“ތީ އަވީއެއް ނޫން.. ތީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަނާން.. އަނާން މިހާރު މި ދުނިޔެއަކު ނެތް.. އަހަންނަށްވެސް ފުރަތަމަ އަވީ ފެންނައިރަށްވެސް ހުއްޓުން އެރީ އަހަރެން ކޮއްކޮއާ އަވީ ވައްތަރުކަމުން.. ކާގެއިން އަވީ ފެންނައިރަށް ބަލަހައްޓައިގެން ހުރެވުނީ އެހެންވެ. އަވީ ކޮއްކޮއާ އެހާ ވައްތަރުވާންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނު. އެހެންވެ އަހަރެން އެރޭގަ އެހީ މަހުދީ ކައިރީ އެއީ ކޮއްކޮއެއްތޯ؟ ދެން މަހުދީ އަވީގެ މަންމަ އާއި ބައްޕަ މަރުވި ވާހަކަ ބުނީމަ އަހަރެން […]
ހުދު ވެލިން މުޅި ގޮނޑުދޮށުގައި ޗާލު ދޫލައެއް އަޅާފައިވާ ކަހަލައެވެ. ރަތްދައްކާ އަވިން މުޅި ރަށަށްވަނީ ދިލަ ހޫނު ފަތުރާފައެވެ. ބޭރަށް ނިކުމެ އުޅެން ދަތިވާ ވަރަށެވެ. ދޮން މީހެއްނަމަ ގައިގެ ހަންގަނޑު އޮފުދާރު ކަޅުކުލައަށް ބަދަލު ކޮށްލާނެކަން ކަށަވަރެވެ. އެހެންނަމަވެސް އަފްރީންގެ މޯޅިވެފައިވާ ހިތަށް އުފާވެރިކަން ގެނެސްދެނީ އަތިރިމައްޗަށް ޖެހޭ ނަލަ ވައިރޯޅިންނެވެ. ހީސަމާސާކޮށް ދުވެހަދަމުންދާ ކުޑަކުދިންނާއި އަވިން ރޯފިލާފައިވާ ވެލިގަނޑުމަތީގައި އެކިއެކި ކުޅިވަރުތައް ކުޅެމުންދާ ނޫކަށި ފުރައިގެ ޒުވާނުންގެ ފޯރިފެނުމުންނެވެ. އެވަގުތު އޭނާގެ ހިތަށް […]
“އަޝްފާން..” ޔުމްނާ އެ ނަން ބުނުމާއެކު އަރޫޝާގެ ނިތަށް ރޫތަކެއް ޖަމާވެގެން ދިޔައެވެ. “ކޮން ރަށެއް އެއީ؟” އަރޫޝާ ފާޑަކަށް އަހާލިއެވެ. “އިނގުރައިދޫ..” ޔުމްނާ އެހެން ބުނުމާއެކު އަރޫޝާއަށް ތެޅިގަނެވުނެވެ. ޔުމްނާ ލޯބިވާ މީހަކީ ހަމަ އެ އަޝްފާން ހެއްޔެވެ؟ އޭނާގެ ބޮޑުދައިތަގެ ދަރިފުޅު ހެއްޔެވެ؟ “އެ.. އެހެންތަ؟ މީތަ އޭނަ އަކީ؟” އަޝްފާންގެ ޕްރޮފައިލް ހުޅުވައި، އަޝްފާންގެ ފޮޓޯއެއް ދައްކާލަމުން އަރޫޝާ އަހާލިއެވެ. ޔުމްނާ އިރުކޮޅެއް ވަންދެން އެ ފޮޓޯއަށް ބަލަން އިނެވެ. އެ މޫނުމަތިން […]
ހެނދުނުގެ މިހިތްގައިމު ވަގުތު ރަށުގެ އަތިރިމަތީގައި އެކަނިމައި އެކަނި މިއުޝީން އިނށީދެލައިގެން އިނެވެ. ދެކަކޫ ގެނެސް މޭގައި ޖައްސައިލައިގެން ދެއަތް ކަކުލުގައި ވަށައިލައިގެން އިނދެ މޫދާ ދިމާއަށް ބަލަމުންދިޔަ މިއުޝީންގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ހިތާހިތުން އަމިއްލަ ނަފުސް ކުށްވެރިކޮށް އޭނާގެ ހަޔާތާ މެދުގައި ޝަކުވާކުރަމުން ދިޔައެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވާ އެމާހައުލަށްވަނީ ފަޅުކަންވެރިވެފައެވެ. މިއުޝީނަކީ އުފެދުމުގައި ކަނައަތުފައިގެ ކަކުލުހުޅުގައި ހުރި މައްސަލައެއްގެ ސަބަބުން ހިނގައިބިގައިވެ އުޅުމުގައި ކޮންމެވެސް ވަރެއްގެ ދަތިކަމަކާ ކުރިމަތިވެފައިވާ ކުއްޖެކެވެ. އޭނާ […]
އާލާމެން ގެއަށް ވަތް އިރު އެކަކުވެސް ފެންނަން ނެތުމުން މީކާއީލް އަށާއި ފަޔާޒްއަށް ގެނައެއްޗިހި މޭޒުމަތީ ބަހައްޓައިފައި އާލާ ދިޔައީ ފަޔާޒް އަށް ގޮވަންށެވެ. ފަޔާޒް ކައިރި މީކާއީލް އޮންނާނެކަމަށް ހިތާ ޒިމްޔާއާއި މިޒްނާވެސް ފަހަތުން ދިޔައެވެ. ދޮރު ހުރީ ތަޅު ނުލާކަމުން ދޮރު ހުޅުވައި ބަލައިލި ތަނުން ތިން މީހުންނައްވެސް ހުއްޓުން އަރާފައި ފެންނަން އޮތް މަންޒަރުން ހުއްޓުން އެރިއެވެ. މީކާއީލްވެސް މަތީގައި އިނދެފައި ޒިމްޔާމެން ގެއަށް ވަދެ ހޭ ވާހަކަ ދައްކާ އަޑައް ނިކުތެވެ. […]
އޯކޭ އާލާ އޮވެ ރުޅިވެފަ. އެކަމް ފަޔާ ރުޅިއެއް ނޫން” ފަޔާޒް ކުރާ ކުދި ކުދި ސަމާސާއިން އާލާއަށް ވެސް އެގޮތުގަ އޮވެވުނީ އިރުކޮޅެއްވަންދެންނެވެ. ……………………………………………….. ޒިމްޔާއަށް ހޭލެވުނީ ފޯނު ރިންގްވާ އަޑަށެވެ. ނަގާ ބަލާލި އިރު މީކާއީލް އެވެ. ވަގުތުން ނިދިވެސް ފިލި ކަހަލައެވެ. “ޒިމް މާލެ އައީއްސުރެ ހާދަ ވަރަކަށޭތި ނިދަނީ. މީކް ކިހާވަރަކަށް ގުޅައިފިން. އާދެބަލަ މިގެއަށް” މިކްޔަން އެހެން ބުނުމުން ފާރުގަ އިން ގަޑި ބަލާލިއެވެ. އޭރު ދިހައެއް ޖަހާ ބޮޑު […]
ރޭޝްމާ ގޮސް ކޮޓަރިއަށް ވަން އިރު ޝާހިން ފެންނަން ނެތުމުން އޭނަ ޝާހިނަށް ގޮވާލިއެވެ. ދެތިން ފަހަރު ގޮވުމުންވެސް ޚަބަރެއް ނުވުމުން ރޭޝްމާ ކަންބޮޑުވިއެވެ. ކުޑަކޮށް ނަމަވެސް ފާހަނާއިގެ ދޮރު ހުޅުވިފަ ހުރުމުން ޝަވަރުން ފެން ވެއްޓޭ އަޑު ރޭޝްމާ އަށް އިވުނެވެ. ފާހަނާ ކައިރީ ހުއްޓެމުން އޭނަ އަނެއްކާވެސް ޝާހިނަށް ގޮވާލިއެވެ. ދެތިން ފަހަރު ގޮވުމުން ވެސް އޭނަ ޖަވާބެއް ނުދިނުމުން ފަސްޖެހިފަ ހުރެ ނަމަވެސް ރޭޝްމާ ފާހަނާއިގެ ދޮރު ބޮޑަށް ހުޅުވަމުން ބޯ ދިއްކޮއްލިއެވެ. […]
މުލައިލްގެ ދުވުމަކަށް ބަދަލެއް ނާދެއެވެ. މުލައިލްގެ ފަހަތުން ބޮޑު ކަތިވަޅިއެއް ހިފައިގެން އެމީހަކު ދުވަމުން ދިޔައީ މުލައިލްގެ ދުވަސްދުއްވާލުމަށްކަން ވަރަށް ރަނގަޅަށް އިނގެއެވެ. އެމީހާގެ ކިބައިން ސަލާމަތްވުމަށް ދުވަމުން ދިޔަ މުލައިލް ވެއްޓުނެވެ. ދަންވަރު ގެ އަނދިރި ވަގުތު ކަމުންނާ ޖަންގައްޔެއްގެ މެދުގައި ކަމުން ތަނެއްދޮރެއް ވަކި ވަނީކީވެސް ނޫނެވެ. އިސްއުފުލާ މުލައިލް ކުރިއަށް ބަލާލިއެވެ. ދެންމެ ފެންނަން އޮތް މަގެއް މިހާރަކުނެތެވެ. އެނާ އެވަނީ ބައިވަރު ގަސްތަކެއްގެ މެދުގައެވެ. އެގަސްތައްވެސް ފެންނަމުން ދިޔައީ އަރާކާއެއްޗެހިތަކެއް ފަދައިންނެވެ. […]
“އީވާ ޓުބީ އޮނެސްޓް.. ވީ ޑޯންޓް ނޯ ވަޓް އާ ޔޫ ސޭއިން….. އައި މީން ވީ ޑިޑިންޓް ކޯލް އެނީވަން ފޯ ހެލްޕް”.އެ ހަމަހޭ ވެރިކަން ފޫދުއްވައިލީ އަމަންއެވެ. ހުރިހާ ކުދިން އެއްފަހަރާ ބޯޖަހައިލިއެވެ. ” ސޯ ހައު ޑިޑް އަިއި ގެޓް ތެއާ”…. ފުންވިސް ނުމެއްގައި ހުރި އީވާ ސުވާލު ކޮށްލި އެވެ. * * * “އީވާ…. އަހަރެމެން ދުއްވައި ގަތް ތަނުން އީވާ ވެއްޓިފައި ލޭ އަންނަން ފެށީ ހެސް ކިޔާފައި……. […]