Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަވްލީން (16ވަނަ ބައި)

iff Level 210 Stories100 Comments
November 10, 2017 4 Mins Read
20 Comments

“މަހުދީ ހޯދަން ތިގެއަށް ދިޔައީމަ ކުޑައްތަ ބުނީ އަވްލީން ހޮސްޕިޓަލްގަ ބާއްވާފަ އޮތީމަ އަވްލީން ކައިރިއަށް އައިސްއޭވީ.. އެހެންވެ ޒީތުވެސް މިއައީ މަހުދީއާއެކު މިތާނގަ އިންނަން.. ގޭގަ އަބަދު އިންނަންވީމަ ވަރަށް ފޫހި..” ޒީނަތު އެހެންބުނުމަށްފަހު މަހުދީގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. “މަޑުކޮށްބަލަ މަޑުކޮށްބަލަ.. ޒީތު ޓެސްޓަށް ދަސްކުރާކަށް ނުޖެހޭތަ.. ޒީތު މިތާނގަ އިނަސް ފޫއްސެއް ނުފިލާނެއެއްނު.. ޒީތުދޭ ގެއަށް. ގޮސް ދެން އޮންނަ ޓެސްޓަކަށް ރެޑީވޭ..” މަހުދީ ޒީނަތުގެ އަތް އޭނަގެ އަތުން ނައްޓާލަމުން ވާހަކަދެއްކިއެވެ. “ދެން ނޫން.. މިހާރުވެސް މިއައީ ދަސްކޮށްކޮށްފަ..” ޒީނަތު އެހެން ބުނުމަށްފަހު ކުރިއަށް ހިނގައިގަތުމުން މަހުދީއަށް އިތުރަށް ޒީނަތު ހުއްޓުވަން ކިޔާނެ އެއްޗެއް ނުވިސްނުނެވެ. ނަމަވެސް ޒީނަތު އަވްލީން ކައިރިއަށް އޭނައާއެކު ގޮއްސިނަމަ އަވްލީން އެކަމާ ހިތްހަމަނުޖެހޭނެކަން މަހުދީއަށް އިނގެއެވެ.

ދޮރު ހުޅުވާލާފައި އެތެރެއަށް ވަން ޒީނަތު ފެނުމާއެކު އަވްލީންގެ މޫނުމަތި ބަނަވެގެން ދިޔަ މަންޒަރު ޒީނަތު ފަހަތުން ވަން މަހުދީއަށް ފެނުނެވެ. އަވްލީން މަހުދީއަށް ބަލައިލިއިރު އެ ދެ ދޮލުގައިވާ ޝަކުވާ މަހުދީއަށް ފެނުނެވެ. “އަވްލީން ކިހިނެއް؟ ކުޑައްތަ ބުނީމަ އިނގުނީ އަވްލީން ބާއްވާފަ އޮތްކަންވެސް.. މަހޫ ރޭގަ ނުވެސް ނިދާދޯ ތިއުޅެނީ…؟” ޒީނަތު އަވްލީން އާއި ވާހަކަ ދައްކަ ދައްކާ ހުރެފައި މަހުދީއަށް ބަލާލަމުން ކުރި ސުވާލުން އަވްލީން އާއި މަހުދީއަށް އެކަކު އަނެކަކަށް ބަލާލެވުނީ ރޭގައި ހިނގާދިޔަ ކަންތައް ހަނދާންވުމުންނެވެ. “ނޫނޭ.. ރޭގަ ނިދިން.. ” މަހުދީގެ ޖަވާބުކުރެވެ.

ޒީނަތު އުޅޭގޮތުން މަހުދީއަށް އަދި އަވްލީންއަށްވެސް ހުރީ އުނދަގޫވެފައެވެ. އިރުއިރުކޮޅާ ވާހަކަ ދައްކަމުންގޮސް މަހުދީގެ އަތުގައި ހިފާލައެވެ. އެހެންނޫނީ ހެމުންގޮސް މަހުދީގައިގައި ލައްވެގަނެއެވެ. އެގޮތަށް ޒީނަތު ކަންތައް ކުރާ ކޮންމެ ފަހަރަކު މަހުދީއަށް އަވްލީންއަށް ބަލާލެވެއެވެ.. އިރުއޮއްސި ހަތެއް ޖަހާދިއުމުން މަހުދީ ޒީނަތު ކައިރީ ގެއަށް ދިއުމަށް ބުންޏެވެ. ނަމަވެސް ޒީނަތު ހުރީ ދާގޮތަކަށް ނޫނެވެ.

“ވިޝިކާ ކޮންތާކަށް؟” ގެއިން ނިކުންނަން ދިޔަ ވިޝިކާއަށް ގޮވާލަމުން ސަބީނާ އެހެން ބުނެލީ ކާގޭ ދޮރުމަތީގައި ހުރެފައެވެ. “ބޭރަށް” ވިޝިކާ ފަހަތް އެނބުރި ބަލައިލަމުން އެހެން ބުނެފައި ހިނގައިގަތީ ބޭރަށް ނިކުންނާށެވެ. “ގެއިން ނުނިކުންނާތި” ސަބީނާ ކުރިއަށް ހިނގައިގަންނަމުން އަޑު ހަރުކޮށް ބުނެލިއެވެ. އެއިރު ލަޔާން ނަމާދުކޮށް ނިމިގެން އައިސް ގެއަށް ވަންނަނީއެވެ. ސަބީނާ އެހެން ބުނިނަމަވެސް ވިޝިކާގެ ހިނގުމަކަށް ބަދަލެއްނާދެއެވެ. “ލަޔާން ވިޝިކާ ތި ދޮރުން ނިކުތަކު ނުދައްކާތި..” ސަބީނާ ލަޔާންއަށް ބަލާލަމުން އެހެން ބުނުމާއެކު ލަޔާން ގޭ ދޮރުމަތީގައި ހުއްޓިލާފައި ދޮރުކަންޏަށް ލެގިލަމުން އަތް ދަމާލާ ދޮރު ބަންދު ކޮށްލިއެވެ. “ދެން މަންމާ… ކިހާ ދެރަކަމެއް.. މަ ބުނެފީމެއްނު މަ އުޅޭގޮތް ބަލާނެކަމެއް ނެތޭ.. ލަޔާން ތަން ދައްކާ މަ ދާންވެއްޖެ..” ވިޝިކާ ވާހަކަ ދެއްކީ ވަރަށް ހިތްހަމަނުޖެހިހުރެއެވެ. “އެ ދޮގެއް ލަޔާން.. މިރޭ ތި ދޮރުން ވިޝިކާ ނިކުތަކު ނުދައްކާތި… އެ ހެޔޮ ކޮންމެގޮތެއް ހަދައިގެންވިޔަސް..” ސަބީނާ ލަޔާންއަށް ބަލާލަމުން ބުންޏެވެ..

ސަބީނާ އެހެން ބުނެފައި އެނބުރި ކޮޓަރިއަށް ދާން ހިނގައިގަތުމުން ލަޔާން ވިޝިކާއަށް ބަލައިލަމުން ހީލާފައި ނިތްއަރުވާލިއެވެ. ލަޔާން އެގޮތަށް ކަންތައް ކުރުމުން ވިޝިކާ އައި ރުޅީގައި ދަތްކުނޑި ވިކާލަމުން އެނބުރި ކޮޓަރިއަށް ދިޔައީ ލަޔާންއަށް ކަޅިއަޅާލާފައެވެ.

ރޭގަނޑު ޗެކް ކުރުމަށްފަހު ޑޮކްޓަރު އަވްލީން ދޫކޮށްލުމުން މަހުދީ އުޅުނީ އަވްލީން ގޮވައިގެން ސައިކަލުގަދާށެވެ. ނަމަވެސް އެހެން ހަދައިފިނަމަ ޒީނަތު އެކަނި ހުންނާނެތީ މަހުދީ ޓެކްސީއަކަށް ގުޅައިގެން ގެނައީ ޒީނަތު ޓެކްސީއާ ފޮނުވާލާށެވެ. ޓެކްސީ އައުމުން ޒީނަތު ކައިރީ ޓެކްސީއަށް އެރުމަށް މަހުދީ ބުންޏެވެ. “އަވްލީން ޓެކްސީއާ ފޮނުވާލާފަ ހިނގާބަލަ ޒީތު ގޮވައިގެން ބުރެއް ޖަހާލަން” ޒީނަތު މަހުދީއާ ގާތްވެލަމުން ބުންޏެވެ. މި މަންޒަރު ބަލަން ހުރި އަވްލީން ވަގުތުން ގޮސް ކާރުގެ ފަހަތު ދޮރުފަތް ހޮޅުވާލާފަ އަރާ އިށީނދެ ދޮރުޖެހިއެވެ.

“ޒީތު ނުދަންޏާ ހުރޭ މަ މިދަނީ..” މަހުދީ ޒީނަތުއަށް ބަލާލާފައި އެހެން ބުނަމުންގޮސް ކުރީ ސީޓްގައި އިށީނުމުން ޒީނަތުވެސް ގޮސް އަވްލީން ކައިރިއަށް އަރާ އިށީނެވެ.

ރޭގަނޑު އެންމެން ނިދާ ގޭތެރެ ހިމޭންވާހާއިރު ކޮށްފަ ވިޝިކާ ކޮޓަރިން ނިކުތީ އެއްވެސް މީހަކަށް ނުފެނި އަވަހަށް ބޭރަށް ނިކުމެވޭތޯއެވެ. ވަރަށް ސިއްރު ފިޔަވަޅުތަކެއް އަޅަމުން ދެކޮޅު ބަލަމުން ވަގެއްހެން ދިޔަ ވިޝިކާ ސިއްސައިގެން ދިޔައީ ފަހަތަށް އެނބުރިލާފަ ކުރިމައްޗަށް ބަލައިލިގަޑީ ކުރިމައްޗަށް އެރި ލަޔާން ފެނިފައެވެ. “ހައި ސްވީޓީ.. އަޒޫ ބޭބީ މިސްވާވަރުންތަ ތި ދަނީ.. އޭނަ ކީއްކޮށްދޭތީތަ ވިޝާއަށް އޭނަ ކައިރިއަށް ނުގޮސް ނުހުރެވިގެން ތިއުޅެނީ.. މަގޭ ކައިރީވެސް ބުނެބަލަ ދޯ އޭރުންނެއްނު ތި ނުކުރެވިގެން އުޅޭ ކަމެއް ކޮށްދެވޭނީވެސް.. އެން ފޯ ޔުރައ ކައިންޑް އިންފޮމޭޝަން.. މިރޭ ވިޝިކާއަށެއް މިގެއަކުން ނުނިކުމެވޭނެ.. ދައްތަ އޮތީ މަށަށް އަންގާފަ މަންޖެ މިގެއިން ނިކުތަކުނުދެއްޗޭ.. ހަހަ” ލަޔާން ވާހަކަ ދައްކަމުން ވިޝިކާ އާއި ކައިރިއަށް ޖެހެމުން ދިޔައެވެ. “ސްޓޭ އަވޭ ފުރޮމް މީ.. ޔޫ….” ވިޝިކާ ލަޔާންއާއި ދިމާލަށް ބުނެލި އެތިން ލަޔާންގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. “ވަޓް” ލަޔާންގެ ދުލުން އެއަށްވުރެ އިތުރަށް އެންމެ ޖުމްލައެއްވެސް ނުބުނެ ދެ ކޮޅު ބަލާލާފައި ވިޝިކާގެ އަތު ހިފައިގެން ދަމާފައި ކަހަލަގޮތަކަށް ދިޔައީ ބެލްކަންޏަށެވެ.

“މިތާ ހުރޭ… އެހެންނޫނީ ކޮޓަރިއަށް ދިޔަޔަސް ހެޔޮ.. އެކަމަކު މިރޭ ގެއަކުން ނުނިކުމެވޭނެ..” ލަޔާން ވިޝިކާ ގެންގޮސް ބެލްކަނީގައި އިން ގޮނޑިއާއި ދިމާލަށް ކޮށްޕާލަމުން ބުނެލިއެވެ. “ކަލެއަކަށް ނޭނގޭނެ މަ ހަދަންވީ ގޮތެއް.. މަންމަ ކަލޭ ކައިރީ އެހެން ބުނެލިއެކޭ ކިޔާފަ ކަލެއަކަށް މަށަށް އަމުރެއް ނުކުރެވޭނެ.. މަމީ ކަލޭގެ އަންބެއްނޫން އަމުރުކުރާކަށް.. އަދި މަ ނުވެސް ޖެހޭނެ ކަލޭ ބުނާގޮތް ހަދާކަށް..” ވިޝިކާ ރުޅިއައިސްގެން ހުރެ ވާހަކަ ދެއްކީ ބާރުބާރަށެވެ.

“ވިޝިކާ.. ލަޔާން ހާދަ އަޑުގަދަކޮށްލައިގެން ތިއުޅެނީ ކިހިނެއްވީ” ވިޝިކާ ރުޅިއައިސްގެން ހަޅޭއްލަވާ އަޑަށް ކޮޓަރިން ނިކުމެގެން އައި މަހުދީ ދެ މީހުނަށް ބަލާލަމުން އެހިއެވެ. “ދޮންބޭ މިހިރަ ފިރިހެނާ އެ އުޅެނީ އަހަރެން ބޭރަށްދިޔަކަނުދީ ހިފަހައްޓައިގެން.. ދޮންބެ ބުނެބަލަ އޭނަ ކައިރީ އަހަރެން ދާން ދައްކާށޭ” ވިޝިކާ މަހުދީކައިރީ ޅަ ވެލަމުން ވާހަކަ ދެއްކިއެވެ. ވިޝިކާ އެހެން ބުނުމުން މަހުދީ ބަލައިލީ ލަޔާންއަށެވެ. “ކަމޯން ބްރޯ.. ދައްތަ ބުނެގެން މަ އޭނަ ގެއިން ނިކުތަކު ނުދައްކާ މި ހިފައްޓަނީ.. އެހެން ނޫނީ މަށަށް ކީއް އޭނަ ކޮންމެ ގޮތަކަށް އުޅުނިއްޔާ” ލަޔާން އެހެން ބުނެފަ ދެ ކޮނޑު އަރުވާލަމުން ދާން ހިނގައިގަތެވެ. “ލަޔާން ލަޔާން އެހަށް މަޑުކޮށްބަލަ.. ކާކު ބުނީ ލަޔާންއަށް ކަމެއް ނޫނޭ.. ތިބުނީ ދޯ މަންމަ ބުނި ވާހަކަ.. ދެން މިހިސާބުން މަވެސް މި ހަވާލުކުރަނީ މީނަގެ ކަންތައް ބަލަން ލަޔާންއާ.. މީގެ ފަހުން މީނަ އުޅޭ ނޫޅޭގޮތް ރަނގަޅަށް ބަލާތި އިނގޭ.. ލަޔާން ބުނާގޮތް ނުހަދަންޏާ ލަޔާން ބޭނުން އަދަބެއްދީ..” މަހުދީ ދެއްކި ވާހަކައިން ވިޝިކާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

“އާން އަދި ދެންމެ ވިޝިކާ ބުންޏެއްނު “މަމީ ކަލޭގެ އަންބެއް ނޫނޭ..” މަ މި ހިތަށް އަރަނީ ލަޔާންގެ އަންބަކަށް ވިޝިކާވެއްޖާ ކިހިނެއްބާއޭ ވާނީ…” މަހުދީ މަޖާ ވެލާފައި ބުނުމުން ވިޝިކާ “ދޮންބޭ” ކިޔާފައި ހަޅޭއްލަވައިގަތުމުން ލަޔާންއާއި ދެމީހުން އަތް ޖަހާލާފައި ހެމުން ހެމުންދިޔައެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ. އަވްލީންއާއި ވިޝާކާ އަދި ލަޔާންގެ ގުޅުން ވަރުގަދަވަމުން ދިޔަ ނަމަވެސް އަވްލީން އާއި މަހުދީގެ ގުޅުން ދިޔައީ ދުވަހެއްވިއްޔާ ހީނަރުވަމުންނެވެ.

ހުކުރު ދުވަހަކީ މަހުދީ އަދި ލަޔާންގެވެސް އޮފް ދުވަހެއްކަމުން ދެމީހުން ވާހަކަ ދެއްކީ ގޯތިތެރޭގައި ހުރި ބައެއް ގަސްތައް ކޮށާ ހިނރުދު ގަސްދަށުގައި ޖޯލިފައްޗެއް ހެދުމުގެ މަސައްކަތްކުރާށެވެ. އެއީ ތަންކޮޅެއް ކުރިން ދުވަހަކު އަވްލީންއަށް އައި ހިޔާލެކެވެ.

ފަތިހު ފަތިސް ނަމާދަށް ގޮސްފައި އައިގޮތަށް މަހުދީ ވަނީ ލަޔާންގެ ކޮޓަރިއަށް ލަޔާންއަށް ގޮވާށެވެ. ލައިޓް ޖެއްސުމަށްފަހު ލަޔާންއަށް ގޮވާ ހޭލައްވާފައި ކޮޓަރިން ނިކުންނަންދިޔަ މަހުދީގެ ލޮލުގައި އަޅައިގަތީ މޭޒުމަތީގައި ފްރޭމްއަކަށް ލާފައި އިން ފޮޓޯއެކެވެ. “ލަޔާން މި ކާކު؟ އަވީތަ؟ އަވީގެ ފޮޓޯއެއް ލަޔާން އަތުގައި.. ކިހިނެއް؟ މި ކޮންއިރަކު ނަގާފައި އިން ފޮޓޮއެއް.. ލަޔާން ކީއްވެ އަނގައިން ނުބުނެ ބަލަން ތި އިންނަނީ.. މި ކޮން ފޮޓޮއެއްހޭ” މަހުދީ އެ ހުރިހާ ސުވާލެއް ކުރިއިރުވެސް ލަޔާން އަނގައިންނުބުނެ އިނީ މަހުދީއަށް ބަލަހައްޓައިގެންނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

iff

Level 210 Stories100 Comments

Other Articles

Previous

ހިތްއެކީ ދެވިއްޖޭ (12)

Next

ވިންދު ލޯބިން ޖެހި ހިތެއްގައި (27)

Next
November 10, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (27)

Previews
November 9, 2017

ހިތްއެކީ ދެވިއްޖޭ (12)

20 Comments!

  1. najjjj says:
    November 10, 2017 at 3:15 am

    just love da story… v wait kuran mi vaahaka up vaane irakah.. keep it up..
    whn next part??

    1. iff says:
      November 14, 2017 at 1:32 pm

      Thankx najjj ?

  2. Ainth says:
    November 10, 2017 at 6:04 am

    V rythi mibai… Ekam kyhvetha up kohdheveyleh ehaa lasvany.. Haadha dhigu inthixaareh eba kurevey.. Dhen annabaiga mistake rangalhu kohlahchey igey , iff

    1. iff says:
      November 14, 2017 at 1:37 pm

      Thank yu ainth ?
      Sorry 4 the late. . .
      Iff ah mistake thah faahaga kohladhiniyya faseyha vaane.. ??

  3. Pinky shifoo says:
    November 10, 2017 at 8:55 am

    Hiii Iff.. After a long time story kiyaalan libuny… Varah salhi.. Thankolheh avahah up kohladhehchey plxxxxx.. Waiting for next part…

    1. iff says:
      November 14, 2017 at 1:39 pm

      Thank yu pinky shifoo ?
      Iffvx balan avahah up kohdhevaythw… ekam evaru nuvany busy veema.. sorry ?

  4. ❤️santhi❤️ says:
    November 10, 2017 at 8:55 am

    Vvvv reethi mi story. But haadha dhuvahekey thi nagany story up kohdhen. Avahah up kohdhybala plx plx..

    1. iff says:
      November 14, 2017 at 1:39 pm

      Thank yu santhi ?
      I will try santhi ??

  5. ssannwa?❤? says:
    November 10, 2017 at 9:15 am

    Haadha gina dhuvaheh koffa ey cha up kuranee? chahaa dhuvas koffey up kuraa iruves kuru kuru kon cha up kuranee…neyngeytha kiyun therein foohi vaane kameh chahen hedheema???..vhk hadi vaane cha vahtharah up kurannya

    1. iff says:
      November 14, 2017 at 1:41 pm

      Sorry dear ?
      Iff ahvx ingay thikan. Try kurany v enme avahakah up kohdhn

  6. Amna says:
    November 10, 2017 at 9:33 am

    V gavaaidhun eba up kure ehnu dhw.??ehaa gina dhuvas kohfa gehnairuves ehaa kuru… vaahaka nuliyevenyaa thibebala??

    1. iff says:
      November 14, 2017 at 1:43 pm

      Sorry amna ?
      Lahun up kohdhevunas mi vaahaka nimendhn genesdhevaythw balaanan. . Insha allah

  7. SJK...KOREAN says:
    November 10, 2017 at 9:39 am

    heyyy. haadha salhieyyy mi baivx..can’t wait to read nxt part.. avas kohlahcheyyy 🙂 🙂 waitings

    1. iff says:
      November 14, 2017 at 1:43 pm

      Thank yu sjk ?
      ??

  8. Lala says:
    November 10, 2017 at 4:14 pm

    ❤

    1. iff says:
      November 14, 2017 at 1:44 pm

      ?

  9. Laal says:
    November 10, 2017 at 7:25 pm

    Thankolheh dhigukoh, thankolheh avahah genes dheeba plz..

    1. iff says:
      November 14, 2017 at 1:45 pm

      Will try ?

  10. Amin says:
    November 10, 2017 at 8:33 pm

    Vara reethi

    But try to upload soon.. U have that talent to write stories.. Not all can write.. Sobuae the talent and go ahead.. However u need to make the readers happy as well that’s the most important quality and Pary of being a writer..

    1. iff says:
      November 14, 2017 at 1:47 pm

      Thank yu amin ??
      I will take that advice ??❤???????

Comments are closed.

Next Episodeއަވްލީން (17 ވަނަ ބައި)←


All Right Reserved!