ފުރަތަމަ ބަޔާ ގުޅުން ހުރި … ގެޔާ ހަމަޔަށް އާދެވުމުން ނަތާޝާ މަގުގެ ދެފަރާތް ބަލާލިއެވެ . އެއީ މީހަކު ހިލަމެއް ވޭތޯއެވެ . އަދި ގޭ ގޯތި ތެރެ ވެސް ބަލާލިއެވެ . އެއީ ނަތާޝާ ގެ މައިންބަފައިން އުޅޭތޯއެވެ . އެއްވެސް މީހަކު ނޫޅޭކަން ކަށަވަރު ވުމުން ނަތާޝާ ގެޔަށް ވަނެއެވެ 2 ވަނަ ބައި ….. މައި ދޮރުން ވަދެ .. ސިޓިންރޫމް ގެ ދޮރާ ހަމަ ވުމުން ނަތާޝާ ފަހަތުން މީހަކު […]
ހައިޒަލް ނައިނާގެ މޫނަށް ނަޒަރު ހުއްޓައިލައިގެން އޮވެ ދެތިން ފަހަރަކު އެސްފިޔަތަށް ތަޅުވާލިއެވެ. އެއާއިއެކު އޭނާގެ ނަޒަރުހުއްޓުނީ ނައިނާގެ އަތްތިލައާއި ގުޅިފައިވާ އޭނާގެ އަތަށެވެ. ހައިޒަލް މަޑުމަޑުން ނައިނާ އޭނާގެ ގަޔާއި ދިމާލަށް ދަމާލިއިރު އަރިއަޅައިލައިގެން ނައިނާ ވެއްޓުނީ ހައިޒަލްގެ ގައިމައްޗަށް ކަހަލަގޮތަކަށެވެ. ދެޒުވާނުންގެ މޫނު ޖެހޭހާ ކައިރީގައިވީއިރު ހައިޒަލްގެ ހޫނު ނޭވާތަށް ނައިނާގެ މޫނަށް އެޅެންފެށިއެވެ. އެވަގުތު ހައިޒަލްގެ ދެއަތްތިލަ ނައިނާގެ ފަންއިސްތަށިގަނޑު ތެރެއަށް މަހާލަމުން އެދެމެދުގައިވީ ދުރުކަން ކުރިއަށްވުރެ ކުޑަކޮށްލިއެވެ. އެއާއިއެކު ހައިޒަލްކޮށްލި ކަމަކުން […]
” ހޫމް… އޯކޭ… އަހަރެން މިއުޅެނީ ހަމަ ނާއިލްއާ ގާތްވާހިތުން… ހެޕީ… ” އަޝްރާ ދެއަތުގައި ފުށް ހޭކުމަށްފަހު އަވަސް ހަރަކާތަކާއެކު ނާއިލްގެ މޫނުގައި ފިރުމާލަމުން ހުރިހާ ދަތްތައް ފެންނަ ވަރަށް ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ. ހީވެސްނުކޮށް ހުއްޓާ އަޝްރާގެ ފަރާތުން އެފަދަ އަމަލެއް ފެނުމުން ނާއިލް ހުރީ ދެން ގެންނަންވީ ހަރަކާތެއްވެސް ނޭނގިފައެވެ. ނާއިލްއަށް ވީގޮތް ފެނި އަޝްރާގެ ހިނިގަނޑު ފަޅާއިގެން ދިޔައެވެ. ”އަޝްރާ… ” ދެދަތްޕިލަ ޖައްސާ ބާރުކޮށްގެން ހުރެ ހިތްހަމަނުޖެހުން އެކުލެވިފައިވި ރާގެއްގައި […]
ޝައިމަންއަށް ބަލައިލެވުނީ އެ ދެމީހުންނާއި ދިމާ ބަލަހައްޓައިގެން ހުރި ފައިނާއަށެވެ. ޝައިމަން ބަލައިލުމުން ފައިނާ ބޯޖަހާލީ ފަޒީންއަށް އެކަން އެނގިއްޖެޔޭ ބުނުމުގެ ގޮތުންނެވެ. “ދޮންބޭ.. ސޮރީ.. ” ޝައިމަން އިސްޖަހާލަމުން އެހެންބުންޏެވެ. ” އިޓްސް އޯކޭ ޝައިމް.. އެކަމާ ނުވިސްނާ.. ދެން މަންމަ އަށް ފަރުވާދޭން ވީހާވެސް އަވަހަކަށް ބޭރަށް ފުރޭތޯ.. ޑޭޑް ކައިރީ ވެސް ބުނަންޖެހޭނެ..” ފަޒީން ޝައިމަންގެ ބޮލުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ. އެރޭގެ ކެއުމަށް ފަހު ފަޒީންއާއި ޝައިމަންގެ އެދުމުގެ މަތިން ފަތުހީ […]
“އެއީ އަހަރެންގެ ބޭބެ.” އަހަރެން އެހެން ބުނުމާއެކު އަޒާން ސިހިފައި އަހަރެންގެ މޫނަށް ބަލާލިއެވެ. “އަހަރެން ކުރިން މިވާހަކަ ކިޔައިނުދިނީ އަހަރެންގެ އެހާ ހިތްވަރު ނެތީމައި. އެކަމަކު މިހާރު އެއީ އަޒާންއަށް ވެސް އެނގެންޖެހޭނެ ވާހަކައެއް.” އަހަރެން ވާހަކަ ދައްކަމުން އެނދުމަތީގައި އިށީންނީ ފައި ތުރުތުރުލާން ފެށުމުންނެވެ. “އަހަރެންގެ ބޭބެ ދުނިޔެއަކު ނެތް. ފޮޓޯ ފެނުނީމަވެސް އެނގޭނެކަން ނޭނގެ. އޭރު ޓީވީން ވަރަށް ގިނައިން ދައްކާނެ. ބޭބެ މަރާލާފައި އޮއްވާ ފެނުނީ އަހަރެންނަށް. މިގޭ…. މިގޭ ދޮރުމަތީގައި…..” […]
“ޝަލީ ބުނެބަލަ އަހަރެން ކޮށްނުދެނީ ކޮންކަމެއް؟… މިހެން އުޅުމަކީ އަހަންނަށްވެސް ވަކި ފަސޭހަކަމެއް ނޫނޭ… އަހަރެންގެ ހައްްްގަކަށްވާއިރުވެސް އަހަރެން ކެތްކުރާވަރު ޝަލީއަށް އިނގޭނެނަމަ…” މަޔާން ޝަލީންއާއި ދިމާލަށް އެނބުރުނުއިރު އެ ދެލިކޮޅެއްފަަދަ ލޮލުގައިވަނީ ކަރުނައެވެ. ކަރުނައާއި އެކުވެގެން އެ ލޮލުން ފެނި ވޭނުން ޝަލީންގެ ހުރިހާ ހިއްސުތަކެއް ވަކިވެގެންދިޔަހެން ހީވިއެވެ. “އިޒް އިޓް ބިކޯޒް އޮފް ޔުއަރ ޑޭޑް؟” މަޔާން ސުވާލިކޮށްލިއިރު އެ ވަރުގަދަ ބުމަ ގޮށްޖެހިގެން ދިޔައިރު އެ ލޮލުން ރުޅިވެރިކަމުގެ އަސަރުތަށް ފެނިލިއެވެ. ޝަލީންގެ […]
ގަޑިން ދަންވަރު 2 ޖެހީއެވެ. ނަމަވެސް ލިބިފައިވާ ހިތާމައެއްގެ ބޮޑުކަމުން އިފާގެ ލޮލަށް ނިދީގެ ހިލަމެއްވެސް ނުވެއެވެ. ކުޑަ ދުވަސްކޮޅެއް ތެރޭގައި އޭނާއަށް ލޯބިވެވުނު ޝިޔަމް އޭނާއަށް ބޭވަފާ ތެރިވީއެވެ. ޝިޔަމްގެ ބޭނުން ފުދުމުން އިފާ އެއްލާލީއެވެ. އިފާ އަކީ ރާއްޖެތެރޭ ރަށެއްގައި ދިރިއުޅެމުން އަންނަ 21 އަހަރުގެ އަންހެން ކުއްޖެކެވެ. މީގެ މަހެއްހާދުވަސް ކުރިން އޭނާ ވަނީ ޝިޔަމް ނަމަކަށްކިޔާ އުމުރުން 25 އަހަރުގެ ފިރިހެން ކުއްޖަކާ ރައްޓެހިވެފައެވެ. އަދި މިއަދު އިފާގެ ހިތް ކުދިކުދިވެފައި […]
އަޅި ކުލައިގ ދޫެ ސްވެޓް ޕޭންޓްސާއެކު ކަޅު އަތް ދިގު ސުވެޓާއެކެވެ. ހީލްއެއް އެތެރެއަށް ލާފައި އިން ޖިންސު ފޮތީގެ ސްނިކާސްގައި އެ އަންހެން ކުއްޖާގެ ބައްޓަން އެއްގޮތަކަށްވެސް ހާމަވާކަށް ނެތެވެ. ގުދުރަތުން އޭނާއަށް ލިބިފައިވަނީ ދޮންކުަލައިގެ ހަނގަޑެކެވެ. ހިތިފަތު ބުމައަކާއި ބޮޑު ދެލޮލުން ހިމާޔަތް ހޯދާ ނޫކުލައިގެ ކަޅިރަވައެކެވެ. މަޑު ފިޔާތޮށިކުލައަކަށް ދާ ތުންފަތުގެ ފޮނި މީރުކަން އިހްސާސްކޮށްލަން ލިބޭނީ ހަމަގައިމުވެސް ނަސީބުވެރިއަކަށެވެ. އޭނާގެ ފަން އިސްތަށިގަނޑުގައި ހުދުކުލަ ޖައްސާފައިވިޔަސް ބަލާލަން ހުތުރެއް ނޫނެވެ. ޕޭންޓްސްގެ ޖީބަށް އަތް […]
ވާރޭގެ ބޯ ވިލާތަކުން އުޑުމަތި ވަނީ ފުރާލެވިފައެވެ. ހީވަނީ ދެންމެ ދެންމެއަކުހެެން ވާރޭ އޮއްސާލަފާނެހެނެވެ. މާލޭގެ ކާރުބާރު ބޮޑު މަގުތައް ވަނީ ތޮއްޖެހިފައެވެ. ބެލްކަނީގައި އަތް ވިއްދާލައިގެން ޝާމިހު ހުރީ ވާރޭގެ އިންތިޒާރުގައެވެ. އިސާހިތަކު ވާރޭ ވެހިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ވާރޭ ތިކި ތައް އޭނާގެ މޫނުގައި ފިރުމާލަފައި ފޭބީ އޭނާގެ ހުދު ގަމީސް ތެންމަމުންނެވެ. ޝާމިހު ދެލޯ މަރާލީ ލުއި އިހްސާސް އެއް ކުރެވުމުންނެވެ. ވާރޭ އަކީ އޭނާ އެކުވެރިޔާއެވެ. ވާރޭގެ ތެރެއަށް […]