އަސްލަމް ނަމާދުކޮށް ނިމިގެން އަރާ އޮށޯތީ ނިދަންށެވެ. މާ ގިނަ އިރު ތަކެއް ނުވެ އެސްފިޔަތައް ބަރުވެ ނިދީގެ ފޮނި މީރުކަމެގެ ތެރެއަށް ފީނައިގަތެވެ. ***************** ޖެހިގެން އައި ދުވަހު އަފްރީންއަށް ހޭލެވުނީ ލަހުންނެވެ. އަދި ހުރީ ކޮންމެވެސް ވަރަކަށް ހުން ވައްތަރުވެފައެވެ. ނަމަވެސް އަފްރީން މިވާހަކަ އެއްވެސް މީހަކު ކައިރީގައި ބުނެ ނުލާ ހެނދުނު ސައި ބޯލައިގެން ބޭސް ކާލީ އެހެން މީހުން ހާސް ކުރަން ނޭދޭތީއެވެ. އެދުވަހު އައިރީންއަށް ވެސްހޭލެވުނީ […]
ވާހަކަ ނުގެނެސްދެވި މެދުކެނޑުނީތީ މާފަށް އެދެމެވެ. އަޅުގަނޑު ރަށުން ބޭރަށް ދާނަ ޖެހުމާއި ވަރަށް ބޮޑަށް ބަލިވުމުގެ ސަބަބުން ވާހަކަ ނުލިޔެވުނީއެވެ. ވަރަށް އަވަހަށް ވާހަކަ ގެނެސްދޭނަ ފަށާނަމެވެ.
އަފްރީންވެސް ގަޑި ބަލާލަމުން ތެޅެމުން ފޮޅެމުން ދިޔައީ ގަޑި ވަރަށް ކުޑަތަން ވެފައިވާތީއެވެ. ****************** އަފްރީންއަށް ތައްޔާރު ވެވުން އިރު ކާރު އައިސް އަފްރީންމެންގޭ ދެރުމަތީގައި އޮތެވެ. އަފްރީންވެސް ހީވަނީ މިރޭ ރީތިކަން ހުސް ކޮށްލައިގެން ހުރި ހެންނެވެ. ޕާޓިގެ ކުލައަކީ ރަތް ކުލަ ކަމުން އަފްރީން ރަތް ކުލައިގެ ދިގު ހެދުމެއް ލައިގެން ހުރި އިރު އިސްތަށިގަނޑުވަނީ ބުޅި ކޮއްލާފައެވެ. އަފްރީން އަވަހަށް ގޮސް އައިރީން ގޮވައިގެން އައިސް ކާރަށް އަރައިގެން […]
“އަހަރެން ދެން ނެތިން އަފްރީން ޔުއާންއާއި ހަވާލު ކުރާކަށް. އަފްރީންއަށް އަދި ލިބޭނެ ޔުއާންއަށް ވުރެ ރަނގަޅު މީހެއް.” ޔުއާންއަށް އެއްޗެއް ބުނެވެން ވާއިރަށް އަރްމާން ވާހަކަ ނިންމާލާފައި މޭޒުމަތީގައި ފަސްސަތޭކަ ރުފިޔާ ބާއަވާފައި ނިކުމެގެން ދިޔައެވެ. ****************************** އަރްމާން ގެއަށް އައިސް ވައިން އިރު އައިރީން އަރްމާންގެ އިންތިޒާރުގައި އިނެވެ. މިއަދު ދިމާވި ކަންތައްގަނޑުގެ ސަބަބުން މިރޭ އައިރީން ގާތު އަންނާށޭ ބުނެވުންކަންވެސް އަރްމާން ހަނދާނެއް ނެތެވެ. އަރްމާން އައިރީންއަށް ހިނތުންވުމެއް ދެމުން އައިސް އައިރީންއާއި […]
އަފްރީން އާދައިގެ ވަރަކަށް ވުރެ ބާރަށް ސައިކަލު ދުއްވާލީ މީހަކު މާ ސީރިއަސްވެގެން ގުޅުމުން ލަސް ކުރަން ބޭނުން ނުވާތީއެވެ. ******************* އަފްރީން އަވަހަށް ހޮސްޕިޓަލަށް ވަދެފަ ސްއިން-އިން ވާން ވެސް ނޫޅުނީ އަދި އަފްރީން ޑިއުޓީ ފެށޭ ގަޑި ކައިރި ނުވާތީއެވެ. އަފްރީން ބާރު ހިނގުމެއްގައި ގޮސް އެމަޖެންސީ ރޫމާއި އަރާ ހަމަވި އިރު ޔުއާން އެމަޖެންސީ ރޫމް ދޮރުމަތީގައި ދެކޮޅަށް ދެކޮލަށް ހިނގާލަ ހިނގާލަ ހުރުމުން އަފްރީންއަށް ހީކުރެވުނީ އަލީއަށް ކަމެއް ވީކަމުގައެވެ. […]
ހަމަހިލާ އެކަކުވެސް އެރޭ ލޮލު ފިޔައެއް ނުޖަހައެވެ. އެންމެންގެ ހިޔާލުގައިވެސް ވަނީ ޔުޝްރާއާއެކު ހޭދަކުރެވިފައިވާ ވަގުތު ތަކެވެ. ********************************** އަނެއް ދުވަހު އެރި އިރާއެކު އެންމެން ތައްޔާރުވަމުން ދިޔައީ ރާއްޖެ ދާންށެވެ. ދެން އިތުރަށް އެތާ ތިބުމުގެ ބޭނުމެއް ނެތީމައެވެ. އެކަކުވެސް ބޭރު ފުށުން އެއްވެސް އަސަރެއް ދައްކާ ނުލާ ތިއްބަސް އެންމެންނަށްވެސް ޔުޝްރާ ނެތުމުން އެކަމުގެ ފަޅުކަން އިހްސާސް ވަމުން ދިޔައެވެ. “މިހާރު ޗެކިން ފެށެން ވަގުތު ކުޑަތަން ވެއްޖެ. އަވަހަށް އާދޭ އެންމެން.” […]
“އައިރީން!!” އަރްމާންއަށް ހިތާ ހިތާ ކިޔާލެވުނެވެ. މި ކުއްޖާ އަރްމާންގެ ހިތަށް ބާރު ފޯރުވާލައިފިއެވެ. ***************************** “ހޭ އައި ގޮޓް ޓު ގޯ އިނގޭ. ސީ ޔޫ އެރައުންޑް.” އައިރީން މިހެން ބުނެފައި އަރްމާއަށް އެއްޗެއް ބުނެވެން ވާއިރަށް ދުއްވައިގަނެފިއެވެ. އަރްމާއަށް އެރޭ ނިދޭ ގޮތެއް ނުވިއެވެ. ލޯ މަރާލާއިރަށް ސިފަވަނީ އައިރީންގެ ރީތި ހިނިތުންވުމެވެ. އައިރީންގެ ހާލަކީތޯއެވެ. މުޅި ރޭވެސް ނިދޭ ގޮތެއް ނުވިއެވެ. ހަމަ އަރްމާން މަތިން ހަނދާންވަނީއެވެ. ނަމަވެސް އައިރީންގެ ހިތަށް […]
މިދުވަސް ކޮޅު އަޅުގަނޑު ފެއާވެލް ޕާރޓީއަށް ތައްޔާރުވާތީ ދެން އިން ޕާރޓް ގެނެސްދެވޭނީ ތަންކޮޅުއް ލަހުން. ހޯޕް ޔޫ ގާއިސް އަނޑާރސްޓޭންޑް. 🙂
މާ ގިނައިރެއް ނުވެ ޕޮލިހުންވެސް އައެވެ. ޔުއާން ވަރަށް ތަފްސީލްކޮށް ޔުއާންއަށް ފެނުން ކަންތައް ކިޔާދިނެވެ. އަދި އެމީހުން ގެ ބަލާ ފާސް ކުރަން ޖެހޭ ކަމުގައި ބުންޏެވެ. އަރްމާން އެމީހުންނާއިއެކު ޔުއާން ގެއަށް ދާން ނިކުތީ ޔުއާންއަށް ނުވާނެތީއެވެ. ************************** 30 މިނެޓް ފަހުން ޔުޝްރާ އައި.ސީ.ޔޫ. އަށް ބަދަލު ކުރެވުނެވެ. އަދި ފަހަރަކު މީހަކަށް ބައްދަލު ކުރަން ވަދެވޭނެ ވާހަކަ ބުންޏެވެ. ހޭ އަރާނެ އިރެއް ނޭނގޭ ކަމަށްވެސް ބުންޏެވެ. ދުވަހަކީ ހުކުރު ދުވަސް […]