“މީހުން ބަލާ ވަރުންވެސް..” އިރުކޮޅަކުން އީވާން އައިސް ދަޅުތައް ހުރި ކޮތަޅު ލީނާގެ އުނގަށް ލައިދީފައި ބެންޗްގައި ދިގުދެމިލި ގޮތުން ބަލަންތިބި އަންހެންކުދިން އާގަމަވިއެވެ. ބައެއްކުދިން ސިއްރުސިއްރުން އީވާންގެ ފޮޓޯވެސް ނެގިއެވެ. ޔަގީނުންވެސް އެކުދިންނަށް ޙަޒާނާ ކުރާވަރި އެއްޗަކަށް އެ ފޮޓޯގަނޑު ވެގެންދާނެކަން ގައިމެވެ. އީވާނަށް މިކަންތައް އެނގުނަސް ނޭނގޭކަމަށް ހަދާލައިގެން އިނެވެ. “ރީތި މަންމައަކާއި ބައްޕައެއްގެ ރީތި ދެކުދިންނޭ ތީ…އެހެންވީމަ މީހުން ބަލާނެއެއްނު..” އީވާން ބުނި އެއްޗަކުން ހިނިއައިސްގެން ލީނާ ރައްދު ދިނެވެ. އެލީންވެސް ހިނިއައެވެ. ފްލައިޓަށް އަރަން ދިޔައިރުވެސް ގިނަބައެއްގެ ނަޒަރު ހުއްޓިފައިވަނީ އެދެމީހުންނަށެވެ. އެލީން ހުރީ ހިތާހިތުން ކުދި ކިޔާލަކިޔާލައެވެ. ބަލައިގެން އެމީހުންނަށް އެއްޗެއް ލިބޭނަމަ ބަލަން އެންމެ ރަނގަޅެވެ. ކަންދިމާވިގޮތުން އެލީނަށް ލިބުނީ އީވާންއާއި ޖެހިގެން ހުރި ސީޓެވެ. މީހުންގެ ނަޒަރުން ސަލާމަތްވާން ބޭނުންވެފައި ވީނަމަވެސް އެލީންއަށް މިފަހަރު ޖެހުނީ ނާކާމިޔާބާއި ކުރިމަތިލާށެވެ. ފްލައިޓް ނައްޓާލިގަޑީ އެލީން އީވާންގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. އީވާން ބަލައިލި ވަގުތު އެލީން ދެލޯމަރާ ތަގުޅިކޮށްލައިގެން ދުލަށް އައިހާ ހެޔޮއެއްޗެއް ކިޔަން އިނުމުން ހިނިއައެވެ. އޭނާގެ ބޮޑުނުވާ ކޮއްކޮގެ ޅަ އާދަތަކުން ހިތަށް ފިނިކަން ގެނެސްދެއެވެ. އެވަގުތި އީވާނަށް އައި މޮޅު ހިޔާލާއިއެކު އަވަސްއަވަހަށް ޖީބުގައި އޮތް ފޯނު ނަގައި އޭނާއާއި އެލީން އަރާނެހެން ސެލްފީއެއް ނެގިއެވެ. ރީތި ހިނިތުންވުމަކާއެކު އީވާން އެ ފޮޓޯއަށް ބަލައިލިއެވެ. އެލީނަށް މި ފޮޓޯ ދައްކައިފިއްޔާ އީވާންގެ ގަޔަށް ބޮލަށް އަރައިގަންނާކަށްވެސް ފަހެއް ނުޖެހޭނެއެވެ. ފްލައިޓް ވައިގެ ތެރެއަށް އަރާ ހަމަޖެހިލުމުން އެލީން އީވާންގެ އަތުން ދޫކޮށްލިއެވެ. އަދި މާ ނޫންކަމަށް ހެދިފައި ފޯނާ ކުޅެން ފެށުމުން އީވާނަށް މަޖާވިއެވެ. “ލީން…އައި ހޭވް ސަމްތިންގް ފޯރ ޔޫ…” އީވާން މިހެން ބުނުމުން އެލީން ނިތް އަރުވައިލިއެވެ. ކުޑަ ހުނުމަކާއިއެކު އީވާން އެލީނަށް އެ ފޮޓޯ ދައްކައިލިއެވެ. އެލީންގެ ދެލޯ ބޮޑުވެގެން އައެވެ. “ޑެމްން ޔޫ އިޑިއަޓް…” މިތިބެވެނީ ފްލައިޓްގަކަންވެސް ހަނދާންނެތި ކުޑަ ހަޅޭކަކާއިއެކު އީވާންއަތުން ފޯނު އަތުލަން އެލީން މަސައްކަތްކުރިއެވެ. ކޮމެޑީ ޑްރާމާއެއް ބަލާފަދައިން އޭރު އެންމެންވެސް އެދެމީހުންނަށް ބަލަމުން ދިޔައެވެ. ފަހަތުގައި އިން ލީނާއަށް އެއްއަތުން ނިތްކުރީގައި ހިފާއްޓާފައި ދެފަރާތަށް ބޯހޫރާލެވުނެވެ. އެލީންއަށް ނާކާމިޔާބުވެގެން ދެއަތް ތިރިކޮށްލުމުން އީވާންގެ ފަރާތުން ލުއި ހުނުމެއްގެ އަޑުއިވުނެވެ. “ކްރޭޒީ ގާލް…ދޮންބެ މި ޕިކް ވައްޓާލާނީ އެފްބީއަށް…ސްކެއަރޑީ ޗިކެން އޭ ޖަހާލާފަ…” އީވާންގެ ޖުމްލަ ނިމުމާއެކު އެލީން އީވާންގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތެވެ. “އައި ހޭޓް ޔޫ ބްރޯ…ހަމަ އަސްލުވެސް މިބުނީ ތި ޕިކް އެފްބީއަށް ލައިފިއްޔާ ވާހަކައެއް ނުދައްކާނަން އިނގޭ…އެން ޔޫ ނޯ ވަޓް..؟ ޔޫ އަރ ދަ ވޯރސްޓް ޗިކެން…!” ދަތްތަކަށް ބާރުކޮށްގެން އިނދެ އެހުރިހާއެއްޗެއް ކިޔާލާފައި އެލީން އީވާންގެ އިސްތަށިގަނޑުން ދޫކޮށްލިއެވެ. އެރު އެ މޫނު ވަނީ ރަތްވެފައެވެ. “މައި ހެއަރ…އެނގޭތަ މިއަދުވެސް މި އިސްތަށިގަނޑު ރީތިކުރަން އަހަރެން ކިހާ މަސައްކަތެއް ކުރިކަން…؟” އީވާން އަނގަޔަށް ހަދާލިގޮތުން އެލީންގެ ރުޅިގަނޑު ފިނިވެ މަޖާވިއެވެ. ފެރީގައި އިން އިރު އެލީންގެ ސަމާލުކަންވަނީ މޫދަށް ހުއްޓާލެވިފައެވެ. މެންދުރުގެ ގަދަ އަވީގައި މޫދު ވިދަމުން ދިޔައިރު ޖަވާހިރުތަކެއް ފަދައެވެ. ދޭތެރެއަކުން މަހެއް ފެނިލައެވެ. ހަމަހިމޭންވެފައިވާ ކަނޑު ހަލަބޮލި ކުރަމުން ފެރި ކުރިޔަށް ދިޔައިރު މިސްރާބުހުރީ ކުރިމަތިން ފެންނަމުންދިޔަ މާލެއަށެވެ. ފެރީ މާލޭގެ ނެރުން އެތެރެވުމާއެކު އިންޖީނުގެ ވަސްދުވަންފެށުމުން މެނުބައިކުރާގޮތްވެގެން އެލީން އެދުމުން އިވާން އެލީން ގޮވައިގެން ހާމަ ދިމާލަކަށް ދިޔައެވެ. މަންމަ ލޯންޗްގައި އަންނަން އެއްބަސް ނުވުމުން ދެބެންނަށްވެސް ޖެހުނީ ފެރީގައި އަންނާށެވެ. މަންމަގެ ކުރިމަތީގައި ކަމަކާ ދެކޮޅުހެދުން އެއީ ވާނެކަމެއްނޫނެވެ. ފެރީގެ ވާ އައްސައިލުމާއެކު އެލީން ފައިބަން އަވަސްވެގަތެވެ. ވާޓަރުމައްޗަށް ފުންމާލަމުން އެލީން ވަށައިގެން ނަޒަރު ހިންގައިލީ އޭނާ ހޯދަން ބޭނުންވާ ފަރާތް ފެނޭތޯއެވެ. އޭރު ލީނާއާއި އީވާންވެސް ފެރިއިން ފައިބައިފިއެވެ. ކޮޅުކޮޅު ބަލަމުން ދަނިކޮށް މީހަކު ބޮލުގައި ފިރުމާލުމުން އެލީން ދިޔައީ ސިއްސައިގެންނެވެ.
ފޯނަށް މާބޮޑު ސަމާލުކަމެއް ނުދީ އެލީން މިސްރާބު ޖެހީ ކުރިމަތީ އޮތް ކާރާ ދިމާއަށެވެ. އެވަގުތު ޖެހިލި ވައިރޯޅިން އެލީންގެ އިސްތަށިގަނޑު އުދުއްސާލިއެވެ. ފޮށިތައް ޑިކީއަށް ލުމަށްޓަކައި އީވާންއަށް އެހީވާން ކާރުން ބޭރަށް ނުކުމެ ހުރި ޑްރައިވަރަށް އެލީން ފެނުމާއެކު ހުއްޓުން އަރާގޮތްވިއެވެ. އިރުގެ އަލިން އެލީންގެ ރީތި މޫނު ވަނީ ރަންވެފައެވެ. އެލީންގެ ހިމަ ދިގު އިނގިލިތަކުން އެ މޫނަށް ނިވާއެޅި އިސްތަށިކޮޅު އެއްފަރާތްކޮށްލި މަންޒަރު ހިތުގައި ރައްކާ ކޮށްލިއެވެ. “ހިނގާ ދަމާ ދޯ..” ހުއްޓުން […]
ރޯވެފައިވާ ބޮޑު އަލިފާންގަނޑު ފެނިފައި އޭނާގެ ހިތްނުހުއްޓުނީ ކިރިޔާއެވެ. އޭނާ އަށް ވަށައިގެން ބަލާލެވުނެވެ. އެތަނުގައި އަލިފާން ނިއްވުމުގައި ފަޔަރ ފައިޓާރސްގެ ބޭފުޅުން ހަރަކާތް ތެރިވަމުން ދިޔައެވެ. އެތާ ކައިރިއަށް މީހުން އޮތީ އެއްވެފައެވެ. ރެސްކިއު ޓީމެއް އެބިލްޑިން ގައި ދިރިއުޅޭ މީހުން ސަލާމަތް ކުރުމައިގެން އަވަދިނެތި އުޅުނެވެ. ޝާމިހު ބޯ ހާސްވިއެވެ. މީހާގެ ކުރިމަތީ މާޒީގެ ޞޮފްހާތައް ތަކުރާރު ވާހެން ހީވިއެވެ. ޝާމިހުއަށް އެތަނާ ދިމާލަށް ދެވުނީ ބޭއިޚްތިޔާރުއެވެ. އެ ރިހުން އަނެއްކާވެސް އާލާވިއެވެ. ބޮލަށް […]
‘ޝަޔަން ‘ މާހިންއަށް އެނަން ކުރިން އިވުންހެން ހީވިއެވެ. ހަނދާންވޭތޯ އޭނާ އުޅެއުޅެ އެކަމެއް ނުވިއެވެ. ” އެހެންތަ?….އެކަނިތަ ތިއައީ?…” މާހިން ހީކުރީ ގެއްލިގެން އުޅޭ ކުއްޖެއް ކަމަށެވެ. ” ނޫން… ބައްޕަ ދިޔައީ ސައިކަލު ޕާރކު ކުރަން…” ޝަޔަން އިނގިލި ދިއްކޮށްލީ ދުރުގައި ޕާރކު ކުރަން އުޅުން އޭނާގެ ބައްޕަ އަލީއަށެވެ. ” ޝަޔާ ކިޔަސް އޯކޭ ދޯ..ކިތައް އިޔާރސް ތަ?” މާހިން ޝަޔަންގެ ދެއަތުގައި ހިފާލަމުން އަހާލިއެވެ.”ޔެސް….7 އިޔާރސް ޝަޔާ އަށް” ޝަޔަން އަށް […]
އަރައިގެން އައި އިރުގެ ދޯދިތައް އެނދުގައި އޮތް އެލީންގެ މޫނަށް އެޅުމާއެކު އޭނާ ކަންނެތް ގޮތަކަށް ދެލޯ ހުޅުވާލިއެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ހުޅުވާފައި ހުރި ކުޑަދޮރެވެ. ރޭގައި ނިދުނީ އެ ދޮރުތައް ނުލައްޕާކަން ހަނދާން ވިއެވެ. މޯޅިއަކަށް ދެމިލުމަށްފަހު އެނދުމަތީ އޮތް ފޯނު ނަގައި ގަޑި ބަލާލިއެވެ. “އޯ..ހ..ނޯ” އެލީން އަށް ފުންމައިގެން ތެދުވެވުނެވެ.ގަޑިން އަށްގަޑި ބައިވީއެވެ. އެއާރ ޕޯޓަށް ދާން ޖެހޭ ގަޑި ކައިރިވަނީއެވެ. ދިހައެއް ޖަހާއިރު އޭނާގެ ޗެކިން ފެށޭނެއެވެ. ވަރަށް އަވަސް […]
ކަކުލާ ހަމަޔަށް އަރާ މަޑު ނޫކުލައިގެ ހެދުމަކާއި ހުދު ސްކްނީއެއްގައި ހުރިއިރު އޭނާގެ ފަން އިސްތަށިގަނޑު އޮތީ ފަހަތަށް ދޫކޮށްލެވިފައެވެ. އިސްކޮޅުން ދިގު ހިމަތޮޅި ހަށިގަނޑެއް ލިބިފައިވާއިރު ހަމުގެ ކުލަ އައްޔެވެ. އޭނާވެސް ހުރީ ތެމިފޯވެފައެވެ.އެމޫނުގައި ބީހިލާ ފެންތިކި ވެސް ޖަވާހިރުތަކެއް ފަދައިން ވިދަމުން ދިޔައެވެ. ޝާމިހުއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މި ނުދަންނަ އަންހެންކުއްޖާ ފުރަތަމަ ނަޒަރުން އޭނާގެ ސަމާލުކަން ހޯދި ގޮތާމެދު ޚުދު އޭނާ ވެސް އަންތަރީސް ވެއްޖެއެވެ. އިރުއިރު ކޮޅަކާ އޭނާގެ މޫނުމައްޗަށް އެ […]
ވާރޭގެ ބޯ ވިލާތަކުން އުޑުމަތި ވަނީ ފުރާލެވިފައެވެ. ހީވަނީ ދެންމެ ދެންމެއަކުހެެން ވާރޭ އޮއްސާލަފާނެހެނެވެ. މާލޭގެ ކާރުބާރު ބޮޑު މަގުތައް ވަނީ ތޮއްޖެހިފައެވެ. ބެލްކަނީގައި އަތް ވިއްދާލައިގެން ޝާމިހު ހުރީ ވާރޭގެ އިންތިޒާރުގައެވެ. އިސާހިތަކު ވާރޭ ވެހިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ވާރޭ ތިކި ތައް އޭނާގެ މޫނުގައި ފިރުމާލަފައި ފޭބީ އޭނާގެ ހުދު ގަމީސް ތެންމަމުންނެވެ. ޝާމިހު ދެލޯ މަރާލީ ލުއި އިހްސާސް އެއް ކުރެވުމުންނެވެ. ވާރޭ އަކީ އޭނާ އެކުވެރިޔާއެވެ. ވާރޭގެ ތެރެއަށް […]