މާ ގިނައިރެއް ނުވެ ޕޮލިހުންވެސް އައެވެ. ޔުއާން ވަރަށް ތަފްސީލްކޮށް ޔުއާންއަށް ފެނުން ކަންތައް ކިޔާދިނެވެ. އަދި އެމީހުން ގެ ބަލާ ފާސް ކުރަން ޖެހޭ ކަމުގައި ބުންޏެވެ. އަރްމާން އެމީހުންނާއިއެކު ޔުއާން ގެއަށް ދާން ނިކުތީ ޔުއާންއަށް ނުވާނެތީއެވެ.
**************************
30 މިނެޓް ފަހުން ޔުޝްރާ އައި.ސީ.ޔޫ. އަށް ބަދަލު ކުރެވުނެވެ. އަދި ފަހަރަކު މީހަކަށް ބައްދަލު ކުރަން ވަދެވޭނެ ވާހަކަ ބުންޏެވެ. ހޭ އަރާނެ އިރެއް ނޭނގޭ ކަމަށްވެސް ބުންޏެވެ.
ދުވަހަކީ ހުކުރު ދުވަސް ކަމުން އާސިމާވެސް ކައްކަން ދާންޖެހޭނެއެވެ. އެހެން ކަމުން އަފްރީން އަދި އާސިމާ ދިޔައީ ގެއަށެވެ. އަފްރީންވެސް ޑިއުޓީ ނިމިފައި ހުރުމުން ގެއަށް ދިޔައީ ފެންވަރާލައިގެން ފިރިހެނުން ހުކުރަށް ފޮނުވުމުގެ ބޭނުމުގައެވެ.
ހޮސްޕޓަލުގައި ތިބީ ޔުއާން، އަލީ އަދި އަރްމާންއެވެ. ތިން މީހުންގެ މޫނު މަތިންވެސް ފެންންނީ މާޔޫސް ކަމެވެ.
އަރްމާންއާއި ޔުޝްރާގެ އެއްވެސް ލޭގެ ގުޅުމެއް ނެތް ކަމުގައި ވިއަސް ކުޑަ އިރުން ސުރެ ޔުއާން އާއި އެކީގަ އެގޭގައި އުޅުމުން ވަނީ މައިވަންތަ ކަމުގެ ކުލުނު އުފެދިފައެވެ.
ޔުއާން އަދިވެސް ހުއްޓުން އަރާފައި އިން އިރު އަލީވެސް އިނީ ހަމަ އެފަދަ ހާލެއްގައެވެ. އަރްމާންއަށް އެމީހުން ތިބި ހާލު ފެނުމުން ހަމްދަރްދީވިއެވެ. އަދި ހިތްވަރު ކޮށްލާފައި އެދިމާލަށް ހިނގައިގަތެވެ.
މިވަގުތު ހިތްވަރު ކުރަންޖެހޭނީ އަރްމާންއާއި އަފްރީން އަދި އާސިމާ އެވެ. މިހާރު އޮތް ގޮތުން އަފްރީންއަދި ޔުއާންގެ ކައިވެނިވެސް ވަނީ ހަމަ ޖެހިފައެވެ.
އަރްމާން ގޮސް ޔުއާންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ޔުއާން އިސްއުފުލާ ބަލާލިއިރު އަދިވެސް އެ ތޫނު ލޮލުގައި ތާޒާ ކަރުނަ ވިދަމުން ދިޔައެވެ.
“އާން ހިނގާ އެއްޗެއް ކާލަން ދާން ދޯ. ހެނދުނު ސައިވެސް ނުބޮމޭނުން.” އަރްމާން ގަދަ ކަމުން މޫނު މައްޗައް ހިނިތުންވުމެއް ވެރި ކުރަމުން ވާހަކަ ދައްކަން ފެށިއެވެ.
ޔުއާން ބޯ ހޫރާލިއެވެ. އަރްމާންއަށް ޔުއާންގެ ހާލަތު ވިސްނެއެވެ. އަދި އަރްމާންވެސް ޔުއާން ކައިރީގައި އިށީނެވެ.
11 ޖަހަނިކޮށް އަފްރީން އައިސް ހޮސްޕިޓަލަށް ވަނެވެ. އަފްރީން އެ ގަޑީގައި އައުމުން ހުރިހާ ސޮޓާފުންވެސް އޭނައާއި ދިމާލަށް ބަލަމުން ދިޔައެވެ. އެހެނީ އަފްރީން އޭނާގެ ޝިފްޓް ނިންމާފައި ދިޔައިރު 30 9 ވާން އުޅެއެވެ. ހައިރާންކަން އެއްކިބާކޮށް އެންމެންވެސް އަފްރީންއަށް ހިނިތުންވުމެއް ހަދިޔާ ކުރިއެވެ.
އަފްރީން ބާރަށް ހިނގާފައި ގޮސް އައި.ސީ.ޔޫ. ކައިރިއަށް މަޑުކުރިއެވެ. އޭރުވެސް އެތާ ތިބި ތިން ފިރިހެނުން ހުއްޓުން އަރާފައި ތިއްބެވެ.
އަފްރީން ގޮސް އަރްމާންގެ ކޮނޑުގައި އަތް ބާއްވާލުމުން އަރްމާން އިސް އުފުލާ އަފްރީންއާއި ދިމާލަށް ބަލާލިއެވެ. ހަމަ އެވަގުތު ޔުއާންވެސް އަފްރީންއާއި ދިމާލަށް ބަލާލިއެވެ. ޔުއާންގެ މޫނު ފެނުމުން އަފްރިންގެ ހިތުގައި ރިއްސާލިއެވެ. އެ ރީތި މޫނު ވަނީ މިލާ މޯޅިވެފައެވެ.
“ދެން ތިން މީހުން ގެއަށް ދާން ވީނުން. ހުކުރަށްވެސް ދާން ޖެހޭނެ އަދި ދޯ. އަހަރެން މަޑުކުރާނަން ހޮސްޕިޓަލުގަ. އަވަހަށް ދޭ. ދޮންބެ ގެންދިޔަ އަލީބެ އާއި ޔުއާންގެ ގަމީސް އިސްތިރި ކޮށްފަ ހުންނާނެ ދޮންބެ ކޮޓަރީގަ. ކައިގެން އަރާމް ކޮށްލައިގެން އާދޭ ދެން.” އަފްރީން ހަމަޖެހެމުން ވާހަކަ ދެއްކިއެވެ.
“އެކަމް އަފޫ ދެންމެ އޭނުން ޑިއުޓީ ނިންމާފަ ތި ދިޔައީ. ވަރުބަލި ވާނެ އޭނުން ވަރަށް.” ޔުއާންވެސް އަފްރީންގެ ވާހަކައާއި ވިއްދާފައި ބުނެލިއެވެ.
އަފްރީންގެ ހިތުގައި އުފާވެރިކަން ހިނގާލީ ޔުއާން އަފްރީންއާއި ވިސްނާވަރު އެނގުމުންނެވެ.
“ޔުއާން ދެން އެކަމާ ނުވިސްނާ. އަހަރެން އޯކޭއޭ. ހާސް ނުވެ ފެންވަރައިގެން ކައިގެން އަރާމް ކޮށްލައިގެން އަސުރު ނަމާދުވެސް ކޮށްގެން އާދޭ. ޔުޝްތަ ހޭ އެރިއަސް އެހެން ކަމެއް ދިމާވިއަސް އަހަރެން ގުޅާނަން. ދެން ދޭ އަވަހަށް.” އަފްރީން ބޭނުން ވާގޮތް ހާމަ ކުރިއެވެ. އަފްރީން ވާހަކަ ދައްކާ ނިންމާލުމުން ޔުއާން ދާން ތެދުވިއެވެ. އަދި އަލީވެސް ގޮވައިގެން ހޮސްޕިޓަލުން ނިކުންނަން ހިނގައިގަތެވެ.
“ދޮންބޭ ލުކް އާފްޓާ ހިމް” ޔުއާން ދިޔަ ދިމާލަށް ބަލަން ހުރެފައި އަފްރީން އަރްމާން ގާތުގައި ބުނެލިއިރު އެ މޫނުމަތީގައިވި ކަންބޮޑުވުން އަރްމާންއަކަށް ސިއްރެއް ނުވިއެވެ.
އަރްމާންވެސް ބޯ ޖަހާލުމަށް ފަހުގައި ދާން ހިނގައިގަތެވެ. އެންމެން ދިއުމުން އަފްރީން އައި.ސީ.ޔޫ. އަށް ވަދެލިއެވެ. އަފްރީންއަކީ ނަރުހެއް ކަމުން އޭނަ ހުއްޓުވާކަށް އެތާ ހުރި ނަރުހެއްވެސް ނޫޅުނެވެ. ނަމަވެސް އަފްރީންގެ ޑިއިޓީ ގަޑި ނޫންކަން އެކުއްޖާއަށްވެސް އެނގެއެވެ.
“ނާރސް. އެނީ ޕްރޮގްރެސް؟” އަފްރީން އެތާ ހުރި ނަރުސް ކުއްޖާ ގާތު އަހާލީ މާޔޫސްވެފައި ހުރެއެވެ. ނަރުސް ކުއްޖާ ބޯހޫރާލުމުން އަފްރީން އިތުރަށް މާޔޫސްވިއެވެ.
އިރުކޮޅަކު އެތާ ހުރެލާފައި އަފްރީން ބޭރަށް ނިކުމެ ގޮނޑި ބަރިން ގޮނޑިއެއްގައި ޖައްސާލިއެވެ. އަފްރީންއަށް އޭރުވެސް ދިޔައީ ވަރުބަލިކަން އިހްސާސް ކުރެވެމުންނެވެ. ރޭ ހަތަރު ދަމު ނުނިދާ ހުރެފައި އަނެއްކާ މިއަދުވެސް ނިދާލެވޭ ގޮތެއް ނުވިއެވެ. ނަމަވެސް ޝަކުވާއެއް ނެތެވެ.
ޔުޝްރާއަކީ އަފްރީން ވަރަށް ކުޑަ އިރުންސުރެ މަންމަގެ މަގާމް ދީފަ ހުންނަ މީހެކެވެ. އަދި މިހާރު އަފްރީންގެ ލޮބިވެރިޔާގެ މަންމައެވެ. ޔުއާން ޔުޝްރާ ދެކެ ލޮބި ވާވަރު އަފްރީންއަށް ތަސައްވަރު ކުރެވެއެވެ.
އަފްރީން އެއިން ގޮތަށް އިނދެ ފާރުގައި ބޯ ޖައްސާލާ ލޯ މަރާލީ ވަރުބަލި ކަމުންނެވެ. އެއްވެސް ހާލެއްގައި ނިދުމުގެ ނިޔަތެއްގަ ނޫނެވެ. ނަމަވެސް އަފްރީންއަށް ނިދިއްޖެވެ.
އަފްރީންއަށް ސިއްސައިގެން ގޮސް ލޯ ހުޅުވާލެވުނީ މީހަކު އަފްރީންގެ ކޮނޑުގައި އަތް ޖައްސާލުމުންނެވެ.
ރަނގަޅަށް ލޯ ހުޅުވާ ބަލާލިއިރު ޔުއާންއެވެ. ޔުއާން ފެނުމުން ގަޑިން ވީ އިރެއް ބަލާލިއިރު އަފްރީނގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މިހާރު ފަހެއް ޖަހަނީއެވެ. އަފްރީންއަށް ނިދިއްޖެ ތާއެވެ.
” އަފޫ ވަރަށް ނިދިއައިސްފަ ދޯ ތީނީ؟ މެންދުރުން ސުރެ ނުވެސް ކަމެއްނު.” ޔުއާން އޯގާތެރި ކަމާއިއެކު ބުނެލިއެވެ.
“އާން އަސްލު އަހަރެން ނިދާކަށް ނޫން މިތާ އިށީނީއެއް. އެކަމް ނިދުނީ.” އަފްރީން ވަރަށް ލަދުގަނެފައި އިނދެ ތެދު ހާމަ ކުރިއެވެ.
“އެއީ މައްސަލައެއްނޫނޭ އަފޫ. ދެން ގެއަށް ގޮސް ކައިގެން ނިދާލާ އިނގޭ.” ޔުއާން ބޭނުންވީ އަވަހަށް އަފްރީން ގެއަށް ފޮނުވާލާށެވެ.
އަފްރީންވެސް ވަރުބަލި ވެފައި ހުރުމުން އަވަހަށް އެއްބަސް ވިއެވެ. އަދި ދާން ހިނގައިގަތެވެ.
އަފްރީން ގޮސް ލޮލު ކޮޅަށް ގެއްލުމުން ޔުއާން ގޮސް އައި.ސީ.ޔޫ. ދޮރުމަތީގައި ހުއްޓި ދޮރުގައި އިން ލޯގަނޑު ކޮޅުން އެތެރެ ބަލާލިއެވެ. ލޯބިވާ މަންމަ އެހާލުގައި އޮތުމުން ހިތުގައި ރިއްސާލިއެވެ.
އިރު ކޮޅަކު އެތާގައި ހުރުމަށް ފަހުގައި ޔުއާން ގޮސް ގޮނޑީގައި އިށީނެވެ.
އަފްރީންއާއި އިންނަން މިހާ ގާތް ވެފައި އޮށްވާ މިވީ ކިހިނެތް ހެއްޔެވެ؟ ހައްތަހާވެސް ހިތާމަވެރި ކަންކަމެވެ. ނަމަވެސް އަހަރެން ހިތަވަރު ކުރާނަމެވެ. ބައްޕައަށް ޓަކައެވެ. މަންމައަށް ޓަކައެވެ. އަފްރީން އަބަދުވެސް އަހަރެންނާއެކު ހުންނާނެއެވެ. ކޮންމެ ކަމެއް ވިޔަސް އަފްރީން އަހަރެންނަށް ހިތަވަރު ދޭނެއެވެ.
ޔުއާންއަށް ހިޔާލީ ދުނިޔެއިން ނިކުމެވުނީ އަލީ އައިސް ޔުއާއަށް ގޮވާލުމުންނެވެ. އަލީވެސް ހިތްވަރު ކުރަމުން އެދަނީ ޔުއާންއަށް ޓަކައެވެ. ހުރި ހަމަ އެކަނި ދަރިފުޅަށްޓަކައެވެ.
ޔުއާން އަލީއަށް ބަލާލަމުން ހީލިއެވެ. ނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައި ޔުއާން ސިއްރު ކުރަމުންދާ ހިތާމަ އަލީއަކަށް ސިއްރެއް ނުވިއެވެ. އަލީވެސް ޔުއާންއަށް ހިނިތުނަވުމެއް ރައްދު ކުރަމުން ޔުއާންގެ ބޮލުގައި ފިރުމާލިއެވެ.
އެދެމެދުގައި ވާހަކައެއް ނުދެވެނުކަމުގައި ވިއަސް ދެމީހުންނަށްވެސް ހިތުގެ ހާލު އިނގޭ ފަދައެވެ.
“ޔުއާން ދެން ދާން ވީނުން ކައިގެން އަންނަން. މިހާރު ކޮން އިރެއް ތިހެން އިންނަތާ؟” އަލީ ޔުއާންގެ ހާލާ މެދު ކަން ބޮޑުވުން ފާޅުކުރިއެވެ.
“އަލީބެވެސް ދޭ އާންއާއި އެކު” އަރްމާން އައިސް ވައިން ތަނާ އަލީ ދެއްކި ވާހަކަ އަޑު އިވިގެން ބުނެލިއެވެ. “ކަން ބޮޑު ނުވޭ އަހަރެން އިންނާނަން މިތާގަ” އަރްމާން އިތުރު ކޮށްލިއެވެ.
އެއާއިއެކު ޔުއާންއާއި އަލީ ކާން ދާން ހިނގައިގަތެވެ.
ދުވަސްތަށް މާޒީއާއި އެކުވަމުން ގޮސް 2 މަސް ވީއެވެ.
ޔުއާން ހަމައަކަށް އެޅިފައި ވީނަމަވެސް އަލީ އަދިވެސް ހަމައަކަށް ނޭޅެއެވެ. އަލީ ގިނަ ވަގުތު ހޭދަ ކުރަނީ ހޮސްޕޓަލުގައެވެ.
ޔުއާންއާއި އަފްރީންގެ ގުޅުން ކުރިއަށް ދިޔަ ނަމަވެސް އަދިވެސް ޔުޝްރާއާއި މެދު ދެމީހުންނަށްވެސް ވިސްނެއެވެ.
އަފްރީނަގެ ހިތުން ޔުޝްރާއަށް މަންމައެއްގެ މަގާމް ދެވިފައި ވަނީ ޔުއާންއާއި ރައްޓެހިވުމުގެ ވެސް ކުރީގައެވެ.
މިހާރު ޔުއާން މަސައްކަތް ކުރަމުން ގެންދަނީ ޔުޝްރާ ބޭރަށް ގެންދާށެވެ. ޔުޝްރާގެ ހާލަތަށް ވަކި ކުރިއެރުމެއް ނުލިބޭތީ އެހެން ޑޮކްޓަރުންވެސް ލަފާ ދީފައި ވަނީ ބޭރަށް ގެންދާށެވެ.
ދުވަސްތަށް ފާއިތުވަމުން ގޮސް މިއަދު މީ ޔުޝްރާ ގޮވައިގެން ބޭރަށް ދާން ހަމަޖެހިފައިވާ ދުވަހެއެވެ. ޔުޝްރާ ގޮވައިގެން އަލީއާއި ޔުއާންގެ އިތުރުން ދަނީ އަފްރީންއާއި އާސިމާއ އެވެ. އަރްމާންއަށް ޗުއްޓީ ނުލިބުމުން ދެވޭ ގޮތް ނުވީއެވެ.
އަފްރީންއާއި އަދި ނީން ކަމުގައި ވީނަމަވެސް ދެއާއިލާ މިހާރުވަނީ އެއް އާއިލާއަށް ވެ ނިމިފައެވެ. ޔުޝްރާ ބަލިވިފަހުން ޔުއާންއާއި އަލީ ކައިބޮއެ ހަދަނީ އަފްރީންެސް ގެއިންނެވެ.
ޔުއާންމެން ފުރުވާލުމަށް ފަހުގައި އަރްމާން ގެއަށް ދާ ހިޔާލް ނުކުރީ މާ އެކަނި ވާނެތީއެވެ. އަރްމާން ގޮސް އިށީނީ ޕާރކްގައެވެ.
ހިޔާލަކަށް ގެއްލިފައި އިން އަރްމާން ސިއްސައިގެން ދިޔައީ ފެން ތަކެއް އައިސް އޭނަ ގައިގައި ހޭކުމުންނެވެ. މުޅި މީހަ އިނީ ތެމިފައެވެ. ފަހަތް ބަލާލިއިރު އަންހެން ކުއްޖެއް ދެލޯ ބޮޑު ކޮށްލައިގެން އަރްމާންއާއި ދިމާލަށް ބަލައިގެން ހުއްޓެވެ. ވަގުތުން އެހެން މީހަކަށް ލިބެންވީ ލަނޑެއް އަރްމާންއަށް ލިބުނީ ކަން ނަގައި ގަނެވުނެވެ.
އަރްމާން ތެދުވެގެން ގޮސް އެއަންހެން ކުއްޖާ ކައިރީގައި ހުއްޓުނެވެ. ކައިރިން އެކުއްޖާގެ މޫނު ފެނުމުން އަރްމާންގެ އެންމެ ހިމަ ނާރަށްވެސް އެނގުން ވެލައިގެން ދިޔައެވެ.
އެއްވެސް އައިބެއް ނުވާ ދޮން މޫނެކެވެ. ބޮޑު ދެލޮލާއި ދިގު އެސްފިޔަ ތަކެކެވެ. ބުޅި އިސްތަށި ކޮޅެކެވެ. އެކުއްޖާ އަރްމާއާއި ދިމާލަށް އިސްއަފުލައިގެން ބަލައިގެން ގެ ހުރި އިރު އެކުއްޖާ އަރަނީ އަރްމާން މެއާ ހިސާބަށެވެ.
އަރްމާއަށް ހޭވެރިކަން ވީ ފޯނު ރިންގްވާން ފެށުމުންނެވެ. އަރްމާން އަވަހަށް ނުވާ ކަމަށް ހަދާފައި ފޯނު ނަގާފައި އަނެއްކާވެސް ޖީބަށް ލިއެވެ.
” ސޯ ކާކަށް ލިބެންވީ ހަދިޔާއެއް އަހަރެންނަށް މި ލިބުނީ؟” އަރްމާ އެއް ބުމަ ހިއްލާލާފައި އަހާލި ގޮތުން އެ ކުއްޖާގެ މޫނަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ.
އަރްމާން މިމަންޒަރު ބަލަން ހުރީ އާޝޯޙުވެފައެވެ.
“އަނޭއް މީ އަހަރެންގެ ބޭބެއަށް. އޭނަ މިތާގައޭ ބުނީމަ އައީ.” ޖެހިލުން ވެފައި ހުރި ކަހަލަ ގޮތަކަށް އެ ކުއްޖާ ވާހަކަ ދެއްކިއެވެ. އަރްމާންއަށް ބޭއިހްތިޔާރައި ހިނިތުންވެލެވުނެވެ.
“އިޓްސް އޯކޭ އިނގޭ. އެހެންވެސް ވާނެ. އައިމް އަރްމާން. ތީ މިރަށު ކުއްޖެއް ނޫން ދޯ؟” އަރްމާން އަމިއްލައަށް ތައާރަފް ވެލަމުން ބުނެލިއެވެ.
“ޔެސް މިރަށެއް ނޫން. ކިޔަވަން އައިސްގެން މި އުޅެނީ މިހާރު. މިއަދު އައީވެސް. މައި ނޭމް އިސް އައިރީން” އައިރީންވެސް އަމިއްލައަށް ތައާރަފް ވެލިއެވެ.
“އައިރީން!!” އަރްމާންއަށް ހިތާ ހިތާ ކިޔާލެވުނެވެ. މި ކުއަޖާ އަރްމާންގެ ހިތަށް ބާރު ފޯރުވާލައިފިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
28 Comments!
Comments are closed.



Varah loabi next part ven
Than you
Hama vee Emme awahakah
Aslu ethaa ga nurse ge badhal sister or brother innama maa rythi vefa furihama vaane
Anyway stry is nice
Dhn rangalhu kohlaanan
Thank you
Vvvvv salhi mi story sunshine .when next part?
Thank you..
Next part maybe Tuesday ga.. Or las vedhaane
Woww.. Wonderful.. Story varah varah reethi ingey Sunshine… Mi Story varah varah kiyaahihvey n story ga use kohfa vaa names thah varah varah varah reethi.. It’s really nice..
Keep it up… Eagerly waiting for the next part…
Aww. Thank you..
Wait kohlaa ingey
Alhe varah wait kurevijje…? konme dhuhuku check kureveyy up kuri tho..? Mi part ves hama awesome….? keep going SunShine.✨ waiting for the next part..? Love you..❤✨
Thank you so much..
Love you more Minnie
Wwowww.. V salhi.. When next parttt………????? Avahah up kohdhehchey…
samaal! assalam alaikum sir!
sadhin sir rifaasha ma’am kobaitho?
Thank you.
Hama veehaa awahakah up kohdheynan
Masha Allah ….. varah varah varah reethi……..❤❤❤
Thank you
Wowww varahhhh reethu
**Reethi
Thank you
Alheyy varah wait kurevijje…? Komme dhuhuku check kurevey up kuritho…? Finally kiyaalan libijje…? But maaa maa kuree eyyy….? Alhe next part dhigukoh genesdheeba…?♥ Anyways mi part ves hama awesome..? Varah reethi…? Masha Allah.? Keep going SunShine..✨✨ Next part avahah up kohdhehche…? And thankolheh dhigu koh…? Love you…. ❤✨✨
Next part miyah vure dhigu kohlewry this balaanan ingey
Nice
Thank you
coment nukriyas baraabarah vahaka kiyan v reethi gud luck
Thank you..
Aireen afreen armaan same type name vma udhagu kiyan anyways story v nice ❤
Undhagu dhw .. Ekm dhn kuraane kameh neh
Thank you..
really nice can yuh up next part next day wait for next part .. i really love this story. keep going .. best wishes.
Not possible dear.. Very busy lately