Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 29

Saraa Level 910 Stories100 Comments100 Login500 Comments500 Login
May 19, 2019 11 Mins Read
49 Comments

ދެޒުވާނުންގެ ލާމެހިފައިވާ އަތްތިލައަށް އިޝާރުގެ ނަޒަރު ހުއްޓުނުއިރު އަތްމުށްކަވާލެއްވިލެއް ބާރުކަމުން ކަށިތަކުން އަޑުގޮވައިގެންދިޔައެވެ. އެއާއިއެކު އިޝާރު ކުރިއަށް އަޅާލެއްވި ފިޔަވަޅާއިއެކު އިޝާރުގެ އަތުގެ ހޫނުހަމަލާ މަޔާންގެ ކަންކަށިމައްޗަށް އަރައިގެންދިޔައެވެ. އިޝާރުގެ އެ ރުޅިވެރިހަރަކާތާއިއެކު  ޝަލީންގެ ދެލޯބޮޑުވެގެންދިޔައިރު އަނގަމަތީ އަތްއަޅާލެވުނެވެ.

“ޔާން…” އިޝާރު ދެވަނަ ފަހަރަށް މަޔާންގެ މޫނުގައި ޖަހަން އަތްއުފުއްލާލެއްވިއިރު ޝަލީން ވަގުތުން އިޝާރުއާއި މަޔާންގެ ދެމަދަށް ވަދެގަތެވެ. އެއާއިއެކު އިޝާރު ރުޅިވެރިގޮތަކަށް ޝަލީން ދުރަށްކޮއްޕާލެއްވިއެވެ.

“ލަދުކުޑަ… ކަލޭގެ ތިހިތްވަރު… ލަދެއް ނުގަނޭތަ ޝަލީން ހައްލާލައިގެން އުޅޭކަށް… ބުނަން… އަހަރެން އަދިވެސް ހަނދާންނުނެތޭ މިޙުރާން އަހަރެން ދަމާފައި ޕްރޮސެކިއުޝަންއަށް ގެންދިޔަ ދުވަސް…” އިޝާރުގެ ދެވަނަ ހަމަލާ މަޔާންގެ މޫނަށް އަރައިގެންދިޔައިރު ތުންފަތްފެޅި ލޭ ފޭދުނުއިރުވެސް މަޔާން ހިޔާރުކުރީ ހިމޭންކަމެވެ. މިވީހާތަނަށްވެސް އޭނަގެ ހަށިގަނޑަށް މީހަކު އަތްއިސްކުރުމަކީ މަޔާންއަށް ގަބޫލުކުރެވޭވަރުކަމަކަށް ނުވިނަމަވެސް ނުކިޔަމަންތެރިކަން ދައްކައިގެން އިޝާރުގެ ގަދަރަށް އުުނިކަމެއް ލިބޭނެފަދަ ކަމެއްކުރަން ބޭނުންނުވީއެވެ. ދެއާއިލާގެ ދުޝްމިންކަމާއިއެކުވެސް ޝަލީން ދެރަވާފަދަކަމެއް ކުރަން ބޭނުންނުވީއެވެ.

“އަހަރެންގެ ހަށީގައި ނޭވާހުރެގެން ތިކަން ވިޔަކަ ނުދޭނަން… ދެން ޝަލީންއާއި ދިމާލަށް އެފަދަ ނަޒަރަކުން ބަލާލާދުވަހުން ހަބަރުދާރު އަހަރެން ހަނދާންނައްތާލަން ކަލެއަކީވެސް އަހަރެން ފަދަ އިންސާނެއްކަން… އަހަރެން ނުބައިކަން ނޭނގިގެން އަދި ތިއުޅެނީ….” އިޝާރު ދެލޯހަނިކޮށްލަވައިގެން  ހުންނެވިއިރު އެދެލޮލުންވެސް މަޔާން ފިއްސާލަފާނެހެން ހީވެއެވެ. މަޔާން ހިލައިގެ ބުދެއްފަދައިން އެ ހަރުކަށި ލަފްޒުތައް އަހަންހުރިއިރު އެ ޖުމްލަތަކުން ތަދުވީ ޝަލީންގެ ހިތަށެވެ. “ބައްޕާ”އޭ ކިޔާލަމުން އިޝާރުގެ އަތުގައި ހިފާލިއިރު އިޝާރު ރުޅިވެރިގޮތަކަށް ޝަލީންގެ އަތްފޮޅާލެއްވިއެވެ.

“ޝަލީން… ހަމަ މިހާރު ގޮސް ކާރަށް އަރާ…” އިޝާރުގެ އަޑުގައި އެކުލެވިގެންދިޔަ ހަރުކަށިކަމާއިއެކު ޝަލީންއާއި ދިމާލަށް ބަލާލެއްވީ ދުވަހަކު ޝަލީން ނުދެކޭފަދަ ރުޅިވެރި ނަޒަރަކުންނެވެ. މިވީހާތަނަށްވެސް އިޝާރު ދަރިފުޅާއިދިމާލަށް ލޯބިން ފުރިގެންވާ ނަޒަރަކުން ނޫނީ ބަލާލައްވާފައެއް ނުވެއެވެ. މިއީ އިޝާރު އެހާ ރުޅި ދުރުވެފައި ހުއްޓާ ޝަލީންއަށް ފެނުނު ފުރަތަމަ ފަހަރެވެ.

“ބައްޕާ… ޔާން…” ޝަލީންގެ ކަރުނުން ފުރެމުންދިޔަ ބޮޑު ލޮލުން އިޝާރުގެ މޫނަށް ބަލާލަމުން ކިޔާލުމާއިއެކު އިޝާރުގެ ދަތްތަކަށްބާރުކޮށްލެވިގެން ދިޔައެވެ. އެވަގުތު އިޝާރު ކާރާއި ދިމާލަށް ބައްލަވާލައްވަމުން އީތަންއަށް އިޝާރާތްކޮށްލެއްވިއެވެ. އެއާއިއެކު އީތަން ކާރު ފައިބައިގެން އައި ގޮތަށް ޝަލީން ގަދަހަދަނިިކޮށް ގަދަކަމުންކަހަލަގޮތަކަށް ގެންގޮސް ކާރަށް އަރުވާ ދޮރު ޖެހިއެވެ.

“ދެން ޝަލީންއާއި ވައިވެސް ނޭޅެއްޗޭ…” އިޝާރުގެ މޫނުން ފެނިލެއްވި ނުރައްކާތެރިކަމާއިއެކު މަޔާންގެ މޫނާއި ދިމާލަށް އިނގިލި އުފުލާލެއްވީ އިންޒާރެއްދޭފަދަ ގޮތަކަށެވެ. އެ ޖުމްލަތަކުން މަޔާން ނަފްސަށްވެރިވި ނުތަނަވަސްކަމަށްވުރެ ޝަލީންގެ މޫނަށް ނަޒަރު ހުއްޓުނުގޮތުން އެ ހިތަށް ލިބުނު ވޭން ދެގުނަބޮޑެވެ. ޝަލީންގެ ބޮޑު ދެލޯ ކަރުނުން ފުރި ސައިލެއްފަދައިން ބަންޑުންވާފެށިއިރު އަތަށް ތަދުވާހާ ބާރަށް ކާރުގެ ބިއްލޫރިގަނޑުގައި ތަޅަމުންދިޔަތަން ފެނި ހިތުގައި ނޭނގޭގޮތަކަށް ރިއްސާލިއެވެ. އެވަގުތުވެސް ޝަލީން އެއަތުގެ ތެރެއަށް ގެނެސް ހިމާޔަތްދޭން ބޭނުންވިއެވެ. ޝަލީންގެ މައްޗަށް އޭނައަށް ލިބިފައިވާ ހައްްްޤު މުޅި ދުނިޔެއަށް އިއުލާންކުރަން ބޭނުންވިއެވެ. ނަމަވެސް އެގުޅުމަކީ މުޅި ދުނިޔެއަށްވެސް ސިއްރުން ބިންގާ އެޅިގެންދިޔަ ގުޅުމަކަށްވާއިރު މަސްލަހަތަށް ބަލާފައި އެކަން ސިއްރުކުރަން މަޖުބޫރުވީއެވެ.

އިޝާރު އިރުކޮޅެއްވަންދެން ރުޅިވެރިކަމާއި ނުރައްކާތެރިކަމުން ފޯވެފައިވި ނަޒަރު މަޔާންގެ މޫނަށް ހުއްޓަވާލައްވައިގެން ހުރުމަށްފަހު ހަލުވި ހިނގުމެއްގައި ދުރުވެ ކާރަށް އެރިއެވެ. އެއާއިއެކު އީތަން ކާރު ދުއްވާލިއެވެ.

*** *** *** *** *** ***

ބާރު ސްޕީޑްއެއްގައި ދުއްވާފައި އައި ކަޑުނޫކުލައިގެ ކާރު މިޑޯވިއުގެ ބޮޑު ބަގީޗާގެ ޑްރައިވޭމަތިން ގޮސް ވަކި ހިސާބަކަށް ހުއްޓާލިއިރު ކާރުގެ ދޮރުފަތް ހުޅުވާލައިފައި އިޝާރު ފޭބެއްވިއެވެ. އޭރު ބައްޕަގެ ރުޅިވެރިކަން ފެނި ޝަލީން އިނީ ބޭރަށް ފިޔަވަޅެއް އަޅާލަންވެސް ނުކެރިފައެވެ. ދެލޮލުން ގިނަވަމުންދިޔަ ކަރުނަތަކާއި އިސްއޮބައިލައިގެން އިންދާ އިޝާރު ކާރުގެ ދޮރުފަތް ހުޅުވާލެއްވުމަށްފަހު ޝަލީންގެ އަތުގައި ހިފައި ލައްކި ޖައްސައިކަހަލަގޮތަކަށް ކާރުން ފޭބުވިއެވެ.

ފެންޑާ ހުރަސްކޮށް ލިވިންރޫމް ތެރެއަށް އިޝާރު އަޅާލެއްވި ފުރަތަމަ ފިޔަވަޅާއިއެކު ޝަލީންގެ އަތުގައި ހިފައި މާބްލްތައް މައްޗަށް ހޫރާލެއްވިއެވެ. ޝަލީން އަރިއަޅައިލައިގެން މާބްލްތަށް މައްޗަށް ޖެހުނުއަޑުން ލިވިންރޫމްގެ ހަމަހިމޭންކަން ނަގާލިއެވެ. އެއާއިއެކު އިޝާރުގެ ބާރު އަޑުން ހަރުކަށިކަމާއިއެކު އިޔާނާގެ ނަމުން ގޮވާލިއިރު އެއަޑު ހަތަރުފާރުގެ ތެރޭ ގުގުމާލިއެވެ.

“އިޔާނާ…” އިޝާރުގެ ބާރު ހަޅޭކާއިއެކު އިޔާނާ ސްޓަޑީންއިން ނިކުތްގޮތަށް ސިޑިން ފޭބި ދުވެފައި ކަހަލަގޮތަށެވެ. އޭރު އިޝާރުގެ މޫނުމަތިން ފެނިލެއްވި ކުލަވަރާއިއެކު އިޔާނާގެ މޫނުން ފެނިލި ކަންބޮޑުވުމާއިއެކު އިޝާރު ރުޅިދުރުވަންވީ ސަބަބެއް ނޭނގިހުރެ މާބްލްމަތީ ހަރަކާތެއްނެތި އިން ޝަލީންއަށް ބަލާލިއެވެ.

“ކިހިނެތްވީ؟” އިޝާރުގެ ރުޅިވެރިކަމުގެ މާނަ ނަގާނޭގޮތެއް ނޭނގުނުއިރު އިޔާނާ ސުވާލުކޮށްލިއެވެ.

“ވެގެން މިއުޅޭގޮތެއް މީނދަ ދަރި ކައިރީ އަހާބަލަ….” ރުޅިންގޮސް އަމިއްލަ ނަފްސު މައިތިރި ނުކުރެވިފައި ހުންނެވި އިޝާރު މާބްލްމަތީ އިން ޝަލީންއަށް އިޝާރާތްކޮށްލައްވަމުން ރުޅިވެރިގޮތަކަށް ވާހަކަދެއްކެވިއެވެ.

އިޔާނާ ހާސްވެފައި ޝަލީންގެ މޫނަށް ބަލާލިއެވެ. ޝަލީންގެ ރަތްވެފައިވާ ކަރުނަވީ ލޮލާއި އެކޯތާފަތުގައި ފިރުކެމުންދިޔަ ކަރުނަތިކިތައް ފެނި އިޔާނާގެ މައިލަގޮނޑިއަށް ކެތްނުވިއިރު ޝަލީންއާއި އެއްހަމަޔަކަށް ތިރިވަމުން އެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އިޝާރު އެހާ ރުޅިދުރުވީ ޝަލީން ކޮންކަމެއް ކޮންގެން ބާވައެވެ؟ އިޔާނާ ސުވާލުއުފެދިފައިވާ ނަޒަރަކުން އިޝާރުގެ ރުޅިވެރިމޫނަށް ބަލާލިއެވެ. އެއާއިއެކު މާޒީވި ދުވަހެއްގެ ހަނދާންތައް އައިސް ސިކުނޑީގައި ޖެހިގަތުމާއިއެކު އިޔާނާގެ ހަށިގަނޑު ސީދާވެގެންދިޔައިރު ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެއާއިއެކު ސިހިފައި ހުރި ގޮތަކަށް އިޝާރުގެ މޫނަށް ބަލާލިއެވެ. އެދުވަހު އިޝާރުގެ މޫނުން ފެނިލި އިންތިހާ ދަރަޖައިގެ ރުޅިވެރިކަމާއި މިއަދު ފެންނަ ރުޅިވެެރިކަން ތަފާތެއް ނެތެވެ. އިޔާނާގެ އަނގަމަތީ އަތްއެޅިގެންދިޔައިރު ދެފަރާތަކަށް ބޯހޫރައިގަތެވެ.

އިޝާރު މިހާ ގަދަޔަށް ރުޅިދުރުވީ ޝަޔަމްއާއި އިޒާގެ ގުޅުން ފަޅާއެރިދުވަހުއެވެ. މިއަދުވެސް މާޒީ ތަކުރާރުވަނީކަމުގެ ޝައްކު ހިތުތެރޭގައި ހިނގައިގަތްއިރު އިޔާނާގެ ހަށިގަނޑު ރޫރޫއަޅައިގަތެވެ. ހިތާހިތުން އޭނާއަށް ހީވާހިވުން ދޮގަކަށްވުން އެދި ދުއާކޮށްލެވުނެވެ.

“އަހަރެމެންނަށް ދެއްވީ އެންމެ އަންހެންދަރިއެއް… ބުނިހާކަމެއް ކޮށްދީގެން ނުލާހިކު ލޯބިން އެދަރިފުޅު ބަލާބޮޑުކުރީ މިދުވަސްދެކޭކަށް ނޫން… ބޮޑުވެގެން އަހަރެމެންގެ މޫނަށް ފައިން އަރާނެކަމަށް އުއްމީދުކޮށްގެނެއް ނޫން….” އިޝާރުގެ ޖުމްލަތަކާއިއެކު ޝަލީން ކަރުނުން ފުރެމުންދިޔަ ލޮލުން އިޝާރުއަށް ބަލާލިއިރު އިޔާނާއަށް އިޝާރުގެ ނަމުން ގޮވާލެވުނެވެ.

“އިޔާނާ އަހާބަލަ ޝަލީން ގާތު ރޭގަނޑު ހަތަރުދަމު އުޅެނީ ކޮންތާކުތޯ….” އިޝާރު އިޔާނާގެ މޫނަށް ބަލާލީ ހިތްހަމަޖެހިނުލައްވާފައި ހުރެއެވެ.

“ޝަލީ އުޅެނީ ރައްޓެހިން…” އިޔާނާގެ ޖުމްލައާއިއެކު އިޝާރު ބަލާލެއްވިގޮތުން އިޔާނާ ހަމަހިމޭންވިއެވެ.

“އޭނަ ބުނާހާ އެއްޗެއް ޤަބޫލްކޮށްގެން އިޔާނާ ހުންނާތި… ތިބުނާ ރައްޓެހިންނަކީ މިޙުރާންގެ ދަރި މަޔާންތަ؟ އެ ފިރިހެނާ ގޮވައިގެން މުޅި މާލެ ކުޑަކުރާއިރު އަހަންނާއިމެދުވެސް ވިސްނާނުލިއޭ…” އިޝާރުގެ އަޑުގައި އެކުލެވިގެންދިޔަ ރުޅިވެރިކަމާއިއެކު އަތްމުށްކަވާލެއްވިއެވެ. އެޖުމްލައާއިއެކު އިޔާނާގެ ނަޒަރު ޝަލީންގެ މޫނަށް ހުއްޓުނުއިރު ދެފަރާތަކަށް ބޯހޫރާލެވުނީ އެވާހަކަތައް ޤަބޫލުކުރަން ބޭނުންނުވެފައި ހުރެއެވެ.

“އަހަރެންގެ ޝަލީއަކީ ތިފަދަގޮތަކަށް އުޅޭނެކުއްޖެއް ނޫން… އިޝާރު ނުރުހޭކަމެއް ޝަލީ ނުކުރާނެ… އިޝާރުއަކީ ތިހީވެލެއްވީ ގޯސްކޮށް…” އިޔާނާ އިރުކޮޅެއްވަންދެން ހިމޭނުން ހުރުމަށްފަހު ޝަލީން ދިފާއުކުރުމާއިއެކު އިޝާރު ދަތްތަކަށް ބާރުކޮށްލައްވައިގެން ހުރެ އިޔާނާއަށް ބަލާލެއްވީ ރުޅިވެރިކަމުގެ ނަޒަރަކުންނެވެ.

“ކޮންމެކަމެއްގައި ހަތިޔާރަކަށްވެގެން ދަރިން ދިފާއުކުރަން އިޔާނާ ހުންނާތި… އިޔާނާ އަހާބަލަ ޝަލީންގާތު މަޔާންއާއި އޮތީ ކޮން ގުޅުމެއްތޯ؟ ދެމީހުން އުޅޭގޮތުން ކިޔައިދޭނެ އިތުރު އެއްޗެއް ނުވެސް ނެތް…” އިޝާރުގެ ހިތްހަމަނުޖެހުމުގެ ނަޒަރު ޝަލީންގެ މޫނަށް ދަތުރުކުރިއެވެ. އޭރު ޝަލީން އިނީ މާބްލްމަތީ ޖެހުނުގޮތަކަށް ހަރަކާތެއްވެސް ނުކޮށް ހިމޭންވެފައެވެ.

“ޝަލީ ދަރިފުޅާ ބުނޭ އެއީ ދޮގެކޭ… ބުނޭ ބައްޕައަށް ކުށްހީއެއްވެލެއްވީއޭ…” އިޔާނާ އިރުކޮޅެއްވަންދެން އިޝާރުގެ މޫނަށް ބަލަހައްޓައިގެން ހުރުމަށްފަހު ޝަލީންއާއި އެއްހަމަޔަކަށް ތިރިވަމުން ޝަލީންގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. އޭރު އެ މޫނުމަތިން ފާޅުވަމުންދިޔަ ކުލަވަރުތަކުން އެކަން ދޮގަކަށްވާން އެދޭވަރުވީ ހާމައަށެވެ.

އިޔާނާގެ މޫނަށް ބަލާލަމުން ޝަލީން ލޯމަރާލިއިރު އެސްފިޔަތަށް ފޫދުއްވާލާފައި ކަރުނަތިކިތައް ކޯތާފަތްމައްޗަށް ފައިބައިގަތެވެ. ތުންފަތުގައި ދަތްއަޅާލަމުން ލޯފިއްތާލެވުނީ ތެދަށް ބުނެފިނަމަ ކަންތައް ވެދާނެގޮތް ހިތަށް އަރާފައެވެ. އެކަމަކު ޝަލީން ދޮގުހަދާކަށް ބޭނުމެއްނޫނެވެ.

އެވަގުތު އިޔާނާ ޝަލީންގެ މޫނަށް ބަލާލިއިރު ޝަލީންގެ މިހިމޭންކަމަކީ ޖަވާބަކަށް ނުވުމަށްއެދި ދުއާކުރެވުނެވެ.

“ހޫމް… މަންމާ… އަޅުގަނޑު މަޔާންދެކެ ލޯބިވޭ… ބޭނުން މެރީކުރަން…” ޝަލީން ހަށިގަނޑަށް ބާރުކޮށްލަމުން ބުނެލުމާއިއެކު އިޔާނާ ޝަލީންގެ މޫނަށް ބަލާލީ ސިހިފައިކަހަލަގޮތަކަށެވެ. އެއާއިއެކު އިޝާރު ޝަލީންގެ އަތުގައި ހިފާ ތެދުކޮށްލިގޮތަށް ޝަލީންގެ ކަންކަށިމައްޗަށް އެތިފަހަރެއް ވީއްލާލެއްވިއެވެ. އިޔާނާ އިޝާރުގެ ނަމުން ގޮވާލަމުން އެދެމެދަށް ވަދެގަތުމާއިއެކު އިޝާރު އިޔާނާގެ އަތުގައި ހިފައި ދުރަށް ހޫރާލެއްވިއެވެ.

މިވީހާތަނަށްވެސް އިޝާރުއަކީ ދަރިންދެކެ ލޯބިވާ ބަފައެކެވެ. ދެކުދިންދެކެ އިޝާރު އިންތިހާއަށް ލޯބިވެލައްވާއިރު އަންހެންދަރިފުޅު ޝަލީންއަކީ އިޝާރުގެ ލޮލުގެ ކޮއެވެ. މިވީހާތަނަށްވެސް އިޝާރު ޝަލީންއަށް ލޯބިން ނޫނީ ގޮވާލައްވާފައިވެސް ނުވެއެވެ. ޝަލީންއަށް ތަދުވާފަދަ ގޮތަކަށް އިޝާރު އެ ދަރިފުޅުގެ ހަށިގަނޑުގައި އަތްޖައްސާލައްވާފައިވެސް ނުވެއެވެ. އެކަމަކު މިއަދު އިޝާރުގެ ކެތްތެރިކަން ކޮޅުންލީއެވެ. ހުރިހަމައެކަނި އަންހެންދަރިފުޅު އޭނަގެ އެންމެ ބޮޑު ދުޝްމިންގެ ދަރިފުޅާއި ގުޅުމަކީ އިޝާރުއަށް ބަލައިގަނެވޭވަރުގެ ކަމަކަށްނުވީއެވެ. އޭނަ މިހުރާންގެ އާއިލާއަށް ކުރާ ނަފްރަތާއިއެކު އެއާއިލާއާއި ލޭގެ ގުޅުމެއްއޮތްފަރާތަކާވެސް ދަރިއަކު ގުޅޭކަށް ދުވަހަކު އެއްބަހެއް ނުވާނެއެވެ.

ޝަލީންގެ ލޮލަށް ކަރުނަތައް ގިނަވިއިރު ބައްޕައާއި ދިމާލަށް ބަލާލެވުނީ ކަރުނަވީ ނަޒަރަކުންނެވެ. ބައްޕަ މިވީހާތަނަށްވެސް އޭނައަށް އަތްއިސްކުރެއްވި ހަނދާނެއް ޝަލީން ނުވެއެވެ. ބައްޕަގެ ރުޅިވެރިކަން ފެނި ޝަލީންގެ ހިތް ރޫރޫއަޅާގަތްއިރު އެ ރީތި ދެލޮލުން ބަންޑުންވަމުން އައި ކަރުނަތަކާއިއެކު އިޝާރުގެ މޫނަށް ބަލާލިއެވެ. އޭރު އިޔާނާ އެއްފަރާތެއްގައި ދެބަފައިންގެ ހަރަކާތްތަކަށް ދެކެންހުރީ ކަރުނަވީ ލޮލަކުންނެވެ.

“ބައްޕާ… ބައްޕަގެ ރުހުމާއިއެކު ނޫނީ އަޅުގަނޑު މަޔާންއާއި ގުޅޭކަށް ބޭނުމެއް ނޫން… ބައްޕާ… އަޅުގަނޑު އާދޭސްކުރަން އަޅުގަނޑުގެ އުފަލަށްޓަކައިވެސް މިކަމާއި ރުހެދީ…” އިޝާރުގެ ހިމޭންކަމުން ޝަލީންގެ ހިތުގައި ބިރުވެރިކަމެއް ހިނގައިގަތްއިރު އިޝާރުގެ އަތުގައި ހިފަހައްޓާލަމުން އާދޭސްކުރިއެވެ. މަޔާންއަކީ އޭނަގެ އުފަލަށްވާއިރު ބައްޕަކުރިމަތީ އާދޭސްކުރަންވެސް ޝަލީން ހުރޫީ ތައްޔާރަށެވެ.

އިޝާރުގެ ދަތްތަކަށް ބާރުކޮށްލެއްވިއިރު ޝަލީންގެ އަތުތެރޭގައިވާ އޭނާގެ އަތްތިލަ ވަކިކޮށްލެއްވިއެވެ. އެއާއިއެކު ނުރުހިފައިހުރެ ޝަލީންގެ ކޮނޑުގައި އަތްއަޅާ ދުރުކޮށްލެއްވިއެވެ.

“އަހަރެން ދުވަހަކު ތިކަމާ ޤަބޫލެއްނުވާނަން… ޝަލީންގެ ކައިވެނިކުރެވޭނީ އަހަރެން ބޭނުންވާ ފަރާތަކާ..” އިޝާރުގެ ހަރުކަށި ޖުމްލައާއިއެކު ޝަލީންއަށް ބަލާލެވުނީ ސިހިފައިކަހަލަގޮތަކަށެވެ. ސިކުންތުކޮޅެއްގެ ތެރޭ ލޮލަށް ގިނަވި ކަރުނަތަކާއިއެކު ޝަލީން ދެފަރާތަކަށް ބޯހޫރައިގަތެވެ.

“ބައްޕާ…” ޝަލީންގެ އަޑު ކުރެހިގެންދިޔައެވެ.

“ބުނަން… އަހަރެން އިތުރަށް ރުޅިގަދަކުރަން ދެބަސްވާން އުޅޭނެކަމެއްނެތް… ޝަލީންގެ ކައިވެނިކުރެވޭނޭ ފަރާތް އަހަރެންވާނީ މާކުރިންވެސް ކަނޑަައަޅާފައި… އަހަރެން ބޭނުންވާގޮތަށް މިކަން ނިމިގެންދާނީ… ދެކޮޅުހަދަން ބޭނުންނަމަ އަހަރެންގެ ކުރިމަތިން އުމުރަށް ދުރަށްދޭ…” އިޝާރުގެ ހަރުކަށި ޖުމްލައާއިއެކު ޝަލީން އިސްްއުފުލާބަލާލިއިރު ލޮލަށް ކަރުނަތައް ބޮޑިވެގަތީ އެ ޖުމްލަތަކުން ހިތަށްކުރި އަސަރެއްގެ ބޮޑުކަމުންނެވެ. އިޔާނާއަށްވެސް ބަލަހައްޓައިގެން ހުރެވުނީ އިޝާރުގެ ދުލުން އެބަސްތައް އިވުނުކަން ގަބޫލުނުކުރެވިފައި ހުރިކަހަލަ ގޮތަކަށެވެ. އިޝާރު ކިތަންމެ ރުޅިދުރުވިޔަސް އެފަދަ އިހާނެތި ޖުމްލައެއް ބުނުއްވަފާނެކަމަކަށް އިޔާނާ ހިޔެއްނުކުރެއެވެ.

އިޔާނާ އެއްޗެކޭ ބުނަން އުޅުމާއިއެކު އިޝާރު އަޅާލުމެއްނެތި ބާރު ހިންގެވުމެއްގައި ސިޑިން އަރައިގެން ގޮސް ނިވައިވިއެވެ. އެއާއިއެކު އިޔާނާ ބުދެއް ފަދައިން ހުއްޓުންއަރާފައިވާ ޝަލީންއާއި ދިމާލަށް ފިޔަވަޅެއްއަޅާލިއެވެ. އެވަގުތު ސިޑިއާއި ދިމާލުން ބިއްލޫރި އެއްޗެހިތަކެއް ބިމަށް ފައިބައިގަތްއަޑާއިއެކު ބިއްލޫރިތަކެއް ކުދިކުދިވެގެންދިޔަ ބާރު އަޑުފަށްގަނޑާއިއެކު އިޔާނާ ޝަލީންއަށް ބަލާލަމުން ސިޑިއާއި ދިމާލަށް ދުއްވައިގަތެވެ.

ހަލުވި ފިޔަވަޅުތަކެއްގައި ޝަލީންގެ ކޮޓަރިއާއި އަރާހަމަވި އިޔާނާގެ ދެލޯބޮޑުވެގެންދިޔައިރު ފަހަތަށް ފިޔަވަޅެއްއަޅާލެވުނެވެ. މާބްލްމަތީ ޖެހުނުގޮތަށް ފުޑުފުޑުވެފައިވާ ޝަލީންގެ ލެޕްޓޮފާއި އައިޕެޑްގެ އެތިކޮޅުތަކާއި ބިއްލޫރިކޮޅުތައް ދުރުދުރަށް ދާންދެން މާބްލްމަތީ ވިހުރިފައިވާތަންފެނި އިޔާނާގެ ހައިރާންކަމުގެ ނަޒަރު އިޝާރުގެ މޫނަށް ހުއްޓުނެވެ. އޭރު އިޝާރު ހުންނެވީ ޝަލީންގެ ކޮޓަރީގެ ދޮރުމަތީގައެވެ.

“ޙަބަރުދާރު… މީގެ ފަހުން އެ ފިރިހެނާއާއި އަނގައިން ބުނެލިޔަސް އަހަރެން ހަނދާންނައްތާލަން ތިއީ އަހަރެންގެ ދަރިއެއްކަން…” އިޝާރުގެ ނަޒަރު ސިޑިންއަރައިގެން އައި ޝަލީންއަށް ހުއްުޓުނުއިރު ރުޅިވެރިގޮތަކަށް ބުނެލެއްވިއެވެ. އެއާއިއެކު ޝަލީންގެ އަތުތެރޭ އޮތް ފޯނު ދަމައިގެންފައި ބިމަށް ޖަހާލުމާއިއެކު ފޯނު ކުދިކުދިވެގެންދިޔަ އަޑުން މާހައުލުގެ ހިމޭންކަން ނަގާލިއެވެ.

“ދެން މިގެއިން ބޭރަށް ފިޔަވަޅެއް އަޅާލަބަލަ.. މިހިސާބުން ވަޒީފާއަށް ދިޔުންވެސް ނިމުނީ… އަހަރެން ދައްކާ މީހަކާއި ކައިވެނިކުރަން ތައްޔާރުވޭ… ދެކޮޅަށް އެންމެ ބަހެއް ބުނެލިޔަސް ހަދާނެގޮތް އިނގޭނެ އަހަންނަށް…” އިޝާރު އެދިޔަގޮތަށްގޮސް ޝަލީންގެ އަތުގައި ހިފައިގަތްއިރު އިޔާނާ ދުރުކުރަން މަސައްކަތްކުރިއެވެ.

“އިޝާރު… ހެޔޮނުވާނެ ދޫކޮށްބަލަ… އަތްއިސްކުރުމަކީ ހައްލެއްނޫނޭ… އެއީ ބޮޑުވެފައިހުރި އަންހެންދަރިއެކޭ…” އިޔާނާ އިޝާރުގެ ހަކަތައިގެ އަތުގައި ހިފަހައްޓައިގެން ހުރެފައި ރޮއެގަތެވެ.

އިޝާރު ޝަލީންގެ އަތުންދޫކޮށްލެވިއިރު ޝަލީން އެއްއަތުގައި ހިފަހައްޓައިގެން ހުރެ އެއްޗެކޭ ބުނަން އުޅުނެވެ. އެކަމަކު ތުންފިއްތާލައިގެން ހުރެ ބޮޑެތި ކަރުނަތަކުން ލޯބަރާވިއިރު ކޮޓަރިއާއިދިމާލަށް ދުއްވައިގަތެވެ. ޝަލީން ކޮޓަރިއަށްވަދެ ބާރަށް ދޮރުޖަހާލިއަޑު ލިވިންރޫމްގެ ހިމޭންކަން ނަގާލިއިރު މަޑު ގިސްލުމެއްގެ އަޑު ދޮރުން ބޭރުވިއެވެ.

އެއަޑުއިވިފައި އިޔާނާގެ ހިތަށް އަސަރުކުރިއިރު އިޝާރުއާއި ދިމާލަށް ބަލާލެވުނީ ޝަކުވާގެ ނަޒަރަކުންނެވެ. އެއާއިއެކު އިޔާނާ ޝަލީންގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތްއިރު ހުއްޓެން މަޖުބޫރުވީ އިޝާރުގެ އަޑުއިވިފައެވެ.

“އޭނަ ރޯލާހާ ފަހަރަކު ލޮއްސަން ދާކަށް އިޔާނާއަކަށް ނުޖެހޭނެ… އިޔާނާ ކަންތައްކުރާގޮތުން މިހުރިހާކަމެއްވަނީ…” އިޝާރު ހިތްހަމަނުޖެހިފައިހުރެ އިއްވާލަމުން ދުރަށް ހިނގައިގަތެވެ. އެހެން ފަހަރުތަކުގައި ޝަލީން ރޯލުމާއިއެކު އިޝާރު ހަތިޔާރު ބެހެއްޓެއްވިނަމަވެސް މިފަހަރު އިޝާރު ހުރީ ގޮތްދޫކުރާފަދަ ގޮތަކަށް ނޫންކަން އެކަމުންވެސް ހާމަވިއެވެ.

އިޝާރު ގޮސް ނިވާވަންދެން އިޔާނާއަށް ބަލަހައްޓައިގެން ހުރެވުނީ ޝަކުވާއިން ފުރިގެންވީ ނަޒަރަކުންނެވެ. އެ ޖުމްލަތަކުން އިޝާރު ދެވަނަފަހަރަށް މާޒީ ހަނދާންކޮށްދީފިއެވެ. އެއީ މީގެ ހަތަރު އަހަރު ކުރިންވެސް އިޝާރު އޭނައާއި ދިމާލަށް ބުނެލި ބަސްތަކެވެ. ވެދިޔަކަންތަކުގައި އިޝާރު އަދިވެސް އިޔާނާ ކުށްވެރިކުރާކަން އެކަމުން ހާމަވިިއިރު އިޔާނާގެ ހިތަށް ނޭނގޭފަދަ ވޭނެއް ލިބުނެވެ. އޭނަ ޝަލީންގެ ހުރިހާ ފިޔަވަޅަކަށް ފަރުވާތެރިވެގެން ހުރިއިރުވެސް ދެވަނަ ފަހަރަށް މާޒީ ތަކުރާރުވެގެންދިޔައީއެވެ. ދެވަނަ ފަހަރަށްވެސް އޭނަ ފެއިލްވީއެވެ.

އިޔާނާ ލޮލަށް ކަރުނަތައް ގިނަވެގަތްއިރު ޝަލީންގެ ކޮޓަރިއާއި ދިމާލަށް ބަލާލިއެވެ. ދަރިފުޅުގެ ވޭނީ ރުއިމުން އިޔާނާގެ އެތެރެހަށި ވިރިގެންފޭބިފަދަ އިހުސާސެއްވީއިރު އެކަރުނަތައް ފުހެލަދޭން ބޭނުންވިނަމަވެެސް އިޝާރުގެ ހަރުކަށި ޖުމްލަތައް ސިކުނޑީގައި ގުގުމާލިގޮތުން ކުރިއަށް އެންމެ ފިޔަވަޅެއް އަޅާލާނޭހާ ހިތްވަރެއްވެސް ނުކުރެވުނެވެ.

*** *** *** *** *** ***

މެންދަމުގެ ވަގުތުތައް ފެށިގެންދިޔައިރު ވެހެންފެށި ބޯވާރެއިން މާހައުލުގެ ހިމޭންކަން މުގުރާލިއެވެ. ބޮޑެތި ވާރޭގެ ތިކިތައް އޮއްގާތަކެއްފަދައިން ފުރާޅުގައި ތަޅައިގަންނައިރު ޖަހާލާ ބާރު ގުގުރީގެ އަޑުން ހިތްތައް ވިރިގެންދާހާވެއެވެ. ދޭތެރެއިން އަރައިގެންދާ ވިދުވަރުގެ އަލިން ރޭގަނޑުގެ އަނދިރިކަން ދުވާލަށް ހަދާލައެވެ. ބެލްކަނީގައި އަތްއަޅުވާލައިގެން ދުރަށް ނަޒަރު ހުއްޓާލައިގެން ހައިޒަލް ހުރިއިރު އެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނުވެއެވެ.

އިރުކޮޅެއްވަންދެން ވާރޭގެ ތިކިތަކުގެ ފިނިކަން އިހުސާސްކުރަން ހުރުމަށްފަހު ހައިޒަލް ފޯނު ނަގާ ނައިނާގެ ނަންބަރަށް ގުޅާލިއެވެ. ދެތިންފަހަރު ފޯން ރިންގްވި ފަހުން ނައިނާ ފޯނު ނެގިއެވެ.

“ހެލޯ…” ނައިނާގެ އަޑުގައިވީ ނިދީގެ އަސަރާއިއެކު ދެންމެ ނިދިން ހޭލިހެން ހީވިއެވެ.

“ނައިނާ…” ހައިޒަލްގެ އަޑު ކަންފަތުގައި ޖެހުމާއިއެކު ނައިނާގެ ލޮލުގައިވީ ނިދި ފިލާގެންދާކަށް ސިކުންތެއްވެސް ނުނެގިއެވެ.

“ސޮރީ ނިދާފައި އޮއްވާ އުނދަގޫކުރެވުނީމަ…” ހައިޒަލް ބެލްކަނީގެ ރެއިލިންގައި ފަހަތުން ދެއަތް ވިއްދާލަމުން ހަށިގަނޑު ދޫކޮށްލިއެވެ.

“އިޓްސް އޯކޭއޭ… ހައި ޓެލްމީ.. މިރޭވެސް ހުވަފެން ފެނުނީތަ؟” ނައިނާ ހެޑްބޯރޑަށް ލެގިލައިގެން އިންއިރު އެ ލޮލުން ހާސްކަން ފެނިލިއެވެ.

“ނޫން… ނައިނާގެ އަޑު އަހާލާ ހިތްވީ ހަމަ… މިރޭ ވެހެމުން މިދާ ވާރޭ އަހަންނަށް ހަނދާންކޮށްދެނީ ކޮންދުވަހެއްކަން އިނގޭތަ؟” ނައިނާގެ އަޑުގައިވީ ކަންބޮޑުވުމުގެ އަސަރުން އޭނައާއިމެދު ވިސްނާވަރު އިނގި ތުންފަތްމައްޗަށް ހިނިތުންވުމެއްވެރިވިއިރު ފަޒާގައި ނަށަމުންދިޔަ ވާރޭ ތިކިތަކަށް ނަޒަރު ހުއްޓައިލައިގެން ހުރެ ހައިޒަލް ވާހަކަދެއްކީ ހުވަފެނީ ގޮތަކަށެވެ. އެއަޑުގައިވީ އަސަރަކުން ނައިނާގެ ދޮން މޫނަށް ޖަންބުކުލަ ފާއްދާލިއެވެ.

“ނައިނާ…. ވާރޭތެރޭ ނައިނާ ތެމިލައިގެން ހުރި މަންޒަރު… ވާރޭ ވެހޭ ކޮންމެ ވަގުތަކު އެ ވަގުތުކޮޅު ހަނދާންވާނެ…” ހައިޒަލްގެ ސިކުނޑީގެ ނައިނާގެ އެންމެ ފުރިހަމަ ތަސްވީރު ކުރެހިގެންދިޔައިރު ތުންފަތްމަތީ ދުވެލީ އެންމެ ރީތި ހިނިތުންވުމެވެ.

“ހެހެހެ… ވާރެއާއި ހައިއާއި ގުޅުމެއް އޮންނަނީ ކަންނޭނގެ… އެންމެ ފުރަތަމަ ދުވަހުވެސް ދިމާވީ ވާރޭތެރެއިން…” ނައިނާ ރަކިގޮތަކަށް ހީލިއިރު މޫނުގައި އަތްޖައްސާލެވުނީ ހައިޒަލްގެ ޖުމްލަތަކުން މޫނު ރަތްވިވަރު އިހުސާސްކުރެވިފައެވެ.

“އެދެދުވަހުވެސް އަހަރެންގެ ހިތަށް ގޮތެއް ހަދާލުމުގައި ނައިނާ ކާމިޔާބުކުރިކަން އިނގޭތަ؟” ހައިޒަލްގެ ޖުމްލައިން ނައިނާގެ ހިތަށް ލިބުނު އުފާ ބަޔާންކޮށްދޭކަށްވެސް ނޭނގުނެވެ. ލުއިލުއިގޮތަކަށް ނައިނާ ހީލިއިރު ހައިޒަލްގެ ހިތަށް ފިނިކަމެއް ލިބުނެވެ.

ނައިނާގެ ތިހީލުން އަޑުއިވުމުން ދެކިލަން ބޭނުންވާވަރެއް ބުނެދޭކަށް ނޭނގެ… އަހަރެންގެ ނިދި އެއަންހެންކުއްޖަކަށްޓަކައި ގުރުބާންކުރި ހަމައެކަނި އަންހެންކުއްޖާއަށް ނައިނާ ވާނެ…” ހައިޒަލްގެ އަޑުގައި މިރޭ ވަނީ ތަފާތު އަސަރެކެވެ. ހައިޒަލް ދުވަހަކުވެސް މިހާ ލޯބިން އިސްގީކޮށް ނައިނާއާއި ވާހަކަދައްކާފައިނުވެއެވެ.

“ހައި… މިރޭ ހާދަ ޑިފަރެންޓް…” ނައިނާގެ ދުލުން އެބަސްތައް ބޭރުވީ ނޭނގިހުއްޓައެވެ.

“އަހަރެން މުޅިން ބަދަލުކޮށްލި އަންހެންކުއްޖަކީ ތިއީއެއްނު….” އެޖުމްލައާއިއެކު ހައިޒަލްގެ ލުއިލުއި ހީލުން ނައިނާގެ ހިތަށް ފިނިކަންގެނެސްދިނެވެ.

އެތައްއިރެއްވަންދެން ދެލޯބިވެރިން ފޯނުގައި ތިބިއިރު ހައިޒަލްގެ ތުންފަތްމަތީވަނީ އެންމެ ރީތި ހިނިތުންވުމެކެވެ. ނައިނާގެ ވާހަކަތަކުން ދޭތެރެއަކުން އެމޫނުމައްޗަށް ވެރިވެގެންދާ ހިނިތުންވުން އެ މޫނުމަތިން ފެންނަމުންދިޔަ އުފާވެރިކަން ދެގުނަކޮށްލަދެއެވެ. ވެހެމުންދިޔަ ވާރޭގެ ތިކިތައް ބޮސްދޭން މޫނު ދިއްކޮށްލައިގެން ހުރިއިރު މަރާލެވިފައިވާ ލޮލުގައި ކުރިމަތީ ހައިޒަލް ކުރުހަމުންދިޔައީ ނައިނާގެ އެންމެ ރީތި ތަސްވީރެވެ.

މަޑުމަޑުން ނައިނާގެ ލޮލަށް ނިދީގެ ބާރުގަދަކުރަންފެށިއިރު ނިދިން ބަރުވެފައިވާ އަޑަކުން އައި ލަވް ޔޫ އޭ ބުނެލިއެވެ. އެއާއިއެކު ހައިޒަލްގެ ހިތަށް ލިބުނު އުފަލަކުން ހިނދުކޮޅަކަށް ލޯމެރިގެންދިޔައެވެ. ނައިނާގެ ދުލުން އެބަސްތައް އަޑުއިވޭ ކޮންމެފަހަރަކު ހައިޒަލްގެ ހިތް ގަނޑުފެނުން ތެތްމާލެވޭފަދައެވެ. ދުނިޔޭގެ ހުރިހާ އުފަލެއް މިލްކުވީކަމުގެ އިހުސާސް ހިނދުކޮޅަކަށްނަމަވެސް ކުރެވިގެންދެއެވެ.

“އަހަރެންވެސް ލޯބިވޭ އަހަރެންގެ ފުރާނަޔާ… މައި ނައިނާ….” ފުންވަމުން އައި ނައިނާގެ އަޑުއަހަންހުރެފައި ހައިޒަލް ލޯބިން ފުރިގެންވީފަދަގޮތަކަށް ކިޔާލިއެވެ. އެއާއިއެކު މަރާލެވުނު އެސްފިޔަތަކުގެ ތެރޭ ނައިނާގެ ސޫރަ ކުރެހިގެންދިޔައިރު ތުންފަތްމަތީވީ ހިނިތުންވުން އިތުރަށް ފުންވެގެންދިޔައެވެ.

*** *** *** *** *** ***

އިރުއޮއްސިވަގުތުތައް ފާއިތުވަމުންގޮސް މަޑުމަޑުން ކޮޓަރީގައިވާ އަލިކަން ފަނޑުވެ އަނދިރިކަމަށް ގެނބިގެންދިޔައެވެ. ބެލްކަނީގެ ދޮރުގެ ފަރުދާތައް ކަހާލެވިފައިވާއިރު ބިއްލޫރިގަނޑުން ފުރޭނިގެން ކޮޓަރިއަށް ވެރިވެފައިވާ ފަޑުއަލިން ކޮޓަރިތެރެއަށް ވެރިވެފައިވާ ކަނު އަނދިރިކަމަށް އަލިކަމެއް ގެނެސްދިނެވެ. ކޮޓަރިތެރޭގައި ރަސްކަންކުރަމުންދިޔަ އަނދިރިކަމަށް ނިމުމެއް ގެންނާކަށްވެސް ޝަލީން ބޭނުމެއްނުވިއެވެ. ބާލީހުން މޫނު ފޮރުވައިލައިގެން ބަންޑުން އޮތްއިރު ބާލީސްމައްޗަށް ފެތުރިފައިވާ އިސްތަށިތަކުން މޫނު ފޮރުވާލައިފައިވެއެވެ. ރަތްކުލައިގެ ފަށުވީގެ މަޑު ބާލީސްކޮޅު ތެމިފައިވަނީ ޝަލީންގެ ވޭނީ ކަރުނަތަކުންނެވެ.

އިރުއޮއްސުނުފަހުން އިޔާނާ އެކޮޓަރިއަށްވަދެލިއިރު ޝަލީންގެ މަޑުގިސްލުމެއްގެ އަޑުއިވިފައި އިޔާނާގެ މެޔަށް ބާރުވެގެން އައިފަދަ އިހުސާސްއެއްކުރެވުނެވެ. ކޮޓަރިތެރެއަށްވެރިވެފައިވާ އަނދިރިކަމަށް ނިމުމެއް ގެނައުމަށްފަހު އިޔާނާ މަޑު ފިޔަވަޅުތަކެއްގައި ޝަލީންގެ އެނދާއި ދިމާލަށް ހިނގައިގަތެވެ.

“ދަރިފުޅާ… ޝަލީ…” އިޔާނާ އެނދުގެ އެއްފަރާތެއްގައި އިށީދެލަމުން ޝަލީންގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.

“ދަރިފުޅު މަންމައާއި ވާހަކަދައްކަބަލަ…” އިޔާނާ ހުއްޓުމެއްނެތި ޝަލީންގެ އިސްތަށިގަނޑުގައި ފިރުމަމުންދިޔައިރު ޝަލީންގެ ރުއިމުގެ އަޑު ބާރުވިއެވެ. ބާލީހަށް މޫނުހަރާލައިގެން އޮވެ ރޮމުންދިޔައިރު އެހަށިގަނޑަށް އަންނަމުންދިޔަ ތުރުތުރުލުންތައް ފެނި އިޔާނާގެ ލޮލަށްވެސް ކަރުނަތައް ގިނަވެގަތެވެ.

އިޔާނާގެ ލޮލަށް ގިނަވެގަތް ކަރުނަތައް ކޯތާފަތްމައްޗަށް ފޭބުމުގެ ކުރިން ފުހެލިއިރު ނަޒަރު ދަތުރުކުރީ ސައިޑްޓޭބަލްމަތީ ހުރި ތަބަަކަށެވެ. ތަނބަކުގައި މަތި ޖަހާލެވިފައިވާ ތަށިތަކުގެ މަތިވެސް ޝަލީން ހިއްލާލައިފައިނުވާއިރު ޝަލީން ކާއެއްޗެހީގައި އަތްލުމެއްވެސް ނެތި ބަހައްޓާފައިހުރީކަން އިޔާނާއަށް ނަގައިގަނެވުނެވެ.

“ނުކައި ނުބޮއެ ތިހެން އޮތީމަ ބައްޕަގެ ނިންމުން ބަދަލުވާނެހެން ދަރިފުޅަށް ހީވަނީތަ؟” އިޔާނާގެ އަޑުގައިވީ މާޔޫސްކަމެވެ. ލޯބިވާ ފިރިމީހާއާއި ދަރިފުޅާއި ދެމެދު ފެށިގެން ދިޔަ ފިނި ހަނގުރާމައިން އޭނަގެ ހިތަށް ލިބޭ ރިހުން ބަޔާންކޮށްދިނުމަކީ ފަސޭހަކަމެއް ނޫނެވެ. އިޝާރު ރުޅިވެރިކަމާއިއެކު ގޮތްދޫނުކުރައްވަން ހުރިއިރު ޝަލީންގެ ހިތާމަތައް ދެކެން އިޔާނާގެ ހިތަށް ކެތްވަނީކީނޫނެވެ. މިއަދުގެ ހަތަރުދަން ފާއިތުވެގެންދިޔައިރު ޝަލީންގެ ގޮތްދޫނުކުރުމާއި ކަރުނަތައް ދެކެން އިޝާރު އެ ކޮޓަރިއެއް ނުވެންނެވިއިރު އިޝާރު ހުރީ ގޮތްދޫކުރައްވާފަދަގޮތަކަށް ނޫންކަން އެކަމުންވެސް އަންގައިދީފިއެވެ.

“ދެބަފައިން ތިހެން ރުޅިހަދައިގެން ތިބިއިރު މަންމަގެ ހިތަށް ކުރާނެ އަސަރާއިމެދު ދަރިފުޅު ވިސްނާލަބަލަ…” އިޔާނާ ވާހަކަދެއްކިއިރު އަޑު ކުރެހިގެންދިޔައެވެ. އެވަގުތު ޝަޔަމްގެ ހަނދާންތައް އާވެފައި އިޔާނާ ޒަހަމްތަކުގެ މަތީގައި ޅިޔައަޅާލެވުނުފަދައެވެ. ލޮލަށް ގިނަވަމުންއައި ކަރުނަތައް އޭގެ މަގާމު ދޫކޮށް ކޯތާފަތްމައްޗަށް ފައިބައިގަތީ ހިތަށް ކެތްނުވެގެންނެއެވެ.

“އަޅުގަނޑުގެ ހިތަށް ކުރާނެ އަސަރާއިމެދަކު ބައްޕަ އެންމެ ފަހަރަކުވެސް ނުވިސްނަވާ… މަޔާންގެ ކުށަކީ ކޮބައިތަ މަންމާ؟ ޒަމާންވީ ދުޝްމިންކަން ދަމަހައްޓަވަން ބައްޕަ ނިންމަވައިގެންހުންނެވިިރު އެކަމުގެ ސަބަބުން އަޅުގަނޑުގެ ހިތަށް ލިބޭނެ އަނިޔާއާއިމެދު ބައްޕަ ނުވިސްނަވާ….” ޝަލީން ބާލީހުން މޫނުނެގިއިރު ދުޅަވެފައިވާ ލޮލުގައި އެތަށް ހާސް ކަރުނަތިކިތައް ވިދަމުންދިޔައެވެ. ކޯތާފަތްމަތީ ހިކިފައިވާ ކަރުނައިގެ ރޮނގުގެ މަތިން ތާޒާކަމާއިއެކު ކަރުނަތިކިތައް ފިރުކެމުންދިޔައެވެ.

“ބައްޕަ ބޭނުންވެލައްވާނަމަ އަޅުގަނޑާއި މަޔާން ދުރުވެސްކުރެއްވިދާނެ… އެހެންފަރާތަކާއި އަޅުގަނޑުގެ ކައިވެނިވެސް ކުރެއްވިދާނެ… އެކަމަކު އެކަމުން އަޅުގަނޑުގެ ހިތަށް އަނިޔާ ނޫން އެއްޗެއް ލިބޭނެތަ؟” ލޮލުން ބަންޑުންވާން ތައްޔާރުތަކާއިއެކު ޝަލީން ތުންފަތުގައި ދަތްއަޅާލިއެވެ.

“ދަރިފުޅު ތިގޮތުގައި ހުރިހާދުވަހަކު މިހަނގުރާމައަކަށް ނިމުމެއްނާންނާނެ… ބައްޕަ އެންމެ ފަހުނޭވާއާއި ހަމަޔަށްވެސް ގޮތުގައި ހިފަހައްޓަވާނެކަން ދަރިފުޅަށް އިނގޭނެ… ދޮންބެއާއިމެދު ކަންތައް ވެގެންދިޔަގޮތް އެންމެ ރަނގަޅަށް އިނގޭނީ ޝަލީއަށް… ގޮތުގައި ހިފަހައްޓައިގެން ދަރިފުޅުގެ ހިތް ހަލާކުވުންނޫންކަމެއް ނުވާނެ… މަންމައަށް މައާފުކުރޭ… ދަރިފުޅުގައި ހައްގުގައި ބައްޕައާއި ދެކޮޅަށް ތެދުވަން މަންމަ ބޭނުން… އެކަމަކު ދެވަނަ ފަހަރަށް މަންމަ ބައްޕައާއި ދެކޮޅަށް ތެދުވެއްޖެނަމަ ކަންތައްވެގެންދާނެގޮތް އަންދާޒާކޮށްލަންވެސް މަންމައަށް ދަތި…” ދަރިފުޅުގެ ހިތާމަތައް ލުއިކޮށްދޭން އިޔާނާއަށް ކުރެވޭނޭކަމެއް ނެތްކަން އިހުސާސްވެފައި އިޔާނާ ހިތުގައި ރިއްސާލީ އިންތިހާއަށެވެ. މާޒީގައި ދަރިފުޅުގެ އުފަލަށްޓަކައި އޭނައަށް ކުރެވުނުކަމެއްނެތްއިރު މިފަަހަރުވެެސް ދުރުގައި ބަލަންހުރުންނޫންގޮތެއް އޭނާއަކަށް ނެތެވެ. މާޒީގައި ދަރިފުޅަށްޓަކައި އިޔާނާ އިޝާރުއާއި ދެކޮޅުވެރިވީއިރު އެދެމެދުގައި ހިނގި ހޫނު ދެބަސްވުން ނިމުނީ އިޝާރުގެ ފަރާތުން އިޔާނާއަށް ނުބައި އިންޒާރެއްލިބިގެންނެވެ. ދެވަނަ ފަހަރަށް އިޝާރުގެ ނިންމުމަކާއި ދެކޮޅަށް އިޔާނާ ތެދުވާދުވަހަކީ އެދެމެދުގައިވާ ގުޅުމަށް ނިމުމަށް އަންނާނޭ ދުވަހަށްވާނޭކަން ޔަގީންވާއިރު އިޝާރުއާއި ދެކޮޅަށް ފިޔަވަޅެއް އަޅާލާނެހާ ހިތްވަރު ދުވަހަކު އޭނާއަކަށް ނުކުރެވޭނެއެވެ.

“ބައްޕަ ބުނުއްވާގޮތަށް ހަދައިގެން އަޅުގަނޑުގެ ހިތަށްހަމަޖެހުމެއް ލިބިދާނެހެން މަންމައަށް ހީވެލައްވަނީތަ؟ އަޅުގަނޑުގެ ހަޔާތުގެ ބައިވެރިއަކަށް ކޮންމެ ޒުވާނަކަށްވެސް ވެވިދާނެ… އެކަމަކު އަޅުގަނޑުގެ ހިތުގެ މިލްކުވެރިއަކަށް މަޔާން ނޫން ފަރާތަކަށް ވެވިދާނެތަ؟ އަޅުގަނޑުގެ ހިތުން މަޔާންގެ ލޯބި ފުހެލެވިދާނެތަ؟” ޝަލީންހުރީ އެންމެ ފަހުވަގުތާއި ޖެހެންދެންވެސް ގޮތުގައި ހިފަހައްޓަން ނިންމައިގެންނެވެ. ޝަލީން އަމިއްލަ އުފާތައް ދިފާއުކުރުމަށް ވަކާލާތުކުރަމުންދިޔައިރު މަންމަވެސް ހުރީ މިފަހަރު އަމިއްލަ ދަރިފުޅާއި އެއްކޮޅަށް އަރާފާނޭފަދަ ގޮތަކަށްނޫނޭވެ. ދެވަނަ ފަހަރަށް ބައްޕައާއި މަންމަގެ ގުޅުން ނުރައްކަލަށް ހުށަހަޅާވަރަށްވުރެ ރަނގަޅަށް މަންމަ މާޒީއިން އިބްރަތް ހާސިލްކޮށްފިއެވެ. ނަމަވެސް ޝަލީންއަށް މިކަމުގައި މަންމަ ކުށްވެެރިކުރެވޭކަށް ނެތެވެ.

“ދަރިފުޅާއި ތިކަމާއިމެދު ބުނާނެ އެއްޗެއް މަންމައަށް ނުވިސްނޭ… ދެވަނަފަހަރަށް މާޒީ ތަކުރާރު ވެދާނެއަތީ މަންމަ ކިހާވަރަކަށް ދަރިފުޅަށް ވިސްނައިދިނިން… ހުރިހާކަމެއް ދަރިފުޅުގެ ލޯމައްޗަށް ފެނުމަށްފަހު ދަރިފުޅު ތިފަދަ ފިޔަވަޅެއް ނަގާފާނެކަމަށް މަންމަ ހީވެސްނުކުރަން… ދެއާއިލާގެ ދުޝްމިނުކަން އިނގިހުރެ ޝަލީ ތިކުރިކަމަކުން މިއާއިލާގެ ހަމަޖެހުން ގެއްލިގެންދިޔައީ… ދެވަނަ ފަަހަރަށް މާޒީ ތަކުރާރުވެގެންދާނެއިރު ކުރިއަށްވުރެ ކަންތައް ގޯސްވެގެންދާނެޔޭ މަންމަގެ ހިތް ކަނޑަނޭޅި ބުނޭ… ހަމަނުޖެހުން ހިނގާނީ ހަމައެކަނި ދަރިފުޅާއި ބައްޕައާއިދެމެދަކު ނޫން… ދޮންބެއާއި ބައްޕަގެ ގުޅުންވެސް އިތުރަށް ގޯސްވެގެންދާނެ…” އިޔާނާގެ އަޑުގައި އެކުލެވިގެންވީ ހާސްކަމާއިއެކު ޝަލީން ކުށްވެރިކުރާވަރު އެބަސްތަކުންވެސް ވީހާމައަށެވެ. އިޝާރުއާއި ދެކޮޅަށް ޝަލީން ފެށި ގުޅުމުގެ ނިމުން އަންނާނީ ޝަލީން ހީކުރާވަރަށްވުރެވެސް ހިތިކޮށެވެ. ދެބަފައިން ގުޅުން ދުވަހަކު ގޯސްނުވާވަރަށް ގޯސްވިއިރު އެއާއިލާގައި ރޯވަމުން އަންނަ އަލިފާންގަނޑުގެ ހޫނުކަމުން މިހާރުވެސް އިޔާނާގެ ނަފްސު ފިހެން ފަށައިފިއެވެ. ބޮޑުވަމުން އަންނަ ހުޅުކޮޅުން ޝަލީންގެ އުފާތައް އަނދާއަޅިވެގެންދާނީ އިޝާރުއާއި ޝަލީންގެ ގުޅުން ދުވަހަކު ގޯސްނުވާނެވަރަށް ގޯސްކޮށްފައެވެ. އަނެއްކޮޅުން ޝަޔަމް ހިތުގައި ބައްޕައާއި މެދު އުފެދިފައިވާ ނަފްރަތުކަން އިތުރު ހަރުފަތަކަށް ކުރިޔަށް ޖެހިލާނެއެވެ. މިވޭތުވެގެންދިޔަ ހަތަރު އަހަރު ޝަޔަމް އާއިލާގެ އެއްވެސްކަމަކާއި ފަރުވާލެއްނެތި ދުރުން އުޅުނުނަމަވެސް މިމައްސަަލައިގައި ޝަޔަމް ހިމޭނުން ނުހުންނާނޭކަމަކީ އިޔާނާއަށް ޔަގީންވާކަމެކެވެ.

“ލޯބިވުމަކީ އަމިއްލަ ބާރުގެ ދަށުގައިވާނޭކަމެއްނަމަ އަޅުގަނޑު ދުވަހަކު މަޔާންދެކެ ލޯބިނުވީސްމުސް… އެކަމަކު މިލޯތްބަކީ އަޅުގަނޑަށް ބާރުފޯރުވޭވަރަށްވުރެ މާބާރުގަދަ އިހުސާސްއެއް… މަންމަ އަޅުގަނޑަށް މައާފުކުރައްވާ… އަޅުގަނޑުގެ ނުކިޔަމަންތެރި ހިތް މަޔާންގެ މައްޗަށް ލެބިގެންދިޔައީ އަޅުގަނޑަށްވެސް ނޭނގި…” އިޔާނާގެ ޖުމްލަތަކުން ޝަލީންގެ ހިތަށްލިބުނު ރިހުން ކަރުނަތިކިތަކެއްގެ ގޮތުގައި ލޮލުން ފައިބައިގެންދިޔައިރު ޝަލީންގެ އިޔާނާގެ ކޮނޑުގައި މޫނު ފޮރުވާލިއެވެ. އެލޮލުގެ ތެރެއިން އޮހިގަތް އަދަދުނުވާހާ ގިނަކަރުނަތަކުން އިޔާނާ ހެދުން ފޯވެގެންދިޔައިރު އިޔާނާ އެއްއަތުން ޝަލީންގެ ބޮލުގައި ހިފަހައްޓާލިއެވެ. ޝަލީން ބޭނުންވަރަކަށް ރުއިމަށް ފުރުސަތުދެމުން އިޔާނާ މަޑުމަޑުން ޝަލީންގެ ބުރަކަށީގައި ފިރުމަންފެށިއިރު އެ ހިތުގައި އަޅަމުންދިޔަ ވޭނަށް ތަސައްލީއެއް ހޯދައިދިނުމަށް ބުނެލާނެ ބަހެއްވެސް ދުލަކަށް ނައެވެ.

ޝަލީންގެ އިހުސާސްތައް އެހާ ފާޅުކަންބޮޑުގޮތެއްގައި އިޔާނާއަށް އިއްވާލި ފުރަތަމަފަހަރަށްވީއިރު ލޮލުން އޮހުނުކޮންމެ ކަރުނަތިއްކަކުން މަޔާންއަށް އެހިތުގައި ދެވިފައިވާ މަގާމް ހާމަވެގެންދިޔައީ އިޔާނާގެ ހިތަށް އެކަމުން ސިހުމެއް ގެނުވައި ހިމޭންވާން މަޖުބޫރުކުރުވާފައެވެ.

*** *** *** *** *** ***

ފަލަކުގައި ފިޔަޖަހަމުންދާ އެތަށް ހާސް ތަރިތަކުގެ މައްޗަށް ބަނަ ވިލާތައް ގަދަވެގަތީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. ކަޅު ފޭރާމެއްފަދައިންވާ އުޑުމަތި އަޅިކުލައިގެ ވިލާތަކުން ބައްދާލިގޮތުން ދުންފުސްކުލައިގެ ސާލެއް އޮޅާލެވުނުފަދައެވެ. ވިއްސާރައިގެ ކުލަވަރު ދުނިޔެމަތިން ފާޅުވާންފެށިއިރު ހަނދުވެސް ވިލާކޮޅެއްގެ ފަހަތަށްވަދެ ނިވާވީ އެ ރިހިއަލިކަމުން ދުނިޔެ މަހުރޫމްކޮށް އަނދިރިކަމަށް ގަންބާލަމުންނެވެ.

ރޭގަނޑުގެ ފިނިވަގުތު ކެބިންއިންގެ ކުޑަދޮރު ހުޅުވާލައްވައިގެން އަލްހާން ހުންނެވިއިރު ނަޒަރު ހުއްޓިފައިވީ ބްލޫސްގެ އެންޓްރެންސްއިން ފެށިގެން ދުރަށް ދެމިފައިވާ ޑްރައިވްވޭއަށެވެ. ކުޑަދޮރުގދ ދާރާގައި އަތްއަޅުވާލައްވައިގެން ހުންނެވިއިރު ދޭތެރެއަކުން އަތް ފަޅުފިލުވާލައިފައިވާ ގަނޑިއަށް ނަޒަރެއް ދެއްވާގޮތުން ކަމަކަށް އިންތިޒާރުކުރަނީހެން ހީވެއެވެ. އެ މޫނުމަތިން ފެންނަ ޝަހްސިއްޔަތު ވަރުގަދަކަމާއިއެކު ވަރުގަދަ ބުމަގޮށްޖަހާލެވިފައިވާގޮތުން ކަމަކާއިމެދު ހިތްހަމަނުޖެހިފައިހުރިކަން ހާމަވެފައެވެ.

އެންޓްރެންސް އިން ނިކުތް ހައިޒަލް އަލްހާންގެ ލޮލުގައި އަޅައިގަތްއިރު ކުރައްވަމުންދިޔަ އިންތިޒާރަށް ނިމުމެއްއައިފަދައެވެ. ކުޑަދޮރާއި ގާތަށް އަލްހާން ޖެހިލައްވަމުން ހައިޒަލްގެ ހަރަކާތްތަކަށް ފުރިހަމަ ސަމާލުކަން ހުއްޓާލެއްވިއެވެ. ހައިޒަލްގެ ފަހަތުން ކަހަލަގޮތަށް ނިކުން ނައިނާ ފެނި އަލްހާންގެ ނިތައް ރޫތަށް އަރައިގެންދިޔައެވެ. އެވަގުތު ދެޒުވާނުންގެ ދެމެދު ބަދަލުކޮށްލެވިގެންދިޔަ ނަޒަރާއިއެކު ހައިޒަލްގެ މޫނުން ފެނިލި ހިނިތުންވުން އަލްހާންގެ ހިތުގައި ހިނގައިގަތް ޝައްކުތަކަށް ލިބުނު އިތުރު ބާރަކަށްވިއެވެ.

މަޑުހިނގުމެއްގައި ދެޒުވާނުން ދުރުގައި ޕާރކްކުރެވިފައިވާ ކާރާއި ދިމާލަށް ހިނގައިގަތްއިރު ހައިޒަލް ނައިނާގެ އިސްތަށިގަނޑު ހައްޔަރުކޮށްލެވިފައިވީ ކްލިޕްއަށް ދަމާލީއެވެ. ފަންއިސްތަށިތައް ނައިނާގެ މޫނުމައްޗަށް ފައިބައިގެންދިޔައިރު ހައިޒަލް ދެފަރާތުން އިސްތަށިތައް ގެނެސް ކަންފަތްދޮށަށް ލައްވާލަމުން ނައިނާގެ ކަންފަތްދޮށުގައި ސިއްރުން އެއްޗެކޭ ބުނެލިއެވެ. އެއާއިއެކު ނައިނާ ހައިޒަލްގެ މޭގައި ކުޑަކޮށް ޖަހާލަމުން ދުރަށް ދުއްވައިގަތެވެ. ހައިޒަލް އިރުކޮޅެއްވަންދެން ނައިނާގެ ހަރަކާތްތަކަށް ދެކެން ހުރެފައި ދުވެފައި ކަހަލަގޮތަކަށްގޮސް ނައިނާއާއި އަރާހަމަވީއެވެ.

ދެޒުވާނުން ކާރަށް އަރާ ދުއްވާލީވެސް އަލްހާން ކުޑަދޮރު ކައިރީ ބަލަހައްޓައިގެން ހުންނަވަނިކޮށެވެ. އޭރު އަލްހާންގެ އަތް މުށްކެވިފައިވާއިރު ދެލިކޮޅެއްފަދަ ލޮލުން ފެނިލީ ރުޅިވެރިކަމުގެ އިންތިހާއެވެ.

“ހައިޒަލްއާއި އެއަންހެންކުއްޖާއާއިދެމެދު ހަމައަސްލަށްވެސް ހާއްސަ ގުޅުމެއް އޮތީތަ؟ އެނޫން އަންހެންކުއްޖެއް އޭނައަށް ހަމަ ނުފެނުނީބާވައޭ ހިތަށްއަރާ… ފެންވަރުގެ ގޮތުން އަހަރެންމެންނާއި އަރާއަރަފޯދިގެންނުވާ އާއިލާއެއްގެ ކުއްޖަކާއި އަހަރެންގެ ދަރިން ގުޅިގެން އުޅުމަކީ އަހަންނަށް ރުހެވޭނޭކަމެއް ނޫން… އެފަދަގުޅުމަކަށް އަހަރެން ދުވަހަކު ފުރުސަތެއްނުދޭނަން… އެއީ ޝާދީން އަށް ވިޔަސް އަދި ހައިޒަލްއަށް ވިޔަސް…” އަލްހާންގެ މުށްކަވާލެވިފައިވާ އަތަށް ބާރުވެގެން އައިރު އެލޮލުގައިވީ ރުޅިވެރިކަމާއިއެކު ލޮލުން ފެނިލީ ގޮތްދޫނުކުރެއްވުމުގެ އަސަރުތަކެވެ. ކުރަން ހިތުލައިފިކަމެއް ބޭނުންވާގޮތަކަށް ނޫން ގޮތަކަށް ނުނިންމާނޭފަދަ ކުލަވަރެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

މާޒީ (ސޯޅަވަނަބައި)

Next

ވިންދޭ ލޯބި ތީ އެދޭ 55

Next
May 19, 2019

ވިންދޭ ލޯބި ތީ އެދޭ 55

Previews
May 19, 2019

މާޒީ (ސޯޅަވަނަބައި)

49 Comments!

  1. jiji says:
    May 19, 2019 at 10:46 am

    First baa???will comment after reading ingey❤❤❤

    1. dhiraa wish says:
      May 19, 2019 at 11:28 am

      k

  2. dhiraa wish says:
    May 19, 2019 at 10:48 am

    GOOD MORNING ALL….. here is 29th part. i hope every one will like this part too…. thanks for the support…. this part will be a bit long… hope readers will be happy… next part will be uploaded on tuesday…… feel free to share ur views and comment…. readers comment will be my biggest motivation…..readers ah bunelan beynun comment kuraairu ehn kudin use kuraa name use nukoh write ur own name. or create a new name. ehnmeehunge name use kuraanama ufwdigen daanee rulhiverikan… badaluvegen daanee bahuge hamalaathah… i hope here after tht wont repeat again n again…..

  3. malu says:
    May 19, 2019 at 11:17 am

    yessss.miadhu malu dhw first .stry v v v v habeys .bappa men ge nuruhumah fahu ves hurihaa couples gulheyne goeh hadhaa dheythi plx eyrah v reethi vaane .this is getting realli interesting .waiting for the next part

    1. dhiraa wish says:
      May 19, 2019 at 11:28 am

      heheheheehe….. thnkx malu….. letsc dww

    2. Anonymous says:
      May 19, 2019 at 1:13 pm

      No jiji first

  4. @phro grl says:
    May 19, 2019 at 11:44 am

    Vaahaka v rythi??

    1. dhiraa wish says:
      May 19, 2019 at 3:53 pm

      thnkx

  5. Zar@ says:
    May 19, 2019 at 12:16 pm

    Mashaa Allah… Mi part ves v reethi ingey.. Keep it up… Waiting for the next part…
    Can’t wait to read the next part….avahah up kohdebaa plx

    1. dhiraa wish says:
      May 19, 2019 at 3:55 pm

      thnkx. enme avahaha vx dhiraa ah upkohla deveynee tuesdayga… i also need time to my personal life. also i need to write the stry… or else i could have been uploading it everyday… sry dear. insha allah will upload it on tuesday

  6. Cherrie says:
    May 19, 2019 at 12:18 pm

    Heyy… Story V reethi ingey…

    1. dhiraa wish says:
      May 19, 2019 at 3:56 pm

      thnks

  7. jiji says:
    May 19, 2019 at 12:40 pm

    Ma Sha Allah…Story hama obi ingey…Waiting fr the next part mihaaru❤?

    1. dhiraa wish says:
      May 19, 2019 at 3:53 pm

      thnkx

  8. inaak says:
    May 19, 2019 at 12:48 pm

    Miulhey parents vec dhw… Hama bunaane ehcheh vec neyge… Hehehe.. btw stry is awesome..

    1. dhiraa wish says:
      May 19, 2019 at 3:57 pm

      thnks

  9. Apple? says:
    May 19, 2019 at 2:03 pm

    V reethi…nxt part avahah up kohlahchey…???

    1. dhiraa wish says:
      May 19, 2019 at 3:58 pm

      thnks

  10. azuker says:
    May 19, 2019 at 3:28 pm

    pls dont tell me haizal aa shellyn aa e gulheny cauz that’s what their parents want

    1. dhira wish says:
      May 20, 2019 at 12:41 am

      hingaa dho vaagotheh balamaa…

  11. Ib@ says:
    May 19, 2019 at 3:59 pm

    Awwn story Hama v reethi Igey gD luck

    1. dhiraa wish says:
      May 19, 2019 at 5:10 pm

      thnks

  12. Bestie says:
    May 19, 2019 at 5:04 pm

    Wow…mihaaru haadha interesting ey story…can’t wait to see what happens next..curiously waiting for Tuesday…

    1. dhiraa wish says:
      May 19, 2019 at 5:11 pm

      thnks.

  13. @Somebody says:
    May 19, 2019 at 7:10 pm

    Story v salhi ?

    1. dhira wish says:
      May 20, 2019 at 12:43 am

      thankss.. varh ufaa vehjje kamudhiyaima

  14. Noor says:
    May 19, 2019 at 7:12 pm

    Thithibeevaa muhsandhi kamun hijura olhifa thibi bappa thakeh fageeru haalugaves dhuniyeyga ulhenee thimaa kahala insaanun kanves handhaan neiy kiburu veriviyas thee dhen boduvaru varah foohi vejje thi dhe bafaa dheke??

    1. dhiraa wish says:
      May 19, 2019 at 10:58 pm

      hehehehehe dwww

  15. Mary says:
    May 19, 2019 at 10:01 pm

    Sheleen and mayaan merry kury tha sirrun?

    1. dhiraa wish says:
      May 19, 2019 at 11:01 pm

      lets c

  16. A.S.Cain says:
    May 19, 2019 at 10:57 pm

    salhi

    1. dhira wish says:
      May 20, 2019 at 12:44 am

      thankss

  17. Kalhu handi says:
    May 19, 2019 at 11:28 pm

    Muhsadhivegen goss aneh athah elhi iruves dharinnah loehba oagaatherikan nudhevun. Keekuraa faisaa ehtha ? V reethi vaahaka ❤️

    1. dhira wish says:
      May 20, 2019 at 12:46 am

      keehkuraanee kalhu handi adhi emeehun nah nuvisneny.. visnuneema ragalhu vedhaane.. thankss.. varh ufaa vehjje vaahaka kamudhiyaima

  18. Dhonthee says:
    May 20, 2019 at 2:01 am

    This part is amazing dhiraa wish

    1. dhira wish says:
      May 20, 2019 at 2:05 am

      thanksss dhonthee

  19. Ziru says:
    May 20, 2019 at 5:59 am

    Oh god mioh kameh huvaa varah salhi mi story?Alhe ehves couple akah dheragotheh nahadhahchey eyrun story varah hadi vaane and readers ves dissapoint vaane varah varah loabi story eh?? keep it dear??

    1. dhiraa wish says:
      May 20, 2019 at 10:48 am

      thnks ziru.

  20. jeen says:
    May 20, 2019 at 1:48 pm

    miadhu mivaahaka kiyan mi feshy ves… vaahaka varah reethi… ekkon feshi gothah nimmaaly mi hama… hama reethi kamun comment eh kohlee.. waiting for the next part.. good luck..

    1. dhira wish says:
      May 20, 2019 at 9:17 pm

      thanks jeen… varah ufaa vehjje kamu dhiyaima

  21. Sisis says:
    May 20, 2019 at 8:34 pm

    Mi story ga adhi kitheh episode innaane tha

    1. dhira wish says:
      May 20, 2019 at 9:19 pm

      liyamundhaa vaahaka eh veema ehen vaki adhadheh bunaakan neynge… mi story fudheyvarakah dhiguvaane… ekm kiyuntherin foohivaa varah dhigeh nudhanmaanan

  22. Sheyn says:
    May 21, 2019 at 12:39 am

    Kon iraku 30 vana episode kiyaaleveyvaru vaanee

    1. dhira wish says:
      May 21, 2019 at 12:43 am

      insha allah mirey noonee maadhamaa ge vagutheh ga up kohlaanan

  23. Rai says:
    May 21, 2019 at 4:39 pm

    varah reethi. Sorry for the late comment

  24. dhira wish says:
    May 21, 2019 at 4:50 pm

    Thankss rai.. its okey.. ufaavehje lahun ves comment kohleema

  25. dhira wish says:
    May 21, 2019 at 4:51 pm

    *viyas

  26. Ashly says:
    May 21, 2019 at 11:52 pm

    Next part kiyaalevey varu nuveytha

  27. flower says:
    May 21, 2019 at 11:58 pm

    ashly next part up vefa inee

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 30←


All Right Reserved!