Skip to content
އެސްފިޔަ

މިވާވަރު އަންގާހިތްވޭ 6

“މި ކިއާއަށް ގިފްޓަކަށް ދޭންވެގެން….އަމް މިއަދަކީ ކިއާގެ އުފަންދުވަހޭ” އަލޫކް ގަތް ލަދުން އަވަސް އަވަހަށް ވާހަކައެއް ހަދާލިއެވެ.
ޔުއާންއަށް އެވަގުތު ގަބޫލުނުކުރެވިފައި އަލޫކްއަށް ބަލާލެވުނެވެ.އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
“ދެން އަވަހަށް ނަގާބަލަ….ސަނާ އަލޫކްއަށް ހެލްޕް ވެބަލަ”ޔުއާން އެހެން ބުނުމުން ސަނާއަށާ އަލޫކްއަށް ގަބޫލުނުއާ ހާލު ޔުއާންއަށް ބަލާލިއެވެ.
ސަނާގެ އެހީއާއެކު އަލޫކް ކިއާރާއަށް ހޭންޑްބޭގްއެއް ނެގިއެވެ.
“އަހަރެން އުޅުނީ މިރޭ ސަނާ ގޮވައިގެން އަލަށް ހުޅުވި ރެސްޓޯރެންޓަށް ދާންވެގެން….އެކަމް ހީވަނީ މާމަޖާވާނެހެން ގޭގަ އެންމެންއެކީ ކިއާރާގެ އުފަންދުވަސް ފާހަގަކޮށްލީމަ….ދޯ ސަނާ”ޔުއާން އެހެން ބުނުމުން ސަނާ ބޯޖަހާލިއިރު އަލޫކް ހުރީ ހާސްކަމެއްތެރޭގައެވެ.
ސަނާއާ ޔުއާން ރަށްޓެހިވީބާއެވެ.ނޫނެކެވެ.ސަނާއޭނަ ނޫން ކުއްޖަކާ ރަށްޓެހި ނުވާނެއެވެ.
“ސޯ މިރޭ 8އަށް ކިއާރާ ގޮވައިގެން އަންނަށްޗޭ….މީ އެންޑް ސަނާވިލް ބީ ދެއާރ”ޔުއާން އެހެން ބުނެ ސަނާ ގޮވައިގެބް ދިޔައެވެ.
އެރޭގެ ވަގުތެވެ.”އައި އެމް އިން ބިގް ޓްރަބަލް”ކިއާރާ ކާރަށް އެރުމާއެކު އަލޫކް ބުނުޏެވެ.”ކިހިނެތްވީ”ކިއާރާ އެހިއެވެ.”ކިއާ ޕުރިޓެންޑް މިއަދަކީ ކިއާގެ އުފަންދުވަސް ކަމަށް”އަލޫކް އެހެން ބުނުމުން ކިއާރާއަށް ދެލޯ ބޮޑުކޮށް އަލޫކްއަށް ބަލާލެވުނެވެ.
“ދެލޯ ބޮޑު ނުކުރިޔަސް ތިދެލޯ ބޮޑޭ..އަހަންނަށް ބުނެވިއްޖެ ސަނާއާ އާން ކައިރީ މިއަދަކީ ކިއާގެ އުފަންދުވަހޭ އެންޑް ދޭވޯންޓް ސެލަބްރޭޓް””ވަޓް” އަލޫކް އެގެން ބުނުމުން ކިއާރާއަށް ބުނެވުނެވެ.
މިވަނީ ކިހިނެތް ހެއްޔެވެ؟ޔުއާންއަށް ޔަގީނުން ވެސް މިއަދަކީ އޭނަގެ އުފަންދުވަސް ނޫންކަން އެނގޭނެއެވެ.
“ބައިދަވޭ ކިއާގެ އުފަން ދުވަހަކީ ކޮން ދުވަހެއްތަ؟”އަލޫކް އަހާލުމުން ކިއާރާއަށް އަލޫކްއަށް ބަލާލެވުނެވެ.
ކާގެއަށް ވަން ސަނާގެ ލޮލުގައި އަޅައިގަތީ ކުރަތްޕެކެވެ.ގަތްބިރާއެކު ސަނާއަށް ހަޅޭއްލްވަމުން ދުއްވައިގަނެވުނީ ބޭރަށެވެ.
އެވަގުތު ސަނާޖެހުނީ ޔުއާންގެ ގައިގައެވެ.އަރިއަޅައިގެން ދިޔަގޮތުން ސަނާ ސޯފާއަށް ވެއްޓުނުއިރު ޔުއާން ވެއްޓުނީ ސަނާގެ މައްޗަށެވެ.ސަނާއަށް ޔުއާން ބަރު އިހުސާސްކުރަން ނުޖެހުނީ ޔުއާން ސަނާގެ ދެފަރާތުން ސޯފާ ގައި އަތް ވިއްދާލުމުންނެވެ.
އެވަގުތަކީ އަލޫކުއާއި ކިއާރާ އެތަނަށް އައިވަގުތެވެ.ސަނާއާއި ޔުއާން ތިބިގޮތް ފެނި ދެމީހުންގެ ލޯ ބޮޑުވެގެން ދިޔައިރު ކިއާރާގެ ހިތުގައި ސަނާގެ މައްޗަށް އޮތް ރުޅިވެރިކަން އިތުރުވިއެވެ.
-ނިމުނީ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. Ixoo

    Haadha kurey

  2. Disappointed

    Ebunaahennn

  3. mailyn

    vaahaka nimunytha????
    alhey haadha kuru koshey story thi up kurany………….

  4. jiji

    Alheyy is this story finished?…adhi dhigukoh eh part varu genesdheyn v nu dear?????????????❤❤..ending vec ehaa short v ma..

  5. Ishh

    Hi so sorry all by a mistake I had written there “nimunii”
    It did not end it might have maybe 10 more episodes

    1. jiji
      Ishh

      Ehn dhw..no prob??❤❤❤

Comments are closed.