ވޭންތަކުން ދިން ހިތި މާޒީ (8)
ސިއްރު ފިޔަވަޅުތަކެއް އަޅަމުން ކޮޓެރިއައް ވަންނަން ދިޔައެވެ. ނަމަވެސް ކޮޓެރި ދޮރު ހުޅުވާފަ ހުރުމުން ސިއްރުން ގޮސް އެތެރެ ބަލާލިއެވެ. ފެނުން މަންޒަރަކުން ޒިމްޔާ އަވަހައް ފަރާއި ނިވާވެލިއެވެ.
……………………………………………
އަނެއްކާވެސް ކޮޓެރިތެރެ ބަލާލިއެވެ. ޒައްޔާ ހުރީ ޒިމްޔާގެ އަލަމާރި ހާވާށެވެ. ޒައްޔާ ނިކުންނަން އަންނަހެން ހީވުމުން ކާގެއައް ދުވެފަ ގޮސް ވަނެވެ. ޒައްޔާ ސިއްރު ސިއްރުން ނިކުމެގެން ދިޔައިރު ޒިމްޔާ ބަލަން ހުރިކަމެއް ނޭނގުނެވެ. އަތުގައި ރުފިޔާ ތަކެއް ހުރުމުން ޒިމްޔާގެ ރުފިޔާތައް ކަން އިނގުނެވެ. ޒިމްޔާ އަށް ރުޅި އިސް ކުރެވުނީ ބޭއިހްތިޔާރުގައެވެ. އެދިޔަގޮތައް ގޮސް ޒައްޔާގެ ކަންކަށިމަތީ ޖެހިއެވެ. ނުވިސް ނާ ހުރި ޒއްޔާ ސިޑިކައިރިއަށް ވެއްޓުނެވެ. ޒައްޔާގެ އަތުގަ ހުރި ރުފިޔާތައް ޒިމްޔާ އަތުލިއެވެ.
“އޭނ. ކަލޭ ކޮންއިރަކު ތިހާ ގަޓުވީ. ކަލޭ ޖެހޭނީ ތި ރުފިޔާ ތައް ދޭން. ކަލޭ ކޮންތާކުން އެހާ ރުފިޔާ ހޯދަނީ، ގައިމު ކަލޭ އެއްކަމެއްވެސް ނުރަނީ ކީ ނޫން” މިހެން ބުނެ ޒިމްޔާ ގެ ގައިގަ ޖަހަން އަތް ވީއްލާލިއެވެ. ހުށިޔާރުކަމާއެކު ޒިމްޔާ ދުރުވިއެވެ.
“ބުނަން ކަލޭމެން ރުފިޔާ ހޯދާ ގޮތަކަށް ހޯދާ. މަށެއް ކަލޭމެން ހޯދާހެން ހަރާމް ފައިސާއެއް ނުހޯދަން. ކަލޭމެން ކުރާކަމަކާ އަޅާ ނުލާ މިހުރީ މަގޭ ލޭ ހިނގާ ބައެއްވީމަ. އެކަމަކު މިހާރު މަގޭ ހިތަކައް ނާރާ ކެހެރުވަކެކޭވެސް.”ޒިމްޔާ މިހާ ރުޅިއައިއްސަ ހުއްޓައެއް އަދި ޒައްޔާ އަކަށް ނުފެނެއެވެ. އެހެންވެ ހުރެވުނީ ގަބޫލު ނުކުރެވިފަ ބަލަންށެވެ. އެހެންޔާ ކަމެއްކޮއްލާ އިރަށް ބިރުން ވިރެ ވިރެ އިންނަ ކުއްޖާ އިނީ ހުރިހާ ކަމަކާ ކުރިމަތިލާންވެސް ތައްޔާރަށެވެ. ޒިމްޔާއައް މި ލިބުނު ހިތްވަރަކީ މީކާއީލް މެންނެވެ. މަޑުން ހުރީމަ އެމީހުން މާ ގޮތް ދައްކާނެ ކަމައް އެމީހުން ބުނުމުން ޒިމްޔާ ނިންމީ ދެން އިތުރައް މަޑުން ނުހުރެ އޭނާވެސް ނިކުންނާށެވެ. މިކަމާ އުޅެން މާ ލަސްވެސް ވެއްޖެކަން އިނގުނެވެ.
“ކޯޗެއްބަލަން ތިހުންނަނީ އަނގަފުޅާކޮއްގެން. ކަގޭ އެއްޗިހީގަ ދެންވެސް އަތް ނުލާތި.” އެހެން ކިޔާ ޒިމްޔާ ގޮސް ކޮޓެރިއައް ވަނެވެ. އަދި ކިޔާން އައް ގުޅާ ވީގޮތް ކިޔައި ދިނެވެ. ކިޔާން ހުރީ މީކާއީލްމެން ގޭގަ ކަމުން އެމީހުން ކައިރިވެސް ޒިމްޔާ ބުނި ވާހަކަތައް ބުންޏެވެ.
“ވޮވް. ޒިމް އެހެން ހެދީމަ އެމީހުން ޝޮކްގަދޯ ޖެހޭނީ” އާލާ އުފާވެލާފައި ބުންޏެވެ.
“އަސްލު ޒިމްއައް ލިބުން ހިތްވަރަކީ އަހަރެމެން. ޒިމްއާއި އެކީ ގްރޫޕެއް ތިބިކަން މިހާރު އިނގޭނެ ޒިމްއައް. އެކަމުން ސަލާމަތް ކޮއްދޭނެ ރައްޓެހިން ތަކެއް ތިބިކަން އިނގޭނެ. އަސްލު މަ ވަރަށް އުފާވޭ ޒިމް އައް ތިކަލަ ބަޔަކު ލިބުނީމަ. ޒިމް ނުހުންނާނެ ފްރެންޑެއްވެސް. މަގޭ ނެތް ނަމަ ނޭނގެ އެ ފަކީރު އުޅޭނެ ހާލެއްވެސް” ކިޔާން ހިންދެމިލަމުން ބުންޏެވެ.
“ހިނގާ މިރޭ ބޭރައް ކާންދާންދޯ؟ ޒިމްވެސް ގެންދަން ބޭނުން އެކަމް މިގަޑި ނުދެވޭނެ ދޯ އޭނައަކައް ބޭރަކަށް؟” މިޒްނާ ކިޔާން ކައިރި އެހިއެވެ.
“ޝައްކެއްވެދާނެ އޭނަ ނެރެން ހަދައިގެން. މިރޭ އަދި ބޮނޑިއެއް އަންނާނެ ކަންނޭގެ ޒައްޔާއާ ފައިޓް ކުރީމަ” ކިޔާން މިހެން ބުނުމުން އެންމެން އެކަމާ އެއްބަސްވިއެވެ.
ރޭގަނޑު އަށެއް ޖެހުމުން އެންމެން އަވަސްވެގަތީ ރެސްޓޯރެންޓް އަށް ކާން ދާށެވެ. ސަކަރާތުގަ އެންމެން ރެންޓޯރެންޓްއާއި ދިމާއަށް ދަނިކޮއް އެމީހުން ކުރިމައްޗައް އެރީ ޒައްޔާއެވެ.
“ހާއި. އަހަރެންވެސް ތި މަޖަލުގަ ބައިވެރި ކޮއްބަލަ.” އެހެން ކިޔާ މީކާއީލް އަތުގަ ހިފިއެވެ. މީކާއީލް ވަގުތުން އަތް ފޮޅުވާލިއެވެ. އަނެއްކާގޮސް މީކާއީލް ގައިގަ ޖެހިފިތިގެން މަޑުކުރިއެވެ.
“ކިހާ ބޮޑު ކަމެއް. ތި މުޑުދާރު މީހާ މަގޭގައިގަ އަތް ނުލާހުރޭ” އެހެން ކިޔާ ޒައްޔާ އަތުގައި ހިފާ ހޫރާލިއެވެ.
“އައްދޯތް. މަ ކޯޗެއް މުޑުދާރީ. ބަލާބަލަ ކިހާ ސެކްސީ ކިހާ ހޮޓް މަ.” ޒިމްޔާ މީކާއީލް ކުރިމައްޗައް އަރަމުން ތުއިވެލާފަ ބުނެލިއެވެ.
“ގޮނޑުގަ ހުރި އެއްޗިހިވެސް ތިއައްވުރެ މާ ރީތި. ކަލޭ ތި ތުޔެއް ދައްކަން ދޭބެ އަމިއްލަ ބަފަޔާ ބޭބެއިން ކައިރިއައް. ކަލޭގެ ބޭނުން އަބަދުވެސް ފުއްދައިދޭހެން ހުރިހާ ކަމެއްވެސް ކޮއްދޭނެ” މީކާއީލްއަށް ކެއް ނުވެގެން ހަޅޭއްލަވައިގަތެވެ. ފަޔާޒް ނުހިފެހެއްޓި ނަމަ ޒައްޔާ ތަޅާ މަރާކައްވެސް މީކާއީލް ފަހަކައް ނުޖެހުނީހެވެ.
“ހަނދާން ކުރާތި ނުބައި ބަޔަކާ ތިބެހެވުނީ” މީކާއީލްއާއި ދިމާއައް އިނގިލި ދިއްކޮއްލަމުން އިންޒާރެއް ދޭފަދަ ގޮތަކަށް ޒައްޔާ ބުންޏެވެ.
“ކަލެއައް ވެސް ނުބައި މީހަކާތި ބެހެވުނީ. އެކަންވެސް ހަނދާން ކޮއްލާތި” މީކާއީލް ނުބައި ޒާތަކައް ހީލަމުން ބުނެލިއެވެ. މީކާއީލް މިހެން ބުނުމުން ލޯއަޅާލައިފައި ޒައްޔާއެތަނުން ދިޔައެވެ.
“ލޮލް. ކީއްތިކުރީ މީކް” އާޒް އައް ހެވުނީ ޒައްޔާ އެހާ ގަދަ ވެފަ އިއްސަ އެތަނުން އެދިޔައީ ރުޅިއައިސްގެން ކަމައްވީތީއެވެ.
“އެހެންވާނީ މާ ލަދު ކުޑަވެގެން އުޅެންޏާ” މީކާއީލް މިހެން ބުނުމުން އެންމެން އެކީ ރެސްޓޯރެންޓް ތެރައްވަދެގެން ދިޔައެވެ.
ޒައްޔާ އެދިޔަގޮތައް ގޮސް ދިޔައީ އޭނާގެ ގްރޫޕް ކައިރިއަށެވެ. މިއަދު މުޅިން އޭނާއަށް ލިބެނީ ލަނޑެވެ.
“އޭ ކަލޭ މެން އެބަ ޖެހޭ މަށައް ކަމެއް ކޮއްދެން. މަ މާދަން އަމާމެންނާ އެކީ ރަށަކަށް ވެސް ދަން ޖެހޭ އެހެންވެ ހަމަ މިރޭ ބޭނުން ކުރަން” ޒައްޔާ ސިގިރޭޓް އެއް ރޯ ކޮއްލަމުން ބުނެލިއެވެ.
“އަބަދުވެސް މިގޮލާ އުޅޭނީ ކޮންމެސް މީހަކާ ހާޑު ވެގެން ތި ބުނާ ކަމެއް ކުރެވޭނީ ތިގޭ ޒިމްޔާ އަހަރެމެން އެންމެންނައް ވަން ނައިޓް އަކައްދޭ މަތިން.” ނައުޝާދް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
“އަމާމެން ދާއިރު ބަފަޔާ އޭނަ އާ އެކަނި ހުންނާނީ. ކަލޭމެން ބައްޕައައް ނޭނގޭ ގޮތައް ގޮސް ކުރާ ކަމެއް ކުރޭ ފަސް ދުވަހައް އަހަރެމެން ދަނީ. ކުރާނެ ވަރަކައް ކުރަންވީ” ޒައްޔާ ވިހަ ހިނިތުން ވުމަކާ އެކީ ބުނެލިއެވެ.
“ސަޅިއޭ. ހުމް ދެން ކޮން ކަމަކާ އުޅެންވީ؟” ނައުޝާދުމެން މިހެން ބުނުމުން ޒައްޔާ މިރޭކަންތައްވީ ގޮތާ ކުރަންވީ ކަންތައް ބުނުމުން އެންމެން ހިނގައިގަތީ ޒައްޔާ ފަހަތުންނެވެ.
މީކާއީލްމެން ކައިގެން ނިކުތް އިރު ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. އެންމެން އެކީ ހިނގައިގަތީ ގެއާދިމާއަށް ދާށެވެ. ގެއައް ދާން ދިޔަ ގޯޅިއީ ގޯޅިއަކުން ކަމުން އެންމެން ދިޔައީ ސަކަރާތް ޖަހަމުންނެވެ. ކުއްލިއަކައް ކުރިމައްޗައް އެރީ ބޯ ދިގު ކޮއް ތިބި ހަތަރު ފިރިހެނުންނާ ތިން އަންހެން ކުދިންނެވެ. އެކަކައް ހުރީ ޒައްޔާއެވެ. މީކާއީލް މެންނައް މިއީ ޒައްޔާގެ ރޭވުމެއްކަން އިނގުނެވެ. ނައުޝާދު އައިސް ހުއްޓެލީ މީކާއީލް ކުރިމަތީ އެވެ.
“ކައެ މާ ފުއްޕަންޔާ ރަށުން ބޭރު އަރުވާލަފާނައް އިނގޭ” ނައުޝާދު އިނގިލި ދިއްކޮއްލަމުން ބުނެލިއެވެ.
“މައްސަލައެއް ނެތް މަ ދާއިރު ކަލޭމެންވެސް ގޮވައިގެން ދާނީ” މީކާއީލް ވަރައް ހަމަޖެހިލާއައި ބުނެލިއެވެ.
“ބަލާ**ނު. މިގޮލާ ހާދަ ފުއްޕައޭ އެބަ” ނައުޝާދު ހަފަތައް އެބުރެލަމުން ބުނެލިއެވެ. އޭރު ދެން ތިބި އެންމެން ނައުޝާދު ކައިރިއައް އަރާ ހަމަކުރިއެވެ. ކުއްލިއަކަށް ނައުޝާދް މީކާއީލް ބަނޑުގަ ފައިން ޖެހިއެވެ. ނުވިސްނާ ހުރި މީކާއީލް ވެއްޓުނެވެ. ފަޔާޒް ބަލާކައް ނުހުރެ ނައުޝާދް ކޮނޑުގަ ފައިން ޖަހާ ބުރުވާލިއެވެ. އޭރު މީކާއީލް ހުރީ ކޮޅަށެވެ. ކިތަންމެ ތަދުވިޔަސް މިއީ ނުރައްކާތެރި ބައެއްކަން އިނގުމުން ތެދުވިއެވެ. އޭރު ދެންތިބި މީހުންވެސް ތިބީ ކިރިޔާއެވެ.
“ބުނަން މިތާންގަ ސީންއެއް ކްރިއޭޓް ކުރަން ނޫޅޭ. ކަލޭމެން ކަހަލަ ކަށި ފޮތި ތަކަކައް ސަލާމަތެއް ނުވެވޭނެ އަހަރެމެން މިހެން ތިއްބައެއް” މީކާއީލް ކުރިއައް ޖެހިލަމުން އަތް މައްޗައް ނަގާ ބޮޑީ ދައްކާލިއެވެ. އެތާހުރި އެހެން މީހެއް އައިސް މިޒްނާ ގެ ކޮލުގައި އަތްލާ ހާދަ ލީބި ކުއްޖެކޭ ބުނެލިއެވެ. މީކާއީލް އެ ކުއްޖާ ދެއަތުގަ ހިފާ ދުރުގައި ހުރި ޑަސްބިން ތަކަކާއި ދިމާއައް ހޫރާލިއެވެ. ކައިރި ތިބި މީހުންނައް ކެއްވީ އެހިށަބަށެވެ. ކިޔާން އާއި އާޒް އައްވެސް ޖެހުނީ މި ތަޅާފޮޅުމުގަ ބައިވެރިވާށެވެ. ދެން ތިބި ތިން އަންހެން ކުދިން އައީ މިޒްނާއާއި އާލާއާއި ދިމާ އަށެވެ. މިކަމައް ހުށިޔާރުވެގެން ތިބީ މިޒްޔާމެން އެދިޔަ ކޮތައް ގޮސް ޒައްޔާ ދައްބަނޑުގަ ޖަހާ ވައްޓާލިއެވެ. މިގޮތައް ދެން ތިބި އަންހެން ކުދިންވެސް ތިރިއަރުވާލިއެވެ. އޭރުވެސް ފަޔާޒް މެން އެކަކު އަނެކަކައް ހަމަލާ ދެނީ އެވެ. މިޒްޔާ އެތާ އޮތް ލަކުޑިބުރިއަކުން ނައުޝާދް ބުރަކާށީ ޖަހާ ވައްޓާލިއެވެ. އާލާ ނައުޝާދް މޫނުމަތީ ފައިން ޖެހިއެވެ. ނައުޝާދް އައް ނުތެދުވެވޭނެކަން އިނގުމުން ހަމަ ޖެހިލިއެވެ. އޭރު ދެން ތިބި މީހުން ވެސް ތިބީ ބިމުން ނުތެދުވިފައެވެ.
“ދެންވެސް ކަލޭމެން މައިތިރިވެގެން އުޅޭތި. ކިތަންމެ ގްރޫޕް ބޮޑު ކޮއްފަ އޮތަސް ކަލޭމެން ޖެހޭނީ ހަމަ ތިހެން ތިބެން” ފަޔާޒް އެތަނުން މީހެއްގެ ފައިގަ ޖަހައިގަންނަމުން ބުންޏެވެ.
“ޒައްޔާ ބުނަން ކަލޭ މަ ފަހަތުން އުޅޭނެ ކަމެއް ނެތް. ކަލޭ ބަފާ މެން ހެއްދޭހެން އަހަންނެއް ނުހެއްދޭނެ. ވަރަށް އަވަހައް ކަލޭމެން ކަލޭމެންނައް ހައްގު ތަނައް ގެންދެވޭނެ” މީކާއީލް ޒައްޔާ އިސްތަށިގަނޑުގަ ހިފާ ކޮޅައް ނަގަމުން ބުނޏެވެ. އެހެން ކިޔާ އަނެއްކާ ހޫރާލިއެވެ.
“އަހަރުންނައްވެސް އިނގޭނެ އަނިޔާވެރިވާން. އެކަމް ކަލޭމެންހާ ރަހުމު ކުޑައެއް ނުވާނެ” މިހެން ކިޔައި މީކާއީލްމެން ގެއާއި ދިމާއައް ހިގައިގަތެވެ. މަންމަމެންނައް ނުފެނި ގެއައް ވަދެވުން ކަން ނަސީބެވެ.
“އޯގޯޑް. ވީ ވޮން.” އާލާ އެނދުމައްޗައް ވެއްޓެމުން ބުނެލިއެވެ.
“ހަމަ އަކުވެސް ނޫން ތިބިއްޔެއް ގައިގަ ވަރު ހުރި ބަޔަކައްތާ އަހަރެމެންނާ ކުޅެވޭނީވެސް.” މީކާއީލް ބުންޏެވެ.
“ކުޑަބެއައް ތަދުވޭތަ އޭނަ ކޮއަޕާލީމަ” މިޒްނާއެހިއެވެ.
“އެގަޑި ތަދުވި. މިހާރު ހިޔެއް ނުވެ ކަމެއްވީ ހެންވެސް” މީކާއީލް މިޒްނާއައް ބަލާލަމުން ބުނެލިއެވެ.
“އޭ މަގޭ ދަނީ ދެން. މާދަން އަންނާނައް” ކިޔާން ދަމުން ބުނެލިއެވެ.
“އޭ ބްރޯ ބަލައިގެން ދައްޗޭ. ގެއައް ގޮސް ގުޅާލާތި، އޭރުން ޔަގީން ވާނީ ސަލާމަތުން ގެއައް ދެވުންކަން” އާޒް ސީރިއަސް ވެލާފަ ކިޔާން ކައިރި ބުންޏެވެ. މިކަމާއެއްބަސްވަމުން ކިޔާން ދާން ހިނގައިގަތެވެ.
“އޭ މަށައް ފެންނަނީ އިތުރައް ބަލަން ނަހަދާ ޕޮލިހުންނައް އަންގަން.” އާޒް ސީރިއަސް ވެލާފަ ބުންޏެވެ.
“އާން. މާދަން ޒިއްޔާ މެން ފުރާނެ ދެން އައީމަ ތިކަމާ އުޅޭނީ.”މީކާއީލް ބުންޏެވެ.
“ސޯ މާދަން ވާނެ ޒިމްޔާމެން ގެއައް ދާން. ވާފިރުއައް ހިރި ނުލެވެންޏާ އަހަރެމެން ގޮސް ޕާޓީ ކޮއްފަ އަޔަސް ނޭގޭނެ.” ފަޔާޒް މަޖާވެލާފައި ބުންޏެވެ.
“ޒިމް ކޮޓެރި ތަޅު ބަދަލް ކުރަންވާނެ މާދަން” މީކާއީލް މިހެން ބުނީ އެމީހުން ޒިމްޔާ ކޮޓެރިއައް ވަދެ ކަމެއް ކޮއްފާނެ ބިރަށެވެ.
“އާން. އޭ ހާދަ ލަސްވެއްޖެއޭ. މިކަހަލަ މިޝަން ތަކުގަ އުޅޭ އިރު ޖެހޭނެ ދޯ ނިދި ހަމަ ކުރަން” މިޒްނާ އާފުރެލަމުން ބުންޏެވެ. އެވަގުތު އާޒް ފޯ ނައް ކިޔާން ގުޅިއެވެ.
“ކީކޯ. ގެއައް އަދި ކިރިޔާތަ އެދެވުނީ؟” ފޯނު ބޭއްވުމުން އާޒް އަހާލިއެވެ.
“އަން. އެއްކަލަ މީހުން ފަހަތުން އަޅުވާލީމަ ކިޔާން ފިލީއޯ ގަސްތަކެއް ތެރައް ވަދެ. އެމީހުންނައް ކިޔާން ނުފެނުނީމަ ހުއްޓުނީ ގަސްތައް ކައިރިޔޯ. އެމީހުން ޕްލޭން ކުރީޔޯ މާދަން ޒައްޔާމެން ފުރީމަ ޒިމްޔާ ކައިރިއައް ވަންނަން.” އާޒް ވަރަށް ހާސް ވެފަ ބުންޏެވެ.
“އަނެއްކާ އަނެއް ކަންތައް.އުޅެ އަހަރެމެން އެގެއައް ދާން ފަސް ދުވަހައް” މީކާއީލް ބުންޏެވެ.
“މީކް މޮޔަތަ މަންމަމެން ނުފޮނުވާނެ” އާލާ ބުންޏެވެ.
“ޒިމް އުޅެ މިގެއައް ގެންނަން މާދަން. އެ ވާފިރު އެކަނި ކައިގެން އޮވެދާނެ އެއްނު.” މިޒްނާ ބުންޏެވެ.
“މަންމަމެންނައް ޖެހޭނީ އިހައް ކިޔައިދެން ވީގޮތް، އޭރުން ހުއްދަޔާ އެކީ ބެހެއްޓޭނީ” އާލާ ވިސްނަމުން ބުންޏެވެ.
“މާދަން ހެނދުނު ދޯ ފުރަނީ އެމީހުން. ޒިމް ކައިރި ނުބުނެ ދާނީ ޒިމް ބަލާ” މީކާއީލް ބުންޏެވެ.
“އާނ. ހިނގާ ނިދަން ދާން ދެން.” ފަޔާޒް މިހެން ބުނުމުން އެންމެން ނިދަން ގޮއްސިއެވެ.
ފަޔާޒް ފާހާނައިން ނިކުތް އިރު މީކާއީލް އިނީ ހެވިފަ ފޯނައް ބަލާށެވެ. ގޮސް ބެލިއިރު ބަލަން އިނީ ޒިމްޔާއާއި މީކާއީލް އާ ދެމީހުން މިއަދު ނަގާފަ އިން ފޮޓޯ އަށެވެ.
“އެހެމް އެހެމް. އަދިވެސް އެއްބަސް ނުވާތި ލޯބިވާ ކަމައް.” ފަޔާޒް ކަރުކެހެލަމުން ބުންޏެވެ.
“ހެހެ. ނޯ. އައި ޑޫ” މީކާއީލް ހީލަމުން ބުންޏެވެ.
“ވަޓް. މީކް އެކަމް އޭނަ ނުލިބޭނެ އެއްނު” ފަޔާޒް ސީރިއަސް ވެލާފަ ބުންޏެވެ.
“ކީއްވެ ނުލިބެންވީ އެ ފެމެލީ ޕޮލިހާ ހަވާލް ކުރީމަ މަ ބަލާނީ ޒިމް” މީކާއީލް ބުންޏެވެ.
“ބަޓް ޝީ އިސް ނޮޓް ވާޖިންއެއްނު؟” ފަޔާޒް ބުންޏެވެ.
“ޝީ އިޒް. މަ ނުދެކެން ޒިމްޔާ އަކީ އެކަހަލަ ކުއްޖެއް ކަމަކައް.ނުހައްގުން ގަދަކަމުން ކުރުވި ކަމެއް ކުރީ. އެއީ ޒިމްގެ ކުށެއް ނޫން. އެހެންނޭ ކިޔާފަ ޒިމް ބޭކާރު ކުރާކައް ނުވާނެ. ދޮންބެ ތިކަހަލަ ވިސްނުން ނުގެންގުޅެއްޗޭ” މީކާއީލް ދެރަވެލާފަ ބުންޏެވެ.
“އޯކޭ. މީކް އައް ވަރަށް ވިސްނޭ. ދޮންބެ ހަމަ މީކް ބުނާ އެއްޗެއް ބަލާލަން މިބުނީ. އެކަމް ޒިމް ބޭނުންވަންނާ އިނގޭ ކުރާނީ ތިކަމެއް. ލައްކަ އަނިޔާ ލިބިއްޖެ އެއްނު އެފަކީރައް. މީކް އައް ޒިމް ލިބިއްޖެއްޔާ ވަރަށް ހެޕީކޮއް ގެންގުޅޭތި” ފަޔާޒް މީކާއީލް ގައިގަ ބައްދާލަމުން ބުންޏެވެ.
“ޔަގީނެއްނު” މީކާއީލް މިހެން ބުނެ ހީލިއެވެ.
……………………………………………
އަރައިގެން އައި އިރާއެކީ ޒުބޭދާމެން ތައްޔާރުވީ ކުޑަހުވަދޫއައް ދާށެވެ. މިކަމާއެންމެ އުފަލުން ހުރީ ޒިމްޔާއެވެ. އެންމެ ފަސް ދުވަހައް ނަމަވެސް ހަމަޖެހިލައިގެން އުޅެވޭނެތީއެވެ. ވާފިރުވެސް މިހާރު ރަގަޅައް ހިނގާއުޅެވެއެވެ. ނަމަވެސް ވާފިރު ދާކަހަލަ ހިޔާލެއް ނުކުރެއެވެ. އެންމެން ދިއުމުން ހެނދުނު ސައި ހަދާފައި ޒިމްޔާ ކޮޓެރިއައް ދިޔައެވެ. މާ ލަސްތަކެއް ނުވެ ޒިމްޔާއައް ނިދުނެވެ.
“ދޮންބޭ ހިނގާބަލަ މޫދަށްދާން. އުހު ޕިކްނިކް ދާނީ ރަށަކަށް ދޯ؟” މިޒްނާ ފަޔާޒް ކައިރި ބުންޏެވެ.
“އާނ މާދަން ނުން އަނެއް ދުވަހަށް ޕްލޭން ކުރަމާދޯ؟” ފަޔާޒްވެސް އެއްބައިވެލިއެވެ.
“މަޖާ ކޮއްލަން ވާނެ ދޯ؟ ޒިމް ގެނެއްސަ ޒިމްވެސް ގޮވައިގެންދާނީ” މީކާއީލް ބުންޏެވެ.
“ޒިމް ޒިމް ޒިމް. މިހާރު މީނަ އަނގައިން ޒިމް ނޫނީ ބަހެއް ނުނިކުމެ. ބުނާނެ ތިންމަނަ ލޯތްބެއް ނުވެޔޭ އެކަމު” އާލާ ދިމާ ކޮއްލިއެވެ.
“ރޭ ގައިމު ލޯބިވާ ކަމައް އެއްބަސްވި” ފަޔާޒްވެސް އާލާއާއި ދިމާ ކޮއްލިއެވެ. މީކާއީލް މިހެން ބުނުމުން ރަކިވިއެވެ.
“އެކަމު ބުނާނެ ތިމަންނަ ލޯތްބެއް ނުވާނަމޯ އަޕްޑޭޓް ނުވާ ރަށެއްގެ ކުއްޖަކާއެއް. އެންމެ ފަހުން ހިތް ދެވުނީވެސް ހަމަ އަޕްޑޭޓް ނުވާ ރަށެއްގެ ކުއްޖަކަށް ހަހަހަ” ފަޔާޒް ހެމުން ބުނެލިއެވެ.
“ހެވޭ ކަލޭމެން ދިމާ ކުރިޔަސް. އަހަންނައްވެސް ފެނޭ ލޮލުގެ އިށާރާތުންނާ އެހެން ގޮތް ގޮތައް ބަލާފަ އިސް ޖަހާމީހުން. އެއްޗެކޭ ނުބުނެ ހުއްޓަސް އިނގެއޭ” މީކާއީލް ވައްބަހުން ފަޔާޒްއާއި އާލާއާއި ދިމާ ކޮއްލިއެވެ.
“މޮޔަވޭ” އާލާ ރަކިވި ވަރުން މިހެން ބުނެ މީކާއީލް ގައިގަ ޖަހާލިއެވެ.
“އޭ ކަޔާންވެސް ވާނެ ގެންދަން ޒިމް މެން ގެއައް. މިހާރު އެއުޅެނީ ބަންގި ގޮވަން، ނަމާދުން ފޭބީމަ އަވަހައް ދާންވީ.” އާޒް މިހެން ބުނުމުން އެންމެން އެއްބަސްވިއެވެ.
ޒިމްޔާ އައް ހޭލެވުނީ މެންދުރު އެކެއް ޖަހަނިކޮއްނެވެ. އަވަހައް މެންދުރު ނަމާދުކޮއްލިއެވެ. އިރުކޮޅަކުން މީހަކު ޓަކި ޖަހާތީ ގޮސް ދޮރު ހުޅުވި އިރު ކުރިމަތީ ހެވިފަ ހުރީ ނައުޝާދްއެވެ. ޒިމްޔާ އައް މިވާން އުޅެނީ ނުބައެއްކަން އެނގި ފަހަތައް ޖެހެލެވުނެވެ.
އާޒްމެން މިސްރާބް ޖެހީ ޒިމްޔާމެން ގެއާއި ދިމާއަށެވެ. އެންމެން ދިޔައީ ވަރަށް އުފަލުން ޒިމްޔާ ބަލާށެވެ.
އެގެއައް ވަތް އިރު އިވެނީ ޒިމްޔާ ހަޅޭއްލަވާއަޑެވެ. އެންމެންނައް އެކީ އެ ކޮޓެރިއާއި ދިމާއަށް ދުއްވައިގަނެވުނެވެ. ދިޔައިރު ނައުޝާދް ޒިމްޔާ ގައިމަތީ އޮތް ތަން ފެނި ނައުޝާދް ނަގާ ހޫރާލިއެވެ. އޭރު މީކާއީލް ހުރީ ރުޅިއައިސް ރަތްވެފައެވެ.
“ކަލޭމެން މިތާވެސް ކިހާ ދެރަ ކަމެއް ނިކުމޭ މިގެއިން.” ނައުޝާދް ތެދުވެ ހަޅޭއްލަވައިގަތެވެ.
“ބުނަން ކަލޭ ކިތަންމެ ހަޅޭއްލެވިޔަސް ނުގަނޭ ބިރެއް އަންހެން ކުއްޖެއްގެ ގަޔައް އަރާ އޮންނަތަން ބަލާކައް ނުހުރެވޭނެ ދޯ” މީކާއީލް މިހެން ބުނި އިރު އެ ދެލޮލުން ނުރައްކާ ތެރިކަން ފެނުނެވެ. ނައުޝާދް ނިކުމެގެން ދިޔައީ އޭނާ ބަލިވާނެކަން އިނގުމުންނެވެ.
“ޒިމް ހިނގާދާން އާލާމެން ގެއައް، ޒިމް އެކަނި ހުންނަންޏާ އެހެން މީހުން އަންނާނެ” އާލާ އައިސް ޒިމްޔާ ކައިރި އިށީންނަމުން ބުންޏެވެ.
“ބައްޕައެއް ނުދޭ. ބައްޕައައް އެނގެއްޖިއްޔާ ކުޅި ދައްކާލާނެ.” ޒިމްޔާ ބުންޏެވެ.
“އޭނަ ނޫޅޭ ގެއަކު ދެންމެ ދެކެފިން ފާތުމާމެން ގެއައް ވަންނަނިކޮއް. ޒިމް މަންމަމެން އައީމަ ދެން މައްސަލަ ހުށައަޅާނީ، ޒިމް އަކައް ނުވާނެ އެއްވެސް ކަމެއް” އާޒް ޒިމްޔާ ކައިރިއައް ހުއްޓެމުން ބުންޏެވެ.
“އޯކޭ. އެކަމް ވަރަށް ބިރުގަނޭ” ޒިމްޔާ ދާން އެއްބަސްވިއެވެ.
“ކަމޯން ބިރު ނުގަނޭ ވީ އާ ވިތް ޔޫ” ފަޔާޒް ހީލަމުން ބުންޏެވެ.
“ސޯ ހުރިހާ އެއްޗެއް ގެންދަންވާނެ ޒިމްގެ. ފޮއްޓެއް އެބަހުރިތަ؟” މީކާއީލް އަހާލިއެވެ.
“ހުމް” ޒިމްޔާ ބުންޏެވެ.
“އަވަހައް އަޅާ. ވާފިރު އައިއްސިއްޔާ އަނެއްކާ އަނެއް ފައިޓް އަކައް ދާނީ” މީކާއީލް ހެމުން ބުނެލިއެވެ.
“ހެހެހެ. ދޮރު ތަޅުލާ އިހައް އޭރުން ބަޔަކު ތިބިކަމެއް ނޭނގޭނެ” ޒިމްޔާ ބުންޏެވެ. ފޮއްޓައް އެއްޗިހިތައް އަޅާ ނިމުމުން ޒިމްޔާ ގޮވައިގެން އާޒްމެން ގެއައް ދިޔައެވެ. ޒިމްޔާ ހުންނާނީ މިޒްނާމެން ކޮޓެރީގައެވެ. އާލާވެސް އެއްޗިހިތައް ހިފައިގެން އެކޮޓެރިއައް ބަދަލްވީ އެންމެން އެކީ މަޖާ ވާނެ ކަމައް ބުނެއެވެ.
“މަންމާ އަޅުގަނޑުމެން ޒިމްޔާ މިގެއައް ގެނެއްސިން” އާލާ މަންމަ ކައިރި މިހެން ބުނި އިރު މީކާއީލް މެން މަންމަވެސް އެތާއިނެވެ. އަޑި ތަފްސީލްކޮއް ހުރިހާ ވާހަކައެއް ކިޔައި ދިނުމުން އާލާ މަންމަމެން ވެސް އެކަމާ އެއްބަސްވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.



Yay nice ingey mi partvx
Thankyou Saa 🙂
V v nice mi part… When next part??
Thanks. tomorrow 😀
Yey me first? Varah reethi mi part vess
Haven’t seen those comments. Bt am third huh?!
Hehehehe. Its Okay Sheii 😉 Btw thankyuhh 🙂 😀
Overall concept of the story is nice but try to make it a lot more realistic. Maa avas aruvaalaigen ulhei hen heevany and ehaa realistic eh noon. Just a suggestion 🙂
Hehe. Thankyou. Will improve much better 🙂 Konme faadu kiyumakee libey kurierumeh hama 😉
Varah reethi <3
Thanks Aisha <3
Happy that it was long and good this time. Still could improve. <3
waiting for the next part and make next part more interesting.
Hehe. Thankyou ssuma 🙂 😀
varah mistakes eba huri.. vaahaka v nice
Will improve next time much better. Thankyou 🙂
Varah vx reethi vaahaka eh. Mi society aa vx gulhey.
Avahah genes dheneyne kamah ummydhu kuran
Yeah. Thankyou Shanum 🙂
Alhe kobaa tha Aneh bai.vvv reethi mi vaahaka.aaadeys kohfa mibuny aneh part up koh dhybala.