އަޝްރާ ދިޔުމުން ނާއިލް އޭނަގެ ގޮނޑީގައި ބުރަކަށި ޖައްސާލާ ދެލޯ މަރާލިއެވެ. ޚުދު އޭނައަށްވެސް މިކުރެވޭ އިހުސާސްތަކެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އޭނައަށް ބޮޑު ބަދަލެއް ގެނުވައިފިކަމެވެ. ތާއަބަދުމެ އޭނަގެ ދެލޯ އެދި ހޯދަނީ އަޝްރާގެ ރީތި ސޫރައެވެ. ހިނިތުންވެފައިވި އެރީތި މޫނު ފެނުމުން އޭނަގެ ހިތަށް ފިިނިކަމެއް ލިބެއެވެ. އަޝްރާއާއެކު ވަގުތު ހޭދަކުރުމަށް އޭނަގެ ހިތް އެދެއެވެ. އޭނައާއެކު ސަމާސާކޮށް ހަދާލުމުން ހިތަށް އުފާވެރިކަން ލިބެއެވެ. އަބަދުމެ ކަހަލަ ގޮތަކަށް އޭނަގެ ހިތާއި ސިކުނޑީގައި ވަނީ […]
“ހައި.. ޑޫ ޔޫ ލަވް މީ…” ނައިނާގެ ޖުމްލައާއިއެކު ހައިޒަލް ބަލާލީ ސިހިފައިކަހަލަގޮތަކަށެވެ. އެދެލޮލުން ހިނދުކޮޅަކަށް ނަމަވެސް ތަފާތު އަސަރެއް ފެނިލިއެވެ. މަޑުންމަޑުން ނައިނާގެ ކޮނޑުގައި ހިފަހައްޓާލެވިފައިވާ އަތް ތިރިވެގެންދިޔައިރު ހައިޒަލް ފުންނޭވާއެއްލަމުން ދުރުބަލާލިއެވެ. އެއާއިއެކު ނައިނާ ހައިޒަލްގެ އަތުގައި ހިފަހައްޓާލިއެވެ. “ހައި ޓެލްމީ… ލޯބިނުވިޔަސް ތިހިތުގައި އަހަންނާއިމެދު ކޮންމެވެސް އެއްޗެއް އެބައޮތެއްނު… ދެޓްސް އިނަފް ފޯރ މީ… ހައިގެ ދުލުން ލޯބިވެއޭ އަހަންނާއި ރުހެމޭ ބުނެދޭނެ ދުވަހަކަށް އަހަރެން އިންތިޒާރުވެސް ކޮށްފާނަން… ހައި ޕްލީޒް އަހަންނަށް […]
ހަމަ އެދިޔަ ގޮތައް ގޮސް ނައުޝާ ކައްސައިލާގެން ޓައިލްސް މައްޗައް ވެއްޓުނެވެ. ބުރަކަށްޓަށް ވީ ތަދުން ތެދުވާާެެނެ ހިތްވަރު ނެތުގެން އޮވެވުނީއެވެ. އިރު ކޮޅަކުން އެ ކެބިންއަށް ވަދެގެން އައި ޒިދާން އަށް މި މަންޒަރު ފެނުނެވެ. އެހެން އަހެންކުއްޖަކު ވެއްޓިފައި އޮތްތަން ފެނި ނަގަން ދިޔައެވެ. އެ ހިސާބަށް ގޮސް ޒިދާންގެ އަތް ނައުޝާއަށް ދިއްކޮލީ އެހީއެށް ދޭށެވެ. ނަމަވެސް ދެވަނަ ފަހަރަށް ތެދުވަން އުޅުމުން އަނެއްކާވެސް ވެއްޓުނީ އެވެ. ޒިދާން އެތާގައި މީހަކު ފެންނަށް […]
ނާއިލްގެ އަތުގެ ބީހުން އިހުސާސްވި އަޝްރާއަށް ދެލޯ އިހުނަށްވުރެ ބޮޑަށް ތަގުޅިކޮށްލާ ދެއަތް މުއްކަވާލެވުނެވެ. އެވަގުތު ހީވީ ނޭވާވެސް އެތެރޭގައި ތާށިވީހެންނެވެ. ކުއްލިއަކަށް ދެމީހުނަށްވެސް ސިހިފާ ތެޅިގަނެވުނީ ކެބިންގެ ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ. ނާއިލް އަވަސް އަވަހަށް ފަހަތަށް ޖެހިލާ ހަމަޖެހުމުގެ ގޮތުން ފަޓުލޫނުގެ ދެޖީބަށް އަތް ޖަހާލިއެވެ. އަޝްރާވެސް ލިބުނު ފުރުސަތުގައި ދުރަށްޖެހިލަމުން ފުން ނޭވައެއް ދޫކޮށްލީ ހިތުގައިވި ނުތަނަވަސްކަމަށް ލުއެއްލިބޭތޯއެވެ. ދެވަނަ ފަހަރަށް ޓަކި ޖަހާލި އަޑު އިވުމާއެކު ނާއިލް އަޝްރާއަށް އަވަސް […]
ޒޯޔާ ދާނެ ތަނެއް ނޭގުމުން ކުރިއަށް ހިނގައި ގަތެވެ. އެތަނުން މީހަކު ގާތު ނާވީން ސަރގެ ކެބިން ކޮބައިތޯ އެހުމުން އެމީހާ ބިއްލޫރިން ޖަހާފައި ހުރި ދެކެބިން އާއި ދިމާލަށް އިޝާރަށް ކޮށްލިއެވެ. ޒޯޔާ އެދިމާލަށް ހިނގައި ގަތެވެ. ޒޯޔާ ނަވީން ނަން ބޯޑު ޖަހާފައި ހުރި ދޮރުގެ ތަޅުގެ ގައި ހިފާލިއެވެ. އެވަގުތު އައި ނައި ތަނެއް ނޭނގި މީހަކު އައިސް އޭނާގެ އަތުގައި ހިފާ އެތާ ކައިރީ ހުރި ސީ.އީ.އޯ ގެ ކެބިންއަށް ވެއްދިއެވެ. […]
ބަލި އެނދުގައި އޮތް ބައްޕަގެ އެނދާ ދުރުގައި ހުރި ރޯނުފުރި އެނދެއްގައި އިށީދެއިން ހާނީ އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. އޭނާގެ މޫނުމައްޗަށް އަރައި ފައިބަމުންދިޔަ ކުލަވަރުން އޭނާވަނީ ބަރުދާސްތުކުރަން ދަތި ފުން ހިތާމައެއްގެ ތެރޭގައިކަން ވަރަށް ރަނގަޅަށް ފަހުމްވެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ޙަޔާތުގެ ނާ ކޮޅިގަނޑެއްގައި ޖެހި ބަނޑުންވުމުން ވާނީ މިހެން ނޫން ހެއްޔެވެ؟ ގަދަ ކަނޑުގެ ހޮޅި ރާޅުތަކުގެ ތެރޭގައި ޣަރަގުވަމުންދާ މީހަކު އެކަން ތަޙައްމަލު ކުރާނީ ކިހިނަކުން ހެއްޔެވެ؟ މިއަދު […]
ފިޔަވަޅުތަކެއްގެ އަޑުއިވުމާއިއެކު ރައިހާން ނައިނާއާއި ދުރުވެލަމުން ފަސްއެނބުރިބަލާލުމާއި މޫނުމައްޗަށް އެރި ގޮށްމުށުގެ އެތިފަހަރުގެ ބާރުކަމުން މޫނުމަތިން ކުދި ކޮކާ ބުރާލިހެން ހީވިއެވެ. އޭރު ހައިޒަލް ދަތްކުނޑިވިކާލައިގެން ރައިހާންގެ މޫނު ޖެހޭހާ ގާތުގައި ހުރިއިރު އެ ތޫނު ނަޒަރުން އެކަނިވެސް ރައިހާން ފިއްސާލަފާނެހެން ހީވިއެވެ. ތުންފަތުގެ ކައިރިފަށުން ފޭދުނު ލޭތަށް އިނގިލިން ފުހެލަމުން ރައިހާން އިސްއުފުލާ ބަލާލިއިރު ހައިޒަލް މުށްކަވާލެވިފައިވާ އަތް ދެވަނަ ފަހަރަށްވެސް ރައިހާންގެ މޫނާއި ދިމާލަށް މަޅާލީއެވެ. އެއާއިއެކު ނައިނާ އެދެމެދަށް ވަދެގަތްއިރު ހައިޒަލް ވަގުތުން […]
”ޑްރައިވަރު ފޮނުވަންވީ ކަންނޭގެ އެގެއަށް އޭނަ ބަލާ…” ރީޝަމް އޭނަގެ މޫނުގައި ފިރުމާލަމުން ބުނެލިއެވެ. އީޝަލް އެއްޗެއް ބުނަން އަނގަހުޅުވާލި ތަނާ އެދިމާއަށް އަންނަމުން ދިޔަ ޝާން ފެނިއްޖެއެވެ. ”ބޮޑުދައްތާ…” ރީޝަމް އާއި އަރާހަމަކުރަމުން ޝާން ގޮވާލިއެވެ. އޭނަ ރީޝަމްގެ މޫނާ ނަޒަރު ސީދާކޮށްލި ވަގުތު ފެނުނީ ހާސްކަމާއި ބިރުވެރިކަމެވެ. އޭގެ ސަބަބުން އޭނައަށް ލިބިފައިވާ ނުތަނަވަސްކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. އިރުކޮޅެއް ވަންދެން ބޮޑުދައިތައަށް ބަލަން ހުރެފައި އޭނަ އީޝަލް ހުރި ފަޅިއަށް އެނބުރިލުމާއެކު އީޝަލް […]
ޖެހެމުންދިޔަ ފިނިފިނި ލުއި ވައިރޯލިއާއެކު އަހަރެންގެ ކަންފަތުގައި ޖެހުނީ އަންހެން ކުދިންތަކެގެ ހުނުމުގެ އަޑެވެ..އަހަރެން އެއަޑު އައި ދިމާލަށް ބަލާލީމެވެ. އޭރު ތިންވަރަކަ އަންހެން ކުދިން އެކި ގޮއިގޮތަ ފޮޓޯ ނަގަމުން ދިޔައެވެ..އެތަނުން އެއް އަންހެން ކުއްޖެ ބާކީވެފަ ހުރި މަންޒަރު ފެނުމުން އަހަރެންނަ ސިފަވީ މީގެ ނުވަ އަހަރުކުރީގެ އަހަރެންގެ ހިތި މާޒީއެވެ. *********************************************** ނުވަ އަހަރުކުރި…. އދ.މަންދޫ ހިތްގައިމު ތުނޑިމަތީ އަހަރެން އިޝީދެލައިގެން އިނީ އެއްވެސް ހިޔާލެ ފިކުރެނެތިއެ ނޫނެވެ.ޖެހެމުން ދިޔަ ފިނި ލުއި […]