އަލޫކް ގެ އަތުގައި ހިފައިގެން ހުރި ކިއާރާ ފެނި ސަނާ ގެ ހިތުގައި ރިއްސާލިއެވެ.ކިއާރާ އެހުރި މަގާމުގައި އޭނަ އަށް ހުރެވޭނެނަމައޭ ހިތަށް އެރިއެވެ.
“ހާއި މީޓް މައި ގާލް ކިއާރާ”އަލޫކް އެހެން ބުނެލީ ޔުއާން މެން ގާތު މަޑުކުރަމުންނެވެ.އެވަގުތު ސަނާއަށް އަލޫކްއަށް ބަލާލެވުނުއިރު ޔުއާންއަށް ބަލާލެވުނީ ކިއާރާއަށެވެ.ކިއާރާ އޭނައަށް ބަލަހަށްޓައިގެން ހުރުމުން ޔުއާން އަވަސް އަވަހަށް ދުރަށް ބެލިއެވެ.
އެވަގުތު އަލޫކް އެބައަންނަށް ކަމަށް ބުނެ އެތެރެއަށް ދިއުމުން ސަނާ ވެސް އަލޫކްގެ ފަހަތުން އެތެރެއަށް ވަނެވެ.
“ލޫކް އެއީ ހަމައަސްލުވެސް ލޫކް ގެ ގާލްފުރެންޑް ތަ؟”ކުރިއަށް ހިނގަހިނގާ ހުރި އަލޫކް ގެ ފިޔަވަޅުތަށް ހުއްޓުނީ ސަނާގެ އަޑަށެވެ.”ޔެސް އެއީ އަހަރެން ގެ ގާލް ފުރެންޑް ކީއްކުރަން އަހަރެން އެހެން މީހެއްގެ ގާލް ގެނެސް އެއީ އަހަރެންގެ ގާލް އޭ ބުނަންވީ”އަލޫކް ސަނާއާ ދިމާއަށް އެބުރެމުން ބުނެލިއެވެ.
“ހާ އެހެންވި އިރު އަހަރެންމީ އަލޫކްގެ ކާކު؟”ފުންނޭވާއެއް ދޫކުރަމުން ސަނާ އަހާލިއެވެ.”ކާކު؟އަމް ސަނާތީ..އަހަރެންގެ ފުރެންޑެއް…ކުޑައިރުގެ” އަލޫކް އެހެން ބުނެލީ އެއްވެސް އަސަރެއް ނެތިއެވެ.
“ސޯ އަހަރެން މީހަކާ ރަށްޓެހި ވިއަސް ލޫކް ގެ މައްސަލައެއް ނެތްތަ؟” ސަނާ އަލޫކަށް ބަލަހައްޓައިގެން ހުރެ އެހިއެވެ.”އާ އަހަންނާ ކޮންކަމެއް ސަނާ މީހަކާ ރަށްޓެހި ވިއަސް ނުވިއަސް”އަލޫކް ސަނާގެ ލޮލަށް ނަޒަރު ހުއްޓާލަމުން ބުނެފައި އޭނަގެ ކޮޓަރިއަށް ވަނެވެ.
“އާން ވަރަށް ދުވަސް ފަހުން ދޯ މި ފެނުނީ ނައިސް ޓް ސީ ޔޫ”ކިއާރާ އެދެ މީހުން ދެމެދު އޮތް ހިމޭން ކަން ނައްތާލަމުން އެހިއެވެ.”ސޯ ނައިސް ޓް ސީޔޫ ޓޫ އޭސް މައި ކަޒިންސް ގާލްފުރެންޑް”ޔުއާން އެހެން ބުނެ އެތެރެއަށް ހިނގައިގަތެވެ.
އެތެރެއަށް ވަން ޔުއާންއަށް އެންމެ ފުރަތަނަވެސް ފެނުނީ ސޯފާ ގައި މޫނުގަ ދެއަތް އަޅައިގެން އިން ސަނާއެވެ.”ސަނާ ކިހިނެތްވީ؟”ޔުއާން ސަނާ ގާތުގަ އިށީންނަމުން އެހިއެވެ.
“އަލޫކް”އެވަގުތު ކޮޓަރިން ނުކުތް އަލޫކް ފެނުމުން ޔުއާން އަށް އަލޫކް އާ ދިމާއެށް ދެވުނެވެ.ނަމަވެސް ޔުއާންގެ ފިޔަވަޅުތަށް ހުއްޓުނީ ސަނާ ޔުއާންގެ އަތުގައި ހިފުމުންނެވެ.
“އަހަރެން ބޭނުމެއް ނޫން ދެން މިހެން އުޅޭކަށް….އާން އާން އަހަރެން އާންގެ ގާލް ގޮތުގަ ގަބޫލުކޮށްފާނަންތަ؟”ސަނާ ޔުއާންގެ ލޮލަށް ނަޒަރު ހުއަޓަމުން އެހިއެވެ.
ސަނާގެ ބަސްތަށް އިވި އަލޫކްއަށް ސަނާއާ ދިމާއަށް ބަލާލެވުނުއިރު އެތެރެއަށް ވަން ކިއާރާގެ ފިޔަވަޅުތަށް ގަޑުވިއެވެ.
“މިވަގުތު އޯކޭ އާންސާއެއް ނުދިނަސް.. އަރަށް ލަސް ވެއްޖެ ދަނީ އެކަނި ގޮސްފާނަން”ސަނާ އެހެން ބުނެ ގެއަށް ދާން ނިކުތެވެ.
“ހިނގާ ދާން”ޔުއާން ކޮޓަރިއަށް ވަނުމުން އަލޫކް ކިއާރާ ގާތު ބުނެ ހިނގައިގަތެވެ.ގެއަށްދިޔަ މަގުމަތީގައި ކިއާރާ އާ އަލޫކް ދެމެދު އެއްވެސް ވާހަކައެއް ނުދެކެވެއެވެ.
ދެމީހުންގެ ހިޔާލުގައި ވެސް ވަނީ ސަނާގެ ޖުމްލައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.



Kiyaafa comment eh kohlaanan ingey..me first dhw
Salhi..ekm maa kury..next part avahah up kohdhehchey nd long kohlahchey??❤
Thanks jiji
Wow.. ??Varah reethi… ??Cover pic was awesome..?? Kim teahyung ❤️? nd jungkook ?❤️iny ma aslu cover pic ehaa reethi vi…???? So best of luck..?? Next part avahah up kohdhey ne kamah ummeedhukuran.. ????????
Thanks so much
I am a big fan of BTS so I put them in the cover pic happy to know you also like it
And next part will upload soon.
Miyaky mi story ge first part tha .?
No dear nuzu
This is the 4th part
V Reethi ekam Haadha kurey
Thanks Azuna
Haada kurey digu kolha deeba plx