Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވަން………(ދެވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
November 11, 2017 5 Mins Read
35 Comments

އެއްމިޔަކަމުން ހީލަމުން ދަބަސްއަޅުވާލަމުން ބޭރަށް ނިކުތް މުލައިލްގެ ލޮލުގައި ރީތިވެލައިގެން ހުރި ޔާނީ އަޅައިގަތެވެ. ކަޅުކުލައިގެ ސްކަރޓާއެކު ފެހި ގަމީހުގެ އަޑިން މުލައިލްފަދައިން ކަޅުކޯޓެއް ލުމަށްފަހު ހަމަ އެފަދަ ޓައީއެއްވެސް އަޅާފައި އޮތެވެ. އެދިގު އިސްތަށިގަނޑު ރީތި ގޮތަކަށް ގަތާލެވިފައިވީއިރު ޔާނީފެންނަނީ ވަރަށް ތާޒާކޮށެވެ. “ކޮން ވަހެއް އެދުވަނީ؟ ޗީ ޗީ…ޔާނީ..ކޮންކަހަލަސެންޓެއްތަ ސްކޫލަށް ދާއިރު ދެން ތި ޖެހީ..ބްލެހް” މުލައިލް ދިޔަ ގޮތަށްގޮސް ޔާނީއާ ބެހިލިއެވެ. ނަމަވެސް މުލައިލްގެ އަޑުވެސް އެހުމެއްނެތި ޔާނީ ނިކުތީ ބޭރަށެވެ.

“ހޭއި. ރުޅި އައިތަ؟ ސޮރީ ސިސް” ޔާނީގެ ފަހަތުން ނިކުތް މުލައިލް މައާފަށް އެދުނެވެ. “ހެހެ.. އެ މޮޔަގަނޑާ. ތި އަނގައިން ނިކުންނަ ބޭކާރު ބަހަކާ ހެދި ދެރައެއް ނުވާނެ އިނގޭ. އަސްލު ވަރަށް ނާވަސް. އޭލެވެލް ގެ ފުރަތަމަ ދުވަސް ވީމަ. ސެކަންޑްރީ ކިޔެވީ އެތަނުން ކަމަށް ވިޔަސް ވަރަށް ހާސްވޭ އެބަ އަނެއްކާވެސް.” އެހެން ބުނުމާއެކު މުލައިލް އެކި އެކި މަޖާވާހަކަ ކިޔާދީ ޔާނީ ހެއްވާލިއެވެ. ޔާނީ ހެއްވާލެވުމުން މުލައިލްވެސް ހިނިތުންވެލުމަށްފަހު ޔާނީގެ އަތުގައި ހިފާލައިގެން ސްކޫލާ ދިމާއަށް ހިނގައިގަތެވެ.

ލާލީ އިންޓާރނޭޝަނަލް ސްކޫލުގެ ދޮރުމަތީ ހުއްޓިލައިގެން ތިބި މުލައިލް އަދި ޔާނީއަށް ގިނަބައެއްގެ ނަޒަރު ހުއްޓެމުން ދިޔައީ ޔާނީއަކީ ފާއިތުވި އަހަރުގައިވެސް މުޅި ސްކޫލަށް ރީތި ނަން ހޯދައިދީ މުޅި ސްކޫލަށްވެސް މަޝްހޫރު ކުއްޖެކެވެ. އަދި މުލައިލް އަކީ އާ ކުއްޖެއްކަމުން ނާ ދެމީހުން ތިބީ އަތުގައި ހިފާލައިގެން ކަމުން ބަލަމުން ދާ މީހުންވެސް މަދެއް ނޫނެވެ.

މުޅި ސްކޫލުގައި ލެވިފައިވަނީ ފެހިކުލަޔާއި އަޅިކުލައެވެ. ގޭޓުގެ އެތެރެއިން ފެންނަމުން ދިޔައީ ދެ ޖިންސުގެ ކުދިން މަސްހުނިވެގެން އުޅެމުން ދިޔަ މަންޒަރެވެ. މުލައިލްއަށް ސިފަވީ ބޭރުގައި އޭނާ ކިޔަވަން އުޅުން އިރުގެ ސްކޫލު މަތިންނެވެ. “ޔާނީ. މިހާރު މާލޭގެ ސްކޫލުތައް ހީވަނީ ހަމަ ބޭރު ހެން ދޯ. އެއްވެސް މައްސަލައެއް ނޫންދޯ މިހެން އަތުހިފައިގެން އުޅުމަކީ.” ހައިރާންވެފައި ހުރި މުލައިލް އަހާލިއެވެ.

“ހްމް. އަސްލު އެހާ ކަމަކު ނުދޭ ދެން މިހާރު މާ ކޫލްވެގެން އުޅޭތީ. ދެން ބޭރުގެ ގޮތަށް ލޮކާޔާ އެއްޗެހިވެސް ހުރޭ. ހަމަ ބޭރުގެ ހައި ސްކޫލެއްހެން ކަންކަން އޮންނަނީ. ދެން އަނެއްކަމަކީ އެއްވެސް ބޮޑު ގަވައިދެއްވެސް ނޯވޭ. ދެން އިނގޭނު. މިހާރުގެ ހާލަތު. ގްރޭޑް އަށަކުން ފެށިގެން ބާރަޔަށް މިތާ ކިޔަވަދެނީ. އިތުރު ސުވާލެއް؟” ޔާނީ ވަރަށް ތަފްސީލުކޮށް ކިޔާދިނުމަށްފަހު އޮޅުން އަރާ އިތުރު ކަމެއް އޮތްތޯ އަހާލިއެވެ. ހީލަމުން ކުރިންރޭވެސް ޖެއްސި އެކްޓް ޖެއްސުމަށް އެދެމުން ދެމީހުން އެކުގައި ކްލާހާ ދިމާއަށް ހިނގައި ގަތެވެ. ޔާނީ ކްލާހަށް ވަނުމާއެކު މުލައިލް މަތީ ފްލޯއަށް މިސްރާބުޖެހީ ގްރޭޑް ބާރައިގެ ކުދިންނަށް ހާއްސަކުރެވިފައިވާ ފަންގިފިލާ ހުންނަނީ މަތީގައިކަމަށް ވާތީއެވެ.

ޔާނީ ކްލާހަށް ވަނުމަށްފަހު ހަމްނާ އަދި ލީނާ ގާތުގައި ގޮސް އިށީނެވެ. “އޭ އެއްކަލަ ސޮރު ދޯ އެއީ. މި ސްކޫލަށް ދޯ އެންމެ ފަހުން ޖޮއިން ކުރީ. ހުވާ އޭނަ ހާދަ ރީއްޗޭ.” ހަމްނާ އެހެން ބުނެލުމާއެކު ޔާނީއަށް ހެވުނެވެ. ނަމަވެސް ނުވާކަމަށް ހަދާލުމަށްފަހު މަޑުމަޑުން ކްލާސްތެރެއަށް ނަޒަރު ހިންގާލިއެވެ. މުޅިންވެސް މިދިޔައަހަރު އޭނާއާއެކު އޯލެވެލް ހެދި އެކުވެރިންނެވެ. ނަމަވެސް ކްލާހުގެ ކަނެއްގައި ވަރަށް އެކަނިވެރި ކޮށް އިން ކުއްޖެއް ފެނުމާއެކު ޔާނީ އެދިމާއަށް ހިނގައިގަތެވެ. “ހޭއި. އެމް ޔާނީ.ތީ؟” ސަލާމަށް އަތް ދިއްކޮށްލަމުން ޔާނީ އެނުދަންނަ އަންހެން ކުއްޖާއަށް ގޮވާލިއެވެ.

ފޮތެއްގައި ކުރަހަމުން ދިޔަ އެނުދަންނަ ކުއްޖާ ހީލަމުން ޔާނީއާއި ސަލާމް ކޮށްލިއެވެ. “ހޭއި. އެމް ޔާނިލާ. ގާތް މީހުން ކިޔަނީ ޔާނީ.ހެހެ. އެކަމް ޔޫ ކޭން ކޯލް މީ ނިލް.” ހީލަމުން އެކުއްޖާ އެހެންބުނެލުމާއެކު ޔާނީވެސް ހޭންފެއްޓީ ދެމީހުންނަށް އެއްނަމެއް ކިޔާތީއެވެ. ފުރަތަމަ ގަޑިފެށިގެން ދިޔައިރުވެސް ޔާނީ އަދި ޔާނިލާ ތިބީ ގާތުގައެވެ. ދެމީހުން ތަފާތު ވާހަތަށް ހިއްސާކުރަމުން ދިޔައީ ބީރައްޓެހިކަން ފިލުވާލުމަށެވެ. ނަމަވެސް ޔާނީއާ ހިލާފަށް ޔާނިލާއަކީ ބަސްމަދު، މަޑުމައިތިރި ކުއްޖެކެވެ. ގިނަފަހަރަށް ހިނިތުންވުމަކުން ފުއްދާލާއިރު އެ މޫނުމަތިން ފެންނަނީ މަޑުމޮޅިކަމެވެ. އެންމެ ފުރަތަމަ އައި ޓީޗަރު ކިޔަވަދޭން ފެށުމާއެކު ޔާނީވެސް ފޮތެއްނަގާ ލިޔަން ފެއްޓިއެވެ.އަދި ރަނގަޅަށް ޔާނިލާއަށް ބަލާލިއެވެ. އޮޅަލި ކުލައެއްގެ ހަންގަނޑެކެވެ. ކަނދުރާއާ ހިސާބަށް އަރާ ފަން އިސްތަށިގަނޑެވެ. ދިހުން އަރަމުން ދިޔަ އިސްތަށިގަނޑުގެ އިތުރަށް އެރީތި ކުއްޖާ ފުރިހަމަކޮށްދެނީ އެދިގު ބޯ އެސްފިޔަ ތަކުންނާ ފިޔާތޮށިކުލައިގެ ތުންފަތެވެ. ރީތި ކުއްޖެކެވެ. ނަމަވެސް ޔާނީއަށް އެކުއްޖާގެ މޫނުމަތިން ފެނުނީ ހިތާމައެވެ. ޔާނިލާއަށް ބަލަމުން ދިޔަ ޔާނީ ސިއްސައިގެން ދިޔައީ ކުއްޖަކު ސަލާމް ގޮވާލި އަޑަށެވެ.

“ސޮރީ ސާރ. އަޅުގަނޑުގެ ފުރަތަމަ ދުވަސްމީ. އެކަމްވެސް ލަސްވީ. ފްލައިޓް ޑިލޭވީ. ސޮރީ. ބަޓް އެކްސް ކިއުޒްމީ.” އެކުއްޖާ ކަންފަތްކާރިއަށް ލައްވާފައިވާ އިސްތަށިކޮޅު ރީތިކޮށްލަމުން ބުނެލިއެވެ. އެވަގުތު ކްލާހުގައި އެންމެ އަނގަގަދަ އަދި އަޑުގަދަ ނިޔަމް ތުނބުންފުމެލިއަޑު މުޅި ކްލާހުގައިގުގުމާލިއެވެ. ކިޔަވައިދޭން ހުރި ދިވެހި ޓީޗަރު ހީލަމުން ކްލާހަށް ވަނުމަށް އެދުމަށްފަހު އެކުއްޖާގެ ނަން އަހާލިއެވެ. “އަލާނިޔާ” ނަން ބުނެލުމުން އޭނާ ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ. އެޔާއެކު ޕްރެޒެންޓޭޝަން ކިޔަދޭން ފެށުމާއެކު ހުރިހާ ކުދިންވެސް ފިލާފަޅައިގެން އުޅެންފެށިއެވެ.

މުލައިލްމެންގެ ކްލާސްވީ ވަރަށްވެސް މަޖާ ކްލާހަކަށެވެ. އެންމެ ފުރަތަމަ ގަޑީގައި އޮތީ ފިޒިކްސް ކަމުން ޓީޗަރު އުޅުނީ ކުދިންގެ ހާލުއަހުވާލު އޮޅުންފިލުވުމުގައެވެ. ފަހަރަކު ކުއްޖެއްގެ ނަން އަހަމުން ގޮސް އެންމެ ފަހުން މުލައިލްގެ ނަން އަހާލިއެވެ. މިއީ އިނގިރޭސިން ވާހަކަ ދައްކާ ގަޑިއެއްކަން ނަސީބެކޭ މުލައިގެ ހިތަށް އެރިއެވެ. އަވަސް އަވަހަށް ކޮޅަށް ތެދުވަމުން މުލައިލް އިނގިރޭސިން ވާހަކަ ދައްކަން ފެއްޓިއެވެ. ހަމަ ހީވަނީ ބޭރު ކުއްޖެއްހެނެވެ. “އަހަރެންގެ ނަމަކީ މުލައިލް. ކުރިން ކިޔެވީ ލަންޑަން އިންކް ހައިސްކޫލްގަ. ތިމީހުން އަހަންނަށް އެލް ކިޔަސް އެންމެ ރަނގަޅު.” މުލައިލް ހީލަމުން އިށީނެވެ. އޭރު ހައިރާންވެފައި ހުރިހާކުދިންވެސް ދިޔައީ މުލައިލްއާ ދިމާއަށް ބަލަމުންނެވެ.  މުލައިލްއާ ޖެހިގެން އިން ޝާމިލް ވެސްމެއެވެ. އަދި މަޑުމަޑުން މުލައިލް އާދިމާއަށް އަންހެން ކުދިންތައް ބަލަމުންދާކަމަށް ބުނެލުމުން މުލައިލް ވެސް ޝާމިލްގެ ވާހަކައިގައި ބައިވެރި ވުމުގެ ގޮތުން ބޯހަހާލިއެވެ. ކިޔެވުން ފެށިގެން ދިޔުމާއެކު އެކިކުދިންގެ ހުރި މޮޅުކަމާ ގާބިލުކަން މުލައިލްއަށް ފާހަގަ ވަމުން ދިޔައެވެ. ސަކަރާތްބޮޑު އެހެނަސް މޮޅު ކްލާހެކެވެ.

ފުރަތަމް ތިން ގަޑިއަށްފަހު ދެން އޮތީ ބްރޭކް ގަޑިކަމުން އެއްބަޔަކު ދިޔައީ ގެޔަށެވެ. ނުވަތަ ރެސްޓޯރެންޓަކަށެވެ. ނަމަވެސް ޝާމިލް މުލައިލް ގާތުބުނެފައިވަނީ އެމީހުން އަބަދުވެސް ކެންޓީނަށް ދާކަމަށެވެ. އެހެންކަމުން ދެކުދިން އެއްކޮށް ކެންޓީނަށް ވަތްއިރު ޔާނީގެ އިތުރުން ހަމްނާ އަދި ލީނާވެސް މޭޒެއްގެ ދަށުގައި ތިއްބެވެ. އަދި ހަމައެހެންމެ ކުރިން ނުދެކޭ ކުއްޖެއްވެސް އެމީހުންގާތުއިނެވެ. ނަމަވެސް އިސްޖަހައިގެން އިނުމުން ރަނގަޅަށް ފެންނަގޮތެއް ނުވިއެވެ. ބާރގާއެއް ގަނެލައިގެން މުލައިލްމެން ގޮސް ޔާނީމެންގާތު ހަމަޖެހިލިއެވެ. “ހެއި. އިއްލު. މީޓް އަވާ ނިއު ފްރެންޑް. ޔާނިލާ” އެޔާއެކު އެކުއްޖާ އިސްއުފުލާ މުލައިލްއާ ދިމާއަށް ބަލާލަމުން ފުރިހަމަ ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ފެނުނު މަންޒަރުން މުލައިލްގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަފަދައެވެ.

މުޅި ގަޑި ނިމިގެން ދިޔައިރުވެސް މުލައިލްގެ މިޒާޖަކަށް ބަދަލެއް ނާދެއެވެ. ޔާނީވެސް ހީކުރީ ފުރަތަމަ ދުވަސް ވީމަ ވީގޮތެއް ކަމަށެވެ. ނަމަވެސް ހަގީގަތަކީ މުލައިލްގެ ސިކުނޑި ފުރި ބާރުވެފައި ވާކަމެވެ. އެތާ ދައްކަމުން ދިޔަ އެއްވެސް ވާހަކައެއް އޭނާއަށް އަޑު ނީވޭކަމެވެ. ގަޑި ނިމުނުކަން އަނގައިދޭ ބެލް ޖެހުމާއެކު އެމީހަކު އެމީހެއްގެ ކްލާހަށް ދާން މިސްރާބު ޖެހީ ގަޑިއަށް ކްލާހަށް ވަންނާށެވެ. ޖެހިގެން އައި އެއްވެސް ގަޑިއެއްގައި މުލައިލްއަކަށް ކިޔެވުމަކަށް ސަމާލުކަމެއް ނުދެވުނެވެ. އެހެންކަމުން ސްކޫލު ނިމުމާއެކު ޔާނީ ހޯދައިގެން ބޮލުގައި ރިއްސަނީކަމަށް ބުނެ އަވަހަށް ގެޔަށް ދާން އެދުނެވެ. ދެމީހުން އެކުގައި ނިކުމެގެން ދަނިކޮށް ވަރަށް ބާރަށް ކުއްޖަކު ގޮވާލިއެވެ. “އެލްލް” އެވަގުރު ދުވެފައި ކަހަލަ ގޮތަކަށް އަލާނިޔާ އެދިމާއަށް އާދެއެވެ. “ހޭއި. ވަރަށް އަޑުއަހައިފިން ތި އާކުއްޖާގެ ވާހަކަ. މީ އަލާނިޔާ. ފްރެންޑްސް.”

އަލާނިޔާ ފަރިތަކަމާއެކު އިނގިރޭސިން ބުނެލިއެވެ. މުލައިލް ހީލަމުން އާނ އެކޭ ބުނެލުމަށްފަހު ދަނީކަމަށްބުނެ ޔާނީގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އޭރު އަލާނިޔާ އަނގަ ނަގައިގެން އެހުރި ގޮތަށް ހުއްޓެވެ. “އަހަރެން ހަމަ އެހާ މަޝްހޫރުތަ؟” މުލައިލް ވައްތަރެއް ޖައްސާލަމުން އަހާލިއެވެ. އެޔާއެކު ހިނިގަނޑެއް ޖަހާލަމުން އެއީ ލީނާމެންގެ ކަމެއް ކަމަށް ބުންޏެވެ. މުލައިލްވެސް ކްލާހުގައި ވީކަންކަން ހިއްސާކުރަމުން ސަކަރާތް ޖަހަމުން ދިޔައީ ސިކުނޑިއަށް ލުޔެއް ލިބޭތޯއެވެ. ކަން ވީވެސް އެހެނެވެ. ޔާނީގެ ސަބަބުން އޭނާގެ އެތެރެހަށީގައި ހަލަބޮލި ވަމުން ދިޔަ ހިތާ ސިކުނޑިއަށް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އެއީ ވަގުތީ ހަމަޖެހުމެއްކަން ހުދު މުލައިލްއަށްވެސް އިނގެއެވެ. ގެޔަށް ވަނުމާއެކު ޔާނީ ފެންވަރަން ދަނީކަމަށް ބުނެ ދިޔައެވެ. މުލައިލްވެސް ލަސް ފިޔަވަޅު ތަކެއް އަޅަމުންގޮސް ކޮޓަރިއަށް ވަނެވެ. އަދި އެއްކަލަ ތަންވިރު ނަގާ ބަލާލިއެވެ. އެއީ ހަމަ އެ މޫނެވެ. އެ އިސްތަށިގަނޑާ އެތުންފަތެވެ. ޔާނީލާ އަކީ ކާކުބާވައެވެ.؟

އެތަސްވީރު ބާއްވާލުމަށްފަހު ދެން މުލައިލް ވިސްނަން ފެށީ ފަހުން ދިމާވި ކުއްޖާއާ މެދުގައެވެ. އޭނާގެ ނަމަކީ އަލާނިޔާކަން އިނގުނީއްސުރެ މުލައިލްގެ ހިތް ބިރު ގަންނަނީ އެވެ. އެ ނަމަކީ ދެން ދުވަހަކުވެސް އަޑުއިވޭނެނަމެއް ނޫންކަމަށް ހީކޮށްގެން ހުރި މުލައިލް އަނެއްކާވެސް ހައިރާން ކޮށްލައިފިއެވެ. މީ ކޮން ކަންތައްގަނޑެއް ބާވައެވެ؟ އެއްކޮޅުން އެތަސްވީރެވެ. އަނެއްކޮޅުން އަލާނިޔާ ނަމަކަށް ކިޔާ އެނުދަންނަ އަންހެން ކުއްޖާއެވެ. މުލައިލް ރާއްޖެ އައުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްބާވައެވެ؟ ނޫނީ މިއީ ކުރިޔަށް އޮތް ނުރައްކަލަސް ތައްޔާރުވުމަށް ދިން ފެހި ސިގްނަލެއް ބާވައެވެ؟  އެއޮތްގޮތަށްއޮވެ މުލައިލްއަށް ނިދުނީ ސުވާލުމާކެއްގެ ތެރެއަށް އޭނާ ގަންބާލާފައެވެ.

***************************************************************

މުލައިލްގެ ދުވުމަކަށް ބަދަލެއް ނާދެއެވެ. މުލައިލްގެ ފަހަތުން ބޮޑު ކަތިވަޅިއެއް ހިފައިގެން އެމީހަކު ދުވަމުން ދިޔައީ މުލައިލްގެ ދުވަސްދުއްވާލުމަށްކަން ވަރަށް ރަނގަޅަށް އިނގެއެވެ. އެމީހާގެ ކިބައިން ސަލާމަތްވުމަށް ދުވަމުން ދިޔަ މުލައިލް ވެއްޓުނެވެ. ދަންވަރު ގެ އަނދިރި ވަގުތު ކަމުންނާ ޖަންގައްޔެއްގެ މެދުގައި ކަމުން ތަނެއްދޮރެއް ވަކި ވަނީކީވެސް ނޫނެވެ. އިސްއުފުލާ މުލައިލް ކުރިއަށް ބަލާލިއެވެ. ދެންމެ ފެންނަން އޮތް މަގެއް މިހާރަކުނެތެވެ. އެނާ އެވަނީ ބައިވަރު ގަސްތަކެއްގެ މެދުގައެވެ. އެގަސްތައްވެސް ފެންނަމުން ދިޔައީ އަރާކާއެއްޗެހިތަކެއް ފަދައިންނެވެ. ގައިގެ ހުރިހާ ލޯލިތަކެއް ކޮޅަށްޖެހިގެން ދިޔައިރު މުލައިލްއަށް ލޯމަރާލެވުނެވެ. އައި ނައިތަނެއް ނޭންގެއެވެ. އެއްކަލަ މީހާ އައިސް މުލައިލްގެ ބަނޑަށް އެވަޅި ހަރާލިއެވެ. މުލައިލްގެ ވޭނީ ހަޅޭކުގެ އަޑު މުޅި ސަރަހައްދުގައި ގުގުމާލިއެވެ. އެއަޑު ގެ ނާމާންކަންވެސް ވަކި ކުޑައެއްނޫނެވެ. އެވަގުތު ބައިވަރު ކާޅުތަކެއް އެދިމާލުން މައްޗަށް އުދުއްސައިގަތް މަންޒަރު އެ މާހައުލު އިތުރަށް ބިރުވެރި ކޮށްލިއެވެ.

****************************************************************

ނުނިމޭ…

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ހިތްއެކީ ދެވިއްޖޭ (14)

Next

ސިއްރުން މިހިތާ ކުޅެނީހޭ (އަށާރަވަނަބައި)

Next
November 11, 2017

ސިއްރުން މިހިތާ ކުޅެނީހޭ (އަށާރަވަނަބައި)

Previews
November 11, 2017

ހިތްއެކީ ދެވިއްޖޭ (14)

35 Comments!

  1. imagination ?? says:
    November 11, 2017 at 12:54 pm

    hey guys. miothy dhevana bai ves upp vefa. hope u all like it ingey, mistakes hurihya buneladhehchey. eyrah in sha allah rangalhukohllaanan. and yeah please comment below about what u think will happen next. 🙂 <3

  2. Friends says:
    November 11, 2017 at 1:00 pm

    Me first dhw…

    1. imagination ?? says:
      November 11, 2017 at 1:13 pm

      yep.. friendss ah eh vana. hehe.. ?

  3. xim says:
    November 11, 2017 at 1:07 pm

    Alheyy woww vv salhi

    1. imagination ?? says:
      November 11, 2017 at 1:14 pm

      thank you xim ??

  4. Friends says:
    November 11, 2017 at 1:15 pm

    Hey imagination….
    Dear haadha kurey…?
    Stry hama vvvvv salhi.?
    Plx plx upload soon….
    Wait 4 next part…
    have a gud day…?????

    1. imagination ?? says:
      November 11, 2017 at 1:27 pm

      heyy…thanks ingey. ekm kuru tha? mee imagination abadhuves liyaa word limit hama. ekam in sha allah dhen anna part ga miyah vure dhigu kuraanan ingey…. happy? 🙂 ?

  5. Girrrll says:
    November 11, 2017 at 1:28 pm

    Wooahh… Reethi varah. Ekm kihineh evi? Varah excited dhen anna part kiyaalan. Imagination haadha molhey

    1. imagination ?? says:
      November 12, 2017 at 4:57 pm

      awwn.. thanks a lott.. vaagotheh balamaa dhw. in sha allah maadhan

  6. Rsh says:
    November 11, 2017 at 1:38 pm

    Haadha Kurry but v reethi mi part

    1. imagination ?? says:
      November 12, 2017 at 4:57 pm

      dhen anna part dhigu kohla dheynan ingey. thank you <3

  7. lii says:
    November 11, 2017 at 1:43 pm

    hii..this is my first comment for this story…storyline varah reethi..alhey imagination bune who is the boy in cover pic ga

    1. imagination ?? says:
      November 12, 2017 at 4:58 pm

      hey. nice to meet u. cover ga ei bts ge v (taehyung). thanks <3

  8. Limsha says:
    November 11, 2017 at 1:48 pm

    Hey aslu mi stry my knkahala stry eh tha??
    Nice bt kuru

    1. imagination ?? says:
      November 12, 2017 at 5:01 pm

      mee aslu kuryga vefa oi kamaka hure dhekuhjjehge life ga hingaa loabyge sad story eh. and thriller ves himeneyne kommes varakah. mystery ves. thanks <3

  9. Shudha says:
    November 11, 2017 at 1:52 pm

    Story ge plot varah rangalhah raavaafa vaa kan
    faahagakurevey… varah gina suvaalu thakeh ge there ah ganbaalafa thi nimmaaly… Maadhan Allah superb work imagination… hats off ? waiting for next part ❤????

    1. Shudha says:
      November 11, 2017 at 1:53 pm

      Maasha Allah*

    2. imagination ?? says:
      November 12, 2017 at 5:03 pm

      thank you varah bodukoh. haha. yeah. i kindda did spend time to organise. ehen nooni bodu olhumehga dhw alhugandu ves readers ves thibeyni. storyge gothun. thanks again ???

  10. Pinky shifoo says:
    November 11, 2017 at 2:32 pm

    Wowwwwww… Awesome… Imagination… I’m speechless… Haadhahaaa reehchey.. Hama aslu vx Maasha Allah varah varah reethi… Varah varah intresting mi Story.. Varah baivaru suvaalu thakeh ufedhihje mihaaru.. Curiously waiting for the next part… Avahah up kohladhehchey imagination.. Love you… Hehehhe

    1. imagination ?? says:
      November 12, 2017 at 5:04 pm

      awwn.. love u too? thanks a ton for this loabi loabi comment. in sha allah tomorrow ingey. thanks again ??

  11. SJK...KOREAN says:
    November 11, 2017 at 2:42 pm

    ohh woww. haadha salhieyyy.. hama habeys 😀 keep it up dear 🙂 eagerly waiting for the nxt part 🙂

    1. imagination ?? says:
      November 12, 2017 at 5:05 pm

      haha..thanks a lottt.. glad u liked it.. i m eagerly waiting for ur story tooo <3?

  12. Yalun says:
    November 11, 2017 at 2:55 pm

    Wow…vvv nyc..i lk this kinda stories…waitingg!!?

    1. imagination ?? says:
      November 12, 2017 at 5:05 pm

      ehhe..glad u liked it. thank you sooo much ???

  13. jjey ? says:
    November 11, 2017 at 2:57 pm

    Imagination you make ur stories too interesting

    1. jjey ? says:
      November 11, 2017 at 2:58 pm

      Its hard to wait dude??? . Dhean konme dhuhuku up kolla dheeba pls????

    2. imagination ?? says:
      November 12, 2017 at 5:07 pm

      alhey..haahha thanks. m soryy but komme dhuvahaku upp kohnudheveythi. but in sha allah week aku three bai genas dheynan ingey ?

  14. Nyn says:
    November 11, 2017 at 3:06 pm

    Pls change names..vara vatharu…though it is nice very difficult

    1. imagination ?? says:
      November 12, 2017 at 5:08 pm

      thanks and sorry. aslu ein komme name ehge fahathuga ves there is a secret. ehenve huri nan thakeh. ekm storyga main koh beynun kuraani nicknames ingey. eyrah okey nu?. ?

  15. Shaa says:
    November 11, 2017 at 9:08 pm

    minanthah v undhagoo kiyan

    1. imagination ?? says:
      November 12, 2017 at 5:09 pm

      sorry abt that. but there is a reason for those names. story kuriyah dhaa varakah ingeyne. hope u read it tho. ?

  16. maryy says:
    November 12, 2017 at 1:28 pm

    Hey… Mi biruveri vaahakaeh tha…..

    1. imagination ?? says:
      November 13, 2017 at 4:50 pm

      mmmm not biruveri biruveri. but thriller kommes varakah

  17. doll says:
    March 5, 2018 at 12:28 am

    oh my god… that cover pic.. omg…. jisoo… v… lisa.. they are my bias wrackers… varah dhuvas vejje mi site ah nuvannathaa n mi cover pic fenna irah mi story kiyaa hiyy vejje.. adhi nuvex kiyan… hope mi story varah nice vaanekamah…

  18. Usaima says:
    November 6, 2018 at 11:50 pm

    V reethi mi story ge mi part ves. I think ur a brilliant writer. Well. Keep it up. Good luck ?

Comments are closed.


All Right Reserved!