ކަކުލާ ހަމަޔަށް އަރާ މަޑު ނޫކުލައިގެ ހެދުމަކާއި ހުދު ސްކްނީއެއްގައި ހުރިއިރު އޭނާގެ ފަން އިސްތަށިގަނޑު އޮތީ ފަހަތަށް ދޫކޮށްލެވިފައެވެ. އިސްކޮޅުން ދިގު ހިމަތޮޅި ހަށިގަނޑެއް ލިބިފައިވާއިރު ހަމުގެ ކުލަ އައްޔެވެ. އޭނާވެސް ހުރީ ތެމިފޯވެފައެވެ.އެމޫނުގައި ބީހިލާ ފެންތިކި ވެސް ޖަވާހިރުތަކެއް ފަދައިން ވިދަމުން ދިޔައެވެ.
ޝާމިހުއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މި ނުދަންނަ އަންހެންކުއްޖާ ފުރަތަމަ ނަޒަރުން އޭނާގެ ސަމާލުކަން ހޯދި ގޮތާމެދު ޚުދު އޭނާ ވެސް އަންތަރީސް ވެއްޖެއެވެ. އިރުއިރު ކޮޅަކާ އޭނާގެ މޫނުމައްޗަށް އެ ވެރިވާ ހިނިތުން ވުމަށް ޝާމިހުގެ ނަޒަރު ހުއްޓެއެވެ. ޝާމިހު ސިހުނީ ދޮރުގައި ތަޅައިގަތް އަޑަށެވެ. ހަމަހޭވެރިކަން ވުމުން ނިތް ކުރީގައި ޖަހައިލެވުނެވެ. ޝާމިހު ދޮރު ހުޅުވާލިއިރު އޭނާގެ ކޮއްކޮ ޝަޔަން ހުރީ ދެއަތް އުރާލައިގެންނެވެ. “ދޮންބޭ….އާރ ޔޫ ޓޭކިން މީ އޯ ނޮޓް??? މިހާރު އެއޮތް 4 ޖަހަނީ….” ޝަޔަން ތުން ދަމާލިއެވެ. “ސޮރީ ކިއުޓީ….ދޮންބެ ތެމިފަ މިހިރީ…ބައްޕަ ކައިރީ ބުނެލާ…ނެކްސްޓް ޓައިމް ދޮންބެ ދާނަން ކިއުޓީ ގޮވައިގެން..” ޝާމިހު ދެކަންފަތުގައި ހިފާލަމުން ބުންޏެވެ. “މި ލާސްޓް ޗާންސް…ދެން ވާހަކަ ވެސް ނުދައްކާނަން ނުގެންގޮސްފިއްޔާ….” ޝަޔަން ދެލޯ ހަނިކޮށްލަމުން އެނބުރުނެވެ. ޝާމިހު ކޮޓަރި ދޮރު ލައްޕާލަމުން ފުން ނޭވާ އެއް ދޫ ކޮށްލިއެވެ.
ޝާމިހު ބެލްކަންޏަށް ނިކުމެލިއެވެ. އޭރު އެ ކުއްޖާ ފެންނަން ވެސް ނެތެވެ. ޝާމިހު ޗޮކެއް ކަނޑާލިއެވެ. އަންހެން ކުއްޖަކާ މެދު ވިސްނަން ވީ ކީއްވެހޭ.. ބޯ ހޫރުވާލާފައި އޭނާ ހަރުގަނޑުން ތުވާލި ނަގައިގެން ގޮސް ފާހަނަ އަށް ވަނެވެ.
“މާހިން…..ހިނގާ ދާން.. ރެސްޓޯރެންޓަށް ދާން ލަސް ވަނީއޭ…މި ރާނީ ވެސް ޖެހެއޭ ވާރޭއާ ތެމެން….ތި އަޅެ ކުޑަ ކުއްޖެއް ތަ??..” އިވްޔާ ކޮޓަރި ދޮރުގައި ތަޅައިގަންނަމުން ބުނެލިއެވެ. “ސާބަހޭ.. މި ނިމުނީއެ…” މާހިން ގަޔަށް ސެންޓު ބުރުވާލަމުން ލޯގަނޑަށް ބަލާލިއެވެ. ލައިގެން ހުރި ގަދަ ފެހި ކުލައިގެ ގަމީހާއި ކަޅު ސްކްނީގައި މާހިން ފެންނަލެއް ވަރަށް ފުރިހަމައެވެ. އޭނާގެ ދިގު ފަން އިސްތަށިގަނޑު ވަނީ އައްސާލެވިފައެވެ. މޫނުމައްޗަށް ދެ ފަރާތުން ދެ އިސްތަށިކޮޅު ވައްޓާލެވިފައިވެއެވެ. އެ ބޮޑު ދެ ލޮލަކަށް އައިލައިނާރ އެއް މަސްކަރާއެއް ބޭނުމެއް ނުވިއެވެ. ފިޔާތޮށިކަން ގަދަ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ.
މާހިން ނިކުތުމާއެކު އިވްޔާ ކުސްތަޅާލިއެވެ. “ލަސްކަމުން ގޮސް ތެރަހެކޭ އެއްވަރު..ދެން ވެސް އަވަހަށް ދާން ހިނގާ..ނާއިފް ހުންނާނީ މިހާރު ލަސްވެފަ..” އިވްޔާ މާހިންގެ އަތަށް ދަމަމުން ހިނގައިގަތެވެ. ދެމީހުން އެކުގައި ނިކުތްއިރު އުޑުމަތި ކުޑަކޮށް އަލިވިއެވެ.
ޓެކްސީއެއް ވެސް އަތުޖެހުނީ ވަރަށް ހާލުންނެވެ. ރާނބާ ރެސްޓޯރެންޓަށް ދެވުނީ ބައި ގަޑިއިރުވީ ފަހުންނެވެ. އެންމެ މައްޗަށް އެރިއިރު ނާއިފް އިނީ އެމީހުންގެ އިންތިޒާރުގައެވެ.”އާދެވިއްޖެދޯ… ހާދަ އަވަހަކަށޭ ތި އައީ…” ނާއިފް ގަޑީގައި އިނގިލިން ޖަހާލަމުން ބުނެލިއެވެ. “މި މާހީ އަކަށް ނޭނގޭނެ އަވަސްކުރާކަށް..ދެން ލަސްވާނޭނުން..” އިވްޔާ އައިސް ނާއިފް ކައިރީ އިށީންނަމުން ބުންޏެވެ. ” ކާކުތަ އުޅުނީ މަ އެހާވަރަކުން މިތަނަށް ގެންނަން…ދެންވެސް ބުނެބަލަ…ކީއްވެގެންތަ މިތަނަށް މި އައީ??..ތިދެމީހުންގެ އެނީވާރސަރީއެއް ވެސް ނޫން މިއަދަކީ…” މާހިން ކުރިމަތީ ހުރި ގޮނޑީގައި އިށީންނަމުން އަހާލިއެވެ. އިވްޔާ އާއި ނާއިފް އެކަކު އަނެއްކަކަށް ބަލާލިއެވެ. “މާހީ…. ވީ އާރ ގޮއިން ޓު ގެޓް މެރީޑް….” ނާއިފް ލަސްލަހުން ބުނެލީ މާހިންގެ މޫނަށް އަރާ ކުލަވަރު ބަލާލުމަށެވެ. ” އާރ ޔޫ ސީރިޔަސް… ވާއު……މަރުޙަބާ ދެ މީހުންނަށްވެސް… އައިމް ސޯ ހެޕީ…” މާހިން އިވްޔާ ގައިގައި ބައްދާލަމުން ބުންޏެވެ. އިވްޔާ ހުރީ ލަދުން ގޮސް ރަތްވެފައެވެ.އެވަގުތު މާހިންގެ ފޯނު ރިންގުވިއެވެ. މަންމަ ގުޅާތީ އޭނަަ ބޭރަށް ނުކުތެވެ.
މަންމައާ ވާހަކަ ދެއްކުމަށްފަހު މާހިން ވަންނަން އެނބުރުނު ގަޑީގައި ކުއްޖެއްގައި ޖެހުނެވެ. “އޮހް…ސޮރީ ދޫނީ… ތަނަކަށް ތަދުވިތަ??..” މާހިން އެއަންހެންކުއްޖާއަ އެއްވަރަށް ތިރިވެލަމުން އެހިއެވެ.”ނޫން …އައިމް ސޮރީ…ނުބަލައި އާދެވުނީ..އެހެންވެ ދައްތި ގައިގައި ޖެހުނީ..” އެ ކުއްޖާ މައުސޫމު ގޮތަކަށް ބުންޏެވެ. މާހިން އަށް ހީލެވުނެވެ. “ކޮން ނަމެއްތަ ކިޔަނީ..” މާހިން އަހާލިއެވެ. “ޝަޔަން……”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.

Me first dhw..mi part vec v v reethi..waiting for the next???
Varah reethi mi part ves ??? whn nxt part???
Me 2nd dhw… Nice ey ?????
Ey..haadha kuruveee….dhn dhigukoh geness dhehchey