިމާވި ކުއްޖާ އަންނަން އުޅުނީމަ އާޒް މަޑުކުރުވިތަން ފެނުނީމަ އަވަހައް ގެއައް ވަނީއެވެ. މިހާރު އާލާމެން ޒިމްޔާގެ ވާހަކަ ކިޔައިދޭނެކަން އިނގުނެވެ. ޒިމްޔާއައް ރޮވެންފެށުނީ އޭނަގެ ބަދުނަސީބު ހިތައް […]
ގޭ މީހުން ހޭނުލަނީސް އާންމުކޮއް ޒިމްޔާ ގެއައް ވަންނާނެއެވެ. ނަމަވެސް މިއަދު މާބޮޑައްވެސް ލަސްވެއްޖެއެވެ. ދުވަމުން ގޮސް ގެއައް ވަތް އިރު ގޭތެރޭ ހުރި މީހާ ފެނުމުން ޒިމްޔާ އިސްޖަހާލިއެވެ. އެމީހެއް އޭރުހުރީ ވިހަ ހިނިތުންވުމެއްދީގެން ޒިމްޔާއާއި ދިމާއައްބަލާށެވެ. ………………………………………………………… ކުރިމަތީ ފެންނަން ހުރީ ޒިމްޔާގެ ދޮންބެ އާކިފްއެވެ. އާކިފް ރަށުގަނޫޅޭތާ މިވީ ތިންމަސް ދުވަހެވެ. އާކިފް އަކީ މިހާރު މާލޭގަ ގޭންގެއްގެ މީހެކެވެ. ޒިމްޔާއާއި ދިމާއައް ބަލަން ހުރީ ބުޅާ މަސްގަނޑަކާ ދިމާއައް ބަލާ ފާޑަކަށެވެ. […]
ރޭގަނޑުގެ ވަގުތެވެ. ބޭނުން ނުވިކަމުގައިވިޔަސް ބައްޕައަށްޓަކައި އަޔާނީ ތައްޔާރުވިއެވެ. ބޮޑުކޮޓަރީގައި ހުރި ސޯފާގައި އޭނާ އިނީ އިސްޖަހާލައިގެންނެވެ. އޭނާގެ ހިތް ރޮމުންދާ އަޑު ދެ ފަރާތުގައި ތިބި މަންމައާއި ބައްޕައަށް އިވޭނެނަމައޭ އަޔާނީގެ ހިތަށް އެރިއެވެ. ހުސްނާ އިނީ އަމްހާގެ ގާތުގައެވެ އެމީހުން އިށީނދެގެން ތިބި ސޯފާގެ ފަހަތުގައި އަޔާނީގެ އެކުވެރިންގެ މަޑުކޮށްލައިގެން ތިއްބެވެ. އިޔާޒާއި ލުމާންގެ ތިބީ އަނެއް ސޯފާގައެވެ. އިޔާޒްގެ މޫނުމަތީގައިވެސްވަނީ ނުތަނަވަސްކަމެވެ. ގަޑިން ބަރާބަރު އަށްގަޑި ބައިވުމާއިއެކު ގޭގެ ދޮރުހުޅުވުނު އަޑު އިވުނެވެ. […]
ބޭރުގައި އުޅިފައި ސާމިހު ގެއަށްއައިސް ވަންއިރު ސީމާ ސޯފާގައި އިށީންދެލައިގެން އިނެވެ. އޭނާއަށް އޭނާގެ ކޮއްކޮ ރީއްޗަށް ނުފެންނަތަން ވީދުވަހެއްވެސް ނޭނގެއެވެ. ކޮއްކޮގެ މޫނުމަތި މިލާފައިވާއިރު ބަނޑުބޮޑެއް ކަމަކު މީހާ ހުރީ އަނަރޫފަވެފައެވެ. ސާމިހުގެއަށް ވަނުމުން ސީމާ އިސްއުފުލާ އޭނާގެ ބޭބެއަށް ބަލާލިއެވެ. “އަޅުގަނޑު ބޭނުން ބޭބެއާއި ވާހަކައެއް ދައްކާލަން.” އިސްޖަހާލަމުން މަޑުމައިތިރި އަޑަކުން ސީމާ ވާހަކަދެއްކިއެވެ. ފުރަގަސްދީ ދާނެ ހިތްވަރެއް ސާމިހުއަކަށް ނުލިބުނެވެ. އެހެންކަމުން ކުރިމަތީގައި ހުރި ސޯފާގައި އިށީންދެލިއެވެ. “އަޅުގަނޑަށް އެނގޭ ބޭބެމެން އަޅުގަނޑުދެކެ […]
“ޝްޝްޝް.. ހަޅޭނުލަވައްޗޭ..” އެމީހާގެ އަޑާއެކު ޔުމްނާގެ ގައިގައިވާ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. އެމީހާ އޭނާގެ އަނގަމަތިން އަތް ނެގުމާކު ޔުމްނާ އަވަސް ނޭވާތަކެއް ލަމުން އެދިމާ ބަލާލިއެވެ. އެއީ ކާކުކަން އެނގުމާއެކު ޔުމްނާއަށް ދެބުމަ ގޮށްޖަހާލެވުނެވެ. “މިޝާލް؟ މިގަޑީގަ މިތަނުގަ ކީއްކުރަނީ؟” ޔުމްނާ ކުރިމަތީގައި ހުރި މިޝާލްއަށް ބަލާލަމުން ސުވާލުކޮށްލިއެވެ. އެއާއެކު މިޝާލް ލާނެތް ގޮތަކަށް ހީލުމަށްފަހު ޔުމްނާއާ ދާދި ގާތުގައި އިށީނެވެ. “ކިހިނެއްވީ؟ އަހަރެން އައީމަ ހިތްހަމަ ނުޖެހުނީތަ؟” މިޝާލް ހަރަން ބަނދެލަމުން […]
“މަންމަ ވެއްޓުނީ ހާމިދާއްތަ ގޭގައި އިންދަ. ހަމިދާއްތަ އައީމަ ތިރިއަށް ފައިބަނިކޮށް ވެއްޓުނީ. ދެން ހާމިދާއްތަ މަންމަ ގޮވައިގެން އައީ. އާން އަންނަންވާއިރަށް ދާން ޖެހުނީ ރަޝީދުބެ ގުޅީމަ.” ޔުޝްރާއަށްވެސް ޔުއާން ކަން ބޮޑުވެފައި ހުރި ވަރު އެނގި ވަރަށް ތަފްސީލްކޮށް ވީ ގޮތް ކިޔާދިނެވެ. ދެމައިން އަވަހަށް މިސްރާބް ޖެހީ ގެއާ ދިމާލަށެވެ. ********************************* އަފްރީން ހޮސްޕިޓަލަށް ވަދެފަ އަވަސްވެގަތީ ސައިން-އިން ވެލާފައި މިއަދު އޭނާ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ވާރޑްގެ ކައުންޓަރާ ދިމާލަށެވެ. އަފްރީންއަކީ […]
“އައްދޯތް މަންމާ ތަދުވެޔޭ…” ޒިމްޔާ ކަންކަށިމަތީ ޒުބޭދާ ޖެހިޖެހީނުން ވިއްސައިގެން ދިޔައެވެ. “ކޮންމެހެން މަށަކަށް މަންމައޭ ކިޔާނެކަމެއް ނެތް! ކަލޭ ބަފާ ބުނާކަންތައް ކީއްވެތަ ނުވަނީ؟” ޒުބޭދާ ހަޅޭއްލަވައިގަތެވެ. “އަހަރެން ގަޔަކު އެކަކަށްވެސް އަތެއް ނުލެވޭނެ. އަހަރެންގެ ބައްޕަ ގަޔަށް އަރާ އިރުވެސް މަންމަ އަކަށް ނުފެނޭތަ؟ މަމީ ދޮންތައެއް ނޫން އެ ޖަނަވާރު ކުރާހާ ކަމެއް ކުރަންދެން ހެވިދިލިފަ އޮންނާކަށް.” އެވަގުތު ސިޑިން ފައިބައިގެން އައި ވާފިރުއަށް ޒިމްޔާގެ އަޑު އިވުނެވެ. ދެން ފެނުނީ ޒިމްޔާގެ […]
” އީލާމް ހިނގާ ގެއަށް ދާން ، މިހާރު ކޮން އިރެއް ކޮއްޅަށް ހުންނަތާ ، ތިހެން ހުންނާކަށް ނުވާނެ ” އަބީ އީލާމް ގޮވައިގެން ގެއަށް ދިއުމަށް ބޭނުންވިއެވެ. އީލާމްވެސް އާނއެކޭ ބުނާފަދައިން ބޯ ޖަހާލިއެވެ. ރޭގަނޑުގެ ފުން ނިންޖަކަށް ދެމީހުންވެސް ގެނބުނީ ވެފައިވާ ވަރުބައްޔެއްގެ ބޮޑުކަމުންނެވެ. ހެނދުނު އިރު އެރީ އިލާމް އާއި އަބީގެ ފޯނަށް ހޮސްޕިޓަލުން ގުޅަން ފެށުމުންނެވެ. އީލާމް އާއި އަބީ ތައްޔާރުވެލައިގެން ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައީ ވެގެން އުޅޭ […]