Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވަން…..

shama shuaib Level 410 Stories100 Comments500 Comments100 Login
November 9, 2017 5 Mins Read
40 Comments

ކޮޓަރީގެ ފާރުތަކުގައި ލެވިފައިވަނީ ކަޅުކުލައެވެ. ހުދުކުލައިން ކޮންމެސް ވަރަކަށް ކުރެހުންތަކެއް ކުރަހާފައި ހުއްޓަސް އެކޮޓަރީގައި ގިނައީ މުޅިންވެސް ކަޅުކުލައިގެ އެއްޗިއްސެވެ. ފަރުނީޗަރުން ފެށިގެން ސީލިންގަށް ދާންދެން ކަޅުކުލަހުރިނަމަވެސް ނަމަވެސް އެއިން ކޮންމެ އެއްޗެއްގައިވެސް ކޮންމެސް ވަރަކަށް ހުދުކުލަ ހުރެއެވެ. އެހެން ކޮޓަރިތަކުގައި ހުންނަ ފަދައިން ފަންކާއެއް ނުހުރެއެވެ. ނަމަވެސް ފިނިކުރުމަށް އޭސީއެއް ހުއްޓެވެ. ކޮޓަރީގެ ތަރުތީބު ކަމާ ފުރިހަމަކަމުން ޝާހީ ގޮތެއް ހުއްޓެވެ.

ތުވާލިކޮޅެއް އަނދެލައިގެން ހުރެ ފާހަނައިން ނިކުތް ޒުވާނާގެ ހަށިގަނޑަށް އެތަކެއް ކުދިންގެ ހިތްތަށް ފިދާވާނެކަން ޔަގީނެވެ. ހަމުގެ ކުލަ އަލި އޮމާން، ކަސްރަތީ ހަށިގަނޑެކެވެ. ފަން، ދިހުން އަރާ އިސްތަށިގަނޑެކެވެ. މުތީތަކެއްފަދައިން ފެންތިކިތައް ހަރުލާފައިވާލެއް ވަރަށްވެސް ފުރިހަމައެވެ. ގިނަ ދިވެހިންނާ ހިލާފަށް މި ޒުވާނާއަށް ލިބިފައިވަނީ އަޅިކުލައިގެ ދެލޮލެވެ. ބޮޑަށް ވައްތަރީވެސް ބޭރުމީހަކާއެވެ. އަބަދުވެސް އެ މަޑު ފިޔާތޮށި ތުންފަތުގައިވާ ހިނިތުންވުން އޭގެ ޒާތުގައި ފެންނަން ހުއްޓެވެ. އަޅިކުލައިގެ ހުޑީއަކާ ކަޅު ސްކިނީއެއް ލުމަށްފަހު އެއިސްތަށިތަކުގެ ސަބަބުން ލޯ ފޮރުވިފައިވާ އިސްތަށީތަށް އެއްފަރާތަށް ކަހާލުމަށްފަހު ސެންޓު ޖަހާލިއެވެ. އެވަގުތު މުޅި ކޮޓަރި ތެރޭ ހިފާލި ފިރިހެން، ޔީވް ސެއިންޓް ލޮރަންޓްގެ މީރުވަސްދުވާލުމުން އެ ޒުވާނާގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. އަދި ކޮޓަރިން ނިކުމެ މަޑު ފިޔަވަޅުތަކެއްގައި ހިނގަމުން ގޮސް ކާގެއަށް ވަނެވެ.

ހަމަ އެވަގުތެވެ. ފަން ދިގު އިސްތަށިގަނޑު އިސްތަށިގަނޑުގައި ފުނާ އަޅަމުންދިޔަ ފަތްމިންޏެއްފަދަ ރީތި އަންހެން ކުއްޖާގެ މިއުޒިކީއަޑު ވަނީ މުޅިކޮޓަރިތެރޭގައި ހަރުލާފައެވެ. ރީތި ރާގަކަށް ހޫން އަޅުވަމުންދިޔައިރު ކަކުލާ ހިސާބަށްއަރާ އިސްތަށިގަނޑު މައްޗަށް އައްސާލަމުން ލައިގެން ހުރި ގަމީސްކޮޅު ދަށަށް ޖަހާލަމުން ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް ހާކާލިއެވެ. ފުދޭވަރަކަށް ދޮން، އެ ބައްޓަން ރީތި ހަށިގަނޑާ ލައިގެން ހުރި ފެހި ގަމީސް އަދި އަޅި ޖިންސު ވަރަށްވެސް ގުޅެއެވެ. ކަޅުކަންގަދަ ޖާދުވީ ލޮލެކެވެ. ދިގު، ބޯ އެސްފިޔަތަކެކެވެ. ރީތިކަމުންނާ ހަންގަނޑުގެ އޮމާންކަމުން ހިޔާލީ ކާޓޫނެއްކަމަށްވާ ސިންދްރެއްލާއާ ވައްތަރު ގޮތެއްވެސް ހުރެއެވެ. ޔީވްސް ބްރޭންޑްގެ ބްލެކް އޯޕިއަމް ސެންޓު ޖަހާލަމުން މުޅި ތަނުގައި ހިފާލި ލުއި ވަހާއެކުވެގެން އައީ އެ ޖާދުވީ މިއުޒިކެއްފަދަ އަޑުގެ ވެރިޔާގެ ހީލުމުގެ އަޑެވެ.

ޔުސްރާ އަދި ޝިފާންގެ ދެމަފިރިން ކާގެއަށް ވަތްއިރު ކާގޭގައި ހުޑީއެއް އަޅާ މޫނު ނުފެންނަ ވަރަށް ގުދުވެގެން ފޯނާކުޅެން އިން ޒުވާނާ ފެނުމުން ފުރަތަމަ ދެމީހުންވެސް ދިޔައީ ސިއްސައިގެނެވެ. ނަމަވެސް ޖެހިގެން އައި ސިކުތުންގައި ދެމީހުންވެސް އެކަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހު ހިނިތުންވެލަމުން ގޮސް އިށީނެވެ. އޭރުވެސް ފޯނުގެ އަވަގައި ޖެހިފައި އިންޒުވާނާ އެއިން ގޮތަށް އިނީ ހިނގަމުންދާ ކަންކަން ރޭކާނުލާ ހާލުގައެވެ.

“މަމް…” އިވިގެން ދިޔަ އަޑާއެކު ކާގޭގައި ތިބި އެންމެންގެ ސަމާލުކަން އެދިމާއަށް ދިޔައެވެ. “ޔާނީ..ދަރިފުޅާ..އަވަހަށް އާދޭ..ބަލާބަ ކާކުތޯ މިހިރީ އައި” ޔުސްރާގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ޔާނީ ލަސް ލަހުން އެނަން ކިޔާލިއެވެ.”އިއްލު؟؟؟!!!” އެ ޒުވާނާވެސް ލޯބި ގޮތަކަށް ހީލަމުން ބޯޖަހާލިއެވެ. އުފާވެފައިތިބި ހަތަރު މީހުންވެސް ހަމަޖެހިލީ ކާންފަށާށެވެ.

“ދަރިފުޅު ކޮންއިރަކުތަ އައީ؟ ބައްޕަ މެންނަށް އިނގޭ މިއަދުކަން އެކަމް ދަރިފުޅު ބުނީ ފްލައިޓް އިނީ މިރޭއޭ. ދެން ކިހިނެއް؟” ކަންބޮޑުވުމާއެކު ޝިފާން އަހާލިއެވެ. އެވަގުތު ހިނިގަނޑެއް ޖަހާލުމަށްފަހު އޭނާ ހަގީގަތް ކިޔައިދިނެވެ. “އަސްލު އައި ވޯންޓެޑް ޓު ގިވް އަ ސަޕްރައިޒް. ހެހެ. އެހެންވެ. ދެން އަޅުގަނޑު މިއައީ ވެސް އެއްކޮށޭ. ލަންޑަން ފޫހި. މި ފަސްއަހަރު ތެރޭގަވެސް ފޫހިކަމުން ކިރިޔާ މަރު ނުވީ. މާމަ ކައިރީ ބުނީމޭ އަންނަން. އެކަމް މާމަޔަށް އެތަން މާސަޅިޔޯ. އެކަމް އަޅުގަނޑު ދެން ބޭނުންވަނީ މާލޭގަ އުޅެން. އޭލެވެލްވެސް މިތަނުން ކޮންޓިނިއު ކުރަން ބޭނުމީ. އެންޑް ޔާނީ އާވެސް ނުއެއް ތޮޅިލެވޭ. ސޯ ވަރަށް ފޫހި.”

އެވަގުތު ޔާނީގެ ހިތް އުފަލުން ނަށާލިއެވެ. ނަމަވެސް ތުންކޮޅު ދަމާލައިން އިނީއެވެ.ފަސް އަހަރުފަހުން އޭނާގެ އިއްލު ފެނުމުން އޭނާގެ އެތެރެހައްޓަށް ބަހާރު މޫސުން އައިސްގެން އުޅޭފަދައެވެ. އިއްލު އޭނާގެ ކައިރީގައި ހުރުމަކީ އޭނާ އަބަދުވެސް އެދޭކަމެކެވެ. އެ ހިތް އެދޭ އެދުމެކެވެ. އެކި ވާހަކަތަކުގައި ތިބި ކާ ނިންމާލައިގެން ހަތަރު މީހުން އެއްކޮށް ނިކުންނަށް ދަނިކޮށް އެއްކަލަ ޒުވާނާގެ އުނަގަނޑު މޭޒުގެ ކަނުގައި ވަރަށް ބާރަށް ޖެހުނެވެ.”މުލައިލް…!!!!!!!” ހާސްވެފައި ޔުސްރާ ގޮވާލިއެވެ.

“މަންމާ..ހާސްނުވެބަ. އަޅުގަނޑު އޯކޭޔޭ..” މުލައިލް ހީލަމުން އެހެން ބުނެލިއިރު އެނަމުން މީހަކު އޭނާއަށް ނުގޮވާތާ އެތައްދުވަހެއް ވުމާއެކު ކުރީގެ އެތަކެއް ހަނދާންތަކެއް އާވެގެން ދިޔައެވެ. “ކިހިނެއްވީ؟” ޔުސްރާ އަދި ޝިފާން ނިކުތުމުން ޔާނީ ގޮސް އަހާލިއެވެ. “އެކޮޅުގަވެސް އެންމެން އަހަންނަށް ކިޔަނީ އެލް. ދެން ޔާނީ ގުޅިޔަސް އަބަދު އިއްލު. މުލައިލް އޭ ކިޔާފަ މީހަކު ގޮވާ ނުލާތާ ވަރަށް ދުވަސްވެއްޖެ.” ޔާނީވެސް އެހެންދޯއޭ ބުނެލުމަށްފަހު ސިޓީން ރޫމަށް ނިކުތެވެ.

“މަމް. އިއްލު ދާނީ އަޅުގަނޑާ އެއް ސްކޫލަކަށްދޯ؟ އޭރަށް އިއްލުއަށް ވެސް ފަސޭހަވާނު.” ވާހަކައިގެ ތެރެއިން ޔާނީ އެހެން ބުނެލުމުން ޔުސްރާމެންވެސް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. އަދިހަމަ އެޔާއެކު އޭނާގެ އެކުވެރިންނާއެކު ބޭރަށް ދަނީކަމަށްބުނެ ދާން ހިނގައިގަތުމުން ފަހަތުން މުލައިލްވެސް ބޭރަށް ގޮސްލަނީކަމަށް ބުނެނިކުތެވެ. ހުޑީއިން މޫނު ނިވާކޮށްލަމުން ދިޔަގޮތަށްގޮސް ބޭރުގައި ހުރި ޔާނީގެ އަތުގައި ހިފާލިއެވެ. އެވަގުތު ޔާނީގެ ހިތް އޭގެމަގާމުން ނައީވެސް ކިރިޔާއެވެ.”މަވެސް ގެންދެބަލަ. ދެން މަންމަމެން ކާރީގަ މަވެސް އިންނަންތަ ވީ؟ އެމީހުންނަށް ޕްރައިވެސީ ދީފަ ދެން މަވެސް ގެންދެބަލަ ދޯ.” އެންމެ ފަހުން ޔާނީއަށް ޖެހުނީ އެއްބަސް ވާށެވެ. އޭރު ޔާނީގެ ތިން އެކުވެރިން ކަމަށްވާ ހަމްނާ، ޝާމިލް އަދި ލީނާ އަންނަނީއެވެ.

“އަނހާ.. ޔާނީ..ތީ ކޮންކަމެއް؟ އަންގާވެސް ނުލާ” އައިގޮތަށް އައިސް ހަމްނާ މުލައިލްއަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ. އޭރުވެސް މުލައިލް ހުރީ ޔާނީގެ އަތުގައި ހިފައިގެންނެވެ. ޔާނީ ނުވާކަމަށް ހަދާފައި އަތް ނައްޓުވަން އުޅުމުންވެސް އެކަން ކާމިޔާބު ނުވުމުން އެންމެ ފަހުން އެކަން ހުއްޓާލީއެވެ. ލީނާ ގުދުވެ ހުޑީއިން ނިވާވެފައިވާ މުލައިލްގެ މޫނަށް ފުންކޮށް ބަލާލިއެވެ.”ބޭރު ސޮރެއް؟؟!!!!”

“ހޭއި. ހައު އާޔޫ؟ ވީ އާ ޔާނީސް ބެސްޓް ފްރެންޑްސް.”ޝާމިލް ސަލާމަތް އަތް ދިއްކޮށްލަމުން ބުނެލިއެވެ. މުލައިލް ބޮލުގައި އޮއް ހުޑީނަގަމުން ރީތި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ބޭރު ރާގަށް އޭނަ ރަނގަޅު ކަމަށް ބުންޏެވެ. ހަގީގަތް ހާމަ ކުރަން އަނގަ ހުޅުވާލި ޔާނީ ގަޔާކާރިކޮށް އޭނާ ހުއްޓުވީ މުލައިލްއެވެ. އަދި އެކުޅިވަރުގައި ބައިވެރިވުމަށް އެދުނެވެ. އަނެއްކާވެސް ޔާނީ ހަތިޔާރު ބެހެއްޓީ އެހިތުގައި މުލައިލް އާމެދު ހާއްސަ މަގާމެއް ދެވިފައި ވާތީއެވެ.

އުފާވެރި މަޖާ ވަގުތުކޮޅަކަށްފަހު ފަސް މީހުން ވަކިވީ އަންނަ ހަފްތާގައި ސްކޫލް ހުޅުވުމުން ދިމާވާނެ ކަމަށްބުނަމުންނެވެ. މުލައިލްމެން ގެޔަށް ވަތްއިރު އެކަކުވެސް ގޭގައި ނެތުމުން މުލައިލް އެޔޮއްވީހާއިރު ހިފަހައްޓައިގެން ހުރި ހިނިގަނޑު ފަޅާލިއެވެ. މުލައިލް ބިނދިބިނދިފައި ހެމުން ދިޔައިރު ޔާނީވެސް ދިޔައީ ހެމުންނެވެ.” އޯމައި ގާޝް. ޔޫ އެންޑް ޔުއާ ފްރެންޑްސް އާ ނަޓްސް.” މުލައިލް ހަމަ އެރާގަށް ބުނެލިއެވެ.”މަށެއް ނަޓެއް ނޫން. ކީއްވެތަ އަބަދު މަށާ ބެހެނީ” ތުން އަނބުރާލަމުން ޔާނީ އެހެން ބުނެލުމާއެކު އަނގަޔަށް ގޮތެއް ހަދާލަމުން މުލައިލް ލޯބޮޑު ކޮށްލިއެވެ. “އެބަ ބެހެންތަ؟ ކިޔާ ހަޑި އެއްޗެހި. މަ މިއިނީ ދުރުގަ އެއްނު.” އެއްލޯ މަރާލަމުން މުލައިލް އެހެން ބުނެލުމާއެކު އޭނާ ނުބައި މާނައެއް ނެގީކަން ޔާނީއަށް ވިސްނުމުން ހަޅެއްލަވައިގަތުމަށްފަހު ކުޝަންތައްނަގާ އުކަންފެށިއެވެ. ދެމީހުން އެސަކަރާތުގައި ތިއްބައި ޝިފާންމެން އައިސްވަނުމާއެކު ދެމީހުންވެސް ވަގުތުން އެކުޅިވަރު ހުއްޓާލުމަށްފަހު ބަސްއަހާ ކުދިންތަކެއްފަދައިން އިށީނެވެ. މަންޒަރު ބަލަންހުރި ޔުސްރާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

“ސާބަސް. ހެހެ. މިތާ ޓޮމް އެންޑް ޖެރީ ކުޅެނީތަ؟ ބަލާބަލަ ދެމީހުން ތިބި ގޮތް. ދާހިއްލާ ފޯވެފަ. ހަހަ. އެންޑް އިއްލު، ސްކޫލްއިން ޖާގަ ހަމަޖެހިއްޖެ. އަންނަ އާދީއްތަ ދުވަހު ސްކޫލު ހުޅުވޭނީ. ބާކީ އޮތީ ތިން ދުވަސް. ސޯ ޔާނީއާ ދެކުދިންވެގެން އެއްޗެހިތައް ހަމަކުރާތި. ޔާނީ ޔޫ ޓޭކް ކެއާ އޮފް ޔުއާ ބްރަދާ އިނގޭ.” އުކާލެވިފައި ހުރި ކުޝަންތައް ނަގަމުން ޔުސްރާ ބުނެލިއެވެ. ހޫނުވެފައި ތިބި ދެކުދިން ބޯޖަހާލަމުން ނިދަންދަނީކަމަށް ބުނަމުން ކޮޓަރިއާދިމާއަށް މިސްރާބުޖެހިއެވެ.

ކޮޓަރިއަށް ވަދެވުމާއެކު ޔާނީއަށް ފާރުގައި ލައްވެލުމަށްފަހު ތިރިވެވުނެވެ. އޭރު އޭނާގެ ލޮލުން ހޯސްލާފައި ހޫނުކަރުނަ ފައިބަމުން ދިޔައެވެ. “އެއީ އަހަރެންގެ ބޭބެއެއް ނޫން…ނޫން…އިއްލު..ކީއްވެ؟” މުޅި ކޮޓަރީގައި ހިފާލައިފައިވަނީ ޔާނީގެ ވޭނީ ގިސްލުމުގެ އަޑެވެ. އޭރުއެތުންފަތުގައި މަޑު ތުރުތުރެއް ވިއެވެ. މޫނު ރަތްވެ ލޯވެސް ވަނީ ރަތްވެފައެވެ.

ފެންވަރައިގެން ނިކުތް މުލައިލް ފޮށިހާވާލަމުން ނެގީ ހިތްގައިމު ތަސްވީރެކެވެ. އޮޅަލި ހަނގަނޑެއްގެ ވެރި އަންހެން ކުއްޖެކެވެ. ކަނދުރާއާ ހިސާބަށް ކޮށާލެވިފައިވާ އެ އިސްތަށިގަނޑު އެމޫނާ ނުހަނު ގުޅެއެވެ. އެތަސްވީރަށް ގެއްލިފައި އެތައްއިރަކު މުލައިލް ހުއްޓެވެ. “ހޭއި. ވަރަށް ލޯބިވޭ.” އޭރު މުލައިލްގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. އެކުރަނަތައް އޭގެ މަގާމްދޫކޮށް މުލައިލްގެ ކޯތާފަތުގައި ބޮސްދެމުން ކަރުނަތިއްކަކަށް ފަހު ތިއްކެއް ފައިބަމުންދިޔައެވެ. އެވަގުތު ކުއްލިޔަކަށް ވިއްސާރަ ހަދާލުމަށްފަހު ވާރޭ އޮއްސާލިއެވެ. ދެކޮޓަރީގައި ތިބި ދެޒުވާނުން ކުރަމުންދިޔަ ހިތާމައިގައި ބައިވެރިވަމުން ކަންނޭންގެއެވެ.

އެގޮތުގައި ވިހިވަރަކަށް މިނެޓު ފާއިތުވެގެން ދިޔައިރުވެސް އެ ވިއްސާރަޔަކަށް ބަދަލެއް ނާދެއެވެ. އެންމެ ފަހުން މުލައިލް ނިންމީ ޓެރަހަށް އަރާލާށެވެ. ލައިގެން އުޅުނު އަޅި ހުޑީ ލަމުން ބޭރަށް ނިކުމެލިއިރު ބޮޑުތިކި ވާރޭވެހެމުން ދިޔައީ ވިދުމާއެކު ގުގުރަމުންނެވެ. މުލައިލް އެތަނަށް ނިކުތްއިރު ޔާނީވެސް ރެއިލިންގް ގައި އަތް އަޅުވާލައިގެން އެތާހުއްޓެވެ. ސޯޓުކޮޅަކާ ޓީޝާޓެއް ލާފައި ހުރިއިރު ފިނިވެގެން ޔާނީ ދިޔައީ ރޫރޫ އަޅަމުންނެވެ. ނަމަވެސް އޭނާގެ ހަރަކާތް ހުއްޓިފައި ވީއިރު މުލައިލް ގޮވާލުމުންވެސް އަޅާނުލިއެވެ.

“ޔާނީ” ފިނިވެފައި ހުރި މުލައިލްގެ މޫނު ވަނީ އެއްކޮށް ފިޔާތޮށިވެފައެވެ. ނަމަވެސް ފަރުވާލެއްނެތި އެ ވާރޭ ތެރޭގައި ގޮސް ޔާނީގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ސިހިފައި އެނބުރުނު އިރު މުލައިލް ފެނުމުން ހިނިތުން ވެލަމުން އަނެއްކާވެސް ވާރޭގެތެރެއަށް މޫނުލައިގެން ރެއިލިންގް ގައި އަތް އަޅުވާލިއެވެ. މުލައިލްވެސް ހަމަ އެފަދައިން ކަނއްތައްކުރިއެވެ. ދެމީހުންގެލޮލުންވެސް ކަރުނަ ފައިބަމުންދިޔައިރު ވާރޭގެ ސަބަބުން އެކަރުނަތައްވަނީ ވަންހަނާ ވެފައެވެ. މުޅި މާހައުލުވެސް ހީވަނީ ދެމީހުންގެ ހިތުގައި ހިނގަމުންދާ ހައިޖާނުގައި ބައިވެރިވަމުންދާހެނެވެ.

އާދުވަހަކަށް އިރު އެރިއިރު ލިލީ ވިލާގެ ކާގެތެރެއިން ބާރުބާރަށް ދެމީހަކު ހަޅޭއްލަވާ އަޑާ ހޭއަޑު އިވެމުންދިޔައެވެ. ސައިބޯން ނިކުތް ޔުސްރާ އަދި ޝިފާން ހިނިތުންވެލީ މުލައިލް ބުނެލި ވާހަކައަކުންނެވެ.”މަމް އަށް އިނގޭތަ. ރޭގަ އަހަރެން ވާރެޔާ ތެމިލަން ނިކުތްއިރު އެއްކަލަ ރެއިން ބޭބީ ހުރި ބޭރުގަ. ވަރަށް އީމޯކޮށް ހުރީ. ހީހީ ކިރިޔާ ހަލާކުނުވީ” ވައްތަރެއް ޖައްސާލަމުން މުލައިލް އެހެން ބުނެލުމުން އެންމެންވެސް ހޭންފެށިއެވެ. “އިއްލު އައިމަ ދެން އަހަރެން މުހިއްމެއް ނުވާނެ މިގެޔަކު.” ތުން އަނބުރާލަމުން ޔާނީ ބުނެލިއެވެ. އަނެއްކާވެސް އިވިގެން ދިޔައީ އެންމެންގެ ހުނުމުގެ އަޑެވެ.

ދުވަސްތައް އޭގެ ހަލުވިމިނުގައި ގޮސް މިޔަދަކީ މުލައިލްމެންގެ ސްކޫލު ހުޅެވޭ ދުވަހެވެ. މުލައިލް އޭނާގެ ކޮޓަރީގައި ހުރެ ރީތިވަމުން ދިޔައިރު އޭނާގެ ހިތް ވަނީ އަވަސްވެފައެވެ. ކީއްވެގެން ކަމެއް ހުދު މުލައިލްއަކަށްވެސް ނޭންގެއެވެ. ނަމަވެސް މިފަހަރުވެސް މުލައިލްގެ މަގްސަދަކީ ގްރޭޑް އެގާރައިގައި ބޭރުގައުމުން ހޯދި ފަދަ ނަތީޖާއެއް ރާއްޖެއިންވެސް ހޯދާށެވެ. އަދި އޭލެވެލް ޓޮޕްޓެންގެ އެއްވަނަ މަގާމް ހޯދާށެވެ. ސެންޓުބުރުވާލަމުން އަދިވެސް އެއްފަހަރު ލޯގަނޑަށް ބަލާލިއެވެ. ފެހި ގަމޫހިގެ މަތިން ކަޅު ކޯޓަކާ ކަޅު ފަޓުލޫނެއްގައި އޭނާ ފެންނަލެއް ވަރަށްވެސހިތްގައިމެވެ. ސްކޫލުގެ ލޯގޯ ކޯޓުގެ ކަނާތްފަރާތު ޖީބުގައި އިންއިރު ކަޅާ ގަދަފެހީގެ ޓައީ އަޅާފައި ހުރި މުލައިލްގެ ރީތިކަން އިންތިހާއަށް އިތުރުވެފައިވާ ފަދައެވެ. އެއްމިޔަކަމުން ހީލަމުން ދަބަސްއަޅުވާލަމުން ބޭރަށް ނިކުތް މުލައިލްގެ ލޮލުގައި ރީތިވެލައިގެން ހުރި ޔާނީ އަޅައިގަތެވެ.

ކަޅުކުލައިގެ ސްކަރޓާއެކު ފެހި ގަމީހުގެ އަޑިން މުލައިލްފަދައިން ކަޅުކޯޓެއް ލުމަށްފަހު ހަމަ އެފަދަ ޓައީއެއްވެސް އަޅާފައި އޮތެވެ. އެދިގު އިސްތަށިގަނޑު ރީތި ގޮތަކަށް ގަތާލެވިފައިވީއިރު ޔާނީފެންނަނީ ވަރަށް ތާޒާކޮށެވެ. “ކޮން ވަހެއް އެދުވަނީ؟ ޗީ ޗީ…ޔާނީ..ކޮންކަހަލަސެންޓެއްތަ ސްކޫލަށް ދާއިރު ދެން ތި ޖެހީ..ބްލެހް” މުލައިލް ދިޔަ ގޮތަށްގޮސް ޔާނީއާ ބެހިލިއެވެ. ނަމަވެސް މުލައިލްގެ އަޑުވެސް އެހުމެއްނެތި ޔާނީ ނިކުތީ ބޭރަށެވެ.

“ހޭއި. ރުޅި އައިތަ؟ ސޮރީ ސިސް” ޔާނީގެ ފަހަތުން ނިކުތް މުލައިލް މައާފަށް އެދުނެވެ. “ހެހެ.. އެ މޮޔަގަނޑާ. ތި އަނގައިން ނިކުންނަ ބޭކާރު ބަހަކާ ހެދި ދެރައެއް ނުވާނެ އިނގޭ. އަސްލު ވަރަށް ނާވަސް. އޭލެވެލް ގެ ފުރަތަމަ ދުވަސް ވީމަ. ސެކަންޑްރީ ކިޔެވީ އެތަނުން ކަމަށް ވިޔަސް ވަރަށް ހާސްވޭ އެބަ އަނެއްކާވެސް.” އެހެން ބުނުމާއެކު މުލައިލް އެކި އެކި މަޖާވާހަކަ ކިޔާދީ ޔާނީ ހެއްވާލިއެވެ. ޔާނީ ހެއްވާލެވުމުން މުލައިލްވެސް ހިނިތުންވެލުމަށްފަހު ޔާނީގެ އަތުގައި ހިފާލައިގެން ސްކޫލާ ދިމާއަށް ހިނގައިގަތެވެ.

ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

މީޝާ (9)

Next

އިންތިހާ ލޯބިވޭ…(1)

Next
November 9, 2017

އިންތިހާ ލޯބިވޭ…(1)

Previews
November 9, 2017

މީޝާ (9)

40 Comments!

  1. imagination ?? says:
    November 9, 2017 at 6:14 pm

    hey guys. so here is my new story. i hopw u all like it. mi story up kuraani komme saturday, tuesday and thursday ga. so hope u all will read thiis. hurihaa readers mathin ves v misss vi ingey. love u all. comment below. <3 <3

  2. Limsha says:
    November 9, 2017 at 6:28 pm

    Rythi vaanehn Hyvany
    N gud luck

    1. imagination ?? says:
      November 9, 2017 at 6:40 pm

      thank you <3

  3. Eenas Ibrahim says:
    November 9, 2017 at 6:36 pm

    Wow masha allah mi part vv reethi..waiting 4 the next part imagination

    1. imagination ?? says:
      November 9, 2017 at 6:53 pm

      thank you. in sha allah next part saturday ga

  4. click a shot ? says:
    November 9, 2017 at 6:39 pm

    Wow…varah salhi feshun…? mi story varah reethi vaanehen hyvany…haasakoh varah kihaa hihvey eba kurin liyun dhe story ah binaa kohfaey bunima..asluves this would be amazing…??n by the way you’re studying in grade 10 right..m also from 10…waitting ❤️❤️

    1. imagination ?? says:
      November 10, 2017 at 3:04 am

      Thank you. In sha allah disappoint eh nukuraanan. Yep. Just finished my olevel yesterday. Hope u get a good result too. ?❤️

    2. click a shot ? says:
      November 10, 2017 at 8:54 am

      Yeah..hope same to you too..?

    3. imagination ?? says:
      November 11, 2017 at 12:55 pm

      thanks <3

  5. Kookie says:
    November 9, 2017 at 6:49 pm

    Story is superb.. I love this part.. Nd the cover pic too.. That boy is one of my fav idol nd while reading i cnt concentrate on story bcoz of him.. bt I’ll read nd love this story so so much.. waiting for nxt part.. ?

    1. imagination ?? says:
      November 10, 2017 at 3:03 am

      Hehe. I can relate. Liyan inna iruves he distract me. Lol. He one of my fav idol too. High five. Hehe. Thanks a lot ❤️

  6. xim says:
    November 9, 2017 at 8:00 pm

    Wow vvv reethi

    1. imagination ?? says:
      November 9, 2017 at 10:32 pm

      Aawn. Thanks ?

  7. SJK...KOREAN says:
    November 9, 2017 at 8:08 pm

    woww. haadha reehcheyy. good luck..waiting

    1. imagination ?? says:
      November 9, 2017 at 10:35 pm

      Thanks. M eagerly waiting for ur story too ❤️

  8. Shudha says:
    November 9, 2017 at 8:35 pm

    Wow.. this one’s better that the last one… very nice… When is the next part?keep up the gud work..?

    1. imagination ?? says:
      November 9, 2017 at 11:09 pm

      Awn. Glad to know. Next part in sha allah Saturday ga

  9. Rsh says:
    November 9, 2017 at 8:38 pm

    WOW V REETHI WHEN NEXT PART … Waiting for next……..

    1. imagination ?? says:
      November 9, 2017 at 11:10 pm

      Awh.. Thanks a lot. Saturday ❤️?

  10. Pinky shifoo says:
    November 9, 2017 at 8:39 pm

    Wowwww…. Mi part haadha reehchey… Aslu vx mi part varah varah reethi… Especially sifakurun hama best… Heevanee hama vaahakaige thereyga ulheveyhenn… Heevany e hurihaa manzareh lo kurimathin fennahen.. U have the talent imagination.. Keep up the good work.. Heevey mi vaahaka varah reethi vaane henn… Varah intresting mi part… Next part ah varah varah inthizaaru kurevey eba.. Waiting….

    1. imagination ?? says:
      November 10, 2017 at 1:32 am

      Alhey.. Thanks a lot. It actually means m improving. What a relief. In sha allah I’ll do my best to not disappoint you. Thanks a lot ❤️❤️❤️

  11. Anonymous says:
    November 9, 2017 at 8:41 pm

    Wow v nice. .miss u too ?

    1. imagination ?? says:
      November 9, 2017 at 11:10 pm

      Thanks?❤️

  12. Juvey says:
    November 9, 2017 at 8:42 pm

    Wow v nice. .miss u too ?

    1. imagination ?? says:
      November 9, 2017 at 11:11 pm

      Thanks juvey?

  13. ސިއްތި says:
    November 9, 2017 at 10:39 pm

    V nice story dhagoi v interesting. Ekm hithah ery yaany gameehuge dhashun kotuly kyvebaaey.

    1. imagination ?? says:
      November 9, 2017 at 11:15 pm

      Hehe. Gamees mathi coat laafa ei official kohllan. Beyruge school eh khiyaalah genas gen liyuni. Beyruge gina school ga hunnaani coat laafa. Glad u liked it ???

  14. Xee says:
    November 9, 2017 at 11:16 pm

    Nice bt yaanee and ilu eiy are brother sister eh noontha real life ga I’m really confused waiting and good luck

    1. imagination ?? says:
      November 9, 2017 at 11:17 pm

      Hehe.. Lets see dhw. Edhemyhunge dheythereyga evaa gotheh.

  15. Luya says:
    November 10, 2017 at 12:37 am

    Wow v nice..is that BTS V???

    1. imagination ?? says:
      November 10, 2017 at 1:30 am

      Yeah. He is ?❤️. Thanks. Dhen ehery black pink ge jisoo amd lisa

  16. Friends says:
    November 10, 2017 at 11:54 am

    WELL COME BACK IMAGINATION.??????????????
    heyyyy.imagination mi dear ge thafaathu stry dhw….stry hama vv salh.
    I like so much the stry… plx upload soon ingey wait wait…….????

    1. imagination ?? says:
      November 10, 2017 at 3:45 pm

      Heyyy…hehe labba. Meethi v thafaathu vaane. In sha allah tomorrow ingey. Thank you soooo much ???

  17. mai says:
    November 10, 2017 at 7:31 pm

    Reethi…btw photo ga thibi thin meehunge name bunedhyba…good luck..waittings❤️❤️❤️❤️❤️

    1. imagination ?? says:
      November 11, 2017 at 12:56 pm

      left ah ei jisoo from black pink. medhuga ei v from bts and right ah ei lisa from black pink. ehhe.. thanks mai <3

  18. Hisherm says:
    November 12, 2017 at 10:20 am

    Rythi

  19. Kim taehyung/v/tae tae says:
    November 3, 2019 at 4:20 pm

    Im alredy in love with v as i am an army since their debut in 2013…??????????????…and i dont like blackpink and they girl so i dont want v to love any of them……..???????????????????????story hama habeys …purple u…..

  20. Anonymous says:
    November 3, 2019 at 4:25 pm

    Jungkook and i am getting jelouse…. cause v is with any other girls…. i cant stop crying??????i love him since his debut still loving him… please dont leave me…

  21. Anonymous says:
    April 11, 2025 at 7:15 pm

    Jimin and I are hating this cover…
    V

    1. Anonymous says:
      April 11, 2025 at 7:16 pm

      Is only mine*

Comments are closed.

Next Episodeލޯބިވަން………(ދެވަނަބައި)←


All Right Reserved!