ސުކޫލަށް ދާން ތައްޔާރުވާން ހުރި އީރަމް ގެ ހިޔާލުތަކުގައި ވަނީ ލާމިހްއެވެ. ރޭގެ މެސެޖައް ލާމިހް ގެ ފަރާތުން އެއްވެސް ޖަވާބެއް ނާންނަނީ ކީއްވެހެއްޔެވެ. އެ މެސެޖް ފޮނުވީ ލަސްގަޑި އަކަށް ވުމުން ލާމިހް އަށް އަދި ނުފެންނަނީ ކަމުގައި އީރަމް ނިންމިއެވެ. ލާމިހް ވާނެ އުފާ ހިތަށް އެރުމާއެކު އަމިއްލަ އަށް ވެސް ހިނިތުންވެލެވުނެވެ. އެންމެ ފަހު ޕިން ޝޯލް އަށް ޖަހާލަމުން އީރަމް ފޯނު ހުޅުވާލިއެވެ. ޓެކްސީ އަކަށް ގުޅަން އުޅެފައި ވެސް ހިޔާލު […]
މާ ގިނައިރެއް ނުވެ ޕޮލިހުންވެސް އައެވެ. ޔުއާން ވަރަށް ތަފްސީލްކޮށް ޔުއާންއަށް ފެނުން ކަންތައް ކިޔާދިނެވެ. އަދި އެމީހުން ގެ ބަލާ ފާސް ކުރަން ޖެހޭ ކަމުގައި ބުންޏެވެ. އަރްމާން އެމީހުންނާއިއެކު ޔުއާން ގެއަށް ދާން ނިކުތީ ޔުއާންއަށް ނުވާނެތީއެވެ. ************************** 30 މިނެޓް ފަހުން ޔުޝްރާ އައި.ސީ.ޔޫ. އަށް ބަދަލު ކުރެވުނެވެ. އަދި ފަހަރަކު މީހަކަށް ބައްދަލު ކުރަން ވަދެވޭނެ ވާހަކަ ބުންޏެވެ. ހޭ އަރާނެ އިރެއް ނޭނގޭ ކަމަށްވެސް ބުންޏެވެ. ދުވަހަކީ ހުކުރު ދުވަސް […]
އަރައިގެން އައި އިރާ އެކީ އެންމެން ތައްޔާރު ވަމުން ދިޔައީ މާލެ ދިއުމަށެވެ. މީކާއީލް މަންމަމެންގެ އެދުމަށް އާލިމާމެންވެސް މާލެ ބަދަލުވަނީ ފަޔާޒްމެން ކައިވެނި ކުރުމައްފަހު ވާނީ އެއް އާއިލާއަކަށް ކަމަށް ބުނެއެވެ. ހުރިހާ ކުދިންނައް ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. ބޯޓު މަތީވެސް މާލެ ލެފެން ދެން އެތައް ސަކަރާތެއް ޖެހިއެވެ. މި ދަތުރު ވެގެން ދިޔައީ މީކާއީލް އަށާ ފަޔާޒް އަށް ނުހަނު އުފާވެރި ދަތުރަކަށެވެ. މާލެ ލެފުމުން އެންމެންނާ ވަކިވާން ޖެހުނީ ޒިމްޔާއާއި […]
އެއްމިޔަކަމުން ހީލަމުން ދަބަސްއަޅުވާލަމުން ބޭރަށް ނިކުތް މުލައިލްގެ ލޮލުގައި ރީތިވެލައިގެން ހުރި ޔާނީ އަޅައިގަތެވެ. ކަޅުކުލައިގެ ސްކަރޓާއެކު ފެހި ގަމީހުގެ އަޑިން މުލައިލްފަދައިން ކަޅުކޯޓެއް ލުމަށްފަހު ހަމަ އެފަދަ ޓައީއެއްވެސް އަޅާފައި އޮތެވެ. އެދިގު އިސްތަށިގަނޑު ރީތި ގޮތަކަށް ގަތާލެވިފައިވީއިރު ޔާނީފެންނަނީ ވަރަށް ތާޒާކޮށެވެ. “ކޮން ވަހެއް އެދުވަނީ؟ ޗީ ޗީ…ޔާނީ..ކޮންކަހަލަސެންޓެއްތަ ސްކޫލަށް ދާއިރު ދެން ތި ޖެހީ..ބްލެހް” މުލައިލް ދިޔަ ގޮތަށްގޮސް ޔާނީއާ ބެހިލިއެވެ. ނަމަވެސް މުލައިލްގެ އަޑުވެސް އެހުމެއްނެތި ޔާނީ ނިކުތީ ބޭރަށެވެ. “ހޭއި. […]
ދުވަހަކީ ހުކުރު ދުވަސްކަމުން 9 ޖެހިއިރުވެސް ޒިދާން އޮތީ ގަދަނިދީގައެވެ. އޭނާގެ މަންމަ ޒަހުލާ ކޮޓަރިއަށް ވަތް އިރުވެސް އޭނާ އޮތީ ފުން ނިންޖެއްގެ ތެރޭގައެވެ. ޒަހުލާ ލޯތްބައިއެކު އެނދުގެ މަގަތުގައި އިށީނދެފައި ޒިދާންއަށް ގޮވާލިއެވެ. “މަންމާ އަދި ކުޑައިރުކޮޅަކު ނިދަން ބޭނުން” “މިހާރު 9 ޖެހީ އޭ ދަރިފުޅާ ތެދުވޭ ދެން.. ދަރިފުޅު ހޯދަން މީހަކުވެސް އައިސް އެބައިން” “ކާކު؟؟” “ކާކުކަން އިނގޭނެ ބޭރަށް ނިކުތީމަ އިހަށް ދޭ ފެންވަރަން” ޒިދާން ކަންނެތް ކަމާއެކު އެނދުން […]
ރޭޝްމާ ތެދުވެގެން ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓި އޭނަގެ ލޮލަށް ލައްވާފަ ހުރި ނޫ ކުލައިގެ ލެންސް ނެގުމަށްފަހު ބޮލުގަ އަޅާއިގެން އުޅޭ ގަދަ މުށި ކުލައިގެ ރާޅު ބާންޏެއް ފަދަ ހެއާރ ވިގް ނެގިއެވެ. “އަހަންނަށް ލަނޑުދީފި ނަމަ އެނބުރި އަންނާނީ މީނަ. ރޭޝްމާ އެއް ނޫން.” ލޯގަނޑުން އޭނަގެ ސިފައަށް ބަލަމުން ރޭޝްމާ ވާހަކަ ދެއްކިއެވެ. މެންދުރު ވަޤުތެވެ. ފޯނާއި ކުޅެން ހުރި ޝާހިން ސިއްސައިގެން ދިޔައީ މާ ސީރިއެސް ކަމާއި އެކު ހުރެ […]
“ދޮންބެ ދެން ޔުމްނާ ގާތު ބުނެފިންތަ ލޯބިވާ ވާހަކަ؟ ލެޓް މީ ގެސް.. ނުބުނަން ދޯ؟ އަޅޭ ކޮންފެސް ކޮށްބަލަ.. އޭރުންދޯ ޔުމްނާގެ ހިތުގައިވާ އެއްޗެއްވެސް އެނގޭނީ..” އަރޫޝާ އާރިކްއަށް ވިސްނައިދޭފަދަ ގޮތަކަށް ވާހަކަދެއްކިއެވެ. ބޭރުން އަޑެއް އިވިގެން ދެމީހުންވެސް ދޮރާ ދިމާއަށް ބަލާލިއެވެ. އެ ކޮޓަރީގެ ދޮރު ކުރިމަތީގައި ހުއްޓިގެން ހުރި ޔުމްނާ ފެނުމުން ދެމީހުންގެ ބަސް ވެސް ހުއްޓުނެވެ. “އަމްމް.. ފެންފުޅި ހުސްވެފަ ހުރީމަ..” އަތުގައި އޮތް ހުސް ފުޅި ދައްކާލަމުން ޔުމްނާ ބުނެލިއެވެ. […]
“މަހުދީ ހޯދަން ތިގެއަށް ދިޔައީމަ ކުޑައްތަ ބުނީ އަވްލީން ހޮސްޕިޓަލްގަ ބާއްވާފަ އޮތީމަ އަވްލީން ކައިރިއަށް އައިސްއޭވީ.. އެހެންވެ ޒީތުވެސް މިއައީ މަހުދީއާއެކު މިތާނގަ އިންނަން.. ގޭގަ އަބަދު އިންނަންވީމަ ވަރަށް ފޫހި..” ޒީނަތު އެހެންބުނުމަށްފަހު މަހުދީގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. “މަޑުކޮށްބަލަ މަޑުކޮށްބަލަ.. ޒީތު ޓެސްޓަށް ދަސްކުރާކަށް ނުޖެހޭތަ.. ޒީތު މިތާނގަ އިނަސް ފޫއްސެއް ނުފިލާނެއެއްނު.. ޒީތުދޭ ގެއަށް. ގޮސް ދެން އޮންނަ ޓެސްޓަކަށް ރެޑީވޭ..” މަހުދީ ޒީނަތުގެ އަތް އޭނަގެ އަތުން ނައްޓާލަމުން ވާހަކަދެއްކިއެވެ. […]
ކޮޓަރީގެ ފާރުތަކުގައި ލެވިފައިވަނީ ކަޅުކުލައެވެ. ހުދުކުލައިން ކޮންމެސް ވަރަކަށް ކުރެހުންތަކެއް ކުރަހާފައި ހުއްޓަސް އެކޮޓަރީގައި ގިނައީ މުޅިންވެސް ކަޅުކުލައިގެ އެއްޗިއްސެވެ. ފަރުނީޗަރުން ފެށިގެން ސީލިންގަށް ދާންދެން ކަޅުކުލަހުރިނަމަވެސް ނަމަވެސް އެއިން ކޮންމެ އެއްޗެއްގައިވެސް ކޮންމެސް ވަރަކަށް ހުދުކުލަ ހުރެއެވެ. އެހެން ކޮޓަރިތަކުގައި ހުންނަ ފަދައިން ފަންކާއެއް ނުހުރެއެވެ. ނަމަވެސް ފިނިކުރުމަށް އޭސީއެއް ހުއްޓެވެ. ކޮޓަރީގެ ތަރުތީބު ކަމާ ފުރިހަމަކަމުން ޝާހީ ގޮތެއް ހުއްޓެވެ. ތުވާލިކޮޅެއް އަނދެލައިގެން ހުރެ ފާހަނައިން ނިކުތް ޒުވާނާގެ ހަށިގަނޑަށް އެތަކެއް ކުދިންގެ ހިތްތަށް […]