ޔޫނާ އެނަންބަރަށް ގުޅުމުން ބުނީ ފޯން ވަނީ ނިއްވާލާފައިކަމަށެވެ. “ލީން ކާކު ގުޅީ ދެންމެ؟” ޔޫނާގެ އަޑު އިވުމާއިއެކު ބިރެއް ފެނުނުހެން ލީން ފޯނާއާއި ދިމާލަށް ބަލާލިއެވެ. މިތަން ފެނުމުން ޒިދާން ލީން ދުރުކޮށްލުމަށްފަހު އޭނާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. “ކާކު ގުޅީ؟” “މީހެއް ނޫން” ލީން ޒިދާންއާއި ދުރަށް ޖެހިލަމުން އިސްޖަހާލިއެވެ. “ޔޫން ދީބަލަ ފޯން” އެވަގުތު ޒިދާން ލީންގެ އަތުގައި ހިފާ އޭނާއާއި ދިމާލަށް އަނބުރާލިއެވެ. “ކާކުހޭ ގުޅީ” ލީންއަށް ކުރެވުނުހާވެސް ކަމަކީ ޒިދާންގެ މޫނަށް […]
ދުވަހަކީ ހުކުރު ދުވަސްކަމުން 9 ޖެހިއިރުވެސް ޒިދާން އޮތީ ގަދަނިދީގައެވެ. އޭނާގެ މަންމަ ޒަހުލާ ކޮޓަރިއަށް ވަތް އިރުވެސް އޭނާ އޮތީ ފުން ނިންޖެއްގެ ތެރޭގައެވެ. ޒަހުލާ ލޯތްބައިއެކު އެނދުގެ މަގަތުގައި އިށީނދެފައި ޒިދާންއަށް ގޮވާލިއެވެ. “މަންމާ އަދި ކުޑައިރުކޮޅަކު ނިދަން ބޭނުން” “މިހާރު 9 ޖެހީ އޭ ދަރިފުޅާ ތެދުވޭ ދެން.. ދަރިފުޅު ހޯދަން މީހަކުވެސް އައިސް އެބައިން” “ކާކު؟؟” “ކާކުކަން އިނގޭނެ ބޭރަށް ނިކުތީމަ އިހަށް ދޭ ފެންވަރަން” ޒިދާން ކަންނެތް ކަމާއެކު އެނދުން […]
އައްސަލާމް ޢަލައިކުމް އަޅުގަނޑު ލިޔަމުން މިދާ ވާހަކަ އަޕުލޯޑް ނުވެ ގިނަދުވަސް ވި ކަމަށްޓަކާ ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ. އަޅުގަނޑު ވާހަކަ ލިޔަނީ ފޯނުން ކަމަށް ވާތީ އަޅުގަނޑުގެ ފޯނު ހަލާކުވުމެގެ ސަބަބުން ވާހަކަ އަޕުލޯޑުނުވި ވާހަކަ ކިޔުން ތެރިންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. ވާހަކައިގެ 3 ވަނަ ޕާޓް ވީ އެންމެ އަަވަހަކަށް އަޕުލޯޑް ކުރާނެ ވަހަކަވެސް ދަންނަވަމެވެ. އަދި ވާހަކަ ނުލިޔެވި ލަސްވިކަމަށްޓަކާ ކިޔުން ތެރިންގެ ކިބައިން މާފަށް އެދެމެވެ.
“އަހަރެންނަށް އެދުވަހު ކަންތައްކުރެވުނީ އެންމެ ރަނގަޅަކަށް ނޫން.. އަހަރެންނަށް އެދުވަހު ލީންއަށް ހެދުނުގޮތުން އެކަމާ އަހަރެން ދެރަވެ ހިތާމަކުރަން.. އެކަމަކު ކުށްވެރިއަކީ އަހަރެން އެކަންޏެއް ނޫން.. ލީން އަހަރެންގެ އިހްސާސްތަކަށް ބެލުމެއްނެތި އެދުވަހު އަހަރެން ބާކީ ކޮށްލީ ..އަހަރެން ކުރަމުންދިޔަ އާދޭސްތަކަށް ބީރުކަންފަތެއްދެމުން.. އަހަރެން މިއަދުވެސް ލޯބިވަނީ އެލީންދެކެ.. އަދި މިހަޔާތަށް ދެންވެސް ގެންނަން ބޭނުންވަނީ ހަމަ އެ ލީން” ޒިދާން އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލެވުމުން ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮށްލިއެވެ. ޒިދާންގެ ވާހަކަތައް ކަނުލާ […]
ކޮންމެ މީހަކަވީސް ދިރިއުޅުމުގައި އަޑިގުޑުންތަކަކާ ކުރިމަތިލާނެ މީހެކެވެ. ދުނިޔޭގެ އާދަކާދައިގެ މަތިން އުފަލެއް ލިބިއްޖިއްޔާ ހިތާމައެއްވެސް ލިބޭނެއެވެ. އަހަރެންގެ ހަޔާތުގައިވެސް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އަދި އެކަމަށް ހައްލެއް ލިބިފައި ނެތަސް އަބަދުމެ ކުރާ ދުޢާއަކީ ކޮންމެވެސް އެއްދުވަހަކުން އަހަރެންގެ ހަޔާތައް ބާހާރުމޫސުން އައުމެވެ. އަހަރެންނަކީވެސް އެހެން އަންހެން ކުދިންނެކޭ އެއްފަދައިން އުފާވެރި ދުވަސްތަކެއް ވޭތުކުރަމުން ދިޔަ ކުއްޖަކީމެވެ. އެހެންކުދިންނާ ޙިލާފަށް އަހަރެންގެ އުމުރުން 21 އަހަރު ވީއިރުވެސް އަހަރެންގެ ހަޔާތުގައި ބައިވެރިއަކު ނެތެވެ. ކިޔާވާނިމި ވަޒީފާއަށް […]
ލޯބިވެސްވީމޭ އިތުބާރުވެސް ކުރީމެވެ. ބުނި ކޮންމެ އެއްޗެއް ދެވަނަ ބަހަކަށް ނުގޮސް ޤަބޫލްކުރީ ލޯބިވާލެއް ބޮޑުކަމުންނެވެ. ބޭވަފާތެރިއެއްނުވަމެވެ. އޮޅުވައެއްވެސް ނުލަމެވެ. ތަޤުދީރުގެ ކުޅިގަނޑުގައި ޖެހި ދިރިއުޅުމުގެ މިސްރާބު ގެއްލުނީއެވެ. އޭރުވެސް އަދި މިހާރުވެސް ލޯބިވަނީ ހަަމަ ތި ޒިދާން ދެކެއެވެ. އަދި ލޯބިވާނީވެސް ތި ޒިދާން ދެކެއެވެ. އަހަރެމެންގެ ލޯތްބައްއެޅިގެން ދިޔަ ހުރަސްތައް ދެނިވޮޑިގެންވާނީ އެންމެ ފަރާތެކެވެ. އެތަކެއް ހުރަސްތަކަކަށްފަހު ނާކާމިޔާބުވީއެވެ. މަޖުބޫރުވީއެވެ. ……………………………………………………. މަޖުބޫރު މިލަފްޒް އަޑުއިވުމުން އަހަރެންގެ ކައިރިއަށް އަންނަނީ ހިންޏެވެ. މީހުން ބުނެ […]
އަމާން އެތަނުން ނިކުމެގެން ދިޔަ ގޮތައް ގޮސް ކާރަށް އަރާ އިށީނދެ ހަމަޖެހިލިއެވެ. އޭނާއަށް ހީވީ ބޮލުން ބޮޑު ބުރައެއް އުފުލުނު ހެންނެވެ. ވަގުތުން ފޯނު ނަގާ އަފްރީންގެ ނަންބަރަށް ޑައިލްކޮށްލުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ. ފުރަތަމަ ރިންގާއެކު އަފްރީން ފޯން ނަގާ “ހަލޯ” އޭ ބުނެލިއެވެ. “އަފޫ އެބަދަން ބަލާ އެއްވެސް ސުވާލެއް ނުކޮށް އަހަރެންނާއި އެކު އަހަރެން ގެންދާތާކަށް ގޮސްފާނަންތަ؟؟ “އަފްރީން “އާއެކޭ” ބުނުމުން އަމާން ތި ގޭ ކައިރިއަށް އެބަދަމޭ ބުނެ ފޯނު ކަނޑާލިއެވެ. […]
އެހެން އެތައް އިރަކު އަފްރީން އޭނާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. އަދި އިންތަނުން ތެދުވެ ޑުރެސިންޓޭބަލް ލޯގަނޑު ކައިރިއަށް ގޮސް އަމިއްލަ ސޫރައަށް ބަލާލިއެވެ. މިހާރު ވާވަރު ވެއްޖޭ ހަޔާގެ ކުޅިގަނޑު ނިންމާލަފައި ނޫނީ އޭނާއަށް ދެން ހަމަ ނޭވާވާއެއް ނުލެވޭނެއެވެ. މިއޮތްހައި ދުވަހު އޭނާ މަޑުން ހުރީ އަމާން ހުރީ އުފަލުގައި ކަމަށް ހީކޮށެވެ. އަމާން އޭނާއަށް ބަރޯސާ ނުކުރިއަސް އެއަނދިރިގަނޑުން އަމާން ނެރެފައި ނޫނީ އޭނާއަށް ހަމަ ނޭވާއެއް ނުލެވޭނެއެވެ. އަފްރީން […]
ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވަމުން ގޮސް އެއްމަސް ވެގެން ދިޔަ ގޮތެއްވެސް އަފްރީންއަށް ނޭނގުނެވެ. ހިތާމައިގެ ކަނޑަކަށް މީހާ އަރަގުވެފައިވާއިރު ދުނިޔޭގެ ލޯމައްޗަށް އޭނާ ދައްކަމުން ދިޔައީ އެހެން މަންޒަރަކެވެ. ނަމަވެސް އެކަނިވާ ވަގުތުތަކުގައި އެހިތުގައި އަޅާ ވޭން ދެނިވޮޑިގެން ވަނީ ހަމައެކަނި ހެއްދެވި ފަރާތެވެ. ދުވަސްކޮޅަކީ ވިއްސާރަ ދުވަސްކޮޅެއްކަމުން މާހައުލުގައި ވަނީ ތެތް ފިނިކަމެއް ހިފާލާފައެވެ. އަފްހަމްއާއި ލިއުޝާ އަދި އަމާންއާއި އަފްރީން މަޝްވަރާކުރަމުން ދިޔައީ އަފްހަމްމެންގެ ކައިވެނި ޕާޓީގެ ތީމް ކުލައާއި ބެހޭ ގޮތުންނެވެ. ހަތަރު […]