އެވަގުތު ހައިޒަލް ފޯނުގައި ހުރެފައި މަގާއިދިމާލަށް ބަލާލިއިރު ފެނުނު މަންޒަރުން މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. ބާރު ސްޕީޑެއްގައި ވޫސްލާފައި ނައިނާއާއި ދިމާލަށް އައި ވޭން ފެނިފައި ހައިޒަލްއަށް ވީގޮތެއްވެސް ނޭނގުނެވެ. ވަގުތުން ނައިނާއޭ ކިޔާހަޅޭލަވައިގަނެވުނުއިރު މަގުގައި ތިބި އެހެންމީހުންގެ ހަޅޭކުގެ އަޑު އިވިލިއެވެ. އޭރު ނައިނާއާއި އަރާހަމަވަމުންދިޔަ ވޭންފެނިފައި ނައިނާއަށް ލޯމަރާ ބާރުކޮށްލެވުނީ އެވަގުތުކޮޅު އޭނާ ސަލާމަތްނުވާއޭ ހީވިވަރުންނެވެ. ވޭންގެ ހެޑްލައިޓްގެ އަލިކަން ނައިނާގެ މޫނަށް އެޅިގެންދިޔައިރު ހައިޒަލް އެއްލިއަތުން ނައިނާގެ ހަށިގަނޑުގައި ހިފާ އޭނަގެ ގަޔާއި […]
އަވްޔަން ނީރާގެ އެންމެ ބަހަކަށް ވެސް ދޫނުރެއެވެ.ނީރާ ބުނާ ކޮންމެ ބަހަކަށް ރައްދުދެނީ ނީރާ އިތުރަށް ރުޅި އަންނަ ގޮތަކަށެވެ. “އަހަންނަށް މިއަދު އެންމެ މަޖާވީ ނީ ހަވީރު ވެއްޓުނުއިރު…އޭނަ މުޅި ގަމީސް ހަލާކުކޮށްފަ ވެސް ސޮރީއޭ ވެސް ނުބުންޏޭ”އަވްޔަން އެހެން ބުނެލީ ލާނެތްގެތަކަށެވެ. “އަހަރެން ކީއްކުރަން ސޮރީއޭ ބުނަންވީ އެއީ އަހަރެން ގަސްދުގަ ކުރިކަމެއް ނޫނޭ ހުރިހާ ކަމެއް ވެސް ޖެހުނީ ތި އަވްޔަންއަކާ ހެދިއޭ”ނީރާ ބުނެލިއެވެ. “ޢާ އަހަރެން ހާދަ ބަނޑުހާ ވެއްޖެއޭ ނީ […]
“ނީ ކިހިނެތްވެގެންތަ ތި އުޅެނީ”ނާއިޝް ނީރާގެ އަތުގައި ހިފަމުން ބުނެލިއެވެ.”ދޮންބޭ”ނީރާގެ ޖުމްލަ ފުރިހަމަ ނުވެވުނީ ނާއިޝް ބަލާލިގޮތުންނެވެ. ޒީވާން ނާއިޝް ގާތު ދަނީކަމަށް ބުނެ ދިއުމުން ޒީކް ވެސް ޒީވާންގެ ފަހަތުން ދިޔައެވެ.އިރުއޮއްސެން ކައިރިވެފައި ވުމާއެކު ނާއިޝްމެން ވެސް ދިޔައީ ގެއަށެވެ. ****** ކޮތަރިއަށް ވަން ޒީވާން އޭނަގެ ރުޅި ކޮޓަރީގެ ހުރި އެއްޗަށެވެ.އޭނަ އެންނެ ރުޅި އައީ އެންމެ ފަހަރަކު ވެސް ނީރާ މާފަށް ނޭދުމުންނެވެ.މާފަށް އެދުނުނަމަ އޭނަ މިހާ ރުޅި ނައިސް ހުރެވިދާނެއެވެ. ****** […]
އޮރެންޖުކުލައިގެ ދޯދިތަކުން އިރު ދުނިޔެ މައްޗަށް މަރުހަބާކި ވަގުތު އެ ރީތި މަންޒަރަށް ގެއްލިފައި ޒީކްއަށް ހުރެވުނެވެ.ދެއަތުން ރެއިލިންގގައި ހިފަހައްޓައިގެން ހުރިއިރު ފަހަތަށް ދޫކޮށްފައި އޮތް ފަން ދިގު މުށި އިސްތަށިގަނޑު ޖެހެމުން ދިޔަ މަޑުވަޔާ އެކު ވިހުރެމުން ދިޔައެވެ. “ގުޑް މޯރނިންގ ޒީކް”ބެލްކަންޏަށް ނުކުތް ޒީވާންއަށް ޒީކް ފެނުމުން ބުނެލިއެވެ.”ގުޑް މޯރނިންގ”ޒީކް ޖަވާބުގައި ބުނެލިއެވެ.”ޑިޑް ޔޫ ސްލީޕް ވެލް”ޒީވާން އަހާލުމުން ޒީކް ބޯހަހާލިއެވެ.ޒީވާންއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.ޒީކް ރާއްޖެ ދެކެ ފޫހިވަނީ ކީއްވެ ބާއޭ ޒީވާންގެ […]
“އިޝާރުއަކީ އެންމެ ކުރިންސުރެވެސް ބައްޕަގެ އެންމެ ގާތް އެކަކު… ބައްޕައާއި އިޝާރުގެ އެކުވެރިކަމުގައި ބައްޕަ އިޝާރުއަށް މީގެ އެތައް އަހަރެއްކުރިން ވައުދެއްވިން… މިއަދު މިއޮތީ އެ ވައުދު ފުއްދަންވީ ވަގުތު ޖެހިފައި… ބައްޕަ ވައުދުވީފަދައިން ޝަލީންއާއި ހައިޒަލްގެ ކައިވެނިކުރާގޮތަށް ބައްޕަ ހަމަޖައްސައިފިން…” އަލްހާންގެ ޖުމްލައިން ހައިޒަލްއަށް ލިބުނު ޝޮކްގެ ބޮޑުކަމުން ވަގުތުން ބުރަކަށި ތެދުކޮށްލެވިގެންދިޔައިރު އަލްހާންގެ މޫނަށް ބަލާލެވުނީ ސިހިފައެވެ. އޭސީގެ ފިނީގައިވެސް ތަނަވަސް ނިއްކުރިން ދާތިކިތައް ފާއްދާލީ ހިތްނުތަނަވަސްވީ ވަރުންނެވެ. ހައިޒަލް އުނދަގޫގޮތަކަށް ލޯމަރާލިއިރު ތުރުތުރުލުމެއް […]
” ދާތަނެއް އިނގޭނެ އަދި… ކަމް އެންޑް ސިޓް… ” ކާރުގެ ދޮރުފަތް ހުޅުވާލާ އެރުމަށް އިޝާރާތްކުރަމުން އިއާން މިހެން ބުނުމާއެކު މިންހާ ކާރަށް އެރިއެވެ. އިއާންވެސް ޑްރައިވަރު ސީޓަށް އަރައި މިންހާއަށް ބަލައިލާ ހިނިތުންވެލުމަށްފަހު ކާރު ދުއްވާލިއެވެ. މިންހާގެ ހިތް އަވަސްވެފައިވީ އިއާން ކުރަން އުޅޭ ކަމެއް ނޭނގޭތީއެވެ. އޭނަގެ ހިތް ބުނަމުން ދަނީ ކޮންމެވެސް ބޮޑު ކަމެއް ވާން އުޅޭ ކަމަށެވެ. ކާރު އާދައިގެ މަޑު ދުވެެއްޔެއްގައި ދަތުރުކުރަމުން ދިޔައިރު މަދުމަދުން ނަމަވެސް އެދެމެދުގައި […]
ދަންވަމުންދިޔަވަރަކަށް އުޑުމަތީ އަޅިފުސްކުލައިގެ ވިލާތައް ބޯވަމުންދިޔައިރު ވައި ބާރުވަމުންދިޔަގޮތުން ކޮންމެ ވަގުތަކުވެސް ވާރޭވެހިގެންފާނެހެން ހީވެެެއެވެ. ދޭތެރެއަކުން އަންނަ ބާރުވަޔާއިއެކު ބުރަހެލި ގަސްތައް ފުރާޅުގައި ކޭއްތިގަންނަނީ ދަންވަރުގެ ހަމަހިމޭންކަން މުގުރާލަމުންނެވެ. ގަސްތަކުގައި ވައިއަޅަވަމުންދިޔަގޮތުން ގަސްތަކުގެ އޮފިތަކަށް ކެތްނުވެގެން ކޮންމެ ވަގުތަކުވެސް ބިމަށް ފައިބައިގަނެފާނެހެން ހީވެއެވެ. ބާރުވަޔާއިއެކީ ވާރޭގެ ރަހުމެއްނެތް ހަމަލާތައް ބިމަށް އަމާޒުވެގެންދިޔައީ ޝަލީން ފުޅާ ކުޑަދޮރުގެ ކައިރީ ބޭރަށް ނަޒަރު ހުއްޓާލައިގެން ހުއްޓައެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރޭ ވާރެއާ ތެމެމުންދިޔަ ބަގީޗާއަށް ބަލަހައްޓައިގެން ހުރިއިރު އެލޮލުގައި ނިދީގެ […]
އަހަރެންނަކީ ކޮންފަދަ މައެއް ހެއްޔެވެ؟ ދުނިޔޭގައި އަހަރެންނަށް ވުރެ ވަކިން ނުބައި މީހަކު ހުންނާނެ ހެއްޔެވެ؟ އަހަރެންނަށް ވުރެ ވަކިން ބަދުނަސީބުވެރިޔަކު ހުންނާނެ ހެއްޔެވެ؟ އަހަރެންގެ މަޢުސޫމު ދަރިފުޅު މަރާލީ އަހަރެންގެ ދެއަތުންނެވެ. ނަމަވެސް އެ ދަރިފުޅުގެ ކުށަކީ ކޮބައި ހެއްޔެވެ؟ ހަމައެކަނި މި ދުނިޔެއަށް އުފަންވުން ހެއްޔެވެ؟ އެއީ ގާތްގަނޑަކަށް މީގެ 5 އަހަރު ކުރިއެވެ. އޭރު އަހަރެންނަކީވެސް ފުރާވަރޭ މިކިޔާ ޢުމުރަށް އަޅާފައި ހުރި ހިއްސުތައް ސަލާމަތުން ހުރި އަންހެން ކުއްޖެކެވެ. އަހަރެން ހަނދާން […]
” ނުދާނަން… އަހަރެން އެކަނިވެސް ގޮސްފާނަށް ގެއަށް… ” އަޝްރާ ގޮތްދޫކުރާކަށް ބޭނުމެއްނުވިއެވެ. އޭނާ ނާއިލްއަށް ފަސްދީ ގެއަށް ދިއުމަށް ހިނގައިންތަނާ ނާއިލް އައިސް ކޮށްލި ކަމަކުން ލިބުނު ސިހުމުގައި އަޝްރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ނާއިލް ލުއި ފަތެއްހެން އަޝްރާ އޭނަގެ އަތްދަނޑި މައްޗަށް އުފުލާލީއެވެ. ”ނާއިލް… ހަމަ މިހާރު އަހަރެން ބަހައްޓާ… މިބުނީނު ބަހައްޓާށޭ… މީހަކުވެސް އެބަހުއްޓޭ ބަލައިގެން… ނާއިލް ހަމަ މިހާރު އަހަރެން ތިރީގަ ބަހައްޓާށޭ… ” ރުޅިވެރިކަމާއި ހާސްކަން އެކުލެވިފައިވި އަޑަކުން އަޝްރާ […]