Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ހަޤީޤަތް ނޭނގެނީ ކީއްވެބާ…؟ ( 5 ވަނަބައި)

Ernth Level 1
November 10, 2017 5 Mins Read
5 Comments

ރޭޝްމާ ތެދުވެގެން ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓި އޭނަގެ ލޮލަށް ލައްވާފަ ހުރި ނޫ ކުލައިގެ ލެންސް ނެގުމަށްފަހު ބޮލުގަ އަޅާއިގެން އުޅޭ ގަދަ މުށި ކުލައިގެ ރާޅު ބާންޏެއް ފަދަ ހެއާރ ވިގް ނެގިއެވެ. “އަހަންނަށް ލަނޑުދީފި ނަމަ އެނބުރި އަންނާނީ މީނަ. ރޭޝްމާ އެއް ނޫން.” ލޯގަނޑުން އޭނަގެ ސިފައަށް ބަލަމުން ރޭޝްމާ ވާހަކަ ދެއްކިއެވެ.

މެންދުރު ވަޤުތެވެ. ފޯނާއި ކުޅެން ހުރި ޝާހިން ސިއްސައިގެން ދިޔައީ މާ ސީރިއެސް ކަމާއި އެކު ހުރެ އެ ކޮޓަރިއަށް ވަން ޝާނިމް ފެނިފައެވެ. “ބަލަ ޝާހިން. ކަލޭ ހީކުރީ ކަލޭ ތިއީ ކާކު ކަމަށްތަ އަހަރެންގެ ހަޔާތަށް ވިހަލަން؟” ޝާނިމް ނުރުހިފަ އަހާލިއެވެ. “ފުރަތަމަ ކަމަކަށް ތިކީ ރަނގަޅަށް. އަހަރެން މިއީ ޝާހިން. ދެވަނަ ކަމަކަށް އަހަރެން މިއީ ހަރުފައެއް ނޫން ވިހަލަން. ތިންވަނަ ކަމަކަށް އަހަރެން ހަރުފައެއް ހާ ވިހަގަދަ ވިޔަސް ޤަބޫލު ކުރޭ ވިހަވެފަ އޮތް ހަޔާތަކަށް ވިހަލުމުގެ ޝައުޤެއް އަހަރެންގެ އެއް ނެތް.” ޝާހިން ވަރަށް ހަމަޖެހިލައިގެން ހުރެ ބުނެލިއެވެ. “އާނ. ތި ކަން އެނގޭ ކަލޭ އަހަންނާއި އަހަރެންގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅު ދުރު ކުރި އިރު.” ޝާނިމް ނުރުހިފަ ބުނެލިއެވެ. “އަހަރެން ކުށްވެރިނުކުރޭ. ތިއީ މީގެ 13 އަހަރު ކުރިން ކިލަނބުވެފަ އޮތް ގުޅުމެއް.” ޝާހިން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. “ލަދު ހަޔާތް ކުޑަވިޔަސް ތިއީ މާ ބޮޑުވަރު. އިޚްތިރާމޭ ކިޔާ އެއްޗެއް ދަންނަންތަ؟” ޝާނިމް ރުޅިއައިސްފަ އަހާލިއެވެ. “އާނ. އިޚްތިރާމަކީ ކޮށްގެން ލިބޭ އެއްޗެއް. ގަދަކަމުން ހޯދާ އެއްޗެއް ނޫން. އަހަންނަށް އިޚްތިރާމްކުރަންވެސް އަދި ލިބިގަންނަންވެސް އެނގޭ. ދެން ބޮޑުމީހާ ފުރަތަމަ ކުޑަ މީހާއަށް އިހްތިރާމް ކޮށްބަލަ. އޭރުން ކުޑަމީހާވެސް ކުރާނެ. އަހަންނަށް އިހްތިރާމް ކުރާނަމަ އަހަރެންވެސް އިހްތިރާމް ކުރާނަން. ބުނެ އުޅެއެއް ކުޑަމީހުން ހިފާނީ ބޮޑުމީހުން ދެއްކި މިސާލުގައޭ.” ޝާހިން ވިސްނައިދޭފަދަ ގޮތަކަށް ވާހަކަ ދެއްކިއެވެ. “ބަލަ މިހާރު އަހަންނަށްވެސް ފިލާވަޅު ނަގައިދޭން ފެށީތަ؟” ޝާނިމް އަހާލިއެވެ. “އާނ. ނޭނގޭ މީހަކަށްތާ ނަގާ ދެވޭނީވެސް.” ޝާހިން ބުނެލިއެވެ.

“ބަލަ އަހަރެން މިއީ ކަލޭގެ ބައްޕައޭ.” ޝާނިމަށް އެންމެފަހުން ރުޅިއައިސްފަ ބުނެލެވުނެވެ. ޝާހިން ހައިރާންކަމާއި އެކު ޝާނިމަށް ބަލާލިއެވެ. ޝާނިމް ފުންނޭވާއެއްލަމުން ހަމްދަރުދީގެ ނަޒަރަކުން ޝާހިނަށް ބަލާލިއެވެ. އެއާއި އެކު ޝާހިން ފެށީ ހޭށެވެ. “އަހަރެންގެ ބައްޕަ؟ އަހަރެން އޭނައަށް ކުރާ ނަފްރަތު އެނގޭނަމަ ތިހެން ނުބުނާނެ.” ކުއްލިއަކަށް ނަފްރަތުގެ ކުލަވަރު މޫނުމަތިން ދައްކަމުން ޝާހިން ބުނެލިއެވެ. “އެ ބައްޕަވަނީ މަރުވެފަ. ދުނިޔެއަކަށް ނޫން. އެކަމަކު މީގެ 16 އަހަރުކުރިން އަހަންނަށް އެ ބައްޕަ ވަނީ މަރުވެފަ. އަހަންނަށް މީގެ މަހެއްވަރު ކުރިން އެނގިއްޖެ ތިއީ އަހަރެންގެ ބައްޕަ ނޫންކަން. ކީކޭތަ ހީކުރީ؟ އަހަރެން މިއީ މޮޔައެއް ކަމެއްތަ؟ އަހަރެން ޑީއެންއޭ ޓެސްޓް އެބަހެދިން. އަހަންނާއި ރިއާ އެއްގޮތަކަށްވެސް މެޗް ނުވޭ. އެހިސާބުން އަހަންނަށް ޔަޤީންވި ތިއީ އަހަރެންގެ ބައްޕަ ނޫންކަން. އެކަމަކު އަހަރެން ތީނައަށް ކުރާ ނަފްރަތު ބޮޑުވި. އެއީ އަހަރެންގެ ބައްޕަކަމަށް އެކްޓް ކޮށް އަހަރެންގެ ހިތުގަ ޖެއްސުމުން. ދެން ހުރީ އަހަރެންގެ ބައްޕަ. އަހަންނަށް ނޭނގޭ އޭނަ ވީ ތަނެއްވެސް. އުޅޭ ހާލެއްވެސް ނެނގޭ. ހަޤީޤަތުގަ އެނގެންވެސް ބޭނުމެއް ނޫން. އަހަރެން އޭނައަށް ނުލާހިކު ނަފްރަތު ކުރަން. އެވަރު އެނގޭނަމަ އެ މަޤާމު ހޯދަން ދުވަހަކުވެސް ނޫޅޭނެ. އަދި ބުނަން. ޝާނިމްބެ ގެ ހިތުގައި އަހަންނަށް އޮތްވަރަށް ވުރެން ބޮޑަށް އަހަރެންގެ ހިތުގައި ޝާނިމްބެ އަށް ނަފްރަތު އެބައޮތް. ބައްޕައަށް ނުވިޔަސް އަހަންނާއި މެދު ކަންތައް ކުރި ގޮތުން.” ޝާހިން ނުރުހިފަ ވާހަކަ ދެއްކިއިރު ޝާނިމަށް ހުރެވުނީ އިސްޖަހާލައިގެންނެވެ.

“ނޫން. ދުނިޔެވީ ގޮތުން ތިއީ އަހަރެންގެ ދަރި…” “ދެން ކީއްވެ ދަރިއެއްގެ ގޮތުގައި ނުބެލީ. ކީއްވެ އަހަރެން ޔަތީމެއްގެ ގޮތުގައި ބޮޑުވަން ދޫކޮށްލީ؟ ކީއްވެ އަހަރެންގެ ހައްޤުތަކުން އަހަރެން ދުރުކުރީ؟” ޝާނިމްގެ ވާހަކަ މެދުކަނޑަމުން ޝާހިން ނުުރުހިފަ ތަންކޮޅެއް ބާރަށް މިހެން އަހަންފެށި އިރު އެ ދެ ލޮލަށް ވަނީ ކަރުނަ ޖަމާވެފައެވެ. “ބައްޕައަކަށް ވުމުގެ ކުރިން ތިއީވެސް ދަރިއެއް ނޫން؟ ބައްޕަގެ ލޯބިލިބުމުން ލިބޭ އުފާ އެނގެއެއް ނޫން؟ ބައްޕަގެ ލޯބިން މަހުރޫމް ވުމުން އެ ކުރާ އަސަރުވެސް އެނގެއެއް ނޫން؟” ޝާހިން އަނެެއްކާވެސް ސުވާލުތަކެއް ކޮށްލިއެވެ. “އާނ. ވަރަށް ރަނގަޅަށްވެސް އެނގޭ.” ޝާނިމަށް ބުނެލެވުނެވެ. “ދެން ކީއްވެ އަހަންނަށް ތިހެން ހެދީ؟ ވިސްނޭވަރު ވީމަ އަހަރެން ގާތު ނުބުނީ ކީއްވެ؟ އެތަށް ރެއެއް ވަންދެން ކަރުނަ އަޅަން އަހަރެން ދޫކޮށްލީ ކީއްވެ؟” ސީދާ ޝާނިމްގެ މޫނަށް ބަލަން ހުރެ ޝާހިން އަހަން ފެށިއެވެ.

“އެއީ ތިއީ އަހަރެންގެ އަންހެނުން އަހަންނަށްވީ ބޭވަފާގެ ނިޝާންކަމުގަ ވާތީ. ޝައުފާ އަށް ހަޤީޤަތް އެނގޭ. އެކަމަކު ހިޝާނަށް ނޭނގޭނެ. ތި މީހުންގެ މަންމަގެ އިއްޒަތައްޓަކައި އަހަރެން އޭނަ ވަރި ނުކޮށް ރީނާ އާއި ކައިވެނި ކުރީވެސް. އަސްލު އެނގޭތަ؟ އަހަރެމެންގެ ތިންވަނަ ދަރިފުޅަށް މަރުހަބާ އަހަރެން ކީ ވަރަށް އުފަލުން. އެކަމަކު ޝާހިނަށް 3 މަހުގަ ހުރިހާ ކަމެއް އެނގުނު. ޝާހިންގެ ގައިން ލޭ މަދުވެގެން ލޭ ދޭން ބެލިއިރު ފައިހާގެ ލެޔާއި އަދި އަހަރެންގެ ލެޔާވެސް ޝާހިންގެ ލޭ މެޗް ނުވި. އެ ހިސާބުން ހުރިހާ ހަޤީޤަތެއް އެނގުނު. އަހަރެން އެންމެ ލޯބިވީ ދަރިފުޅާއި އަހަރެން ވަކިވާން ޖެހުނު. ޝާހިންގެ ނަސީބު ތިއީ ޝާހިން ގައިގަ ފާރިޝްމެން ވައްތަރު ޖަހާކަން. އެ ނޫންނަމަ މުޅި ދުނިޔެއަށް ތި ދެމައިން ބޭޒާރު ވާނެ.” ޝާނިމް އަސަރާއި އެކު ހާމަކޮށްލި ތެދުން ޝާހިންގެ މުޅި ދުނިޔެ އެފުށް މިފުށަށް ޖެހުނެވެ. ޤަބޫލުކުރަން ދަތި ވިޔަސް ޝާނިމް އެ ބުނީ ތެދުކަން އޭނަގެ އަސަރުތަކުން ފުރިފަވާ މޫނަށް ބެލުމުން އެނގެއެވެ.

“ތި ބުނީ އަހަރެން މިއީ ނަހަލާލަށް ވިހެއި ދަރިއެކޭތަ؟” އަސަރެއް ނެތްފަދަ ގޮތަކަށް ޝާހިން އަހާލިއެވެ. “މިހާރު އަމިއްލަ ވިޔަފާރިއެއް ފަށާއިގެން އުޅުނަސް ކުރިން އަހަރެން ގޮސް އުޅުނީ ބޯޓު ދަތުރުކުރަން. އެހެންވީމަ ގޭގެ ނުހުންނަ ދުވަސްތަށް ގިނަވާނެ. އެކަމުގެ ފައިދާ ފައިހާ ނެގީ އޭނަގެ އެންމެ ގާތް އެކުވެރިޔާ އާއި އެކު. އެކަމަކު ހަޤީޤަތުގަ އޭނަވެސް ފައިހާ އަށް ދިނީ ލަނޑު. 16 އަހަރުވާން ކައިރި ވާއިރުވެސް އޭނަވީ ތަނެއް އެނގޭ އެކަކުވެސް ނެތް ކަހަލަ.” ޝާނިމް ބުނެދިނެވެ. “އަހަރެން؟ ނަ.” “އާނ. ނަހަލާލު.” ޝާނިމް ފަސްޖެހިފަ ނަމަވެސް ޝާހިންގެ ޖުމްލަ ފުރިހަމަ ކޮށްދިނެވެ. ޝާހިން މަޑުމަޑުން އެނދުމަތީ އިށީނެވެ. “ތިއީ އަހަރެންގެ ބައްޕަ ނޫންކަން އެނގުނަސް އަހަރެން ހީއެއް ނުކުރަން އަހަރެން ދުނިޔެއަށް އުފަންވީ ތި ބުނި ފަދަ ވިދާ ތާޖެއް އަޅާއިގެން ކަން.” ޝާހިނަށް މަޑުމަޑުން ބުނެލެވުނެވެ. “ޝާހިން ވެސް އުފަންވީ އެހެން ކުދިން އެކޭ އެއްފަދައިން ފިތުރަތުގެ ސާފު ކަންމަތީ.” ޝާނިމް ބުނެލިއެވެ. “އަހަރެން ދޫކޮށްލާފަ ދިޔައިރު އެކަމެއް ނޭނގުނުތަ؟” ޝާހިނަށް ތަންކޮޅެއް ބާރަށް އަހާލެވުނެވެ. “ސޮރީ.” ޝާނިމް ސިއްސައިގެން ދިޔަތަން ފެނުމުން ޝާހިނަށް ބުނެލެވުނެވެ. “ބޭބެގެ މައްސަލަ ދޯ؟ އަހަރެން މަސައްކަތް ކުރާނަން.” ތަނަށް ވެރިވި ހިމޭންކަން ކަޑުވަމުން ޝާހިން ބުނެލިއެވެ. ޝާނިމް ބޯޖަހާލަމުން އިތުރަށް އެއްޗެކޭ ބުނަން އުޅެނިކޮށް ޝާހިނަށް ފޯނެއް އައެވެ. ފޯން ބެލުމަށްފަހު ގުޅަނީ ކާކުކަން އެނގުމުން ޝާހިން ފުންނޭވާތަކެއް ލަމުން ހަމަޖެހިލިއެވެ. އެއަށްފަހު ވަރަށްވެސް ފޯރި އާއި އެކު ފޯނަށް ޖަވާބު ދިނެވެ.

“ހާދަ ދުވަހެއް ފަހުން އަހަރެން މަތިން ހަނދާން ތިވީ.” ޝާހިން މިހެން ބުނެލުމުން ޔާލް ޖަހާލީ ހިނިގަނޑެކެވެ. “އަހަރެން މަތިން ހަނދާން ހުރިތަ؟” ޔާލް އަހާލިއެވެ. “އަބަދުވެސް.” ޝާހިނަށް ބުނެލެވުނެވެ. “ވަޓްސް ރޯންގް ވިތް ޔު ޝާހިން؟” ޔާލް ނުރުހިފަ ކޮށްލި ސުވާލުން ޝާހިން ހައިރާންވިއެވެ. “ހަމަޖެހިބަލަ ވިލާތު ދަރި. ކިހިނެތްވީތަ؟” ޝާހިން އަހާލިއެވެ. “އަހާން އަހަންނަށް ގުޅާފަ ދެއްކި ވާހަކަ އަހަރެން މި އުޅޭނީ ޤަބޫލުކުރަން ދަތިވެގެން. އެ ވަރު ބޮޑުކަމެއް އަދި އާއިލާއަށްވެސް ސިއްރު ކޮށްގެން. އެހެންމީހުންނަށްޓަކައި ނަމަވެސް އަމިއްލަ ނަފްސަށް ވިސްނަބަލަ.” ޔާލް ބުނެލިއެވެ. “ނޫނަސް މީގެ މަސްތަކެއް ކުރީގެ ހާދިސާ މަތިން ހަނދާންކޮށްލުމުންވެސް އެނގޭނެ ގާތް މީހުންނަށް ކަންތައް ސިއްރުކުރުމުން ވާ ގޮތް.” ޔާލް އިތުރަށް ބުނެލިއެވެ. “ތި ކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަން އަހަރެން ފަހުން އެބަ ގުޅަން. އާނ އަދި އެހެން މީހެއް ގާތު ނުބުނާތި.” ޝާހިން މިހެން ބުނުމުން ޔާލް މައްސަލައެއް ނެތް ކަމަށް ބުނަމުން ފޯން ބޭއްވިއެވެ. “ޝާހިން ކޮންކަމެއްތަ ސިއްރު ތި ކުރަނީ؟” ޝާނިމް އަހާލިއެވެ. “ޝާނިމްބެ އަށް ސިއްރަކަށް ވިޔަސް އެނގެން ޖެހޭ މީހުންނަށް އެނގޭ.” ޝާހިން މިހެން ބުނުމުން ޝާނިމް ބޯޖަހާލުމަށްފަހު އެތަނުން ނިކުމެގެން ދިޔައީ ލޮލުގަ އިޝާރާތުން ޝާހިން އެކަމަށް އެދުމުންނެވެ.

ޝާނިމް ދިޔުމާއި އެކު ޝާހިނަށް ބިންމައްޗަށް ތިރިވެވުނެވެ. އެނދު ކައިރީ އިށީން އިރު އެ މުށި ކުލައިގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ވަނީ އެ ދޮން ކޯތާފަތްމަތި ތެތްމާލާފައެވެ. ޝާހިނަށް ވޭނީ ނޭވާއެއް ލެވުނީ ޕެނިކް އެޓޭކަކަށް އެ ހަށިގަނޑު ތައްޔާރުވާކަމުގެ ނިޝާން ތަށް ފެންނަން ފެށުމުންނެވެ. ދެލޯ މަރާލުމަށްފަހު ފުންކޮށް އޭނަ ނޭވާލާން ފެށިއެވެ. އެ ކޮޓަރީގަ ބާއްވާފަ ދެވުނު އޭނަގެ ފޯން ނަގަން ޝާނިމް އައިސް ވަނީ އެވަޤުތުއެވެ. ޝާހިންގެ ހާލު ފެނުމުން އޭނަވެސް ހާސްވިއެވެ. ފެން ހުސްވެފަ ހުރި ޖަގަށް ފާހަނާއިން ފެން އަޅާއިގެން އައިސް އޭނަ ޝާހިންގެ މޫނުގެ ހާކަން ފެށިއެވެ. އިރުކޮޅަކުން ޝާހިން ހަމައަކަށް އެޅުނެވެ. “އަދިވެސް ހުއްދައެއް ނެތި ކޮޓަރިއަށް ވަނުން ހުއްޓަން ނުވޭތަ؟” ޝާހިނަށް ބަލި އަޑަކުން އަހާލެވުނެވެ. “ތި ގޮތަށްތަ މިހާރު ޝުކުރު އަދާކުރަނީ؟” ޝާނިމް އަހާލިއެވެ. “މީގެ މަސްތަކެއް ކުރިން ބޮލުގަ ރިއްސައިގެން ދިޔުމުން ޑޮކްޓަރު ބުނީ ކީކޭތަ؟” ޝާނިމް އިތުރަށް އަހާލިއެވެ. “އަހަންނާއި ސުވާލު ކުރަން މި ނޫން ވަޤުތެއް ނޭނގުނީތަ؟” ޝާހިނަށް އަހާލެވުނެވެ. “އޯކޭ. އަހަރެން އެބަ އަންނަން ފެން ހިފައިގެން.” ޝާނިމް މިހެން ބުނެފަ ނިކުމެގެން ދާން އުޅުމުން ޝާހިން އޭނަ ގާތު ދެންމެ ވީ ކަންތައް ސިއްރުކުރަން އެދުނެވެ. ޝާނިމް އާ އެކޭ ބުނުމަށްފަހު ނިކުމެގެން ދިޔައެވެ.

ދިޔަތާ ފަސް މިނިޓަށްވުރެ ގިނަ އިރު ވީއިރުވެސް ޝާނިމް އަނބުރާ ނައުމުން ޝާހިން ގޮސް ފާޙަނާއަށް ވަނީ މޫނު ދޮވެލުމަށެވެ. އެހެނަސް ލޯގަނޑު ކުރިމައްޗަށް އެރުމާއި އެކު އޭނައަށް ގޮތްގޮތް ވާން ފެށިއެވެ. އަމިއްލަ ސޫރަ ފެނިފައެވެ. “މަންމާ. ކީއް ތި ކުރީ؟ މިހާރު އަމިއްލަ ސޫރަ ދެކެވެސް އަހަރެން ލަދު ގަންނަން ފަށައިފި.” ޝާހިނަށް ކުރަކި އަޑަކުން ބުނެލެވުނެވެ. “އާނ. ނަހަލާލު.” ކުއްލިއަކަށް ޝާނިމްގެ ޖުމްލަ ހޮނު ގުގުރިއެއް ފަދައިން އިވެން ފެށިއެވެ. ބާރު ހަޅޭކެއް ލަވަމުން އޭނަ އަށް މުށިގަނޑުމަތީ އިށިނދެވުނެވެ. ބޮލަށް ބާރު ކުރަން ފެށުމުން އޭނަ އަތްދިގުކޮށް ޝަވަރު ޖައްސާލިއެވެ. “ދުނިޔެއަށް އުފަންވުމުގެ ކުރިން އަހަރެން މުޅި ދުނިޔެއަށް ލަދު ގެންނެވީ ކީއްވެ؟” ޝާހިނަށް މަޑުމަޑުން އަހަން ފެށުނެވެ. އޭނަ އަށް ޖެއްސުނީ ފިނިފެން ޝަވަރު ކަމުން މީހާ ތުރުތުރު އަޅަން ފަށަން މާ ގިނަ އިރު ތަކެއް ނުވެއެވެ.

ހަމަ އެ ވަޤުތެވެ. ޝައުފާގެ ކައިވެންޏަށް ތައްޔާރު ކުރަން ބޭނުންވާ އެއްޗެއްހި ގަންނަން ދާން ޝާހިން ބަލާ ރޭޝްމާ އެގެޔަށް އައެވެ. އޭރު ހިޝާންގެ ދެމެފިރިންގެ އިތުރަށް ޝާހިން ފިޔަވައި ގޭގަ އުޅޭ އެންމެން ޝައުފާގެ ކައިވެންޏަށް އެމީހުން ހެދުން ފަހާނެ ގޮތެއް މަޝްވަރާކުރަން ތިބިއެވެ. “ޝާހިން އެބައުޅޭތަ؟” ރޭޝްމާ އަހާލިއެވެ. “އާނ. އޭނައަށް މި ފެންފުޅި ގެންގޮސްދީބަލަ.” ކުއްލިއަކަށް ހަނދާންވުމުން ޝާނިމަށް ބުނެލެވުނެވެ. ފެންފުޅިއެއް ނަގަން އައި އިރު ޝައުފާގެ ކައިވެނީގެ މަޝްވަރާތަށް ކުރަން ތިބިތަން ފެނުމުން އޭނަވެސް އެ ފޯރީގަ ޖެހުނީއެވެ. ރޭޝްމާ ފެންފުޅި ހޯދުމަށްފަހު ޝާހިންގެ ކޮޓަރި އަށް ދިޔައެވެ.

ރޭޝްމާ ގޮސް ވަން އިރު ޝާހިން ފެންނަން ނެތުމުން އޭނަ ޝާހިނަށް ގޮވާލިއެވެ. ދެތިން ފަހަރު ގޮވުމުންވެސް ޚަބަރެއް ނުވުމުން ރޭޝްމާ ކަންބޮޑުވިއެވެ. ކުޑަކޮށް ނަމަވެސް ފާހަނާއިގެ ދޮރު ހުޅުވިފަ ހުރުމުން ޝަވަރުން ފެން ވެއްޓޭ އަޑު ރޭޝްމާ އަށް އިވުނެވެ. ފާހަނާ ކައިރީ ހުއްޓެމުން އޭނަ އަނެއްކާވެސް ޝާހިނަށް ގޮވާލިއެވެ. ދެތިން ފަހަރު ގޮވުމުން ވެސް އޭނަ ޖަވާބެއް ނުދިނުމުން ފަސްޖެހިފަ ހުރެ ނަމަވެސް ރޭޝްމާ ފާހަނާއިގެ ދޮރު ބޮޑަށް ހުޅުވަމުން ބޯ ދިއްކޮއްލިއެވެ. “ޝާހިން.” ޝާހިންގެ ހާލަތު ފެނިފަ ރޭޝްމާއަށް ސިހިފާ ގޮވާލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ernth

Level 1

Other Articles

Previous

ލޯތްބެއްނެތް ގުޅުން (5 ވަނަ ބައި)

Next

ނުމެދާށޭ ދޫނި މަގޭ (3)

Next
November 10, 2017

ނުމެދާށޭ ދޫނި މަގޭ (3)

Previews
November 10, 2017

ލޯތްބެއްނެތް ގުޅުން (5 ވަނަ ބައި)

5 Comments!

  1. xim says:
    November 10, 2017 at 8:30 pm

    Me first

  2. Rsh says:
    November 10, 2017 at 9:42 pm

    Nice

  3. HARLEYquinn❣️ says:
    November 10, 2017 at 10:32 pm

    Amazingly nice. Keep it up. N pls upload the next episode as soon as yuh can… Love ittt muchh ❤️❤️

  4. Sadhin says:
    November 11, 2017 at 8:59 am

    Vaahaka reethi… When next part…

  5. Ernth says:
    November 11, 2017 at 3:37 pm

    thanku everyone. next part will be updated on monday Insha Allah

Comments are closed.

Next Episodeހަޤީޤަތް ނޭނގެނީ ކީއްވެބާ…؟ (6 ވަނަ ބައި)←


All Right Reserved!