ދެޒުވާނުންގެ ލާމެހިފައިވާ އަތްތިލައަށް އިޝާރުގެ ނަޒަރު ހުއްޓުނުއިރު އަތްމުށްކަވާލެއްވިލެއް ބާރުކަމުން ކަށިތަކުން އަޑުގޮވައިގެންދިޔައެވެ. އެއާއިއެކު އިޝާރު ކުރިއަށް އަޅާލެއްވި ފިޔަވަޅާއިއެކު އިޝާރުގެ އަތުގެ ހޫނުހަމަލާ މަޔާންގެ ކަންކަށިމައްޗަށް އަރައިގެންދިޔައެވެ. އިޝާރުގެ އެ ރުޅިވެރިހަރަކާތާއިއެކު ޝަލީންގެ ދެލޯބޮޑުވެގެންދިޔައިރު އަނގަމަތީ އަތްއަޅާލެވުނެވެ. “ޔާން…” އިޝާރު ދެވަނަ ފަހަރަށް މަޔާންގެ މޫނުގައި ޖަހަން އަތްއުފުއްލާލެއްވިއިރު ޝަލީން ވަގުތުން އިޝާރުއާއި މަޔާންގެ ދެމަދަށް ވަދެގަތެވެ. އެއާއިއެކު އިޝާރު ރުޅިވެރިގޮތަކަށް ޝަލީން ދުރަށްކޮއްޕާލެއްވިއެވެ. “ލަދުކުޑަ… ކަލޭގެ ތިހިތްވަރު… ލަދެއް ނުގަނޭތަ ޝަލީން ހައްލާލައިގެން އުޅޭކަށް… […]
“ބޭން!” ރަށުގެ ގޮނޑުދޮށުގައި އަލިދީދީ އިނީ މާޔޫސް ކަންމަތީގައެވެ. އިރު އޮއްސެމުން ގޮސް ކަނޑުގެ ތެރެޔަށް ގެނބިގެން ދިޔަކަހަލަ އެވެ. އަވަހަށް ތެދުވީ ގެޔަށް ދާށެވެ. ރަނގަޅަށް ނުތެދުވެވިގެން އުޅެނިކޮށް މުންޑޭ ދުވެފައި އައިސް އަލިދީދީ ކުރިމައްޗަށް ވެއްޓިގަތެވެ. “އަލިދީދީ! އަވަސް ކުރޭ! ކަލޭގެ އަމާ…! …ގެންދަނީ…!” އަލިދީދީ ގެޔާ ދިމާލަށް ދުއްވައިގަތެވެ. ދުވަމުން ދުވަމުން ގޮސް ޖެހިގަތީ ޕޯޗުގީޒު ސިފައިންގެ މީހެއް ގައިގައެވެ. އޭނާ ރުޅިން އެއްޗެކޭ ކިޔައިފައި އަލިދީދީ ބިމަށް ގަޅައިލިއެވެ. ގެއި ދޮރު ހުޅުވާލާފައި ނުކުމެގެން ދިޔައީ އެ ނުބައި ބާޣީންގެ ދެމީހުންނެވެ. އަލިދީދީ ގެއަށް ވަންއިރު ކަމަކު ދާކަށް ނެތެވެ. އޭނާގެ ލެޔާ ވަނީ ކުޅެލާފައެވެ. ރަހުމުކުޑަ ގޮތަކަށް ވަނީ އޭނާގެ މަންމަ އަވަހާރަ ކޮށްލާފައެވެ. ވެލިގަނޑު އޮތީ ލެއިން ތަތްތެޅިފައެވެ. މަންމަ ލައިގެން އޮތް ލިބާސްވެސް ވަނީ ތަންތަނުން ވީދި ލެއިން ފޯވެފައެވެ. ********************************************************** ********************************************************** އައްސުލްތާން އަލްޣާޒީ މުހައްމަދު ތަކުރުފާނު އަލްއަޢުޡަމް ވަނީ 1573 ވަނަ އަހަރު އޭނާގެ ދެބެންނާއިއެކު ދިވެހި ޤައުމު ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ސާލާމަތް ކޮށްދީފައެވެ. ނަމަވެސް އޭގެ ކުރިން ޕޯޗުގީޒުން ވަނީ 1558 ގައި ދިވެހި ޤައުމަށް އަރައި ސުލްތާން އަލީ 6 ޤަތުލްކޮށް ރާއްޖެ އެމީހުންގެ އަނިޔާވެރިކަމުގެ ދަށަށް ގެނެއްސައެވެ. އެ ނުލަފާ ބާޣީންގެ ވެރިޔާ އަނދިރި އަނދިރިންގެ އަތްދަށުގައެވެ. އަދި ކިއެއްތޯ، އިސްލާމް ދީން ދޫކޮށް ނަސާރާ ދީން ގަބޫލުކުރި އެންމެ ފުރަތަމަ ދިވެހި ދަރިއަކީ ސުލްތާން ހަސަން 9، ހިމެނެއެވެ. އެއީ ވަރަށްވެސް އަނދިރި ދުވަސްތަކެކެވެ. ދިވެހި ރާއްޖޭގެ ކަނޑު ލެއިން ރަތްކޮށްލި ދުވަސްތަކެވެ. *********************************************************** *********************************************************** އަނދިރި އަނދިރިންގެ ކުރިން ދިވެހި ޤައުމުގައި ރަސްކަން ކުރީ ސުލްތާން އަލީ 6 އެވެ. އޭނާ ޤަތުލް ކޮށްލީ 1558 ވަނަ އަހަރުގައެވެ. އަހަރަކީ 1570 ވަނަ އަހަރެވެ. އަލިދީދީ ވަނީ އޭނާގެ މަންމަ ވަޅުލުމަށްފަހު އޭނާގެ ހުރި ހަމައެކަނި އަންހެން ކޮއްކޮ ގޮވައިގެން އެހެން ރަށަކަށް ދިޔުމަށް ތައްޔާރު ވެފައެވެ. އޭނާގެ އެކުވެރިޔާ މުންޑޭ ބުނާ ގޮތުގައި އެރަށަކީ ޕޯޗުގީޒުންގެ އަތް ނުފޯރާ ހިސާބުގައިވާ ރަށެކެވެ. ނަމަވެސް އެރަށަށް ދިޔުން އެއީ ފުރާނައަށް ނުރައްކާވާނެ ކަމަކަށް ވަނީ ވެފައެވެ. […]
ޙީޔާލީ އާލަމުގައި ޖަޒުބާތުގައި ޖެހި ދެހިވެސް ވީ ގުޅި ލާ މެހިފައެވެ. ތުންފަތް ހަރަކާތް ނުކުރިނަމަވެސް ގުޅީފައިވީ ދެ ހިތް އެތަކެއް ވާހަކައެއް ޙިއްސާކުރިއެވެ. ހޮނު ގުގުރީގެ އަޑު ބަނަވެފައިވާ ފަޒާގައި ގުގުމާލި އިރުވެސް ދެ ނަޒަރު ގުޅިފައިވުމީ އެ ނަޒަރު ތަކުގެ ބާރުގަދަކަން ސާބިތުކޮށްދޭ ހެއްކެކެވެ. ކުރިމަތީ ހާމަޔަށް ހުރި ހިތުގެ ހަމަޖެހުމަށް ވެފައިވާ އެކަކު އަނެކަކު ސޫރަައިގެ ފުރިހަމަކަން ފަށުފި ބަސްތަކާއި ޝާއިރުންގެ ހިތްގައިމު ޅެންތަކުން ހިތުތެރޭ އަމުނާނޭ ކަމީ ޝައްކެއް އޮތް ކަމެއް […]
އޮރެންގު ކުލައިގެ ދޯދި ތަކުން އިރު ދުނިޔެ މައްޗަށް މަރުހަބާކި ވަގުތު އެރީތި މަންޒަރަށް ގެއްލިފައި ޒީކް އަށް ހުރެވުނެވެ. ދެއަތުން ރެއިލިންގައި ހިފަހަށްޓައިގެން ހުރިއިރު ފަހަތަށް ދޫކޮށްފައި އޮތް މުށި ފަން އިސްތަށިގަނޑު ގެހެމުން ދިޔަ މަޑު ވަޔާ އެކު ވިހުރެމުން ދިޔައެވެ. ”ގުޑް މޯނނިންގް ޒީކް” ބެލްކަންޏަށް ނުކުތް ޒީވާންއަށް ޒިކް ފެނުމުން ބުނެލިއެވެ.”ގުޑް މޯނިންގް” ޒީކް ޖަވާބުގައި ބުނެލިއެވެ.”ޑިޑް ޔޫ ސުލީޕް ވެލް” ޒީވާން އެހެން އެހެން އަހާލުމުން ޒީކް ބޯޖަހާލިއެވެ.ޒީވާން އަށް […]
“ރިލެކްސް ދޮންތާ އެހެން ބުންޏަސް ނޫޅެމޭ… ލޯބޮޑުކޮށްލައިގެން ހުރި ގޮތުން ދެންމެ ދެންމެ އެތަނަށް ވަދެގަނެފާނެއަތީ ބިރުން ހުރިހެން ހީވޭ…” ޝާދީންގެ މޫނަށް އެރި ކުލަވަރާއިއެކު ހައިޒަލް ލާނެތްގޮތަކަށް ހީލަމުން ބުނެލިއެވެ. އެއާއިއެކު ޝާދީންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ހައިޒަލް އެފަދަ ވިސްނުމެއް ނުގެންގުޅުނީތީ ހިތާހިތުން ޝުކުރުކޮށްލެވުނެވެ. ހައިޒަލްއަށް ނޭނގުނަސް މި ހަތަރުފާރުތެރޭ ރައްކާކުރެވިފައިވާ ސިއްރު ފާޅުވެގެންދާ ދުވަހަކުން ހައިޒަލްގެ ދިރިއުޅުމަށް ޒަލްޒަލާއެއް އަންނާނެއެވެ. އެ ޒުވާން ހިތް މުޅިން ހަލާކުވެގެންދާނެއެވެ. *** *** *** *** […]
ނަމަވެސް ޔާއިންއާ ފަސްމުށިގަނޑު ދުރަށް ނުދެވެނީސް ކައިލީގެ އުޅަނބޮށީގައި ހިފައި އޭނާޔާ ދިމާލަށް ދަމައިގަތެެވެ. ލުކެއް ޖެހިފަދައިން އައިސް ޔާއިންގެ މޭގައި މޫނު ޖެހުނު ކައިލީ ހިނދުކޮޅަކަށް މަޑު ޖެހުނެވެ. “ލަދު ގަންނަންވެސް އެނގޭތަ؟.މަ ހީކުރީ މަލާމާތް ކުރަން އެކަނި ކަމަށް އެނގެނީ” ކައިލީއާ މޫނު އެއްވަރުކޮށްލުމުގެ ގޮތުން ކުޑަކޮށް ގުދުވެލާފައި ކައިލީގެ ދަތްދޮޅީގައި ހިފައި ޔާއިންއާ ނަޒަރު ސީދާކޮށްލިއެވެ. އެއްބަސް ނުވުމުގެ ގޮތުން މޫނަށް ކުނި ގޮތެއް ހަދާލާފައި ކައިލީ ދުރު ބަލާލިއެވެ. އިތުރު އެއްޗެއް ނުބުނެ […]
ޒޯޔާގެ ރިޕޯޓްތަށް ނޯމަލްއެވެ. ހަ މަސްދުވަހުގެ ބޭހެއް ނެގުމަށްފަހު އައިޖީއެމްއެޗަށް ދެއްކުމަށް ޑޮކްޓަރު އިރުޝާދު ދިނެވެ. “ އަނހާ ޒުބެއިދާ “ ހޮސްޕިޓަލް ނުކުތް ވަޤުތު ޝަބީއްޔަތުގެ ގާތް ރައްޓެއްސަކާ ބައްދަލުވިއެވެ. “ މިއުޅެނީ ދޮށީ ދަރިފުޅު ސިޔާދާ ވިހަން ގެނެސްގެން…. ކުޑަކޮށް ބަލިވެ އުޅޭތީ އޭނަ ފިރިމީހަ ބޭނޫންވީ ބޭރުގަ ވިއްސަން … “ ޒުބައިދާ ހިނިތުންވެލަމުން ބުންޏެވެ. “ އާނ… ކަލޭގެ މޫނިމަތިން އެއުފާވެރިކަން އެބަ ފެނޭ…. “ ޒުބެއިދާގެ އުފަލުގައި ޝަބީއްޔަތު ބައިވެރިވިއެވެ. […]
” ކީއްވެ… އަހަރެންނަށް ވީކިހިނެއްތޯ ނާއިލް އެހާ ބަލަން ބޭނުންވީ ކީއްވެ… ކީއްވެ އެހާ ހިތްނުތަނަވަސްވީ… ކީއްވެ އެހާވަރަށް އަހަރެންނަށް ކެއަރ ކުރަނީ… ބުނެބަލަ… އަހަރެން ސަބަބު އެނގެން ބޭނުން… ” ކަރުނައިން ފުރިފައިވި ދެލޮލުން ނާއިލްއަށް ބަލަހައްޓާއިގެން ހުރެ އަޝްރާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ. އަޝްރާގެ އެސުވާލުތަކުން ނާއިލްގެ މޫނުމަތިން ނުރުހުންވުމުގެ އަސަރުތައް ފިލާ ބުނެދެން ނޭނގޭ އަސަރުތަކެއް ވެރިވިއެވެ. ނާއިލްގެ ދެލޮލުގައިވީ ބުނެދޭން ނޭނގޭފަދަ ފުން އަސަރުތަކެކެވެ. އަޝްރާގެ ތުންފަތަށް ލުއި ހިނިތުންވުމެެއް ވެރިވީ މިފަހަރު […]
އިރުގެ ދޯދިތައް ކަނޑުގެ ސަތަހައަށް ބޮސްދެމުން ދުނިޔެއާއި އަލްވަދާއު ކިޔަން ތައްޔާރުވަމުންދިޔައިރު ދޫނިތައް އެސޮރުމެންގެ ހާލިތަކާއި ދިމާލަށް މިސްރާބުޖަހައިފިއެވެ. ގަސްކަރައިން ނިވާވަމުން އައި އިރު ރޭގަނޑަށް ތަންދެމުން ލޮނުގަނޑު ތެރޭގައި ފޮރުވިގެންދިޔައިރު އިސާހިތަކު ދުނިޔެ އަނދިރިކަމުގެ ސާލެއްގެ ތެރެއަށް ގެއްލިގެން ހިނގައްޖެއެވެ. މަޑުމަޑުން އަތިރިމަތީގައި ހަރަކާތްތެރިވަމުންދިޔަ މީސްކޮޅު މަދުވަމުންގޮސް އަތިރިމަތި އެކީހެން ހުސްވެގެންދިޔައިރު ފައިގެ ފިޔަވަޅުގެ ނިޝާންތައް ރާޅުތަކާއި ހަވާލުކުރަމުން މަލާކް ކުރިއަށްދިޔައެވެ. އިރުއޮއްސުމުންވެސް އެތަނުން ދިޔުމުގެ ހިޔާލު މަލާކްގެ ނެތްފަދައެވެ. މަޑުމަޑުން ކުރިއަށްދަމުންދާވަރަކަށް އޭނަގެ މާޒީގެ […]