Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އުފާވެރި ހަޔާތަށް އެޅުނު ހިޔަނި (3 ވަނަ ބައި)

Aisha Level 3100 Comments10 Stories100 Login
November 11, 2017 6 Mins Read
8 Comments

ދުވަހަކީ ހުކުރު ދުވަސްކަމުން 9 ޖެހިއިރުވެސް ޒިދާން އޮތީ ގަދަނިދީގައެވެ. އޭނާގެ މަންމަ ޒަހުލާ ކޮޓަރިއަށް ވަތް އިރުވެސް އޭނާ އޮތީ ފުން ނިންޖެއްގެ ތެރޭގައެވެ. ޒަހުލާ ލޯތްބައިއެކު އެނދުގެ މަގަތުގައި އިށީނދެފައި ޒިދާންއަށް ގޮވާލިއެވެ. “މަންމާ އަދި ކުޑައިރުކޮޅަކު ނިދަން ބޭނުން” “މިހާރު 9 ޖެހީ އޭ ދަރިފުޅާ ތެދުވޭ ދެން.. ދަރިފުޅު ހޯދަން މީހަކުވެސް އައިސް އެބައިން” “ކާކު؟؟” “ކާކުކަން އިނގޭނެ ބޭރަށް ނިކުތީމަ އިހަށް ދޭ ފެންވަރަން” ޒިދާން ކަންނެތް ކަމާއެކު އެނދުން ތެދުވެގެން ގޮސް ފާޙާނައަށް ވަނެވެ. “ވަދެއްޖެ ފާޙާނައަށް” ސޯފާގައި ޓީވީބަލަން އިން ޝިމާލްއަށް އެހެން ބުނެފައި ޒަހުލާ ވަނީ ބަދިގެއަށެވެ. ކޮޓަރިން ނިކުތް ޒިދާން ފެނުމާއެކު ޒަހުލާ ޝިމާލް އާއި ޒިދާންއަށް ސައިބޯން ގޮވާލިއެވެ. “ޝިމާލް މި ޒިދާން ކައިރީގައި ބުނެބަލަ މިގެއަށް ޅީދަރިއަކު ގެންނަން އުޅޭށޭ.. މިހާރު އުމުރުން އެއޮތް 24 އަހަރު ވަނީ” “މަންމަ ކައިރީގައި ބުނީމެއްނު ވަރަށް އަވަހަށް ތިކަން ކުރާނަމޭ” ލާނެތް ވައްތަރަކަށް ޒިދާން އެހެން ބުނުމުން ޒަހުލާ ޒިދާންގެ ކަންފަތުގައި ހިފާލިއެވެ. އެވަގުތު ޝިމާލް ވެސް ހީގަތެވެ. “މިހާރު ޝިމާލް އެއުޅެނީ ކުއްޖަކާ ކައިވެނިކޮށްގެން މީނަ އޭ މިއުޅެނީ ހަމަ އުޅެންވި ގޮތެއް ނޭނގިގެން” ޒަހުލާ މިހެން ބުނުމާއެކު ޝިމާލް ޕަކަޕަކަލާފައި ހީގަތެވެ. “ހޫން މީނަ އަދި އެބަ ހޭއެއްނު.. ކޮބާ އަންހެނުން؟؟” “އޭނާ ވީ މަންމަ ކައިރިއަށް ގޮސް” “ނޫނޭ ވާ ތާހިރެއްނު މަންމަ އެއްޗެހި ކިޔާނެ މާށާ ދިމާލަށް” “ކޮބާތަ އޭގަ މައްސަލައަކީ މަންމަ ކައިރިއަށްވެސް ދާންވާނު” ޒިދާން ދެފެރާތަށް ބޯހޫރުވާލީ މަންމަ މިފަހަރުވެސް ޝިމާލްގެ ކޮޅު ނެގުމުންނެވެ.

ހުކުރުކޮށް ނިމުމުން ޔޫނާއާއި އިސްރާ އަދި އެމީހުންގެ ފިރިންނާއި ލީން ހުޅުމާލެއަށް ދިޔައީ ބާބަކިއު ހަދާށެވެ. ލީންމެން ދިޔައީ ލޮނުމިރުސްގަނޑު ހަދައިގެން ކަމުން އެތަނަށް ގޮސް ވަގުތުން ސޮސެޖާއި ކުކުޅުގައި ލޮނުމިރުސް ލުމަށްފަހު ފިހަން ފެށިއެވެ. ލީން ސޮސެޖް ފިހަން ހުރި އިރު ކައީރިގައި އިސްރާއާއި އޭނާގެ ފިރިމީހާ ކައިލް ސޮސެޖް ފިހާ ވަރަކަށް ކަމުން ދިޔައެވެ. ޔޫނާގެ ފިރިމީހާ ފަރަޝް ވެސް ޔޫނާ ކުކުޅު ފެހެމުން ދިޔަވަރަކަށް ކަމުން ދިޔައިރު ޔޫނާ އިރުކޮޅެއް ކޮށްލާފައި ތި ނުކާށޭ ކިޔައި ހަޅޭއްލަވައިގަނެވެ. އުފާވެރި މަޖާ މާހައޮލެއްގައި ވަގުތު ހޭދަކުރަމުން ދިޔައެއް ކަމަކު ލީންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވަނީ މަދުފަހަރަކުއެވެ. އެތާގައި ތިބި ފަސް މީހުންނަށް ނޭނގުނުމަވެސް ޒިދާން މެންވެސް އެތާންގައި ބާބަކިއުއަށް އައިސް އުޅުނުވެ. ތަޤުދީރުގައި ލިޔެވިފައިވަނީ ކީކޭކަން އެއިންމީހަކަށް އިނގޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟؟ ހުރިހާ އެއްޗެހިތައް ފިހެވުމުން އެންމެންވެގެން މެޓްމަތީގައި ކާން ތައްޔާރުކޮށްލިއެވެ. އަދި މަޖާ ވާހަކަތައް ދައްކަމުން އެންމެން ކާން ފެށިއެވެ. އެމީހުން މި ބާބަކިއު ރާވަން ނިންމި އެންމެ ބޮޑު ސަބަބަކީ ލީން ކުޑަވަގުތު ކޮޅަކަށް ނަމަވެސް އެހިތާމަތަކާ ދުރުކޮށްދިނުމެވެ. ނަމަވެސް ލީން އެމީހުން ދައްކާ ވާހަކައާއި ވެސް ބައިވެރިވަނީ މަދު ފަހަރަކުއެވެ.

“އޭ ޔާމާން ކަލޭ ގޮސްބަލަ އެތާ އެކޮޅުގަ ބަހައްޓާފަ ހުރި ފެންފުޅިތަށް ގެންނަން” އާލިމް ކުކުޅު ފައެއް ކާން ހުރި ޔާމާންއަށް ގޮވާލާފައި ބުންޏެވެ. “ކަލޭމެން މަ ކާން ހުރީމަ ދޯ ކަމުނުދިޔައީ .. ނިކަން އެހެރަ ޒިދާން ފޮނުވަބަލަ އެ ސޮސެޖް ކޮޅުތައް ހުސްކޮށްނުލަންދެން” “މަ ގޮސްދާނަމޭ އަތަށް ދެ ސޮސެޖް ލައިގެން ޒިދާން ފެންފުޅިތައް ބަލާ ދާން ފެށުމުން އެތާންގައި ތިބި އަންހެންވެރިންތައް ހީގަތެވެ. “މީނަ ނުވާނެ އިސްލާހެއް” ދެފެރާތައް ބޯހޫރުވާލަމުން ޝިމާލް ބުންޏެވެ. ގާޔަވެ ހުރެގެން ސޮސެޖްކަމުން ހިނގަމުން ދިޔަ ޒިދާން ލައިގަތީ ހަމަޖެހިލާފައި ސޮސެޖްކާން ހުރި ލީންގެ ގައިގައި ދެމީހުންނަށްވެސް އެކަކު އަނެކަކު ނުފެނުމުގެ ސަބަބުން ކޮންޓުރޯލުން ނައްޓައިގެން ދެމީހުންވެސް ވެލިގަނޑުމައްޖައް ވެއްޓުނީއެވެ. “މަގޭ ސޮސެޖް ކޮޅު” ދެމީހުންނަށް އެއްފަހަރާ އެހެން ބުނެވުނެވެ. ޒިދާންގެ ގައި ދަށުވެފައި އޮތް ލީންއަށް ޒިދާންގެ އަޑު ކަންފަތުގައި ޖެހުމާއިއެކު އެނާގެ މޫނަށް ބަލަހައްޓައިގެން އޮވެވުނީއެވެ. ޒިދާންއަށްވެސް ވީ ހަމަ އެވަރެވެ. އެތައް ދުވަހަކަށްފަހު ލީންގެ މޫނު އެހާ ކައިރިއިން ފެނުމުން ލީންގެ ގައިމަތިން ތެދުވަންވެސް ޒިދާން ހަނދާންނުވިއެވެ. “ޒިދާން ތެދުވެފާނަންތަ؟؟” ބިންމައްޖަށް ވެއްޓުނު ގޮތުން މަށައިގެން ދިޔަ އަތުން ދިލާނަގާވަރުން ލީން ބުންޏެވެ. ޒިދާންއަށް ލީންގެ އަޑު ޖެހުމާއެކު ހަމަބިމަށް އާދެވުމުން ވަގުތުން ލީންގެ ގައިމަތިން ތެދުވިއެވެ. އަދި ލީންގެ އަތުގައި ހިފައި އޭނާ ތެދުވަަން އެހީތެރިވެދިނެވެ. ޒިދާންގެ ލޮލުގައި ލީންގެ މަށައިގެން ގޮސްފައިވާ އަތް އަޅައިގަތީ އެވަގުތުއޭ އޭނާ ކަންބޮޑުވެފައި “ތަދުވޭހެއްޔޭ؟” އަހާލީ އެއަތުގައި މަޑުމަޑުން ފިރުމާލަމުންނެވެ. ލީން އެހުރިހާ އިރު ވީއިރުވެސް ހުރީ ޒިދާންގެ މޫނަށް ބަލަހައްޓައިގެންނެވެ. މިހާރު އެތަނުން ދިލަނަގާހެންވެސް އޭނާއަށް އިހްސާސް ނުވާކަހަލައެވެ. “ލީން ލީން” ޒިދާން ލީންގެ އަތުގައި ހިފައި ކުޑަކޮށް ތަޅުވާލުމުން ލީން ސިހިފައި “ކީކޭ ހެއްޔެވެ؟” އަހާލިއެވެ. “ތަދުވޭ ހެއްޔެވެ؟؟” ލީން ދެފެރާތަށް ބޯހޫރުވާލުމަށްފަހު ޒިދާންގެ އަތުން މަޑުމަޑުން އޭނާގެ އަތް ދަމައިގަތެވެ. އަދި ތަންކޮޅެއް ދުރުގައި ތިބި ޔޫނާމެންނާ ދިމާލަށް ހިނގައިގަތެވެ. އެދިޔަ ގޮތަށް ގޮސް ސޮސެޖް ތަށި އުނގަށްލައިގެން ދެފައި ވަށްކޮށްލައިގެން ދޮންވެލިގަނޑުމަތީ އިށީނދެ ސޮސެޖް ކާންފެށިއެވެ. އެހިތުގައި ރިއްސާލާ ކޮންމެ ފަހަރަކު ހިތް ހަމަޔަކަށް އަޅުވާލުމަށްޓަކާ އޭނާ ކަންތައް ކުރަނީ އެހެންނެވެ. ކޮންމެވެސް އެއްޗެއް ކާން ފަށާނީއޭ ނޫނީ ފޯނުން ހިިތާމަވެރި ލަވައެއް ޖަހައިގެން އަމިއްލަ ދުނިޔެއަކަށް ގެއްލިފައި އިންނަނީއެވެ. މިމަންޒަރު ފެނި ޒިދާންގެ ހިތައް ވަރަށް ތަދުވިއެވެ. ލީން މިއުޅެނީ ކިހިނެއް ހެއްޔެވެ؟؟ ޒިދާން ލީންއާއި ދިމާލަށް ދެފިޔަވަޅު އަޅާފައިވެސް ފަހަތައް ޖެހުނީ އެދިމާލަށް ޔޫނާމެން އަންނަތަން ފެނުމުންނެވެ. “ލީން” ޔޫނާއަށް ދެލޯ ބޮޑުކޮށްލެވުނީ އެޔޮތް ބޮޑު ސޮސެޖް ތަށީގެ މެދަށް ވުރެ ބޮޑުބައި ލީން ހުސްކޮށްލާފައި ހުރުމުންނެވެ. އެކާގޮތަށް ކަންޏާ އެތާންގައި ހުރި ހުރިހާ ސޮސެޖް ކޮޅެއް ލީން ކާލާނެކަން ޔޫނާއަށް އެނގެއެވެ. ” ލީން ލީން” ދެފަހަރުގެ ގޮވާލުމުން ލީން ޔޫނާއާއި ދިމާލަށް ބަލާލިއެވެ. ” ކިހިނެއްވީ؟؟” ލީން އެއްޗެކޭ ނުބުނެ ޔޫނާއާއި ދިމާލަށް ބަލަހައްޓަގައިގެން އިނީއެވެ. އެވަގުތު ދުރުން ހިނގާފައި ދިޔަ ޒިދާންއާއި ޝިމާލް އަދި ޔަމާން ފެނުމުން ކަންވީގޮތް ކޮންމެސް ވަރަކަށް ކައިލްއަށް އޮޅުންފިލުވިއެވެ. “ހިނގާ މޫދަށް ދަމާ އެންމެން.. ލީން ތެދުވެބަލަ މޫދަށް ދާން” އެވަގުތު ޔޫނާގެ ލޮލުގައި ލީންގެ އަތުގައި މަށައިގެން ގޮސްފައި ހުރިތަން އަޅައިގަތެވެ. “ލީން މިއޮތް ލޭ އަންނަނީނު.. ކީއްކުރަން ހަދައިގެން ހަލާކުވީ؟؟” ޔޫނާ ކަންބޮޑުވެފައި ލީން ކުރެން އެއްސެވެ. “މި ޒިދާން..” ލީން ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލަމުން އިސްޖަހާލިއެވެ. “ލީން.. ތިވެގެން އުޅޭގޮތެއް ހަމަ ނުބުނާނަންތަ އެއްއަހަރުވީއޭ މި.. ލީންއަށް އެކަން އިހްސާސް ކުރެވޭތަ؟” ޔޫނާ މަޑުމައިތިރިކަމާއެކު ލީންއާއި ވާހަކަަދައްކަމުން ދިޔައީ ލީން ވެގެން އުޅޭގޮތެއް ބުނޭތޯއެވެ. ނަމަވެސް ލީން އިޙްތިޔާރުކުރީ ހިމޭންކަމެވެ. “އެންމެ ރަނގަޅު.. ދެން މޫދަށްވެސް ނުދެވޭނެދޯ ؟ ފަރަޝް ގެނައި ފަސްޓެއިޑް ބޮކްސް ހުޅުވާލަމުން ޔޫނާ ބުންޏެވެ. ޔޫނާ މަޑުމަޑުން ލީންގެ އަތުގައި ހަލާކުވެފައި ހުރިތަން ސާފްކޮށްލިއެވެ. އެވަގުތު ލީންގެ އަގައިން މަޑު އާހެއް ބޭރުވިއެވެ. ދުރުގައިި މިމަންޒަރު ބަލަން ހުރި ޒިދާންގެ އަނގައިންވެސް މަޑު އާހެއް ބޭރުވެގެން ދިޔައީ ލީންއާއި އެކުއެކީއެވެ. ހީވީ އޭނާއަށް އެތަދު އިހްސާސްވީހެންނެވެ.

ލީންމެންނަށް މާލެ ދެވުނުއިރު ހުރީ 6 އެއްޖަހަން ކައިރިވެފައެވެ. ލީން ކާރަށް އަރައިގެން ގެއަށް ދިއުމަށް މިސްރާބު ޖެހިއިރު އޭނާއަށް ނޭނގުނުކަމަކީ އޭނާގެ ފަސްފަހަތުން ފާރަލަމުން މީހަކު ދިޔަކަމެވެ. ލީން ކާރު ގެންގޮސް ގަރާޖަށް ވެއްދުމަށްފަހު ލިފްޓަށް އަރައި 6 އަކަށް ފިއްތާލީ ލުތުފީމެން އޭނާގެ އުފަންދުވަހު ދިން އެޕާޓްމެންޓް އިންނަނީ 6 ވަނަ ފުލޯގައިކަމަށް ވާތީއެވެ. މައިންބަފައިން ކައިރީގައި އިތުރަށް އުޅޭނެހާ ހިތްވަރެއް އޭނާގެ ނެތެވެ. އަމިއްލަ މައިންބަފައިންނާ ޒުވާބުކޮށް ޖަދަލު ކުރުމަށްވުރެ އެމީހުންނާއި ވަކިން އުޅެން ލީންއަށް މާރަނގަޅުހެން ހީވާތީ މަންމަ ކައިރީގައި ބުނެފައި އޭނާ އެބަޔަށް ބަދަލުވީއެވެ. ލީން ގޮސް ކާޑު ޖަހާލުމަށްފަހު ދޮރު ހުޅުވާލިއެވެ. އަދ އެތެރެއަށް ވަދެ ދޮރު ލައްޕާލުމަށްފަހު ކޮނޑުގައި އޮތް ކުޑަ ދަބަސް ދޮރުކައިރީގައި ބަހައްޓާލާފައި ލައިޓްތައް ޖައްސާލަމުން ގޮސް ކޮޓަރިއަށް ވަދެ ތުވާލި ހިފައިގެން ފާޙަނާއަށް ލީން ވަނީ ފެންވަރާލުމަށެވެ. ފެންވަރައިގެން ނިކުތް ލީންއަށް ސައިޑް ކަބަޑް މަތީ އޮތް ފޯން ރިންގުވާތަން ފެނުމުން ގޮސް ފޯނު ނަގާ ކަންފަތުގައި ޖަހާލީ ސޭވްކޮށްފައި އިން ނަންބަރެއް ނޫންކަން ނޭނގޭ ހާލުގައެވެ. “ހަލޯ..ހަލޯ..” ދެފަހަރަކު ގޮވާލުމުންވެސް އެކޮޅުން އެއްވެސް އަޑެއް ނީވުމުން ފޯން ކަނޑާލާފައި ލީން ގޮސް ޑުރެސިންޓޭބަލް ކައިރީގައި އިށީނދެ އިދެ ބޮލުގައި ފުނާއަޅަން ފެށިއެވެ. އަދި ފަޔާއާއި ދެއަތުގައި ލޯޝަންކޮޅެއް އުނގުޅާލުމަށްފަހު ގަޔަށް ކުޑަ ސެންޓް ކޮޅެއް ބުރުވާލުމަށްފަހު ގޮސް އެނދަށް އަރާ އޮށޯއްވެލީ ނިދޭތޯއެވެ. ދަތުރު ވަރުބަލިވެފައިވުމާއި އެކު ގަޔަށް ވެރިވެފައި ހުރި ލޮޑުކަމުގެ ސަބަބުން ލީންއަށް ހީކުރި ވަރަށްވުރެ އަވަހަށް ނިދީގެ ތެރެއަށް ފީނައިގަނެވުނެވެ.

އާދުވަހަކަށް އިރުއަރައިގެން އައިއިރު ލީން ކަންފަތައް ހެޑްސެޓް ޖަހައިގެން ހުރެ ޖޮގިންއަށް ނިކުތީ އާދައިގެ މަތިން ފަތިސް ނަމާދުކޮށްލުމަށްފަހުއެވެ.

“ދާން ކައެ ކީއްތަ ތި ކުރަނީ” ސައިކަލުގެ މަޑިދަށުން އެއްޗެއް ހޯދުމުން ދިޔަ ޒިދާން އާއި ދިމާލަށް ޔަމާން ބުންޏެވެ. “މި އެއްޗެއް ހޯދަނީނު ކައެއަށް މިހާރު ދުވާލުވެސް ރީއްޗަށް ނުފެންނަނީތަ؟” ޒިދާން އެ އޮތް ގޮތައް އޮވެ ބުންޏެވެ. “އަދިވެސް މަށަށްތަ ނުފެންނަނީ ކައެ ޓެނިސް ނުބައިކޮށް ލައިގެން ހުރިއިރުވެސް މަށަށް މިއުޅެނީ ތަންތަން ނުފެނިގެން މިއުޅެނީ” ޒިދާން އަމިއްލަ ފަޔަށް ބަލާލުމަށްފަހު ތެދުވި ބާރަށް ސައިކަލު މަޑީގައި ބޯ ޖެހުނެވެ. ބޮލުގައި އަތް އުގުޅަމުން ތެދުވެ ހެމުން ދިޔަ ޔަމާންއާއި ދިމާލަށް ޒިދާން ބަލާލީ ދެލޯ ހަނިކޮށްލަމުންނެވެ. އެވަގުތު އެއީ ޝިމާލްވެސް އެތަނަށް އައިސް މަޑުކޮސްލި ވަގުތެވެ. “ކީއްވެ ތިހެނީ ؟” ސައިކަލު މައްޗަށް ދެމިފައި އޮތް ޔަމާން ކައިރިން އެހެން އަހާލުމާއެކު އޭނާގެ ހުނުންވީ ހައްތަހާބާރެވެ. “އޭނާ ސޯޓް ކުރިމަތި ފަރާތް ފުރަގަހަށް ލެވިފަ ހުރެގެން އެވަރަކަށް އެހެނީ” އެހުން ބުނުމާއި އެކު ޔަމާން ހިނިގަނޑު މަތަކުރުމަށްފަހު އެއީ ތެދެއްތޯ ބަލާލިއިރު ކަމަކުދާކަށް ނެތޭ ޒިދާން ބުނިހެން އޭނާއަށް މިހުރެވެނީ ސޯޓް ނުބައިކޮށްލެވިފައެވެ. ވަގުތުން ޒިދާންއާއި ޝީމާލްގެ ހިނިގަނޑުފަޅައިގެން ދިއައެވެ. އެމީހުން ކައިރިން އަޅާފައި ދިޔަ ލީން އެތާ އޮތް އޭނާގެ ކަޅުކުލައިގެ ޕުރައިވެޓް ކާރަށް އެރިތަން ޝިމާލްގެ ލޮލުގައި އަަޅައިގަތުމާއި އެކު ޒިދާންއަށް ލީން ދައްކާލިއެވެ. ލީންގެ ކާރު ގޮސް ލޮލުކޮޅަށް ގެއްލެންދެން ޒިދާން ބަލަހުރުމަށްފަހު ޝިމާލްގޮވައިގެން އޭނަ ވެސް އެތަނުން ދިޔައެވެ.

ސިންކު ކައިރީގައި ތަށި ދޮންނަން ހުރި ހުރި ޔޫނާގެ ފުރަގަހުން އައިސް ފަރަޝް ބައްދާލުމާއެކު އެތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ” ޔޫން އަހަރެމެން ކިހިނެއްތަ ހަދާނީ ލީންއަށް އެހީވާން” “ތިއެއް ވިސްނާ ވިސްނާ އަހަރެން ވެސް ބޯހާސްވާން ފަށައިފި އަހަންނަށް ލިބުނީ ހަމަ އެންމެ ޖަވާބެއް އޭއީ ލީންްގެ ހަޔާތް ބާއްޖަވެރިވާނީ ޒިދާން އެހަޔާތަށް އައި ދުވަހަކުނޭ” ފަރަޝްވެސް އެކަމާ އެއްބަސްވެ ބޯޖަހާލިއެވެ. ” ކޯޗެއް ކާން ހުރީ؟.. ވަރަށް ބަޑުހައިވެއްޖެ..” “އިށީނދެ އަވަހަށް މިއަންނަނީ އައިސްއަލަމާރިގަ ހުރި ޖޫސް ޖަގު ހިފައިގެން”

ބަދިގޭގައި އަވެދިނެތި ކައްކަމުން ދިޔަ ލީން ދިޔައީ ފޯނުން ރީތި ލަވައެއް ޖަހާލަމުން އެލަވަޔާ އެއްްވަރަށް މަޑުމަޑު ރާގެއް އަނގައިން ލައްވަމުން ދިޔައެވެ. މިރޭ އޭނާވަނީ ޔުނާމެންނަށް ކެއުމަށް ދައުވަތު ދީފައިކަމުން އޭނާއަށްވީ އެންމެ މީރުކޮށް ބިރިޔާނީ ތައްޔާރުކޮށް ނިންމާލިއެވެ. ހުރިހާ ކަމެއް ނިންމާލުމަށްފަހު ބަދިގެ ތެރެ ސާފުކޮށްލާ ފައި އޭނާ ކޮޓަރިއަށްވަނީ ފެންވަރާލުމަށެވެ. ސްކިންކުލައިގެ ދެފެރާތުން ފަޅާފައި އިން އަތްދިގު ހެދުމަކާއި ކަޅު ޓައިޓު ހަރުވާޅުގައި ލީންގެ ރީތިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ފެންނަމުން ދިޔައިރު އެކަޅުކަންގަދަ އިސްތަށިގަނޑުވަނީ ވާތްފަރާތު ކޮނޑުމަތިން ގެނެސް ވައްޓާލާފައެވެ. ލުއި މޭކަޕެއް ކޮށްލުމަށްފަހު ފޯން ހިފައިގެން ސިޓިންރޫމް ސޯފާގައި އިށީނދެލީ ޔޫނާމެން އަންނަންދެކަށެވެ. އެހެން މާގިނައިރަކު މަޑުކުރާކަށް ނުޖެހުނެވެ. ގޭގެ ބެލްޖަހާލިއަޑު އިވިގެން ދިޔައެވެ. ލީން ގޮސް ދޮރު ހުޅުވާލަމުން ހިނިތުންވުމަކާއިއެކު ޔޫނާމެން ދެމަފިރިންނަށް އެތެރެއަށް ވަންނަން ދަޢުވަތު ދިނެވެ. ޔޫނާމެން ފަހަތުން ދޮރުމަތީ އައިސް ހުއްޓުނު ޒިދާން ފެނުމުން ލީން ހުރީ ހުއްޓުންއަރާފައެވެ. މިތަންފެނި ޔޫނާ އައިސް ލީންގެ އަތުގައި ހިފަހައްޓާލިއެވެ. ފަރަޝްވެސް ދޮރުމަތީ ލީންއާއި ދިމާލަށް ބަލަހައްޓައިގެން ހުރި ޒިދާންގެ ކޮނޑަށް އަތްވައްތާލަމުން އެތެރެއަށް ވަނެވެ. ލީންއަށް ހޭވެރިކަމެއް ވުމުން ޔުނާއާއި ދިމާލަށް ބަލާލީ ޝަކުވާއިން ފުރިފައި ހުރެއެވެ. “ޒިދާންގެ މަންމަމެންވީ ޝިޔާ ގޮވައިގެން އިންޑިއާށް ގޮސް އެހެންވެ އަހަރެން މާ ކުރިން ބުނެފައި އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ކާން އަންނަން އަހަރުމެން ކައިރިއަށޭ ލީން ކާން ދަޢުވަތު ދިން އިރަކު އަހަރެން ނެތް އެހަނދާނެއް އެހެންވެ އޭނާ ގޮވައިގެން މިއައީ” “އިޓްސް އޯކޭ ޔޫން” ލީން ހިނިތުންވެލަމުން ކަމޭޒު ކައިރިއަށް ޖެހިލާ ތަށިތަކުގެ މަތިތައް ނެގިއެވެ. އަދި އައިސްްއަލަމާރިން ކޯކުފުޅި ހިފައިގެން އައިސް ތަށިތަކަށް ކޯކު އެޅުމަށްފަހު އެންމެން ކައިރި ކެއުމަށް ބުންޏެވެ. އެންމެން ކަމުން ދިޔައިރު އެކިކަހަލަ މަޖާ ވާހަކަތައް ދައްކަމުން ދިޔައެވެ. ޔޫނާއާއި ފަރަޝް އެކޭ އެއްފަދައިން ޒިދާންއާާާއި ލީންވެސް އެވާހަކަތަކުގައި ބައިވެރިވެ ހެމުން ދިޔައެވެ. ކެއުން ނިންމާލުމަށްފަހު ފިލްމެއް އަޅުވަން ޒިދާންއާއި ފަރަޝް ގާތުގައި ބުނެފައި ޔޫނާއާއި ލީން މޭޒުމަތީ ހުރި ތަށިތަށް ނެގުމަށް އަވަސްވެގަތެވެ. ފިލްމު ފެށުމާއެކު އެންމެންގެ ސަމާލުކަން ފިލްމަށް ހުއްޓެނެވެ. ޔޫނާ އާއި ފަރަޝް ކައިރި ކައިރީގައި ތިބިއިރު ފަރަޝް އިނީ ޔޫނާގެ ގައިގައި އަތްވަށާލައިގެންނެވެ. ފިލްމުން މަޖާ ތަންކޮޅެއް އައުމާއެކު ލީން އަނގަމަތީ އަތްއަޅާލަމުން ހޭންފެއްޓިއެވެ. މިމަންޒަރު ބަލަން އެންމެންނަށް ތިބެވުނީއޭ ވާނީވެސް އެހެންތާއޭ ލީން އެގޮތަށް ހޭތަން ނުފެންނަތާ ކިތަންމެ ދުވަހެއްވިއްޔާއެވެ. ޒިދާންއަށް ވެސް ލީންއާއި ދިމާލަށް ބަލަަހައްޓައިގެން އިނދެވުނީއެވެ. އޭނާ އަބަދުވެސް ދެކެން ބޭނުންވަނީ ލީން އުފަލުގައި ހުންނަތަނެވެ. “ކިހިނެއްވީ؟” އެންމެން އޭނައާއި ދިމާލަށް ބަލަހަށްޓައިގެން ތިބުން ލީން އެއްސެވެ. “ކަމެއްނުވެ ހިނިތުންވެލަމުން ޔޫނާ ބުންޏެވެ. ފިލްމަށް ސަމާލުކަން ހުއްޓާލައިގެން އިން ލީން ޓީވީއާއި ނަޒަރު ވަކިކޮށްލުމަށްފަހު ފޯނު ހިފައިގެން ތަންކޮޅެއް ދުރަށް ޖެހިލީ ނުދަންނަ ނަންބަރަކުން ކޯލެއްް އައުމުންނެވެ. “ހަލޯ ފޯން ކަންފަތުގައި ޖަހައިގެން ހުރި ލީންގެ އަތުން ފޯނު ވެއްޓުނީ އެކޮޅުން ދެއްކޮ ވާހަކަ އަޑުއިވުމުންނެވެ. އެދެއަތް ތުރުތުރުލަމުން ދިޔަ އިރު މޫނުމަތިން ފެންނަން ހުރީ ބިރުވެރިކަމެވެ. ފޯނު ވެއްޓުނުއަޑަށް ޒިދާން ލީންއާއި ދިމާލަށް ބަލާލިއިރު ލީން ހުރިގޮތް ފެނުމާއެކު އޭނާއަށް ލީންއާއި ދިމާލަށް ދެވުނު ގޮތެއްވެސް ނޭނގުނެވެ. ލީން ކިހިނެއްވީ ޔޫނައާއި ފަރިޝްއަށް މިމަންޒަރު ފެނުމުން ކަންބޮޑުވެފައި ހުރެ ވީކިހިނެއްްތޯ ސުވާލު ކުރިއެވެ. ލީން އެހެން ހުރެފައި ޒިދާންގެ މެދު ހަށީގައި ވަރަށް ބާރަށް ބައްދާލިއެވެ. އޭރު އެެމުށިކުލައިގެ ދެލޯ ދިޔައީ ފެންކަޅިވަމުންނެވެ. ޒިދާން އޭނާ ދުރުކޮށްލަން އުޅުމުންވެސް ނުނެކޭ ބުނެ އިތުރަށް އެހަށިގަނޑުގައި ބައްދާލީއެވެ. ޔޫނާ ތިރިވެ ލީންގެ ފޯނު ނަގާ ބަލާލިއިރު ސޭވްނުކޮށްއިން ނަންބަރަކުން ލީންއަށް ގުޅާފައި އިނެވެ. ޔޫނާ އެނަންބަރަށް ގުޅާލިއިރު ޒިދާންގެ ގައިގައި ބައްދާލާއިގެން ހުރި ލީންގެ ލޮލުން ކަރުނަ ހިލިފައި ހުއްޓެވެ. ހަދަންވީގޮތެއް ނުވިސްނި ހުރި ލީންގެ ހިޔާލަށް ދެން އައީ އެންމެ ކަމެކެވެ. އެވަގުތު އޭނާ އިތުރަށް ޒިދާންގެ މޭގައި ބޮޑިވެލިއެވެ.

***ނުނިމޭ***

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aisha

Level 3100 Comments10 Stories100 Login

Other Articles

Previous

ސިއްރުން މިހިތާ ކުޅެނީހޭ (ސަތާރަވަނަބައި)

Next

ޢެދެމޭ އުފާ….(38)

Next
November 11, 2017

ޢެދެމޭ އުފާ….(38)

Previews
November 10, 2017

ސިއްރުން މިހިތާ ކުޅެނީހޭ (ސަތާރަވަނަބައި)

8 Comments!

  1. Rsh says:
    November 11, 2017 at 1:11 pm

    Nice. when next???

    1. Aisha says:
      November 11, 2017 at 3:58 pm

      Thank u Rsh ? in sha allah monday ga up kohla dheynan

  2. Mai says:
    November 11, 2017 at 1:21 pm

    Nice

  3. Pinky shifoo says:
    November 11, 2017 at 1:50 pm

    Story varah varah reethi n intresting… Plxx thankolheh avahah up kohladhehchey….

    1. Aisha says:
      November 12, 2017 at 2:32 pm

      In sha allah viee enme avahakah up kohladheynan ? thank u dear ❤

  4. SJK...KOREAN says:
    November 11, 2017 at 2:45 pm

    beautiful !! whn nxt part?? 😀

    1. Aisha says:
      November 11, 2017 at 3:59 pm

      Thank u dear ❤ in sha allah mondayga ?

  5. Aisha says:
    November 11, 2017 at 4:04 pm

    Hi hurihaa kudhin miothiee vaahakaige 3 vana part.. in sha allah monday ga nxt part genesdheynan.. mistake thah buneladheythi.. enjoy u r day ?

Comments are closed.

Next Episodeއުފާވެރި ހަޔާތަށް އެޅުނު ހިޔަނި (4 ވަނަ ބައި)←


All Right Reserved!