”ދަރިފުޅާ.. އަނެއްކާ މިރޭވެސް… ބަލާބަލަ ގަޑި… ” ލުޔޫނާގެ ބައްޕަ ލާނިޝް ބުނެލިއެވެ.”ކީއްތަ.. ލާނިޝް އެމައްޖެ ވެސް މިހާރު އެހަރީ ބޮޑުވެފަ… ލާނިޝްއަކަށް ނޫން އިނގޭނީ އެމައްޖެ އުޅޭނެ ގޮތެއް…. ދަރިފުޅާ ލުޔޫ ދޭ… ބައްޕަ ކިޔާނެ އެކަހަލަ އެއްޗެހި….” ލުޔޫނާގެ މަންމަ ލަމްޔާ ބުނެލިއެވެ. އެހެންް ބުނުމުން ލުޔޫން ބޭރަށް ނިކު މެގެން ދިޔައެވެ. ވަކި ހިސާބަކަށް ގޮސް އެތާ ހުރި ފަޅު ގެއަކަށް ލުޔޫންވަދެވެ. ރޭގަނޑު ވަގުތު ކަމުން އެތާ އެެތެރެއަށް ެއަލި ވާވަރެށް […]
މި ޚިޔާލުތައް އައިސް އޭނާގެ ސިކުނޑި ވަށާލުމުން ލުބްނާއަށް ދުއްވައިގަނެވުނީ އިޝްރާ ހުރި ބެކްސްޓޭޖާއި ދިމާލަށެވެ. 5 މިނިޓް ތެރޭގައި އަންނާނަން ކަމަށް ބުނެފައި ލިބާން ދިޔަފަހުން މިހާރު 5 މިނިޓް ވެފަަިވާތީ، ލިބާން މިހާރު ހުންނާނީ އިޝްރާގެ ގާތުގައިކަން އޭނާއަށް ޔަގީންވެއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ވިސްނުން ކުއްލިއަކަށް ބަދަލުވީ ދެން އޮތީ އިޝްރާގެ ފުރަތަމަ ހުށަހެޅުންކަން ހަނދާންވެފައެވެ. އެއްވެސް ހާލެއްގައި އެ ހުށަހެޅުން ކުޑަތަންކޮޅެއް ވެސް ލަސްވާކަށް ލުބްނާ ބޭނުމެއް ނޫނެވެ. އެހެންކަމުން […]
އޭރު އަހަރެންގެ އުމުރުން އެންމެ 17 އަހަރެވެ. ޒަވާޖީ ޙަޔާތަކަށް އެންމެ ފުރަތަމަ ފައިތިލަ ބީއްސާލީ އަހަރެންގެ މި ޒުވާން އުމުރުގައެވެ. ލިބުނު ހިތްދަތި ކެކުޅުންތައް ހަނދުމަނެތިކޮށް ދެކެފަރިތަ ވެފައި ނުވާ މީހަކާ އަހަރެން ކައިވެނިކުރީމެވެ. ޙަޔާތުގައި އަހަރެން ލޯބިވީ މީހުން ނުލިބުނީއެވެ. އެއީއަހަރެންގެ ސިފަ ހުތުރު ވެގެންނެއް ނޫނެވެ. އަދި އަހަރެންގެ ހަށިގަނޑުގައި އައިބެއް ހުރެގެންނެއްވެސް ނޫނެވެ. އަހަރެންގެ ބަލިޙާލަތު ހުރި ގޮތުން ފިރިހެން ކުދިންގެ މައިންބަފައިންނަށް ޚިދުމަތް ނުކޮށްދެވިދާނެތީ އެ މައިންބަފައިން ނުރުހޭތީއެވެ. ލޯބީގެ […]
‘ޝަޔަން ‘ މާހިންއަށް އެނަން ކުރިން އިވުންހެން ހީވިއެވެ. ހަނދާންވޭތޯ އޭނާ އުޅެއުޅެ އެކަމެއް ނުވިއެވެ. ” އެހެންތަ?….އެކަނިތަ ތިއައީ?…” މާހިން ހީކުރީ ގެއްލިގެން އުޅޭ ކުއްޖެއް ކަމަށެވެ. ” ނޫން… ބައްޕަ ދިޔައީ ސައިކަލު ޕާރކު ކުރަން…” ޝަޔަން އިނގިލި ދިއްކޮށްލީ ދުރުގައި ޕާރކު ކުރަން އުޅުން އޭނާގެ ބައްޕަ އަލީއަށެވެ. ” ޝަޔާ ކިޔަސް އޯކޭ ދޯ..ކިތައް އިޔާރސް ތަ?” މާހިން ޝަޔަންގެ ދެއަތުގައި ހިފާލަމުން އަހާލިއެވެ.”ޔެސް….7 އިޔާރސް ޝަޔާ އަށް” ޝަޔަން އަށް […]
ވަށައިގެން ރޯވަމުންއައި އަލިފާންގަނޑާއި ދުރަށް ދުވަމުންދިޔަ ފަސްއަހަރުގެ ފިރިހެން ކުއްޖާގެ ގިސްލުމުގެ އަޑުން ދޭތެރެއަކުން ފަޒާ ހިސޯރުކޮށްލާއިރު އެއަޑު މެދުކެނޑިގެންދަނީ ދުމުގެ ވަހުން އުނދަގޫވެގެން ދޭތެރެއަކުން ކެއްސާލާގޮތުންނެވެ. ދުރަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއިއެކު އެ ކުއްޖާ ފަސްއެނބުރި ބަލާލަނީ ޖެހިލުންވެފައިހުރެއެވެ. އޭނަ ޝިކާރަކުރަން ފަހަތުން އަންނަ ހުޅުގަނޑުން ސަލާމަތްވެވޭނެކަމާއިމެދު ހިތުގައި ބިރުވެރިކަން އުފެދިފައި ހުރެއެވެ. އެ މޫނުމަތިން ފެންނަ ޖެހިލުންވުމާއި ސިހުމާއިއެކު ދޭތެރެއިން ބާރަށް ރޮއެގަންނަނީ އެހީއަކަށް އެދިއެވެ. އެއާއިއެކު ތުންފަތް ހަރަކާތްކުރަމުން މަޑުމަޑުން ކޮންމެވެސް އެއްޗެކޭ […]
ނުހަނު މަސައްކަތުން އަޝްރާއަށް ފޯނުގައި އަތްލެވުނެވެ. ނާއިލް ހުޝިޔާރުކަމާއެކު އަޝްރާގެ އަތުން ފޯނު ދަމައިގަތެވެ. ނާއިލް މާބާރަށް ދަމައިގަތުމުން އަޝްރާ އައިސް ޖެހުނީ ނާއިލްގެ ހަށިގަނޑުގައެެވެ. އެވަގުތު ނާއިލްވެސް ހުރީ އެނދާއި ޖެހިފަކަމުން ދެމީހުން އެކުގައި އެނދު މައްޗަށް ވެއްޓުނެވެ. ހިނދުކޮޅަކަށް ދެމީހުންގެ ހަރަކާތްތަކަށް މަޑުޖެހުމެެއްއައެވެ. ދެމީހުންގެ ހޫނު ނޭވާ އެކަކު އަނެކަކަށް އިހުސާސްކުރެވެމުން ދިޔައިރު ދެޒުވާނުންގެ ހަތަރު ކަޅި ބައްދަލުވެފައިވުމުން ދެހިތުގައިވެސް ދިޔައީ ތަފާތު ޖަޒުބާތުތަކެއް އުތުރި އަރަމުންނެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމިއްލަ ނަފްސުގެ […]
“ރާއިޝް. އަހަރެން މިގުޅީ ކަމަކު ކިޔަންވެގެން. މިކަންތައް ކޮށްދެވޭނެ ހަމައެކަނި މީހަކީތިއީ.” މަޑުމަޑުން އަހަރެން ވާހަކަ ދެއްކީމެވެ. ************** ގޮނޑީގައި އިށީނދެ އިންއިރު ހާސްވެގެން ދެއަތްދެއަތާއި މޮޑެމުން ދިޔައިރު ހިތްހީވަނީ މޭފަޅާފައި ނިކުންނަން އުޅޭހެންނެވެ. ކުރިމަތީގައި ހުރި މޭޒަށް ނަޒަރު ހުއްޓާލައިގެން އެހެން އިންއިރު މިތަނަށް އަންނަން އަހަރެންނަށް ހިތްވަރު ލިބުނީ ކިހިނަކުންތޯ އަމިއްލަ ނަފްސާ އެތައް ފަހަރަކު ސުވާލު ކުރެވުނެވެ. އިރުކޮޅަކުން ދޮރެއް ހުޅުވުނު އަޑު އިވުނެވެ. “ނައިރާ.” އެއަޑެއް އަހަން އަހަރެންގެ ހިތް ކެތްމަދުވެފައިވާ […]
އިރުކޮޅަކުން އަންހެން ޑޮކްޓަރެއް އެކޮޓަރީގެ ދޮރު ހުޅުވާފައިި ނިކުތެވެ. ” ޒޯ .. އަށް ކިނެއްވީ … ޒޯ ރަނގަޅުތަ …. ” ރީނާ އަވަސް އަވަހަށް ޑޮކްޓަރ ކައިރިއަށް ގޮސް އަހާލިއެވެ. އެވަގުތު ޑޮކްޓަރު ދިން ހަބަރަކުން މުޅި ދުނިޔެ އެނބުރި ގަންހެން ފާޒިޔާއަށް ހީވިއެވެ. ރީނާ ހުރީ ޑޮކުޓަރ ދެންމެ ބުނި ބަސް ގަބޫލު ކުރަން ދަތިވެފައެވެ. ” ޒޯ … ބަނޑު ބޮޑޭ … އެހެން ކީއްވެ ވާންވީ …. ” ރީނާ […]
އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމުން ފައުޒިއްޔާއަކީ ހިތްހެޔޮ މީހެއްކަން އެނގުނެވެ. އަހަރެމެންގެ ގުޅުން ބަދަހިވެގެން ދިޔައީ ހީވެސް ނުކުރާހައި ފަސޭހައިންނެވެ. މިކަން ވެގެން ދިޔައީ ބޭކާރު ޚިޔާލުތަކާއި އަހަރެން ދުރުކޮށްދިން ކަމަކަށެވެ. ފުރަތަމަ ފަހަރަށް ސައީދުއާއި ކައިވެނި ކުރުމަކީ އަހަރެންނަށް ކުރެވުނު ރަނގަޅު ކަމެއްކަމަށް އިހުސާސްވީ އެވަގުތުއެވެ. ދެމައިންގެ މަސައްކަތުން ހެނދުނުގެ ސައި ތައްޔާރުކޮށް ނިމުނުތަނުން އެގޭ އެހެން މީހުން ކާންއައެވެ. އެއީ އެއާއިލާ އެއްކޮށް އަހަރެން ދެކުނު ފުރަތަމަ ފަހަރެވެ. އެމީހުން ކަންތައް ކުރާގޮތުން އަހަރެން ހުރީ […]