ކެންޓީނުގައި މިޔަދު އެމީހުންގެ މައުލުއަކަށްވީ އެވާހަކައެވެ. މުލައިލްއަދި ޔާނީ ދޮގު ހެދިކަން އިނގުމާއެކު ދެންތިބި މީހުންވެސް ވަރަށް އެއްޗެހި ކިޔާލިއެވެ. “އޭ ނިލްއަށްވެސް އިނގޭ.” ޔާނީ ނިލްވެސް ބައްދާލިއެވެ. އެޔާއެކު އެންމެންވެސް ހައިރާންވެފައިތިބެވެސް ނިލް އާދިމާއަށް ވެސް އެއްޗެހި ކީ އެމީހުންކައިރީ ނުބުނުމުންނެވެ. ނިލްވެސް ހީލަހީލާ އިނީއެވެ. “އޭ ތިއެއް ނޫނޭ. މަ މިއުޅެނީ ކަޑަކަމެއް ވެގެން. މަގޭ ދައްތަ ބޭރު ގަ ކިޔަވަން ހުއްޓާ އެކްސިޑެންޓެއް ވެގެން އެނަގެ މިހާރު ޕޯސްޓް ޓްރައުމަޓިކް ޑީސްއޯޑާ ހުންނާތީ […]
“އަހަރެންމީ ފިރިހެންކުއްޖެއްނަމަ މިހާރު މިއުއަށް ލޯބި ހުށައެޅީމުސް.” މިއުޝީނާ ދިމާއަށް އެއްލޯ މަރައިލަމުން މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސައިލައިފައި އިޒާނާ މިއުޝީނާ ދިމާކޮށްލިއެވެ. އޭނާގެ ބޭނުމަކަށްވީ މިއުޝީން ހެއްވައިލުމެވެ. ކަންވީވެސް އިޒާނާ ބޭނުންވިގޮތަށެވެ. ހިނިގަނޑެއް ޖަހައިލަމުން މިއުޝީން އިޒާނާގެ ކޮނޑުގައި ބޮނޑިއެއް އަޅައިލިއެވެ. ދެމީހުން އެކީގައި އެތައް ސަކަރާތެއް ޖެހުމުގައި އެތަނުގައި ތިއްބެވެ. “އޭ. މިހެން އިނދެވޭކަށް ނެތޭ. މަންމަ މިހާރު އަހަރެން ހޯދާނެ. އަދި މެންދުރަށް ކައްކަންވެސް ޖެހޭނެ.” އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން މިއުޝީން […]
ޒިމްޔާ ގެއައް ގޮސްވެސް ވިސްނެނީ ފައިހާ ދެއްކި ވާހަކަ އާއި ދޭތެރޭއެވެ. އޭނާ ދެކެ ހަމަ މީކާއީލް އެހާ ރުޅި އާދޭ ހެއްޔެވެ.؟ ނަމަވެސް ޒިމްޔާ ދެވަނަ ސިކުންތު ވިސްނީ ފައިހާގެ ގޮތް އިނގި އެހެދީ ދޮގެއް ކަމަށެވެ. ޒިމްޔާގެ ޅަ ސިކުނޑިއައް އަދިވެސް ނުވިސްނެނީ އެ ހުރިހާ ކަމެއް ކޮއްގެން އެހުރީ ފައިހާ ކަމެވެ. …………………………………………………… ދުވަސްތައް ފާއިތުވަމުން ގޮސް ޒިމްޔާ ފުރާ ދުވަސް ޖެހިއްޖެއެވެ. ޒިމްޔާ ކޮލެޖް ކަންތައް ހަމަ ޖެހި ޒިމްޔާ އެތަނައް […]
ފެނުން ތޮޅިލުމަށްފަހު އެރި އިރުގެ ރަން ދޯދިތަކުން މުޅި ދުނިޔެ އުޖާލާވެގެން ދިޔައެވެ. އުޑުމަތީގައި ރީތި އެކިއެކި ކުލަ ޖައްސަމުން އިރު އެރުމާއެކު ދޫނި ސޫފާސޫފިތައް އެސޮރުމެންގެ ހާލިތަކުން ނުކުމެތިބެ ހެނދުނުވެއްޖެކަން އިއުލާނުކުރަމުން ދިޔައެވެ. ހެނދުނުގެ މިހިތްގައިމު ވަގުތު ރަށުގެ އަތިރިމަތީގައި އެކަނިމައި އެކަނި މިއުޝީން އިނށީދެލައިގެން އިނެވެ. ދެކަކޫ ގެނެސް މޭގައި ޖައްސައިލައިގެން ދެއަތް ކަކުލުގައި ވަށައިލައިގެން އިނދެ މޫދާ ދިމާއަށް ބަލަމުންދިޔަ މިއުޝީންގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ހިތާހިތުން އަމިއްލަ ނަފުސް ކުށްވެރިކޮށް […]
“އެންމެ ރަނގަޅު.. އަހަރެން ދަނީ.. އަހަރެން މިގެއަށް އައީ ވަރަށް އުއްމީދާއެކު.. އަހަރެންގެ ސުވާލުތަކަށް ޖަވާބު ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަމާއެކު.. އެކަމަކު މިގެއިންވެސް މި ދާންޖެހުނީ ހުސްއަތާ.. އެއްވެސް ސުވާލެއްގެ ޖަވާބެއް ނުލިބި.. އަހަރެންނަށް މިހާރު އިހުސާސްކުރެވޭ އަހަރެންނަކީ ބޭކާރު މީހެއްކަން.. އެންމެނަށްވެސް އަހަރެންނާހެދި ވަނީ އުނދަގޫ.. އެއްވެސް މީހަކު އަހަރެންނަށް ހަޤީޤަތް އޮޅުންފިލުވައިދޭން ބޭނުންނުވާކަން މިރޭ އަހަރެންނަށް އެނގިއްޖެ.. އެންމެންވެސް ބޭނުންވަނީ އަހަރެން އަބަދުގެ އަބަދަށް މި އޮޅުންބޮޅުން ތެރޭ ހުންނަން.. ދެން އަހަރެން މިކަން […]
“މީހަކީތީއޭ މަގޭ ހުރިހާ މިދުނިޔޭން ގައިމޭ، އެކަނިވެރި މިހަޔާތް މިހެން ވޭތު މިތާ ކުރެވޭހޭ.” މިކަޑި ޒިމްޔާގެ ހިތުގައި ބިންވަޅު ނެގިގެން ދިޔައެވެ. ވޭންތަކުން ދިން ހިތި މާޒީ މި ލަވަ ވަނީ ހުރިހާ ގޮތަކުންވެސް އޭނާގެ ހަޔާތާއި ގުޅިފައެވެ. ……………………………………………………. ތިން މަސް ފާއިތުވެގެން ދިޔައިރުވެސް މީކާއީލްއަށް ވަނީ ޒިމްޔާ އެހެން ހެދި ސަބަބެއް ނުވިސްނިފައެވެ. ނަމަވެސް މިހާރު ކޮންމެސް ވަރަށް މީކާއީލް ވަނީ އެދިރިއުޅުމަށް ހޭނިފައެވެ. މީކާއީލް އަކީ ކުރީގެ މީކާއީލްއެއް ނޫނެވެ. މިހާރު […]
“އައި ލަވް ޔޫ މަމް..” މިޝާލް އެހެން ބުނުމަށްފަހު ފޮށި ހިފައިގެން ގޭތެރެއިން ނިކުންނަން ހިނގައިގަތެވެ. ދޮރު މައްޗަށް އަރާފައި އޭނާ އެންމެ ފަހު ފަހަރަށް އެތެރޭގައި ތިބި މީހުންގެ މޫނުތަކަށް ބަލާލިއެވެ. “މަޑުކޮށްބަލަ ދަރިފުޅާ.. މަންމަމެން ދާނަން ފުރާ ތަނަށް..!” އެވަގުތު ނަސްރީން ގޮވާލިއެވެ. ނަމަވެސް މިޝާލް އެކަން މަނާ ކުރިއެވެ. “ނޫން މަންމާ.. ދެން އަންނާނެ ކަމެއް ނެތެއްނު؟ އަހަރެން އެކަނި ހިނގައިދާނަމޭ..” މިޝާލް އެހެން ބުނުމަށްފަހު ފޮށި ދަމަމުން އެ ގެއިން ނިކުމެގެން […]
ގެއަށް ވަދެގެން އައި ރަޝީދު ގެ މޫނުމަތިން ކަމަކާއި ހިތްހަމަނުޖެހިފައި ހުރިކަން ހަދީޖާ ދެނެގަތެވެ. ބަދިގޭގައި ކުރަން ހުރި މަސައްކަތް ހުއްޓާލަމުން ސޯފާގައި އިން ރަޝީދުގެ ގާތަށް ހަދީޖާ ހިނގައިގަތެވެ. ” ކިހިނެއްވީ..” ހަދީޖާ ގެ ސުވާލުން ރަޝީދު އެ މޫނަށް ބަލާލިއެވެ. ” ކިހިނެއްހޭވީ.. ދެންމެ ކިރިޔާ ލަދުން ހަލާކުނުވީ.. އަހަރެން ހިޔެއް ނުކުރަން ލާމިހް ގެ ވިސްނުން އެހާ ކޮށިވާނެ ކަމަކަށް.. ކިޔަވައިގެން ހުރެ އެވަރުގެ ކަމެއް ކޮއްފާނެ ކަމަކަަށް..” ރަޝީދުގެ އަޑުގައި ހަރުކަށިކަމެއް […]
އެމީހެއް ފޮނުވާފަ ހުރި އެއްޗިހިތައް ބަލަމުން ދިޔައިރު ޒިމްޔާއަށް އިނދެވުނީ ދެލޯ ބޮޑުކޮއްގެންނެވެ. ހުރިހާއެއްޗެއް ބަލާ ނިންމާފައި ބާރަކަށް ރޮއެގަނެވުނެވެ. ………………………………………. “ނުން ނޫން މި ނުވާނެ ތެދަކައް” ޒިމްޔާ އެކަނި އިނދެގެންވެސް ވާހަކަދައްކަން ފެށުނެވެ. “ކީއްވެ ކީއްވެ އަބަދު މިހެން މަށައް ވާންވީ؟ އުފަލެއް ނެތީތަ މިހިތައް ދުވަހަކުވެސް” ޒިމްޔާ މޭގައި އަތް އަޅާލަމުން ބުނެލެވުނެވެ. މިއަދު ދުވަހަކު ހިތައް އަސަރު ނުކުރާ ވަރަށް ޒިމްޔާގެ ހިތައް އަސަރު ކުރިއެވެ. ޒިމްޔާ އެތައް ފަހަރަކު އެ […]