Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

އައިހަމް – ފައިނަލް ޓްރެއިލަރ

ShaYan YoOsuf Level 110 Stories
April 12, 2019 4 Mins Read
6 Comments

‏         ދެލޯބިވެރިއެއްގެ ދިގު އިންތިޒާރު ނިމުމަކަށް ގެންނާނީ ކައިވެންޏެވެ. ގިނަ މީހުންނަށް މިނަސީބު ލިބުނެއްކަމަކު މިނަސީބުން މަޙުރޫމްވި ދެލޯބިވެރިއެއްގެ ވާހަކަ މިފަހަރު ލިޔެލާނަމެވެ. ޝީނާ އަކީ އައިހަމްގެ ލޯބީގެ ދަރުބާރުގައި 4 އަހަރު ރަނިކަންކުރަމުން އަންނަ ޒުވާނެކެވެ. ޝާހީ ޢާއިލާއަކުން ޢިއްޒަތާ ޤަދަރުލިބިފައިވާ އައިހަމް އޭނާގެ އަލަތު އަންބަކަށް ޝީނާވުން އެއީ އައިހަމްގެ ޢާއިލާގެ އެންމެބޮޑު ހުވަފެނެވެ. ނަމަވެސް މިހުވަފެން ބިލާހަކަށްވެ އައިހަމްއާ ޝިނާ ވަކިކުރީ ޑޮކްޓަރަކު ހުށައެޅި އެންމެ ރިޕޯޓަކުންނެވެ. “ މޯމް.. ޝީއަަށް ހޮޕް އެބައޮތޭ…. އެހެންނޫނަސް އަހަރެން ޝީދެކެ ލޯބިވޭ… ޝީއަށް ކުދިން ނުލިބުން އެއީ އަހަރެންމެން ވަކިވާން ޖެހޭ ސަބަބެއް ނޫން މޯމް… “ ޝީނާގެ ޙަޔާތަށް ފޮނި ހުވަފެންތަކެއް ދެކެމުން އަންނަ އައިހަމް އޭނާގެ މަންމައަށް ވިސްނައިދެމުން ބުންޏެވެ. “ ސަން.. ޔޫ ވޮންޓް އަންޑަސްޓޭންޑް ދިސް.. މޯމް ބޭނުމެއް ނުވޭ ދަރިފުޅުގެ ޙަޔާތް ވިއްސި ވިހާލިވެގެން ދާކަށް.. ވެޑިން މިއޮތީ ފައިނަލް ވެފަ.. މިހާ ބޮޑު ޙަރަދެއްކޮށް މޯމްމެން ބޭނުމެއް ނޫން މިކަން ބޭކާރުވެގެން ދާކަށް.. ސަން ޕްލީޒް ފައިންޑް ސަމްވަން އެލެސް އެންޑް ގެޓް އަ ކޮންކްލޫޝަން ޕްލީޒް… މޯމްއަށް ޔަޤީން ޝީއަށް ވެސް ވިސްނޭނެކަން…“ ލޯބިވާ ދަރިފުޅަށް ވިސްނައިދެމުން ޝަބީޢްޔަތު ބުންޏެވެ.

       ޙާތަލު މުޅިން ބަދަލުވެ ޝީނާގެ ދިރިއުޅުން އޮޔާލައިފިއެވެ. ލޯބިވެރިޔާ ލޯކުރިމަތިން ގެއްލެނީއެވެ. ދުރު މުސްތަޤުބަލަކަށް އުއްމީދީ ބިންގާތަކެއް އަޅަމުން އައިސް އެންމެފަހުން ޝީނާ މުޅިން ބާކީވީއެވެ.

“ ޝީއަށް އެނގޭނު މޯމެމެން ދެން… ޝީގެ ތިނިންމުމަށް އައިހަމް ރެސްޕެކްޓް ކުރާނަން…. ޝީ ކިތަމެއް ދުވަހެއް ކޮއްފަ އަޔަސް މި އައިހަމް މިގޮތުގަ ހުންނާނަން… ދެރަ ނުވައްޗޭ ޕްލީޒް ޝީ…. “ ޝީނާގެ ބޮޑު ނިންމުމަށް އިޙްތިރާމް ކުރަމުން އައިހަމް ޝީނާ ގައިގާ ބައްދާލަމުން ބުންޏެވެ. ދެމީހުން އެކުގައި ރޮނީއެވެ. އައިހަމްއާ ޝީނާގެ ނިންމުމަށް އައިހަމްގެ މަންމަ ޝަބީޢްޔަތު އުފާކުރިއެވެ. އެހެން ނަމަވެސް ޝީނާ އެނބުރި އަންނާނެކަމަކަށް ޝަބީޢްޔަތު އުއްމީދެއް ނުކުރެއެވެ.

      ޑޮކްޓަރުންގެ ލަފަޔާއެކު ދުނިނޭގެ ކޮންމެ ހިސާބަކުންވިޔަސް ޝީނާ ފަރުވާހޯދަން ހުރީ ތައްޔާރަށެވެ. ﷲގެ ހެޔޮ ރަޙްމަތްފުޅާއެކު ދަރިމައިވެވޭނެކަމުގެ އުއްމީދު ޝިނާ ކޮންމެ ދުވަހަކުމެހެން އާލާކުރެއެވެ. އައިހަމްގެ ކައިވެނި އެހެން މީހަކަށް ކުރުމުގައި ޝީނާގެ އެއްވެސް ފަރުވާލެއްނެތެވެ. ނަމަވެސް ލޯބިވެރިޔާ ގެއްލިގެން ނުދާނެކަމުގެ ޔަޤީންކަން ޝީނާއަށް މިވަނީ ކުރަން މަޖުބޫރުވެފައެވެ. އައިހަމްގެ ދަޢުލަތުން ބޭރުވާކަށް ކުޑަމިނުން މުއްސަންޖަކުވެސް ހަމަ ނޭދޭނެއެވެ. ވީއިރު ލޯބިވާ އައިހަމްގެ ހަޔާތަށް ގެންނަން ޖެހޭނީ ޝީނާ އެމީހަކަށް އިތުބާރު ކުރާ ވަފާތެރިއެކެވެ.

       ކަނޑައެޅިފައިވާ ކައިވެނީގެ ތާރީހު ކައިރިވަނީއެވެ. ޝިނާއަށް ގޮތްހުސް ވެއްޖެވެ. އައިހަމްގެ ޙަޔާތުގައި މަޑުކޮއްލަދޭނެ ވަގުތީ ބައިވެރިޔަކު ހޯދުމަށް ނުކުޅެދިއްޖެވެ. އެންމެފަހުން ގޮތްހުސްވެފައިވާ ޙާލު ޝީނާއަށް އޮތް ހަމައެކަނި އުއްމީދަކީ އޭނާ ޙަޔާތުގެ އެންމެ ބޮޑު ދުޝްމިނެވެ. އެއީ ޝީނާއާ އެއްބަފާ އޭނާގެ އަންހެން ކޮއްކޮ ރީނާއެވެ. ޝީނާގެ ބައްޕައަށް ހެދުނު ގޯހެއްގެ ސަބަބުން ޝީނާމެންގެ ދިރިއުޅުން ވަނީ ވީރާނަވެފައެވެ. ޝީނާގެ ބައްޕަ އެހެން އަންހެނަކާ ކައިވެނިކޮށް، ޝީނާގެ ބައްޕައަށް ލިބުނު އަންހެން ދަރިފުޅު ރީނާ ޝީނާގެ މައްޗަށް ދެކޮޅުވެރިވީ އަލުން ޝީނާގެ މަންމައަށް ރީނާގެ ބައްޕަ އިން ހިސާބުންނެވެ. އެއާއެކު ބައްޕައެއްގެ ލޯބިން މަޙުރޫމްވިކަމަށް ދެކި ރީނާގެ ނަފްރަތު ޝީނާގެ މައްޗަށް އިސްތިޤުބާލް ކުރެވުނެވެ. މިހާލަތުގައި ޝީނާއަށް އޮތް ހަމައެކަނި ހިތްހަމަޖެހުމަކީ ރީނާ އައިހަމްއާ ރުހުންކަމުގައި ނޫނީނުވާނެއެވެ. ލޯބިވާ އައިހަމްގެ ޙައްޤުގައި ދުޝްމިނަކާ ކުރިމަތިލާންވެސް ޝީނާ ހުރީ ތައްޔާރަށެވެ. ފަނާވެފައިވާ ޢާއިލީ ގުޅުން އަލުން ޢިޔާދަކުރެވޭނެ ކަމަށް ދެކި ވަރަށް ޙާލުން ޝީނާ ރީނާއާ ބައްދަލު ކޮއްފިއެވެ.  

      “ އަހަރެން ތިކަމާ ވިސްނާ ވިސްނާ ބޯފަޅައިގެން ގޮއްސި… އެހެން ނޫނަސް ކިހިނެއްތަ އަހަރެން ލޯބި ނުވާ މީހަކާއެކީގަ އުޅޭނީ؟… އަހަރެންގެެވެސް ލައިފްއެއް އޮވެޔޭ ޝީނާ…. “ ޝީނާ ގެ އާދެސްތަކަށް ދެކޮޅު ހަދަމުން ރީނާ ބުންޏެވެ. “ ކުޑަދުވަސްކޮޅެއް ވާނީ ރީނާއަށް އައިހަމްދެކެ ލޯބިވެވޭނެ… ހުރިހާކަމެއް މަޑުމަޑުން ނޯމަލް ވާނެ…. އަހަރެން ވަރަށް އަވަހަށް އަންނާނަމޭ ރީނާ….” އާދޭސްމަތީ އިތުރަށް ފޮތިއަޅަމުން ޝީނާ ރީނާއަށް ހަޤީޤަތް ހާމަކުރަމުން ބުންޏެވެ. އައިހަމްގެ ލޯބިން ޝީނާ ބާކިވެގެން ދިޔުން ވެގެންދިޔައީ ޝީނާގެ ޙަޔާތަށް ކުރިމަތިވި އެންމެބޮޑު ހިތާމަކަމުގައެވެ. އެލޯބީގެ ބަދަލުގައި އައިހަމްގެ ޙަޔާތާ ގުޅުމަށް ރީނާގެ ކައިރިން ޝީނާ ދަނީ ރެޔާދުވާލު ސަލާންޖަހަމުންނެވެ. ރީނާއަށް އޭނާގެ ބައްޕަ ކޮށްފައިވާ ވަސީޔަތަށް މަޑުމަޑުން ނަޒަރު ހިންގަމުން ރީނާ ދަނީ އަމިއްލަ ނަފްސަށް މަޖުބޫރުވެފައިވާކަން ހާމަކުރަމުންނެވެ.

     ކޮންމެޔަކަސް ޝީނާގެ އާދެސްތަކުގެ ނިމުން ރީނާ ހިތާދެކޮޅަށް ގެނެސްފިއެވެ. ޒަމާންވީ ޙަސަދަވެރިކަން ފިލުވާލުމަށް މިއީ ލިބުނު ރަނުގެ ފުރުސަތެއްކަމުގައި ރީނާ ބެލިއެވެ. ޝީނާއާ ޝީނާއާ ގުޅުންހުރި ކޮންމެ އެއްޗަކަށް ރީނާ ނަފްރަތު ކުރެއެވެ. އެންމެފަހުން ޒަވާޖީ ޙަޔާތުގެ ގޮއް ރީނާއާ އައިހަމް ޖަހާލީ ލޯބީގެ ބަލިކަށި ނަވަކަށް އަރައެވެ.  މިނައު ދަތުރުގައި ގަދަފަދަ ކަނޑުގެ ތޫފާންތަކާ ކުރިމަތި ލުމަށް ދެމީހުންވެސް ތިބީ ނުހަނު ތައްޔާރުވެގެންނެވެ.

         “ އަހަރެން ކަލެއަށް އިން އިރުގަވެސް އެނގެންޖެހޭނެ ކަލޭދެކެ މަލޯބި ނުވާކަން. މިކައިވެނި ދަމަހައްޓަން އަހަރެންނަށްވަނީ މަޖުބޫރުވެކަންވެސް ކަލެއަށް ހަމަރަނގަޅަށް އެނގޭނެ… އަހަންނާ ކައިރި ނުވީޔާ ރަނގަޅީ ޕްލީޒް…” ރީނާގެ މި ލަފްޒުތަށް ކައިވެނީގެ ފުރަތަމަ ރޭގައި އައިހަމްއަށް އަމާޒުވީ އަޖައިބުކުރުވެނި ގޮތަކަށެވެ. ލޮލުތެރޭ ޖަމާވެފައިވާ ކަރުނަތަށް ހިފެހެއްޓުމެއްނެތި އައިހަމްގެ ކޯތާފަތުގެ މަށްޗައް އޮހޮރިގެން ދިޔައެވެ. ޝީނާ އައިހަމް ދެކެ އިންތިހާއަށް ވާލޯބީގެ އަގުކުރެވެން ފެށިއެވެ. ރިނާގެ ޙަޤީޤަތް ޝީނާއަށް ޓަކަައި އައިހަމް ޤަބޫކުކުރިއެވެ. ޢެހެންނަމަވެސް ކައިވެނީގެ މަތިވެރި މަޤުސަދަށްޓަކައި އައިހަމް ރީނާދެކެ ލޯބިވާތީ އެއީ ހުވަފެނެއްކަމުގައި ދެކުނެވެ. މިދަތުރުގައި މާޔޫސްކަމާއި ހިތްދަތިކަމުގެ ތެރެޔަށް އައިހަމްގެ ޙަޔާތް އެންމެފަހުން މިސްރާބު ޖަހައިފިއެވެ.

        ރީނާއާ އައިހަމްގެ ކައިވެނީގެ ގުޅުމަށް 7 މަސް ވެގެން ގޮއްސިއެވެ. ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުމަކީ ރީނާމެންނަށް ބީރައްޓެހި ގުޅުމެއްކަމުގައި ވަނީވެފައެވެ. އެހެންނަމަވެސް ރީނާ އަންބެއްގެ ވާޖިބަކަށް ކުޑަވެސް ފަރުވާކުޑަ ކަމެއް ނުގެނެއެވެ. މަޖުބޫރީ ޙާލަތެއްގައި ޙަޔާތުގެ ދުވަސްތަށް ބޭކާރު ގޮތެއްގައި ދުއްވާލުމަށް ރީނާއަށް ކުރިމަތިވީ މުސީބާތެއް ކަމުގައިދެކި އަދި އެމުސީބާތުން މިންޖުވާނެކަމަށް ޤަބޫކުކުރާތީ ރީނާ ހުންނަނީ ހިތްހަމަޖެހިގެންނެވެ. އައިހަމްގެ ދަޢުލަތުން ރީނާ އެއްޗެއް ބޭނުން ނުވިއެއްކަމަކު ޝީނާއަށް ކުރާ ނަފްރަތުގެ ބަދަލު އައިހަމްއަށް ވެސް ދޭން ރީނާ ބޭނުންވެއެވެ. މިއާއެކު އައިހަމްގެ ކައިރިން މިނިވަން ވާނެ ދުވަހަކަށް ރީނާ ހުންނަނީ ކެތްމަދުވެފައެވެ.

“ ކީހާދުވަހެއް އަދި އަހަރެން ގުނަންޖެހޭނެ؟ ޝީނާ ޕްލީޒް މީ އަހަރެންނަށް އީޒީކަމެއް ނޫން… އަހަރެންގެ އުފާތަކަށް ފުރަގަސްދީ ޝީނާގެ ތިއެދުން އަހަރެން ފުއްދައިދިނީ އެއްވެސް ޙާލެއްގައި އަހަރެންނާ އައިހަމްގެ ގުޅުން ދަމަހައްޓާކަށް ނޫން… އައިހަމް އަހަރެންދެކެ އިތުރަށް ލޯބި ވެވި ޝީނާ މަތިން ފޫހިވާ ދުވަހު ޝީނާގެ ދަޢުވާތަކަށް ކުރިމަތިލާކަށް އަހަރެންނަކަށް ނުކެރޭނެ… “ ވަރަށް ކެރިގެން ރީނާ އޭނާގެ ހިތުގެ އުދާސްތަށް ޝީނާއާ ފޯނުން ޙިއްސާކުރަމުން ދިޔައެވެ. “ ޕްލީޒް ރީނާ… އަހަރެން އިތުރަކަށް އާދޭހެއް ނުކުރާނަން ހަމަ އެންމެ ފަސްމަސް ދުވަހަށް ކެތްކޮށްލަދީ… ޓްރީޓްމެންޓް ނިމުނުހާ އަވަހަކަށް އަހަރެން ތިކޮޅަށް ދާނަން… އަދި ރީނާ މިނިވަންވެސް ކޮއްދޭނަން… ޕްލީޒް ރީނާ ޕްލީޒް…” ގިސްލާރޮމުން ޝީނާ ޖަވާބު ދިނެވެ.. އައިހަމްގެ ޙަޔާތުގައި މިވަގުތު ހުރީ ޝީނާގެ ކިތަމެން ބޮޑު ދުޝްމިނެއްކަމުގައި ވިޔަސް ޝީނާ އައިހަމްއަށް ކުރާ ފޮނި އުއްމީދުތަކަށް ކުޑަވެސް ފަނޑުކަމެއް ނުގެނެއެވެ. އައިހަމްގެ ދިރިއުޅުމަށް ރީނާ ދީފާނޭ ގެއްލުމަކަށް ނުބަލާ ޝީނާ ދިޔައީ ރީނާއަށް އިތުބާރު ކުރަމުންނެވެ.

      އުއްމީދީ ބޮޑު އޮޕަރޭޝަނަކަށް ފަހު ﷲގެ ހެޔޮ ރަޙުމަތްފުޅުން ޝީނާއަށް ދަރުމައިވުމުގެ ނަސީބު ލިބިއްޖެވެ. ޝީނާގެ ހުވަފެންތަކުގައި ކުލަޖެހުނު ކަހަލައެވެ. ދުނިޔެ ޝީނާއަށް މަރުޙަބާ ކިޔަމުންދާއިރު ޝީނާގެ ތަޤުދީރުގައި އޮތީ ހިތާމަކަން އޭނާގެ ހިތްދަނީ ބުނަމުންނެވެ. ނަމަވެސް ޝީނާގެ ޙައްޤު ހޯދުމަށް އޭނާ ކުރާ ހަނގުރާމަ ހުއްޓާލާކަށް ނޫޅެއެވެ. ފޮނި އުއްމީދުތާކާއެކު ޝީނާ އައިހަމްގެ އަރިހަށް ހިނގައްޖެވެ. ނަމަވެސް ވަގުތުވަނީ ފާއިތުވެފައެވެ. އައިހަމްއަށް ރީނާ އިނީ ބަލ…………..

ލޯބީގެ އަސަރުގަދަ ސިލްސިލާ ވާހަކަ “ އައިހަމް “ މި ރަމަޞާންމަހުގެ ކޮންމެ ބުދަ އަދި ހޮނިހިރު ދުވަހެއްގައި ވާހަކަ.ކޮމް / އެސްފިޔަ.ކޮމް އަށް އަންނަނީ……

#ނޯޓް: މިއީ “ އައިހަމް “ ސިލްސިލާ ވާހަކައިގެ ޓްރެއިލަރ އެކެވެ. ވާހަކައިގެ މައިނގަޑު ބިނާވެފައިވާނީ މަތީގައިވާ ޙާދިސާގެ މަށްޗަށެވެ.

ކުރިން މިވާހަކަ މިދިޔަ ނޮވެންބަރު މަހު ކިޔުންތެެރިންނާ ހަމައަށް ގެނެސްދޭން ހަމަޖެހިފައޮތް ނަމަވެސް މިހާރު މިވާހަކަ “ ސިލްސިލާ “ ވާހަކައަކަށް ބަދަލުކޮށް ރަމަޞާންމަހު އެޕިސޯޑް ވައިސްކޮށް ކިޔުންތެރިންނާ ހަމައަށް ގެނެސްދޭން މިވަނީ ނިންމާފައެވެ. މިވާހަކައަށް ދިގު އިންތިޒާރެއް ކުރަން ޖެހުނީތީ ކިޔުތެރިންގެ ކިބައިން ވަރަށް ބޮޑަށް މަޢާފަށް އެދެމެވެ.

# ޓްރެއިލަރ ކަވަރގެ މޮޑެލް: ގައިޝް، މާހީ އަދި ސޭމް ( ރ. އަލިފުށި ، ދުވާފަރު )

Share Article

Follow Me Written By

ShaYan YoOsuf

Level 110 Stories

writer since 2010 “ love all, trust few, forgive once “

Other Articles

Previous

ބުނެދޭށޭ ރުހެމޭ 16

Next

މިވާވަރު އަންގާހިތްވޭ 5

Next
April 12, 2019

މިވާވަރު އަންގާހިތްވޭ 5

Previews
April 12, 2019

ބުނެދޭށޭ ރުހެމޭ 16

6 Comments!

  1. jiji says:
    April 12, 2019 at 5:17 pm

    Me first dhw..kurin vec kyn mi trailer..it’s amazing nd emotional..gud wrk shayan

    1. ShaYan YoOsuf says:
      May 18, 2019 at 2:41 pm

      thank you ❤️❤️

  2. Dyn says:
    April 13, 2019 at 1:47 pm

    can’t wait ???

    1. ShaYan YoOsuf says:
      May 7, 2019 at 4:25 pm

      8th may ga first episode release vaane ❤️
      thank you for the support and love ❤️❤️

  3. No more 12 says:
    April 27, 2019 at 1:54 pm

    Mi vaahaka up vaane dhuvahakah mi dhNy inthixaaru kuramun….. ???????????????Thanks shaayan…????????????????????❣️❣️❣️❣️❣️???❣️?❣️?❣️?❣️?❣️❣️?❣️?

    1. ShaYan YoOsuf says:
      May 7, 2019 at 4:25 pm

      8th may ga first episode release vaane ❤️
      thank you for the support and love ❤️❤️

Comments are closed.



All Right Reserved!