ކޮޓަރިއަށް ވަން ކިއާރާގެ ލޮލުން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ.ޔުއާން އެހެން މީހެއްގެ ހައްގަކަށް ވާތަން ބަލަން އޭނައެއް ނުހުންނާނެއެވެ.ޔުއާން ކޮންމެ ގޮތަކުން ވެސް ވާނީ ހަމައެކަނި އޭނަގެ މީހަކަށެވެ.
އޭގެ އަނެއް ދުވަހެވެ.ހެނދުނު އޮފީހަށް ދާން ނުކުތް އަލޫކް ލޮލުގައި އަޅައިގަތީ އަވަސް ހިނގުމެއްގައި ގެއިން ނުކުތް ޔުއާންއެވެ.ޔުއާން މިގަޑީ ދާނީ ކޮންތަނަކަށް ބާއޭ އަލޫކްގެ ހިތަށް އެރިއެވެ.
އޮފީހަށް ގޮސް ކާރުން ފޭބި އަލޫކްގެ ލޮލުގަ އަޅައިގަތީ ޔުއާން ކާރުން ފޭބި ސަނާއެވެ.ރީތި ހިނިތުންވުމެއް ދެމުން ސަނާގޮސް ވަނީ އޮފީހަށެވެ.
އަލޫކްގެ ފުރަތަމަ ދުވަސް ކަމުން ސުހައިބް އަލޫކްއަށް އޮގީހުގެ އެކިކަންކަން ކިޔައިދިނެވެ.
ތިނެއްޖަހަން އުޅެނިކޮށް އަލޫކް ގެ ކެބިންގެ ދޮރުގައި ޓަކިޖެހި އަޑަށް އަލޫކް ކަމްއިން އޭ ބުނެލިއެވެ.
އެވަގުތު އެތެރެއަށް ވަން ސަނާ ފެނި އަލޫކް އަށް ކޮޅަށް ތެދުވެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ެެއްވެސް ކަމެއް ނުވާކަމަށް ހަދާ އިށީނެވެ.
“ސާރ ސުހައިބް ސާރ ޓޯލްޑް ދެޓް ފުރޮމް ނައުއޮން އައި ވިލް ބީ ޔުއާރ ޕާސަނަލް ސެކްރެޓަރީ”ސަނާ އެހެން ބުނުމުން އަލޫކްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.ކުރެވުނު ހަމައެކަނި ކަމަކީ ބޯ ޖަހާލުމެވެ.
“އައި ވިލް ގޯ ނައު ގުޑްޑޭ ސާރ”ސަނާ އެހެން ބުނެ ނުކުތުމުން އަލޫކް ވެސް ނުކުތީ އޮފީސް ނިމޭ ގަޑިޖެހުމުންނެވެ.
އަލޫކް ބޭރަށް ނުކުތް އިރު ސަނާ ޕޭމެންޓް މަތީ މަޑުކޮށްގެން ހުއްޓެވެ. އަލޫކް ބަލަހަށްޓައިގެން ހުއްޓާ ސަނާ ގޮސް އެރީ ސަނާގެ ގާތުގައި މަޑުކުރި ޔުއާންގެ ކާރަށެވެ.
އަލޫކް އޭނަގެ ކާރަށް އަރާ ޔުއާން ގެ ކާރުގެ ފަހަތުން ދިޔައެވެ.ޔަގީނުން ވެސް އެމީހުންދަނީ ސަނާމެން ގެއަކަށް ނޫނެވެ.
ޔުއާންގެ ކާރު މަޑުކޮށްލީ ފިހާރައެއްގެ ކުރިމައްޗަށެވެ.އަލޫކް ބަލަހައްޓައި އިންދާ ޔުއާން އާއި ސަނާ ގޮސް ފިހާރައަށް ވަނެވެ.
އަލޫކް ވެސް ސިއްރުން ގޮސް އެ ފިހާރައަށް ވަނެވެ.އަލޫކްގެ ލޯ ހުއްޓިފައި ހުރީ ހަމައެކަނި ސަނާއާ ޔުއާންއަށް ހުއްޓިފައެވެ.
“ލޫކް”ސަނާ އެއްލިކަޅިއަކުން އަލޫކް ލޮލުގްއި އަޅައިގަތެވެ.”އަލޫކް މިތާ ކީއްކުރަނީ”ޔުއާންއަށް ވެސް ގަބޫލުނުކުރެވުނެވެ.”އެއްޗެއް ގަންނަން”އަލޫކް ބުންޏެވެ.”މިފިހާރައިން”ސަނަ އަހާލިއެވެ.އަލޫކް ބޯޖައާލިއެވެ.
“ލޫކް ހޭންޑް ބޭގް އެއް ގަންނަންތަ؟”ސަނާ އެހެން ބުނުމުން އަލޫކް “އޭ”އޭ ބުނެ ފިހާރަ ބަލާލިއެވެ.އޭނައަށް މިކުރެވުނީ ކޮންކަމެއް ހެއްޔެވެ. އޭނަ އަށް މިހުރެވުނީ ހަމައެކަނި ހޭންޑްބޭގް ވިއްކާ ފިހާރައެއްގައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Haadha kurey?….. story varah nice??…. but maa kureema varah foohivey?… plz dhigukoh genesdhiiba…?❤
V v kuru ingey mi part ?..ehnoonas u have uploaded new part dhw???❤❤?????..So k..The story is really awsm darla