Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިއުތިރާފް (5 ވަނަ ބައި)

Shafag Level 110 Stories
April 13, 2019 3 Mins Read
8 Comments

ކާރު ދުއްވާލުމުން އަޒާންގެ މަންމަ ވާހަކަ ދައްކަން ފެށިއެވެ. “އަޒާން ވަރަށް ބަދަލުވެއްޖެ ދޯ؟ އެކަމާ ނައިރާ އެބަ ވިސްނާކަން މަންމައަށް އެނގޭ.” ހައިރާންވެފައި އަހަރެންނަށް އަޒާންގެ މަންމަގެ މޫނަށް ބަލައިލެވުނީ އެހާވަރުން ސިއްރުކުރަން އުޅުނު ކަންތައް އެހާ ފަސޭހައިން އޭނާއަށް އެނގުނީމައެވެ. އެމީހުން އަހަރެންނަށް ކަމެއް ސިއްރު ކުރަނީތޯ ސުވާލުއެފެދުނެވެ.

އަހަރެންގެ މޫނަށް އެރި ކުލަވަރު ފެނި އަޒާންގެ މަންމަ އަހަރެންގެ އަތުގައި ހިފަމުން ހީނލިއެވެ. “ކޮންމެ މީހަކުވެސް ހަޔާތަށް ބޮޑު ބަދަލެއް އަންނަން އުޅޭއިރު ހާސްވާނެ. އަޒާންއަށްވެސް އެވަނީ އެހެން. މަންމަ އާއި އަޒާންގެ ބައްޕަ ކައިވެނި ކުރަން އުޅުނުއިރު އަޒާންގެ ބައްޕައަށް ވެސް ހަމަ އެހެންވީ. ދަރިފުޅު ހާސްނުވޭ. އޭނާއަށް ވަގުތުކޮޅެއްދީ. އަމިއްލައަށް ހަމައަކަށް އެޅިދާނެ.” އަޒާންގެ މަންމަގެ ވާހަކަ އަހާފައި އަހަރެން ހިތްހަމަޖެހުނެވެ. އަހަރެންނަށް އެކަން ނުވިސްނުނީ ކީއްވެހެއްޔެވެ؟ ކައިވެނީގެ އެހާ ގިނަ ކަންކަން ހަމަޖެއްސުމުގައި އޭނާ އުޅޭއިރު ހާސްވާނެވަރު އަހަރެންނަށް ވިސްނެންޖެހޭނެއެވެ.

އެދުވަހުގެ ކަންކަން ނިމި ގެއަށް ދެވުމުން އަހަރެން އަޒާންއަށް މެސެޖެއްކުރީމެވެ. ހާސްނުވުމަށާއި ކުރިއަށް އޮތް އުފާވެރި ދުވަސްތަކާމެދު ވިސްނުމަށް އެދުނީމެވެ. އަހަރެންނަށް އަޒާންގެ އުފަލަކީ ކިހާ މުހިންމު އެއްޗެއްކަން ބުނެދިނީމެވެ. އެގޮތަށް ހާސްވެފައި ހުއްޓައި ފެނުމުން އުނދަގޫވާ ވަރު ބުނެދިނީމެވެ. އަހަރެންގެ މެސެޖް ލިބުމުން އަޒާން ހީނލާނެގޮތް ސިފަވެ އަހަރެން އަމިއްލަ ނަފްސަށް ހިނިތުންވެލީމެވެ. އެރޭ އަހަރެންނަށް ނިދުނުއިރުވެސް މެސެޖްގެ ޖަވާބެއް ނުލިބެއެވެ.

ހެނދުނު ހޭލެވުނު އިރު އަޒާން އަހަރެންގެ މެސެޖްގެ ޖަވާބު ފޮނުވައިފައި އޮތެވެ. ވަރަށް ހިތްހަމަޖެހިފައި ހުރެގެން އަހަރެން ތައްޔާރުވެލައިގެން ބޭރަށް ނިކުތްއިރު އަހަރެންގެ ތިމާގެ ގިނަ ބަޔަކު ގެއަށް އައިސް އުޅެއެވެ. އަހަރެން ފެނުމުން ކޮންމެ މީހަކުވެސް މަރުހަބާ ކިޔައެވެ. އުފަލުން އަހަރެން ހުންނަނީ ހުރިހާ ދަތެއް ފެންނަ ވަރަށް ހެވިފައެވެ. އަހަރެންގެ ކައިވެނި ކުރެވެން އުޅޭކަން ހަނދާންވާ ކޮންމެ ފަހަރަކު ބަނޑުގައި ކޮކާ އުދުހެން ފަށައެވެ. އަހަރެން އުޅޭގޮތް ފެނި މަންމަވެސް ހުންނަނީ ހީނލަ ހީނލައެވެ. ބޭބެ ހުރިނަމަ ބޭބެވެސް އަހަރެންނަށްޓަކައި ވަރަށް އުފާވާނެ ކަން އެނގެއެވެ.

މެންދުރު ފަސްވިއިރު އަޒާންގެ ގެއިން ނޯކަރެއް އަހަރެންގެ ކައިވެނީގެ ހެދުމާއި ގަހަނާތައް ހިފައިގެން އަތުވެއްޖެއެވެ. އަޒާންގެ މަންމަމެންވެސް ފަހުގެ ތައްޔާރީތަކުގެ މަޝްވަރާ ކުރުމަށް ހަވީރުވުމުން އަންނާނެ ވާހަކަ ގުޅާފައި އެންގިއެވެ. އަޒާން އަހަރެންގެ ފޯނަށް ގުޅީ އަހަރެން މަންމަ އާއި އެކު މެހެމާނުންނަށް ކެއްކުމުގައި އުޅެނިކޮށެވެ. މަންމަ ކައިރީ އަޒާން ގުޅަނީ ކަމަށް ބުނެ އަތް ދޮވެލައިގެން ފޯނު ހިފައިގެން ކޮޓަރިއަށް ދިޔައީ ގޭތެރެ އަޑުގަދަ ކަމުންނެވެ. ފޯނު ނަގާފައި އަހަރެން ދެފަހަރަކު ގޮވުމުންވެސް އަޒާން ޖަވާބެއް ނުދިނެވެ. ތިން ވަނަ ފަހަރު ގޮވައިލަން ތައްޔާރުވީތަނާ އަޒާން އަހަރެންނަށް ގޮވާލިއެވެ. “ނައީ….. އަހަރެން ނައީ ދެކެ ވަރަށް ލޯބިވޭ. ވަރަށް ބޮޑަށް ލޯބިވޭ.” އަޒާންގެ ވާހަކަ އަހާފައި އަހަރެންގެ ބޮލުން ފެށިގެން ފަޔަށް ފިނިވެގެން ދިޔައެވެ. އަހަރެން ހަނދާންވީ ބޭބެ އެންމެ ފަހުން އަހަރެން ކައިރީގައި ދެއްކި ވާހަކައެވެ. ހިފެހެއްޓުމެއްނެތި އަހަރެންގެ ލޮލުން ކަރުނަ ފައިބައިގަތެވެ. ވާހަކަ ދައްކަން އުޅެ އަޑެއް ނުނިކުތެވެ. މިއީ އެހާ ބޮޑުކަމެއް ނޫންކަމަށް އަމިއްލަ ނަފްސަށް ވިސްނައިދީ ހަމައަކަށް އެޅެން މަސައްކަތްކުރަމުން އަހަރެން މަޑުމަޑުން އަޒާން އަށް ގޮވައިލީމެވެ. ނަމަވެސް އޭރު އަޒާން ފޯނު ބާއްވައިފިއެވެ. ދެން ލިބުނީ ވަރަށް މުހިންމު ކަމެއްގައި ބިޒީވީ ކަމަށްބުނެ އޭނާ ކުރި މެސެޖެކެވެ. އޭނާގެ އެއަމަލުން އަނެއްކާވެސް އަހަރެންގެ ސިކުނޑި ވަށައިލީ ނުބައި ޚިޔާލުތަކުންނެވެ. އަޒާން އަހަރެންދެކެ ލޯބިވާ ވާހަކަ ބުނުމަކީ ރަނގަޅު ކަމެއްކަމަށް ހިތަށް ވިސްނައިދެން މަސައްކަތް ކުރަމުން އަހަރެން އަވަސްވެގަތީ ނަމާދު ކުރުމަށެވެ. އެންމެ ފަސޭހައިން ނުބައި ޚިޔާލުތަކުން ދުރުވެވޭނެ ގޮތަކީ އެއީ ކަމަށްވާތީއެވެ.

ނަމާދުކޮށް ނިމި ގުރުއާން ކިޔަވަން ފެށިތަނާ މީހަކުގެ ފިޔަވަޅުގެ އަޑު އިވުނެވެ. އަޑު އައި ގޮތުން ދުވަނީކަން އެނގެއެވެ. ދެން އިވުނީ ކޮޓަރީގެ ދޮރު ހުޅުވިއަޑެވެ. ކިޔެވުން ހުއްޓާލަމުން ފަހަތް ބަލައިލިއިރު ދޮރުމަތީގައި ހުރީ މަންމައެވެ. މަންމަ އެހާ ހާސްވެފައި ހުއްޓާ ފެނުމުން އަހަރެންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އަހަރެން އެނބުރި ބަލައިލިތަނުން އެދެލޯ ކަރުނުން ފުރެމުން ދިޔަ މަންޒަރު ފެނި ތެދުވެގެން މަންމަގެ ކައިރިއަށް ދެވުނު ގޮތެއްވެސް އަހަރެންނަށް ނޭނގުނެވެ. މަންމަގެ އަތުގައި ހިފަމުން ކިހިނެއްވީތޯ ސުވާލުކުރަން އަނގަ ހުޅުވާލިތަނުން ފަހަތުން ބޮޑުދައިތަވެސް ދުވެފައި އަންނަ މަންޒަރުފެނި ވާނުވާ ނޭނގި ހުރެވެސް އަހަރެންނަށް ރޯންފެށުނެވެ. ވެގެން އުޅެނީ ކުޑަ ކަމެއްނޫންކަން އަހަރެންގެ ސިކުނޑިން ވިސްނައިދެމުން ދިޔައެވެ. ބޮޑުދައިތަ އަހަރެމެން ދެމައިން ގޮވައިގެން އެތެރެއަށް ވަދެ އެނދުގައި އަހަރެން ބޭންދިއެވެ. މަންމަގެ ބުރަކަށީގައި ފިރުމަމުން ހިތްވަރު ކުރުމަށް ނަސޭހަތްދެމުން ބޮޑުދައިތަ ކޮޓަރީގެ ދޮރު ލެއްޕީ ބޭރުގައި ހުރި ކޮންމެވެސް މީހަކަށް އިތުރު މީހަކު އެތަނަށް ވަނަނުދިނުމަށް އިރުޝާދު ދީފައެވެ. އޭރުވެސް ވެގެން އުޅޭ ގޮތެއް އެތަނުން އެކަކުވެސް ނުބުނެއެވެ. ލިބިދާނެ ޖަވާބަކަށް ބިރުން އަހަރެން އިނީ އެސުވާލު ކުރަން ނުކެރިފައެވެ.

މަންމަ އިރުކޮޅަކު ބޮޑުދައިތަ ކައިރީގައި ހުރުމަށްފަހު މަޑުމަޑުން އައިސް އަހަރެންގެ ކުރިމަތީގައި އިށީންނެވެ. އަހަރެންގެ މޫނުގައި ދެފަރާތުގައި ހިފަހައްޓަމުން ރޯންފެށިގޮތުން އަހަރެންގެ ހިތް ކުދިކުދިވިއެވެ. “ވަސީމާ. އަހަރެންގެ މިދަރިފުޅު ކޮން ކުށެއްތަ ކުރީ؟ ކާކަށްތަ މީނަ ދެރައެއް ދިނީ؟” ބޮޑުދައިތައާއި މުޚާތަބުކޮށް މަންމަ ވާހަކަ ދެއްކިއިރު މިކަހަލަ ކަންތައްތަކުން އަހަރެންނަށް ކުރާނެ އަސަރު މަންމަ ހަނދާންވެސް ނެތް ކަހަލައެވެ. ވިސްނަން ޖެހޭފަދަ ކަންތައްތަކުން ވީވަރަކުން އަހަރެން ދުރުކުރަން ޑޮކްޓަރު އަންގާފައިވާކަންވެސް މަންމަ ހަނދާން ނެތީއެވެ. އެއްޗެއް ނުބުނެ އިން ނަމަވެސް އަހަރެންގެ ހިތާއި ސިކުނޑީގައި ތަފާތު ނުބައި ޚިޔާލުތައް އެނބުރެމުން ދިޔައެވެ. މަންމައާއި ސުވާލެއް ކުރާނެ ހިތްވަރެއް ނެތިފައި މަންމައަށާއި ބޮޑުދައިތައަށް ބަލަހައްޓައިގެން އަހަރެން އެތައް އިރަކު އިނީމެވެ. ވަރަށް ހިތްވަރުކޮށްފައި ވާހަކަ ދެއްކިއިރު އަހަރެންގެ އަޑު ނިކުތީ ކިރިޔާއެވެ. “އަޒާންއަށް ކަމެއްވީތަ؟” ލަސްލަހުން އަހަރެން އެހެން ބުނިއިރަށް މަންމަގެ މޫނަށް ވީގޮތް ފެނި އަހަރެންނަށް ނޭވާ ހިފަހައްޓާލެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shafag

Level 110 Stories

Other Articles

Previous

ހިތި ހަނދާން 5

Next

ޒަވާ – 3

Next
April 13, 2019

ޒަވާ – 3

Previews
April 13, 2019

ހިތި ހަނދާން 5

8 Comments!

  1. ainth says:
    April 13, 2019 at 10:54 pm

    me dhw first

  2. ainth says:
    April 13, 2019 at 10:56 pm

    alhe next part avahah genesh dhecheyy… v v v salhi mi part vx ❤???????? keep it up dear ☺???

    1. Shafag says:
      April 14, 2019 at 12:32 pm

      Thankyou ainth. Will upload soon In sha Allah.

  3. jiji says:
    April 14, 2019 at 12:44 pm

    Salhi…really emotional nd interesting.. waiting for the next part curiously???❤❤????

    1. Shafag says:
      April 14, 2019 at 4:07 pm

      Thankyou jiji. ❤❤

  4. ... says:
    April 15, 2019 at 7:13 pm

    Ey azaan tha naira ge beybe maraalee

    1. Shafag says:
      April 15, 2019 at 10:37 pm

      Let’s find out in the next episode, shall we? ?

  5. a says:
    April 16, 2019 at 4:56 pm

    Vvvv salhi.very intresting story

Comments are closed.

Next Episodeއިއުތިރާފް (6 ވަނަ ބައި)←


All Right Reserved!