******
“ޑޮކްޓަރ މަލާކް. ނިއު ޕޭޝެންޓްއެއް. ވަރަށް އެހެންކަހަލަ ކޭސްއެއް. ބޯތް ޑްރަގްސް އެންޑް ނަފްސާނީ ގޮތުންވެސް ވަރަށް ބޮޑަށް އަސަރުކޮށްފައި. ޕޭޝެންޓްގެ ބެލެނިވެރިޔާ ބޭނުންވޭ މަލާކްއާ ބައްދަލުކުރަން މިރޭގެ ވަގުތެއްގައި. އަދި އޭނަ ބުނުއްވީ މަލާކްއާ އެކަންޔޯ ޕޭޝެންޓްގެ ފަރުވާކުރުން ހަވާލް ކުރަންވާނީ.” އެސިސްޓެންޓް ލުބާ އައިސް މަލާކްގެ ކެބިންއަށް ވަނުމަށްފަހު ތަފްސީލުތަކެއް ދިނެވެ. “އެމީހާގެ ނޭމް އިނގޭތަ؟” “ވިލާދާ.” މަލާކަށް ހީވީ ފައިދަށުން ބިންގަނޑު ދަމައިގެން ދިޔަހެނެވެ. “ޕޭޝެންޓް އޯ؟ އޭނަ ކޮބާ؟” “ވަކިން ރޫމްއެއްގަ. ވަރަށް ސީރިޔަސް ކޭސްއެއް. މިހާރުވެސް ނިދާ އިންޖެކްޝަންގެ އެހީގަ ނިންދަވާފަ އޮތީ.” “އަހަރެން ބޭނުން ޕޭޝެންޓް ބަލާލަން މިވަގުތު…” ލަސްނުކޮށް މަލާކް ބޭނުންވީ އެއީ ކާކުތޯ ބަލާށެވެ. އޭނާ ދަންނަ ހުންނަނީ އެންމެ ވިލާދާ އެކެވެ. އެމީހަކަށް އޭނާގެ ގޮތް އިނގޭނެވެސް ހުންނާނީ އެންމެ ވިލާދާއެކެވެ. އަނެއްކާ ޕޭޝެންޓަކީ ކާކުބާއެވެ؟ މަލާކްގެ ހިތް ހީވަނީ މޭފަޅާލާފައި ނުކުންނަން އުޅޭހެންނެވެ.
ފިންގަރޕްރިންޓް ޖަހާލުމާއެކު ދޮރު ހުޅުވިގެން ދިޔައެވެ. އެނދުގައި އޮތީ ޒުވާން ފިރިހެނެކެވެ. އަނެއްފަރާތަށް އެނބުރިގެން އޮތުމުން އޭނާގެ މޫނެއް ނުފެނެއެވެ. ބޮލުގެ އިސްތަށިގަނޑުގެ ކުލަ ދިވެހިންނާ ކުޑަކޮށްތަފާތެވެ. މަލާކްގެ މޭގައި ކުޑަކޮށް ރިއްސާލިއެވެ. މަޑު ހިނގުމެއްގާ މަލާކް ގޮސް ޒުވާނާގެ މޫނު ފެންނަ ހިސާބުގައި ހުއްޓިލިއެވެ.
މަލާކްގެ ހިތުގެ ހިނގުން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހުއްޓުނެވެ. ހީވީ މެޔަށް ހޫނު ފެންއެއްޗެއް އޮއްސާލިހެންނެވެ. ހިތުގައި ބާރަކަށް މީހަކު ވިކާލިހެންނެވެ. “އަލޫކް..!!!؟؟!!!” މަލާކްގެ ދުލުން އަލޫކްގެ ނަން ކިޔާލެވުނެވެ. އޭނާއަށް ހުރީ ޤަބޫލުކުރަން ދަތިވެފައެވެ.
ކުއްލިއަކަށް އެޒުވާނާ ދެލޯ ހުޅުވާލިއެވެ. އެދެލޮލުގައިވަނީ ނޭނގޭ ރިހުމެކެވެ. ތަދުމަޑުކަމެކެވެ. މަލާކްގެ ދެލޮލަށް ކަރުނަތައް ޖަމާވާންފެށިއެވެ
**********************************************************
އިރުކޮޅަކު މަލާކާ ދިމާލަށް ބަލަން އޮތުމަށްފަހު އަލޫކް ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. ކޮންމެފަހަރަކުވެސް އެއްޗެއް ބުނަން އުޅެފައި އޭނާ ދެލޯ މަރާލައެވެ. ހީވަނީ ކަމެއް ހަނދާން ކުރަން އުޅޭހެނެވެ.
“އޭނާ މަރުވެއްޖެ.” އަލޫކް އެންމެ ފަހުން ބުނެލީ އެހެންނެވެ. “ކާކު؟” މަލާކްގެ އަޑުގައި ތުރުތުރުލުމެއް އެކުލެވެއެވެ. “އޭނާ…” “އޭ..ނާ…..އޭނާ…އޭނާ މަރުވެއްޖެ.” އަލޫކްގެ ދެލޮލުން ކަރުނަ އޮހެންފެށިތަން ބަލަން މަލާކަކަށް ނުހުރެވުނެވެ. އަނގަމަތީގައި ދެއަތް އަޅާލުމަށްފަހު އެނބުރި މަލާކަށް ދޮރާ ދިމާލަށް ދުއްވައިގަނެވުނެވެ. ނިދާ އިންޖެކްޝަންގެ އެހީގައި ލުބާ، އަލޫކް ނިންދަވާލުމަށްފަހު ބޭރަށް ނުކުމެވުނު އިރު މަލާކް ހުރީ ފާރުގައި ލެނގިގެން އިސްޖަހައިގެންނެވެ.
ލުބާ އައިސް މަލާކް ކުރި މައްޗަށް އެރުމާއެކު ނޭފަތް އެތެރެއަށް ދަމާލުމަށް ފަހު އިސްއުފުލާލިއެވެ. “ލުބާ،،އެއްވެސް މީހެއް ގާތުގައި ނުބުނާތި ދެންމެވީ ކަންތައް. އަހަންނަށް އިނގޭ ލުބާގެ ވަރަށް ގިނަ ސުވާލުތަކެއް ހުންނާނެކަން، އެކަމު އެވާހަކަތައް ކިޔައިދޭނެހާ ހިތްވަރެއް މިގަޑިއަކު އަހަރެންގެ ނެތް. އަހަރެން ބޭނުން އަލޫކްގެ ގާރޑިޔަންއާއެކީ މިރޭ ކޮންމެސް ރެސްޓޯރެންޓް އަކުން ރިޒަރވޭޝަނެއް. މީހުން މަދުން ގޮސް އުޅޭ ތަނެއް. ވަރަށް ހަމޖެހިގެން ނޫނޫ އެވާހަކައެއް ނުދެއްކޭނެ.”
އެންމެ މަދުން މީހުންގޮސް އުޅޭ “ލީފް” ރެސްޓޯރެންޓްގެ ވީ.އައި.ޕީ މޭޒެއްގެ ދޮށުގައި މަލާކް އިށީދެގެން އިނީ އިރުކޮޅުކޮޅާ ފޯނުން ގަޑި ބަލާލަ ބަލާލާއެވެ. ޑިއުޓީ ނިންމި ގޮތަށް އޭނާ އެއައީ އެނޫން އެހެން ކަމެއްގެ ވިސްނުން އޭނާގެ ބޮލުގައި އެވަގުތު ނެތީމަކަން ކަށަވަރެވެ. ދޮރުން ވަދެގެންއައި ވިލާދާ ފެނުމުން މަލާކް ގޮނޑިން ތެދުވެވުނީ އިޚްތިޔާރަކާ ނުލައެވެ.
“މަލާކް…ޕްލީޒް ހެލްޕް އަލޫކް.” އެތައް އިރަކަށް ދެމިގެންދިޔަ ހަމަހިމޭންކަމަށް ނިމުމެއް އައީ ވިލާދާގެ އާދޭހާއެކުގައެވެ. “އައި ވިލް. އެކަމު އަހަންނަކަށް އެއްވެސް އެއްޗެއް ނޭނގެ. އަހަންނަކަށް ނޭނގެ ވިލާދާއަކީ އޭނާގެ ކާކުކަމެއްވެސް،، ވިލާދާއާ އަލޫކްއާ އޮތް ގުޅުމެއްވެސް…. އަލޫކް…____” “އަލޫކް ނުކިޔައިދޭދޯ.. އައި ޑޯންޓް ބްލޭމް ހިމް.. އިޓްސް ނޮޓް އެނީބަޑީސް ފޭވެރިޓް ސްޓޯރީ ޓު ޓޯކް އަބައުޓް…” ވިލާދާގެ އެވާހަކައާއެކު މަލާކް އިތުރަށް ސުވާލުމާކު ޖެހުނެވެ. “މާނައަކީ؟”
“ލިސެން މަލާކް. އަހަންނަށް އިނގޭ އަލޫކް މަލާކަށް މިވާހަކަތައް ކިޔައިދޭން ކިތަންމެ ބޭނުންވާނެކަންވެސް. އެކަމު އެއީ އެކަކަށްވެސް ދައްކަން ފަސޭހަ ވާހަކަތަކެއް ނޫން.. އަލޫކް އެވާހަކަތައް މަލާކްއަށް ކިޔައިނުދީ ހުރީ ކޮންމެވެސް ސަބަބަބެއް އޮތީމަހެން ހީވަނީ. އަލޫކް ނުރުހޭނެކަމެއް ކުރާކަށް އަހަރެންވެސް ބޭނުމެއްނޫން. ދަ އިމްޕޯރޓެންޓް ތިންގް އިޒް މަލާކް، ހީ ލަވްޑް ޔޫ. ހީ “ލަވްސް” ޔޫ، ޓްރޫލީ… އޭނައަށް އެހާވަރުވެފަ އެހުރީވެސް ގައިމު ލޯބިވާތީއެއްނު..” “ވެލް…ކޮންސިޑެރިންގް ދަ ފެކްޓް އައި ޑޯންޓް ނޯ ޔޫ އޯރ ހޫ ޔޫއާރ ޓު ހިމް، އެންޑް ދަ ފެކްޓް ހީ ކެޕްޓް ސީކްރެޓްސް ފްރޮމް މީ، ވައި ޝުޑް އައި ބިލީވް ޔޫ؟!” ” އަހަރެން ދައްކާ ވާހަކަ ޤަބޫލުކުރުމާ ނުކުރުން އެއީ މަލާކްގެ ކަމެއް. މަލާކް…ހީ ތިންކްސް ޔޫ އާރ ޑެޑް… ޔޫ ނީޑް ޓު ޓްރީޓް ހިމް…” ވިލާދާ އާދޭހާއެކު އެދުނެވެ. “އަހަރެން މަލާކަށް މަޖުބޫރެއް ނުކުރާނަން. އެކަމު މަލާކް، ހީ އިޒް ގޮއިން ތްރޫ ސެވިޔަރ ކޭސެސް…ޑްރަގްސް އެން އޯލް. އަހަރެންނަށް އެނގޭހާވެސް އެއްޗަކީ މަލާކްގެ ލޯބިލިބިގެން ނޫނީ އޭނާ ރަނގަޅެއް ނުވާނެކަން…” “އެކްސް ކިއުޒް މީ، އައި ހޭވް ޓު ގޯ، އާރޖެންޓް ކަމެއް..ސޮރީ…” މަލާކް ދޮރު ލެއްޕުމުގެކުރިން ވިލާދާ ބުންޏެވެ. “ޕްލީޒް ތިންކް އަބައުޓް އިޓް މަލާކް…”
ރެސްޓޯރުން ނުކުތް މަލާކްގެ މިސްރާބު ހުރީ ރަށުގެ ސިމެންޓި ޖެޓިއާ ދިމާލަށެވެ. ޖެޓީއަށް އެރިއިރު މުޅި އެހިސާބުގައިވެސް އެކަކުވެސް ނެތެވެ. މަލާކް ގޮސް ޖެޓީ ކޮޅުގައި އިށީނުމަށްފަހު މޫދާ ދިމާލަށް ނަޒަރު ހިންގާލިއެވެ. ވިލާދާ އެދެއްކީ ތެދު ވާހަކަތަކެއް ހެއްޔެވެ؟ އޭނާ އޭރުވެސް އަލޫކަށް އެހާ ލޯބި ދިނެވެ. ދެން އެހެންވީރު އަލޫކްގެ އެކަންތައް ރަނގަޅު ނުވީ ކީއްވެގެން ހެއްޔެވެ؟ އަލޫކް އެންމެ ފުރަތަމަ އެކަން ކުރަން ފެށުނު ގޮތަކީ ކޮބާހެއްޔެވެ؟ ވިލާދާއަކީ އަލޫކްގެ ކާކުބާއެވެ؟
އެކަނި އިނދެ ވިސްނާ ވިސްނާ ބޯގޮވަން ފެށުމުން މަލާކް ފޯނުނަގާ ކޮންޓެކްޓްސް ހުޅުވާލިއެވެ. ނުހާގެ ނަންބަރަށް ގުޅަން އުޅެފައި އޭނާގެ ޚިޔާލު ބަދަލުވިއެވެ. ޒާހިލްގެ ނަންބަރަށް ގުޅުމަށްފަހު ޖެޓީދޮށަށް ޖައްސާލުމަށް ބުންޏެވެ.
ޒާހިލް ޖެޓީ ކައިރީގައި ސައިކަލު ޕާރކް ކޮށްލުމަށްފަހު ފިރިހެން ވަންތަ ހިނގުމެއްގައި ޖެޓީއަށް އަރައިގެން އަންނަން ފެށިއެވެ. ޖެޓީ ކޮޅުގައި އިން މަލާކް ފެނުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމަށް ޒާހިލްގެ ހަވަނަ ހިއްސު ބުނަމުން ގެންދިޔައެވެ.
މަލާކްއާ ޖެހިގެން އިށީނދެލުމަށްފަހު ޒާހިލް މަލާކްއާ ދިމާލަށް ބަލާލިއެވެ. މަލާކް އިސް އުފުލާލިއިރު ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފެނުމުން ޒާހިލްގެ ހިތުގައި ހީވީ މީހަކު ވިކައިގަތް ހެންނެވެ. “ހޭ،،ވަޓްސް ރޯންގް؟” މަލާކްއަށް ގިސްލެވެން ފެށުނެވެ. ޒާހިލްގެ ހިތްހީވީ މަޑު ފުށްކޮޅަކަށްވެގެން ވިރިގެންދިޔަހެންނެވެ. “މަލާ..ހޭ، ؟” މަލާކްގެ ދަތްދޮޅީގައި ހިފާ މައްޗަށް އުފުލާލުމަށްފަހު ޒާހިލްގެ ދެއަތުން މަލާކްގެ ކަރުނަތައް ފުހެލަދިނެވެ. “މަލާ،، އިޓްސް އޯކޭ.. ޔޫ ކޭން ޝެއަރ މީ އެނީތިންގް.. މީހަކު އެއްޗެކޭ ބުނީތަ؟ މަލާ؟” “އަ..ލޫކް..” މަލާކްއަށް ކިޔާލެވުނީ އަލޫކްގެ ނަމެވެ. އެޔާއެކު އަނެއްކާވެސް މަލާކްގެ ބަޑި ފަޅައިގެން ދިޔައެވެ. ޒާހިލްގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ އޭނާ ރޮމުންދިޔައެވެ. ޒާހިލްގެ ބާރުގަދަ ދެއަތުގެ ހިމާޔަތް މަލާކަށް ލިބިގެން ދިޔައެވެ.
ޒާހިލްގެ މޫނުމަތީގައިވަނީ ނުތަނަވަސްކަމެކެވެ. އަލޫކް އަނެއްކާ މަލާކަށް ކީއްކުރީ ހެއްޔެވެ؟ މަލާކް ރޯން ޖެހުނީ އަލޫކްގެ ސަބަބުން ހެއްޔެވެ؟ އަލޫކް އަނެއްކާ ކީކޭ ބުނީބާއެވެ؟ މަލާކްގެ ލޮލުން އޮހޮރެމުން ދިޔަ ކޮންމެ ކަރުނައަކަށް އަލޫކް ޖެހޭނީ ‘ސަފަރ’ ކުރަންށެވެ.
އިންސާނާގެ ޚިޔާލަކީ ހާދަ ތަފާތު އެއްޗެކެވެ. މީހަކަށް ބުނެލެވޭ އެންމެ ބަހަކުންވެސް އެތައް ގިނަ “ޕޮސިބިލިޓީ”ތަކެއް އެޚިޔާލުގައި ރޭވި އެމުނި އެތުރިގެން ދެއެވެ.
“މަލާކް…ޕްލީޒް ޓެލް މީ، ވަޓްސް ގޮއިން އޮން..” މަލާކް ވަރަށް ހިތްވަރުކޮށްފައި އަނގަ ހުޅުވާލިއެވެ. “ހީ ތިންކްސް އައިއެމް ޑެޑް.!!!” އެއާއެކު މަލާކް ޒާހިލްގެ މޫނުގައި މޭ ފޮރުވާލިއެވެ. ޒާހިލްގެ މޫނުގައި ވަނީ އެތައް ބައިވަރު ސުވާލުމާކުތަކެވެ. އެކަމު އެވަގުތު އިތުރަށް ސުވާލުކުރަން ނުހަދާ މަލާކް ހިތް ފުރެންދެން ރޯލަން ފުރުސަތުތދިނެވެ. ވާހަކަ ދައްކަން ފަސޭހަވާނީ އޭރުން ކަމަށް ވާތީއެވެ.
- ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.




Assalaam alaikum all. Vraha dhuvas vejje dho Zel ah vaahaka up nukureveythaa, sorry ingey, and ehaa dhuvas fahunn up kuraa iru mi bai varahves kurukann Zel amilla ah ves qabool kuran. Inshaallah 23rd vana bai v dhigu kolleveythoa mi masahkkai kurany. Lemme know what you guys think. Zelge faithful readers and supporters ah varah varah bodah thankyou. In Shaa Allah i won’t give up writing the story, but it might take some time, sorry for that. I love all my readers, hurihaa kudhinnahves varah varah baajjaveri dhuvahakah edhenn. Love you all.
Varah Reethi Ekam Maa bodahves lasvaathee dheravey
Heii mii jiji nge..BTW I knw sis bunymehnu v v bxy ey..iss okk..Masha allah v v salhi mi part vec???..heevany hama flim eh balailevey hn..Alhe u knw?..furathama I site ah vadhefa thiri ah kahaali thanaa sis ge story fenunyma happy nd shocked vefa hury..hehe..next part avahah up kurahche???..Curiously waiting for the next..
Bundles of luv frm me darla
Hey this story is vvv nice nxt part up kohlaanee konirakun??
Sis whn up kurany???can’t wait ??avas kohba bxy nuuniyyaaa
Zell when up kurany??
Waiting 4 the next part ??
???
Kobaa dhw up kuran buni kuhjaa Adhivess up nukuregeytha Mihaaru kithah month vehje??Varah foohi igey lahun up kuraathy Mihaaru kiyaa hih vess kedeny vihyaa dhen vahah up kuran vehjehnu ???????