އިއާން މިންހާގެ އިންތިޒާރުގައި ކާރުގައި މަޑުކޮށްލައިގެން އިނެވެ. މާގިނައިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ގޭގެ ބޮޑު ދޮރު ހުޅުވާލުމަށްފަހު ބޭރަށް ނިކުން މިންހާ ފެނި އިއާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ކަޅު ކުލައިގެ އަބާޔާއަކާއެކު މަޑު ޕީޗް ކުލައިގެ ޝޯލްގައި މިންހާ ފެންނަލެެއް ނުހަނު ހިތްގައިމެވެ. މޫނުގައި ކޮށްފައިވި ލުއި މޭކަޕުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ތުނި ތުންފަތުގައި ރީތި ހިިނިތުންވުމެއްވީއިރު އެހިނިތުންވުމުން އިއާންގެ ހިތާއި ކުޅެލައެވެ. ކަޅު ކުލައިގެ ވާގަނޑު ދިގު ދަބަސް ވައަތުގެ […]
ޔުއާން ގާތު ނިދާށޭ ބުނި އަލޫކްއަށް ޔުއާންއަށް ވުރެ ކުރިން ނިދުނެވެ.ޔުއާން އަލޫކް ނިދުމުުން އޭނަގެ ކޮޓަރިއަށް ދިޔައެވެ. އޭގެ އަނެއް ދުވަހެވެ.ޔުއާން އަށް ތެދުވަން މަޖުބޫރުވީ އަލޫކްްއޭނައަށް ގޮވުމުންނެވެ.”ތެދުވޭ”ޔުއާންގެ ގައި މައްޗަށް ވެއްޓެމުން އަލޫކް ބުނެލިއެވ ޔުއާން ފާހަނާއަށް ވަނުމުން އަލޫކް އެ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ.މީގެ ދެ އަހަރު ކުރިން އެ ކޮޓަރިއަށް ވަތް ފަހުން އަލޫކް އަދި އެ ކިޓަރިއަށް ނުވަދެއެވެ. އެކި ތަންތަން ބަލަމުން ދިޔަ އަލޫކްއަށް ފެނުނު އެއްޗަކުނަ ދެ […]
އޭގެ އަނެއް ދުވަހެވެ.އެހެން ދުވަސްތަކެކޭއެއް ގޮތަށް ނީރާ ގަޑި ޖެހުމުގެ ދިހަ މިނެޓް ކުރިން އޮފީހަށް އައެވެ. ނީރާ ހަމަ ގޮޑީގައި ހަމަޖެހިލިތަނާ ދެންތިބި މުއައްޒަފުން ކޮޅަށް ތެދުވިތަން ފެނި ނީރާ ވެސް ތެދުވިއެވެ.ނީރާއަށް ދެލޯ ބޮޑުކުރެވުނީ މަޑު ނޫ ކުލައިގެ ގަމީހަކާއެކު ކަޅު އޮފީސް ފަޓުލޫނެއްގައި ހުރި ޒީވާން ފެނިފައެވެ.ކަޅުކަން ގަދަ ފަން އިސްތަށިގަނޑު ރީތި ގޮތަކަށް ސްޜައިލް ކޮށްފައި ހުރިއިރު ޒީވާންގެ ރީތިކަން އިތުރު ކުރުވައިފައި ވިއެވެ. ޒީވާންއަށް ނީރާ ފެނުމުނަ ހިނިތުންވެލެވުނީ ނީރާއޭނައާ […]
“މާޒް، ހާދަ ދުވަހެއް ކޮށްލާފަ؟ ކައި ކައިރިއަށް ޖައްސާލާފަ ދޯ؟” މެނޫ ދިއްކޮށްލަމުން އަހަރެންނާއި ދިމާއަށް ޝީން ހިނިތުންވެލިއެވެ. އަހަރެންވެސް ހިނިތުންވުމަކުން ފުއްދާލީމެވެ. ……….. “ސްޕައި” އޭ ބުނުމުން ނަމުގައި އެއީ ވަރަށް މަޖާ ކަމެކޭ ހީވެދާނެއެވެ. އެއީ މުޅިން ދޮގު ހީއެއްވެސް ނޫނެވެ. ނަމަވެސް…. “ބްރޯ ކެތްލަވާބަލަ. ޔަނާ… ހާދަ ސަޅި ބިޓެކޭ” އަހަރެން މަޑުމަޑުން ރުކާންގެ ކޮނޑުގައި ޖަހާލީމެވެ. ކަލެއަށް ރަނގަޅުވާނޭ ބުނާފަދައަކުންނެވެ. “ކައެ ތީ ކާކުތަ ރީތި ހަޑި ބިޓުން ކިޔަން.” ބަދަލުގައި […]
ނިދިފައޮތް އަވްނީއަށް ހޭލެވުނު އިރު ކުރިން އެތާ ތިބި މީހުން ނެތެވެ.އަވްނީ އެންމެ ހައިރާންވީ ބޭރަށް ނުކުމެވޭނެހެން އޭނަ އިން ކޮޓަރީގެ ދޮރު ހުޅުވާފަހުރުމުންނެވެ. އަވްނީ ނިކުންނަށް ދިޔަގަޑީ އޭނައަށް އޭނަގެ ފޯނުފެނުމުން ގަޑި ބަލާލިއެވެ.މާ ގިނަ ވަގުތު ނުވާކަން އެނގުމުން އަވްނީއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ޢަވްނީ ބޭރަށް ނިކުތްއިރު ކުޑަކޮށް ވާރޭ ވެހެމުން ދިޔައެވެ.ހުރެވުނީ ގެއާ ކައިރި ހިސާބެއްގައިކަން އެނގުމުން އަވްނީ ތެމިގެން ވެސް ގެއަށް ދާން ދިޔައެވެ. ****** އަވްނީއަށް ވީ ގޮތެއް ނޭނގި […]
ފަތިހުގެ ފިނި ފިނި ވަގުތެވެ. އަތިރިމައްޗަށް ބީއްސާލާ މޫދުގެ ރާޅުތައްދަނީ ދޮންވެލި ފަސްގަނޑުގައި މަޑުމަޑުން ބޮސްދީފައެވެ. އިރުއޭގެ ވަޒީފާ އަދާކުރަމުން ދުނިޔެއަށް އަލިކަން ފޯރު ކޮށްދެމުން އާދެއެވެ. އުދުހޭ ދޫނިސޫފާ ސޫފީގެ އަޑުތަށް މަޑުމަޑުން އިވެމުންދެއެވެ. އިރުއަރަމުން އެދާ ވަގުތުގައި ދައްކުވައިދެނީ ގުދުރަތީ ރީތިކަމުގެ ވަރަށްވެސް ފުރިހަމަ މިސާލެކެވެ. ގުދުރަތުގެ މިފުރިހަމަ މަންޒަރުތަކަށް ގެއްލިފައިހުރި ޝާމްގެ މޫނުމަތީ ގައިވީ ފެންނަ ކޮންމެ މީހެއްގެ ހިތްތައް ކަތިލާފަދަ ފުރިހަމަ ހިނިތުންވުމެކެވެ. އޭނާއަށް ގުދުރަތުން ދެއްވާފައިވާ ރީތިކަމަކީ އެކަމައްކައްޓަކައި އޭނާއަށް […]
ހަގީގީ ލޯބި ކާމިޔާބުވަނީ އަދި ނަސީބުވަނީވެސް މަދުބަޔަކަށެވެ. އެ ލޯތްބާއެކު މުޅި ދިރިއުޅުން އެކަކު އަނެއްކަކާއެކު ދިރިއުޅުމާއި އެލޯބީގެ ފޮނިކަން މަތީ ވެވޭ ވައުދުތައް ފުއްދުމުގައި ގިނަބަޔަކު ނާކާާމިޔާބު ވެފާވާއިރު އެކަން ކާމިޔާބުކުރެވެނީ ހާހަކުން މީހަކަށޭ ބުނާ ބުނުން ދޮގަކަށް ނުވާނެއެވެ. ކާމިޔާބު ލޯތްބެއް ނުލިބުމުގެ ސަބަބުން ގިނަ މީހުން ދެކެނީ ލޯތްބަކީ އޭގެ ޒާތުގަ ހިތި ވޭނީ އަސަރުތަކެއް ކުރާއެއްޗެއްގެ ގޮތުގައިއެވެ. “ގާތުގައި ނުވިޔަސް ލޯބިން” މިއީ ކުޑައިރުންސުރެއް ގާތް ދެރަހުމަތްތެރިންކަމުގައި ވާ ކައިޒަން އަދި […]
ހަރަކާތެއް ގެންނަން ނޭނގިފައި ނާއިލްއަށް ބަލަހައްޓާއިގެން ހުރި އަޝްރާއަށް ސިހުންގެނުވީ އޭނަގެ ހަށިގަނޑުގައި ނާއިލް ނުހަނު ބާރަށް ބައްދާލުމުންނެވެ. އެވަގުތު އަޝްރާއަށް ހީވީ އޭނަގެ ނޭވާވެސް އެތެރޭގައި ތާށިވީހެންނެވެ. އޭނަގެ ދެލޯ ބޮޑުވެގެން ދިޔައިރު ހިތުގެ ހިނގުންވެސް ހިނދުކޮޅަކަށް މަޑުޖެހިލިހެން ހީވިއެވެ. ވާނުވާ ނޭނގި ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި އަޝްރާއަށް ދެ މިނިޓު ވީއިރުވެސް އެހެން ހުރެވުނެވެ. ” ނާއިލް… ކީއް… ކީއްތަތިކުރަނީ…” ވާނުވާ ރޭކާލި އަޝްރާ އޭނަގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ނާއިލްގެ މޭގައި […]
ނީރާ އަވަސް އަވަހަށް ހުޅުވުނު ދޮރުން ނިކުތެވެ.ޒީވާން ނީރާގެ ފަހަތުން ނިކުމެފައި ވެސް އެބުރި ވަނީ އެނަގެ ބައްޕަ ގާތަށް ދާން ޖެހޭތީއެވެ. ****** އޮފީސް ނިއްމާލާފައި ނިކުތް އަވްނީ ޓެކްސީއެއް ލިބޭތޯ އުޅެގަތީ އަވްޔަން ގުޅާފަ ބަލާ ނާދެވޭނެއޭ ބުނުމުންނެވެ.ދެތިން ފަހަރު މަސައްކަތް ކުރުމުން ވެސް ޓެކްސީއެއް ނުލިބުމުން އަވްނީ ހިނގާފައި ދާން ނިއްމީ ބޯކަޅު ވިލާތަކުން މުޅި ދުނިޔެ ބައްދާފައި އޮތުމުންނެވެ. އަވްނީއަށް ގެ ހުންނަ ގޯޅިއަށް ވަދެވުނުތަނުން އަވްނީގެ ފަހަތުން އައިސް މީހަކު […]