“ވަކި ހިސާބަކުން އަހަރެން އެނބުރި ބަލައިލިއިރު އަންހެން ކުއްޖަކު ދުވެފައި އެތަނަށް އަންނާތީ ދެކުނިން. އަނދިރި ކަމުން އޭނާގެ މޫނެއް ނުފެނޭ. ފެނުނީ އޭނާގެ ދިގު އިސްތަށިގަނޑު.” ފަހު ޖުމްލަ ބުނިއިރު އަޒާންގެ އަޑު ކުރެހުނެވެ. އިރުކޮޅެއް ވަންދެން އަޒާން ވާހަކަދެއްކުން ހުއްޓައިލައިގެން އިންއިރު ދެފަހަރަކު ނޭފަތް ދަމާލިއެވެ. “ކުރެވުނު ކަންތައް އިހުސާސްވީ ގެއަށް ދިޔުމުން. އޭނާ މަރުނުވޭތޯ ހިތާހިތުން ވަރަށް ދުއާ ކުރެވުނު. އެކަމަކު…… ބޭރަށް ދިޔުން އެއްކޮށް ހުއްޓާލިން. އަހަރެމެންގެ ދެމީހަކު ހައްޔަރުކުރުމުން ބައްޕަގެ […]
“ރާއިޝް. އަހަރެން މިގުޅީ ކަމަކު ކިޔަންވެގެން. މިކަންތައް ކޮށްދެވޭނެ ހަމައެކަނި މީހަކީތިއީ.” މަޑުމަޑުން އަހަރެން ވާހަކަ ދެއްކީމެވެ. ************** ގޮނޑީގައި އިށީނދެ އިންއިރު ހާސްވެގެން ދެއަތްދެއަތާއި މޮޑެމުން ދިޔައިރު ހިތްހީވަނީ މޭފަޅާފައި ނިކުންނަން އުޅޭހެންނެވެ. ކުރިމަތީގައި ހުރި މޭޒަށް ނަޒަރު ހުއްޓާލައިގެން އެހެން އިންއިރު މިތަނަށް އަންނަން އަހަރެންނަށް ހިތްވަރު ލިބުނީ ކިހިނަކުންތޯ އަމިއްލަ ނަފްސާ އެތައް ފަހަރަކު ސުވާލު ކުރެވުނެވެ. އިރުކޮޅަކުން ދޮރެއް ހުޅުވުނު އަޑު އިވުނެވެ. “ނައިރާ.” އެއަޑެއް އަހަން އަހަރެންގެ ހިތް ކެތްމަދުވެފައިވާ […]
އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމުން ފައުޒިއްޔާއަކީ ހިތްހެޔޮ މީހެއްކަން އެނގުނެވެ. އަހަރެމެންގެ ގުޅުން ބަދަހިވެގެން ދިޔައީ ހީވެސް ނުކުރާހައި ފަސޭހައިންނެވެ. މިކަން ވެގެން ދިޔައީ ބޭކާރު ޚިޔާލުތަކާއި އަހަރެން ދުރުކޮށްދިން ކަމަކަށެވެ. ފުރަތަމަ ފަހަރަށް ސައީދުއާއި ކައިވެނި ކުރުމަކީ އަހަރެންނަށް ކުރެވުނު ރަނގަޅު ކަމެއްކަމަށް އިހުސާސްވީ އެވަގުތުއެވެ. ދެމައިންގެ މަސައްކަތުން ހެނދުނުގެ ސައި ތައްޔާރުކޮށް ނިމުނުތަނުން އެގޭ އެހެން މީހުން ކާންއައެވެ. އެއީ އެއާއިލާ އެއްކޮށް އަހަރެން ދެކުނު ފުރަތަމަ ފަހަރެވެ. އެމީހުން ކަންތައް ކުރާގޮތުން އަހަރެން ހުރީ […]
“އަޒާންއަށް ކަމެއްވީތަ؟” ލަސްލަހުން އަހަރެން އެހެން ބުނިއިރަށް މަންމަގެ މޫނަށް ވީގޮތް ފެނި އަހަރެންނަށް ނޭވާ ހިފަހައްޓާލެވުނެވެ. ********************** މިއަދަކީ އަހަރެންގެ ކައިވެނި ކުރެވޭދުވަހެވެ. ބައްޕަގެ އެންމެ ހަގު ކޮއްކޮއަކީ މޭކަޕް ކޮށްދޭ މީހެއްކަމުން އަހަރެން ތައްޔާރުކުރުމާއި ހަވާލުވެގެން ހުރީ އޭނާއެވެ. ތައްޔާރުކޮށް ނިމެންދެންވެސް އަހަރެން އެއްވެސް ވާހަކައެއް ނުދައްކަމެވެ. ނީޝާގެ މަސައްކަތް ނިމުމުން ދުރަށް ޖެހިލާ އަހަރެންނަށް ބަލާލުމަށްފަހު ލޯގަނޑުން ބަލާލަން އަހަރެން ކައިރީގައި ބުންޏެވެ. އަހަރެން ލައިގެން ހުރި ހެދުމަކީ މަންމަގެ ހޮވުމެކެވެ. ހުދުކުލައިގެ […]
ކާރު ދުއްވާލުމުން އަޒާންގެ މަންމަ ވާހަކަ ދައްކަން ފެށިއެވެ. “އަޒާން ވަރަށް ބަދަލުވެއްޖެ ދޯ؟ އެކަމާ ނައިރާ އެބަ ވިސްނާކަން މަންމައަށް އެނގޭ.” ހައިރާންވެފައި އަހަރެންނަށް އަޒާންގެ މަންމަގެ މޫނަށް ބަލައިލެވުނީ އެހާވަރުން ސިއްރުކުރަން އުޅުނު ކަންތައް އެހާ ފަސޭހައިން އޭނާއަށް އެނގުނީމައެވެ. އެމީހުން އަހަރެންނަށް ކަމެއް ސިއްރު ކުރަނީތޯ ސުވާލުއެފެދުނެވެ. އަހަރެންގެ މޫނަށް އެރި ކުލަވަރު ފެނި އަޒާންގެ މަންމަ އަހަރެންގެ އަތުގައި ހިފަމުން ހީނލިއެވެ. “ކޮންމެ މީހަކުވެސް ހަޔާތަށް ބޮޑު ބަދަލެއް އަންނަން އުޅޭއިރު […]
“އެއީ އަހަރެންގެ ބޭބެ.” އަހަރެން އެހެން ބުނުމާއެކު އަޒާން ސިހިފައި އަހަރެންގެ މޫނަށް ބަލާލިއެވެ. “އަހަރެން ކުރިން މިވާހަކަ ކިޔައިނުދިނީ އަހަރެންގެ އެހާ ހިތްވަރު ނެތީމައި. އެކަމަކު މިހާރު އެއީ އަޒާންއަށް ވެސް އެނގެންޖެހޭނެ ވާހަކައެއް.” އަހަރެން ވާހަކަ ދައްކަމުން އެނދުމަތީގައި އިށީންނީ ފައި ތުރުތުރުލާން ފެށުމުންނެވެ. “އަހަރެންގެ ބޭބެ ދުނިޔެއަކު ނެތް. ފޮޓޯ ފެނުނީމަވެސް އެނގޭނެކަން ނޭނގެ. އޭރު ޓީވީން ވަރަށް ގިނައިން ދައްކާނެ. ބޭބެ މަރާލާފައި އޮއްވާ ފެނުނީ އަހަރެންނަށް. މިގޭ…. މިގޭ ދޮރުމަތީގައި…..” […]
އެމް.ޕީ ރާއިޝްގެ ގެއާ ހަމައަށް ދެވުމުން މަގުގެ އެއްކައިރިއަށް ޖެހިލުމަށްފަހު ފައިހާ ދިން ނަމްބަރަށް ގުޅާލީމެވެ. ދެފަހަރު ގުޅުމުންވެސް އެކޮޅުން ޖަވާބެއް ނުދިނެވެ. މަގުގެ ދެކޮޅަށް ބަލަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ ކުރިމަތީގައި ހުރި ފިހާރައިން ނުކުތް އަޒާންއެވެ. ފޯނު ތިރިކޮށްލުމަށްފަހު އަޒާންއަށް ގޮވާލުމުން އޭނާ އަހަރެންގެ ކައިރިއަށް އައެވެ. ވެގެން އުޅޭ ގޮތް އޭނާއަށް ކިޔައިދިނުމުން އޭނާ ލަފާދިނީ ފައިހާ އަށް ގުޅާށެވެ. ފައިހާ އަށް ގުޅަން ނަމްބަރު ޑައިލް ކުރަނިކޮށް އިވުނު އަޑަކުން ސިހުނުވަރުން […]
“ނައިރާ.” ފަޔާޒްގެ އަޑު އިވުމުން ސިހިފައި އަހަރެން ބަލާލީމެވެ. “ފަޔާ. ކިހިނެއް؟” އޭނާ އަހަރެންގެ ފުރިހަމަ ނަން ބޭނުންކުރި ނަމަވެސް އަހަރެންނަށް އޭނާގެ ފުރިހަމަ ނަމުން ގޮވުމުގެ ހިތްވަރެއް ނުލިބުނެވެ. “ރަނގަޅު. ނައިރާ ކިހިނެއް؟” “ރަނގަޅު.” އޭނާ އަޒާންއަށް ބަލައިލީ ތައާރަފަކަށް ބޭނުންވެފައި ހުރެއެވެ. “މީ އަޒާން. މައި ބޯއިފްރެންޑް.” ވިސްނާލުމެއްނެތި އަހަރެން ބުނީމެވެ. އަހަރެން ހައިރާންވީ އެވާހަކަ އިވިފައި އަޒާން ނުސިހުނީމައެވެ. ހައިރާންވެފައި އަހަރެންނަށް ނުބެލީމައެވެ. ސަލާމަށް އަތް އުފުލާލީމައެވެ. ފަޔާޒް ހައިރާންވެފައި ހުރެ ސަލާމްކޮށްލިއެވެ. […]
ފުރާވަރުގެ ދުވަސްތަކުގައި ދިމާވާ ކުދިކުދި ކަންތައްތަކާ ވަރަށް ފަސޭހައިން ދިރިއުޅުން މަތިން ފޫހިވެއްޖޭ ބުނާ ހަނދާން އަދިވެސް އަހަރެން އެބަހުއްޓެވެ. ހަގީގަތުގައި ދިރިއުޅުން މަތިން ފޫހިވުމަކީ ކޮބައިކަން އިހުސާސްމިވަނީ މިހާރުއެވެ. އެއްވެސް ކަމެއް ކުރާހިތެއް ނުވެއެވެ. ކާހިތެއް ނުވެއެވެ. ނިދުމަކީ އަހަންނަށް ކުރަން އެންމެ އުނދަގޫ ކަންތަކެވެ. މިހުރިހާ ދައްޗަކާ އެކުވެސް ދިރިއުޅެވޭތޯ މަސައްކަތް މިކުރަނީ މަންމަމެންނަށްޓަކައެވެ. އެމީހުން ހިތްހަމަ ޖެއްސުމަށް މަސްނޫއީ ހިނިތުންވުމެއް މޫނުމަތީގައި ކުރަހައިގެންހުރެ ކޮންމެ ދުވަހަކު އަހަރެންގެ އަމިއްލަ ނަފްސާއި ކުރަމުން މިދާ […]