ކާރު ދުއްވާލުމުން އަޒާންގެ މަންމަ ވާހަކަ ދައްކަން ފެށިއެވެ. “އަޒާން ވަރަށް ބަދަލުވެއްޖެ ދޯ؟ އެކަމާ ނައިރާ އެބަ ވިސްނާކަން މަންމައަށް އެނގޭ.” ހައިރާންވެފައި އަހަރެންނަށް އަޒާންގެ މަންމަގެ މޫނަށް ބަލައިލެވުނީ އެހާވަރުން ސިއްރުކުރަން އުޅުނު ކަންތައް އެހާ ފަސޭހައިން އޭނާއަށް އެނގުނީމައެވެ. އެމީހުން އަހަރެންނަށް ކަމެއް ސިއްރު ކުރަނީތޯ ސުވާލުއެފެދުނެވެ. އަހަރެންގެ މޫނަށް އެރި ކުލަވަރު ފެނި އަޒާންގެ މަންމަ އަހަރެންގެ އަތުގައި ހިފަމުން ހީނލިއެވެ. “ކޮންމެ މީހަކުވެސް ހަޔާތަށް ބޮޑު ބަދަލެއް އަންނަން އުޅޭއިރު […]
“މި ކިއާއަށް ގިފްޓަކަށް ދޭންވެގެން….އަމް މިއަދަކީ ކިއާގެ އުފަންދުވަހޭ” އަލޫކް ގަތް ލަދުން އަވަސް އަވަހަށް ވާހަކައެއް ހަދާލިއެވެ. ޔުއާންއަށް އެވަގުތު ގަބޫލުނުކުރެވިފައި އަލޫކްއަށް ބަލާލެވުނެވެ.އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. “ދެން އަވަހަށް ނަގާބަލަ….ސަނާ އަލޫކްއަށް ހެލްޕް ވެބަލަ”ޔުއާން އެހެން ބުނުމުން ސަނާއަށާ އަލޫކްއަށް ގަބޫލުނުއާ ހާލު ޔުއާންއަށް ބަލާލިއެވެ. ސަނާގެ އެހީއާއެކު އަލޫކް ކިއާރާއަށް ހޭންޑްބޭގްއެއް ނެގިއެވެ. “އަހަރެން އުޅުނީ މިރޭ ސަނާ ގޮވައިގެން އަލަށް ހުޅުވި ރެސްޓޯރެންޓަށް ދާންވެގެން….އެކަމް ހީވަނީ […]
ކޮޓަރިއަށް ވަން ކިއާރާގެ ލޮލުން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ.ޔުއާން އެހެން މީހެއްގެ ހައްގަކަށް ވާތަން ބަލަން އޭނައެއް ނުހުންނާނެއެވެ.ޔުއާން ކޮންމެ ގޮތަކުން ވެސް ވާނީ ހަމައެކަނި އޭނަގެ މީހަކަށެވެ. އޭގެ އަނެއް ދުވަހެވެ.ހެނދުނު އޮފީހަށް ދާން ނުކުތް އަލޫކް ލޮލުގައި އަޅައިގަތީ އަވަސް ހިނގުމެއްގައި ގެއިން ނުކުތް ޔުއާންއެވެ.ޔުއާން މިގަޑީ ދާނީ ކޮންތަނަކަށް ބާއޭ އަލޫކްގެ ހިތަށް އެރިއެވެ. އޮފީހަށް ގޮސް ކާރުން ފޭބި އަލޫކްގެ ލޮލުގަ އަޅައިގަތީ ޔުއާން ކާރުން ފޭބި ސަނާއެވެ.ރީތި ހިނިތުންވުމެއް ދެމުން […]
ދެލޯބިވެރިއެއްގެ ދިގު އިންތިޒާރު ނިމުމަކަށް ގެންނާނީ ކައިވެންޏެވެ. ގިނަ މީހުންނަށް މިނަސީބު ލިބުނެއްކަމަކު މިނަސީބުން މަޙުރޫމްވި ދެލޯބިވެރިއެއްގެ ވާހަކަ މިފަހަރު ލިޔެލާނަމެވެ. ޝީނާ އަކީ އައިހަމްގެ ލޯބީގެ ދަރުބާރުގައި 4 އަހަރު ރަނިކަންކުރަމުން އަންނަ ޒުވާނެކެވެ. ޝާހީ ޢާއިލާއަކުން ޢިއްޒަތާ ޤަދަރުލިބިފައިވާ އައިހަމް އޭނާގެ އަލަތު އަންބަކަށް ޝީނާވުން އެއީ އައިހަމްގެ ޢާއިލާގެ އެންމެބޮޑު ހުވަފެނެވެ. ނަމަވެސް މިހުވަފެން ބިލާހަކަށްވެ އައިހަމްއާ ޝިނާ ވަކިކުރީ ޑޮކްޓަރަކު ހުށައެޅި އެންމެ ރިޕޯޓަކުންނެވެ. […]
ނައިނާ އެނބުރި ބަލާލީ އެންމެ ރީތި ހިނިތުންވުމާއިއެކުގައެވެ. އޭރު ހައިޒަލްގެ ނަޒަރު ނައިނާއާއި އަމާޒުވެފައިވީގޮތުން ނައިނާ ފިނިވާގޮތްވިއެވެ. އެހެންދުވަސްތަކާއި ހިލާފަށް އެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ ތަފާތު ނަޒަރަކުންނެވެ. ހައިޒަލްގެ ލޮލުން މިއަދު ފެނިލި އަސަރުން ނައިނާ އުއްކޮޅެއްފަދައިން ވިރިގެން ހިނގައިދާނެހެން ހީވެއެވެ. “ނެވަރ މައިންޑް…” ހައިޒަލް އެއްޗެކޭ ބުނާނެހެން ހީވިވަގުތުކޮޅަކަށްފަހު ބުނެލި ބަހުން ނައިނާގެ ފަރިވެފައިވާ މޫނު މަލެއްފަދައިން މިލައިގެންދިޔައެވެ. މަޑުމަޑުން އިސްއޮބައިލައިގެން ހުރެ ކެބިންއިން ނިކުންނަން ދިޔައިރު ހައިޒަލްއަށް ބަލަހައްޓައިގެން އިނދެވުނީ ތަފާތު ނަޒަރަކުންނެވެ. […]
އަލޫކް ގެ އަތުގައި ހިފައިގެން ހުރި ކިއާރާ ފެނި ސަނާ ގެ ހިތުގައި ރިއްސާލިއެވެ.ކިއާރާ އެހުރި މަގާމުގައި އޭނަ އަށް ހުރެވޭނެނަމައޭ ހިތަށް އެރިއެވެ. “ހާއި މީޓް މައި ގާލް ކިއާރާ”އަލޫކް އެހެން ބުނެލީ ޔުއާން މެން ގާތު މަޑުކުރަމުންނެވެ.އެވަގުތު ސަނާއަށް އަލޫކްއަށް ބަލާލެވުނުއިރު ޔުއާންއަށް ބަލާލެވުނީ ކިއާރާއަށެވެ.ކިއާރާ އޭނައަށް ބަލަހަށްޓައިގެން ހުރުމުން ޔުއާން އަވަސް އަވަހަށް ދުރަށް ބެލިއެވެ. އެވަގުތު އަލޫކް އެބައަންނަށް ކަމަށް ބުނެ އެތެރެއަށް ދިއުމުން ސަނާ ވެސް އަލޫކްގެ ފަހަތުން އެތެރެއަށް […]
****** “ޑޮކްޓަރ މަލާކް. ނިއު ޕޭޝެންޓްއެއް. ވަރަށް އެހެންކަހަލަ ކޭސްއެއް. ބޯތް ޑްރަގްސް އެންޑް ނަފްސާނީ ގޮތުންވެސް ވަރަށް ބޮޑަށް އަސަރުކޮށްފައި. ޕޭޝެންޓްގެ ބެލެނިވެރިޔާ ބޭނުންވޭ މަލާކްއާ ބައްދަލުކުރަން މިރޭގެ ވަގުތެއްގައި. އަދި އޭނަ ބުނުއްވީ މަލާކްއާ އެކަންޔޯ ޕޭޝެންޓްގެ ފަރުވާކުރުން ހަވާލް ކުރަންވާނީ.” އެސިސްޓެންޓް ލުބާ އައިސް މަލާކްގެ ކެބިންއަށް ވަނުމަށްފަހު ތަފްސީލުތަކެއް ދިނެވެ. “އެމީހާގެ ނޭމް އިނގޭތަ؟” “ވިލާދާ.” މަލާކަށް ހީވީ ފައިދަށުން ބިންގަނޑު ދަމައިގެން ދިޔަހެނެވެ. “ޕޭޝެންޓް އޯ؟ އޭނަ ކޮބާ؟” “ވަކިން […]
މި ވާހަކަ އަކީ ދުރުވާނެބާ މި ވާހަކަ ނިމުމަށް ފަހު އެސްފިޔަ އަށް ދެން އަންނަ ވާހަކަ އެވެ . މި ވާހަކަ އަކީ ވެސް ހިތާމަ ވެރި ވާހަކަ އަކަށް ވާނެއެވެ . ސަބަބަކަށް ވަނީ އަހަރުމެން ގެ ތެރޭގައި ލޯބީގެ ގޮތުން ގުޅިގެން އުޅެނި ކޮށް ކޮންމެ ވެސް މީހެއް އެތަނަށް އެހެން މީހަކު އައުމުގެ ސަބަބުން އެ ލޯބި ދުރަން ގޮސް ދެކެމުން އައި ހުވަފެން ތައް މުޅިން އެއްކޮށް ގޮސް .އަދި […]
ކަކުލާ ހަމަޔަށް އަރާ މަޑު ނޫކުލައިގެ ހެދުމަކާއި ހުދު ސްކްނީއެއްގައި ހުރިއިރު އޭނާގެ ފަން އިސްތަށިގަނޑު އޮތީ ފަހަތަށް ދޫކޮށްލެވިފައެވެ. އިސްކޮޅުން ދިގު ހިމަތޮޅި ހަށިގަނޑެއް ލިބިފައިވާއިރު ހަމުގެ ކުލަ އައްޔެވެ. އޭނާވެސް ހުރީ ތެމިފޯވެފައެވެ.އެމޫނުގައި ބީހިލާ ފެންތިކި ވެސް ޖަވާހިރުތަކެއް ފަދައިން ވިދަމުން ދިޔައެވެ. ޝާމިހުއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މި ނުދަންނަ އަންހެންކުއްޖާ ފުރަތަމަ ނަޒަރުން އޭނާގެ ސަމާލުކަން ހޯދި ގޮތާމެދު ޚުދު އޭނާ ވެސް އަންތަރީސް ވެއްޖެއެވެ. އިރުއިރު ކޮޅަކާ އޭނާގެ މޫނުމައްޗަށް އެ […]