އޮރެންގު ކުލައިގެ ދޯދި ތަކުން އިރު ދުނިޔެ މައްޗަށް މަރުހަބާކި ވަގުތު އެރީތި މަންޒަރަށް ގެއްލިފައި ޒީކް އަށް ހުރެވުނެވެ. ދެއަތުން ރެއިލިންގައި ހިފަހަށްޓައިގެން ހުރިއިރު ފަހަތަށް ދޫކޮށްފައި އޮތް މުށި ފަން އިސްތަށިގަނޑު ގެހެމުން ދިޔަ މަޑު ވަޔާ އެކު ވިހުރެމުން ދިޔައެވެ.
”ގުޑް މޯނނިންގް ޒީކް” ބެލްކަންޏަށް ނުކުތް ޒީވާންއަށް ޒިކް ފެނުމުން ބުނެލިއެވެ.”ގުޑް މޯނިންގް” ޒީކް ޖަވާބުގައި ބުނެލިއެވެ.”ޑިޑް ޔޫ ސުލީޕް ވެލް” ޒީވާން އެހެން އެހެން އަހާލުމުން ޒީކް ބޯޖަހާލިއެވެ.ޒީވާން އަށް ދެފަރާތަށް ބޯ ހަރަކާތް ކޮށްލެވުނެވެ.ޒީކް ރާއްޖެދެކެ ފޫހިވާނަވީ ސަބަބަކީ ކޮބައި ހެއްޔެވެ.
”ދޮންބޭ މިއަދު ހަވިރު ކީއްކުރަނީ”ޒީވާމްއާ ވީ ފަރާތަށް އެބުރެމުން ޒީކް އެހިއެވެ.”އެއްވެސް ޕުލޭންއެއް ނެތް”ޒީވާން ބުނެވިއެވެ.”ހިނގާ މިއަދު ހަވީރު ބޭރަށް ދާން”ޒީކް ބުނެލީ ވަރަށްމައުސޫމު ގޮތަކަށެވެ. ޒީކް މޫނަށް ޖެއްސިވަށްތަރުން ޒިވާން އަށް ހީލެވުނެވެ.ހަވީރަށް ތައްޔާރުވާނެ ކަމަްށް ބުނެ ޒީވާން ދިޔައެވެ.
*******
ސޯފާއަށް ދެފައި އަރުވައިގެން ޓީވީއިން ދައްކަމުން ދިޔަ ފިލްމެއް ބަލަން އިން ނީރާގެ ކަޅުކަން ގަދަ ބޮޑު ދެލޯ އިތުރުރަށް ބޮޑުކޮށްގެންއިނެވެ.ކުއްލިއަކަށް ނީރާއަށް ހަލޭއްލަވައިގަނެވުނީ މީހަކު އޭނަގެ ކަންފަތް ކައިރީ ހަޅޭއްލަވައިގަތުމުންނެވެ.ހަމަޔަކަށް އެޅުމަށްފަހު ނީރާ ބަލާލިއިރު އަވްޔަން ދުރުގައި ހޭން ހުއްޓެވެ.
”ޔަން””ކިހިމެތްވީ”ނީރާގެ ހަޅޭކުގެ އަޑަށް އެތަނަށް އައި ފަހީމާއަށް އަހާލެވުނެވެ.ވީގޮތް ފަހީމާއަށް ނަގައިގަނެވުނީ އަވްޔަން އާއި ނީރާގެ މޫނު ފެނިފައެވެ.”އަވްޔަން އަނެއްކާ ވެސް ނީރާއަށް ކަމެއްކުރީދޯ”ފަހީމާ ދެފަރާތަށް ބޯހަރަކާތް ކުރުވަމުން ބުނެލިއެވެ.”ނޫން ދައްތާ އަހަރެން އެއްވެސް ކަމެއް ނުކުރަން ނީ މާ ބިރުވެރި ފިލްމެއް ބަލާފަ މާބާރަށް ހަޅޭއްލަވައިގަތީ އަހަރެން ހަމަވަނަ ވަގުތު”އަވްޔަން އެހެން ބުނުމުން ނީރާ ގާތަށްއައީ އަމަށަކު ރުޅިއެއްނޫނެވެ.އަވްޔަން އޭކިޔާ އަވްޔަންއާއި ދިމާއަށް ދުއްވައިގަތުމުން އަވްޔަން ދުވެފަ ނާއިޝްގެ ކޮޓަރިއަށްވަދެ ތަޅުލިއެވެ.
”އާ ނީރާ” އެހއން ބުނެ ކޮޓަރި ތެރެ ބަލާލި އަވްޔަންއަށް ދެ ލޯ ބޮޑުކުރެވުނީ އޭނައަށް ވަދެވުނީ ނީރާގެ ކޮޓަރިއަށްކަން އެގުމުންނެވެ.އޭރު ނީރާ ބޭރުން ދޮރުގައި ޓަކިދެމުން ދިޔައެވެ.”ޔަން ހުޅުވަންވީ މިދޮރު ކީއްކުރަން އަހަރެންގެ ވަދެގެން ތިއުޅެނީ ޔަން ހުޅުވާށޭ މިދޮރު”ނީރާ ޓަކިޖެހުން ހުއްޓީ އޭނަގެ އަތަށް ތަދުވާން ފެށުމުންނެވެ.
”ދޮރު ހުޅުވާނީ އަހަރެން ގައިގަ ނުޖަހާ މަތިން””ޖަހާނަން”އަވްޔަން އެހެން ބުނުމާއެކު ނީރާ ބުންޏެވެ.އަވްޔަން ދޮރުހުޅުވުމާއެކު ނީރާ އަވްޔަން ގައިގަ ތަޅައިގަންނަން ފެށިއެވެ.”ނީ ހިނގާ ހަވީރު ތަނަކަށްދާން”އަވްޔަން އެހެން ބުނުމާއެކު ނީރާ އަސްލުއޭ އަހާ ދުރުވިއެވެ”އާ ދެމީހުން އެކަނި ދާނީ ދޯ”އަވްޔަން ބުނެލިއެވެ. ”ނޯ އަވީ ގޮވައިގެން ދާނީ”ނީރާ އަވްނީ ނުލާ ދާން ބޭނުންނުވިއެވެ.
*******
ހަވީރުގެ ވަގުތެވެ.ޒީކް ރަސްފަންއަށް ދާން ބޭނުންވުމުން ޒީވާން ޒީކް ގޮވްއިގެން ދިޔައެވެ.އެވަގުތު އެތަނުގައި މީހުން ގިނަކަމުން އެދެމީހުންވެސް ހައިރާން ވިއެވެ.ޒީވާން އަށް ސިހިފައި ފަހަތަށް ބަލައިލެވުނީ ފެންތަކަކުން އޭނަ ތެމުނުހެން ހީވުމުންނެވެ.ޒީވާންއަށް އޭނަގެ ކުރިމަތީ ފެންފުޅިއެއްގައި ހިފައިގެން އަނގަމަތީ އަތް އަޅައިގެން ހުރި އަންހެނަ ކުއްޖާފެނުނެވެ.ޒީވާން އެންމެ ހައިރާންވީ އެއްވެސް ބަހެއް ނުބުނެ އެކުއްޖާ ދުއްވައިގަތުމުންނެވެ.
”ދޮންބޭ އާރ ޔޫ އޯކޭ ހިނގާ ގެއަށް ދާން ވެޓް އެއްޗެހީގަ ނުހުރެވޭނެނޫން”ޒީކް އެހެން ބުނުމުން ޒީވާން ބޯޖަހާލާފައި ހިނގައިގަތް އިރު އެ އަންހެންކުއްޖާއާ މެދު އޭނަގެ ހިތުގައި ފޫހިކަން އުފެދުނެވެ.
”ޒީޥަން”އެވަގުތު އެހިސާބަށް އެރި ނާއިޝްއަށް ޒީވާންފެނުމުން ގޮވާލެވުނެވެ.
/
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Salhi…Ekam maa kurii inge..plc next episode dhigukohlaathi ingey??
Ishh mi part V reethi next part dhiguvaane kmh hieekuran nd mistakes madhuvaane kmh vx hieekuran ???